Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

ހަޔާތުގެ މަގު

Allura Level 110 Stories
January 15, 2019 2 Mins Read
2 Comments

އިރު ފައިބަމުން ދިޔަ ވަގުތެވެ. މީސްތަކުންގެ ހަލަބޮލިކަން ކެނޑި ހަވާސް ބިން މައިތިރިކުރުވައިފި އެވެ. ހަނދުގެ އަލި ދުނިޔެމައްޗަށް ބާރުގެނުވާ ގަސްތަކާއި ރުއްތަކުން ސަރަހައްދު ފަނޑުކުރުވައިފި އެވެ. މިއިން ކަމެއް އިހުސާސް ކުރެވިފައި ނުވާ ފަދައިން ގަސްތަކުގެ ހިޔާފަހިކަމުގެ ތެރޭ ބަހައްޓާފައި ހުރި ޖޯޔެއްގައި އޮށޯވެލައިގެން އޮތް ފަރުދާނުގެ ދެ ލޯ ހުއްޓިފައިވީ ހާމަވެފައި އޮތް އުނދަރެހަށެވެ. ނަމަވެސް ސިކުޑީގެ ނާރުތަކާއި ހިއްސުތައް މާ ދުރުނޫން އާލަމެއްގައި ޣަރަޣުވެފަ އެވެ.

އެއީ ފުރާވަރުގެ ދުވަސްތަކެވެ. މަސްޣޫލުވެ އުޅުނީ އާންމު ކަންކަމުގެތެރޭގަ އެވެ. އެކުވެރިން އުފެއްދުމުގަ އެވެ. އދި އެބައިމީހުންނާ އެކު ތަންތަނަށް ޒިޔާރަތްކޮށް ކުޅިވަރުތައް ކުޅެ މަޖާ ކުރުމުގަ އެވެ. އަދި ސީރިއަސްނޫން ތަޅާފޮޅުންތަކުގަ އެވެ. އަދި މަދު ބައެއް ތޮޅުންތަކުގައި ތަލަށް އަނިޔާލިބި ނޫނީ ފައި ނޫނީ އަތުގެ ކަށްޓެއް ބިނދިގެން ހޮސްޕިޓަލަށް ދާން ޖެހުނު ފަހަރުތައް ދިޔަނަމަވެސް އެއިން ކަމެއް ވެސް މާކަ ސީރިއަހެއް ނޫނެވެ. އެކުވެރިންވީމަ އެވެ. އިޚުތިޔާރުގައި ކުރާ ކަންކަމަށް ނުވާތީ އެވެ. މައާފަށް އެނދޭތީ އެވެ. ނޫނެކޭ ބުނެވެން ނެތޭތީ އެވެ.

ކިޔެވުމުގެ ނަތީޖާ ނުކުތީ ދެރަކޮށެވެ. އަދި މި ކަމުގައި ފަރުދާނަށް ހައިރާންކަމެއް ނޫނީ މޮޅިވެރިކަމެއް ވެސް އިހުސާސެއް ނުމެވިއެވެ. ދިރިއުޅުމާމެދު އޭނާގެ މާ ވަރުގަދަ އުންމީދުތަކެއް ނެތެވެ. އިސްކޫލުގެ ވަގުތުތަކުގެ ބޭރުން ގިނަ ވަގުތުތައް ހޭދަކުރެވުނީ ގެއިން ބޭރުގައި އެކުވެރިންނާ އެކު ސަކަރާތުގައެވެ. މައިންބަފައިން އޮފީހެއްގައި ވަޒީފާއާއި ގެންނެވެ. އާނއެކެވެ. ކިޔެވުމަށް ބާރުއެޅި އެވެ. އެކަމަކު ހުސްވެސް އަނގަބަހުންނެވެ. އަމަލުތަކުގައި އެއްވެސް ސަމާލުކަމެއް ނެތެވެ. ޝުއޫރީގޮތުން އޮތީ ބީރައްޓެހިކަމެކެވެ. ޅަފަތުގެ ދުވަސްތަކުން ފެށިގެންވެސް ކަން އެހަމައިގައި އޮތުމުންކަންނޭނގެ އެވެ.

ކޮންމެއަކަސް އިސްކޫލު ނިމުމާއެކުހެން ރަށާ ކައިރި ރިސޯޓަކުން ވަޒީފާ އެއް ހޯދީމެވެ. ދެތިން އެކުވެރިންނާއެކު އެވެ. ވެއިޓަރުކަން ކުރުމެވެ. ލިބެމުންދިޔަ ލާރިން ހިތުހުރިގޮތަކުން ހޭދަކުރެވޭން ފެށުނެވެ. އެކުވެރިންނާ އެކު ތަފާތު ކެއުންތަކުން ރަހަލިބިގަތުމާއި ބުއިންތަކުގަ އެވެ. ފެޝަން ބަދަލުކޮށް ހެދުން އެޅުމުގައެވެ. ދީނެއް ނެތްފަދަ އެވެ. ބަނގުއާވިއާއި މަސްތުވާތަކެއްޗަށް ވެސް ދެވިއްޖެ އެވެ. ދުނިޔޭގެ ހީލަމުގައި ޖެހިއްޖެއެވެ.

