ހަމްޒާއަށް އެހެން ބުނެވުމާއެކު ކައިރީގައި ތިބި މަންމައާއި ދޮންބެއަށް ސިހިފައި ބަލާލެވުނެވެ. އެމީހުންތިބީ އެމީހުންގެ އަމިއްލަދުނިޔޭގައި ކަމުން ހަމްޒާ އެހެން ބުނި އަޑު އެއިން މީހަކަށް ނީވެއެވެ. މޭގައި އަތް އަޅާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ހަމްޒާ “ސައިބޯން ހިނގާ..”ށޭ ކިޔާ ކާބަޔައަށް މިސްރާބުޖެހުމުން މިދުއާމް އާއި ހިދާވެސް ލަސްނުކޮށް ސައިބޯން ދިޔައެވެ.

ކިޔަވާދިނުމުގެ ދަންފަޅިނިމުންއިރު ލުއިދުވަހަކަށް ވުމުން ސަލއވާހުރީ ލެސަންޕްލޭންތަށްވެސް ތައްޔާރުކޮށް ނިންމާލާފައެވެ. ވުމާއެކު ހިންދެމިލާފައި ފޯނަށް ނަޒަރުހިންގާލީ ހަމްޒާގެ ހަބަރެއްވިތޯއެވެ.

**ދޫނި.. މިއަދު ބޭނުން ބައްދަލުކޮށްލަން އިނގޭމިހެން ބުނާއިރުވެސް އެކަހެރިކޮށް ބައްދަލުކުރަން ދޫނި ހުއްދަނުދޭނެކަންވެސް.. އެކަމަކު ފުރަން މިއޮތީދެން ދެދުވަހަކަށްވެފަ އެހެންވެ ހަމަ ދޫނި ގާތުން ދެކެލާހިތްވަނީ.. މިރޭ އެބައޮތް ބާބަކިއުއެއް ފުއްޓަރުގަ.. ގެއާވެސް ދުރެއްނޫނެއްނު.. ޕްލީސް އަންނަށްޗޭ.. ލަވްޔޫ ސޯމަޗް.. ދޫނި.** މެސެޖްކިޔާލުމާއެކު ސަލްވާ ވިސްނާލިއެވެ. މިރޭ ސްކޫލަށްވެސް އަންނަންއެބަޖެހެއެވެ. ވީއިރު އެތަނަށްދެވޭނެ ހެއްޔެވެ. އަނެއްކާ ސްކޫލަށް ނޫންގޮތަކަށް މަންމަވެސް ހުއްދަނުދޭނެއެވެ. ނަމަވެސް އެންމެ ފުރަތަމަ އަދި ފަހުފަހަރަށްނަމަވެސް ހަމްޒާގެ އެއެދުން ފުއްދަ ދޭން ބޭނުންވެއެވެ. އެއަށްފަހު ހަމްޒާއަށް ވިސްނަދީގެން ކައިވެނީގެ ކުރިން އެކަހަލަ ކަމެއް ތަކުރާރުވިޔަ ނުދޭނީއެވެ. އެކި ގޮތް ގޮތަށް ވިސްނަމުންދިޔަ ސަލްވާއަށް ނޭންގުނު ކަމަކީ ކުރިއަށް ކަންތައް ވާނޭގޮތެކެވެ. ލިބިފައިވާ ހިތްހަމަ ޖެހުމާއެކު ކުރިމަތީގައިވާ ކަޅުބޯވިލާތަށް ސަލްވާއަށް ވަނީ ފަރުދާވެފައެވެ.

