Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާލޯބިންނޭ ދީވާނާ ވަނީ -3

Malak ♥️ Level 1
November 1, 2018 5 Mins Read
9 Comments

” އަހަންނަށް އަބަދުވެސް ފެންނަނީ މައު ކޮންމެވެސް ހިޔާލެއްގަ ހުއްޓަ.. ކޮންކަމަކާތަ އެހާވަރަށް ވިސްނަނީ؟؟؟ އަނެއްކާ ބޯއީފްރެންޑް އެއް ހުންނަނީތަ؟؟؟…” ތެޅިތެޅީ އޮތް ހިތަކާއިއެކު ޒަކްވަން މިހެން އަހާލިއެވެ… މައުރިން ޒަކްވާން އާއި ދިމާއަށް ބަލައިލިއިރު އެ މޫނުމަތިން ފެންނަނީ ސީރިއަސް ކަމެވެ.

” ބޯއީފްރެންޑެއް ނުހުރޭ..، އެކަމުވެސް އެހެން ކުޑަކޮށް ވިސްނާލަން ޖެހޭ ބައެއްކަހަލަ ކަންތައްތައް ހުންނާނެއެއްނު ދޯ..” މައުރިން ގެ ވާހަކަ ނިންމާލީ ހިނިތުންވެލަމުންނެވެ. ޒަކްވާން އަށް ވެސް ހީލެވުނީ މައުރިން ގެ ޖަވާބުން ހިތަށް ހަމަޖެހުމެއް ލިބުމުންނެވެ.

” ކީއްވެ ސިންގަލް ކޮށް ތި ހުންނަނީ؟؟؟ ކުއްޖަކާ ރައްޓެހިވާން ބޭނުން ނުވަނީތަ؟؟؟ އަހަންނަށް އިނގޭ މައު އަށް ޕްރޮޕޯސް ކުރާ ކުދިން މަދެއްނުވާނެ ކަން.. ދެން ކީއްވެ؟..” ޒަކްވާން އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ.

” އެހެނެއް ނޫން.. ކޮންމެ މިހަކު ވެސް ބޭނުންވާނެ ދޯ ލައިފް ޕާރޓްނާއެއް… އެކަމު ކަމުދާކަހަލަ ކުއްޖަކު ނުފެންނާތީ އަދި ހުރީ…” ނިއްކުރި މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން މައުރިން ބުނެލިއެވެ.

” ވޯހް… ސަޅި.. މަ ވެސް ހަމަ ތިހެން ވެގެން އަދި ސިންގަލްކޮށް މި ހުންނަނީ…” ޒަކްވާން ބުނެލިއެވެ. އެނާ ވެސް ހުސް ކަން މައުރިން އަށް އަންގާލީ ތޯއްޗެކެވެ..

” ދެން ބުނެބަލަ، މައު އަށް ކަމުދަނީ ކޮންކަހަަލަ ކުއްޖެއްތަ؟؟؟..” ކުޑަަކޮށް ނުތަނަވަސްވެފައި ހުރެ ޒަކްވާން އަހާލިއެވެ. މައުރިން ވިސްނާލިއެވެ.

” މްމްމްް… މޮސްޓް އިމްޕޯޓެންޓްލީ، ފެއިތްފުލް ވާންޖެހޭނެ… އޮނެސްޓްވާން ޖެހޭނެ.. ދެން ވަރަށް ސަޕޯޓިވް… ދެން އެކަހަލަ ސިފަތައް ހުންނަ.. ދެން އޮފްކޯޒް.. ކޮންމެ މީހަކުވެސް ބޭނުން ވާނެ ދޯ ރީތި މީހެއް.. ހެހެހެ.. ޔާ.. ސޯ ވަރަށް ހޭންޑްސަމް މީހެއް.. އަހަންނަށް ހިވަނީ މިހާރު އެ ކަހަލަ ކުއްޖަކު އަހަންނަށް ފެނިއްޖެ ހެން…” މައުރިން ސިއްރު ސިއްރުން ޒަކްވާން އަށް ބަލާލިއެވެ.

