ހިތް އެދުނަސް… (15)
“ޒައިން ޕްލީޒް… އެންމެ ފަހު ފަހަރަށް ވިޔަސް އަހަރެން ދައްކާ ވާހަކަ އަޑު އަހާ ފާނަންތަ؟.” އީނާލް ވަހަކަ ދެއްކިއެވެ.
ބަނދަރުގެ އެއްފަރާތުގައި ވި ގޮނޑުދޮށުގައި ހުރި ޒައިން ގެ ނަޒަރު ހުއްޓިފައި ހުރީ އީނާލް އާއި އޭނަގެ ގުޅުން ފުރަތަމަ ފެނުނު ތަނާ ދިމާލަށެވެ. އެދިމާލަށް ބަލަން ހުރި އިރު އެ ދެލޮލުން ކަރުރުނައިގެ އަސަރު ފެންނަހެން ހީވެއެވެ. އީނާލް ގުޅުމުން ކިތަންމެ ވާހަކަ ދައްކަން ބޭނުންވެފައި ހުރި ނަމަވެސް ޒައިން ގެ ހިތުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން އެކަން އެ ގޮތަށް ކުރަން ނުކުޅެދުނީއެވެ.
މޫދުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު އޭނާގެ އެއްއަތް ވަނީ ލާފައި ހުރި ސޯޓް ގެ ޖީބަށް ޖަހާލެވިފައެވެ. އަނެއްއަތުން ފޯން ހިފަހައްޓައިގެން ހުރި އިރު އިރު އިރު ކޮޅަކާ ލޯ މަރާލައެވެ. ހީވަނީ އަމިއްލަ ނަފްސު އޭނާގެ ބާރުގެ ދަށަށް ގެންނަނީ ހެންނެވެ. ކައިރީގައި ހެދިފައިވާ ގަސްތަކުގެ ތެރެއިން ފަނި ފަކުސަ ގޮވާ އަޑު ކެނޑި ނޭޅި އިވެމުން ދިޔައެވެ. ފަޒާގައި ހިފާފައިވަނީ ތެތް ފިނިކަމެކެވެ. ޖެހެމުން ދިޔަ ތާޒާ ވައިރޯޅިތަކަށްވެސް ޒައިން އަށް ލިބިފައިވާ ހާސް ކަމާއި ހިތްދަތިކަށް ދުރުކޮށެއް ނުދެވުނެވެ. ހަށިގަނޑަށް ކިތަންމެ އަރާމް ވަމުން ދިޔަނަމަވެސް އެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެ ހިތުގައި ވި ޒަހަމަށް ކުޑަވެސް ފިނިކަމެއް ލިބެމުން ނުދިޔައެވެ.
އީނާލް ގެ ގިސްލުމުގެ އަޑު ފޯނުން އިވުމާއެކު އޭނާ އަށް ވެސް މަޑު މަޑު “އާހް” އެއް ބޭރު ކޮށްލެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. އީނާލް އަށް ގޮވާލުމާއެކު ޒައިން ފުން ނޭވާއެއް ދޫކޮށްލިއެވެ.
ފޯން ހިފައްޓައިލައިގެން ހުރި އީނާލް އަށް ޒައިން ގެ އަޑު އިވުމާއެކު އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ. ޕްލީޒް… ޒައިން ކޮންމެވެސް އެއްޗެކޭ ބުނެބަލަ…. އަހަރެން ބޭނުން ދިމާކުރަން… ” އީނާލް ބުނެލިއެވެ.
“އޯކޭ ނާލް… ” ހަގީގަތުގައި ޒައިން ވެސް ހުރީ އީނާލް އާއި ބައްދަލުކުރަން ނުހަނު ބޭނުންވެފައެވެ. ޒައިން ގެ ދުލުން ‘ނާލް” އޭ ބުނި އަޑު އިވި އީނާލް ގެ ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ.
އޭނާ ފޯން ބާއްވަމުން އަވަސް އަވަހަށް ފާހާނާ އަށް ވަނީ ޒައިން އެ ބުނި ތަނަކަށް ބައްދަލު ކުރަން ދާށެވެ.