ދުވަހަކީ އަވިބާރުދުވަހެއް ނަމަވެސް ފުދޭވަރަކަށް ފުއްޓަރަށް ވައިޖެއެވެ. މިދުއާމް އާއި ހަމްޒާ ފުއްޓަރަށް އައީ މިރޭ ބާއްވަން ހަމަޖެހިފައިވާ ބާބަކިއުއަށް ތައްޔާރުވުމަށް އެގުރޫޕްގެ ކުދިންނާއެކުގައި ކުރަންޖެހޭ ބައެއް ތައްޔާރީތަށް ކުރުމަށެވެ. ހަމްޒާއާއި އެކުގައި ކިޔަވަންއުޅޭ ސިމާދުގެ ގެ ހުންނަނީ ފުއްޓަރާއި ކައިރީގައި ކަމުން އެގެއިން ހުރިހާކަމެއްކުރުމަށް އެއްބާރުލުން ލިބުނެވެ. ހުރިހާ ކަމެއްނިންމާފައި ހަމްޒާ ސިމާދުމެންގެއަށްވަނީ އެއްގޮތަކަށްވެސް އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށްނޫނެވެ. ނަމަވެސް ފެނުނު މަންޒަރާއެކު ހަމްޒާގެ އަތް މުއްކެވިގެންދިޔައިރު ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ.

ދީނީކަންކަމަށް އެހާފަރުވާބަހައްޓާ އަދި މީހުންގެ ތެރޭގައި އިއްޒަތާއި ގަދަރަށް ބަލައިގެން އުޅޭމީހުންވެސް އެކަހެރިވީމައި މިއުޅެނީ ކިހިނަކުންހެއްޔެވެ. ހަމަ އަން ކިޔައިފިއްޔާ އަންގިއެއްވެސް މިކަހަލަ މީހުނަށް ކަމުދަނީތާއެވެ. ހިތާ ހިތާ އެތަކެއްފިކުރެއް ކުރުމަށްފަހު ހަމްޒާ މިރޭގައި އެކަން އޮޅުންފިލުވުމަށް ނިންމާފައި އަވަހަށް އެތަނުން ނިކުތީ ނިކަން ފޫހިވެފަހުރެއެވެ. ނަމަވެސް ހިތުގެމަލިކާއާއި ބައްދަލުވާނޭކަން ހަނދާންވުމާއެކު ހަމްޒާގެ މޫނުއުޖާލާވެގެން ދިޔައެވެ.

********

ސަލީމްއަކީ އޮފީހުގެ ޒިންމާދާރުވެރިއަށް ވެފައި އޭނާއަކީ ހިތްތިރިކަމާއި އެކުވެރިކަމުގެ ސަބަބުން މީހުންގެ ގަަދަރާއި އިހްތިރާމް ފުރިހަމައަށް ލިބިފައިވާމީހެކެވެ. ސަލްވާއަށްވެސް ލިިފައިވަނީ ހަމަ ސަލީމްގެ އެރީތި ސިފަތަކެވެ.

ހަމަނިއެކަނި ހުރި ދަރިފުޅަށް އެއްވެސް ކަމެއް އުނިވިޔަނުދީ ލޯތްބާއިއެކު ގެންގުޅެން ސަލީމް ވިސްނިނަމަވެސް ރާމިޒާ ދިމާއިދިކޮޅެވެ. މިއްލަ ދަރިފުޅުދެކެ އިންތިހާއަށް ރުޅިއާދެއެވެ. މިއަދާއި ހަމަޔަށްވެސް އެއީ ކީއްވެކަން ސަލްވާއަށް ނޭންގުނު ނަމަވެސް ސަލީމް އަށް އެކަން އިނގޭތީ ރާމިޒާއަށް ކިތަންމެފަހަރަކު އެކަމާ ވާހަކަ ދައްކާ އެހެންކަންތަށް ނުކުރުމުމަށް އެދެއެވެ.

މިއަދީ ބުރަދުވަހަކަށްވެފައި ސަލީމްއަށް ގެއަށް އާދެވުނީ އެހެންދުވަސް ދުވަހަށްވުރެ ތަންކޮޅެއް ލަހުންނެވެ. ގޭދޮރުން ވަތް ސަލީމް ހުއްޓުނީ ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ރާމިޒާފެނިފައެވެ. މޫނުމަތީގައިވާ ނުތަނަވަސްކަން ނިއްކުރީގައިވާ ރޫތަކާއި މަތިމަހުގައި ހިއްލާފައިވާދަލުންވެސް ހާމަވެއެވެ.

