ބުނެދެންހޭ… 4
ހަމްޒާއާއި މިދުއާމްއަށް ވީގޮތް ފެނިފައި ސިމާދުގެ ތުންފަތުގައި ކުޅެލީ މަކަރުވެރި ހިނިތުންވުމެކެވެ. ނަމަވެސް އެއިންކަމެއް އެތާންގައި ތިބި ތިންމީހުނަށްވެސް ރޭކާނުލިއެވެ.
ނަތާޝާއަށް މިދުއާމް ފެނުމާއެކު ކަތިނަޒަރަކުން ބަލާލިއެވެ. ނަމަވެސް މިދުއާމް ހުރީ ނަތާޝާއަށް ނުބަލާން ހުވާކޮށްގެންފަދައެވެ. ” ސިޑް ހިނގާދާން އަވަހަށް.. ” ބޭރުން އައިސްވަތް އިތުރު ރައްޓެހިކުއްޖަކު އެހެން ބުނުމާއެކު ސިމާދު ހަމްޒާމެންނާއެކު ބޭރަށްދިއުމަށް ނިކުތީ ނަތާޝާގާތި އޭނާގެ ކޮއްކޮ ސަމްހާއާއެކު އަންނަންބުނެފައެވެ.
ހަމްޒާމެން ދިއުމާއެކު ނަތާޝާ އަވަސްއަވަހަށް އޭނާގެ އަތްދަބަސް ނަގާ ހާވާލިއެވެ. އަދި ހޯދަންބޭނުންވިއެތި އަތުގައި ޖެހުމާއެކު ހިނިތުންވެލީ ނުރައްކާތެރިގޮތަކަށެވެ. މިރޭކޮންމެގޮތެއް ހަދާފަވެސް އޭނާގެ މަގުސަދު އޭނާ ހާސިލްކުރާނެއެވެ. އެކަމުގައި ކޮންމެފަދަ ގުރުބާނީއެއްވާންވެސް އޭނާއެހުރީ ތައްޔާރަށެވެ.
*****
“އަހަ ދަރިފުޅާހާދަ ލަސްވީ.. ބައްޕަމިހާރު މިއައީ ލަސްވީމަ ކައިގެން މިހާރުމިދަނީ ކުއްލިއަކަށް ބޭރަށްދާންޖެހިގެން.. ދަރިފުޅު ރަނގަޅަށް ކައިގެންހުންނަށްޗޭ.. ” އެތަށްއިރަކު އެހެން އޮވެފައި އެންމެފަހުންތެދުވެ ތާޒާވެލައިގެން ނަމާދުކޮށް އަވަދިވެގެން ނިކުތް ސަލްވާއަށް ނިކުމެވުނީ އޭނާގެ ބައްޕަގެ ކުރިމައްޗަށެވެ. ސަލީމް ދައްކަންވީ ވާހަކައެއް ދައްކާފައިދިޔައިރުވެސް ސަލްވާއަށްހުރެވުނީއެވެ. އެހެންހުއްޓައި ސަލްވާ ސިހުނީ އަތުގައުއޮތް ފޯނު ވައިބްރޭޓްވެލުމުންނެވެ. ބަލާލިއިރު ސްކޫލްގެ ޓީޗަރެކެވެ. އަވަހަށް އައިސްދިނުމަށްއެދިއެވެ. ދެފިކުރުގައިހުރި ސަލްވާ ކާންވެސްނޫޅި ކޮޓަރިއަށްވަދެ ތައްޔާރުވެލައިގެން ނިކުތީ އަވަހަށް ސްކޫލަށް ދިއުމަށެވެ.
ސްކޫލުގެ ގޭޓުން އެތެރެއަށއ ވަދެވަދެހުރި ސަލްވާ އަތުގައިހިފާ މިހާކު ދަމާލުމުން ތޫލިއަޑެއް އޭނާގެ އަނގައިން ބޭރުވެގެން ދިޔައެވެ. އެވަގުތު އެމީހަކު ސަލްވާއަތުގައި ހިފާ ލުތްކެއްޖެހުމާއެކު އޭނާގޮސްޖެހުނީ އެމީހެއްގެ މޭގައެވެ. ދުވި ސެންޓްވަހާއެކު ސަލްވާ އިސްއުފުލާ ބަލާލިއިރު ދާދިގާތުގައި ހުރި ހަމްޒާފެނިފައި ބޭއިހްތިޔާރުގައި އެމޭގައި ބޮނޑިވެލިއެވެ.
