މި ނިންމުން ބައްޕަ އާއި އަނީސް މިނިންމީ ވަރަށް ވިސްނުމަށް ފަހު… ބައްޕަމެން ދެމީހުންވެސް ބޭނުންވަނީ ދަރިފުޅުމެން ދެކުދިންގެ ކައިވެނި ކުރެވެން…” ވަކިވަކިން އީނާލް އަށާއި މިކްޔަން އަށް އިޝާރާތް ކޮށްލުމާއެކު ނާޖިދު ބުނެލިއެވެ. އީނާލް އަށް ވަގުތުން އިސްއުފުލާލާ ބަލާލެވުނެވެ. އެ ހާމަ ކޮށްލި ވާހަކަ އީނާލް ގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ވަގުތުންނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެންނަމަވެސް އެވަގުތު އީނާލް ގެ ދުލުގައި ވަނީ ތަޅެއް ލެވިފައެވެ. ބަހެއް ބުނާނެ ހާ […]
އެހެންނަމަވެސް މަލަކް އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ފޯން ކަނޑާލީއެވެ. އޭގެ އަނެއްރޭގެ ވަގުތެކެވެ. ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ރަށުގެ ތުނޑީގައި ހުރެލާފައި އަޔާން ގެއަށް ދާން ހިގައިގަތެވެ. “އޭތް” އަޔާން ސިހުނީ ކުއްލިއަކަށް އޭނާގެ ގަމީހުގައި ހިފާ މީހަކު ދަމާލުމުންނެވެ. އެމީހާ ދަމައިގަތް ލެއް ބާރުކަމުން އަޔާން ގެ ކަރަށް ވެސް ތަދުވިއެވެ. ވާނީވެސް އެހެންތާއެވެ. ޓީޝާޓް ވާންވީ ކަރަށް ވިއްޔާއެވެ. އަޔާން ގަދަކަމުން އެމީހެއްގެ އަތުން ވީއްލިގަތެވެ. އޭނާ ރަނގަޅަށް އެމީހަކަށް ބަލާލުމާއެކު […]
މަލަކް ގެ ނަޒަރުވެސް ހުރީ އަތުގައި އޮތް ކެވެލި ކޮޅަށް ހުއްޓިފައެވެ. އޭނާ އަލުން އަތް މުށްކަވާލިއެވެ. އަދި ތިރި ކޮށްލިއެވެ. “މަލަކް އަށް އަދިވެސް އަހަރެންގެ މަތިން ހަނދާން ނައްތައެއް ނުލެވެއެއްނު… މަލަކް ކިތަންމެ ސިއްރު ކުރަން އުޅުނަސް އަހަރެންގެ ލޮލަށް ވެސް މަލަކް ތި އުޅޭ ގޮތް ފެނޭ…” އެންމެ ފަހުން އަޔާން އަށް ބުނެވުނެވެ. އޭނާ އަތް ސޯޓުގެ ޖީބަށް ކޮށްޕާލިއެވެ. ތެމިފައި ހުރި އަޔާން ގެ ގައިގައި މަލަކް ބައްދައިގަތް ގޮތުން […]
ސައި ނިންމާލުމަށްފަހު އަރީފްއާއި ވާހަކަ ދައްކާލަން ދާނިޔަލް އިން އިރު އާލާ އިނީ ޝަޒިއްޔާ ގާތުގައެވެ. ޝަޒިއްޔާ އެކައްޗެކޭވެސް ބުނުމެއްނެތި އާލާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. ވާހަކައިގެ ފޯރީގައި ތިބުމުން އަރީފްގެ އިތުރުން ދާނިޔަލްއަށްވެސް އެކަމެއް ފާހަގައެއް ނުވިއެވެ. “މަންމާ ކިހިނެތް ވީތަ؟” ކޮޓަރިއަށް ވަތްގޮތަށް ޝަޒިއްޔާ ދޮރު ތަޅުލުމުންނާއި އޭނާ އާލާ ގޮވައިގެން އައި ގޮތުން އާލާ ސުވާލުކޮށްލިއެވެ. އެ ސުވާލަށް ޖަވާބުދިނުމެއްނެތި އާލާ ގޮވައިގެން ގޮސް ޝަޒިއްޔާ އެނދުގައި […]
