Skip to content
އެސްފިޔަ

އެންމެ ފަހަރަކު…

“އިވާން އަކީ ތި ހީކުރާކަހަލަ މީހެއް ނޫނެވެ”. މީ އަހަރެންގެ ބައްޕަގެ އިތުރުން އަހަރެންގެ އެކުވެރިން ކައިރީ ވެސް ވަރަށް ގިނައިން އަހަރެން ދައްކަން ޖެހޭ ވާހަކައެކެވެ.  އިވާން އާ ދުރުހެލިވެގެން އުޅުމަށް އަހަރެންގެ އެކުވެރިން އަބަދުމެ އަހަރެން ކައިރީ ބުނެއެވެ. އެމީހުން ބުނާ ގޮތުގައި އިވާން އުޅެނީ ޕާޓޭ ގޭންގަކާ ގުޅިގެންނެވެ. އަހަރެންގެ އެކުވެރިން އަހަރެން ގާތު އިވާން އޭ ކިޔައިގެން ދައްކާ ފާޑުފާޑު އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. އަދި އިވާން ކައިރީ އަހައިގެން އެ ވާހަކަތަކުގެ ޙަޤީޤަތް އޮޅުންފިލުވާކަށް ވެސް އަހަރެން މަސައްކަތެއް ނުކުރަމެވެ. އިވާން ނުކިޔަވައިގެންނާ އެތައް ދުވަހަކު ސްކޫލަށް ޙާޟިރުނުވުމުގެ ސަބަބުން އޭނާ ސްކޫލުން ކަނޑާލާނެ ކަމަށް ބުނެ ސްކޫލުންވަނީ އެކި ފަހަރު މަތިން އިވާން އިންޒާރު ދީފައެވެ. އަދި ސްކޫލް ޤަވާޢިދު ތަކަށް ޙުރުމަތްތެރި ކޮށް ނުހިތުމުގެ ސަބަބުންނާއި ސްކޫލުގެ ނަމަށް ހުތުރު އަރާ ފަދަ އެތައް ކަމެއް ކޮށްގެން އިވާން ވަނީ ސްކޫލުން ވެސް ކަނޑާލާފައެވެ. އާނއެކެވެ! އިވާން ނުކިޔަވާ އުޅެދާނެއެވެ. އޒެނާގެ އިސްތަށިގަނޑު ކޮނޑުން ތިރިއަށް ދިގުކޮށްފައި ހުރެދާނެއެވެ. އަދި އޭނާ ސިނގިރޭޓު ވެސސް ބޮއެފާނެއެވެ. އަހަންނަށް ހެވެވެ. އޭނާ ކޮންމެ ގޮތަކަށް އުޅުނަސް އަހަނަްނަށް ދެރަ ގޮތެއް ނަހަދާނެކަން އަހަންނަށް ރަނގަޅަށް އެނގެއެވެ. އަދި  އޭނާވެސް އަހަރެން ދެކެ ނުލާހިކު ލޯބިވާކަން އަހަންނަށް އެނގެއެވެ.

މީ އޭރު އަހަރެންގެ ވިސްނުން ހުރި ގޮތެވެ. އަހަންނަށް ވިސްނުނުއިރު  މާ ލަސްވެއްޖެއެވެ. އަހަންނަށް އޮތީ އަހަރެންގެ ހިތް އިވާން އަށް ދެވިފައެވެ. ޙަޤީޤީ ލޯތްބަކީ މުޅި ޙަޔާތުގައިވެސް އެންމެ ފަހަރަކު ވެވޭ އެއްޗެކެވެ.

 

Comments (4)

  1. Huda

    Assalaamu alaikum… mee alhugandu ge furathama vaahakaige trailer.. mi baigaa liyumuge kuhthah varah gina kamun alhugandu maafah edhen…. adhi mi vaahakaige furathama bai varah avahah genes dheveyne… kuriah oii thaangaa kuh bas thakaai liyumuge kuhthah madhukureveytho balaanan…

    1. Psenhi
      Huda

      Good luck ?

  2. Anonymous

    Nice… curious to know how the story will go on

    1. Huda
      Anonymous

      thank you…

Comments are closed.