“ރާމީ.. ކިހިނެއްވީ އަނެއްކާ ކޮންކަމަކާ ފިކުރުކޮށްފަ ތިހިންގަނީ.. މާބޮޑުކަމެއްވީތަ؟.. ” ސަލީމް ލޯތްބާއެކު އަހާލިނަމަވެސް ރާމިޒާގެ ޖަވާބުއައީ ރުޅިވެރިކަމާއެކުގައެވެ. ” އަހަރެން ކަމެއްބޭނުންވާ ދުވަހަކު ވިއްޔާ ސަލީމްވެސް އަވަހަކާ ގެއަކަށް ނާންނާނެ.. މިހީވަނީ މަށަށްޖެއްސުމަށް ކުރާކަމެއްހެން.. އާ އެހެންޏާ.. ” ދެއުކުޅުގައި އަތްވިއްދާލަމުން ރާމިޒާ އެހެންބުނާއިރަށް ސަލީމް ލަސްވީކީއްވެކަން ބުނެލަދިނެވެ. އަދި ހަމަ ޖެހިގެން ވާހަކަދައްކަން ސޯފާއަށް އައުމަށް އެދި އެދިމާއަށް ދިޔައެވެ. ތުންއަނބުރާލުމަށްފަހު ފަހަތުން ކުދި ކިޔަމުން ރާމިޒާވެސް ގޮސް ސޯފާގައި ސަލީމްކައިރީ އިނށީންދެލިއެވެ.

“ހޫމް ދެން ރާމީ ތިކިޔާއެއްޗެއްކިޔާބަލަ.. ” ރާމިޒާގެ މޫނުމަތީގައި ދާފުހެލާދެމުން ލޯތްބާއެކު ސަލީމްއަހާލިއެވެ. ރާމިޒާއަށް އެވަގުތު ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ. ކިތަންމެ ރުޅިއަންނަން އުޅުނުނަމަވެސް ސަލީމްގެ އެ އޯގާތެރިކަމާއި އަޅާލުމުން ރާމިޒާގެ ރުޅި އަބަދުވެސް ހިނދުކޮޅެއްގެ ތެރޭގައި ފިނިކޮށްލައެވެ. އެއާއެކު ފުރަތަމަވެސް އެހެން ވާހަކަ ދެއްކުނީތީ ސަލީމްގެ ކިބައިން މައާފަށް އެދިލިއެވެ.

“ސަލީމް އަހަރެން ބުނަން އުޅުނީ ސަލްވާ މިހާރު ހާދަގިނައިން ފޯނުގަހުންނަތަން ފެނޭ.. ނިކަން ސިއްރުންއުޅެނީ.. އަހަންނަށް ހީވަނީ އެކަން ބަލަންވެއްޖެހެން މިހާރު، ކޮންމެގޮތެއްވިޔަސް އޭނަ ކައިވެނީކުރާނެ މީހާ އެހުރީ ހޯދާފަ.. އެހެންވީމަ އެމީހުންގެ އާއިލާ ތައްޔާރުވީމަ އެކަންވީ ކުރަން.. އެކަމަކު އޭގެ ކުރިން ފިޔަފަޅާ ސަލްވާ އުދުއްސައިގެން ގޮސްދާނެކަމުގެ ބިރު އަހަންނަށް އެބައޮތް.. “ކިތަންމެ ލޯބިން ސަލީމް އާއި ވާހަކަ ދެއްކި ނަމަވެސް ސަލްވާގެ ވާހަކަ ދައްކަންވުމުން ރާމިޒާގެ އަޑާއި ރާގަށް ބަދަލުތަކެއް އަންނަގޮތް ވެއެވެ.

“ރާމި އެކަމާ ހާސްނުވެބަލަ.. ހުރިހާވެސް މައްސަލަޔަކީ ރާމިވެސް ސަލްވާ މާ ބޮޑަށް ދުރުކޮށްލާތީ.. އެހެންނޫންނަމަ މިހާރު އެމަންޖެހުންނާނީ ކިހާއުފަލަކުން .. ތިކަހަލަ ކޫސަނި ކަންކަމާ ފިކުރުބޮޑުވާކަށްވެސް ނުޖެހޭނެ.. ” ” ހޫމް މަށެއްނޫޅެން ތިޔަވާހަކަ ދައްކަން.. ހުންނާނެ ކާންހަދާފަ ..” ސާލީމްގެ ވާހަކަ ނުނިމެނީސް ރާމިޒާގެ ރުޅިގަނޑުހިލުމާއެކު ބޭނުންވާއެއްޗެއް ބުނުމާއެކު ތެދުވެ ހިނގައިގަތެވެ. ސަލީމްވެސް ދެފަރާތަށް ބޯހޫރާލާފައި ތެދުވީ ވެފައިވާ ވަރުބައްޔާއެކު ހައިހޫނުކަންވެސް އިހުސާސްވާތީ އަވަހަށް އެކަންކުރުމަށް ދިއުމަށެވެ.