“ނަސީބަކުން ކަށިގަނޑަށް ކަމެއް ވެފައެތް ނެތް ދޯ” އެކްސްރޭ ބަލާލާފައި ޒައިން އަތަށް ދެމުން މިކްޔަން ބުނެލިއެވެ. އެ ގަޑިއަކީ އީނާލް ވެސް ބްރޭކަށް ދާން ވެގެން ނުކުތް ގަޑި އަށް ވުމާއެކު އީނާލް އަށް މިކްޔަން ދެއްކި ވާހަކަ ތައް ރަނގަޅަށް އަޑު އިވުނެވެ. އޭނާ އަށް ދެބުމަ އަރުވާލެވުނެވެ. އެހެންނަމަވެސް އިތުރަށް އެއްވެސް އެއްޗެއް ބުނާ ހިޔާލެއް އޭނާ ނުކުރިއެވެ. ނުކުތް އިނާލް ފެނި މިކްޔަން ހިނިތުންވެލިއެވެ. އަދި އެއަށްފަހު އޭނާ އީނާލް ގާތަށް […]
“އީނާލް” ސާމިރާގެ އަޑަށް ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި ހުރި އީނާލް އަށް ސިހުން ލިބުނެވެ. އޭނާ އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ކާ ކޮޓަރިއަށް ގޮސް ވަނެވެ. ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އަޔާން އަށް މަލަކް އާއި ބައްދަލު ވާ ގޮތެއް ނުވިއެވެ. އޭނާ އެކަމާ ވިސްނާވެސް ބޯ ގޮވާ ވަރު ވެއްޖެއެވެ. މަލަކް މިހާރު ގެސްޓް ހައުސް އަށް ދާކަން ވެސް އަޔާން އަށް އޮތީ އެނގިފައެވެ. އޭނާ އެކަމާ އުފާކުރެއެވެ. މަލަކް އަށް ވަޒީފާއެއް […]
އަޅުގަނޑުގެ ދެން އޮތް ވާހަކަ ” އެންމެ ހިނިތުންވުމަކަށް ” މިވާހަކައިން އުލްވީ، އުލްޔާ، ރިހާމް އަދި ކިޔާންއާއި ބައްދަލުކޮއްލަން ތައްޔާރުވެލައްވާ. އިރާދަކުރެއްވިއްޔާ މިމަހު 25 އިން ފެށިގެން މިވާހަކަ އަޕްލޯޑް ކުރަން ފަށާނަން.
ރޭގަނޑުގެ އެ ހިތްގައިމު ވަގުތު ދާނިޔަލް ބެލަކަންނަށް ނިކުންނަން ދިޔައެވެ. ހިތްހަމަޖެހުން އެތަނުން ވެސް ލިބޭނެތީއެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތައް ދާނިޔަލްގެ އިސްތަށިތަކަށް ގޯނާކުރަމުން ދިޔައެވެ. ރެއިލިންގައި އަތް އަޅުވާލުމަށްފަހު އޭނާ ފޯނު ނަގައި ހުޅުވާލިއެވެ. އަދި ވައިބަރ ހުޅުވާލި އިރު އެކި މީހުންނާއި ގްރޫޕް ތަކުން ސަތޭކައަށްވުރެ ގިނަ މެސެޖު އައިސްފައި ހުއްޓެވެ. ދާނިޔަލްގެ ލޮލުގައި އަޅައިގަތީ އެންމެ ފުރަތަމައަށް އިން މެސެޖެވެ. ސައިފްގެ ނަން ފެނި ދާނިޔަލްގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. ދާނިޔަލް […]
ދެމީހުން އެ ދެމީހުންގެ އަމިއްލަ ދުނިޔޭގައި ތިބި ވަގުތު ފޯޓޯގްރާފަރ ރީތި ފޮޓޮއެއް އޭނާގެ ކެމެރާގައި ރައްކާކޮށްލިއެވެ. އާލާއާއި ދާނިޔަލް ދެމީހުންގެ ލޮލަށް ގެއްލިފައި ތިބި އިރު ދެން ތިބި ހަތަރު މީހުން ތިބީ އެ ދެމީހުންނަށް ބަލަހައްޓައިގެން ހެވިދިލިފައެވެ. ވަރަށްވެސް ފުރިހަމަ ފޮޓޮއެކެވެ. އާލާ އާއި ދާނިޔަލްއަށް ހޭވެރިކަން ވީ އިޝާން ގަދަކަމުން ކެއްސަން ފެށުމުންނެވެ. ދާނިޔަލް އިސްތަށިގަނޑު ތެރެއަށް އަތް މަހާލުމަށްފަހު ދުރަށް ނަޒަރު ހުއްޓާލަމުން ކަމެއް ނުވާކަމަށް ހެދުނެވެ. އާލާވެސް ނޫން ކަމަށް […]