
ވިންދޭ ލޯބި ތީ އެދޭ 18
ފެންނަމުން ދިޔަ މަންޒަރުން މިންހާ ހުރީ ވިސްނަންވީ އެއްޗެއްވެސް ނޭނގިފައެވެ. ބާރު މިނެއްގައި ހިތް ތެޅެމުން ދިޔައިރު އެހިތް އެދެނީ އަދިވެސް ކުރިއަށް ހިނގުމަށެެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ހިތް ބުނަނީ އެތަނާ ވީހާވެސް ކައިރިއަށް ދިއުމަށެވެ. ހިތުގެ އެދުމަށް އިޖާބަދެމުން މިންހާ ސިއްރު ފިޔަވަޅުތަކެެއްގައި ކުރިއަށް ހިނގަމުން ދިޔައެވެ. ސަކަރާތުގަައި ތިބި ތިން މީހުނަށް މަޑުމަޑުން ކާނިގަހާއި ދިމާލަށް ހިނގަމުން ދިޔަ މިންހާ ފެނި ތިން މީހުންގެ ހިތުގައި ސުވާލު އުފެދުނެވެ. އަޝްރާ ދެފަހަރަކު މިންހާއަށް ގޮވާލުމުންވެސް މިންހާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ވަކި ޖަވާބެެއް ނުލިބުމުން ތިން މީހުންވެސް މަޑުމަޑުން މިންހާގެ ފަހަތުން ދާން ފެށިއެވެ. ކައިރިވަމުން ދިޔަ ވަރަކަށް އެކަކު އަނެކަކާ ޖެހި ފިތިގެން އަތު ގުޅުވައިލައިގެން ތިބި އަލޫފް އާއި ޝަމްހާ ފެނި ކޮންމެ މީހެއްގެ ނިތައްވެސް ރޫތައް ޖަމާާވަމުން ދިޔައިރު ހިތުގައި ސުވާލުތައް ދިޔައީ ފުނިޖެހެމުންނެވެ. މިންހާ ކާނިގަހާއި ހިސާބަށް ގޮސް އެދެމީހުނަށް ނުފެންނާނޭހެން ކާނިގަހާ ނިވާވެލިއެވެ. އެހެނަސް އޭނައަށް އެދެމީހުން ރީތިކޮށް ފެންނަމުން ދިޔައެވެ. މިހާރު އޭނަ އެހުރީ އެދެމީހުންގެ ވާހަކަތައް ރީތިކޮށް އަޑުއިވޭހާ ހިސާބުގައެވެ. އަޝްރާ އާއި އިއާންގެ އިތުރުން ނާއިލްވެސް އައިސް މިންހާ ކައިރީ އެދެމީހުންގެ ހަރަކާތްތަކަށް ބަލަން ކާނިގަހުގެ ނިވަލުގައި މަޑުކޮށްލިއެވެ.
” އަލޫފް… އަލޫފް ބިރެއް ނުގަނޭތަ މިހާރު މީހަކަށް ފެނިދާނެތީއެއް… މިބުނީ މީހަކަށް ފެނިއްޖިއްޔާ މިންހާއަށް އިނގިދާނެއެއްނު… ” ލޮލުގެ ހިމަކޮޅުން މިންހާއަށް ބަލައިލަމުން ތުއި ގޮތަކަށް ޝަމްހާ ބުނެލިއެވެ. ” އާނ… މިތާކު ނެތެއްނު މީހަކު ފެންނާކަށް… މިހާރު އެކޮޅުގައެއްނު ބޮޑު ފަސްގަނޑު އޮންނަނީ… އެހެންވީމަ މީހުންތައް ހަވީރު ދަނީ އެފަރާތުގަ އޮންނަ ބީޗަށޭ… މީހަކު ހަމަ ފެންނައިރަށް ޝަމޫގެ އަތުން ދޫކޮށްލީމަވީއެއްނު… މިންހާއަކަށް ނޭނގޭނެ… މީގެ ކުރިން އަހަރެމެން ދެމީހުންގެ ދޭތެރޭގަައި ހިނގި އެއްވެސް ކަމެެއްވެސް މިންހާއަކަށް ނޭނގެއެއްނު… ” ހަމަޖެހިލައިގެން އިނދެ އަލޫފް ބުނެލި ކޮންމެ ލަފްޒެއްވެސް ދިޔައީ މިންހާގެ ހިތަށް ތޫނު ހަންޖަރެއް ފަދައިން ހެރެމުންނެވެ. އެދެމީހުންގެ ދެމެދުގައި ހިނގީ ކޮން ކަމެެއް ހެއްޔެވެ؟ ސިކުނޑީގައި މިހާރު ދައުރުވަމުން ދަނީ އެސުވާލުތަކެވެ. ” މިހާރު އަލޫފްއަށް ޔަގީންވެެއްޖެދޯ އަހަރެން މިންހާއަށް ވުރެ ބޮޑަށް އަލޫފްދެކެ ލޯބިވާކަން… އެހެންނޫންނަމަ އަހަރެން އަލޫފް އާ ކައިރި ނުވީހެއްނު ދޯ… އައި ވުޑަންޓް ހޭވް ކިސްޑް ޔޫ… ރައިޓް… ” ޝަމްހާ ބުނެލި ވާހަކަތަކަށް އަލޫފް މަޑުމަޑުން ބޯ ޖަހާލިއެވެ. މިންހާއަށް ހީވީ ޝަމްހާގެ އެވާހަކަތަކުން އޭނަގެ ފައިދަށުން ބިންގަނޑު ދެމިގެން ހެންނެވެ. ހިތަށް ކުރުވި އަސަރަކުން ވަގުތުން މިންހާގެ ބޮޑު ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ދެން ތިބި ތިން މީހުނަށްވެސް ސިހިފައި ބަލައިލެވުނީ މިންހާއަށެވެ. މިންހާގެ ދެލޮލަށް ޖަމާވި ކަރުނަތައް ފެނި އިއާންގެ ހިތުގައި ރިއްސާލިއެވެ. އެދޮން މޫނުގައިވި އަސަރުތަކުން އެހިތަށް ނުހަނު އަސަރުކޮށްފައިވިކަން ހާމަވެގެންދެއެވެ. ” ޝަމްހާ އަހަރެންދެކެ ލޯބިވާ ވަރަށް މިންހާ ލޯބިނުވާހެން މިހާރު މަށަށްވެސް ހީވޭ… ކުރިން އައި ޓްރައިޑް އެއްރޭ މިންހާ އާ ކްލޯޒްވާން… ބަޓް މިންހާ ބޭނުމެއްނުވި… ފުރަތަމަ ފަހަރު ޝަމްހާދެކެ އަހަރެން ވަރަށް ހިތްހަމަނުޖެހުން… އެފަހަރު އަހަރެންނަށް ފީލްވި ފަހުން އަހަރެން ޝަމްހާ އާ ބައިވެރިވުން އެއީ އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހެކޭ… ބަޓް އޭގެ ފަހުން ޝަމްހާ ދެއްކި ވާހަކަތަކުން މަޑުމަޑުން އަހަރެންގެ ވިސްނުން ބަދަލުވަމުން ދިޔަ… އޭހެންވީމަތާ ފަހުން އަހަރެން އިސްވެ ޝަމްހާ އާ ކައިރިވީ… އެކަން ތަކުރާރު ކުރެވުނީ އަހަރެންގެ ވިސްނުން ބަދަލުވީމަތާ… އެކަމަކު ކުރިންވެސް އަހަރެން ބުނިހެން އަހަރެން މިންހާ ދުލެއް ނުކޮށްލާނަން… އައި ހޯޕް ޝަމްހާވެސް ކުރިން ބުނިހެން މިކަންތައް ހަމައެކަނި އަހަރެމެން ދޭތެރޭގަ ސިއްރެއްގެ ގޮތުގަ ބާއްވާނެ ކަމަށް… ” ކިތަންމެ މަޑުން ވާހަކަ ދެއްކި ނަމަވެސް އަލޫފް ބުނެލި ކޮންމެ ލަފްޒެއް މިންހާގެ ކަންފަތަށް އިވިގެން ދިޔައީ ހޮނު ގުގުރިއެެއް ފަދައިންނެވެ. ހޯސްލާފައި ދެލޮލަށް ޖަމާވެފައިވި ކަރުނަތައް މިންހާގެ ދޮން ކޯތާފަތުގައި ބޮސްދެމުން ދިޔައިރު އެ މަންޒަރު ފެނުނު އިއާންގެ ދެއަތް ވަނީ މުށްކެވިފައެވެ. ނާއިލް އާއި އަޝްރާގެ މޫނު މަތިންވެސް ރުޅި އައިސްފައިވާކަން ހާމަވެގެން ދެއެވެ.
އިތުރަށް އެތަނުގައި ހުންނަން ކެތްނުވުމުން މިންހާ ކާނި ގަހުގެ ނިވަލުން ނިކުމެ އަލޫފްގެ ކުރިމައްޗަށް ދިއުމަށް ހިނގައިގަތެވެ. ކަރުނަވީ ދެލޮލުން އޭނައަށް ބަލަހައްޓާއިގެން ހުރެ އޭނަގެ ކުރިމަތީގައި އައިސް ހުއްޓުނު މިންހާ ފެނި އަލޫފްއަށް ސިހިފައި ޝަމްހާގެ އަތުން ދޫކޮށްލަމުން ކޮޅަށް ތެދުވެވުނެވެ. މިންހާގެ ފަހަތުން ރުޅިވެރި މޫނަކާއެކު އިއާން އާއި އަޝްރާގެ އިތުރުން ނާއިލްވެސް ކާނިގަހުގެ ފަހަތުގައި ހުރެ ނިކުތެވެ. ” މިންހާ… ” މިންހާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނި އަލޫފްއަށް މަޑުމަޑުން މިންހާގެ ނަން ކިޔާލެވުނެވެ. ” ވައި ޑިޑް ޔޫ ސްޓޮޕް… ދެން އިތުރު ކަމެއް ނުކުރަންތަ އަލޫފް… އަދިވެސް… އަދިވެސް