Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 16

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
January 8, 2019 9 Mins Read
35 Comments

” އަހަރެން މަތިން ހަނދާންކުރަނީތަ… ނޫނީ އަހަރެންނާއެކު ހޭދަކުރެވުނު އެ އުފާވެރި ވަގުތުކޮޅު މަތިންތަ… ” އެމީހަކު އޭނަގެ ގައިގައި މޫނު ޖައްސާލައިގެން ހުރެ ބުނެލި ބަސްތަކުން އަލޫފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލިބުނު ހައިރާންކަމުގައި އަލޫފް އެމީހެއްގެ އަތުގައި ހިފާ އޭނަގެ ގަޔާ ދުރުކޮށް އޭނަގެ ކުރިމައްޗަށް ގެނައެވެ. އޭނަގެ ކުރިމަތީގައި ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރި ޝަމްހާ ފެނި އަލޫފްގެ ދެބުމަ ގާތްވެގެން ދިޔައެވެ. މޫނު މަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވެގެން ދިޔައެވެ. އޭރުވެސް ޝަމްހާ އެހުރި ގޮތަށް އަލޫފްގެ ކުރިމަތީގައި ހުއްޓެވެ. ގަޔަށް ބާރު އޮރެންޖު ކުލައިގެ އަތް ދިގު ޓޮޕަކާއި ކަޅު ކުލައިގެ ޓައިޓެއްގައި ހުރިއިރު އަޅާފައިވަނީ އާދައިގެ ތިނެސްކަން ބުރުގަލެކެވެ. ” ރޭގަނޑު މިތަނުގަ ކީއްކުރަނީ… އަހަރެން ބުނީމެއްމު އަހަރެންގެ ކޮޓަރިއަށް ވަދެގެން ނުވާނޭ… ” ރުޅި އައިސްފައިހުރެ އަލޫފް ބުނެލިއެވެ. ” ހެހެހެ… ކާމް ޑައުން ލަވް… ” މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން އަލޫފްގެ ކޮނޑުގައި ހިފަހައްޓާލަމުން ޝަމްހާ އެހެން ބުނުމާއެކު އަލޫފް އަވަސް އަހަރަކާތަކާއެކު ޝަމްހާގެ އަތް ނައްޓުވާލާާ އޭނާ ފަހަތަށް ޖެހުނެވެ. ” ޑޯންޓް ޓަޗް މީ… ” ޝަހާދަތް އިނގިލި ޝަމްހާ އާއި ދިމާލަށް ދިއްކޮށްގެން ހުރެ ދެދަތްޕިލަ ޖައްސާ ބާރުކުރަމުން އަލޫފް ބުނެލީ ރުޅިވެރިކަމާ އެކީގައެވެ. ” އޯހް… އެހާ ރުޅި އާދޭތަ… ނޫނީ ބިރުގަތީތަ… އަހަރެން މީ ޖިންނިއެއް ނޫނޭ… އިންސާނެކޭ މީ… ހެހެހެ… ގޭތެރޭގަ ވާކަމެއް އަލޫފަކަށް ނޭނގޭނެއެއްނު އެހާ އަވަހަަށް ކޮޓަރިއަށް ވަންނަންޏަކާ… އަލޫފް ހަމަ ކައިގެން އައިގޮތަށް ކޮޓަރިއަކަށްނު އައީ… އަހަރެން މިރޭ މިގޭގަ ނިދާ ގޮތަށް މިއައީ… މިޑް ޓާމް ބްރޭކްވެސް ނިމެނީއެއްނު… ސޯ އީލޫ އާ ދެމީހުން އެންޖޯއިކޮށްލަން… ދެމީހުން ފިލްމް ބަލާލާާ… ޖަސްޓް ޓު މޭކް ފަން… މިހާރު ދެން އެންމެންވެސް ނިދަން އެބައެއްގެ ކޮޓަރީގައެއްނު ވާނީ ދޯ… ސޯ ހިތަށް އެރީ އަލޫފް ކޮބާތޯ ބަލައިލާނީއޭ… ލަކިލީ ދަ ޑޯރް ވޯޒް ހޯޕެން… އަހަންނަށް އިނގެޔޭ އަލޫފަށް މިރޭ ފަސޭހައިން ނުނިދޭނެކަން… ދެޓް ސްޕެޝިއަލް މޮމެންޓް އީޒް ބޯދަރިން ޔޫ… ރައިޓް… ” ބެލްކަނީގެ ރެއިލިންގައި ލެނގިލައިގެން ހުރެ ޝަމްހާ ވާހަކަ ދެއްކިއެވެ. އޭރުވެސް އަލޫފްގެ މޫނު މަތީގައިވީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.

” ގެޓް އައުޓް އޮފް މައި ރޫމް ރައިޓް ނައު… ޖަސްޓް ލީވް… ” ބެލްކަނިން ނިކުމެވެން ހުންނަ ދޮރާއި ދިމާލަށް އިޝާރާތްކުރަމުން އަލޫފް ބުނެލީ ރުޅިވެރިކަމާ އެކީގައެވެ. އަލޫފް އެހެން ބުނުމުންވެސް މަލާމާތުގެ ހިނިތުންވުމެއް ވެރިކުރުވައިގެން އެހުރި ގޮތަށް ޝަމްހާ ހުއްޓެވެ. އެތަނުން ނިކުންނަން އޭނަ ހިތަށްވެސް ނާރާ ފަދައެވެ. ” އައި ސެއިޑް ލީވް… ” ކުރިއަށްވުރެ ވެސް ބާރަށް އަލޫފް ބުނެލިއެވެ. އެއާއެކު ޝަމްހާގެ ތުންފަތުގައިވީ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. އައި ރުޅީގައި އަލޫފް ޝަމްހާގެ އަތުގައި ހިފާ އެކޮޓަރިން ނެރެން ހިނގައިގަތެވެ. ” އަލޫފަށް އަހަރެން ކޮޓަރިން ނެރެވިދާނެ… އެކަމަކު އަލޫފްގެ ހިތާއި ސިކުނޑިން އަހަރެންގެ ޚިޔާލުތަކެެއް ނުނެރެވޭނެ… އެވަގުތުކޮޅުގެ ހަނދާންތައް އަލޫފްގެ ސިކުނޑި ތެރޭގައި ދައުރުވަމުން ދާނެ… ” ކޮޓަރިތެރެއަށް ވަދެވުމާއެކު ޝަމްހާ ބުނެލި ބަސްތަކުން އަލޫފްގެ ހިނގުން ވަގުތުން ހުއްޓި ޝަމްހާގެ އަތުންވެސް ދޫކޮށްލެވުނެވެ. ” ކިހިނެއްވީ ތި ހުއްޓުނީ… އަހަރެން މިބުނީ ތެދެއްނު ދޯ… ” އަލޫފްގެ ހަރަކާތްތައް ހުއްޓުމާއެކު ޝަމްހާ ބުނެލިއެވެ. ޝަމްހާ ބުނީ ތެދަށްކަމުން އަލޫފަށް ރައްދުގައި ބުނާނެ އެއްޗެއް ނޭނގުނެވެ. ” މިހާރުވެސް އަލޫފަށް ދަނީ އެޚިޔާލުތަކުން އުނދަގޫވަމުން… އަހަންނަށް އިނގޭ ކުރިންވެސް އެހެންވާނެކަން… އަލޫފް ބޭނުންވޭ މިންހާ ގާތު އެވާހަކަ ތެދު ހަގީގަތައް ކިޔައިދޭން… އެކަމަކު މިންހާ ގެއްލިދާނެ ކަމުގެ ބިރު އަލޫފްގެ ހިތުގަ އޮންނާތީ ހަގީގަތް ހާމަކުރަން ޖެހިލުންވަނީ… ހަގީގަތް އިނގިއްޖެނަމަ މިންހާ ކަންތައްކުރާނެ ގޮތެއް ނޭނގޭތީ އަލޫފްގެ ހިތް ބިރުގަންނަނީ… އަލޫފް ދޫކޮށްލާ އަލޫފްގެ ލޮއެބަށް މިންހާ ފަސްދީފާނެތީ ބުނަން ނުކެރެނީ… ރައިޓް… އަހަރެން މި ބުނީ ދޮގެއް ނޫނެއްނު… ” އަލޫފްގެ ކުރިމައްޗަށް އަރާ ޔަގީންކަމާއެކު ޝަމްހާ ވާހަކަ ދެއްކުމުން މިފަހަރުވެސް އަލޫފަށް ހުރެވުނީއެވެ. ޝަމްހާއަށް އޭނަގެ ހިތުގައިވާ އެއްޗެެއް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެހާ ތަފްސީލުކޮށް އޭނަގެ ހިތުގަވާ އެއްޗެއް ޝަމްހާއަށް އިނގުމުން އަލޫފް ހައިރާންވިއެވެ.