ހުރިހާ މުއައްޒަފުންގެ ބައްދަލުވުންނިމި އެކުއެކީގައިހެން އެންމެން ނިކުތީ ގެއަށްދިއުމަށް އަވަސްވެގަތުމަށެވެ. ސަލްވާވެސް ވަރުބަލިވެފައި ހުރުމުން އަވަހަށް ގެއަށްގޮސް ތާޒާވެލުމަށް ނިކުތީ އާދައިގެމަތީން ރޭބަން އައިނުން ލޯނިވާކޮށްލަމުންނެވެ.

ހިނގަމުންދިޔަ ސަލްވާއަށް މީހަކު އޭނަފަހަތުން އަންނަހެން ހީވާންފެށުމުން ހިނގުންބާރުކޮށްލިއެވެ. އަދި އަވަސް އަވަހަށް ޖެހިގެން އޮތް ގޯޅިއަށް ލަނބާލިއެވެ. ގެއެއްގެ ދޮރާށިދޮށުގައި ފިލާހުރި ސަލްވާއަށް ފަހަތުން އައިމީހާ ވަށާހޯދަމުން ދިޔަތަން ފެނުމުން އެމީހާއަށް ނުބަލާ އަވަހަށް އެތަނުން ނިކުމެ ގެއަށްދާން ނިކުތެވެ. ނަމަވެސް ގެއަށް އްއިސް ވަދެ ވަދެހުރި ސަލްވާއަށް ދުރުގައި މީހަކު ބަލަން ހުރިކަމުގެ އިހްސާސްވުމުން ސިއްރުން ބަލާލިއެވެ. ކާކުކަން ނޭންގުނު ނަމަވެސް ސަލްވާހިތުގައި ބިރުވެރިކަމުގެ ރާޅުބާނި އުފެދިފައި ވީވަރުން އެމީހެއްގައިގައި ހުރި ސިފަތަށް ވެސް ދެނެގަންނާން ނޭންގުނެވެ. ތެޅިތެޅިއޮތް ހިތަކާއެކު އަވަސް އަވަހަށް އެތެރެއަށް ދެމިގަތުމާއެކު ދޮރުލައްޕާލިއެވެ.

*******

ހަވީރުގެ ސަޔަށް އިންސާފުކުރަމުންދިޔަ މާހިރުމެންގެ އާއިލާއެކީގައި ސައިމޭޒުން ބައްދަލުބުމުން ދެކެވިގެންދިޔައީ ހަމްޒާގެ ދަތުރުގެ ވާހަކައެވެ. މިދުއާމް ކިތަންމެ ދެރަވީނަމަވެސް ކޮއްކޮއަށް ކިޔެވުމަށް ނަސޭހަތްތެރިވިއެވެ. ވިޔަފާރި ދަތުރެއް އޮތުމާއެކު މާހިރުގެ އެދުމަކަށްވީ މާދާމާރޭ ހަމްޒާ ފުރުމެވެ. “ދަރިފުޅަށް އެގޮތް ކަމުދޭތަ އަނެއްކާ.. ” ހަމްޒާ މާމަޑުމަޑުން އިންނަން ފެށުމުން މާހިރު އަހާލިއެވެ. މައިންބަފައިން ކުރިމަތީ ދުވަހަކުވެސް ކަންކަމުގައި ދެކޮޅުހަދާފައިނުވާ ހަމްޒާ އެންމެރަނގަޅޭ ބުނެލީ މަސްނޫވީ ހިނިތުންވުމެއް ރައްދުކުރަމުންނެވެ. ނަމަވެސް ހިތް އެދިގޮވަމުންދިޔައީ އޭގެ އަނެއްދުވަހު ދާން މަޑުކުރުމަށެވެ.