” ކޮންކަހަލަ ކުއްޖަކު ފެނުނީތަ؟..” ޝައިމް އަށް މައުރިން ބުނި ޖުމްލަ އަޑު އިވުމުން އަހާލިއެވެ.

” މައު އަށް ކަމުދާކަހަލަ ކުއްޖަކު ފެނުނިއްޔޯ..” ޖަވާބު ދިނީ ޒަކްވާން އެވެ. ޝައިމް ގާތަށް އައީ ލަނެތް ހިންޏެކެވެ.

” ކުރިން ނުފެނި ހުރެފަ މިހާރު ފެނުނީމަ އޭގެ މާނައަކީ އެ ކުއްޖަކީ ޒެކް އޭ ދޯ..” ޝައިމް މިހެން ބުނުުމުން ޒަކްވާން އާއި މައުރިން އަށް ބަލައިލެވުނީ އެކަކު އަނެކެއްގެ މޫނަށެވެ. އެ ވަގުތު މައުރިން އަށް ފޯނެއް އައުމަކީ ހަމަ ނަަސީބެކޭ މައުރިން ހިތަށް އެރިއެވެ. އޭނާ އަވަސް އަވަހަށް ފޯނަށް ޖަވާބުދިނެވެ.

” ޝައިމް.!! ގެއަށް ދާން ޖެހިއްޖެ.. އަހަރެން ދަނީ އިނގޭ..” މައުރިން މިހެން ބުނެ ތެދުވެ، ގައިގާހުރި ވެލިތައް ފޮޅާލުމަށްފަހު ގެއާއި ދިމާއަށް ހިނގައިގަތެވެ.

” މައު.!!! ޒެކް ބުނީ ވަރަށް ލޯބިވެޔޯ..” މައުރިން ލަދުގަނެފިކަން އެނގުމުން އަދި އިތުރަށް ލަދުގަންނަވާލުމުގެ ބޭނުމުގައި ޝައިމް ބުނެލިއެވެ. މައުރިން ފަހަތް ބަލައިލިއެވެ. އެވަގުތު ޒަކްވާން ގޮސް ޝައިމް ގައިގާ ނިކަން ބާރަށް ޖަހާލިއެވެ. މި މަންޒަރު ފެނުމުން ހީލުމަށްފަހު ބޯހޫރާލާފައި ހިނގައްޖެއެވެ.
ޢަޞްރު ނަމާދުން ފައިބައިގެން ޝައިމް އާއި ޒަކްވާން ކެފޭ އަކަށް ދިޔައީ ކޮފީއެއް ބޯލާށެވެ. ކޮފީބޯން އިން އިރު ޒަކްވާން އިނީ ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ.

” އޭތް..!!! ކޮންކަމަކަ ތި ވިސްނަނީ މާ ވަރަކަށް؟؟؟..” ޝައިމް މިހެން ބުނިއަޑަށް ޒަކްވާން ސިހިފައި ބަލައިލިއެވެ.

” އަހަރެން ކަމަކާ ވިސްނަންތަ އެބަ؟. ހަމަ ކޮންމެސް އެއްޗެކޭ ކިޔާހިތުންނޭ ތި އުޅެނީ..” ބޯ ހޫރާލަމުން ޒަކްވާން ބުނެލިއެވެ.

” އެއްގޮތަކަށްވެސް ނުވިސްނާ.. މި ތަނަށް ވަނީއްސުރެ ތި އިންނަނީ ގަބުވެފަ ވިއްޔަ… ހެޔޮ ނުބުންޏަސް.. މަށަށް އިނގޭ ކޮންކަމަކާކަން ތި ވިސްނަނީ..” ގޮނޑީގައި ލެގިލަމުން ޝައިމް ބުނެލިއެވެ.

” އޯހް… އެހެންތަ؟ ދެން ތިހާމޮޅު އިރު ކީއްކުރަންށޯ މަގޭ ކައިރީ ތި އަހަނީ؟..” ޒަކްވާން ހީލަމުން ބުންޏެވެ.