” ތިހިތަށް އަރަނީ އަލޫފްގެ އިހުސާސްތައް އަހަރެންނަށް އިނގުނީ ކިހިނެއްހޭ ދޯ… ހެހެހެ… ކޯޒް އައި ލަވް ޔޫ ފްރޮމް ބޮޓޮމް އޮފް މައި ހާޓް… ހަމަ ހަގީގަތުގަވެސް އަހަރެން އަލޫފްދެކެ ލޯބިވާތީ އަހަންނަށް އަލޫފްގެ ފީލިންގްސް އަންޑަސްޓޭންޑްވީ… އަލޫފް މިންހާއަށް ހަގީގަތް ކިޔައިދިނަސް މިންހާ އަލޫފްދެކެ ހަގީގީ ލޯބިވާނަމަ ޝީ ވިލް އަންޑަސްޓޭންޑް… ޝީ ވިލް ޓްރަސްޓް ޔޫ… ޝީ ވޮންޓް ލީވް ޔޫ… އަލޫފަށް މިންހާއަށް ފުލް ޓްރަސްޓް ކުރެވޭނަމަ… މިންހާގެ ލޮއެބަށް ފުލް ޓްރަސްޓް ކުރެވޭނަމަ… މިހާރު އަލޫފްވެސް ހުރީހީ މިންހާއަށް ހަގީގަތް ކިޔައިދީފަ… ” ސާބިތުކަމާއެކު ޝަމްހާ ދައްކަމުން ދިޔަ ކޮންމެ ވާހަކައެއް އަޑުއަހަން އަލޫފަށް ހުރެވުނެވެ. ” ޓު ބީ އޯނެސްޓް އަހަރެންނަށް ގަބޫލުކުރަން ވަރަށް ދަތިވި އަލޫފް މިންހާއާ ރައްޓެހި ވެދާނެކަމަށް… މިންހާދެކެ ލޯބިވެދާނެ ކަމަށް… އިންފެކްޓް… ނޮޓް އޮންލީ މީ… އީލޫވެސް… އަދި އެކަން އިނގޭ ކޮންމެ މީހަކުވެސް… މިއޮތް މޮޑާން ޒަމާނުގަ ކާކު ހިތަށް އަރާނީ އަލޫފް މިންހާ ކަހަލަ ކުއްޖަކާ ރައްޓެހިވެދާނޭ… މިންހާ ކަހަލަ ކަޅު ދޫ ހެދުން ލައިފަ ހުންނަ ކަހަލަ ދީންވެެރި ކުއްޖަކުދެކެ ލޯބިވެދާނެއޭ… މިންހާއެއް އަލޫފްއަކާ ހަމަ އެއްވެސް ވަރަކަށް ނުގުޅޭ… އަލޫފް އާ ގުޅެނީ އަހަރެން ކަހަލަ ފެޝަނަށް ލޯބިކުރާ ކުއްޖެއް… އަލޫފް ކަހަލަ މޮޑާން ފެޝަނަށް ލޯބިކުރާ ކުއްޖެއް މިންހާ ކަހަލަ ކުއްޖަކާ ރައްޓެހިވީމަ ގަބޫލުކުރަންވެސް އުނދަގޫ… އައި ތިންކް މޯސްޓް އޮފް ދި ސްޓޫޑެންޓްސް ވިލް މޭކް ފަން އޮފް ދިސް އާފްޓާ ނޯވިން ދެޓް… ހެހެހެ… ” ޝަމްހާގެ ވާހަކަތައް ވަރަށް އަވަހަށް އަލޫފްގެ ސިކުނޑި އާއި ހަމައަށް ފޯރައިފިއެވެ. އޭރު އަލޫފް ދިޔައީ އެކަންތައްތަކާއިމެދު ވިސްނަމުންނެވެ. ހިސާބަކަށް ޝަމްހާގެ ވާހަކަތައް އޭރުވެސް އޭނައަށް ގަބޫލުކުރެވުނެވެ. ” އަލޫފް ބިރުނުގަނޭ… އަހަރެންގެ ފަރާތުން މިންހާއަކަށް އެއްްވެސް އެއްޗެއް ނޭނގޭނެ… އައި ޕްރޮމިސް… އަހަރެން އަލޫފްދެކެ ހަގީގީ ލޯބިވާތީ އެހެން ކަންތައް ކުރަން މި ވިސްނީ… އިފް ޔޫ ވޯންޓް… ޔޫ ކޭން ޑޫ އިޓް އެގެއިން… މިހަތަރު ފާރު ތެރޭގަ އިތުރު އެއްވެސް މީހަކު ނެތެއްނު… މިންހާ އާ ސިއްރުން އަލޫފަށް އަހަރެންނާ މިގުޅުން ބޭއްވިދާނެ… އިފް ޔޫ ވޯންޓް… ” ޝަމްހާގެ ވާހަކަތަކުން ކުއްލިއަކަށް އަލޫފަށް ޝަމްހާގެ މޫނަށް ބަލައިލެވުނެވެ. ” އިފް ޔޫ ޑޯންޓް ވޯންޓް… އައިމް ގޮއިން… ބާއި… ގުޑް ނައިޓް… ” ޝަމްހާ މިހެން ބުނެ އަލޫފަށް ފަސްދީފައި ދާން ހިނގައިގަތެވެ. އެއާއެކު އޭނާއަށް ހުއްޓެން މަޖުބޫރުވީ އަލޫފް އޭނަގެ އަތުގައި ހިފެހެއްޓުމުންނެވެ. އަލޫފްގެ އެ ހަރަކާތާއެކު ޝަމްހާގެ ތުންފަތަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ. އަލޫފް އަވަސް ހަރަކާތަކާއެކު ޝަމްހާ އޭނަގެ ގާތަށް ދަމާލުމަށްފަހު ތުންފަތުގައި ބޮސްދިނެވެ.