ހަމްޒާއަށް ފާރަލަމުން ފަސްފަހަތުން އައި ސިމާދުއަށް މިމަންޒަރު ކިތަންމެހާވެސް ރީއްޗަށްފެނުނެވެ. އެވަގުތު ސިމާދުގެ ހިތަށް ނުބައިގޮތެއް ވެގެންދިޔަނަމަވެސް ސަލްވާ ލިބޭނީ އޭނައަށޭ އަމިއްލަނަފްސަށް ވިސްނާދިނެވެ. “ހަމްޒާ ފިހާރައަށޭކިޔާފަ ފުއްޓަރުގައި ހުރެފައި މިއައީ މިގަނޑު ގަންނަންވެގެންދޯ.. ސަލްވާ.. ތިހެން ސަލްވާ އޮންނަންޖެހޭނީ އަހަރެންގެ އަތުތެރޭގައި ތިޔަ ހަމްޒާތީކާކު.. އޭނަޔަށް ނޭންގެ މިހާދުވަސްވީއިރު އަހަރެންވެސް އޭނަފަރާތުން ހޯދަނީ ފައިދާކަމެއް.. ބަލަގަ ތީ މަގޭ އޭ.ޓީ. އެމް އޭ.. ވާވަރަށް ފެލާލެވުނީމަ ތިޔާގެ ބޭނުމެއް މަށަކަށްނެތް.. ހަހަހަ.. “ނުލަފާހިނިތުންވުމެއް ވެރިކުރުވަމުން ސިމާދު ހިތާހިތާ ކިޔާލިއެވެ.
ލޯތްބާއެކު ހަމްޒާ ސަލްވާގެ ނިތުގައި ބޮސްދިނުމުން ސަލްވާއަށް ދެލޯމަރާލެވުނެވެ. ސަލްވާގެ މޫނަށް ބަލާލި ހަމްޒާއަށް އެވަގުތު ސަލްވާ ލާފައިވާހެދުމުގެ ކުލަފެނުމާއެކު ނިކަން އަވަހަށް ދެމީހުން އެއްކުލަދޯއޭ ބުނެލިއެވެ. ސަލްވާވެސް އަވަސްނަޒަރަކުން ބަލާލުމަށް ފަހު ބޯޖަހާލީ ދެމީހުނަށްވެސް ލެވިފައިހުރީ މަޑުނޫކުލައިގެ އެއްޗެހިކަން އެނގުމުން ހިނިތުންވުމާއެކުގައެވެ. އެއުފާވެރިވަގުތުކޮޅުގެ ނިމުން އައިރުވެސް ސަލްވާއަކަށް ހަމްޒާކައިރީ މިއަދުދިމާވި ކަންތަކުގެ ވާހަކަ ދައްކާކަށް ނުކެރުނެވެ. ދެވަނަފަހަރަށް އެފަދަގޮތަކަށް ދުވަހަކުވެސް ހަމްޒާއާއި ބައްދަލުނުވެދާނޭ ސަލްވާގެ ހިތް ބުނަނީއެވެ.
“ބުނެދެންހޭ.. ހިތަށްވާގޮތް މިތުރާއޭ ވަރަށްތަދުވޭ.. މިތުރާއޭ.. މިހިތް ގެންގޮސް ރޮއްވީމާ ވަރަށް ތަދުވޭ.. ހުވަފެނީ ގަނޑުވަރު ލޯބިން ޖަރީ ކުރުވީ.. ވިދަމުންދާ އަލިމޫނުފަދައިން ހިތުލީ.. ” ލަވަޔާއި އެއްވަރަށް ގިޓާކުޅެމުންދިޔަ މިދުއާމްގެ އަޑުގެ ޖާދޫގައި ޖެހިފައި ހުރިހާމީހުންވެސް މަސްފުހެ ނިންމާލަމުން ކެއުމަށް ތައްޔާރުވެލިއެވެ. އޭރު ހަމްޒާގެ އިތުރުން ސިމާދުވެސް އެތަނަށް އަތުވެއްޖެއެވެ. ދެމީހުން އެކީގައި އައިރު އައީ ކޯކްއާއި ސްޕްރައިޓްވެސް ހިފައިގެންނެވެ. އެވަގުތު އެތާންގައި އިން ނަތާޝާއަށް ސިމާދު އިޝާރާތުން ކޮންމެވެސް އެއްޗެއް އަންގާލުމާއެކު ނަތާޝާ ބޯޖަހާލިއެވެ. އެމަންޒަރު މިދުއާމްއަށް ރަނގަޅަށް ފެނުނެވެ.
