Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ބުނެދެންހޭ… 5

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
January 15, 2019 5 Mins Read
10 Comments

އާދުވަހަކަށް އިރުއަރައިގެން އައީ އުދަރެހުގައި އެކިކުލަތައްފަވަމުންނެވެ. ހަމައެގޮތަށް އެކިމީހުންގެ ދިރިއުޅުމަށް އެކިރަހަ ގެންނަމުންނެވެ. އެރި އިރާއެކު ފަތުއަޑުކިޔާފައި މުޅިރަށުގައި ދެކެވެމުންދިޔައީ ރޭގެ ބާބަކިއުގައި އުޅުންދެކުއްޖަކު މަސްތުގެ ހާލަތުގައި ވަނިކޮށް 12ޖަހާކަން ހާއިރު އަތުލައިގަނެވެނު ވާހަކައެވެ. އަތުލައިގަނެވުން އިރު އިސްލާމީ ރިވެތިއުސޫލުތަކާއި ހިލާފަށް އެދެކުދިންގެ މެދުގައި އެތަށްކަމެއް ހިނގާފައިވާކަމަށް ވެސް ވެއެވެ. ނަމަވެސް މިއީ ތުންތުން މަތިން ދެކެވެމުންދާ ވާހަކަތަކެވެ. ޕޮލިހުންގެފަރާތަކުން އަދި އެކަމުގައި ބަހެއް އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވުމުން ހަގީގަތްވަނީ އޮޅުންބޮޅުންވެ މަސްހުނިވެފައެވެ. މަންޒަރަދުއް މީހުން ބުނާގޮތުން އަތުލައިގަނެވުންއިރު ދެކުދިންގެ ފޭރާންވަރަށްބޮޑަށް ހަލާކުވެފައިވެއެވެ. އަނެއް ބަޔަކު ބުނަނީ އެކުދިން މާރާމާރީއެއް ހިންގީކަމަށެވެ. ނޫނީ ބަދުއަޚްލާގީ އަމަލެއްކުރީއެވެ. ހައްތަހާވެސް ޔޯލަ ޔޯލަ އެވެ.

ސްކޫލްއިން ހުސްގަޑިއެއްލިބުމުން ގެއަށްސައިބޯން އައި ސަލްވާއަށް އޭނާގެ ބައްޕަ ސޯފާގައި އިންތަށްފެނުމުން ހައިރާންވިއެވެ. ހީވާގޮތުން އެއިނީ ވަރަށްބޮޑު ފިކުރެއްގައެވެ. “ބައްޕާ މިއަދު އޮފީހަށް ނުދުރުވަނީ.. އަނެއްކާ ބަލީތޯ..” ކަންބޮޑުވުމާއިއއކު އެހެން އަހާލި ސަލްވާ ސިހުނީ އޭނާގެ ބައްޕަގެ ދެލޯ ރަތްވެފައި ހުރިތަން ފެނުމުންނެވެ. ސަލްވާ އަށް ނޭންގުނު ނަމަވެސް ރޭގެ ހާދިސާއަށްފަހު ސަލީމް އެންމެ ނިދިފިޔައެއްވެސް ޖަހާނުލައެވެ. ދެލޯމަރާލާއިރަށް ފެންނަނީ ސިމާދުމެން ހައްޔަރު ކުރިއިރު ތިބިހާލެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އަދި ސަލްވާއާއި ކައިވެނީގެ ވާހަކަ ދެއްކިތާ މިއުޅެނީ ސައުވީސް ގަޑީރުވެސް ނުވެއެވެ. ސިމާދު އެހައްޔަރުކުރީ މުޖުތަމައު އެންމެ ނަފްރަތުކުރާ އެއްމައްސަލައިގައެވެ.