އަހަންނަށް ނޭނގޭ ސިއްރުތަކެއް ވޭތަ ތިދެމީހުންގެ ދެމެދުގަ… ” ރުޅިވެރިކަމާއެކު މިންހާ ވާހަކަ ދެއްކުމުން އަލޫފްގެ އިތުރުން ދެން ތިބި އެންމެންވެސް ހައިރާންވިއެވެ. އެއީ މީގެ ކުރިން އެމީހުނަށް ފެނުނު މިންހާއެއް ނޫނެވެ. މީގެ ކުރިން އެމީހުނަށް ފެނިފައިވީ މަޑުމައިތިރި ހިތްހެޔޮ އަބަދުވެސް ހިނިތުންވެފައިވި މިންހާއެކެވެ. އެހެނަސް މިހާރު އެމީހުނަށް ފެނިގެން އެދަނީ މިންހާ ރުޅިއައިސް އަޑު ހަރުކޮށް ވާހަކަ ދައްކާ ތަނެވެ. ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައިރު އެކަރުނަތައް ފޮހެން އޭނާ ހިތަށްވެސް ނާރާ ފަދައެވެ. އަލޫފަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި ހުރެވުނީއެވެ. ކުއްލިއަކަށް ދެން އިވިގެން ދިޔައީ މިންހާގެ މަޑު ގިސްލުމުގެ އަޑެވެ. އެ ވޭނީ ގިސްލުމުގެ އަޑުއިވޭ ކޮންމެ މީހެެއްގެ ހިތަށްވެސް އަސަރުކުރާނެ ކަން ގައިމެވެ. ” ވައި… ވައި އަލޫފް ވައި… ވައި ޑިޑް ޔޫ ޑޫ ދިސް ޓު މީ… ޓެލް މީ ވައި… ވަޓް ވޯޒް މައި ފޯލްޓް… ޓެލް މީ… ޑޯންޓް ޔޫ ނޯ ހައު މަޗް ލަވް ޔޫ… ޑޯންޓް ޔޫ ނޯ ހައު މަޗް ހައި ޓްރަސްޓް ޔޫ… ކީއްވެ އަލޫފް… ކީއްވެހޭ ތިހެން ކަންތައްކުރީ… ” ގިސްލެވެމުން ދިޔަ ހާލު މިންހާ އޭނަގެ ހިތުގައި އުފެދިފައިވި ޝަކުވާތައް އަލޫފްގެ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ. އަމިއްލަ ދިފާއުގައި ބުނާނެ އެއްޗެއް ނޭނގުމުން ކުށްވެރިއެެއް ފަދައިން އަލޫފް އިސްޖަހާލިއެވެ. ”ޔޫ ބީޓްރޭޑް މީ އަލޫފް… ވައި… ކީއްވެ ޖަވާބު ނުދެނީ… އަހަރެންގެ ފަރާތުން ލިބުނު ލޯބި މަދީތަ… އަލޫފް ހިތްހަމަނުޖެހޭ ކަމެއް ކުރެވުނީތަ އަހަންނަށް… ނޫނީ ޝަމްހާ ގޮތަށް ވަގުތީ އުފާ ހޯދައިނުދިނީމަތަ… އާންސާ މީ… ” މިންހާާ މިފަހަރުވެސް ދެރަވެފައިހުރެ ވާހަކަ ދެއްކިއެވެ. އިއާން އާއި އަޝްރާ އަދި ނާއިލްވެސް އަދި އެއްޗެކޭ ނުބުނެ ހުރީ މިންހާ ބޭނުން އެއްޗެއް ކިޔަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. ” އަލޫފްގެ ހިތަކަށް ހަމަ އެއްވެސް އެއްޗެެއް ނާރާތަ… އެންމެ ފަހަރަކުވެސް އަހަރެން މަތިން ހަނދާނެއްނުވޭތަ… މިހާރަކަށް އައިސް… އަހަންނަށް ފާހަގަވޭ އަލޫފް ކުރިއާ ޚިލާފަށް ބަދަލުކަން… އަހަރެން ހީކުރީ… އެއީ އީލާފް އާ އަލޫފްގެ ގުޅުން އަދިވެސް ރަނގަޅު ނުވާތީ ވާ ގޮތެއް ކަމަށް… ގިނަ ވަގުތު އަލޫފް ކޮންމެވެސް ކަމެއް ބިޒީ… މިހާރު އިނގިއްޖެ އަލޫފް ކާކާއެކުގަ ކަން ބިޒީ ވަނީ… ޑޯންޓް ޔޫ ނޯ ހައު މަޗް ލަވް ޔޫ… ޑޯންޓް ޔޫ ނޯ ދެޓް އިޓް ވިލް ހާޓް މީ… ހާދަ އިތުބާރެއް ކުރީމޭ އަލޫފްއަށް… އެކަމަކު… އަލޫފް މުޅި އުމުރަށްވެސް އަހަރެންގެ އިތުބާރު ގެެއްލުވާލައިފި…” ލޮލުން ކަރުނަތައް އޮހޮރޭ ހާލު މިންހާ ވާހަކަ ދައްކަމުން ދިޔައެވެ.
