އަލޫފްގެ އެވާހަތަކުން ލިބުނު ހިތްހަމަޖެހުމާއެކު ޝަމްހާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ދެން އޭނައަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ކުރިއަށް ކުރަން އޮތް ކަމެއް ކުރާނީ ދެން އަލޫފްއެވެ. ކާމިޔާބީގެ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ޝަމްހާ ހިތާ ހިތުން ވާހަކަ ދެއްކިއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އައު އަހަރުގެ ކިޔެވުންވެސް ފެށިއްޖެއެވެ. ކިޔެވުން ފެށި ހަފްތާއެއް ފާއިތުވެގެން ދިޔައިރު ދަރިވަރުން އުޅެމުން ދަނީ ވަރަށް ބުރަކޮށެވެ. ރަސްމީ ކުލާސްތަކުގެ އިތުރުން އިތުރު ގަޑިތަކަށްވެސް ހާޒިރުވާންޖެހެއެވެ. މިންހާ […]
އާޅެން ހަތުރުވެރިކަމުގެ އޮށް އިންދާކަށް ނުވާނެއެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ފަރިފަރި ރީތި ނުފޮޅޭމާތަކެކެވެ. ދުނިޔޭގެ ޖެހޭގަދަވައިން ޙިމާޔަތް ބޭނުން ވެފައިވެއެވެ. ތުއްތުކުދިންވެސް ހަމަ މިފަދައެވެ. ބޮޑެތިމީހުންގެ ރުޅިވެރިކަމުގެ ތެރެއަށް ނުވެއްދުން އެދިގޮވަނީއެވެ. ކުޑަކުދިންގެ ހިތްތަކުގައި ހަތުރުވެރިކަމުގެ އޮށް އިންދާކަށް ނުވާނެއެވެ. އަނގައިން ނުބުނުން ޝަރުތު ކުރެއެވެ. ތިއްތާއޭ ގޮވާލުން މަނާކުރެއެވެ. މިއަމުރުތައް ހަތުރުވެރިކަމުގެ ގަހުގެކަނާއަށް ނުވާނެބާވައެވެ. އެގަހުން ފޮޅޭމަލުގައި މީރުވަހެއް ނުދުވާނެއެވެ. ހިތިވަހުން މުޅިތަން އެއްވަސް ކުރުވާނެއެވެ. އެވިހައިގެ އަސަރުން އެތައް ގުޅުމެއް ކެނޑޭނެއެވެ. ތިމާގެކަމުގެ […]
އަހުރެން ކެފޭއަކަށް ވަނތް ފަހަރެކެވެ. ކޮށިގަނޑުމަތިން ފެނުނު ހެދިކާކޮޅަކަށާއި ކޮފީ އަކަށެވެ. އޮފީހުގެ މަސައްކަތްތަކުން ފުނިޖެހުމަށްވުރެން ބޯހާސްކަން އިތުރުކުރުވީ ބުރޭކް ނަގަން ވަދެވުނު ތަނުގެ ހަލަބޮލިކަމަކުންނެވެ. ހަރަކާތްތެރިކަމެއް ނޫނެވެ. އަޑުތަކުގެ ހަރުކަށިކަމެވެ. މި އެތެރެވެވުނީ ސަހަލު ތަކަނަކަށް ކަމާމެދު އަމިއްލަ ނަފުސާ ސުވާލުކުރެވުނެވެ. އެކަމަކު މި އީ އައު ކަމެއް ވެސްމެ ނޫނެވެ. އަހަރެންގެ އުންމީދު ގޯސްވީ އެވެ. އަހަރެންނަށް އުންމީދުކުރެވުނީ ސަހަރާ އަކަށެވެ. މަޚުލޫގުން އާންމުތަނެއްގައި މުސްތަހީލު އެދެވުމެކެވެ. މި އެދުމަށް އަމިއްލަ ކޮޓަރިތެރެ ރަނގަޅުވީހެވެ. ބޯހާސްކަން […]