” ހެހެހެ… އެއްބަސްވޭތޯ ބަލާލަން ވެގެން. މަ ބުނަންތަ ޒެކް ކޮންކަމަކާކަން ތި ވިސްނަނީ؟ މައު އާ ދޭތެރޭ އެއްނު ދޯ؟..” ހިނިގަނޑެއް ޖަހާލުމަށްފަހު ޝައިމް ބުނެލިއެވެ. ޒަކްވާން ލޯ އަޅާލުމަށްފަހު ނޫނެކެ ބުނެލިއެވެ.

” ނޫނެކޭ؟؟ މަ ކައިރީތަ ނޫނެކޭ ތި ބުނަނީ؟ އަޅެ ދޮގުނުހަދާ ބުނެބަލަ.. ޒެކް، މައު ދެކެ ލޯތްބެއް ނުވޭތަ؟..” ޝައިމް ހިނިއައިސްފައި އިނދެ އަހާލިއެވެ.

” ޝައިމް ކީކޭ ކިޔަން ތި އުޅެނީ؟؟ އަ.. އަހަރެން މައު ދެކެ ލޯތްބެއް ނުވޭ؟..” އަޅައޅައިގަންނަމުން ޒަކްވާން ބުނެލިއެވެ.

” މިހާރު މަށަށް ޔަގީން ވެއްޖެ ޒެކް މައު ދެކެ ލޯބިވާކަން.. އެކަމު މައު އެއް ޒެކް ދެކެ ލޯތްބެއް ނުވާނެ.. އޭނަ ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި.. އެ ކުއްޖާގެ އިންތިޒާރުގަ އެ ހުންނަނީ..” ޝައިމް މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ޒަކްވާން އަށް ލިބުނީ ކުއްލި ސިހުމެކެވެ.

” ކީކޭ؟؟؟ އެ ކާކު؟؟ ބުނެބަލަ!!!..” ޒަކްވާން އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ. އޭރު އޭނަގެ މޫނުމަތިން މާޔޫސްކަން ފާޅުވާން ހުއްޓެވެ.

” ޒެކް ކީއްކުރަން އެ އެއް އޮޅުން ފިލުވަނީ؟؟ ކާކުކަން ބުންޏަސް ނޭނގޭނެ.. ދެން ބުނުމުގެ ބޭނުމެއް ނެތެއްނު..” ފޯއްތަބަކުން ކަރަންފުލެއް އަނގައަށް ލަމުން ޝައިމް ވާހަކަދެއްކިއެވެ.

” ހެވޭ ނޭނގުނަސް.. އަޅެ ހެޔޮނުވާނެ.. ހަމަ އެކަނި އެ ކުއްޖެއްގެ ނަން ވިޔަސް ބުނެލަދީބަލަ..” އާދޭހުގެ ރާގެއްގައި ޒަކްވާން ބުނަމުން ދިޔައެވެ.

” އަދިވެސް ބުނާތި އިނގޭ ތިމަންނަ މައު ދެކެ ލޯތްބެއް ނުވެއޭ.. އަހަރެން އެހެން ބުނެލިކަމަށްޓަކާ މީހާ ތިހިރަ ގޮސް ހަލާކުވަނީނު.. އެއީ އަހަރެން މަޖަލަކަށް ބުނި އެއްޗެކޭ…. އަސްލު ތެދު ތެދަށް ބުނަންޏާ އަހަންނަށް ވަރަށް ހީވޭ މައުވެސް ޒެކް ދެކެ ލޯބިވާހެން.. ދެން މިހެން ބުނީމަ ފޮނިވާނީކީ ނޫން..” ޝައިމް މިހެން ބުނުމުން ޒަކްވާން ފުން ނޭވާއެއް ދޫކޮށްލިއެވެ.