“ދަރިފުޅާ ބައްޕަރޭގަ ނުނިދާހުރީމަ ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ.. މަންމަވެސް މިވަގުތުވީ ފިހާރަކަށްގޮސް.. ބައްޕައަށް ފެންތައްޓެއްގެނެސްދީބަލަ.. ” ދަރިފުޅާ ވާހަކަ ދައްކާނެގޮތެއް ހިތުގައި ރާވާލުމަށްފަހު ސަލީމް އަރުތެރެ ތެއްމާލުމަށް ބޭނުންވެފައި ހުރުމުން އެދުނެވެ.

“މިހުރީ ފެންތަށި .. ބަލައިގެން އުޅޭތި.. ބަރާބަރަށް ހަބަރުވާތި.. ” ހަމްޒާގެ ބޮލުގައި ފިރުމަމުން ދިޔަ ހިދާ ލޯތްބާއެކު ވާހަކަ ދެއްކިއެވެ. ” ހޫމް ދެން މީ މަންމަގެ ރަންކޮޅުތަ އަޅެ.. ހާދަވަރެކޭ ތިޔަ އަރުވާލަނީ.. ” އެއްސުފުރާމަތީގައި ސައިބޯން އިން މިދުއާމް ލާނެތްކަމާއެކު އެހެން ބުނުމާއެކު މާހިރުވެސް މިދުއާމް އާ އެއްބައިވެ ހިދާ އާއި ހަމްޒާއާ ދިމާކޮށްލިއެވެ.

ރޭގެ ހާދިސާއާއި ގުޅިގެން މާހިރު ފުރުން އަވަސްކޮށްލުމުން ހެނދުނު ފުރަންޖެހުމުން ހަމްޒާއިނީ ކަންބޮޑުވެފައެވެ. ސަލްވާއާއި އެކު ހޭދަކޮށްލެވުނު ހިތްގައިމު ވަގުތުކޮޅު ހަރާބުކޮށްލަން ބޭނުން ނުވުމުން އޭނާ ފުރަން ޖެހޭވާހަކަ ނުބުނެވުމުން މިހާރު ދެރަވެއެވެ. ނަމަވެސް ދެން ސަލްވާއާއި ދިމާވާނެކަމެއްވެސް ނޭންގެއެވެ. ގުޅާލަންބޭނުން ނަމަވެސް ކްލާހެއްގައި އިނދެ ދާނެތީ އެކަންވެސް ވާކަށްނެތެވެ.

ސަލްވާ ގެނެސްދިން ފެންތަށިބޯލުމަށްފަހު ސަލީމް ދުރުދުރުން ވާހަކަ ފެށިއެވެ. އަދި އެއާއެކު ރޭގެ ހާދިސާގައި ސިމާދު ހައްޔަރުކުރެވުނު ވާހަކަވެސް ކިޔާދިނެވެ. އެއްވެސް ކަމެއް ރޭކާނުލާހުރި ސަލްވާ އިނީ އިވުނު ވާހަކަތަކާއެކު ބުނާނެއެއްޗެއް ނޭންގި ދެލޯބޮޑުވެފައެވެ. އެހާފަސޭހައިން ސިމާދުކިބައިން ސަލާމަތް ވެދާނޭ ސަލްވާގެ ހިތަށްވެސް އަރާފައިނުވާިއރު ތިމާގެ މީހަކަށްވުމުން ނުތަނަވަސްވެސް ވެފައެވެ. ބައްޕަގެ ވާހަކަ ތަކުން ދެންއިތުރަށް ސިމާދުއާއި ގުޅުވަން ބޭނުން ނުވާކަން އެނގުމުން ޖިތްހަމަޖެހުން ނަމަވެސް ހިތުގައި ބިރުވެރިކަމެއް ހިނގާލީ ހަމްޒާގެ އެންމެ ގާތް އެކުވެރިޔާއަކީ އޭނާއަށްވެފައި އެފަދަމަގަކުން ހިނގާފާނޭ ކަމުގެ ބިރުވެރިކަން އޮތުމުންނެވެ.