ރޭގަނޑުގެ ނިދިން މަހްރޫމުވެފައި އިއާން އެނދުގައި ފުން ޚިޔާލަކަށް ގެއްލިފައި އޮތެވެ. މިރޭ މިންހާ އާއި އޭނަ އާއި ދެމެދު ދެކެވުނު ވާހަކަތައް އަދިވެސް ހީވަނީ އޭނަގެ ކަންފަތް ދޮށުގައި ގުގުމަގުންދާހެނެވެ. ހިތަށް ކޮށްފައިވި އަސަރަކުން އަދި އެހިތުގައި ރިހުމެއް އެކުލެވިފައި ވިއެވެ. ނުނިދޭނޭކަން އިނގުމުން އިއާން އެނދުން ތެދުވެ އެނދުގެ އެއްފަރާތުގައި އިން ގިޓާ ނަގައި އަތަށް ހެޔޮވަރުކޮށްލިއެވެ. އެއަށްފަހު ރީތި ރާގެއް ކުޅެން ފެށީ އާދައިގެ މަތިން އޭނަގެ ހިތުގެ އުދާސްތައް ބޭރުކުރުމުގެ ގޮތުންނެވެ. ** ބާތޭ ޔޭ ކަބީނާ ތޫ ބޫލްނާ… ކޯއީ ތޭރީ ޚާތިރް ހޭ ޖީރަހާ… ޖާއޭ ތޫ ކަހީ ބީ ޔޭ ސޯޗްނާ… ކޯ އީ ތޭރީ ޚާތިރް ހޭ ޖީރަހާ… ތޫ ޖަހާ ޖާއޭ މެހެފޫޒުހޯ… ތޫ ޖަހާ ޖާއޭ މެހެފޫޒުހޯ… ދިލް މޭރަ މާންގޭ ބަސް ޔޭ ދުއާ… ބާތޭ ޔޭ ކަބީނާ ތޫ ބޫލްނާ… ކޯއީ ތޭރެ ޚާތިރް ހޭ ޖީރަހާ… ޖާއޭ ތޫ ކަހީބީ ޔޭ ސޯޗްނާ… ކޯއީ ތޭރި ޚާތިރް ހޭ ޖީރަހާ… ** ވޭނުން ފުރިގެންވާ އަޑަކުން ފުރިހަމަކަމާއެކު އިއާން ލަވަ ލިޔަމުން ދިޔައެވެ. ** ހަމް ދަރްދް ހޭ ހަމް ދަމްބި ހޭ… ތޫ ސާތް ހޭ ތޯ ޒިންދަގީ… ތޫ ޖޯ ކަބީ ދޫރު ރަހޭ… ޔޭ ހަމްސެ ހޯ ޖާއެ އަޖްނަބީ… ތުޖްސޭ މޮހޮއްބަތު ކަރްތޭހޭ ޖޯ… ތުޖްސޭ މޮހޮއްބަތު ކަރުތޭހެ ޖޯ… ކޭސޭ ކަރޭ ހަމް އިސް ކޯ ބަޔާން… ބާތޭ ޔޭ ކަބީނާ ތޫ ބޫލްނާ… ކޯއީ ތޭރި ޚާތިރް ހޭ ޖީރަހާ… ޖާއޭ ތޫ ކަހީބީ ޔޭ ސޯޗްނާ… ކޯއީ ތޭރި ޚާތިރް ހޭ ޖީރަހާ… ” އިއާން ލަވަ ކިޔަމުން ދިޔައިރު އެއަޑު އިވޭނެ ކޮންމެ މީހެއްގެ ހިތަށްވެސް އަސަރުކުރާނެކަން ގައިމެވެ. އެހާާވެސް އަސަރުގަދައެވެ.

** ޖާގީ ބި ހޭ… ރޯއީ ބި ހޭ… އާކޭ ޔެ ރާތޯ މޭ މެރީ… ކިޔޫ ހަރް ގަޑީ… މިލްކޭ ތުޖޭ… ލަގްތީ ރަހޭ ބަސް ތެރި ކަމީ… ހަމް ތޯ ނާސަމްޖޭ… ތުމް ހީ ކަހޯ… ހަމް ތޯ ނާސަމްޖޭ… ތުމް ހީ ކަހޯ… ކިޔޫ ތުމްކޯ ޕާކޭ ތުމްސޭ ޖުދާ… ** ލަވަ ކިޔަމުން ދިޔައިރު އިއާންގެ ހިތަށް ކޮށްފައިވި ފުން އަސަރާއި ކިޔަމުން ދިޔަ ކޮންމެ ލަފްޒެއްގެ ތެދުވެރިކަން އިއާންގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުން ހެކިދެއެވެ. ” ބާތޭ ޔޭ ކަބީނާ ތޫ ބޫލްނާ… ކޯއީ ތޭރި ޚާތިރް ހޭ ޖީރަހާ… ޖާއޭ ތޫ ކަހީ ބީ ޔޭ ސޯޗްނާ… ކޯ އީ ތޭރި ޚާތިރް ހޭ ޖީރަހާ… ” ލަވަ އެއްކޮށް ކިޔާ ނިންމާލި އިއާން ގިޓާ އެނދު ކައިރީގައި ބަހައްޓަމުން ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އޭނަގެ އެ އިހުސާސްތައް އަޑު އަހަން މިންހާ އޭނަގެ ގާތުގައި ވާނެނަމައޭ އެތައް ފަހަރަކު އިއާން ހިތަށް އެރިއެވެ. މިރޭ ކަންތައް ދިމާވި ގޮތުން މުޅި އުމުރު ދުވަހު އޭނައަށް މި ލޯބި ހިތުގައި ސިއްރެއްގެ ގޮތުގައި ފޮރުވައިގެން ހުރެވިދާނެ ކަމާއިމެދު މިހާރު ސުވާލު އުފެދެއެވެ. އިހުސާސްތައް އަންގަން ކިތަންމެ ބޭނުންވި ނަމަވެސް ހާލަތު އެކަމަކަށް ތަނެއް ނުދެއެވެ. ހިތް އެދޭ ސޫރަ އޭނަގެ ގާތުގައިހުރެވެސް ވަނީ އަތް ނުފޯރާހާ ދުރުގައެވެ. މިންހާ ގާތު އޭނަގެ ހިތުގެ ވިންދު އެދޭ ލޮއެބަކީ ތިއޭ ބުނަން ބޭނުންވި ނަމަވެސް މިންހާ ވަނީ އެއަޑު ނުފޯރާނެހާ އެތައް ހާސްމޭލެއް ދުރުގައެވެ. ކުރާނީ ކީއްހެއްޔެވެ؟ ތަޤުދީރު ނިޔާކުރީ މިހެންނެވެ. ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއްވެސް އަދި އިނގެނީކީ ނޫނެވެ. ހާލަތު ކޮންމެފަދަ ގޮތަކަށްވެސް ބަދަލުވެގެން ހިނގައިދާނެ އެވެ. އެއީ އެއްވެސް އިންސާނަކަށް އެނގޭނެ ކަމެއް ނޫނެވެ. އެތައް އިރަކު އަމިއްލަ ދިރިއުޅުމާމެދު ވިސްނަން އިނދެފައި އިއާން އަނެއްކާވެސް އެނދުގައި އޮށޯތީ އެ ޚިޔާލުތަކުން މިންޖުވެވޭތޯއެވެ. މާބޮޑަށް ވިސްނުމުގެ ސަބަބުން ބޮލުގައި ރިއްސަމުން ދިޔުމާއެކު މާގިނަ އިރެއްނުވެ ނަސީބަކުން ނިދީގެ ފުން ކަނޑަށް އިއާން ގެނބިގެން ދިޔައެވެ.

އައު ދުވަހަކަށް އިރު އެރީ އެކި މީހުންގެ ދިރިއުޅުމުގައި ތަފާތު ކުލަތައް ޖައްސަމުންނެވެ. އެއީ  ދުނިޔޭގެ އާދައެވެ. އެއްބަޔަކު އުފާވެރި ކަމުގައި ދުވަސްތައް ހޭދަކުރަމުން ދާއިރު އަނެއް ބަޔަކު ދަނީ ހިތާމައިގެ ފުން ކަނޑެއްގައި ޢަރަޤުވަމުންނެވެ.

