Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

ގަނާ

Rau❤❣ Level 1
October 30, 2018 3 Mins Read
3 Comments

ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. ކޮންމެ މީހެއްގެވެސް ހުންނަނީ ތަފާތު ވިސްނުމެވެ. އަދި ހަމައެހެންމެ ކޮންމެމީހެއްގެ ސިފަވެސް ތަފާތެވެ. މިވެނި މީހަކު ފަލައޭ އެވެނި މީހަކު ދޮނޭ ކިޔާފަ އިނގިލި ދިއްކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ކިޔެވުމުގެ މައިދާނަށް ބަލައިލި ކަމުގައި ވިޔަސް އެއްފެންވަރެއްގެ ކުދިންނެއް ނުތިބޭނެއެވެ. ބައެއް ކުދިންނަކީ ވަރަށް ފަސޭހައިން ކަންކަން ނަގައިގަންނަ ވަރަށް މޮޅެތި ކުދިންނަށް ވެދާނެއެވެ. ނަމަވެސް އަނެއްބައި ކުދިންނަކީ ކިޔެވުމުގައި ވަރަށް ކޮށި ކުދިންނަށް ވެދާނެއެވެ. އަހަރުމެން ކުރަން ޖެހޭނެ ކަމަކީ މިފަދަ ކުދިންނަށް އެހީތެރިވެ ބޮޑަށް ސަމާލު ކަން ދިނުމެވެ. ކިޔެވުމަށް ދަށްކުއްޖެކޭ ކިޔައިފައި އެކުއްޖާ ބާކީ ކޮށްލުމަކީ އެއްވެސް ހާލަތެއްގައި ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އަދި ބުލީ ކުރެވެމުން ދާއިރު އެކަން ކަން ނުހުއްޓުވައި ބަލަހައްޓައިގެން ތިބުމަކީވެސް އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.

ނަމަވެސް އަހަރުމެންގެ މުޖުތަމަޢުގެ ތެރޭގައި މިފެންނަނީ މުޅިން ތަފާތު މަންޒަރު ތަކެކެވެ. ބުލީކުރުން ނުވަތަ ހަނގާކުރުން އަހަރުމެންގެ މުޖުތަމަޢުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ޢާންމު ވެފައެވެ. ސުކޫލު ތެރޭގައާއި މަގުމަތީގަ އާއި އަދި ސޯޝަލް މީޑިއާގެ ތެރޭގައިވެސް މިކަން ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. މިގޮތަށް ބުލީގެ ޝިކާރަޔަކަށް އެންމެ ގިނައިން ވެއްޓެނީ ސުކޫލު ދައުރުގައެވެ. މި ސަބަބާހުރެ ކިތައްކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރޭބާއެވެ؟

އަހަންނަކީވެސް ކުޑައިރު ބުލީގެ ޝިކައިރައިގައި ޖެހުނު ކުއްޖަކީމެވެ. އެއީ ވަރަށް ހިތްދަތި ދުވަސް ތަކެކެވެ. އެ ވާހަކަ ތަކަކީ ޤަލަމަކުން ބަޔާންކުރަން ވަރަށް ދަތި ވާހަކަ ތަކެކެވެ. އެހެން ނަމަވެސް އަހަރެން މި މަސައްކަތް ކުރަނީ މި ވާހަކަތަށް ހިއްސާ ކޮށްލެވޭތޯއެވެ. އަހަންނަކީ އެއްގޮތަކަށްވެސް ކިޔެވުމަށް ދަށް ކުއްޖެކޭ ނުބުނެވޭނެއެވެ. މޮޅު ކުއްޖަކަށް ނުވިޔަސް ކިޔެވުމަށް އަހަރެން ވަރަށް ޝަޢުގުވެރިކަން ހުރެއެވެ. ނަމަވެސް ބުލީ ކުރަން ފެށުނު ހިސާބުން އަހަރެން ކިޔެވުން މަތިން އެއްކޮށް ފޫހިވާ ހިސާބަށް ދިޔައެވެ. އެއްގޮތަކަށްވެސް ސުކޫލަށް ދާހިތެއް ނުވެއެވެ. ކޮންމެ ދުވަހަކުވެސް ސުކޫލަށް ދަނީ ނުގޮސް ފަރުނުޖެހޭތީއެވެ. މަންމަ އާއި ބައްޕަގެ ހުވަފެންތަށް ހަޤީގަތަކަށް ހަދަން ބޭނުން ވާތީއެވެ. އަހަންނަކީ އާއިލާގެ އެންމެ ދޮށީ ކުއްޖާ ކަމަށް ވެފައި، ހުރި ހަމައެކަނި ފިރިހެން ކުއްޖާ ކަމަށް ވާތީވެސް މެއެވެ.