ސަލްވާގެ މޫނަށްއަރާފައިބަމުންދިޔަ ކުލަވަރުތަކުން އެއްވެސް އެއްޗެއް ދޭހަނުވުމުން ސަލީމް ސީދާމައުލޫއަށް ދިޔައެވެ. ” ދަރިފުޅާ .. ދަރިފުޅަށް ކަމުދާ ކުއްޖަކުއެބަހުރިތަ.. ؟” ސަލީމް ސުވާލުކޮށްލުމާއެކު އިސްއުފުލާލި ސަލްވާގެ ލޮލުގައި އަޅައިގަތީ ގެއަށްވަދެގެންއައި ރާމިޒާއެވެ. ވަގުތުން ސަލްވާގެ ދޫބަންދުވީފަދައެވެ. އަނގައިން ނުބުނެ ސަލްވާ އެއްދިމާއަކަށް ބަލަން އިނުމުން ސަލީމްވެސް ފަހަތަށް އެނބުރި އެދިމާ ބަލާލިއެވެ. އޭރު ރާމިޒާ މޫނުހީވަނީ ރުޅިއައިސްގެން ހުޅުފަޅާފާނެހެންނެވެ. ސަލީމް ސަލްވާއަށް އެހާދޫދޭތީ ރާމިޒާގެ ހިތަކަށް ކުޅަދާނައެއް ނުވެއެވެ. ނަމަވެސް ސަލީމްގެ ކުރިމަތީ އެއްޗެއް ނުބުނާންވެގެން ބާރުބާރަށް ހިނގާފައި އެތެރެއަށް ވަދެގެން ދިޔައެވެ.

“ދަރިފުޅު މަންމަޔާމެދު ނުވިސްނާ.. ބައްޕައެއްނު ވަލީދޭނީ.. ދަރިފުޅު ގަޔާވާ ކުއްޖަކު ހުރިނަމަ މިރޭގެ ކެއުމަށް ދައުވަތުދީ އިނގޭ.. ބައްޕަދެންމިދަނީ އެހަށް ޖައްސާލަން.. ” ސަލީމް އިށީންދެގެން އިން ސޯފާއިން ތެދުވެގެންއައިސް ސަލްވާކައިރީގައި ހުއްޓިލަމުން އެހެން ބުނެލާފައި އެތެރެއަށް ދިޔައިރުވެސް ސަލްވާއިނީ ހުއްޓުން އަރާފައެވެ. ހަނދަންވީގޮތް ނޭންގިފައެވެ. އެހެންއިން ސަލްވާ ސިހުނީ ދަބަހުގައި އޮތްފޯނު ވައިބްރޭޓް ވާންފެށުމުންނެވެ.

*****

އެއަރޕޯޓަށް ގޮސްފައި އައު މަގުމަތީ މަންމަގޮވައިގެން ސައިކަލުގައި ބުރެއްޖަހާލަންދިޔަ މިދުއާމްގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެގެންދިޔައީ ކުރިމަތިންފެނުނު އަންހެންކުއްޖެއްގެ ސަބަބުންނެވެ. ފަހަތުގައި އިން މަންމަގެ މަތީންވެސް ހަނދާންނެތި އެދިމާއަށް މިސްރާބު ބަދަލުކޮށްލުމުން ހިދާއަށްވެސް ކުއްލިއަކަށް ކުރިމައްޗަށް ބަލާލެވުނެވެ. އެވަގުތު ކުރިމަތީން ފެނުނު އަންހެން ކުއްޖާއާދިމާއަށް ސައިކަލުގެ މިސްރާބުހުރިއިރު ލޯކޮޅުން ފެންނަންހުރި މިދުއާމްގެ މޫނުމަތީގައިވި ހިނިތުންވުމާ އުފާވެރިކަން ފެނި ހިދާއަށް އެވެގެންއުޅޭގޮތް ރޭކާލިއެވެ. އެހެންވެ ނޫން ކަމަށް ހަދައިގެން ގުޑިވެސް ނުލާ މިދުއާމް ހަދާގޮތެއް ބަލަން އިނެވެ.