މިންހާގެ ވާހަކަތަކުން އަލޫފްގެ ހިތަށް އަސަރުކުރުވަމުން ދިޔައެވެ. ދެމީހުން އުފަލުގައި ހޭދަކުރެވުނު ދުވަސްތައް ހަނދާންވަމުން ދިޔަ ވަގުތު އޭނައަށް ހެދުނީ ކިހާ ބޮޑު ގޯހެެއްކަން އިހުސާސްވަމުން ދިޔައެވެ. ” މިނޫ… ލިސެން…” މިންހާ އާއި ގާތަށް ފިޔަވަޅެއް އަޅާލަމުން އަލޫފް އެހެން ބުނުމާއެކު މިންހާ ވަގުތުން ފަހަތަށް ޖެހި އަތުގެ އިޝާރާތުން ހުއްޓާލުމަށް އެދުނެވެ. ” ނޯ އަލޫފް… ޓުޑޭ އައި ވިލް ސްޕީކް އެން ޔޫ ވިލް ލިސެން… އަހަރެން ދުވަހަކުވެސް ހިތަކަށް ނާރާ އަލޫފް އަހަންނާ މެދު ތިގޮތަށް ކަންތައް ކޮށްފާނެ ކަމަކަށް… އިޓްސް އޯވާ… މީގެ ފަހުން އަހަރެމެން ދެމީހުންގެ ދެމެދުގަ އެއްވެސް ގުޅުމެއް ނޯންނާނެ… އައިމް ޑަން ވިތް ޔޫ… އަލޫފް އަހަރެން ކުރި އިތުބާރު ގެއްލުވާލީ… އަހަރެންނަށް ދޮގު ހަދާ އޮޅުވާލީ… ޓުޑޭ އޮންވާޑްސް ވީއާ ޖަސްޓް ސްޓްރޭންޖާސް… ޑޯންޓް ޓްރައި ޓު ކޮންޓޭކްޓް މީ… އެވްރިތިން އީޒް އޯވާ… ޔޫ ޑޯންޓް ޑިޒާވް މައި ލަވް… ” ކަރުނުން ފުރިފައިވި ދެލޮލުން އަލޫފް އާ ހަތަރު ކަޅި ހަމަކޮށްގެން ހުރެ އެހެން ބުނެލުމަށްފަހު ކަރުނަތައް ފޮހެމުން މިންހާ އެތަނުން ދިއުމަށް ހިނގައިގަތެވެ. ” މިނޫ… ” އަލޫފް މިންހާއަށް ގޮވާލަމުން ކުރިއަށް ފިޔަވަޅެއް އަޅާލިތަނާ ރުޅިވެރި މޫނަކާއެކު އިއާން އަލޫފްގެ ކުރިމައްޗަށް އެރިއެވެ. ” ޑޯންޓް ޔޫ ޑެއާ ކޯލް ހާ… އެހާ ރަނގަޅު އަލޫފްދެކެ ތެދުވެރި ލޯބިވާ ކުއްޖަކު ލިބުމުންވެސް އެކަން ބަލައިގަނެ ރަނގަޅު ގޮތުގައި އުޅޭކަށް ނުކެރުނެއްނު… މިންހާގެ އިތުބާރު ގެެއްލުވާލާ އެ ނިޔަނެތި ކުއްޖާގެ ހިތް ހަލާކުކޮށްލާ އެރީތި ދެލޮލުން ކަރުނަ އޮހޮރުވާފަ ދެން އިތުރަށް ކޮން އަނިޔާއެެއް ދޭން ތިގޮވަނީ… ޔޫ ރިއަލީ ޑޯންޓް ޑިޒާވް އަ ގާލް ލައިކް މިންހާ… ޝީ އީޒް ސޯ ޕްރިޝިއަސް… އަލޫފް ކަހަލަ ބޭވަފާތެރިއަކަށް މިންހާގެ ލޯބި ހައްގެއް ނޫން… ” ރުޅި އައިސްފައިހުރެ އިއާން ބުނެލިއެވެ. މިންހާއަށް އެހާލު ޖެެއްސުމުން އޭނަގެ ހިތުގައި އަލޫފްއަށްޓަކައި ވަނީ ނަފްރަތު އުފެދިފައެވެ. ” ޔޫ މޭޑް މައި ސިސްޓާރ ކްރައި… ޔޫ ޗީޓެޑް އޮން ހާ… ޔޫ ބްރޯކް ހާ ހާޓް… އަހަރެންގެ ކޮއްކޮއާ ވައި އެޅިލަންވެސް ހިތަށް ނާރުވާތި… ވަންޑޭ ޔޫ ވިލް ސަފާ ފޯ ވަޓް ޔޫ ޑިޑް… ” ނާއިލްވެސް އައި ރުޅީގައި އަލޫފް އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރެ އިންޒާރު ދިނެވެ. އަމިއްލަ ކޮއްކޮއެއް ފަދައިން ދެކޭ މިންހާ އެހާ ހިތުގައި ޖެހިފައި ރޮމުން ދިޔަ މަންޒަރު ފެނުމުން ހިތަށް އަސަރުނުކުރާނީ ކާކު ހެއްޔެވެ. އެދެމީހުން ބުނަން ބޭނުންވި އެއްޗެެއް ބުނުމަށްފަހު މިންހާގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. އޭރު އަޝްރާ ވީ މިންހާގެ ގާތަށް ގޮހެވެ.
” އިޓްސް އޯލް މައި ފޯލްޓް… އިޓްސް މައި ފޯލްޓް… ” ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ހޮޅުއަށީގައި އިށީން އަލޫފަށް ބުނެވުނެވެ. ”އަލޫފް… އިޓްސް ނޮޓް ޔުއާ ފޯލްޓް… ކާމް ޑައުން… އަލޫފް އެއީ މިންހާގެ… ” ޝަމްހާ އަލޫފް ގާތު އިށީންދެ އޭނަ ހަމައަކަށް އެޅުވުމުގެ ގޮތުން ބުނެލިއެވެ. އެހެނަސް ޝަމްހާއަށް ވާހަކަ ދެއްކުނީ ވަކި ހިސާބަކަށެވެ. ” ޝަޓް އަޕް… ޖަސްޓް ޝަޓް އަޕް… ޔުއާ ރައިޓް… ދިސް އީޒް ނޮޓް މައި ފޯލްޓް… އިޓްސް ޔުއާ ފޯލްޓް… އިޓްސް އޯލް ޔުއާ ފޯލްޓް… ޝަމްހާ މަށާ ކައިރި ނުވި ނަމަ މިހެން ނުވީސް… ” އައި ރުޅީގައި ހޮޅުއަށިން ތެދުވެ ޝަމްހާ އާއި ދިމާލަށް އަލޫފް ހަޅޭއްލަވައިގަތެވެ. ” ވާއު… އަލޫފްގެ އެއްވެސް މައްސަލައެއްނެތް ދޯ… އަލޫފްވެސް އެކަމުގަ ބައިވެރިވި… އަދި އޭގެ ފަހުން އަލޫފް އިސްވެ ތަކުރާރުކުރި… ޔޫ ކާންޓް ބްލޭމް މީ… ” ޝަމްހާ އޭނަގެ ދިފާއުގައި ބުނެލިއެވެ. އިތުރަށް އޭނައަށް ބުނެވޭނެ އެއްޗެެއް ނެތުމާއެކު އަލޫފް އެތަނުން ދިއުމަށް ހިނގައިގަތެވެ. އަލޫފް ދިއުމާއެކު ޝަމްހާވެސް އިތުރަށް މަޑުކުރުމެއްނެތި އަވަހަށް އީލާފްއަށް މެސެޖުކޮށްލުމަށްފަހު އޭނަވެސް ގެއަށް ދިއުމަށް ހިނގައިގަތެވެ.