” އަދިވެސް ތި ގޮތް ދޫކޮށްލަކަށް ނުވޭދޯ.. އެ ދެން މަޖަލަށް މީހުން ކުރާކަހަލަ ކަންތައްތަ؟ ހުމްމްމް.. ދެން ޝައިމް އަށް ކިހިނެއް އިނގެނީ އޭނަ މަދެކެ ލޯބިވާ ކަމެއް؟؟؟..” ޒަކްވާން ބުނެލިއެވެ.

” އެއީ މައު އަބަދުވެސް ބުނާނެ މިރަށުގަ ކަމުދާ ކަހަލަ ކުއްޖަކު ނޫޅެއޭ.. ދެން ހަމަ ޒެކް މި ރަށަށް އަންނައިރަށް ކަމުދާ ކަހަލަ ކުއްޖަކު ފެނިއްޖެއޭ ބުނީމަ އިނގޭނެ އެއަނު.. ދެން އަނެއްކާ އޭނަ އުޅޭގޮތުން ވެސް ހަމަ ވަރަށް ހީވޭ…” ޝައިމް އޭނާއަށް ހީވާ ހީވުން ހާމަކޮށްލިއެވެ. ޒަކްވާންގެ މޫނުމަތިން އުފާވެރިކަމާއި އުންމީދުގެ ކުލަވަރު ފެނުނެވެ.

” އޭތް ޝައިމް.. މަށަށް ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ..” ޒަކްވާން މިހެން ބުނުމުން ޝައިމް ބޯޖަހާލީ ވާހަކަ ކުރިއަށް ގެންދަށޭ ބުނާ ފަދައަކުންނެވެ.

” މީ… މަށަށް މައު އާ ދިމާވާނެ ގޮތެއް ހަދައިދީފާނަންތަ؟.” ޒަކްވާން ކުޑަކޮށް ޖެހިލުންވެ އިނދެ ބުނެލިއެވެ.

” އާނ.. ތީ އެއްވެސް ކަމެއް ނޫނެއްނު.. އަވަހަށް ހިނގާ ދާން..” ތަނެއްގައި ރޯވެގެން މީހަކު ފުންމައިގެން އެރިހެން ޝައިމް، ޒަކްވާންގެ އަތުގައި ހިފައިގެން ތެދުވިއެވެ.

” އޭތް… އިހަށް މަޑުކޮށްބަލަ.. މިހާރަކު ނޫނޭ.. މިރޭ ކޮންމެސް ގަޑިއެއްގަ.. ރޭގަނޑު ވީމަ އުނދަގޫވާނެ ކަން ވެސް އިނގޭ.. އެކަމުވެސް ޕްލީޒް.. އެކަމު ހަމަ ސީދާ މަ ބުނެގެން މީޓް ކޮއްލަންނޭ ނުބުނާތި..” ޝައިމް ގޮނޑީގައި ބައިންދަމުން ޒަކްވާން ވާހަކަދެއްކިއެވެ. ޝައިމް އެކަން ހަމަޖައްސައިދޭނެ ކަމަށް ބުނެލިއެވެ.
ރޭގަނޑު 08:15 ވެއްޖެއެވެ. ގޭގައި ހުރީ ޒަކްވާން އެކަންޏެވެ. ޝައިމްވީ މައުރިން ބަލާގޮހެވެ. ޒަކްވާން ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އެވަގުތު ޒަކްވާން ފޯނަށް މެސެޖެއް އައެވެ.