އީނާލް އާއި ގަޔާވާކަމުގަޔާއި އީނާލް އާއެކީގައި ހަޔާތުގެ ދުވަސްތައް ހޭދަ ކުރަން ބޭނުންވާކަށް ޒައިން ހާމަ ކުރި ހަޓުގެ ފާރުބުރިމަތުގައި އިށީނދެގެން އިން ޒައިން ގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް މާނަކުރަން އުނދަގުލެވެ. ހިތަމައިގެ ރީތި ތަސްވީރެއްފަދައެވެ. ޖެހެމުން ދިޔަ ވައިރޯޅިން އޭނާގެ އިސްތަށިތައް ވިހުރެމުން ދިޔައެވެ.
“އަހަރެން ނާލް ދެކެ ވަރަށް ލޯބިވަން… އެކަމަކު މި ވަނީ ކިހިނެތް؟ އަހަރެން މިޖެހެނީ ނާލް އާއި އެންމެ ފުރަތަމަ ގުޅުނު ތަނުން ކަންނޭގެ ވަކިވާން ވެސް… ތަގުދީރުގެ ސަމާސާ ނިކަން ދެކިބަލަ… ކެތް ކުރުން ނޫން ގޮތެއް ނެތް… ކިތަންމެ ހިތް އެދުނަސް… އަހަރެންނަށް އީނާލް ލިބޭކަށް ނެތް… ” ޒައިން ގެ ހިތަށް އަރާ ފައިބަމުން ދިޔަ ހިޔާލް ތަކުން އެ ހިތް އިތުރަށް ޒަހަމް ވެގެން ދިޔައެވެ.
ފަނަރަ މިނިޓް އީނާލް ގެ އިންތިޒާރުގައި ޒައިން މަޑު ކުރަން ޖެހުނެވެ. އޭނާ ގެ ލޮލުގައި ދުރުން އައި އީނާލް އަޅައިގަތުމާއެކު ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ޒައިން ފާރުމަތިން ފުންމާލިއެވެ. އަދި އީނާލް އެ ހިސާބަށް އަރާ ހަމަވަންދެން މަޑު ކޮށްލިއެވެ. ޒައިން ފެނުމާއެކު އީނާލް ގެ ފިޔަވަޅުތަށް ބާރުވިއެވެ. އެންމެ ސިކުންތަކީވެސް ލަސްވާ އެތަކެއް މިނިޓް ތަކެއް ކަމަށް އީނާލް އަށް ހީވަނީއެވެ.
ބާރުބާރަށް ގޮސް ޒައިން އާއި އަރާ ހަމަ ކުރުމަށްފަހު އީނާލް އެންމެ ފުރަތަމަވެސް ޒައިން ގެ އަތުގައި ހިފާލިއެވެ.
“އައި އެމް ސޮރީ” އީނާލް މާފަށް އެދުމާއެކު ޒައިން އަށް ނެގުނީ މުޅިން ނުބައި މާނައެކެވެ. އިސްޖަހާލައިގެން ހުރި އީނާލް ފެނި އޭނާ މަޑު މަޑުން އީނާލް ގެ އަތުގެ ތެރޭގައި އޮތް އޭނާގެ އަތް ދަމައިގަތެވެ. އަދި އީނާލް އަށް ފުރަގަސްދިނެވެ.
“އީނާލް މިރޭ މިތަނަށް ތިއަޔީ އަހަރެންނާ ވަކި ވާން ޖެހޭތީ މާފަށް އެދެންތަ؟” ޒައިން ބުނެލިއެވެ. އެ އަޑުގައިވެސް ވޭނާ ރިހުން ވިއެވެ. އެކަން އިނާލް އަކަށް ވެސް ސިއްރެއްނުވެއެވެ. ދެފަރާތަށް ބޯ ހޫރާލުން ފިޔަވާ އިތުރު ކަމެއް އީނާލް އަކަށް ނުކުރެވުނެވެ. އޭނާ ޒައިން ގެ އަތުގައި ދެންވެސް ހިފާލިއެވެ. އެހެންނަމަވެސް މިފަހަރުވެސް އީނާލް އަށް ފުރަގަސް ދީގެން ހުރި އީނާލް ޒައިން ގެ އަތް ފޮޅުވާލީއެވެ.