“ތިޔަގުޅުއްވި ނަންބަރު މިވަގުތުވަނީ ނިންވާލާފަ.. ފަހުން ގުޅުއްވުން އެދެން.. ޝުކުރިއްޔާ.. ” ފަސް ހަފަހަރަށް ގުޅުމުންވެސް ލިބެނީ އެއްޖަވާބެކެވެ. ހަމްޒާއަށް ނުގުޅުމުން ސަލްވާގެ ހިތުގައި އެތަކެއް ޝަކުވާއެއް އުފެދިގެން ދިޔައެވެ. ހިތުގައި ވަށާލި ނުތަނަވަސްކަމާއެކު އިސްއުފުލާލި ސަލްވާއަށް ސްކޫލްގެ ކަންމަތީގައި ހުރި މީހާފެނުމާއެކު ސިހުންގެނުވިއެވެ.

“އެއީ.. އެއީ.. ނޫން ނޫން.. ” ހިތަށް އައި އެއްޗަކާއެކު ދެކޮޅަށް ބޯހޫރާލުމަށްފަހު އަދިވެސް ސަލްވާ އެދިމާ ބަލާލިއެވެ. މިފަހަރު ކައިރީގައި ހުރި އަންހެންމީހާފެނިފައި ސަލްވާ މާބޮޑަށް ސިހުނެވެ. “އެއީ ހަމަޔަގީނުންވެސް ހަމްޒާގެ މަންމަ.. ދެން އެއީ.. ” އިރުކޮޅަކު ވިސްނަން ހުރެފައި “ހަމްޒާގެ ދޮންބެ ” އޭ ސަލްވާއަށް ބުނެލެވުނެވެ. އޭރު ފުޅާހިނިތުން ވުމެއްގައި މިދުއާމް ސައިކަލުމަތީގައި ބަލަން އިނެވެ. އަވަސް އަވަހަށް ސަލްވާ ސްކޫލްގެ ތެރެއަށް ވަދެގެން ދިޔައީ އެތާންގައި ހިނދުކޮޅަކުވެސް ހުންނަން ނުކެރުމުންނެވެ.

“ބަލަ ދަރިފުޅާ އެމަންޖެ އެދިޔައީއޭ.. ” އެތެރެއަށް ދިޔަ ސަލްވާފެނޭތޯ ބަލަމުން ބޯދިއްކޮއްލި މިދުއާމް ސިހުމާއެކު ހަމަ ބިމަށް އާދެވުނީ އޭނާގެ މަންމަ އެހެން ބުނުމުންނެވެ. ހުރިހާއިރު މަންމަފަހަތުގައި ބައިންދައިގެން ކުރެވުނުކަންތައް ހިތަށް އެރޔމާއެކު މިދުއާމްގެ އަނގަބަންދުވެ  ބޮލުގެ ފުއްކިބާގައި އަތްހާކާލެވުނީ ރަކިވީ ވަރުންނެވެ. ބަހަކުން ކުރެ ބަހެއްނުބުނެ މިދުއާމް އަވަހަށް ސައިކަލު ސްޓާޓް ކޮށްލުމާއެކު ގެއާދިމާއަށް މިސްރާބުޖެހީ އަވަހަށް މަންމަގެ ދިމާކުރުމުން ސަލާމަތް ވާންވެގެންނެވެ. ހަގީގަތުގައިވެސް މިއަދު އޭނާ ދުވަހަކު ނުވާހާ ރަކިވެއްޖެއެވެ.

