އެއީ ހޮނިހިރު ދުވަހެކެވެ. އަާދައިގެ ދުވަހެކެވެ. އިސްކޫލު ބަންދު ދުވަހެއްކަމުން ފިހާރަކޮށްލުމަށް ބޭރުތެރެއަށް ނުކުތީމެވެ. މަންމައާއެކު އެވެ. ‘ބަލަައިބަލަ މިހަރަ ރީތި ފޮތިގަނޑަކަށް. ވަރަށް ގުޅޭނެ ހިޝާ އަށް. ގަންނާނަންތަ?’ މަންމަ އެ ފޮތިގަނޑެއްގައި އަތްކާތަމުން އެހި އެވެ. ‘އާން. ގަންނާނަން.’ ތެދެކެވެ. އެއީ ރީތި, އަހަރުންނަށް ފިޓު ފޮއްޗެކެވެ. ވަސްދަމައިގެން ކަނޑައެޅޭނެ ކަމެއްނަމަ އެވެ. ދެތިން ކޮތަޅު ފުރައިގެން ގެ އަށް ވާޞިލުވެވިއްޖެ އެވެ. ދައްތަ ބޮޑުކޮޓަރިތެރޭ ޓީވީ ބެލުމުގަ އެވެ. އަހުރުމެން ވަދެވުމާ އެކު […]
ރާއިފާ:[ރާއީ]ރަޝީދާގެ ދަރި… ރާންގެ ލޯބިވެރިޔާ އުމުރުން 18އަހަރު… އެލީޝާގެ އެކުވެރިޔާ… ރާޝިިދު ރާއިފާގެ ބައްޕަ އެލީޝާ:{އެލީ} އާތިފާގެ ދަރި… އާނިޝްގެ ލޯބިވެރިޔާ…އުމުރުން 18 އަހަރު.. ރާއިފާގެ އެކުވެރިޔާާ..ބައްޕަ އަހުމަދު… އާނިޝް:[އާން] އަޒީމާގެ ދަރި….. އެލީޝާގެ ލޯބިވެރިޔާ….އުމުރުން 18….. ރާންގެެ އެކުވެރިޔާ ރާން:ރޯޝީންގެ ދަރި…. ރާއިފާގެ ލޯބިވެރިޔާ…. އުމުރުން 18 އަހަރު.. ސަމާ:ބަދޫރާގެ ދަރި… ދީންވެރި….. އަހްލާގް ރަނގަޅު…. 18އަހަރު…ނީޒާގެ އެކުވެރިޔާ… ނީޒަާ: ސަމާއާއި އެއް މިޒާޖެއް…. ނަޝީދާގެ ދަރި.. މައިޝް:ދީންވެރި ޔަތީމު ކުއްޖެއް ބަލަނީ ބޮޑުދައިތަ.. މިވާހަކަ […]
މިންހާގެ އެފެނިލުމާއެކު އެޒުވާނާގެ ހިތާއި ސިކުނޑި ހިޞާރުކޮށްފައި ވަނީ މިންހާގެ ތަސްވީރުތަކުންނެވެ. މިރޭގެ ނިދިވެސް ވަނީ އޭނަ އާ އެތައް ހާސް މޭލެެއް ދުރުގައެވެ. ލޯ މަރާލާއިރަށް ސިފަވަނީ މިންހާގެ ހިތްގައިމު ސޫރައެވެ. އެއިން ކޮންމެ ފަހަރަކު އެޒުވާނާގެ ތުންފަތަށް ހިނިތުންވުމެެއްވެރިވެއެވެ. އެގޮތުގައި އެތައް އިރަކު ހޭދަކުރުމަށްފަހު އެޒުވާނާ ގޮސް އެނދުގައި އޮށޯތީ އެރޭ ބާރަވެސް ޖެހިފަހުންނެވެ. މުޅިން އައު ދުވަހަކަށް އިރު އިރުއަރައިފިއެވެ. ސާފު ނޫއުޑުގައި ހުދު ކުލައިގެ ވިލާތައް ބައިބަޔަށް ދަތުރުކުރަމުންދެއެވެ. ހިތްގައިމު ވަރަކަށް […]