“ޒައިން މިހާރު އަހަރެން ދެކެ އެހާވެސް ރުޅި އަންނަނީތަ؟” ހިތް ދަތިވީވަރުން އީނާލް އަށް ބުނެވުނެވެ.
“އަހަރެން ގެ ބައްޕަ އަހަރެންނަށްވެސް ނޭނގި އަހަރެންގެ ކައިވެނި ހަމަޖެއްސީ ޒައިން… އައެމް ސޮރީ…” އިސްޖެހިފައި ހުރި އީނާލް ހަގީގަތް ހާމަކޮށްލީ ޒައިން ގެ ފަރާތުން ކުޑަނަމަވެސް އިޝާރާތެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ވީވެސް އެހެންނެވެ. ޒައިން އީނާލް އާ ވީފަރާތަށް އެނބުރު އިރު އެ ލޮލުގައި ވަނީ ހައިރާންކަމެވެ. މޫނުމަތިން ފާޅުވަމުން ދިޔައީ ބުނެދޭން ނޭނގޭފަދަ އަސަރުތަކެކެވެ.
“ކީކޭ؟” ޒައިން އަށް އަހާލެވުނެވެ.
“އާއެކޭ ޒައިން… އައި ޑޯންޓް ނޯ އެބައުޓް އޯލް ދިސް… އެކަމަކު މީހަކާ އެކު ދިރިއުޅެން ބޭނުންނަމަ އަހަރެން ބޭނުންވާ މީހަކީ ތީ… އަހަރެންގެ ލައިފް އަށް އަންނާނެ ހަމައެކަނި މިހަކީ ތީ ކަމުގައި ހަދަން އަހަރެން ބޭނުން… ބައްޕަ ގާތު ރީއްޗަށް ބުނަން ބޭނުން… އެ ހިތްވަރު އަހަރެން ހޯދަން ބޭނުން ޒައިން… އަހަރެން ނާއެކު މިކަމުގައި ޒައިން އެހީވެދީ… ހަމަގައިމުވެސް ޒައިން ނޫން މީހަކު އަހަރެން ބޭނުމެއް ނޫން… ތިހެން އަހަރެން ދެކެ ރުޅިއައިސް ހަގީގަތް ނުބަލާ ޒައިން އަހަރެން ދޫކޮށްލާފައި ދާކަށް ނޭދެން… އޭރުން އަހަރެންވެސް ވަރަށް ދެރަވާނެ… ޒައިން އަހަރެން ދެކެ ލޯބި ވަންޏާ އަހަރެންނާ އެކު ހުންނާނެ… އައި ވިލް ބީ ބްރޭވް… ބަޓް އައި ވޯންޓް ޔޫ ޓް ބީ ވިތް މީ އިން ދިސް…” އީނާލް ވާހަކަ ދައްކަމުން ދިޔައިރުވެސް ރޮވެމުން ދިޔައެވެ. އެހެންނަމަވެސް އޭނާ ހިތްވަރު ކޮށްފައި ޒައިން އަށް ހުރިހާ ވާހަކައެއް ކިޔައިދެވޭތޯ ބެލިއެވެ.
“އައެމް ސޮރީ” އީނާލް ގެ ކަރުނަތަށް ފެނި އަމިއްލަ ނަފްސު ކުށްވެރިކުރެވުމާއެކު ޒައިން ބުނެލިއެވެ. އަދި އޭނާ އީނާލް އާއި ދާދިގާތަށް ދިގު ފިޔަވަޅެއް އަޅާލުމަށްފަހު އެ ބޮޑު ދެ ލޮލުގައި މުތީތަކެއް ފަދައިން ވި ކަރުނަތައް ފޮހެދިނެވެ. “އައެމް ސޮރީ ޓޫ” އީނާލް ވެސް މާފަށް އެދުނެވެ. “ނާލް އެއް ނޫނޭ މާފަށް އެދެން ޖެހޭނީ… އަހަރެން…” ޒައިން ބުނެލިއެވެ. އަދި ދެފަރާތަށް ބޯ ހޫރާލަމުން ނުރުއިމަށް އިނާލް ގާތު އެދުނެވެ.