ގެއަށްދެވުމާއެކު މިދުއާމް އަވަސް އަރުވާލާފައި ކޮޓަރިއާދިމާއަށް ދާން މިސްރާބުޖެހުމުން ހިދާ ކަރުކެހިލިއެވެ. އަދި ނޫން ކަމަށް ހަދާފައި “ހަމަ ސަލްވާހޭ..” ބުނެލިއެވެ. ހިދާގެ އަނގައިން އެބަސްބޭރުވުމާއެކު މިދުއާމް ހީވީ ބާރުގަދަ އަތަކުން ހިފާ އަނބުރާލިހެނެވެ. އެނބުރެމުން މަޑުމަޑުން “ސަލްވާ” އޭ ކިޔާލިއިރު ތުންފަތުގައި ރަކިހިނިތުންވުން ފުންވެގެން ދިޔައެވެ. ހިދާއަށް އޭނާގެ ޕްލޭން ކާމިޔާބު ކުރެވުމުން މިދުއާމް އާއި ދިމާކޮށްލަމުން ސަލްވާ އާއި ދިމާވިގޮތް ހޯދާ ބެލިއެވެ. މިދުއާމްގެ ވާހަކަތަށް ނިމުމާއެކު “އެއީ މަންމަވެސް ހިތް އެދޭ ކަހަލަ ގެވެހި ޅީދަރިއަކަށް އެންމެކަމުދާއެއް ކުއްޖާ..” އޭ ބުނެފައި މާނަފުން ހިނިތުންވުމެއް މިދުއާމްއަށް ރައްދުކުރަމުން ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.

ދާންވީ މަންޒިލާއި ހަމަޔަށް ފޯރުމުގެ ކުރިން ހިތިގޮތަކަށް ހިންދިރުވާލުމާއެކު ހަމްޒާ ސިމްކޮޅު ބަދަލުކޮށްލީ އަވަހަށް ސަލްވާއަށް ހަބަރެއް ވުމަށެވެ. ނަމަވެސް ދެވުމާއެކު ބައްޕައާއެކު ބިޒްނަސް މީޓިންގ ތަކަށް ދާންޖެހުމާއެކު ސަލާމަތް ވާގޮތެއް ނުވިއެވެ. ގެއަށްދެވުންއިރު މީހާގައިގަ ކޮޅަށްހުރެލާނެހާވަރުވެސް ނެތުމާއެކު ފެންވަރާލައިގެން އޮށޯތުމާއެކު ނިދީގެ ފުންއާލަމަކަށް ގެނބިގެން ދިޔައެވެ.

މެންދުރު ފަސްވެގެންދިޔައިރުވެސް ހަމްޒާގެ ހަބަރެއްނުވުމުން ހިތާމައިގެ ކަނޑަކަށް ޣަރަގުވަމުންދިޔަ ސަލްވާ ސިހުނީ އެގޭދޮރު ހުޅުވާލާފައި މީހަކު ސަލާމް ގޮވާލުމުންނެވެ. ބަނބުކެޔޮ ގަސްދޮށުގައި އެލުވާފައި އިން ޖޯއްޔެއްގައި އިން ސަލްވާއަށް އެއީކާކުކަން ނޭންގުނު ނަމަވެސް އަންހެނަކަށްވުމުން ބަލާލުމެއްނެތި ސަލާމް ބަލައިގަތެވެ. މިވަގުތު އާންމުކޮށް އަންނާނީ އޭނާގެ މަންމެ އެކުވެރިން ކަމުގައި ވެފައި އެއިންމީހަކަށް އަޅާނުލެވިއްޖެނަމަ އެހާވަރަށް މަންމަ ކައިރީ ކުޓުވާނެކަން އެއީ ސަލްވާ ނުދަންނަކަމެއް ނޫނެވެ. ވުމާއެކު އައިމީހަކަށް ބެލުމެއްނެތި އަނެއްކާވެސް ހަމްޒާއަށް ގުޅޭތޯ މަސައްކަތް ފެށިއެވެ.