އަމިއްލަ ކޮޓަރީގައި އީލާފްގެ އިންތިޒާރުގައި ޝަމްހާ އިނެވެ. ” ޝަމޫ ކިހިނެއްވީ… އެހާ އަވަހަށް އަންނަން ބުނީ… ” ހާސްވެފައިހުރެ ކޮޓަރިއަށް އައިސް ވަން އީލާފް ބުނެލިއެވެ. ”އީލޫ… އަހަރެމެންގެ ޕްލޭން ސަކްސަސްފުލް… ޔޭ… ހެހެހެ… ” ފުޅާ ހިނިތުންވުމަކާއެކު އީލާފްގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ކުޑަކޮށް ފުމެލަމުން ޝަމްހާ ބުނެލިއެވެ. ” ވަޓް… ރިއަލީ… އާރް ޔޫ ޝުއާ… ” އީލާފް އުފާވެފައި ހުރެ ބުނެލިއެވެ. ” އާއެކޭ… އީލޫ އަދި ރެޑިއެއް ނުވަމޭ ބުނީމަ އަހަރެން ފޫހިވެގެން ބީޗަށް ދިޔައީ… ދެން އަލޫފްވެސް ބީޗުން ދިމާވެގެން އޭނަ ފަހަތު އަޅުވާލީ… ދެމީހުން ދަނިކޮށް މަށަށް މިންހާމެން ފެނުނީމަ ވަގުތުން އަހަރެން މޮޅު ޕްލޭންއެއް ހަދާ އެއާ އެއްގޮތަށް ކަންތައް ކުރީ ސަކްސަސްފުލްވޭތޯ… ލަކިލީ ޕްލޭން ސަކްސަސްވެެއްޖެ… ހެހެހެ… ” ޝަމްހާ އެހެން ބުނެ އިތުރަށްވެސް ކަންތައް ވީގޮތް އީލާފްއަށް ތަފްސީލުކޮށްދިނެވެ. ” މިވަގުތު އަދި އަލޫފް އަހަރެންދެކެ ހިތްހަމަނުޖެހިފަ ހުއްޓަސް ފަހުން ރަނގަޅުވާނެ އަދި… ” ޝަމްހާ އެހެން ބުނެލުމުން އީލާފް ހޫމް ލައްވާލިއެވެ. އެމީހުން ބޭނުންވި ގޮތަށް ކަންތައްވުމުން ދެމީހުންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.
އަޝްރާ އިއާން އަދި ނާއިލްގެ އެތައް ނަސޭހަތަކަށްފަހު މިންހާ ކުޑަކޮށް ހަމައެޅުނެވެ. އޭރު ދެލޯ ވަނީ ރޮއެރޮއެ ދުޅަވެ ރަތްވެފައެވެ. އަޑުން އަޑުނަގައި ނުރުއި ނަމަވެސް މިންހާގެ ހިތް ދަނީ ރޮމުންނެވެ. އެހިތަށް ވަނީ ފުން އަސަރުތަކެއް ކުރުވާފައެވެ. ގޭތެރެއަށް ވަން މިންހާ ދިޔައީ ހިތާހިތުން ގޭގައި އެއްވެސް މީހަކު މިވަގުތު ނޫޅުމަށް އެދެމުންނެވެ. މިވަގުތު އޭނަ ހުރި ހާލަތު ގޭގެ މީހަކަށް ފެނިއްޖެނަމަ ސުވާލުތަކާއި ކުރިމަތިވާނެކަން މިންހާއަށް ޔަގީނެވެ. އެސުވާލުތަކަށް އޭނަ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ގޭތެރެއަށް ވަންއިރު ނަސީބުކަންދިމާކުރި ގޮތުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަވަސް އަވަހަށް މިންހާ ގޮސް ސިޑިން އަރަންފެށިއެވެ. ” މިންނު ދަރިފުޅާ… އާދޭ ސައިބޯން… ” ކާކޮޓަރީގައި އުޅެފައި ސިޓިންރޫމަށް އައިސް ވަން ނާހިދާގެ އަޑަށް ސިޑީގެ ހަރުފަތްތައް ގިރާގުރަމުންދިޔަ މިންހާ ހަރަކާތްތައް ހުއްޓުނެވެ. ” މިދަނީ މަންމާ ފާޚާނާއަށް ވަދެލާފަ… ” ޖަވާބުދީފާ އަވަސް އަވަހަށް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. މިންހާ އެބަ އަންނަމޭ ބުނުމުން ނާހިދާވެސް އެނބުރި ކާކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ގޮސް މިންހާ އަވަސް އަވަހަށް ޝޯލް ބާލާ މޫނު ދޮވެލައި ހަދައިގެން ފާޚާނާއިން ނިކުމެ އާދައިގެ ތިނެސްކަން ބުރުގަލެއް އަޅާއިގެން އަވަހަށް ސައިބޯން ތިރިއަށް ފޭބިއެވެ.
