އާދުވަހަކަށް އިރުއަރައިގެން އައީ އުދަރެހުގައި އެކިކުލަތައްފަވަމުންނެވެ. ހަމައެގޮތަށް އެކިމީހުންގެ ދިރިއުޅުމަށް އެކިރަހަ ގެންނަމުންނެވެ. އެރި އިރާއެކު ފަތުއަޑުކިޔާފައި މުޅިރަށުގައި ދެކެވެމުންދިޔައީ ރޭގެ ބާބަކިއުގައި އުޅުންދެކުއްޖަކު މަސްތުގެ ހާލަތުގައި ވަނިކޮށް 12ޖަހާކަން ހާއިރު އަތުލައިގަނެވެނު ވާހަކައެވެ. އަތުލައިގަނެވުން އިރު އިސްލާމީ ރިވެތިއުސޫލުތަކާއި ހިލާފަށް އެދެކުދިންގެ މެދުގައި އެތަށްކަމެއް ހިނގާފައިވާކަމަށް ވެސް ވެއެވެ. ނަމަވެސް މިއީ ތުންތުން މަތިން ދެކެވެމުންދާ ވާހަކަތަކެވެ. ޕޮލިހުންގެފަރާތަކުން އަދި އެކަމުގައި ބަހެއް އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވުމުން ހަގީގަތްވަނީ އޮޅުންބޮޅުންވެ މަސްހުނިވެފައެވެ. މަންޒަރަދުއް މީހުން […]
އިރު ފައިބަމުން ދިޔަ ވަގުތެވެ. މީސްތަކުންގެ ހަލަބޮލިކަން ކެނޑި ހަވާސް ބިން މައިތިރިކުރުވައިފި އެވެ. ހަނދުގެ އަލި ދުނިޔެމައްޗަށް ބާރުގެނުވާ ގަސްތަކާއި ރުއްތަކުން ސަރަހައްދު ފަނޑުކުރުވައިފި އެވެ. މިއިން ކަމެއް އިހުސާސް ކުރެވިފައި ނުވާ ފަދައިން ގަސްތަކުގެ ހިޔާފަހިކަމުގެ ތެރޭ ބަހައްޓާފައި ހުރި ޖޯޔެއްގައި އޮށޯވެލައިގެން އޮތް ފަރުދާނުގެ ދެ ލޯ ހުއްޓިފައިވީ ހާމަވެފައި އޮތް އުނދަރެހަށެވެ. ނަމަވެސް ސިކުޑީގެ ނާރުތަކާއި ހިއްސުތައް މާ ދުރުނޫން އާލަމެއްގައި ޣަރަޣުވެފަ އެވެ. އެއީ ފުރާވަރުގެ ދުވަސްތަކެވެ. މަސްޣޫލުވެ އުޅުނީ […]
ފެންނަމުން ދިޔަ މަންޒަރުން މިންހާ ހުރީ ވިސްނަންވީ އެއްޗެއްވެސް ނޭނގިފައެވެ. ބާރު މިނެއްގައި ހިތް ތެޅެމުން ދިޔައިރު އެހިތް އެދެނީ އަދިވެސް ކުރިއަށް ހިނގުމަށެެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ހިތް ބުނަނީ އެތަނާ ވީހާވެސް ކައިރިއަށް ދިއުމަށެވެ. ހިތުގެ އެދުމަށް އިޖާބަދެމުން މިންހާ ސިއްރު ފިޔަވަޅުތަކެެއްގައި ކުރިއަށް ހިނގަމުން ދިޔައެވެ. ސަކަރާތުގަައި ތިބި ތިން މީހުނަށް މަޑުމަޑުން ކާނިގަހާއި ދިމާލަށް ހިނގަމުން ދިޔަ މިންހާ ފެނި ތިން މީހުންގެ ހިތުގައި ސުވާލު އުފެދުނެވެ. އަޝްރާ ދެފަހަރަކު މިންހާއަށް […]
އެގޮތަށް ތިއްބާ އަސްރު ނަމާދު ބަންގިގޮވުމުން ނަމާދު ކުރަން ދަނީ އޭ ބުނެފައި އިޔާނާ އެ ކޮޓަރިން ނުކުމެގެން ދިޔައެވެ. އަދި ދިޔައީ ރޯޝީން ގާތުވެސް ނަމާދުކޮށް ކޮއްކޮ އަށް ހެޔޮ ވިސްނުން ދެއްވާތޯ ދުޢާކުރާށޭ ބުނެފައިއެވެ. ރޯޝީންއަށް ވިސްނައިލެވުނީ އިޔާނާގެ ހުރި ރަނގަޅު ސިފަތަކާއި މެދުއެވެ. އިޔާން އަށާއި އިޔާނާއަށް އެއްގޮތަކަށް ކަންތައް ކުރެވުމުންވެސް އިޔާންއަށް ވުރެ އިޔާނާ ހާދަ ތަފާތެވެ. އެގޮތަށް އިޔާނާ އާއި އިޔާން އާއި މެދު ވިސްނަން އޮވެފައި ރޯޝީން ވެސް […]
ހަމްޒާއާއި މިދުއާމްއަށް ވީގޮތް ފެނިފައި ސިމާދުގެ ތުންފަތުގައި ކުޅެލީ މަކަރުވެރި ހިނިތުންވުމެކެވެ. ނަމަވެސް އެއިންކަމެއް އެތާންގައި ތިބި ތިންމީހުނަށްވެސް ރޭކާނުލިއެވެ. ނަތާޝާއަށް މިދުއާމް ފެނުމާއެކު ކަތިނަޒަރަކުން ބަލާލިއެވެ. ނަމަވެސް މިދުއާމް ހުރީ ނަތާޝާއަށް ނުބަލާން ހުވާކޮށްގެންފަދައެވެ. ” ސިޑް ހިނގާދާން އަވަހަށް.. ” ބޭރުން އައިސްވަތް އިތުރު ރައްޓެހިކުއްޖަކު އެހެން ބުނުމާއެކު ސިމާދު ހަމްޒާމެންނާއެކު ބޭރަށްދިއުމަށް ނިކުތީ ނަތާޝާގާތި އޭނާގެ ކޮއްކޮ ސަމްހާއާއެކު އަންނަންބުނެފައެވެ. ހަމްޒާމެން ދިއުމާއެކު ނަތާޝާ އަވަސްއަވަހަށް އޭނާގެ އަތްދަބަސް ނަގާ ހާވާލިއެވެ. އަދި […]