އީނާލް ކަރުނަތަށް ފޮހެމުން ހުއްޓާލަން މަސައްކަތް ކުރިއެވެ. “ނާލް އައެމް ސޮރީ… އަހަރެން އެހެން ބުނީ… ނާލް ދެރަކުރާކަށް ނޫން…” ޒައިން ބުނެލިއެވެ.
“އަހަރެންވެސް ވީ ދެރައިން އެހެން ބުނެވުނީ އައެމް ސޮރީ” ޒައިން އީނާލްގެ އަތުގައި ހިފާލިއެވެ.
“އިޓްސް އޯކޭ ޒައިން” އީނާލް ހިނިތުންވެލިއެވެ.
“އައި އޭމް ވިތް ޔޫ” ޒައިން ބޯ ޖަހާލަމުން ބުނެލިއެވެ.
“ދެން މި ކަރުނަތަށް ބޭކާރު ނުކުރޭ ހެހެ. “ޒައިން އީނާލް ގެ ކަރުނަތިކި ޝަހާދަތް އިނގިލިން ފޮހެލާ އެ ދައްކާލަމުން ބުނެލިއެވެ.
“ދެން ކޮންއިރަކުތަ ނާލް ގެ ޑިއުޓީ އޮތީ މާދަން… ” ޒައިން އަހާލިއެވެ. “މާދަން މޯރނިންގް ޑިއުޓީ” އީނާލް ޖަވާބު ދިނެވެ. “އެހެންތަ؟ ފެންނާނެތަ؟” ޒައިން އެއްލޯ މަރާލަމުން އަހާލިއެވެ. އެ އަޑުގައި ލާނެތް ކަން ވިއެވެ. “ހެހެ ދެން ޒައިން… މިހާރު ޒައިން ގެ ތި ހަރަކާތަށް އަހަރެން އާދަވެއްޖެ… އަބަދުވެސް ހޮސްޕިޓަލަށް ދާ ގަޑީ ބެލޭ ޒައިން ކޮބާތޯ… އެއްލޯ މަރާލަން ހެހެ” އީނާލް ވެސް ހަމަ އެ ރާގުގައި ވާހަކަ ދެއްކިއެވެ.
“ހެހެ. އެ އެއްލޯ މެރުން ހަމަ އެކަނި ހާއްސަ ވާފަރާތަކީ ތީ… އަހަރެންގެ ނާލް… އަހަރެންގެ ހިތް އެދޭ ހަމައެކަނި ފަރާތަކީ ތީ…” ޒައިން ބުނެލިއެވެ.
“ޒައިން ގެ ތި އެއްލޯ މަރާ އާދަ އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ… ހެހެ. ބުނަންތަ ވާހަކައެއް… އަސްލު އެންމެ ފުރަތަމަ ޒައިން އެހެން ހަދަން ފެށީމަ ކުޑަކޮށް ޖެހިލުންވި މީހަކަށް ފެނިދާނެތީ… އެކަމަކު މިހާރު އަބަދުވެސް އެ ހަރަކާތް ބަލާ ހިތްވޭ… ”
“ހޫމް ހޫމް… ލަދުން ރަތްވާ މަންޒަރު މާ ބޮޑަށް އަދި އަހަރެން ބަލާހިތްވޭ… އެ ހަރަކާތުން އީނާލް އަށް އަންނަ ބަދަލް ތައް އަހަންނަށް ކަމުދަނީ…” ޒައިން ބުނެލިއެވެ. އަދި އޭނާ ހީގަތެވެ. އީނާލް ވެސް ލަދު ރަކިކޮށް ހީގަތެވެ.
އެކުގައި ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު ގެއަށް އައި އީނާލް ކޮޓަރިއަށް ވަނީ ނިދާލަން ގަސްތު ކޮށްގެންނެވެ. މާދަމާ ޑިއުޓީ އޮތުމާއެކު އޭނާ ފޯން ނަގާ މާދަމާގެ މަސައްކަތް ތައް ހުރި ގޮތް ބަލާލިއެވެ.
އެއަށްފަހު ފާހާނާ އަށް ވަނީ ފެންވަރާ ތާޒާވެލުމުގެ ބޭނުމުގައެވެ.
