“އިވާން އަކީ ތި ހީކުރާކަހަލަ މީހެއް ނޫނެވެ”. މީ އަހަރެންގެ ބައްޕަގެ އިތުރުން އަހަރެންގެ އެކުވެރިން ކައިރީ ވެސް ވަރަށް ގިނައިން އަހަރެން ދައްކަން ޖެހޭ ވާހަކައެކެވެ. އިވާން އާ ދުރުހެލިވެގެން އުޅުމަށް އަހަރެންގެ އެކުވެރިން އަބަދުމެ އަހަރެން ކައިރީ ބުނެއެވެ. އެމީހުން ބުނާ ގޮތުގައި އިވާން އުޅެނީ ޕާޓޭ ގޭންގަކާ ގުޅިގެންނެވެ. އަހަރެންގެ އެކުވެރިން އަހަރެން ގާތު އިވާން އޭ ކިޔައިގެން ދައްކާ ފާޑުފާޑު އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. އަދި އިވާން ކައިރީ އަހައިގެން އެ […]