” ހިދާ އެހެންވީމަ އަހަރެމެން ދެބަފައިގެން ކަންތަށް ރެޑީކޮށްލައްޗޭ.. މީއަދި ނިމުނީކީނޫން.. މިދުއާމް ދަރިފުޅުގެ ވަޒީފާ ކަންތަށް އޮތީކިހިނެއް..؟ ” ފުރާން ތައްޔާރުކުރުމަށް ފަހު މާހިރު އޭނާގެ ދޮށީދަރިފުޅާވެސް ސުވާލުކޮށްލިއެވެ. ” ބައްޕާ އަޅުގަނޑުގެ ވަޒީފާ ހަމަޖެހޭނެ މިފެށޭމަހުގަ .. ބާކީ މިއޮތީ ހަފްތާއެއް.. އަޅުގަނޑުމެން އެކޮޅުން އައީ ހުރިހާކަމެއް ނިންްމައިގެން..” މިދުއާމް އޭނާގެ ވަޒީފާގެ ކަންކަން ގޮސްފައިވާ ހިސާބު އޭނާގެ ބައްޕައަށް އޮޅުންފިލުވައި ދިނެވެ. “ތިޔަހެންވީރު ބައްޕަ ވަރަށް އުފާވެއްޖެ.. ދަރިފުޅު ބައްޕަގެ ވިޔަފާރިއަށް ޝައުގުވެރިކަންނެތް ވާހަކަ ބުނިދުވަހު ބައްޕަވަރަށްދެރަވި އެކަމަކު މިއަދު އެއަށްވުރެބޮޑަށް އުފާވޭ ދަރިފުޅު މުޅިމިޖުތަމައަށް ޚިދުމަތްކޮށްދޭން ވިސްނީމަ.. ” މިދުއާމްގެ ބޮލުގައި ފިރުމާލަމުން މާހިރުއެހެން ބުނިއިރު ލޮލުގައި އުފާވެރިކަމުގެ ކަރުނަ ޖަމާވެފައި ހުއްޓެވެ.

“ދެން ބައްޕަ އެންމެއުފާވާނީ ބައްޕަ ބިޒްނަސްނަސްމޭން ކިޔަވާނިމުނީމަ އިނގޭ.. ” ހަމްޒާގެ ކޮންޑުމައްޗަށް އަތްލާ ކުޑަކޮށް ބައްދާލަމުން މާހިރުއެހެން ބުނުމާއެކު މިދުއާމްވެސް ހަމްޒާގެ އަނެއްފަރާތުން އައިސް ” އެދުވަސް އިންޝާ ﷲ ބައްޕަ ދުނިޔޭގަހުއްޓަ ފެންނާނޭބުނެ ބައްދާލިއެވެ. ކުރިމަތީގައި ހުރި ހިދާއަށްް އެވަގުތު ބޭއިހްތިޔާރުގައި ހިނިތުންވެލެވުނީ ތިންބަފައިން ތިބިލެއް ލޯބިކަމުންނެވެ.

******

އަސުރުނަމާދު ކޮށްލައިގެން ނިކުތް ސަލްވާއަށް ސިޓިންގް ރޫމްގައި އިން އޭނާގެ ބައްޕަފެނުމާއެކު މިރޭ ބޭރަށް ދާން އޮތް ހަނދާންވެ ހުއްދައަކަށް އެދެން އެދިމާއަށް ދިޔައެވެ. ނަމަވެސް ހަމަ ހިސާބަށް ނުދެވެނީސް އިވުނު ވާހަކަ ތަކުން ސަލްވާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އައިކޮޅަށްއެނބުރި އަވަސް އަވަހަށްގޮސް ކޮޓަރިއަށްވަތްއިރު ދެލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ.