ފެންވަރާހަދައިގެން ނުކުމެ ނިދާ އެއްޗެހި ލަމުން އީނާލް އެނދުމަތީގައި އޮށޯތީ ނިދާލާށެވެ. ޒައިން އާ މެދު ވެވުނު ހަމަނުޖެހުން ހައްލުވީތީ އޭނާ ހުރީ ނުހަނު އުފަލުންނެވެ.
ފަތިސްނަމާދު ބަންގިއާއެކު ނަމާދުކުރުމަށް ހޭލި މަލަކް ފޯން ނަގާ ބަލާލިއެވެ. ރޭގައި އޭނާ އަށް ނިދުނީ އަޔާން އާއި ވާހަކަ ދައްކަން އޮއްވައެވެ. ވައިބާރއިން ތަފާތު ގިނަ މެސެޖް ތައް ލިބިފައި ހުއްޓެވެ. ގިނައީ އަޔާން ގެ މެސެޖް ތަކެވެ.
ނިތީ ތޯ އެހުމަށް ފަހުކޮށްފައިވާ މެސެޖް ފެނި މަލަކް އަށް ހިނިތުންވެވުނެވެ. އަދި އޭނާ އަވަސް އަވަހަށް އަޔާން އަށް ރިޕްލައި ކޮށްލިއެވެ. އެއަށްފަހު ލަސްނުކޮށް އޭނާ ފާހާނާއާ ދިމާލަށް މިސްރާބުޖެހީ ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކުގައެވެ.
ނަމާދުކޮށްލުމުން ހިތަށް ލިބުނު ފިނިކަމާ ތާޒާކަމާއެކު ދެން މަލަކް ގަސްތުކުރީ ޤުރުއާން ކިޔަވާލާށެވެ. އެއަށްފަހު އޭނާ ކިޔަން ގެންގުޅުނު އިނގިރޭސި ވާހަކަ ފޮތް ނަގައިގެން އެނދުމަތީގައި ޖައްސާލީ ނުކިޔައި އޮތް ބާކީ ބައި ކިޔާލާށެވެ. ޝައުގު ވެރިކަމާއެކު ވާހަކަ ކިޔަމުން ގޮސް ވާހަކައިގެ ނިމުމަކާ ގާތަށް މަލަކް އަށް އާދެވިއްޖެއެވެ. ފަހުން ކިޔަން ދެން އޮތް ބައި ބޭއްވުމަށްފަހު މަލަކް ކޮޓަރިން ނުކުތީ ގޯތިތެރެއާއި ގޭތެރެ ފޮޅާ ސާފުކޮށްލާށެވެ. ދޮރުމައްޗަށް ނިކުމެ މަލަކް ކުނި ކަހަމުން ދިޔަ ވަގުތަކީ ފަތިހުގެ ވަގުތަށް ވުމާއެކު މަގުތައްމަތި ފެންނަނީ ނުހަނު އަމާން ކޮށެވެ. ހިނގާ ބިނގާވެ އުޅޭ މީހެއްގެ ހިލަމެއްނުވެއެވެ. ހާލުގެ ކައްކަކާކޯގެ އަޑާއި ކޮވެލީގެ އަޑު ފަށްގަނޑުން މުޅި ފަޒާވަނީ ގުގުމާލާފައެވެ.
އެސޮރުމެން ވެސް ދުވަހުގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ ކަންނޭގެއެވެ. ބައި ގަނޑު ގަނޑަށް އުދުހިފައި އުޅޭތަން ފެނެއެވެ. މަލަކް މެންގޭގެ ކުރިމައްޗަށް ހުރި ގޭގެ ގޯތިތެރޭގައި އިންދާފައި ހުރި ގަސްތަކުގެ ފަތްތައް ވަޔާއެކު އައިސް އޮންނަނީ މަލަކް މެންގެ ދޮރުމައްޗަށް ވެސް ޖަމާވެފައެވެ. އިލޮށިފަތިން ކުނި ކަހަމުން ދިޔަ މަލަކް ގެ ހަރަކާތް ތަކަށް ފާރަވެރިވެގެން ޒުވާނަކު ހުރިކަމެއް މަލަކް އަކަށް ނޭނގެއެވެ.