ހިނގަމުން ދިޔަ މިންހާ އާއި އަޝްރާގެ ހިނގުން ހުއްޓުނީ ރުންކުރު ގޮތަކަށް ފަަހަތުން މީހަކު މިންހާގެ ނަމުން ގޮވާލުމުންނެވެ. ފަސްއެނބުރި ބަލައިލުއިރު ކުރިމަތީގައި ހުރި އީލާފް އާއި ޝަމްހާ ފެނި ދެމީހުނަށްވެސް ހައިރާންކަން ލިބުނެވެ. ” ވާއު މިންހާާ… ޔޫ އާރް އަމައެޒިން… ފިރިހެން ކުދިން ކަލޭގެ ޖާދޫގަ ޖައްސަން ހާދަ މޮޅޭ ދޯ… އަހަންނަށްވެސް ދަސްކޮށްދޭންވީ އެއްނު…” މަލާމާތް ފާޑަކަށް ހިނިތުންވެލައިގެން ހުރެ އީލާފް ދެއްކި ވާހަކަތަކުން މިންހާ އާއި އަޝްރާގެ ނިތައް ރޫތައް ޖަމާވިއެވެ. […]
ހަމްޒާއަށް އެހެން ބުނެވުމާއެކު ކައިރީގައި ތިބި މަންމައާއި ދޮންބެއަށް ސިހިފައި ބަލާލެވުނެވެ. އެމީހުންތިބީ އެމީހުންގެ އަމިއްލަދުނިޔޭގައި ކަމުން ހަމްޒާ އެހެން ބުނި އަޑު އެއިން މީހަކަށް ނީވެއެވެ. މޭގައި އަތް އަޅާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ހަމްޒާ “ސައިބޯން ހިނގާ..”ށޭ ކިޔާ ކާބަޔައަށް މިސްރާބުޖެހުމުން މިދުއާމް އާއި ހިދާވެސް ލަސްނުކޮށް ސައިބޯން ދިޔައެވެ. ކިޔަވާދިނުމުގެ ދަންފަޅިނިމުންއިރު ލުއިދުވަހަކަށް ވުމުން ސަލއވާހުރީ ލެސަންޕްލޭންތަށްވެސް ތައްޔާރުކޮށް ނިންމާލާފައެވެ. ވުމާއެކު ހިންދެމިލާފައި ފޯނަށް ނަޒަރުހިންގާލީ ހަމްޒާގެ ހަބަރެއްވިތޯއެވެ. **ދޫނި.. މިއަދު ބޭނުން ބައްދަލުކޮށްލަން […]
” އަހަރެން މަތިން ހަނދާންކުރަނީތަ… ނޫނީ އަހަރެންނާއެކު ހޭދަކުރެވުނު އެ އުފާވެރި ވަގުތުކޮޅު މަތިންތަ… ” އެމީހަކު އޭނަގެ ގައިގައި މޫނު ޖައްސާލައިގެން ހުރެ ބުނެލި ބަސްތަކުން އަލޫފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލިބުނު ހައިރާންކަމުގައި އަލޫފް އެމީހެއްގެ އަތުގައި ހިފާ އޭނަގެ ގަޔާ ދުރުކޮށް އޭނަގެ ކުރިމައްޗަށް ގެނައެވެ. އޭނަގެ ކުރިމަތީގައި ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރި ޝަމްހާ ފެނި އަލޫފްގެ ދެބުމަ ގާތްވެގެން ދިޔައެވެ. މޫނު މަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވެގެން ދިޔައެވެ. އޭރުވެސް […]
ފަރުހާނާ ދިޔުމުން ރޯޝީން ނައީމު ގާތު މިއަދު އޭނާއާއި ފަރުހާނާ ދެއްކި ވާހަކަތައް ކިޔާ ދިނެވެ. އަދި އެއީ އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަމާއި އެދަރިފުޅު ގާތުން މަޢާފަށް އެދެން ބޭނުންކަމުގައިވެސް ރޯޝީން ބުނީ ގިސްލެވޭ ހާލުގައިއެވެ. ނައީމު ދޭނެ ޖަވާބަކަށް އިންތިޒާރު ކޮށްލައިގެން ރޯޝީންއަށް އިނދެވުނީ ނޭވާ ހިފައްޓައިލާގެންނެވެ. އަދި އޭނާގެ ހިތް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ. ނައީމުވެސް ފުންނޭވާއެއް ދޫކޮށްލާފައި އޭނާގެ ޖަވާބު ރޯޝީންއަށް އިއްވާލިއެވެ. ”ރޯޝީން.. އަހަރެމެންގެ ކައިވެންޏަށް ނަވާރަ […]