އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ ދަރިފުޅު ދެކެ ބައްޕަ ވަރަށް ލޯބި ވެއެވެ. ތިޔައީ ބައްޕަގެ ހިތްހަމަ ޖެހުމުގެ ސިއްރެވެ. ދަރިފުޅު ފެނުމުން ހިތް އުޖާލާ ވެއެވެ. ދަރިފުޅަށްޓަކައި ޤުރްބާން ވުމުގެ ވިންދު ހިތުގައި ޖަހައެވެ. ތިޔައީ ބައްޕަގެ ފޮނި އުއްމީދެވެ. ދަރިފުޅާމެދު ބައްޕަ ކުރާ އުއްމީދު ގިނަގުނައެވެ.ދަރިފުޅުގެ މަޑުމަޑު އަދި ފިނި އަތް ބައްޕަގެ މޫނުގައި ބީއްސާލުމުން ދަރިފުޅުގެ އޯގާތެރިކަން ހިތަށް ތަސައްވަރު ކުރެވެއެވެ. ދަރިފުޅުގެ ފިރުމުންތަކާއި އަޅާލުން އެންމެ ބޭނުންވާ ދުވަހު ލިބޭނެ ކަމަށް އުއްމީދު […]
ރެޔަކީ އުޑުމަތި ބަނަ ރެއެކެވެ. އިރުއިރުކޮޅުން ވާރޭ ކަނި ޖަހާލައެވެ. ޖެހެމުން ދިޔަ ވައިން ގަސްތަކުގެ ފަތްތަކުން އަޑުލައްވާލައެވެ. ވައިގައި ހިފާފައި ހުރީ ތެތް ފިނިކަމެކެވެ. މުޅި މީހާ ހުރީ ފިނިވެފައެވެ. ހަވީރު ވެހުނު ވާރެއިން މުޅި މަގުމަތި އޮތީ ތެމިފައެވެ. ކުދިކުދި ފެންގަނޑު ހެދިފައި ހުއްޓެއް ކަމަކު، ސައިކަލުގައި ދާ މީހަކަށް ދަތި ނުވާނެކަން ޔަޤީނެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން އަހަރެން މަގުމައްޗަށް ނުކުމެ ސައިކަކު ކައިރި މަޑުކޮށްލީމެވެ. ފުން ނޭވާއެއް ދޫކޮށްލީމެވެ. އެއަށްފަހު […]
އިވުނު ވާހަކަތަކެއްގެ ސަބަބުން މިންހާގެ ސިކުނޑި އެވަގުތައް މަސައްކަތްކުރުން ހުއްޓާލާފައިވި ފަދައެވެ. ބޮޑުވެފައިވި ދެލޮލުން އިއާންއަށް ބަލަހައްޓާއިގެން ހުރި ފިޔަވަޅު މަތީގައި މިންހާއަށް ހުރެވުނެވެ. އަދިވެސް ހީވަނީ އިއާންގެ ދުލުން ބުނެލި ޖުމްލަތައް އޭނަގެ ކަންފަތް ބުޑުގައި ގުގުމާހެންނެވެ. ” މިންނު… ޕްލީޒް… ކޮންމެވެސް އެއްޗެކޭ ބުނެބަލަ… ” މިންހާގެ މޫނު މަތީގެ ކުލަވަރުންނާއި އެ ހަމަހިމޭންކަމުން އޭނަގެ ހިތް ނުތަނަވަސްވަމުން ދިޔުމުގެ ސަބަބުން އިއާންއަށް މަޑުމަޑުން ބުނެލެވުނެވެ. އިއާންގެ އެއަޑުވެސް މިންހާއަށް ނީވޭ ފަދައެވެ. ރައްދުގައި […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ މަގޭ ލޯބިވާ މަންމާއެވެ!