” ޒެކް!!! 08:30 ހާއިރު މައު ދާނެ ގެއަށް… މަ ބުނާނަން އަހަރުން މަންމަ މައު ހޯދައޭ އެބަ.. އަހަރުން ރޫމް ގަ އެބައިނޭ… އޭނަ ވަންނައިރު ޒެކް އެތެރޭގަ ހުރިތަން ފެނިއްޖެއްޔާ ނުވަންނާނެ… ސޯ އޭނަ ވަންނަން ވާއިރަށް ކޮންމެސްތާކު ފިލާހުރޭ.. ދެން ޔޫޒް ޔޯ ބްރެއިން އެންޑް މެނޭޖް.. އަނެއްކާ މާ ބޮޑުވަރު ކޮށްނުލައްޗެ.. އޯކޭ ބްރޯ.. އޯލް ދަ ބެސްޓް..” ޒަކްވާން މެސެޖް ކިޔާލިއެވެ. ޝައިމް އަށް ރިޕްލައި ފޮނުވާލުމަށްފަހު ފާރުގައި ހަރުކޮށްފައިހުރި ގަޑިއަށް ޒަކްވާން ބަލައިލިއެވެ.
ގަޑިން 08:26 ވެއްޖެއެވެ. ޒަކްވާން އަވަހަށް ލޯގަނޑު ކުރިމައްޗައް ހުއްޓި ރީތިވާން ފެށިއެވެ. ބޮޑީ ސްޕްރޭ ޖެހި ވަގުތު އަނގަޔަށްށާއި ނޭފަތަށް ވެސް ދިޔައެވެ. އަވަސްކުރަން އަދައިގެން ލިބޭނީ ލަނޑޭ ޒަކްވާން ހިތަށް އެރިއެވެ. ކެއްސަމުން ކެއްސަމުން ގޮސް މޭޒުމަތީގަިއ ހުރި ފެންފުޅިން ފެންފޮދެއް ބޯލިއެވެ.
އެ ވަގުތު ގޭގެ ދޮރު ލެއްޕި އަޑު އިވުނެވެ. ޒަކްވާން ގަޑި ބަލާލިއެވެ. އެއާއިއެކު އެ އައީ މައުރިން ކަން އިނގުނެވެ. ޒަކްވާން ގޮސް ދޮރުގެ ބިއްދޮށަށް ވަނެވެ. އިރުކޮޅެއް ނުވެ ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަނީ މައުރިން އެވެ. ދަނޑިވަޅު ބަލާފައި ޒަކްވާން، ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ތަޅުލިއެވެ. މި އަޑަށް މައުރިން ސިހިފައި ބަލާލިއެވެ. އަދި ކުރިމަތީގައި ހުރި ޒަކްވާން ފެނިފައި ހައިރާންވެ ބަލަހައްޓާއިގެން ހުއްޓެވެ. ޒަކްވާން އެ ތަނަށް ވަނީ ކޮން އިރަކުބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

” ޒަކް.. ޒަކްވާން.. ކޮން އިރަކު މިތަނަށް އައީ؟؟..” މައުރިން ހައިރާންވެފައި ހުރެ އަހާލިއެވެ.

” މައު ވަތް އިރުވެސް އަހަރެން ހުންނާނީ ހަމަ މިތާ.. އެކަމު ނޭނގުނު ދޯ؟؟..” ޒަކްވާން މަޑުމަޑުން މައުރިން އާއި ކައިރިވަމުން ދިޔައެވެ.

” އަނެއް.. މީ.. ޝައިމް ބުނީ ޒަހީނައްތަ އަހަރެން ހޯދަޔޯ އެބަ.. ޝައިމް ގެ ކޮޓަރީގަ އެބަ އިނޯ.. ޒަކްވާން ގޮވައިގެން ތާކަށް ދާން އުޅޭ ވާހަކަވެސް ބުނި.. ނުދަންތަ؟؟..” މައުރިން އެ ތަނަށް އައި ބޭނުން ޒަކްވާން ގާތުބުނެލިއެވެ.
ނަމަވެސް މައުރިން ދައްކާ ވާހަކައަކަށް ޒަކްވާން އެއްވެސް ސަމާލުކަމެއް ދޭހެނެއް ހިޔެއްނުވެއެވެ. ޒަކްވާން މިހާރު އެހުރީ މައުރިން ގައިގާ ޖެހޭ ނުޖެހޭ ހިސާބުގައެވެ.  މައުރިން ކޮޓަރިން ނުކުތުމަށް ހިނގައިގަތް ވަގުތު ޒަކްވާން މައުރިން ގެ އަތުގާ ހިފުމަށްފަހު އޭނާއާއި ގާތަށް ދަމާލިއެވެ.