ރަންކަމާ….. އެކަނިވެރި ޙަޔާތުގާ މަށާ ދިމާވި ކުއްޖަކާ ވެވިއްޖެ ލޯބި ގަސްތަކާ ނުލާ މަ ހުއްޓަ މަސްތުގާ ހީތަކަށް މަ ހެއްލިފާ ލަދު އޮތީމަ ހިތްފުރާ ވީމެ މަންމަނެއް ފަދައިން ދުރުވެފާ މަ ބަސްތަކާ ވީމަ ކަން މިހެންވެފާ ކުރިމަތީގަ ވީ ތުރާ ހިއްސުތައް މަގޭ ބުނާ ނުވާނެޔޭ މަށަށް ގިރާ ދުވަސްތަކެއް އެތައް ހިނގާ ކުރިއެރުން މަށަށް ނުވާ ކުރި އެކީ ބެދެން ފަށާ ވެއްޖެ ގޮތް މަ ހުސްވެފާ […]
ރޭގަނޑުގެ އަނދިރިކަން ހިތްފަސޭހަ ކުރުވި އެވެ. މަގުމަތީ ހިނގަމުން ގެންދިޔައީ އެކުވެރިންނާ އެކު އެވެ. މަސްފެށެވުމާ އެކުހެން ފިހާރަތަކަށް ދުވުމުގައެވެ. މުސާރަ ލިބުމާއެކު ގެނުވާ ހަލަބޮލިކަމެއްގެ ތެރެއިންނެވެ. ވަންނަ ކޮންމެ ފިހާރައަކުން ކޮންމެވެސް އެއްޗެއް ގަނެވޭގޮތްވެ އެވެ. ތަކެތީގައި އަތްޖެހުމުން އެ ގެނުވާ ސިހުރަކީއެވެ. ނޫނީ އިޚުތިޔާރުކުރުމުގަައި އުފެދިފައިވި ނިކަމެތިކަމަކީ އެވެ. ‘އޭތް, މިކޫ, ކަލޭ އަދިވެސް މި ފިހާރާގަތަ? ނުނިކުމެވިގެން ތި އުޅެނީ ކީއްވެ?’ މީކާލްއާ އެކު ނުކުނތް ހަތަރު އެކުވެރިންގެ ތެރެއިން އެކަކު އަނބުރާ […]
“އޭ ތިގޭގަ ވެއްޖެ އާލްގެ ލެޕް.. އެ ގެންދިޔަގޮތަށް ބާއްވާފަ އެއިރު އައީ.. ތިގެއަށ ްގޮއްސަ އެހެން ވީމަ ދެވޭނީ..” އާހިލް ވެސް ހަނދާން ބައްޔެވެ. އަހަރެމެން ގެއަށް އެއްޗެއް ގެންގޮއްސިއްޔާ ދުވަހަކުވެސް ދެވަނަ ފަހަރު އޭއްޗެއް ބަލައި އަލުން ބަލުން ގެއަށް ނުގޮހެއް ނުވާނެއެވެ. އެއްޗެއް ގެންގޮސްފިނަމަ އޭތި އަނބުރާ ގެންދަން ހަނދާން ނައްތާލާނެއެވެ. “ހިނގާ..” އަހަރެންވެސް އޭނާ ގޮވައިގެން ދާން އެއްބަސްވީމެވެ. ގޭގެ ދޮރު އަހަރެން ހުޅުވާލީ ނިކަން މަޑޫމަޑުންނެވެ. އަހަރެމެން އެތެރެއަށް ވަތް […]