ތިޔައީ ނަމޫނާ މިސާލެކެވެ.މައެއްގެ ވާޖިބުތަކާއި،ޒިންމާތައް ފުރިހަމައަށް އަދާކޮށްފައިވާ ޒިންމާދާރު މައެކެވެ.ދަރިންނަށްޓަކައި މަތިވެރި ޤުރުބާންތަކެއް ވެފައިވާ މައެކެވެ. މަންމަގެ އޯގާތެރި ފިރުމުންތަކުގެ އަސަރު މިހިތުން ދުވަހަކުވެސް ފިލައިގެންނުދާނެއެވެ.މަންމަގެ މީރުވަސް މިހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. މަންމަގެ މީރުވަސް އަބަދުމެ އާލާވޭވޭ ހުރެއެވެ.މަންމަގެ ނެވާގެ މީރުކަމާއި ހޫނު އިޙްސާސް މިހިތުން ފިލާނީ ކިހިނަކުން ހެއްޔެވެ؟ ލޯބިވާ މަންމާއެވެ. މައިވަންތަކަމުގެ އިޙްސާސަކީމަތިވެރި އިޙްސާސެއްކަން މިއަދު އަޅުގަޑަށް ތަޖްރިބާ ކުރެވިއްޖެއެވެ. އެތަކެއް ރޭގެ ނިދި ނަގާލައިގެން އަޅުގަޑަށް ހޭހަން […]
ނާއިލްގެ ފޯނު ކޯލު ނިންމާލުމަށްފަހު އިޝާ ނަމާދު ވަގުތު ވަންދެން ފޮތް ކިޔަން އިނުމަށްފަހު ބަންގި ގޮވުމުން މިންހާ ނަމާދުކޮށްގެން ސުކޫލަށް ދާން ތައްޔާރުވިއެވެ. ތައްޔާރުވެގެން ރޭގަނޑުގެ ކެއުމަށްފަހު މަންމައާއެކު ގަޑި ޖެހެންވާއިރަށް ސުކޫލަށް ދާން މިންހާ ހިނގައިގަތީ ކުރިއަށް ވާން އޮތް ގޮތް ނޭނގޭ ހާލުއެވެ. ” އެހެރީ އާޒިމާގެ ދަރި އަލޫފް ދޯ… ” އާދައިގެ ހިނގުމެއްގައި ހިނގާފައި ދިޔަ މިންހާއަށް އޭނަގެ މަންމަ އެހެން ބުނެލި އަޑަށް އޭނަގެ މަންމަ އިޝާރާތްކުރި ދިމާލަށް […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެމެން ވަރަށް އުފާ ކުރަމެވެ. އެކުވެރިކަމުގެ ރިވެތި ނަމޫނައެއްގެ ގޮތުގައި އިންސާނުން އަހަރެމެންފަދަ ނިކަމެތި އެއްޗެއް ބަލައިގަތީމައެވެ. ޙަޤީޤަތުގައިވެސް އަހަރެމެންނަކީ ވަރަށް އެކުވެރި ބަޔަކީމުއެވެ. އަހަރެމެންގެ ނިސްބަތުން ބޮޑެތި ފަރުބަދަ ފަޅިއެއް ވަރުގެ ކާނާވެސް ފަސޭހަކަމާއި އެކު ލިބިގަނެވެނީ އަހަރެމެންގެ މެދުގައިވާ އެކުވެރިކަމުގެ ގަދަފަދަ ބާރުންނެވެ. ޙަޤީޤަތުގައި އެކުވެރިކަމުގެ މާތްސިފަ އެންމެ ފުރިހަމަގޮތުގައި އޮންނަންވީ އިންސާނުންގެ މެދުގައެވެ. އިންސާނާ ހައްދަވާފައިވަނީ އެކަކު އަނެކަކާއި ގުޅިގެންނޫނީ ނޫޅެވޭނެ ފަދަ ގޮތަކަށެވެ. އަހަރެމެން އަބަދުވެސް އެކަކަށް […]