މަލަކް ކުނިކަހަމުން ދިޔަ މަންޒަރު ބަލަން ހުރި އަޔާން ހިނިތުންވެލިއެވެ. މަލަކް ގެ ހަރަކާތްތަކަށް ބަލަން އޭނާ އަށް ހުރެވުނީ އެއިން ކޮންމެ ހަރަކާތަކާ އޭނާ އަށް ގަޔާވެވުނީތީއެވެ. އަޔާން މަޑު ފިޔަވަޅުތަކުގައި އެ ދިމާލަށް މިސްރާބުޖެހިއެވެ.
“ޕޮއް” ކުނިކަހަން އިން މަލަކް ގެ އަތުން އިލޮށިފަތި ދޫވުމާއެކު އޭނާ އަށް ހަޅޭއްލަވައިގަނެވުނީ އަޔާން ގެ ސަކަރާތުންނެވެ. ތެޅެމުން ދިޔަ ހިތާ ދިމާ މޭގައި އަތް އަޅާލުމަށްފަހު މަލަކް ތެދުވެ ފަހަތް ބަލާލިއެވެ. “އަޔާން” މަލަކް އަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
“ކިރިޔާއޭ ބިރުން ހަލާކު ނުވީ؟” މަލަކް އަޔާން އަށް ފުރަގަސްދެމުން ރުޅިއައި ކަމަށް ހެދުނެވެ. އެހެންނަމަވެސް އޭރު އެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ.
“އޯކޭ… އަހަރެން ދަނީ… ރުޅި އައިމަ ދެން ވާހަކައެއް ނުދެއްކޭނެއެއްނު ދޯ” އަޔާން ފަސްދީ ދާން އެނބުރުނެވެ. އެނާ އަށް މަލަކް އޭނާ ހުއްޓުވާނޭކަން އެނގޭތީ މަލަކް ކަންތައް ކުރާގޮތެއް ބަލަން ބޭނުންވީއެވެ.
“އަޔާން” އަޔާން ހިނގައިގަތް ހެން ހީވުމާއެކު މަލަކް އެނބުރި އަޔާން ބަލާލިއެވެ. ލާނެތް ގޮތަކަށް ހިނިތުންވެހުރެ އަޔާން އޭނާގެ ފިޔަވަޅުތައް ހުއްޓާލިއެވެ.
އަދި އެނބުރި މަލަކް އަށް ބަލާލިއެވެ. ތުންކޮޅު އޫކޮށްގެން ހުރި މަލަކް ފެނި އަޔާން ގެ ހިނިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. “ދެން ވަރަށް ފޫހިވޭ” މަލަކް ބުނެލިއެވެ. “އެކަމަކު އަހަރެން ވަރަށް ލޯބިވޭ” މަލަކް ޖުމްލަ ބުނިހެން ހީނުވެ އަޔާން ވާހަކަ ދެއްކިއެވެ. އެއާއެކު ލަދުވެތި ހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު މަލަކް އަށް އިސްޖަހާލެވުނެވެ.
“ޑޯންޓް ޔޫ ލަވް މީ.. ބުނޭ ބުނޭ؟” އަޔާން މަލަކް އާ ގާތަށް ޖެހެމުން ބުނަމުން ދިޔައެވެ. “ދަރިފުޅާ މަލަކް” ދެމީހުން ސިހުނީ ގޭތެރެއިން އާނިސާ ގެ އަޑު އިވުމުންނެވެ. “އަޔާން ފަހުން… މިގަޑީ އެހަށް ދޭ” މަލަކް ބޭނުންވީ އަޔާން ފޮނުވާލާށެވެ. އަދި އެ ގުޅުން މަންމަ އަށް އެނގޭކަން މަލަކް ބޭނުމެއް ނުވެއެވެ. އަޔާން ދާން ބޭނުންނުވިޔަސް މަލަކް ގެ އެދުމާ ދެކޮޅު ހަދަން ބޭނުންނުވާތީ ދާން އެއްބަސްވީއެވެ.
އަދި ދުރަށް ހިނގައިގަތެވެ.