“ކީއްވެތަ.. ކީއްވެތަ ބައްޕާ.. އަހަރެންގެ ދިރިއުޅުމުގެ އެއޮއްބޮޑުނިންމުން ނިންމާލިއިރު މަޝްވަރާކޮށްނުލިތާންގަ ބުނެވެސް ނުލާ.. އަހަންނަކީ ހަމަ މިގޭގަ އެހާވެސް ބާކީ މީހަކީތަ..  މަންމަވެސް ދުވަހަކު ރުހުމުގެ ލޮލަކުން ބަލާނުލާތާންގަ ރުހުމުގަ އަންގައިވެސް ނުބުނޭ.. އެކަމުގެ ފަހަތުގައިވީ ސަބަބެއް މިއަދާ ހަމަޔަށްވެސް އެނގުނީކީނޫން..” ރޮމުންރޮމުން އައިސްއެނދުމަތީގައި ބަންޑުން އޮށޯވެއޮތް ސަލްވާ އެކަނިމާއެކަނި އަމިއްލަ ނަފްސާ އެތަކެއް ސުވާލެއްކުރަމުން ގެންދިޔައެވެ.

ސައިބޮއެގެން ނިކުތް ހަމްޒާ ލިބިފައިވާ ނުތަނަވަސް ކަމާއެކު ބޭރަށްނިކުތް ތަނާހެން ސިމާދުއާއި ދިމާވުމުން މިއަދު ދިމާވި ހާދިސާ ހަމްޒާގެ ހަނދާނަށްއައެވެ. އެއާއެކު ނުރުހުންވެހުރެ އެކަމާ ސުވާލުކޮށްލިއެވެ.

“ބްރޯ ހަމަޖެހިބަލަ އެއީ އިއްޔައިންސުރެ އަހަރެންފަހަތުން ނުނެއްޓިގެން އުޅުން މަންޖެއެއް.. އެހެންވެ ހިތަށްއެރީ މީނަމިހާވަރުން އުޅެންޔާ މަށަށްވެސް އުޅެވޭނޭ.. ވަރަށްފޮނިވެފަ ހުރީ މިރޭ ޖޮއިންވާނެ އަހަރެމެންނާ އަހަރެންގެ ޖީއެފް ގޮތުގަ އެކަމަކު އަހަރެން އެއްވެސް ޝައުގެއްނެތް.. ފޮނިގޮތަކަށް ސިމާދު އެހެން ބުނެލުމުން ހަމްޒާއަށް އެގޮތް ކަމަކު ނުދިޔައެވެ. “ސިމާދު އަހަރެން ސިމާދުހާ ދީންވެރިނުވެދާނެ އެކަމަކު އހަންނަށް ހީވަނީ ތިގޮތަށް ވަގުތީއުފާހޯދަން ދުނިޔޭގަ މަސައްކަތް ކުރުމަކީ ރަނގަޅުކަމެއްނޫންހެން.. ” ހިތް ހަމަ ނުޖެހުނު ނަމަވެސް މަޑުމައިތިރި ކަމާއެކު ހަމްޒާއެހެނއބުނެލުމުން ސިމާދުވެސް އެއްބަސްވެ ބޯޖަހާލިއެވެ. ނަމަވެސް މިރޭ ނަތާޝާއެމީހުނާއެކު ބައިވެރިވުމަށް ގޮތެއް ނުނިންމައެވެ.

އެތަށްއިރަކު ރުއިމަށްފަހު ނިދުނު ސަލްވާއަށް ހޭލެވުނީ ސަލީމްއައިސް ގޮވުމުންނެވެ. އޭރު އަށެއްޖަހާބޮޑުވެއްޖެއެވެ. “ދަރިފުޅު ހާދަ ނުގަޑިއެއްގަ ތިނިދަނީ.. އަވަހަށްތެދުވޭ ނަމާދުކޮށްލަން.. ނަމާދުކޮށްލައިގެން އާދެބަލަ ބައްޕަ އެބައޮތް ވާހަކައެއްދައްކަންވެފަ ދަރިފުޅާ..” ސަލީމް އައިސް ސަލްވާގެ ބޮލުގައި ފިރުމާލަމުން ވާހަކަދެއްކިނަމަވެސް އެހެން ފަހަރު ފަހަރުވާހާއުފާ މިފަހަރު ސަލްވާއެއް ނުވިއެވެ. ހަނދާނަށްއައީ ހަވީރުގަޑީގެ ހާދިސާއެވެ. ސަލްވާ އިސްޖަހާލައިގެން އޮތުމުން ސަލީމްއަކަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ.