” ޒަކްވާން.. އަަހަރެން.. ދާންވެއްޖެ… އަހަރެން..” މައުރިން އަށް ބުނެވުނީ މި ހިސާބަށެވެ.

” ޝްޝްޝް…” މައުރިން އެ ރީތި ތުންފަތުގައި ޒަކްވާން ޝަހާދަތް އިނގިލި ޖައްސާލިއެވެ.
އެ ވަގުތު މައުރިން ޒަކްވާން ގެ މޫނަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ބުނެދޭން ނޭނގޭ ކަހަލަ ޖަޒުބާތެއް ދެމީހުންގެ ހަށިގަނޑުގައި ހިނގައިގަތެވެ. މައުރިން އިސްޖަހާލިއެވެ. ޒަކްވާން ކުރިއަށް ވުރެ ބޮޑަށް މައުރިން އާއި ގާތްވެލިއެވެ. މައުރިންގެ ހޫނު ނެވާ ބީހޭހާ ހިސާބަށް ޒަކްވާން އޭނާގެ މޫނު ކައިރި ކޮށްލިއެވެ. އަދި މައުރިން ދަތްދޮޅީގައި ހިފާ، އިސްއުފުލުވާ ލުމަށްފަހު މައުރިންގެ ސާފު، ރީތި ދެލޮލަށް ބަލައިލިއެވެ.

” މައު.. އަހަރެން މައު ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތް..” އެ ހުރި ގޮތަށް ހުރެ ޒަކްވާން ބުނެލިއެވެ. މައުރިން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޒަކްވާން، މައުރިންގެ އަތުގައި ހިފާލުމަށް ފަހު ކުޑަކަކޫ ޖަހާ އިށީނެވެ. މައުރިން ޒަކްވާންގެ މޫނަށް ބަލަމުން ދިޔައީ ހައިރާންކަމާއި އެކުއެވެ.

” މައު.. އަހަންނަކަށް ނޭނގެ އެހެން މީހުން ބުނާހެން ފަށުވި އިބާރާތްތަކުން މި ވާހަކަ ބުނާކަށް… އަދި މި ވާހަކަ ނުބުނެ ގިނައިރު ކުރާކަށް ވެސް ބެނުމެއްނޫން.. އަހަރެން… މައު.. އަހަރެން މައުދެކެ ވަރަށް ލޯބިވޭ.. އަހަންނާ ރައްޓެހި ވެފާނަންތަ؟ އަހަރެން ވަރަށް ބޮޑަށް މައު ބޭނުން.. އަހަރެންގެ ދިރިއުޅުމަށް އަންނަން މައު އަށްވުރެ އެކަށޭނެ ދެވަނަ އެހެން ކުއްޖެއް ނުވާނެ އޭ އަހަރެންގެ ހިތަ ބުނަނީ.. އަހަރެން އަބަދުވެސް މައު ހެޕީކޮށް ބަހައްޓަދޭނަން.. ޕްލީޒް.. އަހަރެން އަދި ދުވަހަކުވެސް ކުއްޖަކުދެކެ ލޯތްބެއް ނުވަން… އެކަމު، އަހަންނަށް މައު ފެނުނު އެންމެ ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތަށް އެނގުންވި.. އެ ދުވަހު ހިތަށްއެރި އަހަރެންގެ ހަޔާތުގެ ބައިވެރިޔާ އަހަންނަށް ފެނިއްޖެއޭ.. އާނ.. ވަރަށް ވަރަށް ބޮޑަށް މައު ދެކެ ލޯބިވެވިއްޖެ.. ދުވަހަކު ވެސް މައު ދޫކޮށެއް ނުލާނަން.. ޕްލީޒް.. އާއެކޭ ބުނެބަލަ…” މައުރިންގެ ދެ އަތުގައި ހިފާލައިގެން ހުރެ ޒަކްވާން ވާހަކަ ދެއްކިއެވެ. އޭނަގެ އަޑުގައި އިންތިހާ ލޯތްބާއި، އާދޭހުގެ އަސަރު ވިއެވެ. އަދި ދެ ލޮލުން އުންމީދުގެ އަސަރު ފާޅުވާން ހުއްޓެވެ.
ކުއްލިއަކަށް މައުރިން، ޒަކްވާންގެ އަތް ފޮޅުވާލުމަށްފަހު ރޮމުން ބޭރަށް ނިކުތެވެ. ޒަކްވާން އަށް ލިބުނީ ކުއްލި ސިހުމެކެވެ. ވީ ދެރައެއްގެ ބޮޑުކަމުން ޒަކްވާންގެ ލޮލުން ކަރުނަ ހިލުނެވެ.