އާދައިގެ މަތިން ފަތިސް ނަމާދު ކޮށްލައިގެން ޤުރުޢާން ކިޔަވާލުމަށްފަހު އާސިމާ ބަދިގެއަށް މިސްރާބުޖެހިއެވެ. ކުޑަ އިރުކޮޅެއް ފަހުން ބަދިގެއަށްް ވަދެގެން އައި އަޝްރާ ފެނި ފުށް މޮޑެން ހުރި އާސިމާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަޝްރާވެސް އޭނަގެ މަންމައަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ” ކޮބާ ދޮންބެ މިއަދު… ކޮފީ ބޯކަށް ނާދޭތަ… ” އާސިމާގެ ގާތަށް ޖެހިލާ އަޝްރާ ސުވާލުކުރިއެވެ. ” ދޮންބެ ކޮފީ ނުބޯނަމޯ ބުނީ… ބޮލުގަ ރިއްސާތީ ނަމާދުން އައިއްސަ ނިދާލަން ދިޔައީ.. މަންމަ ބުނިން އެއްޗެެއް ބޮއެގެން ބޭސްކައިގެން ނިދާށޭ.. އެކަމަކު އެކައްޗެއްވެސް ނުބޮއެ ނިދަން ވަދުނީ… ” އޭނަގެ މަސައްކަތް ކުރިއަށް ގެންދަމުން އާސިމާ ބުނެލިއެވެ. އާސިމާ ފުށް މޮޑެ ރޮށި ދަމަން ފެށުމުން އަޝްރާ ރޮށި ފިހަން ފެށިއެވެ. ” މަންމަ ވަރަށް އުފާވޭ ދަރިފުޅު ތިގޮތަށް ބަންދު ދުވަސްތަކުގަ ހެނދުނު ތެދުވެ ވަގުތުވާ ވަރަކުން މަންމައަށް އެހީތެރިވެދީ ހަދާތީ… ” ރޮށި ދަމަމުން އާސިމާާ އެހެން ބުނެލުމުން އަޝްރާވެސް ހިނިތުންވެލިއެވެ. ” އަސްލު ކުރިންވެސް އަވަހަށް ތެދުވަން ބޭނުންވޭ… މަންމަ ނުގޮވަނީސް އަމިއްލައަށް ތެދުވެ ފަތިސް ނަމާދުކުރަންވެސް ބޭނުންވޭ… އެކަމަކު އޭރު ހަމަ ޝައިތާނާގެ ބަހަށް ހެއްލިގެން އޮވެވެނީ… ހެހެހެ… މިންނު އެއްދުވަހު މިކަމާ ބެހޭގޮތުން ވަރަށް ވާހަކަ ދެއްކި… މިންނު ބުނި އެއްދުވަހުވެސް އެގޮތަށް ތެދުވެއްޖިއްޔާ ތަފާތު ފެންނާނެ ކަމަށް… ތެދުވަން ފެށީމަ އެގޮތަށް އަވަހަށް އަމިއްލައަށް ތެދުވަން އާދަވާނެ ކަމަށް… މިންނުގެ ވާހަކަތަކުން ހިތްވަރު ލިބިގެން ތެދުވަން ފެށީ… މިންނު ބުނީ ހަމަ ރަނގަޅަށް… ފަތިހު ފަތިހާ ހޭލީމަ ހާދަ ތާޒާވެޔޭ ދޯ މަންމާ… ހަށިގަނޑަށް އާދަޔާ ޚިލާފް ތާޒާކަމެއް އިހުސާސްވޭ… އެއްވެސް ވަރަކަށް ކަންނެތްކަމުގެ އިހުސާސެއްނުވޭ ތެދުވެގެން އުޅެން ފެށީމަ… ވަގުތުތައް ބޭކާރު ނުކުރެވި ބޭނުންތެރި ގޮތެއްގައި ވަގުތުތައް ހޭދަކުރެވޭ… ” ރޮށި ފިހަމުން އަޝްރާ ވާހަކަ ދެއްކިއެވެ. އާސިމާވެސް ހިނިތުންވެލައިގެން އޭނަގެ ދަރިފުޅުގެ ވާހަކަތައް އަޑު އަހަމުން ދިޔައެވެ.

ރޮށި ފިހެ ނިމުނުތަނާ އަރީފް އައިސް ބަދިގެއަށް ވަނެވެ. ” ކޮބާ ކޮފީ ބޯން އުޅެމާ… ” ބަދިގެ ދޮރު މަތީގައި ހުއްޓިލަމުން އަރީފް އެހެން ބުނެލީ ހިނިތުންވުމަކާއެކުގައެވެ. އެވަގުތު ހިނގާށޭ ބުނެ އާސިމާ އާއި އަޝްރާ ކާކޮޓަރިއަށް މިސްރާބުޖެހުމުން އަރީފްވެސް އެމީހުންގެ ފަހަތުން ދިޔައެވެ. އާސިމާ އަރީފްއަށް ކޮފީއެއް ތައްޔާރުކުރުމުގައި އުޅުނުއިރު އަޝްރާ ކާމޭޒު މައްޗަށް ދެތިން ވައްތަރުގެ ބިސްކޯދު ނަގައި އޭނަަށް ކޮފީއެއް ތައްޔާރުކުރަމުން ދިޔައެވެ. އެކި ވާހަކަތައް ދައްކަމުން ތިން މީހުން ކޮފީއަށް އިންސާފުކުރަމުން ދިޔައެވެ. އަރީފް ކޮފީ ބޮއެ ނިންމާލުމަށްފަހު ސިޓިންރޫމު ސޯފާގައި ނޫހެއް ކިޔަން އިނެވެ. އޭރު އަޝްރާ ކޮފީ ބުއި ޖޯޑުތައް ދޮވެ ކާމޭޒު މަތި ސާފުކޮށް ހެނދުނުގެ ނާސްތާއަށް ތަށިތައް ދޮވެފައި މޭޒު މައްޗަށް ލަމުން ދިޔައެވެ. އާސިމާ އޭރު ބަދިގޭގައި ކުޅި މަސް ތައްޔާރު ކުރުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

އާދައިގެ މަތިން މިއަދުވެސް މިންހާ ހެނދުނު ހެނދުނާ ތެދުވެ ނާސްތާ ތައްޔާރު ކުރުމުގައި އޭނަގެ މަންމައަށާއި ދޮންބެދައްތައަށް އެހީތެރިވެދިނުމުގެ ގޮތުން ބައެއް ކަންތައްތައް ކޮށްލަދިނެވެ. އެއަށްފަހު އޭނާ މިސްރާބުޖެހީ ގޭގެ އެއްފަރާތުގައި ހައްދާފައިވި ބަގީޗާއަށެވެ. އެކި ކުލަ ކުލައިގެ މާތައް ފޮޅިފައިވި މަންޒަރު ފެނި މިންހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ރަތާއި ފިޔާތޮށި ކުލައިގެ އިތުރުން ހުދު ކުލައިގެ ފިނިފެންމާ ގިނަ އަދަދަކަށް ފޮޅިފައިވީއިރު އިރުދޭ މާވެސް ގިނަ އަދަދަކަށް ފޮޅުފައިވެއެވެ. މީގެ އިތުރުން ދޮން ކުލަ އާއި ރަތް ކުލައިގެ ސައިމަލާއި އޯކިޑްމާވެސް ހިމެނެއެވެ. މިފަދަ އެތައް ކުލަތަކަކުން ޖަރީވެފައިވި ބަގީޗާ ފެނި ކޮންމެ މީހެއްގެ ހިތަށްވެސް ހަމަޖެހުން ގެނުވާނެކަން ގައިމެވެ. މަޑު ފެހި ކުލައިގެ ކާާޕެޓް ވިނަ އެތަނުގައި ހައްދާފައި އޮތުން އަދި މާ ފުރިހަމަކަމަށް ދައްކައެވެ. މިންހާ ބަގީޗާ ތެރޭގެ ރީތިކޮށް ކުނިކަހާލުމަށްފަހު އެތަނުގެ ކައިރީގައި އިން ފެން އިސްކުރަކުން ހޮޅިއެއްގެ އެހީގައި ގަސްތަކަށް ފެން ދެމުން ދިޔައެވެ. ގަސްތަކަށް ފެން ދީފައި އަނބު ގަހުގައި އެލުވާފަައިވި ޖޯލީގައި މިންހާ ގޮސް އޮށޯވެލިއެވެ. އަނބު ގަހުން އެތަނަށް ހިޔާ އެޅިފައިވާއިރު ޖެހިލާ މަޑު ފިނި ވައިރޯޅިތަކުން ހަށިގަނޑަށް އަރާމުކަން އިހުސާސްކުރުވަމުން ދިޔައެވެ. ލިބުނު އަރާމަކުން މިންހާ އޭނަގެ ދިގު އެސްފިޔަތައް ތިރިކޮށްލާ ދެލޯ މަރާލީ އަލޫފްގެ ހިތްގައިމު ސޫރަ ސިފަކޮށްލަމުންނެވެ. މަޑުމަޑުން ޖޯލި ހެއްލާލަ ހެއްލާލަ އޮތް މިންހާ އޮތީ އަލޫފްގެ އެކި ޚިޔާލުތަކަށް ގޮސް ގެއްލިފައެވެ. ޚިޔާލުތަކުގައި އޮތް މިންހާއަށް ސިހިފައި ޖޯލިން ތެދުވެވުނީ އޭނަގެ މަންމަ ހެނދުނުގެ ނާސްތާ ކުރުމަށް އައުމަށް ގޮވާލުމުންނެވެ. ހަމަޖެހިލަމުން މިންހާ އާދައިގެ ހިނގުމެއްގައި ގެއަށް ވަނުމަށް ހިނގައިގަތެވެ.