ނަތާޝާ ޑްރިންކްސްތަށް ހިފައިގެން ދިއުމާއެކު މިދުއާމް ސިއްރުން އޭނާއެކުރާކަމެއް ބެލުމަށް ފާރަލިއެވެ. ސިމާދު ހީކުރީ ނަތާޝާ ފަހަތުންދިޔަ މިދުއާމްއަށްވެސް ނަތާޝާ ކަމުގޮސްގެން ދިޔައީ ކަމަށެވެ. އެހެންވެ ފޯރީގައި ދެންތިބި ބައިވެރިންނާއި ބައިވެރިވެލިއެވެ.
“ހަމްޒާ މީކަލޭގެ އިންތިޒާރުހުންނަ ފަހުރޭ.. މިރޭ އަހަރެންގެ އެދުންފުދޭނެ.. އަދި ކަލޭގެ ދޮންބެވެސް ވާވައްދާލާނަން.. ހީނުކުރައްޗޭ އަހަރެންމީ އާދައިގެ އަންހެނެއްކަމަށް.. އަހަރެން ބޭނުންވާ ކޮންމެއެއްޗެއްވެސް މިވީހާތަނަށް އޮންނާނީ ހާސިލްކޮށްފަ.. އެހެންވީމަ ހަމްޒާވެސް މަށަށް ސެޓްވާނެ.. އެއަށްފަހު.. ހަހަހަހަ.. ” އަމިއްލަޔަށް ވާހަކަދައްކަމުން ތަށިތަކަށް ކޯކްއަޅަމުންދިޔަ ނަތާށާ ވާހަކަ ދައްކަމުންދިޔައިރު ފަހަތުގައި މީހަކު ހުރިކަމެއް ރޭކާއެއް ނުލައެވެ. އޭރު ސްޕްރައިޓް އަޅައިގެން ދެންތިބި އަންހެންކުދިން ނިކުމެއްޖެއެވެ. ދަނޑިވަޅުބަލާފައި ނަތާޝާ ގެންގުޅުނު ޕަކެޓް ނަގާ ދެތައްޓަށް އަޅާލިއެވެ. އަދި ކޯކް ބަލާއައުމުން އެދެތަށި ބައިންދާފައި އެހެން ތަށިތަށް ނެރުމަށް ހަވާލުކޮށްލިއެވެ.
މަންޒަރު ބަލަންހުރި މިދުއާމްގެ ކަތުރުކަށިގަނޑަށްް ބާރުވެފައި ހުރިއިރު ރުޅިއައިސްގެން ދެއަތްވަނީ މުއްކެވިފައެވެ. ނަމަވެސް އެކަހަލަ ގޮތްކުޑަ އަންހެނަކާ ދިމާކުރުމަށްވުރެ އެންމެނުތެރޭގައި ބޭޒާރު ކޮށްލުން ބުއްދިވެރިވާނެތީ މިދުއާމް ކެތްތެރިވިއެވެ. ތަށިތަށް ކައިރީގައި ހުރި ނަތާޝާ ފާހާނާއަށް ދާންޖެހުމުން އެތެރެއަށް ވަންވަގުތު ބޭރުން އައިސް ވަން ހަމްޒާފެނިފައި މިދުއާމް އޭނާ ހުއްޓުވިއެވެ.
“ކޮއްކޮ ކޮންތާކަށް.. ؟” މިދުއާމްގެ އަޑުޖެހުމާއެކުނސިހުން ނަމަވެސް ހަމަޖެހިލާފައި ހަމްޒާ އޭނާއައި ސަބަބު އޮޅުންފިލުވައި ދިނުމާއެކު މިދުއާމްއަށް މޮޅުހިޔާލެއް އައެވެ. ވަގުތުން ޝަމްހާއަށް ގޮވާލާފައި ސިއްރުން އެއްޗެކޭބުނެލިއެވެ. އެއާއެކު ތުއިގޮތަކަށް ބަނޑިބަނޑި ލައްވަމުން ގޮސް ޝަމްހާއަވަހަށް މިދުއާމް އެދުނުގޮތަށް ކަންތައް ކުރިއެވެ. ޝަމްހާވެސް މިދުއާމް ލިބުމަށް އެދި ފެންބޮވާގެންފައިވީވަރުން އެއްވެސް އުޒުރަކާނުލައި ބުނާ ކޮންމެ ކަމެއް ކޮށްދޭނެކަން އެތާންގައި ހޭދަކޮށްލި ކުޑަވަގުތުކޮޅުތެރޭ މިދުއާމްއަށް އެނގުންވިއެވެ. ސިމާދު އަށް އެވަގުތު ފޯނެއްއައުމުން އެތަނުގައި އޭނާ ރާވާފައިވާގޮތާ ހިލާފަށް ކަމެއްހިނގިކަމެއް ނުދެނަ ހުއްޓެވެ.