ބައްޕަދިއުމާއެކު ސަލްވާގެ ލޮލުން އަނެއްކާވެސް ކަރުނަހިލުނީ އެއްވެސް އިހްތިޔާރަކާއިނުލައެވެ. ފޯނަށްބަލާލުމުންވެސް ހިތަށްވަނީ އިތުރު އަނިޔާއެކެވެ. ހަމްޒާގެ މިސްކޯލްތަށް ފެނިފައި ސަލްވާގެ ބަޑިފަޅައިގެން ދިޔައެވެ. މެސެޖްތަށް ކިޔާނެހާ ހިތްވަރުނެތުމުން ފޯނުބާއްވާފައި އަނެއްފަރާތަށް އެނބުރިލިއެވެ.

ހަމްޒާގެ ހާލަކީތޯއެވެ. އަވަހަށް ފުރަންޖެހުމުން ިތުގައިވި ނުތަނަވަސްކަން އިންތިހާއަށްގޮސް ސަލްވާއަށް ގުޅުމުން ފޯނުނުގީމައި ވީދެރައިން ބާބަކިއުހަދާތަނަށްވެސް ނުދާން ނިންމިއެވެ. ނުތަނަވަސްކަމާއެކު ނިއްކުރިމަތީގައި އަތްބާއްވާލައިގެން އޮތް ހަމްޒާ ސިހުނީ މިދުއާމްއައިސް އުނދަގޫކޮށްލުމުންނެވެ.

“ދެންހިނގާބަލަދާން.. ކޮންކަމަކާތަ މާބޮޑަށް މޫޑީވެފަތީނީ.. ” ޖޯލީގައި އިން ސިމާދުގެ އަތުގައި އޮޅުލައިގަންނަމުން ނަތާޝާ ތުއިވެލާފައި ބުންޏެވެ. ނަމަވެސް ހަމްޒާގެ ހަބަރެއްނުވުމުން ސިމާދު ހުރީ ދާކަހަލަ މޫޑެއްގައެއްނޫނެވެ. އެހެންތިއްބައި އެގޭދޮރުން ވަދެގެންއައި ހަމްޒާއާއި މިދުއާމް ފެނުމާއެކު ސިމާދުގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. ނަމަވެސް ހަމްޒާއެކޭ އެއްފަދައިން މިދުއާމްވެސް މޫނުމަތި ބަނަވެގެންދިޔައީ ސިމާދުކައިރީގައި ހުރި ނަތާޝާފެނުމުންނެވެ.

ނުނިމޭ

48

5 Comments

 1. Nattu

  January 9, 2019 at 11:10 am

  Me first dhww.. V reethi mi stry. When is next part…???

 2. zaara

  January 9, 2019 at 1:24 pm

  salva ge kaiveni meehakaa hamajeh sytha. ehenviyya v kada

 3. Nau

  January 9, 2019 at 2:02 pm

  masha allah …mi part vx vrh reethi layaa….salvaa ah ehn nuhadha……salvaa n hamza gulhuva dheyythi layaa plxx…..eagerly waitiin for the nxt prt…..keep up the gud wrk dearr……….

 4. rifoo

  January 9, 2019 at 7:34 pm

  enme bodah heevany hamza ge beybe midhuaam aa hen salva ge kaiveni kureveyny.. dhen hamza akah neyngeyne ekameh.. edhuvahakah hamza akah naadheveyne.. noony aadhevey iru onnaany kaiveni kurevifa.. eyrun salva ashaa hamza ah eh furaalhehge dhashuga ulhen jeheynee.. namaves loabiverin gothuga eh noon.. fahari aa faharige kokko ge gothuga.. just my opinion ingey.. but hope ehen nuvaane kamah.. konme kujjakah ves ekujjehge loabi kaamiyaabu vaane kamah.. varah reethi vaahaka.. varah loabivey layaa dheke.. next part kon irakun kiyaalan libeyny.. much loves, rifoo..

 5. unique

  January 9, 2019 at 9:36 pm

  varah reethi mi partvx waiting for the next part

Comments are closed.