އެކުވެރިން އޭނަދެކެ ވާ ލޯބި އިހުސާސްވުމުން އޭނާ ވަރަށް އުފާވިއެވެ. އޭނަދެކެ އިންތިހާއަށް ލޯބިވާ އާއިލާއެއްވެސް ވެއެވެ. އެހެނަސް ލޯބިވާ ބައިވެރިއެއް ނެތެވެ. ސުވާލަކީ އާއިލާ އާއި އެކުވެރިންގެ ފަރާތުން ކިތަންމެ ވަރަކަށް ލޮއެބާއި އަޅާލުން ލިބުނު ނަމަވެސް އަލޫފްގެ ހަނދާންތަކުން ދުރަށް ދެވިދާނެ ހެއްޔެވެ؟ އަބަދު މިހެން ދެއްކުންތެރި ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެވިދާނެ ހެެއްޔެވެ؟ ދިރިއުޅުމައިގެން ކުރިއަށް ދެވިދާނެ ހެއްޔެވެ؟ ” ހޭއި… މިންނު… ކޮން ކަމަކަށް ގެއްލިފަތަ… ” ވިސްނުމަށް ގޮސް ގެއްލިފައި އިން […]
އާޅެން ފިކުރު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ. ރަތްޔާޤޫތުފަދަ ދެތުންފަތުގައި ދުނބުޅީގެ ފަރުދާއެއްވަނީ ލެވިފައެވެ. ސަންގު މަރުމަރުގެ ހުދު ހިލައަށްވުރެވެސް ހުދު ދަތްޕިލާގެ ކުލަވަނީ ގެއްލިފައެވެ. އިތުރުވީ ދެރުލުގެ ސަބަބުން މޫނުގެ ރީތިކަންވަނީ ގެއްލިފައެވެ. ދުމުގެ ސަބަބުން ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ. ބުންވަރުކުރުވެ ގުބުހިލި ނޭވާލުންވަނީ އަވަސް ވެފައެވެ. އިރުއިރުކޮޅާ ކެއްސާލުމާއިއެކު މޭގެ ތަދުވަނީ އިތުރުވެފައެވެ. ރުޅިއިސްވެ ހިތްއަވަސްވެ ކާހިތްވަނީ ކުޑަވެފައެވެ. މަޑުމަޑުން ނާރުތަކުގެ ބާރުދެރަވެ ބަލިތައް ޖެހެންވަނީ ފަށާފައެވެ. ދުމުގެ ސަބަބުން ހިތްވަނީ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ކޮންމެ ދުވަހަކު އިރުއަރާ އޮއްސެއެވެ. އިރުއެރުމުން ބިންމައްޗަށް އަލިވެއެވެ. އިރުއޮއްސުމުން ރަތްވިލާ އުފެދި އަނދިރިވެއެވެ. އެއަށްފަހު ފަޖުރުގެ އަލިކަން ފާޅުވެ އަލިވަމުންގޮސް އާދުވަހަކަށް އިރުއަރައެވެ. މިއީ އިލާހީ ޤާނޫނެވެ.ދުނިޔެ ދެމިއޮތްހާ ހިނދަކު މިޤާނޫނު މިގޮތަށް ދެމިގެންދާނެއެވެ. މިމަތިވެރިޤާނޫނުން ދަލީލު ލިބެނީ ވަގުތު މަދުވަމުންދާ ކަމެވެ.އަހަރެމެން ކުރަން ހުރިކޮންމެ ކަމެއްގައިވެސް ވަގުތެއްވެއެވެ. އެވަގުތު އެކަމެއް ނުކޮށްފިންމަ ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. ރޭދުވާ ތަކުރާރު ކުރައްވާ ރަސްކަލާނގެ އިންސާނާ ހެއްދެވީ ﷲއަށް އަޅުކަން ކުރުމަށެވެ.އެކަލާނގެ […]