ކަޅުފޮއި ރެއެކެވެ. އާންމުކޮންހެން އިޝާގެ ފަހުން އެ ދެ ކުދިން އޮތީ ގޭގެ ފުރާޅުމައްޗަށް އަރާ އޮށޮއިވެލައިގެންނެވެ. ހިޝާންގެ އަހަރުން ބާރަ އަހަރެވެ. އަދި ޔާސްމީންގެ އަހަރުން ނުވައެކެވެ. އުޑުގެ ވިދުވަރަށް ކަޅިގެއްލިފަ އެވެ. ހަނުހިމޭންކަމަކާ އެކު ދެ ކުދިން ހިނިތުންވަމުން ގެންދިޔަ ހިނދު ސިފަކުރުވީ އިޝްރާޤީ މުޢާމަލާތެއް ދެމެދުގަަައި ހިނގެވެމުން ދިޔަ ފަދަހެންނެވެ. އެކަކުގެ ކަނާ އަތް އަނެކަކުގެ ވައަތު އަތާ ގުޅި ގަތާލެވިފަ އެވެ. އެއީ ޖާދޫވަންތަ ކަމެކެވެ. ‘ޔާޝްކޮ އަށް އެނގޭތަ ޔާޝްކޮ […]
އިތުރު ގަޑީގައިވެސް މިންހާއަށް އޭނަގެ ފުރިހަމަ ސަމާލުކަން ކިޔެވުމަށް ދެވޭ ގޮތެއް ނުވިއެވެ. އަލޫފް އާއި ޝަމްހާ އާއި ދެމެދު ބަދަލުކުރެވެމުން ދިޔަ ހިނިތުންވުންތަކާއި އެކަކު އަނެކަކާއި ބަދަލުކުރެވެމުންދިޔަ ނަޒަރުތަކުން މިންހާގެ ހިތުގައި އަޅަމުންދިޔަ ވޭން ދިޔައީ ހިނދެއް ހިނދަކަށް އިތުރުވަމުންނެވެ. މޭގެ ތެރޭގައި ތޫނު ތަދެއް އުފެދިފަިވާއިރު ބޮލުގައިވެސް ދިޔައީ އެވަރަށް ރިއްސަމުންނެވެ. އިރުއިރުކޮޅުން ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިނދަން މިންހާ ދިޔައީ އޭނައަށް ކުރެވުނު ވަރަކަށް މަސައްކަތްކުރަމުންނެވެ. މިންހާގެ އެ ހާލަތު ފެނި އަޝްރާގެ […]
އެއީ ކައިވެނި ކުރުމުގެ އުމުރެވެ. އުމުރުން 27ވީހެވެ. އާއިލާގެ ތެރެއިން އަހުރެންނަށް ދިޔައީ ނޭދެވޭ ސަމާލުކަމެއް ލިބެމުންނެވެ. ކަައިވެނި ކުރުމުގެ ޚިޔާލެއް ފައުޅުކޮށްފައި ނުވާތީ އެވެ. ކުއްޖަކާ އެކު އެއްވެސް ކަހަލަ ގުޅުމެއް ބޭއްވިފައި ނުވާތީ އެވެ. އަދި އާއިލާގެ ދަރަޖަ އުފުލުމުގައި ނުކުޅެދުންތެރިކަން ފެންނާތީ އެވެ. އާއިލާތެރެ ފެށުނޫންސުރެ ބައްޓަންވަމުން އައީ ވަކި އުސޫލުތަކެއްގެ ތެރެއިންނެވެ. ސީދާސާދާ ކޮށެވެ. އިހުތިރާމުވެރިކޮށެވެ. އަމަލުތަކާއި މުޚާތަބުގައި އަދަބުވެރިކޮށެވެ. ދިރިއުޅުމުގެ ފެންވަރު ދެއްކުވުމުގައި މަތީ ދަރަޖައެއްގަ އެވެ. ހަށިތަކުގައި ބަރު, […]