ހެނދުނުގެ ނާސްތާއަށްފަހު މިންހާ ދިޔައީ އޭނަގެ ކޮޓަރިއަށެވެ. މާދަމާ ދެވަނަ ޓާމުގެ ކިޔެވުން ފެށޭތީ ކޮޓަރިތެރެ ސާފުކޮށްލަން މިންހާ ހިތަށް އެރިއެވެ. ކިޔެވުން ފެށުމުން އެކަހަލަ ކަންކަމަށް ވަގުތު ހޯދަން އުނދަގޫވާނެތީ މިހާރު ކޮށްލުމުން ފަސޭހަވާނެ ނޫން ހެއްޔެވެ. މިންހާ ކޮޓަރީގެ ފަރުނީޗަރުތައް ފޮޅާ ސާފުކޮށް ކޮޓަރިތެރެ ކުނިކަހާ ހެދިއެވެ. އެއަށްފަހު ޑްރެސިން ޓޭބަލާއި ސްޓަޑީ ޓޭބަލް މަތި ތަރުތީބުކޮށް އަލަމާރި މަތީގައި ހުރި ޓްރޮފީތަކާއި ކޮޓަރީގެ އެހެނިހެން ތަންތަނުގައި ހުރި މާވަށިގަނޑުތައް ފޮހެ ތަރުތީބުކަމާއެކު ބެހެއްޓިއެވެ. އެނދުގެ ބެޑްޝީޓާއި ބާލީސް އުރަތައް ބަދަލުކޮށް އެކިއެކި ބިއްލޫރިތައްވެސް ފޮހެ ހެދިއެވެ. އެންމެ ފަހު ކަމަކަށް ކޮޓަރީގައި މޮޕް ލުމަށްފަހު ދެން މިންހާގެ މަސައްކަތަކަށްވީ ފާޚާނާ ސާފުކުރުމެވެ. ފާޚާނާތެރެ ސާފުކޮށް ނިމުނުއިރި އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ވަރުބަލިވެފައެވެ. ފިނި އެއްޗެއް ބޯލާ ހިތްވުމުން މިންހާ ތިރިއަށް ފޭބިއެވެ. ތިރިއަށް ފޭބިއިރު އެކަކުވެސް ގޭތެރެއިން ފެންނާކަށް ނެތެވެ. ކާކޮޓަރިއަށް ގޮސް އައިސަލަމާރިއިން މިކްސް ފުރުޓު ޖޫސް ޕެކެޓެއް ނަގައި ބިއްލޫރި ތައްޓަކަށް އެޅިއެވެ. ތަށި މޭޒު މަތީގައި ބެހެއްޓުމަށްފަހު ކުޅިކާޖާ އަޅާފައި ހުރި ތަބަކެއް ހިފައިގެން އައިސް ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލަމުން އިށީނެވެ. ޖޫސް ފޮދެއް ބޯލުމަށްފަހު ފަހަރަކު ފޮއްޗެއް ނަގައި ކުޅިކާޖާ ކަމުން ދިޔައީ ބަލާ މީހަކުވެސް ކާހިތްވާނެ ފަދައިންނެވެ. ”މިންނޫ… ހަމަ ކަނީ ދޯ… ” ކާކޮޓަރީގެ ދޮރު މައްޗަށް އެރި ނާއިލް އެހެން ބުނެލި އަޑަށް މިންހާ ދޮރާއި ދިމާލަށް ބަލައިލިއެވެ. ” ހޫމް… ތުއްތުވެސް އާދޭ… ” ޖޫސް ފޮދެއް ބޯލުމަށްފަހު މިންހާ އެހެން ބުނުމާއެކު ނާއިލްވެސް އައިސް ގޮނޑިއެއްގައި އިށީންދެ ކުޅިކާޖާާ ކާން ފެށިއެވެ. ”ޖޫސް އަޅަން؟ ” މިންހާ ސުވާލުގެ ރާގެއްގައި އެހެން އަހާލުމާއެކު ނާއިލް ބޯ ޖަހާލިއެވެ. އެއާއެކު މިންހާ ގޮސް ނާއިލަށް ތައްޓަކަށް ޖޫސް އަޅާދިނެވެ. މެންދުރު ނަމާދުގެ ބަންގި ގޮވުމާއެކު ނާއިލް ފެން ފޮދެއް ބޯލައިގެން ދަނީ ކަމުގައި ބުނެ އެގެއިން ނިކުތެވެ. މިންހާވެސް ޖޫސް ބުއި ދެތަށި ދޮވެލުމަށްފަހު މޭޒުމަތި ރީތިކޮށްލާ ބަތް ކާ ތަށިތައް ލައިފައި ކާކޮޓަރިން ނިކުތެވެ.

މިންހާ ކާކޮޓަރިން ނިކުންއިރު މައިޝާ އާއި ނާހިދާ ގެއަށް ވަންނަނީއެވެ. ދެމީހުންގެ އަތުގައިވެސް ކޮތަޅުތަކެއް ހުރުމާއެކު އެއައީ ފިހާރައިންކަން މިންހާއަށް އިނގުނެވެ. ” މަންމާ… ހާދަ ވަރަކަށް ތި ޝޮޕިންކުރީ… ” ހެވިފައިހުރެ މިންހާ އެހެން ބުނުމާއެކު ނާހިދާވެސް ހިނިތުންވުމަކާއެކު މިއީ ބަދިގެއަށް ބޭނުންވާ ސާމާނު ކަމުގައި ބުނެލިއެވެ. ބަންގި ގޮވި ހަނދާންވުމުން މިންހާ ނަމާދު ކުރަން ކަމުގައި ބުނެ ކޮޓަރިއަށް ވަނެވެ. ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލައިގެން ނިކުމެ ގޭގައި އުޅޭއިރު ލާ ކަހަލަ ރަތް ކުލައިގެ ހެދުމަކާއި ކަޅު ކުލައިގެ ސްކިނީއެއް ލައި ތައްޔާރުވެގެން ނަމާދު ކޮށްލިއެވެ. ނަމާދުކޮށް ނިމިގެން މިންހާާ އިސްތިރި ކުރުމުގައި ވަގުތު ހޭދަކުރިއެވެ. ” ދަރިފުޅާ މިންނު… އާދޭ ކާން… އެންމެން މިތިބީ ދަރިފުޅު އަންނަންދެން…” އިސްތިރިކުރަން ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު މިންހާގެ މަންމަ ނާހިދާ ބުނެލިއެވެ. ” މިދަނީ މަންމާ… މާދަމާ ކިޔެވުން ފެށޭތީ ފަސޭހަކޮށްލަން މިއުޅެނީ… ސުކޫލު ކިޔެވުން ފެށުނީމަ އަބަދުވެސް އޮންނާނީ ކޮންމެވެސް ތަނަކަށް ދާންވެފަ… އެހެންވީމަ ވަގުތުން އިސްތިރިކޮށްގެން ދަންޏާ ގަޑިއަށް ދާންވެސް އުނދަގޫވާނެ… ފަސޭހަވާނެއެއްނު ދޯ މަންމާ ކުރިން އިސްތިރިކޮށްލާފަ ބެހެއްޓިއްޔާ… ” އިސްތިރިކޮށް ކޮނޑުގައި އަޅުފައި ހުރި ހެދުންތައް އަލަމާރީގައި ތަރުތީބު ކަމާއެކު ބަހައްޓަމުން މިންހާ ވާހަކަ ދެއްކިއެވެ. ” އާނ… މާބޮޑަށްވެސް ފަސޭހަވާނެ… ” ހިނިތުންވުމަކާއެކު ނާހިދާ އެހެން ބުނެލިއެވެ. އަދި ދެމީހުން އެކުގައި ކޮޓަރިން ނިކުމެ ތިރިއަށް ފޭބީ މެންދުރުގެ ކެއުމަށެވެ.