ކޮންމެއަކަސް މި ކަންކަމަށް ވިސްނުމަށްފަހު ކިޔެވުން ކުރިޔަށް ގެންދެވޭތޯ އަހަރެން މަސައްކަތް ކުރަމުން ދިޔައީމެވެ. އާއިލާ އެކަކަށްވެސް އަހަރެން އުޅެމުން ދިޔަ ހިތްދަތި ދިރިއުޅުން ރޭކާ ނުލާނެއެވެ. އަހަންނަށް ކޮންމެ ދުވަހަކު ސުކޫލަށް ވަދެވޭނީ އަހަންނަށް ދިމާ ކުރާ އަޑު އަހަމުންނެވެ. އަހަރެން ހިނގާފައި އަންނަ ގޮތަށް ނޫނީ އަހަރެން ފުނާ އަޅައިފައި ހުންނަ ގޮތަށް ފާޑު ކިޔާ ދިމާ ކުރުމަކީ ސުކޫލަށް ވަންނަމުން އަންނަ ކުދިންނާއި ކުލާސްކުދިންގެ ކޮންމެ ދުވަހެއްގެ އާދަޔަކަށް ވަނީ ވެފައެވެ.

ކުދިންނާ އެކުވެރިކޮށް އުޅުމަކީ އަހަރެން ވަރަށް ބޭނުންވާ ކަމެކެވެ. ނަމަވެސް އަހަރެންގެ ހަޔާތުގައި އެކަމުގެ ނަސީބެއްނެތެވެ. އަހަރެންވެސް އެހެން ކުދިން ގެން ގުޅޭހެން ގާތް ރަހުމަތް ތެރިޔަކު ގެން ގުޅެން ބޭނުމެވެ. އެމީހަކަށް އަހަރެންގެ ވާހަކަތަށް ހިއްސާ ކުރަން ބޭނުމެވެ. ނަމަވެސް މި ކަންތައްތަކަކީ ނުވާނެ ކަމެއްކަން އަހަރެންގެ ސިކުނޑިއަށް އައީ ވިސްނައިދެމުންނެވެ. މިކަންތައްތަށް އަހަރެންގެ ސިކުނޑިއަށް ވިސްނައިދޭން މަޖުބޫރު ވީވެސް ހަމަ އެމީހުންގެ މަލާމަތާއި ނަފުރަތުގެ ސަބަބުންބުނެނެވެ.

އަހަރެން މިއިން އެއްވެސް ވާހަކައެއް މަންމައަކަށް ކިޔައެއް ނުދެމެވެ. ކިޔައިދީފިނަމަ ވާނެ ގޮތް އަހަންނަށް އެނގޭތީއެވެ. މަންމައަކީ ލޭ މައްޗަށްދާ މީހެއްކަމުން ކޮންމެ ކޮންމެ ވާހަކައެއް މަންމައާއި ހިއްސާކުރުމަށް ވަނީ އުޒުރުވެރިވެފައެވެ. ބުނެވޭ ވާހަކައަކުން މަންމަ މާ ބޮޑަށް ވިސްނަން ފަށައިފި ނަމަ ބަލިވެދާނެއެވެ. އެހެން ކަމުން އަހަރެން އުޅެން ޖެހެނީ މަންމަ ވިސްނަން ޖެހޭ ފަދަ އެއްވެސް ވާހަކައެއް ދުލުން ބޭރު ނުކުރެވޭތޯ ބަލައިގެންނެވެ.