ހިދާ ކޮޓަރިއަށް ވަތް ގޮތަށް ވައިފައި ޖައްސާލުމާއެކު ފުރަތަމަވެސް ލިބުނީ މާހިރުގެ ވައިބަރ މެސެޖެކެވެ. ދެބަފައިން އެކީގައި މީޓިންގ އެއްގައިތިބި ފޮޓޯގައި ރައްކާތެރިކަމާއެކު މަންޒިލަށް ފޯރައިފިކަމުގައި ބުނެފައިވެއެވެ. ހިތްހަމަ ޖެހިފައި ހިދާއަށް ނޭވާއެއްލެވުނީ އެތަށް އިރަކު އެދެބަފައިންނަށް ބެލުމަށްފަހުގައެވެ.

ހިދާވެސް މިއަދު ދިމާވި ވާހަކަ މާހިރުއާއި ހިއްސާކޮއްލުމަށްފަހު މިދުއާމް އަށް ސަލްވާ ވަރަށް ކަމުދާކަމަށް ބުނުމާއެކު އެކޮޅުން މާހިރުގެ މެސެޖެއްލިބުނެވެ. *އެހެންތަ.. ހިދާއަށް ހަމަ ޔަގީންތަ .. އެހެންވީޔާ މިހާރުން މިހާރަށް މިއުޅެނީ ތިކަމާ.. * މެސެޖް ކިޔާލުމާއެކު ހިދާ އަށް ހިނިތުންވެވުނެވެ. މާހިރުގެ ފަރާތުން ދަރިންގެ ކަންކަމުގައި އެއްބާރުލުން ލިބޭމިންވަރު މީގެ ކުރިންވެސް އޭނާވަނީ ދެކެފައެވެ.

ނަމަވެސް ހިދާއަށް އަދި މާހިރުއަށް ނޭންގުނު ކަމަކީ އެމީހުންގެ ދޮށީދަރިފުޅުގެ ދިރިއުޅުން އުފާވެރިކުރުވުމަށް އެކުރާމަސައްކަތުން ހަގުދަރިފުޅުގެ މުސްތަގުބަލު ބަނަވެގެން ދާނޭ މިންވަރެވެ. އެދަރިފުޅު ކުރާނޭ ހިތާމައެވެ. ދިރިއުޅުމަށް އަންނާނޭ ބަދަލުތަކެވެ.

ގެއަށްވަދެގެންދިޔަ ވަފިއްޔާ ސަލްވާއާދިމާއަށް ބަލާލުމަށްފަހު އެދިމާއަށް މިސްރާބުޖެހިއެވެ. ވަފިއްޔާއަކީ ރާމިޒާގެ އެންމެގާތް ރަހުމަތްތެރިޔާއަށް ވެފައި ދަލްވާއާއި ދިމާއަށް ދިޔައިރުއޭނާގެ މޫނުމަތީގައިވި މަލާމާތުގެ ހިނިތުންވުމުންވެސް އެއަންނަނީ ރަނގަޅު ވާހަކައެއް ދައްކާކަށް ނޫންކަން ސަލްވާއަށް ވިސްނުނެވެ. ބޮޑެތިމީހުންގެ ކުރިމަތީގައި ބަސްބުނެ ނަހަދާ ސަލްވާ އިސްއޮބާލީ އެކަމަށް ތައްޔާރެއްނޫނޭ ބުނާފަދައަކުންނެވެ.