މެންދުރުގެ ހޫނު ގަދަ އަވިން ދުނިޔެ ފިއްސަމުން ދިޔައިރު އެހޫނުން ސަލާމަތްވުމަށް އަލޫފް އަތިރިމަތި ކައިރީ ހުރި ކާނިގަހެއްގަައި އެލުވާފައިވި ޖޯލި ހެއްލާލަ ހެއްލާލަ އޮތެވެ. އޭރު އޭނަ އޮތީ ފޯނުން ކޮންމެވެސް މީހަކަށް ވާހަކަ ދައްކާށެވެ. ”ޝަމްހާ… އައި ކާންޓް ލީވް ހާ… ރިމެމްބާރ ދެޓް… އޯކޭ… އުއްމީދުކުރަން ޝަމްހާ ބުނިފަދައިން އެކަންތައް އަހަރެމެން ދެމީހުންގެ ދެމެދުގަ ސިއްރެއްގެ ގޮތުގަ ބާއްވަދޭނެ ކަމަށް.. ” ޝަމްހާ އާ ފޯނުން ވާހަކަ ދައްކަމުން އަލޫފް ބުނެލިއެވެ. ” އަލޫފް… ޑޯންޓް ވޮރީ… އަހަރެން އެއްވެސް މީހެއް ގާތު ނުބުނާން… ބިކާޒް އައި ލަވް ޔޫ މޯރް ދޭން ހާ… ” ޝަމްހާާ ބުނެލިއެވެ. ” އޯކޭ… ” އަލޫފް ކުރު ޖަވާބަކުން ފޯނު ކޯލު ނިންމާލިއެވެ. ކުރިންދުވަހު ކުރި ކުށް ރޭގަ ތަކުރާރު ކުރެވުމުންވެސް މިހާރު އަލޫފްގެ ހިތަކަށް އެއްޗެއް ނާރައެވެ. ޝަމްހާގެ ވާހަކަތަކާއި ޝައިތާނާގެ ވަސްވާސްތަކުން އަލޫފްގެ ހިތާއި ސިކުނޑި ދަނީ ފުރެމުންނެވެ. ޝަމްހާ ދެއްކި ވާހަކަތައް އޭނައަށް ދިޔައީ ގަބޫލުކުރެވުމުންނެވެ. އެވާހަކަތައް ގަބޫލުނުކުރެވޭނަމަކަ ދެވަނަ ފަހަރަށް އޭނަގެ ރުހުމުގައި އިސްވެ ޝަމްހާ އާ ކައިރިނުވީހެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ސާފު ނޫ އުޑުގައި ހުދު ކުލައިގެ ވިލާ ރޮއްޖެއްގެ މިންވަރުވެސް ނުވެއެވެ. ޖެހިލާ މަޑު ފިނި ވައިރޯޅިން މާހައުލުގައި ވަނީ ތާޒާކަމެވެ. ޖެޓީ މަތީގައި އިއާން އާއި ނާއިލް ތިބިިއިރު އެދެމެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އިއާން ރޭގަ އޭނަ އާއި މިންހާ އާ ދެމެދު ހިނގާދިޔަ ކަންތައް ނާއިލް އާ ހިއްސާކުރުމުން ނާއިލް އިއާންއަށް ހިތްވަރުދިނެވެ. އެންމެ ގާތް އެކުވެރިޔާ އެވަގުތު އިހުސާސް ކުރާނެ ދެރަ އޭނައަށް އަންދާޒާވެސް ނުކޮށްލެވޭނެއެވެ. އެހެނަސް އޭނައަށް ކުރެވެން އޮތް ކަމަކީ އިއާންއަށް ހިތްވަރުދިނުމެވެ. ޗޮކްލެޓު ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ކުލައިގެ ސްކިނީގައި ހުރި އިއާންގެ ނަޒަރު ސީދާވެފައިވަނީ މާސިންގާ ކަނޑަށެވެ. ގަމީހުގެ އަތް އޮޅަބޮއްޓާއި ހަމައަށް އޮޅާލާފައިވާއިރު ބޮލުގެ އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޕައިކް ކޮށްލާފައެވެ. ”އާން… ލެޓްސް ގޯ… ހިނގާބަލަ އެކޮޅު ޖެޓީއަށް… ” ނާއިލްގެ އަޑަށް ޚިޔާލުތަކަށް ގެއްލިފައިވި އިއާންއަށް ހަމަ ބިމަށް އާދެވުނެވެ. ހިނގާށޭ ބުނެ ދެމީހުން އެކުގައި ޖެޓީއިން ފޭބުމަށް ހިނގައިގަތެވެ. ކައިރިވަމުންދިޔަ ވަރަކަށް އިއާންގެ ނަޒަރު ހުއްޓިފައިވީ ހޮޅުއަށީގައި އަޝްރާ ކައިރި އިން މިންހާއަށެވެ. ކަޅު ކުލައިގެ ގަޔަށް ދޫ ހެދުމަކާއި ހަމަ އެކުލައިގެ ޝޯލްއެއްގައި އިންއިރު ޝޯލްގެ ތެރެއިން އެދޮން މޫނު ފެންނަލެއް ވަރަށް ފުރިހަމައެވެ. ހެދުމުގައި ދިގަށް ކަޅާއި ހުދު ކުލަ ހިމެނޭ ހަތަރެސްކަން ކުދި އެތިކޮޅުތަކެއް ހަރުކުރެވިފައިވުމުން ވަރަށް ރީއްޗެވެ. މޫނުގައި ކޮށްފައިވި ލުއި މޭކަޕުންނާއި ތުންފަތުގައި ޖައްސާފައިވި މަޑު ފިޔާތޮށި ކުލައިން އެދޮން މޫނު އިތުރަށް އުޖާލާކޮށްދެއެވެ. ޖެޓީއިން ފައިބައިގެން އެދިޔަ މަގުމަތީގައި އިއާން އާއި ނާއިލް އެދެމީހުނަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ބަދަލުގައި އަޝްރާ އާއި މިންހާާވެސް ހިނިތުންވެލިއެވެ.

ދެއެކުވެރިން ހޮޅުއަށީގައި ތިބެފައި މިސްރާބުޖެހީ އަތިރިމައްޗާއި ދިމާލަށެވެ. ހުދު ދޮންވެލި ގަނޑުގައި މަޑު ހިނގުމެއްގައި ހިނގަމުން ދިޔައިރު އެދެމެދުގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ. ” މިންހާ… ” ހިނގަމުންދިޔަ މިންހާ އާއި އަޝްރާގެ ހިނގުން ހުއްޓުނީ ރުންކުރު ގޮތަކަށް މީހަކު މިންހާގެ ނަމުން ގޮވާލުމުންނެވެ. ފަސްއެނބުރި ބަލައިލިއިރު ކުރިމަތީގައި ތިބި އީލާފް އާއި ޝަމްހާ ފެނި ދެމީހުނަށްވެސް ހައިރާންކަން ލިބުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހަދިޔާ (ސައުވީސްވަނަ ބައި)

Next

އައު ފެށުމެއް (ފަހުބަޔާއިއެކު)

Next
January 8, 2019

އައު ފެށުމެއް (ފަހުބަޔާއިއެކު)

Previews
January 8, 2019

ހަދިޔާ (ސައުވީސްވަނަ ބައި)

35 Comments!

  1. unique says:
    January 8, 2019 at 5:36 pm

    alhey ifoo ehaa balikoh ulhemunvx vaahaka genes dhiny thanq sooo much ifoo
    n shafakallah get well soon dear