މިގޮތުގައި ހަ މަސްވަރު ބީތުވެ ދިޔަ އެވެ. ކުއްލިގޮތަކުން އޭނަގެ ޑިސްކޯ ދުނިޔެއަށް ނިމުމެއް އައެވެ. ބަނގުރަލާއި ޑޮރަގްސް ބޭނުންކުރުމުގެ ތުހުމަތުގައި އޭނާ ބަންދުވި އެވެ. އެހެން ބައެއް މަދު ކުދިންނާއި ވެސް އެކު އެވެ. ދެ އަހަރުގެ ޖަލު ހުކުމެއް ފަރުދާނަށް ޖެހުނެވެ. މިއީ މިހާ ސީރިއަސް ކަމެއްގެ ގޮތުގައެއް އޭނާ ކުރިއަކުން ނަގާފައެއް ނުވެއެވެ. އެންމެ ފުރަތަމަ އިހުސާސް ކުރެވުނީ ރުޅިވެރިކަމެކެވެ. އެކުވެރިންނާއި އަމިއްލަ ނަފުސާއި މެދު އެވެ. ދެން ފޫހިވެރިކަމެކެވެ. ހަޔާތާމެދު އެވެ. ދިރިއުޅުމުގެ މާނައެއް ފެންނަން ނެތުމުންނެވެ. ސިކުނޑި ޝައިތާނީވެފައިވި ބޮޑުކަމާއި އެވެ.

…………………………..

އާނއެކެވެ. ދެ އަހަރު ފާތުވެ ޖަލުން ބޭރުކުރެވިއްޖެ އެވެ. ސިކުނޑި ހަމައަކަށް އެޅިއްޖެއެވެ. ވިސްނުން ބަދަލުވެ ފަހިވެއްޖެ އެވެ. ހަށިގަނޑުގެ ފުދާސްކަން ކެނޑި އަލިކަމެއް ބޭރުކުރުވައިފި އެވެ. ނުކުތުމާއެކުހެން ވަޑައިމާ ގުޅުންހުރި މަސައްކަތްތަކުން ފެށިގަތެވެ. އިމާރާތްކުރުމާއި ކަރަންޓުގެ ކަންކަމެވެ. ޖަލުގެ އެތެރެއިންނާއި ރަށުގެ ތަޖުރިބާވެރިންގެ ގާތުން ދަސްވެގަނތް އުކުޅުތަކާއެކު އެވެ.

މިފަދަ މަސައްކަތްތަކުން އާމުދަނީ ހޯދާ ދިރިއުޅެމުންދާތާ މިހާރު މި ވަނީ ފަސްވަރަކަށް އަހަރެވެ. ޒަވާޖީ ހަޔާތެއް ފަށާ މިވަނީ ދެ ކުދިން ވެސް ލިބިފަ އެވެ. އަނބިމީހާ މުދައްރިސެއްގެ ގޮތުގަ އެވެ. ތެދެކެވެ. ދިރިއުޅުން އެންމެ އުޖާލާ އެއް ނޫނެވެ. ނަމަވެސް އޭނާގެ އުންމީދުތަކަށް ފުދެއެވެ. ނަފުސު ބަދަލުވިވެފައިވާ ގޮތާއިމެދު ހިތްރުހެއެވެ. އަދި ބަދަލުވުމަށް މެދުވެރިވި މަރުހަލާތައް އަޖައިބުކުރުވައެވެ. ހަގީގަތުގައި ވެސް، ހުޅުވިފައިވި އެ ދެ ލޮލަށް މިހާރު ދުނިޔޭގެ ހަޔާތަކީ ފޫހިމަކަމެއް ނޫނެވެ. އަރަތެކެވެ.

(ނިމުނީ)

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

މީލޯތްބަކީ

Next

ޖެހިފާ މަގޭ ހާލަތް

Next
January 15, 2019

ޖެހިފާ މަގޭ ހާލަތް

Previews
January 15, 2019

މީލޯތްބަކީ

2 Comments!

  1. kala123 says:
    January 15, 2019 at 8:35 pm

    A bit short! Apparently, your first published work.There are typos and errors. No doubt they could have been corrected if you had read the text aloud once or twice prior to publication, preferably a week or so after writing the initial draft in the red heat of inspiration. The basic story idea is good. A lot of details of the hero’s life are
    the missing ingredients. What about the love of his life? His marriage? The joy of father hood? The bliss of so many other small things in life? With experience you will learn to weave these and other details into a fine tapestry of a story. You will vastly improve! Best wishes.

    1. Allura says:
      January 20, 2019 at 6:23 pm

      Okay. Thanks for all the sincerity.

Comments are closed.


All Right Reserved!