”ﷲއަކުބަރު!” ސިރާގެ ހަށިގަނޑު ކުއްލިއަކަށް ކޮޅަށް ޖެހުނު އިރު މަންޒަރު ތަފާތެވެ. ނަފުސަށް ވެސް އޮތީ ސަލާމަތްތެރިކަމެކެވެ. ތަން ހަމަހިމޭންވެފައި ފަނޑެވެ. ހަމަނުޖެހުމެއްގެ އަޑެއްބަޑެއް ނެތެވެ. ފެތުރިފައިވި ހާސްކަން ހަމައަކަން އެޅެން ފެށުނެެވެ. އޭނާ އަށް ދެންމެއަކު އެ ފެނުނީ ހުވަފެނެއްކަން ޔަގީވުމުންނެވެ. އެހެނެއްކަމަކު ހިތުގައިވި އުދާސްކަމެއް ނުފިލުވުނެވެ. ފެނުނު ހުވަފެން ރަނގަޅުނޫން ވުމުންނެވެ. އަދި އެ ހުވަފެނުގެ ފަހަތުގައި ނޭދެވޭ ތަޢުބީރެއް އޮވެދާނެ ކަމަށްޓަކައެވެ. އެ ރެއަކު އިތުރަކަށެއް ނުނިދުނެވެ. ނަސީބަކުން ހޭލެވުނީ ވެސް ފަތިސް […]
މަޑުމަޑުން ތިރިއަށް ފޭބިއިރު ސިޓިންރޫމުގައިވެސް އެއްވެސް މީހެެއްގެ ހިލަމެއް ނުވެއެވެ. އެހެންކަމުން އެންމެންވެސް އެބައެއްގެ ކޮޓަރިއަށް ވަދެ ނިދީކަން ޔަގީންވުމުން މިންހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އާދައިގެ ހިނގުމެއްގައި ގޮސް މިންހާ ވަނީ ކާކޮޓަރިއަށެވެ. ކާކޮޓަރީގެ ލައިޓް ޖައްސާލުމަށްފަހު ތަށިތައް ބަހައްޓާފަ ހުރި ތަނުން ވަށް ބިއްލޫރި ކުޑަ ތައްޓަކާއި ސަމްސަލެއް ނަގައި ރީތިކޮށް ދޮވެލުމަށްފަހު ކާމޭޒު މަތީގައި ބޭންދިއެވެ. އެއަށްފަހު ފްރިޖުގެ ގާތަށް ޖެހިލާ އޭގެ ދޮރު ހުޅުވާލުމަށްފަހު ޗޮކްލެޓް އައިސްކްރީމް ބޮޑު […]
އެއީ އެހެންވެސް އާންމު ރޭތައް ފަދައިންނެވެ. ފޭސްބުކް ހުޅުވައިގެން ޓެރެންޑުތައް ބެލުމުގައެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންގެ ޕޯސްޓުތައް ކޮނެއުމުގައެވެ. ވާނުވާ އާއި ކަންކަން ވާންވީގޮތްތައް ދެނެގަނެ ހޯދުމަގައެވެ. އަބަދުވެސް ވިސްނުން ގެއްލިފައި އޮންނަނީ އެހެން މީހުންގެ އަމަލުތަކަށެވެ. އާންމުކަމެއްނަމަ އެކަމެއް ބަލައިގަނެވޭގޮތް ވެއެވެ. އާނއެކެވެ. އެހެންމީހުންގެ ރުހުން ހޯދުމުގައެވެ. ނުރުހެވޭ ސަމާލުކަމަކުން ދުރުވެގަނެއުމަށެވެ. ނޫނީ އެކަހެރިވެދާނެތީ އެވެ. މީހުންގެ ފުރައްސާރަތަކާއި މަލާމާތްތައް ލިބިދާނެތީ އެވެ. އަމިއްލަ ނަފުސު ނިކަމެތިކުރެވިދާނެ ކަމަށްޓަކައެވެ. މިއީ އިސްކޫލުދައުރުން ފެށިގެންވެސް ހަރުލާފައިވި […]