    1. unique says:
      January 8, 2019 at 6:18 pm

      love the story loads itx just the best but aloof ekuri kanthakun varah foohivey aloof dheke aan dhw insha allah he’ll get minnu
      eves happy gothakah heheh
      miss yu loads
      ly

    2. ifoo says:
      January 8, 2019 at 8:05 pm

      Unique ❤️❤️❤️… Thank you soooooo much dear ❤️❤️❤️?????????… V v v ufaavehje unique ge comment kiyaalaafa ???… Aloof dhw… Yahh.. What he did was very wrong… N Aaan dhw… Let’s see whether he get minnu or not ???… Feshuneehsurevx unique ifoo ah thidhey support ah v v v bodah thanks dear ❤️❤️❤️?????????… As a writer I feel so lucky to have such a sweet reader ❤️❤️❤️???… Much more loves from me dear ❤️❤️❤️?????????…

  2. ifoo says:
    January 8, 2019 at 5:37 pm

    Salaam dear readers ???… Here is the next part n feel free to comment your views… Hope all will like this part too… Next part In Sha Allah on Friday… Proof read nukoh v ma mistakes huredhaane… Keep commenting… ???… Love you all my readers ???❤️❤️❤️??????…

  3. mankiii says:
    January 8, 2019 at 6:57 pm

    wow maasha allah ifoo dear this stry be like hama obiness to the max ❤❤❤❤❤❤❤ aloof ehedhi gotheh dhww but hopefully everything is gonna be find in the end ???????????????????❤❤❤?????? and ifoo dear you’re like my fav writer since the start i just love how sweet and kind you are????????????????????????????? n mi part ge start ga eba innehnu dhw “just to make fun” is actually “just to have fun” ☺☺☺☺☺☺☺☺☺☺ ethankolhu faahagaveema hama buneli nge anehen dhn nei mistake ehh cux ur too perfect ????????????????????✨✨✨✨???
    i think this is my first comment kanne but abadhuves stry kiyan ???????????and usually kamehgga vrh bxy koh ulhefa phone check kohlaairu stry fennani ????????????dhn bxy kamehves handhaaneh nuhurey hama vaguthun kiylaaleveni ???????????? ekm fahun comment kuran hithu alhain huttaa handhaanetheni.. ????????.i cant wait for the next part rlly but ur health should come first nge ❤❤❤❤❤❤❤❤❤??????????????? may allah give u a fast recovery and bless u with more more talent and success in everything dear ???????????????????????? insha allah dhen komme part ehgaves comment kureveythoa balaanan ????? curiously waiting luv you lots and lots lots more ????????????

    1. ifoo says:
      January 8, 2019 at 8:14 pm

      Mankiii ❤️❤️❤️… Awwwwnn ❤️❤️❤️???… Such a long, colourful, supportive comment ❤️❤️❤️?????????… I really loved it ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????… It really means a lot for me ???… I felt soooooooooo happy after reading your lovely comment ???❤️❤️❤️… Ehaa bxy koh ulhemunvx story kiyaalaakan faahaga kuryma v v v ufaavehje ???… Eahvure vx bodah mifaharu story kiyaalaafa comment eh kohlyma adhi maaa bodah ifoo ufaavehje ❤️❤️❤️???… Ifoo v v v ufaavehje favourite writer akah v ma ❤️❤️❤️???… Yahh… Thankyou dear ethankolhu faahaga kohladhinyma ???… I will try my best to correct those mistakes next time ???… What Aloof did was really wrong… Let’s see what happens… Hope to see ur comment more often dear n v v v ufaavaane regular koh comment fennanama ???❤️❤️❤️… Much much more loves from me dear ❤️❤️❤️?????????… N may Allah bless you and your family too ???❤️❤️❤️…

  4. ❤️❤️ says:
    January 8, 2019 at 7:14 pm

    What??..aloof haadha goahey… anyways stry vrh vrh nic…knmea part ahkah comment nukurevunas knme part eh vex kiyan….u r my favourite writer..whn is next part

    1. ifoo says:
      January 8, 2019 at 8:26 pm

      Awwwwnn dear???❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Knme partehvx vx kiyaakan faahaga kohleema v v v ufaavehje ???… Hope to see ur comment more often n ifoo v v v ufaavehje favourite writer ah v ma ❤️❤️❤️??????… Next part In Sha Allah on Friday ???… Much more loves from me ❤️❤️❤️?????????…

  5. Mal says:
    January 8, 2019 at 7:47 pm

    Hey ifoo….how’s u dear..?????????Thankyou so much ingey balikoh ulhemun ves up kohdhiniima…..and v v v dhuvas kohlaafa dhw cmmnt mi kurevuny…???????actually knmes bxy kamehga ulhefa balaalaa iru inaany up vefa so ehnve kiyaalaafa fahun cmmnt eh Kuran hunnany…..dhn handhaan nethenyy….???????????omg what just u did aloof…aslugaves i wasn’t accepting this frm aloof….and he betrayed minnu right!!!!!!! I hate that kind of boys….insha allah aan ah minnu libeny…????????????????ifoo u r like my fav writer frm thr beginning….your kindness and the way you talk to readers is just awesome….???????????and ur stries are awesome too…..may allah give you a fast recovery….?????and i can’t wait for the next part….ifoo dear mee v long stry ehtha????plx ehaa avahah nunihmahchey….love yahh…❤❤❤❤❤❤❤❤❤❤❤???????????❤❤❤❤❤❤❤❤❤❤❤❤❤❤???????????❤❤❤❤❤❤❤❤❤❤❤❤❤❤

    1. ifoo says:
      January 8, 2019 at 8:52 pm

      Mal ❤️❤️❤️… Yayyyy after a long time again Mal ge long, colourful, supportive comment eh ❤️❤️❤️?????????… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje Mal ge comment libunyma ???… I missed your comments so much ??????… Hws u dear??? Alhamdhulillah… I’m feeling better now ???… I hope your fine… Bxy koh ulhemunvx story kiyaalaathy v v v ufaavehje ???… It really means a lot for me ???… I feel sooo lucky to be your favourite writer ???❤️❤️❤️??????… Readers are really important for me ???… Without their support n love I couldn’t do this… Ifoo ah mi hisaabah vx mi aadhevuny readers ge support aa eku… Ekan abadhuvx hadhaaanugaa bahahtaanan In Sha Allah ❤️❤️❤️???… Readers akee ifoo ge story liyumuge life ge ehbai… Without them it’s incomplete ❤️❤️❤️???… Heheh… Yesss dear… What Aloof did was really wrong n he betrayed minnu… Let’s see what happens… Hehhe… Yesss dear it’s a long story… Bt ifoo plan kuri gothah vure kurukohlanvx eba hiyaalu kuran because kiyevun feshuneema v v bxy vaane ifoo… That’s why… Bt adhi vaki gotheh final nukuran… Hope to see ur comment more often n much much more loves from me dear ❤️❤️❤️?????????…

  6. Mal says:
    January 8, 2019 at 7:48 pm

    expecting

  7. ishu says:
    January 8, 2019 at 7:59 pm

    Nice I foo
    Get well soon☺☺☺☺

    1. ifoo says:
      January 8, 2019 at 8:54 pm

      Ishu ❤️❤️❤️… Thankyou sooo much ❤️❤️❤️?????????… V v ufaavehje comment kohleema ???…

  8. Naju says:
    January 8, 2019 at 8:13 pm

    Alhey ifoo balikoh ulhemunvx story up kohladhinyma v v v happy vehje ????????…I really appreciate your hard work ❤❤❤❤????… It’s amazing ingey hama ????????… I really love it ????????… Alhey aloof minnu ah beyvafaa therivy dhw minnu ehaa loabi vaa iruvx… I really hate aloof… avahah ifoo minnu aa aan aa gulhuvaa… n minnu ah aloof ge hageegai ingihjeyaa haadha hurt vaaneyeah ????????… Anyways story is awesome ingey hama ????????… n v v v curious kohlaafa thi ninmaalyvx… keep up the good work ????????… much n more loves from naju ????????????????????????????