މީހުން ބުނާ އަޑު އަހަރެން އަހަމެވެ. އިތުބާރު ކުރެވޭ ކޮންމެވެސް ފަރާތަކަށް ހިތުގައި އުފެދެމުން ދާ އުދާސްތަށް ބަންޑުން ކޮށްލާށެވެ. ނަމަވެސް އަހަރެންގެ އިހުސާސްތަށް ކިޔައިދޭނެ އެކަކުވެސް ނެތެވެ. އަހަންނާ އެކުވެރިވާކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ. އަހަރެން ބަލާލަން ހުތުރު ވީމަ ހެއްޔެވެ؟ ދެން އެކަމުގައި އަހަންނަށް ކުރެވޭނެ ކަމެއް ނެތެވެ. މާތް ﷲ ކޮންމެ އިންސާނަކުވެސް އުފައްދަވާފައިވަނީ އެންމެ ރިވެތި ސޫރާއިގައެވެ.

އަހަރެންނަކީ ވަރަށް މަޑުމަޑުން ހުންނަ ކުއްޖަކީމެވެ. ބޭރުތެރެއަށްވެސް އަހަރެން ނިކުމެއެއް ނޫޅެމެވެ. އެހެން ކުދިންހެން ބޭރުތެރޭގައާއި ކުލާސްތެރޭގައި ސަކަރާތްޖަހާ މީހުންނަށް އުނދަގޫކޮށް ފޮށިހަދައެއްވެސް ނޫޅެމެވެ. އަހަރެންނާ ކުދިން މަލާމާތް ކުރާ ސަބަބަކަށް މިކަންވެސް ވެދާނެއެވެ. ކިތަންމެ ދުވަހަކު އަހަންނާ ދިމާލަށް ތީ އަންހެނެއްހޭ ކިޔާފަ ދިމާކުރެއެވެ. ދެން އަހަރެންވެސް ވީ އެމީހުންނާ ބައިވެރިވެގެން ބޭރުތެރޭގައާއި ކުލާސްތެރޭގައި ސަކަރާތް ޖަހައި މީހުންނާ ފޮށިހަދަން ހެއްޔެވެ؟ އެމީހުންފަދައިން ބަސްނާހާ ކުދިންގެ ލިސްޓަށް އަރަންހެއްޔެވެ؟

އެމީހުން އަހަންނަށް އައީ ހަމައެކަނި ބުލީކުރަމަކުން ނޫނެވެ. ކުދިކުދި އަނިޔާވެސް އަހަންނަށް އެމީހުން ކުރިއެވެ. މި ހުރިހާކަމަކާ ކުރިމަތިލަމުންވެސް އަހަރެން ކިޔެވުން ފުރިހަމަކުރަމުން ދިޔައީމެވެ. ހިތްވަރު އެލުވާނުލައި މޮޅުކުއްޖަކަށް ވުމަށް ޢަޒުމު ކަނޑައަޅައިގެން ކުރިޔަށް ފިޔަވަޅު އަޅަމުން ދިޔައީމެވެ. އަހަންނާ ކުދިން ދިމާކުރާވަރުން އެކަމާ ދެރަވެގެން ގެޔަށް އައިސް ނުރޯ ދުވަހެއް މަދުވާނެއެވެ. ނަމަވެސް މިއިން ކޮންމެ ދުވަހަކު އަހަރެންގެ ހިތަށް ވިސްނައިދިނީ ކެތްކުރުމަށެވެ.