ނަތާޝާ އެތެރެއަށްވަދެފައި ނިކުތްގޮތަށް އަވަހަށް ކޯކްތަށިތަށް ހިފައިގެން ބޭރަށް ނިކުތެވެ. އޭރު ހުރިހާމީހުންވެސް ކެއުމާއިގެން ކުރިއަށްދިޔައިރު އިރު އިރުކޮޅާ ބުއިމެއް ގެނެސްދިނުމަށް އެދެއެވެ. ނަތާޝާ އެއްތަށި ސިމާދު އަތަށް ދިނުމާއެކު އެހިފައިގެން އޭނާ މިސްރާބުޖެހީ ހަމްޒާ އާއި ދިމާއަށެވެ.
ނަތާޝާބަލަން އިނީ މިދުއާމް އާއި ދިމާއަށްކަން އެނގުމާއެކު އެއްލޯމަރާލަމުން އައުމަށް މިދުއާމް ހަނާއަޅާލިއެވެ. ތުއިވެލާފައި އިސްތަށިގަނޑު ރީތިކޮށްލަމުން މިދުއާމް އާއި ދިމާއަށް ދިޔަ ނަތާޝާފެނުމާއެކު ޝަމްހާގެ ލޮލުން ކަނިބުރައިގެން ދިޔަފަދައެވެ. ދެލޯއަޅާލިގޮތުން ހީވާނީ ނަތާޝާ އަނދާ އަޅިއަށް ހަދާލަފާނެހެންނެވެ. މިމަންޒަރު މިދުއާމް އަށް ފެނުމާއެކު ހިނިއައިނަމަވެސް ހިނިގަނޑު ބަނޑަށް ފިއްތާލައިގެން އިނީ އޭނާގެ މިޝަން ކާމިޔާބުވާނީ އެގޮތަށް ކަންތަށް ކޮށްގެންކަން އެނގުމުންނެވެ.
ސިމާދު ހީކުރިގޮތާހިލާފަށް ވަރަށްފަސޭހައިން ހަމްޒާ އޭނާގެންދިޔަ ކޯކްތަށީގައި ހިފިއެވެ. ކުޅިވެފައި ހުރިވަރުން އެއްބުރުން ތަށިހުސްކޮށްލިތަން ފެނިފައި ސިމާދުގެ ތުންފަތުގައި މަލާމާތުގެ ހިނިތުންވުމެއް ކުޅެލިއެވެ. ހަމްޒާ ކައިރީގައިއިން އަނެއް ކޯކްތަށި ނަގާ ބޯން އުޅެނިކޮށް ސިމާދު އެއަތުލާ އެހާގިނައިން ނުބޯށޭކިޔާއޭގެން ކޯވަރެއް ދަމާލިއެވެ. އަދި މީ ތިމަންނަޔަށޭ ބުނެފައި އެކޯކްތަށިހިފައިގެން ދުރަށް ހިނގައިގަތެވެ.
“ދީބަލަ ތިކޯކްތަށި.. އަހަންނަށް އެހާ ކަމަކުނުދިޔަ ޝަމްހާ ގެނެސްދިނީމަ އެހެންވެ ހިތަށްއެރީ މަންޖެއަތުން ގެންނަ ތައްޓެކޭބޯނީ.. އަން މަންޖެއަށް މިތަށި.. ގެނޭ މަށަށްތި.. ” މިދުއާމް ކައިރީގައި އައިސް ހުއްޓުނު ނަތާާޝާއާ ދިމާއަށް އޭނާގެ އަތުގައި އިން ކޯކްތަށި ދިއްކޮށްލަމުން ނިކަން ޖަޒްބާތީގޮތަކަށް ބުނެލިއެވެ. އެއާއެކު ޝަމްހާއާއި ދިމާއަށް ނަތާޝާ ބަލާލާފައި މްލާމާތުގެ ހިނިތުންވުމެއް ރައްދުކޮށްލަމުން މިދުއާމް އަތުގައި އިން ކޯކްތަށީގައި ހިފާ އެއްނޭވައިން ހުސްކޮށްލިއެވެ.