” ދަރިފުޅާ… ކިހިނެއްވެފަ ތިހުރީ ލޮލަށް… ހާދަ ރަތްވެފަޔޭ… ” މިންހާ އައިސް ކާކޮޓަރިއަށް ވަނުމާއެކު ކަންބޮޑުވެފައި ނާހިދާ މިންހާގެ ގާތަށް އައިސް ބުނެލިއެވެ. އެއާއެކު އެންމެންގެ ނަޒަރު މިންހާގެ ލޮލަށް ހުއްޓުނެވެ. ” މަންމާ އެއީ… ހިނގާލަން ގޮސް އުޅުން އިރު އެތިކޮޅެއް ލޮލަށް ދިޔައީ… ދެން ނެނގުނީ ވަރަށް އުނދަގުލުން… ދެން އަނެއްކާ ދެންމެ މޫނު ދޮންނަނިކޮށް ސައިބޯނި އެޅުނީ… އެހެންވެ ރަތްވެ ދޮޅަވެފަ އެހުރީ… ” މިންހާ އުނދަގުލުން ނަމަވެސް އޭނަގެ މަންމައަށް ދޮގު ހެދިއެވެ. ހަގީގަތް ހާމަކުރެވެން ނެތުމުން ދޮގު ހަދަން ޖެހުނީއެވެ. ” ދަރިފުޅާ ތަދުވޭތަ މިހާރުވެސް… ” އަޝްރާފްވެސް މިންހާއަށް ބަލައިލަމުން ސުވާލުކުރިއެވެ އެއާއެކު މިންހާ ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ސައިބޮއެގެން މިންހާ އަނެއްކާވެސް ގޮސް ވަނީ ކޮޓަރިއަށެވެ. އަލޫފްގެ ހަނދާންތަކުން ކިތަންމެ ދުރުވާން ބޭނުންވި ނަމަވެސް އެކަނިވާ ކޮންމެ ފަހަރަކު އެ ހަނދާންތަކުން އޭނާ ވަށާލައެވެ. އެ ހަނދާންތަކުން ހިތަށް ކުރަމުން ދިޔަ އަސަރަކުން ކޮންމެ ފަހަރަކުމެ އެރީތި ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ނުރޯން ބޭނުންވިޔަސް އެކަރުނަތަކެެއް އޭނައަކަށް ނުހުއްޓުނެވެ. އިޝާ ނަމާދު ވަގުތު ވަންދެންވެސް މިންހާ އިނީ އެޚިޔާލުތަކުގައެވެ. ނަމާދު ވަގުތު ވުމުން ނަމާދުކޮށްގެން މިންހާ ތިރިއަށް ފޭބީ ގޭގެ އެއްވެސް މީހަކަށް އޭނަގެ ދިރިއުޅުމުގައި ކަމެއް ހިނގިކަމުގެ ޝައްކުވިޔަ ނުދިނުމަށެވެ. ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވައިގެން މިންހާ ސިޓިންރޫމުގައި އާއިލާގެ މީހުންނާއެކު ވަގުތު ހޭދަކުރަމުން ދިޔައެވެ.
އަލޫފް ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ މިއަދު ކަންތައްވީ ގޮތުން ބޯ ހާސްވެފައި ހުރުމުންނެވެ. މިންހާ އާ ނާއިލް އަދި އިއާންގެ ވާހަކަތަކުން އަލޫފްއަށް އޭނައަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އިހުސާސްވިއެވެ. މިންހާ ފާޅުގައި އޭނައަށް ނުގުޅުމަށް ބުނެފަ އޮތުމުން އަލޫފްއަށް ގުޅާކަށްވެސް ނުކެރުނެވެ. މިންހާ އުޅޭނެ ހާލެއް ނޭނގޭތީ އޭނަގެ ހިތްވަނީ ނުތަނަސްވެފައެވެ. އެހެނަސް ކުރެވޭނެ ކަމެއް ނެތެވެ. އޭނަ އާއި މިންހާގެ ލޯބި ގުޅުން ނިމިގެން ދިޔައީ އޭނަ ކުރި ކުށެއްގެ ސަބަބުންނެވެ. ވެނިމިފައިވި ކަމެއް އިތުރަށް ބަދަލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟
ކިތަންމެ ކާހިތްނުވި ނަމަވެސް މަންމަ ކިޔާވަރުން މިންހާ ކުޑަ އެތިކޮޅެއް ކެއެވެ. ކައިގެން ކޮޓަރިއަށް ނުގޮސް ޓީވީ ބަލަން މަޑުކޮށްލީ އަލޫފްގެ ޚިޔާލުތަކުން ދުރުވުމުގެ ގޮތުންނެވެ. ދިހައެއް ޖަހަންދެން ޓީވީ ބަލަން އިނދެފައި ނިދިއައިސްފި ކަމުގައި ބުނެ މިންހާ އޭނަގެ ކޮޓަރިއަށް ނިދަން ދިޔައެވެ. ނިދި ނައި ނަމަވެސް މިންހާ އެއްޗެހި ބަދަލުކޮށްގެން އައިސް އެނދުގައި އޮށޯތެވެ. އެނދުގައި އޮށޯތުމާއެކު މިއަދު ހިނގާދިޔަ ހާދިސާ އޭނަގެ ލޯ ކުރިމަތީގައި ސިފަވެގެން ދިޔައެވެ. އެއާއެކު ދެލޮލަށް ކަރުނަތައް ޖަމާވީ އެއްވެސް އިޚްތިޔާރަކާނުލައެވެ. ކައިރީގައި އޮތް ދިގު ބާލީހުގައި ބައްދާލަމުން މިންހާ ދެލޯ މަރާލުމާއެކު ލޮލަށް ޖަމާވެފައިވި ކަރުނަތައް އޭނަގެ ދޮން ކޯތާފަތުގައި ބޮސްދިނެވެ. އަލޫފްގެ އެކި ޚިޔާލުތަކުން އޭނަގެ ސިކުނޑި ފުރެމުން ދިޔުމުގެ ސަބަބުން މިންހާއަށް މަޑުމަޑުން ގިސްލެވެން ފެށުނެވެ. އަލޫފްގެ ލޯބިވެތި ބަސްތަކާއި ކޮށްލާ ސަމާސާތަކުގެ އިތުރުން އަލޫފްވީ ވައުދާ އަހުދުތަކުގެ ހަނދާން އާވުމާއެކު މިންހާގެ ގިސްލުމުގެ އަޑު ބާރުވިއެވެ. އޭނަގެ ގިސްލުމުގެ އަޑު އެކޮޓަރީގެ ހަތަރު ފާރުން ބޭރުވެދާނެ ކަމުގެ ބިރަށްޓަކައި މިންހާ ބާލީހުގައި ކުރިއަށްވުރެ ބާރަށް ހިފަހައްޓާލަމުން ބާލީހުގެ ތެރޭގައި އޭނަގެ މޫނު ފޮރުވާލިއެވެ. ގަޑިން އެގާރަ ގަޑި ތިރީސް ވީއިރުވެސް މިންހާއަށް ނިދޭގޮތެއް ނުވިއެވެ. ނުނިދޭނޭކަން އިނގުމުން އެނދުން ތެދުވެ މިންހާ އޭނަގެ ކަރުނަތައް ފޮހެލާ ލައިގެން ހުރި ނިދާ ހެދުމުގެ މަތިން އާއްމުކޮށް ލައި އުޅޭ ކަހަލަ ކަޅު ކުލައިގެ އަބާޔާއެއް ލާ ތިނެސްކަން އާދައިގެ ބުރުގަލެއް އަޅާ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލިއެވެ. ކޮޓަރިން ނިކުންއިރު އެތަނުގައި ރަސްކަން ކުރަމުން ދަނީ ހަމަހިމޭންކަމެވެ. މަޑުމަޑުން ތިރިއަށް ފޭބިިއިރު ސިޓިން ރޫމުގައިވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެހެންކަމުން އެންމެންވެސް އެބައެއްގެ ކޮޓަރިއަކަށް ވަދެ ނިދީކަން މިންހާއަށް ޔަގީންވުމުން އޭނަގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.