” މިވީ ކިހިނެއް ހެއްޔެވެ؟. އެ ލޯބި އަންހެންކުއްޖާ އަހަރެންގެ ލޯތްބަށް އިންކާރު ކުރީ ހެއްޔެވެ؟.. އަހަންނަށް އެއްވެސް ޖަވާބެއް ނުދީ ނުކުމެގެން އެ ދިޔައީ ކީއްވެ ހެއްޔެވެ؟.” ޒަކްވާންގެ ހިތަށް އަރަމުން ދިޔައެވެ.

(ނިމުނީ)

Share Article

Follow Me Written By

Malak ♥️

Level 1

Assalaamualakum.. I'm a 18 years old girl... Loves to read and write stories... My dream is to be a successful writer Insha Allah... Love you all...

Other Articles

Previous

އެ ސިއްރު 3 ( އިސްލާހު ކުރެވިފައި)

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 26

Next
November 1, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 26

Previews
November 1, 2018

އެ ސިއްރު 3 ( އިސްލާހު ކުރެވިފައި)

9 Comments!

  1. Zaan says:
    November 1, 2018 at 1:33 pm

    Asluves nimunee tha

  2. ? says:
    November 1, 2018 at 1:48 pm

    Nimun kamakunudhey

  3. Malak ♥️ says:
    November 1, 2018 at 2:05 pm

    Salaam everyone…???? I’m really very sorry… Story adhi nunimey… Olhigen eynee nimunee jehifa…??? So meee kurin dhiya dhw episode ah vure dhigu part eh… more than 1000 words… Hope you will like this part too..♥️♥️♥️♥️ Ly All..??

    1. Malak ♥️ says:
      November 1, 2018 at 2:35 pm

      Next part Insha Allah, Friday night ga up kollaanan..?

  4. Sharu says:
    November 1, 2018 at 3:57 pm

    Maasha Allah story varah varah reethi, I like this story a lot, next part varah varah kiyaalaa hiyy vey eba, waiting waiting

    1. Malak ♥️ says:
      November 1, 2018 at 6:02 pm

      Al-hamdhulillah??? Thank you so much dear??? Vvv happy vejje??? Next part Insha Allah Friday night ga up kollaanan…??? Thanks for the lovely comment..?? Ly dear..♥️?

  5. Mal says:
    November 1, 2018 at 7:00 pm

    Wow v nyc…mi stry feshuneehsure eba kiyan….adhi kiriyaa comment eh mukury…?????masha allah malak v furihama…whn next part???and gud luck….may allah protect your talent from evil ? eyes….. ❤❤❤❤

    1. Malak ♥️ says:
      November 1, 2018 at 8:06 pm

      Al-hamdhulillah??? Thank you so much dear??? I’m so so happy to see this comment..♥️??? Mi kahala comments in varah bodu hiyyvareh libey..??? Varah ufaa vejje comment eh kolleema..?? Thanks dear..?? Insha Allah Friday night ga next part submit kollaanan..?

  6. Naina says:
    March 23, 2020 at 11:32 pm

    Alheyy kobaatha next part. V v riythi mivaahaka. Please continue kohba

Comments are closed.


All Right Reserved!