ދޮންބެ ބުނިގޮތަށްކަންތަށް ކުރިނަމަވެސް ހަމްޒާއަކަށް ވާނުވާއެއް ނޭންގުނެވެ. އެހެންވެ ފަހުންއަހާނީއޭހިތާ އޭނާގެ މަސައްކަތް ނިމުމުން ސަލްވާއަށް ގުޅާލަންކަމަށް އެކަހެރިވެލިއެވެ. އެމަންޒަރު ސިމާދުއަށް ފެނުމާއެކު އަތުގައިހުރި ތަށި އެއްކޮށްބޯލުމަށްފަހު އަތުތެރެއަށް އެތަށި ފަށްފަށް ކޮށްލާފައި އެއްލާލިއެވެ. އަދި ނަތާޝާކޮބާތޯ އަވަސްނަޒަރަކުން ބަލާލި ސިމާދުއަށް ފެނުނު މަންޒަރުން ރުޅިއަންނަގޮތްވިއެވެ. މިދުއާމް އަކީ އަދި އޭނާގެ ދެވަނަ ޕްލޭންއަށް ވާއިރު އެހާއަވަހަށް ނަތާޝާ މިދުއާމްއާއި މައްލަވަ ކުރާކަށް ސިމާދު ބޭނުމެއްނުވެއެވެ.
އައިރުޅިއާއެކު ނަތާޝާއާއި މިދުއާމް އާ ދިމާއަށް ހިނގައިގަތް ސިމާދުގެ ލޯމައްޗަށް ފުސްވެލާގޮތްވިހެން ހީވިއެވެ. އަދިއެހާމެ އަވަހަށް ރަނގަޅުވާގޮތްވުމުން ކުރިމައްޗަށް ބަލާލި ސިމާދުގެ ދެލޯބޮޑުވީ ގެއާދިމާއަށް މިސްރާވު ޖަހާފައިވާ ނަތާޝާމެން ފެނުމުންނެވެ. ދުރުގައި ހުރި ހަމްޒާއަށްވެސް މިމަންޒަރު ފެނުމުން ގަބޫލުކުރަން ދަތިވިނަމަވެސް އެވަގުތު ސަލްވާގެ ހަބަރެއްނުވުމުން ލިބިފައިވާ ނުތަނަވަސް ކަމުގެތެރޭގައި އޭނާގެ ދޮންބެ ހުއްޓުވަންދާ ހިޔާލެއް ނައެވެ. ދުރުގައި މަންޒަރުބަލަންހުރި ޝަމްހާ އައިސްފައިވާ ރުޅީގައި ތުރުތުރުލަމުންދިޔައިރު ދެލޮލަށް ކަރުނަވަނީ ޖަމާވެފައެވެ.
*”******
ސަލީމްކައިރީގައި ވާހަކަދައްކަންއިން ސަލްވާގެ ފޯނު އެތައްފަހަރަކު ދިލެމުންދިޔަ މަންޒަރު ރީއްޗަށް އޭނާއަށް ފެނުނެވެ. އަދި ހަމަ އެހެންމެ ފޯނަށް ބަލާލުމާއެކު މޫނުމަތި ބަނަވެގެންދާގޮތް ފެނުމާއެކު ސަލީމްގެ ހިތުގައި ރިއްސާލިއެވެ. ނަމަވެސް ކުރިން ނިންމާފައިވާ ނިންމުމެއް ބަދަލުކުރާކަށް އޭނާވެސް ބޭނުމެއްނުވެއެވެ. ދަރިފުޅަށް ވިސްނާދިނުމުން އެހުރިހާކަމެއްވެސް ރަނގަޅުވެގެންދާނެކަމަށް އޭނާގެ ޒަމީރު އެއްބަސްވިއެވެ.
*******
ގޯތިތެރެއަށް ވަތް ނަތާޝާ ވަނީ ބޯލި ކޯކްތަށީގެ ސަބަބުން ހިސާބަކަށް މިހާހަމައިން ނެއްޓޭގޮތް ވެފައިކަމުން މިދުއާމް ކިތަންމެ ފޫހިވިނަމަވެސް މޭގައި ލައްގާލައިގެންގޮސް ސިމާދުމެނގޭތެރެއަށް ވަނެވެ. ބޭރުގައި ތިބި ގިނަމީހުން ހީކުރީ މިރޭ މިދުއާމް އެހާއަސަރާއެކު އެލަވަކީ ނަތާޝާގެ ލޯބީގައި ދިވާނާވެގެން ކަމަށެވެ. ފެނިގެންދިޔަަންޒަރުން ހެކިވަނީ އެގޮތަށެވެ.