32 Comments!
Comments are closed.
Salaam dear readers ???… Here is the next part ???… Hope all will like this part too n feel free to comment your views ???… What do you guys think minnu is going to do??? ???… Next part In Sha Allah on Thursday ???… Thankyou soooooo much dear readers ifoo ah thidhey support ah ❤️❤️❤️?????????…
Wow mi story v rythi maasha Allah kon irakun next part
Munni ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Next part In Sha Allah Wednesday ga ???… I will try my best to upload ???… V v v ufaavehje comment kohleema ???… Much loves from me ❤️❤️❤️?????????…
Mi part ah varah inthizaaru kurin…
Varah reethi mi part vess❤
Ifoo whn next part?
Mi story varah varah reethi..
Ily ifoo..
Ifoo ge komme story eh vess ehaa furihama❤
Minhaa nd iyaan gulhuvaba❤
Minhaa dheke hageegee loabi vanee iyaan….
Me first dho❤
Sajy ❤️❤️❤️… Thankyou soooooo much dear for the comment ❤️❤️❤️?????????… V v v ufaavehje comment kiyaalaafa ???… Let’s see couples ah vany kn kudhineh kann ???… Heheh… Next part In Sha Allah Wednesday ga… I will try my best to upload… Readers maa laskamah bunaathy avas kureveythr mi balany ???… Dear this time ur second ???… Much more loves from me ❤️❤️❤️?????????…
she will forgive aloof and will continue e relationship. thats what i think
Let’s see what happens ???… Thankyou for the compliment ❤️❤️❤️?????????… Much loves from me ❤️❤️❤️?????????…
Masha allah.. ???????????mi prt vx vrh reethi ingey..vrh asarugadha mi prt..kiyamun dhiya iru heevii kurimathy Emanzaru thah sifa vamun dhiyahn..??????????Wow..Minnu alhe dhn aan aa gulhuvaba..Thursday ga tha nxt prt..hehe???? ???????Last prt ah vx comment eh kohlin ingey ifoo..ekm neyge adhivx iny awaiting moderation ga kameh..Lol???????minnu is so sad dhw??????..alhe dhn ifoo minnu dhera nukohba..minnu aan aa gulhuvaaafa happy life eh hoadha dhyba ifoo..?????????????????????????????????Kyp up the gud wrk n LY u buddy..will miss u ngey????????????????????Please giv a luvly reply for this Comment..?????????❤❤????????????????????????
Beryl Stone ❤️❤️❤️… Ur soooooo sweet ???❤️❤️❤️… Thankyou soooooo much dear for the colourful Comment ???❤️❤️❤️??????… Ifoo v v v ufaavehje comment kiyaalaafa ???… Let’s see what happens dhw ???… Couples ah vany kn kudhineh kann vx ingeyne adhi ???… Kury part ga dear kuri comment vx ifoo innaanee approve kohlaafa reply vx kohfa ???… Next part In Sha Allah Wednesday ga… I will try my best to upload ???… Ur one of the best reader ey buneveynee ❤️❤️❤️?????????… Once again thankyou so much for the support n much more loves from me ❤️❤️❤️?????????…
Mee kureege ishu
I cant register
Vvvvvvvvv nice
Dear register kurivefa thi ineee ???… Thankyou soooooo much dear for the comment ❤️❤️❤️?????????…
Dear readers next part up kohleveynee Thursday ga ifoo kurin bunihenn ???… Because maadhama v important kameh onnaathy… I will be busy in it ???… Sorry to say this… Adhi ehdhuvahu inthizaaru kohlaa ingey readers ???… In Sha Allah Thursday morning ga story up kuraanan ???…
Mi part ah varah inthixaaru kurin ??thannkolheh Avahah next part up kohdhyba❤dhn aan nd minnu gulhuvaba plxx❤I don’t no what minnu is going to do?