އާޅެން ތިމާގެ މޮޅުކަން ތިމާއަށް ފެނުމީ ގެއްލުންހުރި ކަމެކެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ކުރިއަށް ދިއުމުގެ މަގުގައި ސިއްކަޖެހުނީއެވެ. ބޭކާރުވެ ބޭޒާރުވުމުގެ ފުރުޞަތު ބޮޑުވީއެވެ. މަގުއޮޅުމާއި،މަގުގެއްލުން ކައިރިވީއެވެ. ރީތިނަމަށް ހިރަފުސްބުރަން ރުހެވުނީއެވެ. މީހުންގެ ޚިޔާލު އޮޔާދާ ކާއްޓަކަށްވުރެ ދެރައެވެ. މަޝްވަރާކުރަން ޖެހޭނެ ފަރާތެއް ނެތްފަދައެވެ. ފާޑުވިދާޅުވުމަކީ އާދަފުޅެކެވެ. އެކިމީހުންނަށް ލިބޭނީ އެކިހުނަރެވެ. ފަސްމީރުކުރި ރުކެއް ހުރެދާނެއެވެ. ނިޢުމަތްތަކަށް ޝުކުރުގެއަތް އުފުލާލާށެވެ. ޢިލްމަކީ ހުސްނުވާ ބޮޑު ޚަޒާނާއެކެވެ. ގުނިގުނިހެން ތަރިގިނަވާހެން ޢިލްމު ހޯދިވަރަކަށް އިތުރުވާނެއެވެ. އެންމެ ސުންޕާ ބައްޔަކީ […]
ހަތް އަހަރު ފަސް………. ކަޅު ކުލައިގެ ޓެކްސީ އައިސް މަޑުކޮށްލީ ފަސް ބުރިއަށް ނަގާފައިވި އިމާރާތެއްގެ ކުރިމައްޗަށެވެ. ޓެކްސީ މަޑުކޮށްލުމާއެކު އޭގައި އިން އަންހެން ކުއްޖާ ޓެކްސީގެ ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ޓެކްސީއިން ފޭބިއެވެ. އެކުއްޖާ ލައިފައިވަނީ ކަޅު ކުލައިގެ ގަޔަށް ދޫ ހެދުމެކެވެ. ހެދުމުގެ އަތުކުރިއަށް ހިމަ ރަބަރެއްލައްވާފައިރު ހެދުމުގެ ސީދަލަށް މެދުން ހުދު ކުލައިގެ ޖަވާހިރު ތަކެއްފަދަ އެއްޗެއް ހަރުކުރެވިފައިވުމުން ވަރަށް ރީތިކަމަށް ދައްކައެވެ. ބޮލުގެ އިސްތަށިގަނޑާއި މޭމަތި ރަނގަޅަށް ނިވާވާނޭހެން ކަޅު ކުލައިގެ […]
ޝާއިފްގެ މޫނުގައިވި އަސަރަކުން އަޝްރާގެ ހިތް ބިރުގަތެވެ. އޭނައަށް ހިންދިރުވާލަމުން މަޑުމަޑުން ޝާއިފްގެ ނަން ކިޔާލެވުނެވެ. ” ޝާއިފް… ޝާއިފް ތިހީކުރާ ކަހަލަ ކަ… ” ވާހަކަ ދައްކަން އުޅުނު އަޝްރާގެ ވާހަކަ ބުނެވުނީ އެހިސާބަށެވެ. ޝާއިފް ބަލައިލި ގޮތުން އަޝްރާއަށް އިތުރަށް އެންމެ ބަހެއްވެސް ބުނާކަށް ނުކެރުނެވެ. އަޝްރާއަށް ކުއްވެރިއެއް ފަދައިން އިސްޖަހާލެވުނެވެ. ” އަޝްރާއަށް ހީވަނީތަ މަމީ މޮޔައެއް ހެން… އަހަންނަށް އިނގެޔޭ ހުރިހާ އެއްޗެއްވެސް… އަހަރެން ސާފުކޮށް ބުނިންދޯ އަޝްރާ ގާތު ނާއިލްއާއެކު […]