ދުވަސްތަށް ފާއިތުވަމުންގޮސް އަހަރެން ވެސް ކިޔަވާ ނިމެއްޖެ އެވެ. ސުކޫލު ދައުރު ނިމުމުން ގިނަ ކުދިން އެކަމާ ކުރަނީ ހިތާމައެއް ނޫން ހެއްޔެވެ؟ ނަމަވެސް އަހަރެންގެ އިހުސާސްތަށް މުޅިން ތަފާތެވެ. އަހަންނަށް ލިބުނީ އުފާވެރިކަމެވެ. މީހުންގެ މަލާމަތާއި ފުރައްސާރައިން ސަލާމަތް ވެވުނީ އެވެ. ދެން އަހަރެން ނިންމީ 16 އަހަރު އުޅުނު ރަށް ދޫކޮށް އެހެން ތަނަކަށް ގޮސް މޮޅަށް ކިޔެވުމަށެވެ. އެންމެން ބަލައިގަންނަ ފަދަ ޤާބިލު މީހަކަށް ވުމަށެވެ. ބުލީ އާއިދެކޮޅަށް އަޑުއުފުލައި ބުލީ ނުވަތަ ހަނގާކުރުން ހުއްޓުވުމާއި ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމަށާއި މިފަދަ ހާލަތްތަށް މެދުވެރިވާ ކުދިންނަށް އެހީތެރިވެ އެކުދިންނަށް ހިތްވަރު ދިނުމަށް މަސައްކަތް ކުރުމަށެވެ. ކޮންމެ ކުއްޖަކީ އަހަރެންފަދަ ހިތްވަރުގަދަ ކުއްޖަކަށް ނުވެދާނެ އެވެ. މި ކުޑަކުޑަ ރާއްޖޭގައިވެސް ހަނގާ ކުރުމުގެ ސަބަބުން އެކުދިން އަމިއްލަ ނަފުސަށް އަނިޔާދީ އަމިއްލަޔަށް މަރުވުން ފަދަ ހިތާމަވެރި ހާދިސާތަށް ހިނގާފައި ވެއެވެ.

އަހަރެންނަކީ މިހާރު ޖެންޑާމިނިސްޓްރީގައި މަސައްކަތްކުރަމުންދާ މީހެކެވެ. މީހުން ޤަބޫލުކުރާފަދަ މީހައަކަށް އަހަރެން މިއަދު ވަނީ ވެފައެވެ. ކުޑައިރު މީހުންގެ ފަރާތުން ނުލިބުނު ލޯތްބާއި އިހުތިރާމް އަހަންނަށް މިހާރު ވާރޭގެ ފެންފަދައިން އޮހެމުން ދެއެވެ. މިއީ އަހަރެން ހިތްވަރާއި މިންނަތުން ކުރި ބުރަ މަސައްކަތުގެ ފޮނިކާމިޔާބީއެވެ. އަހަންނަށް ކުރެވުނު މި ތަޖުރިބާއިން ލިއްބައިދޭ ޢިބުރަތަކީ މީހަކު ބުނާ ބަރުބަހަކަށް ތިބާގެ ނަފުސަށް ކުރާ އިތުބާރު ގެއްލުވާ ނުލާށެވެ. އެއީ ތިބާއަށް ލިބިފައިވާ ކުޅަދާނަ ކަމާއި ރިޒްޤަކީ މީހަކަށް ހިފެހެއްޓޭނެ އެއްޗަކަށް ނުވާތީއެވެ.

(ނިމުނީ)

Share Article

Follow Me Written By

Rau❤❣

Level 1

އައްސަލާމް ޢަލައިކުމް. އަޅުގަނޑުގެ ވާހަކަ ތަކަކީ އަޅުގަނޑުގެ އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކޮށްގެން ލިޔާ ވާހަކަ ތަކެކެވެ. އެހެންކަމުން ވާހަކައިގައި ކުށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ވާހަކަ އަށް ފާޑު ކިޔުމަކީ މައްސަލައެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ. ފާޑު ކިޔުމަކީ ލިބޭ ކުރިއެރުމެކެވެ. އުނި ކަންތައްތައް ރަނގަޅު ކުރެވޭނީ ކިޔުންތެރިންގެ އެއްބާރުލުން ލބިގެންނެވެ. އަދި ލިބޭ ފާޑުކިޔުންތަށް ހެޔޮހިތުން ބަލައިގަނެ ރަނގަޅުކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމުގައި ބަލަމެވެ..❤❣

Other Articles

Previous

އެވްލީން… 23

Next

ނޭދެން ވަކިވާކަށް (ފަހުބައި)

Next
October 30, 2018

ނޭދެން ވަކިވާކަށް (ފަހުބައި)

Previews
October 29, 2018

އެވްލީން… 23

3 Comments!

  1. Anonymous says:
    October 30, 2018 at 12:14 pm

    Varah reethi adhi ehaame true vaahaka eh!

    1. Rau❤❣ says:
      October 31, 2018 at 7:59 am

      Thank you..??❤❣

  2. cutie afuar says:
    November 9, 2018 at 10:14 pm

    so true
    love it

Comments are closed.



All Right Reserved!