“ހޫމް އަދި އެބައިސްޖަހައެއްނު.. ކަލޭތީ ހާދަ ސުންޕާ އަންހެނެކޭދޯ.. ކަލޭގެ މަންމަބުނި ރޭގައޭ އަދި އެސޮރާ ކައިވެނި ހަމަޖެހިފައޮތްވާހަކަ ދެއްކީ މިހާރު އެސޮރަށްވެސް އެލިބުނީ ކަލޭއަށް އެކަން އެނގުނު ކަމުގެ ސަޒާ ތޯއްޗެއް.. އާ އެހެންޔާ ކުރިއަކުން އެކަހަލަ ފާޑަކަށް ކީއްކުރަން އެކަހަލައަމަލުކުރާ މީހުނަށްވެސް ނަފްރަތު ކުރާ ކުއްޖެއް އެޔަކީ.. ކަލޭގެ މަންމަ ހަމަ ރުޅިއަންނަވެގެން ކަލޭދެކެ އެހާ ރުޅިއެއަރަނީ.. ” ސަލްވާ ކައިރިއަށް އައިސް ހުއްޓުމާއެކު ވަފިއްޔާ އަނގަހުއްޓާނުލާ އެއްޗެހިކިޔަމުން ގެންދިޔައެވެ. ދެލޮލުން ކަރުނަ އޮހޮރެމުންދިޔަ ހާލުގައިވެސް ސަލްވާ އަގައިން ޗުޕްވެސް ބުނެނުލިއެވެ.

ކުއްލިއަކަށް ގެއިން ނިކުތް ސަލީމް ފެނުމާއެކު ވަފިއްޔާ ރާގު ބަދަލުކޮށްލަމުން މަންމަ ކޮބާހޭ އަހާލިގޮތުން މީހަކުއެތަނަށް އައީކަން ސަލްވާއަށް އެނގުނެވެ. އަވަހަށް ލޯފުހެލުމާއެކު އިސްއުފުލާބަލާލިއިރު ދުރުނޫން ހިސާބެއްގައި ފޯނުން ވާހަކަދައްކަމުންދިޔަ އޭނާގެ ބައްޕަ ސަލްވާއަށް ފެނުނެވެ. ހީވާގޮތުން ބައްޕަ ހުރީ ކޮންމެވެސް ކަމަކާ ވަރަށް ހިތްހަމަޖެހިފައެވެ. މޫނުމަތީގައިވާ ކުލަވަރާއި ހިނިތުންވުމުންވެސް އެކަން ސިއްރެއް ނުވާނެއެވެ. އޭރު އެތާންގައި ހުރި ވަފިއްޔާ “ހުއް” ލައްވާލާފައި ސަލީމްއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން ރާމިޒާއަށް ގޮވަމުން އެތެރެއަށް އޮވެގެން ދެއެވެ.

” ދަރިފުޅާ ކޮބާ މިހާރު ދަރިފުޅާ ހަވާލުކުރި ކަންތައް ވެއްޖެތަ؟.. ” ފޯނު ބޭއްވުމަށްފަހު ސަލީމް ސަލްވާ ކައިރީގައި އައިސް ހުއްޓިލަމުން ލޯތްބާއެކު އަހާލިއެވެ. ނަމަވެސް ސަލްވާގެ ފަރާތުން ޖަވާބެއް ނުލިބުންތާންގަ އިސްއުފުލާވެސް ނުލިއެވެ. ސަލްވާއަށް ކަމެއްވެއްޖެކަން ސަލީމްއަށް ދެނެގަނެވުނީ ދެނެވެ. ” ދަރިފުޅާ.. ކޮންކަމަކާ ތިވިސްނަނީ.. ކޮތަންމެ ފޮރުވިޔަސް ބައްޕައަށް އިނގޭ ދެންމެ ދަރިފުޅު ރުއިކަން.. ކިތަންމެ ސިއްރުން ކުރިޔަސް ދަރިފުޅު ކަރުނަފުހެލިތަން ބައްޕަ ދުށީމޭ.. ވަފިއްޔާއްތަ އެއްޗެކޭކީދޯ.. އަޅާނުލާ ދުނިޔޭގެ އުޅޭނެ ވަރަށް ތަފާތުމީހުން އެހުރިހާމީހުނާއެކުވެސް އުޅެން ދަސްކުރަންވާނޭ ބައްޕައަބަދުވެސް ބުނަމެއްނު.. ” ސަލްވާގެ ފަރާތުން ޖަވާބެއްނުލިބުމުން ސަލީމް ވާހަކަދެއްކިއެވެ. އިތުރުގޮތެއްނެތުމުން ބަސްޕައަށް ހިނިތުން ވުމެއް ރައްދުކުރަމުން ސަލްވާ ދިއުމުގެ ހުއްދަހޯދަމުން އަވަހަށްގޮސް ކޮޓަރިއަށް ވަނެވެ.