ބޭރުގައި ހުރި ސިމާދުގެ ކަންފަތާއި ހަމައަށް ” މިދުއާމް ހާދަ ލަކީއޭ ދޯ.. ” އެތަނުން އެކަކުބުނެލި އަޑު އިވުމާއެކު ހަމައިން ނައްޓައިގެން ދިޔައެވެ. އެދިޔަ ބާރުމިނުގައި ގޯތިތެރެއަށް ވަދެގެން ގޮސް ގެއަށްވަތްއިރު މޮދުއާމްގެ މޭގައި ލައްވެލާފައިއިން ނަތާޝާ ފެނުމުން ވަގުތުން ގޮވައިގެން ކޮޓަރޮއާދިމާއަށް މިސްރާބުޖެހިއެވެ. ސިމާދުއަށް ނޭންގުނުކަމަކީ އޭނާގެ ހަށިގަނޑަށް ބޯލި ކޯކްތަށީގެ އަސަރު ހަމައަށް އޭރު ކުރަންފެށިކަމެވެ.
*******
“ދަރިފުޅާ ސަލްވާ.. ބައްޕަ މިއުޅެނީ ވަރަށް މުހިންމު ވާހަކައެއްދައްކަން..” އެތަކެއްވާހަކައެއް ދެއްކުމަށްފަހު ސަލީމް ސީދާ މަޢުލޫއަށް އެނބުރިލިއެވެ. އޭރުވެސް ސަލްވާގެ ހިތް ބާރަށް ނެގިނެގިފައި ޖެހެމުންދިޔައިރު ހަމްޒާގެ ހަނދާންތައްވަނީ ހިނދުރީގައި ހަރުލާފައެވެ. ބައްޕަ އޭނާ މީހަކާދެވަން އުޅޭކަން އިނގުނު ނަމަވެސް އެއީ ކާކުކަމެއް ނޭންގުމުން ހިތުގައިވި ޝަކުވާތަށް ވަނީ އިންތިހާއަށް ގޮސްފައެވެ.
” އަސްލު ބައްޕަމެންޖެހޭނެ މިވާހަކަ ދަރިފުޅުކައިރީގަ ކުރިންބުނަންވެސް.. ބައްޕަ ބޭނުން ދަރިފުޅު މީހަކާއިންނަން.. އަދި ބައްޕަގެ ބޮޑުދައިތަގެ ނާސިހާ ނިޔާވުމުގެ ކުރިން ކޮށްފައި އޮތްް ވަސިއްޔަތެއް އެއީ ދަރިފުޅާ ނާސިހައްތަގެ ސިމާދުއާ ކައިވެނީގެ ގޮތުން ގުޅުވުން.. ” ސަލީމްގެ ވާހަކަ ނިންމާލަމުން ބުނެލިނަމުން ސަލްވާގެ ދެލޯބޮޑުވެގެންދިޔައެވެ. ތަޤްދީރު މިއަދު އޭނަޔާ މިކުރީ ކޮންފަދަ ސަމާސާއެއް ބާއޭ ހިތައްއެރިއެވެ. ސިމާދަކީ ހަމްޒާގެ އެންމެގާތް އެކުވެރިޔާއެވެ. ހަމްޒާދެކެ އިންތިހާއަށް ލޯބިވާއިރު ހަމްޒާގެ އެކުވެރިއާއެކު އޭނާގެ ދިރިއުޅުން ވޭތުކުރާނެގޮތެއް ސަލްވާގެ ހިތައް ތަސައްވަރުކޮށްވެސް ނުލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.






Salaam .. miothee part 4 mi part kudakoh kuruvaane.. ekamakuvess kamudhaane kamah unmeedhukuran .. kureege part ah comment Kohli hurihaakudhinnahvess hithuge funminun shukuruverivan.. reply kohnulevunass hurihaakudhinge hiyaalubadhalukoh kiyaalan.. in Sha Allah next episode Tuesday night and.. lassmikohleee kids surprised eh Veena..
mee first dhw mi vaahaka v reethi . love it. keep up tge good work.?
Labba dhoonyaa hama first and thank you dear?
when next part
varah reethi mi partvx but salvaa n hamza ah vaagothun dhw sad
but insha allah everything will be fine