ފަތިސް ނަމާދު ކޮށްނިމިގެން ހޫނު ކޮފީ ތައްޓެއް ހަދައިގެން އީނާލް ކޮޓަރިއަށް ވަނީ ލެޕްޓޮޕުން އޭނާ ނިންމަން ޖެހޭ މަސައްކަތެއް ކުރުމަށެވެ. މޭޒު ދޮށުގައި އިށީނދެ ލެޕްޓޮޕް ހުޅުވާލުމަށްފަހު އޭނާ ކޮފީތަށި ބެހެއްޓިއެވެ. އޭސީ ތެރޭގައި ކޮފީގެ މީރުވަސް ހިފައިލަން ނެގީ މަދު ސިކުންތު ކޮޅެކެވެ. އިރު އިރު ކޮޅަކާ ކޮފީތަށިން އެތިކޮޅެއް ބޮމުން ދިޔަ އީނާލް ގެ ފުރިހަމަ ސަމާލްކަން ހުރީ ލެޕްޓޮޕަށް ހުއްޓިފައެވެ.
އޭނާ ގެ ފޯން ރިންގް ވާން ފެށުމާއެކު ފޯން ނަގާ އީނާލް ބަލާލިއެވެ. އެއާއެކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކުރަން ހުރި މަސައްކަތް ތައް ބެހެއްޓުމަށްފަހު އޭނާ އެ ފޯނަށް ސަމާލް ކަން ދިނެވެ. “އައި މިސް ޔޫ ޓޫ” އެ ކޮޅުން ވާހަކަ ދެއްކުމާއެކު އީނާލް ވެސް ޖަވާބުދިނެވެ. ހީވާގޮތުން އޭނާ ވާހަކަ ދައްކަމުން އެ ދަނީ ވަރަށް ގާތް މީހަކާއެވެ. އެ ކޮޅުން ބުނާ ވާހަކައިން އީނާލް ގެ ތުންފަތް މައްޗަށް ވެރިވަމުން ދާ ހިނިތުންވުމާ ވާހަކަދައްކަމުން އަތަށް ގެންނަ ހަރަކާތް ތަކުން އޭނާ އެ ވާހަކަ ދައްކަމުން ދަނީ ވަރަށް ގަޔާވާ މީހަކާ ކަން އެނގެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.








salaam. heres the 15 th part. hope u will all love this and enjoy this ep too.
jazakallah khairan. 🙂
Wonderful ❤️❤️❤️???… Mi part vx v v v reethi ingey Hi Mi ❤️❤️❤️?????????????????????… Superb ???… Pinky ge guess correct dhw ???… Zain eenaal ah trust kuri ???… Yayyyy ???… Heheh… Nasybehnu edhe kudhin ge relationship break nuvi kann ???… Eenaal e vaahaka dhahkany zain aa kanneynge ???… I just can imagine each n every scene in it ???… Keep up the good work ???❤️❤️❤️… Ur the best hama ???❤️❤️❤️???… Curiously waiting for the next part ???… Lots and lots of love my most favourite Hi Mi ❤️❤️❤️??????????????????…
Thanks dear. Hingaa dw dhen balamaa vani kihinehthoa… awwn. And what a lovely comment. Thankyou for supporting me all this while. Much loves and thanks. ???
thanks hi mi upkohdhinythee
Thanks dear. ???
its awesome just love it, maasha allah
mi partvx hama fab
keep going hi mi
u can u have talent
Thanks dear. ???it means a lot. ???
Masha Allah mi partves vvvv reethi
Thanks ingey dear. V ufaavehjje. ???
Vrh reethi.Fothegge gothugaa neredhen v ehnnu
Hey dear. Ufaavehjje ingey.Thikamaki kuranyaa v baovaru kanthah thah kurin kuran jehey kamakah dw. Thankyou for the support ingey. Much loves.
Maashaa Allah varah reethi mipart ves…???????
Hey dear. Ufaavehjje ingey.Thanks. ???
Wow ??? Himi mi partvx hama superb ingey ?????… v v v reethi ?????… vaahakaiga haadhisaathakaa sifakurun thah v v v furihama ?????… I can image each and every scene in it ?????… keep up the good work Himi ?????… curiously waiting for the next ?????… much loves
Hey dear. Ufaavehjje ingey.Thanks. ???it means a lot. Next ep mirey. In Sha Allah. Lrts see whats gonna hpn. Dw. ???