QUEEN ❤️❤️❤️… Thankyou soooooo much dear for the support ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah on Thursday… Keep waiting ???… Hehe… Let’s see what she is going to do ???…
Story v reethi as always?? i think minnu e dhany aloof aa meet kuran hen. And i think its aloof plan to tell everything to minnu, e beach ga hingaa dhiya kanthah.. samhaa mennah ves neyngey gothah… and minnu will forgive aloof and start their relation all over again… ekam ehn nuvaane kamah unmeed kuran…??. Eyrun aan varah dheravaane..??. Kurinves bunihen naum beynun vany minnu aa aan gulhen..
anyways story hama nalla..??. Much love…❣?????????? ..
Naum ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje hiyaalu faalhu kohleema ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…
Wowwww varah reethi ingey masha Allah ??? I don’t think Minnu will forgive aloof and you don’t want her to do that anyway ??? I want her to stay with aan.. ????? curiously waiting for Thursday ❤️❤️❤️❤️❤️❤️❤️❤️❤️
Sis ❤️❤️❤️… Ur so sweet ❤️❤️❤️???… Thankyou soooooo much for the colourful Comment ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…
I think minha will forgive aloof but dhen rattehi nuvaane hen.. Minha deserves iyaan..
Rifoo ❤️❤️❤️… Thankyou soooooo much hiyaalu faalhu kohlaa comment kohleema ❤️❤️❤️?????????… V v v ufaavehje ???… Much more loves from me ❤️❤️❤️?????????…
This story is amazing ? seriously ifoo hama varah kiyaahihvey kurin ifoo liyunu inthizaaruga huhnamey loabin e story vs fashaagen nimendhen kin. Inshallah mi story vs varah reethi. And very interesting. When I read this story hama image very each and every step. Woo woo mashallah wish you all the best ❤️ ifoo good wishes. Ifoo veenu story eh liyedhen
Sheryn ❤️❤️❤️… Thankyou soooooo much for the comment ❤️❤️❤️?????????… Sheryn ge comment kiyaalaafa ifoo v v v ufaavehje ???❤️❤️❤️… Bunaanane ithuru ehcheh vx neynge ???… Ifoo ge two stories vx reethi v ma v v hih hamajehihje ???… I’m soooooo happy ???… Hhehe… Story mihaaru vx liyefa mi up kohdhenynu readers ah ???… Much more loves from me ❤️❤️❤️?????????…
It’s amazing ??? Ifoo mi part vx v v v nice n touching ????????… Story kiyamun dhiya iru hyvany hama kuri mathin manzaru tha fennahen ?????????… najuvx hurt vehje adhi kbr dhw minnu ah vaane varu ehaavx furihama koh ifoo genasdhyfa hury ????????… I really appreciate your hard work dear ????????… n I think minnu eulheny aan ah gulhanhen maybe ashra ah vx gulhaafaane dhn nenge dhw v v v kiyaalaa hithun mihury next…. when is next dear ????????… ur a great writer ingey hama asluvx v v v v molhu ❤❤❤❤????… Much n more loves from naju ???????????????????????????❤❤❤????????????⭐⭐⭐☀☀☀
Naju ❤️❤️❤️… Thankyou soooooo much dear for the colourful long comment ❤️❤️❤️?????????… V v v ufaavey abadhuvx ifoo ah thihaa support dheythy ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…
Ifoo.. Ifoo haadha molheyyy??? Story hama vvvvvvvv nice???.. Keen to read the next parts.. Aan nd Minhaa avahah gulhuvahcheyy ingeyy??? Lotxx of lurrv and best wishes from me❤❤❤?
Maayu ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ????…. Much more loves from me ❤️❤️❤️?????????…
Yesss…❤❤????… Its finally here again..❤❤???? Speechless…!! Speechless…!!❤??
This part also v nice and intresting…❤❤????…Vrh reethi sifa kurun ingey????…Minnu ge sad scene thah v habeys????…E scene thah kiyaa iru hama v feel vey…How sad she was..????Ifoo vrh molhu ingey aslu vex…❤❤????…Please dnt make her sad…????…Alhe please aan aai minnu gulhuvaba ❤❤????…Surely aan will make her happy for ever…❤❤????…Cox he loves her a lot…❤❤????…Aloof will repeat the same thing again i think..????….Hopefully minnu will get some one who loves her more than aloof…❤❤????….Keep it up your good work dear ifoo…❤❤????…Waitting for next part….❤❤????…Will support you like this…❤❤????…I am with you always dear…❤❤????
THE BEST STORY
THE BEST WRITTER
❤❤❤❤????
@Ikleel❤️❤️❤️… Thankyou soooooo much for the support ❤️❤️❤️?????????… V v v ufaavey ehaa supportive reader eh libunyma ???… It really means a lot ???… Let’s see what happens ???… Thankyou once again… Much loves from me ❤️❤️❤️?????????…
love the story lots
love u more ifoo for bringing this cute story
want to see more from u
may allah bless you with a bright future n masha allah
ur soo good at writing stories
just hope u to meet u in future
i really like ur stories hihih
will miss the story….. ly
Unique ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Thanks a lot ?❤️❤️❤️????????… Hope to meet u too dear ???… Hehe… Much more loves from me ❤️❤️❤️?????????…
Reeethi
Jooooo❤️❤️❤️… Thankyou so much dear ❤️❤️❤️?????????…