މާހިރު ގުޅުމާއެކު ފޯނުނެގި ހިދާ ލިބުނު ހަބަރާއެކު ބިމުގައި ފައިވެސް ނުޖެހެއެވެ. ބާރު ބާރަށް ހިނގާފައިގޮސް މިދުއާމްގެ ކޮޓަރީގައި ޓަކިދިންއިރުވެސް މީހާހުރީ ގޮއްދާހިއްލާގޮތް ވެފައެވެ.

ނުނިމޭ..

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ޖެހިފާ މަގޭ ހާލަތް

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ………! (3 ވަނަ ބައި)

Next
January 16, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ………! (3 ވަނަ ބައި)

Previews
January 15, 2019

ޖެހިފާ މަގޭ ހާލަތް

10 Comments!

  1. Hawwu (Layaa) says:
    January 15, 2019 at 10:18 pm

    Salaam.. dear all miothee Tuesday part up kohlevifa.. dhen vaanee kihunehbaa .. libunee kon habarehbaa.. misuvaaluthakuge javaabaaeku Thursday day night ga In Sha Allah badhaluvaane.. and dear HiMi dhooni thank you for cover pic.???❤️?

  2. unique says:
    January 15, 2019 at 10:19 pm

    alhey vaahaka up vy yayy

    1. Hawwu (Layaa) says:
      January 15, 2019 at 10:20 pm

      Labba dhoonyaa up mikohlee hama ?

  3. unique says:
    January 15, 2019 at 10:49 pm

    love the story loads
    looking forward for the next part
    this one too is very interesting just love ur stories layaa

    1. Hawwu (Layaa) says:
      January 16, 2019 at 12:41 pm

      Awwn v happy vejje . Thank you so much dear unique ❤️?

  4. Pinky shifoo says:
    January 16, 2019 at 9:48 am

    Hii Layaa ❤️❤️❤️???… Mi part vx as usual v v v reethi ❤️❤️❤️???????????????????????????… Layaa ge ehen story thakekey ehfadhain mi story vx v interesting gothakah kuriah dhany ??????❤️❤️❤️… I love it ???… Comment nukurevunas hurihaa parteh vx regular koh kiyamun midhany ???… Dhenn vaanee kihineh baa??? ???… Shifoo ah heevany midhuaam ge dad henn salvaa ge dad ah e gulhy… N I think they talked about midhuaam n salvaa… ???… I think both family is going to meet each other to talk about that relationship ???… Hhehe… It’s my guesses ???… Midhuaam n salvaa marry kohfihyaa hamzaa ah vaany kihineh baa??? ???… Curiously waiting for the next part ???… Keep up the good work Layaa ❤️❤️❤️??????… Lots n lots of love ❤️❤️❤️??????????????????????????????…

  5. Mary says:
    January 16, 2019 at 10:27 am

    V reethi mi part vx waiting for next

    1. Hawwu (Layaa) says:
      January 16, 2019 at 12:39 pm

      Thank you dear Mary ,?

  6. love story says:
    January 16, 2019 at 2:44 pm

    Nice
    Love story is hawwa manha
    Vvvvvv nice

  7. nashfa says:
    January 16, 2019 at 3:02 pm

    ނޮ

Comments are closed.

Next Episodeބުނެދެންހޭ… 6←


All Right Reserved!