    1. ifoo says:
      January 8, 2019 at 9:00 pm

      Naju ❤️❤️❤️… Thankyou soooooo much for the colourful, supportive comment ❤️❤️❤️?????????… Feshuneehsurevx ifoo ge knme story eh gavx Naju support libey kann faahaga kohlan ???… Thanks a lot ❤️❤️❤️?????????… Yahh… Aloof betrayed minhaa ah… Yah… Minnu ah v hurt vaane… Let’s see what happens… Heenukuraa gothakahvx kanthahthah badhalu vegen higaidhaane ???… Much more loves from me ❤️❤️❤️?????????…

  9. ifoo says:
    January 8, 2019 at 8:19 pm

    Someone ❤️❤️❤️… Please don’t use any kind of word that gives a bad meaning… Ok… Thankyou so much for the compliment ❤️❤️❤️??????…

  10. @Ikleel says:
    January 8, 2019 at 8:42 pm

    Yesss…!!!❤❤????…Its finally here again…❤❤????….This part also very nice and intresting dear…??❤❤??…Love the story cox its just awesome..❤❤????..Vrh salhi dhigu koh vaahaka genessa regular koh update kohdheythy..❤❤????….Mi part ga vex sifa kurun thah v salhi ingey…Hama habeys…❤❤????…Keep it up your good work dear..❤❤????…Kon irakun tha next part up kohdheyny dhen…???❤❤????…Hithah araa komme dhuvahaku vex update vaane nama ey…❤❤????….Waiting for next part dear ifoo… ❤❤????..Hope avahah up vaane kamah…❤❤????…Hey ..Hwx you now ifoo…???Wish you fine soon..Insha allah…❤❤????….Miss you and much loves…❤❤????
    THE BEST STORY
    THE BEST WRITTER
    ❤❤❤❤????

    1. ifoo says:
      January 8, 2019 at 9:04 pm

      Again @Ikleel ge long, colourful, supportive comment eh ❤️❤️❤️???… Thankyou soooooo much for the support ❤️❤️❤️?????????… I’m really glad that you like it ???… Now I’m feeling better… Thankyou once again ??????… Much more loves from me ❤️❤️❤️?????????…

  11. Naukko says:
    January 8, 2019 at 9:40 pm

    Hey ifoo …v v v v riithi mi story .. even though i dont comment usually, i always read thix storyyy.❤❤????????????????????????keep up the good work .. ??????????❤❤n shifaakallah ..this is amay-zin work ?????? much luv from me????❤??

    1. ifoo says:
      January 9, 2019 at 10:07 am

      Naukko ❤️❤️❤️… Thankyou soooooo much dear for the colourful Comment ???❤️❤️❤️??????… V v v ufaavehje story kiyaa kann ingunyma ???… Much more loves from me dear n hope to see ur comment more often ❤️❤️❤️?????????…

  12. Livy says:
    January 9, 2019 at 12:13 am

    Pis pis aloof haadha goahey ?????????? I can’t believe it. Adhi he thinks its okay ??? Minnu ah ingey dhuvahu haadha dhera vaaney.. I think dhen aan and minnu gulheynee hen ?? Shamha ves haadha goahey.. Faadu faadu ge vaahaka dhakkaigen aloof hahdhaalaafa.. ?? Anyway story is amazing dear.. V v ufaa vejje balikoh ulhemun ves up kolla dhinyma.. ?? Livy kiyaalaa hithun keh madhu vefa mi hunnany last part ge fahun.. Anekka aneh inthizaaru kurevemun mi dhany next part ah.. Hehe ??☺☺❤❤❤ Lots of love and shafakallah.. Iraadha kurevviyya you will get well soon avahah ????? And once again thank you so much ?????????? You’re the best hama ??❤❤????????????????????❣❣??????????

    1. ifoo says:
      January 9, 2019 at 10:18 am

      Livy ❤️❤️❤️… Thankyou soooooo much dear for the colourful Comment ??????❤️❤️❤️???… V v v ufaavehje dear ???… Aloof dhw… He really did a wrong thing… Let’s see what happens… Once again thankyou so much n much more loves from me dear… Ur one of the best reader too ???❤️❤️❤️??????…

  13. Rifoo says:
    January 9, 2019 at 8:17 am

    Bali koh ulhemun ves story genesdhinyma thank you so much.. Get well soon ifoo.. Rifoo beynumy hama aan aa minnu aa.. Aloof is very bad.. Hehe..

    1. ifoo says:
      January 9, 2019 at 10:28 am

      Rifoo ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… Let’s see what happens… Much more loves from me ❤️❤️❤️?????????…

  14. Mal says:
    January 9, 2019 at 8:48 am

    Ifoo dear thy school kujjeh tha???

    1. ifoo says:
      January 9, 2019 at 10:43 am

      Mal ❤️❤️❤️… No… Kiyevunn hulhuvunyma job ga bxy vaane thy ???…

  15. QUEEN❤ says:
    January 9, 2019 at 9:03 am

    Aloof haadha goahey???queen akah gabool eh nukurevey aloof hen ulhefaane kamakah?dhn minnu ah bust vehjihyaa kihaa dheravaane ??dhen hama aan aai minnu gulhuvanve??mihaaru shamhaa nd eelaaf edhiyaee e vaahaka thah kiyaidheyn kan neynge ????maa curious koh vihyaa thi ninmaaly ?
    GWS IFOO DEAR❤
    LOVES FROM QUEEN❤

    1. ifoo says:
      January 9, 2019 at 10:48 am

      Queen ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… Let’s see what happens ???… Eelaaf n Shamhaa hama kiyaivx dheefaane ???… Let’s see what happens… Much more loves from me dear ❤️❤️❤️?????????…

  16. Sis says:
    January 9, 2019 at 11:22 am

    Alheyyyyy aloof haadha goahey dhw? ? dhn shamha bunaahaa ehcheh gaboolu kuran jehey tha? ? she is an enemy..?? mihaaru sis beynun vani aan aa minha aa gulhen.. ? kurin sis ulhuni aloof ah vx dhera eh dheyn beynun nuvegen.. But I don’t like him anymore ?? anyway story hama varah varah reethi ingey masha Allah ??? ifoo sis bali ve ulhey iru vx readers beynun vaa gothah story up kohdheythi varah varah ufaa vey ??? thanks alot.. ??? get well soon.. ?? next part thankolheh avahah up kohdhehchey ingey varah curious ❤️❤️❤️ BTW I’m late dhw.. So sorry ingey e ee aslu school fesheythi busy v.. ☹️☹️☹️ next time I’ll try for an early comment ?? lots of loves and prayers for your health from me.. ❤️❤️❤️❤️??????????

    1. Sis says:
      January 9, 2019 at 11:32 am

      But ifoo sis avahah up kohdheyshey buni as if you are not well pls rest OK? ?? I don’t want you to spend sleepless nights because of us ??? again may you get well soon ifoo sis. ❤️❤️❤️❤️???

    2. ifoo says:
      January 11, 2019 at 7:17 am

      Sis ❤️❤️❤️… I’m so happy to see ur comment regularly ???… Thankyou soooooo much for the sweet comment ❤️❤️❤️?????????… Alhamdhulillah now I’m fine ???… Aloof dhw.. He really did a wrong thing… Let’s see what happens… It’s ok… Lahunvx story kiyaalaafa comment kohleema v v v ufaavehje ???… It means a lot for me ???… Now next part kiyaaleveyne… Much more loves from me ❤️❤️❤️?????????…

  17. Love says:
    January 9, 2019 at 10:49 pm

    Ifoo ge full name i want know pls tell me ??????

    1. ifoo says:
      January 9, 2019 at 11:06 pm

      I can’t tell my full name… I’m sorry… Bt what happened???

  18. Love says:
    January 10, 2019 at 3:44 pm

    I want know because your best writer ifooo!

    1. ifoo says:
      January 11, 2019 at 7:19 am

      Thankyou so much ❤️❤️❤️?????????… Bt I can’t tell my full name… You can just call me ifoo ???…

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 17←


All Right Reserved!