ކިޔުންތެރިންގެ ސަމާލުކަމަށް… އަޅުގަނޑުގެ ބަލި ހާލަތު ހުރިގޮތުން އާދިއްތަ ދުވަހު ގެނެސްދޭން ބުނެފައިވާ އެޕިސޯޑު އެދުވަހު ނުގެނެސްދެވޭނެ ވާހަކަ ވަރަށް ހިތާމަޔާއެކު ފާހަގަކޮށްލަމެވެ. ނަމަވެސް އެ އެޕިސޯޑު އަނގާރަ ދުވަހު ގެނެސްދޭނަމެވެ. ހުރިހައި ކިޔުންތެރިންވެސް އަޅުގަނޑުގެ ވާހަކައަށް ދެއްވާ ސަޕޯޓަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. މުސްތަގުބަލުގައިވެސް ތިޔަ އެކުވެރިންގެ ފަރާތުން ސަޕޯޓު ލިބޭނެކަމަށް އުއްމީދުކުރަމެވެ.
” ހެލޯ… އައިމް ޒިޔަލް… މިހޮސްޕިޓަލަށް އަލަށް ޖޮއިން ކުރި ޑޮކްޓަރެއް… ޑޮކްޓަރ އަހުމަދު ޒިޔަލް ސައީދު… ” ޒިޔަލް އޭނަގެ ފިރިހެންވަންތަ ހިނިތުންވުން ހަދިޔާކުރަމުން މިންހާއަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ” މިންހާ… ޑޮކްޓަރ އައިޝަތު މިންހާ އަޝްރަފް… ކިހިނެއް އަހަރެންގެ ނަން އިނގުނީ… ކުރިން ނަން ބުނެވުނު ހަނދާނެއްނުވޭ… ” މިންހާ ޒިޔަލްގެ އަތުގައި ހިފާކަށް ނޫޅުނެވެ. އޭނާ ޒިޔަލްގެ މޫނަށް ބަލަހައްޓާއިގެން ހުރެ އެހެން ބުނެލިއެވެ. މިންހާ އޭނަގެ އަތުގައި ނުހިފުމުން ޒިޔަލް […]
ތާތުގެ މޫނަށް ބަލާލެވުނީ ދެލޯ ބޮޑު ކޮށްލަމުން ނެވެ. ދެންމެ ނިކުމެގެން އެ ދިޔައީ ހަމަ އަހަރެންގެ އަސްލު މަންމަ ހެއްޔެވެ. އެކަމަކު އަހަރެންގެ އަސްލު މަންމަ ކައިރިއަށް އަހަރެން ގެނައީ ކާކު ހެއްޔެވެ. މި ފަދަ އެތައް ސުވާލެއް އަހަރެންގެ ހިތު ތެރޭގައި ބުރުޖަހަމުން ދިޔައެވެ. ކިތަންމެ އަނގައިން ބުނާ ހިތް ވިޔަސް އަހަރެންނަކަށް އެންމެ ލަފްޒެއް ވެސް ބޭރުކޮށެއް ނުލެވުނެވެ. އަހަރެންގެ ދުލުގައި މީހަކު ހިފަހައްޓާފައިވާ ފަދަ އެވެ. އަހަރެންނަށް ވަމުން ދިޔަ ގޮތުން ކައިރީގައި އިން ތާތު އިނީ ހައިރާންވެފަ އެވެ. އޭނާގެ މޫނުމަތިން ހާސްކަން ވެސް ފެނެއެވެ. ވަރަށް ބާރަށް ނިކުމެގެން ގޮސްފައި ދެން އައީ މަންމަ ގޮވައިގެން ނެވެ. އަހަރެންނަށް އެތެރެއަށް ވަތް މަންމަ ފެނުމާ އެކު އެނދުން ތެދުވެ އެ ދިމާލަށް ދުއްވައިގަތީ މެވެ. އަދި ވަރަށް ބާރަށް މަންމަގެ ގައިގައި ބައްދާލީ މެވެ. އެ ހިސާބުން އަހަރެން މި އޮއް ހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގެން ހިނގައްޖެ އެވެ. ތިއްކަކަށް ފަހު ތިއްކެކެވެ. އަޑުން އަޑުނަގާފައި ރޮވެން ފެށުނީ ހިތަށް ކުރި ފުން އަސަރުން ނެވެ. މަންމަވެސް އަހަރެންގެ ގައިގައި ބައްދާލުމަށްފަހު ރޯން ފެށި އެވެ. މަންޒަރުގެ ހިތްދަތިކަމުން ތޯއްޗެކެވެ. މަންޒަރު ބަލަން ދުރުގައި ހުރި ތާތު ވެސް ހުރީ ފެންކަޅިވެފަ އެވެ. މަޑު މަޑުން އަހަރެން ދުރުކޮށްލަމުން މަންމަ އެދުނީ އަރާމުކޮށްލަން ދިއުމަށެވެ. އަދި އަހަރެންގެ އަތުގައި ހިފަަހައްޓައިގެން ހުރެ ގެނެސް އެނދުގައި ބާއްވާލި އެވެ. މަންމަ އިށީނީ އަހަރެންގެ މަގަތުގައެވެ. އަދި މަޑު މަޑުން އަހަރެންގެ ބޮލުގައި އޯގާތެރި ކަމާއެކު ފިރުމަމުން ދިޔައެވެ. މަންމަގެ ފުރަތަމަ ބީހިލުމުން ވެސް އަހަރެންގެ ހިތަށް ލިބިދިނީ ހިތްހަމަ ޖެހުމެވެ. އިހްސާސް ކުރެވުނީ ރައްކާތެރި ކަމެވެ. މިއިން ދުވަހަކުވެސް އިހްސާސް ނުކުރެވޭ ވަރަށެވެ. މަންމަ އަހަރެންގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔަ ވަރަކަށް އަހަރެންގެ ބޮލަށް ބަރުވެގެން ގޮސް އަހަރެންނަށް ދުވަހަކުވެސް ނުނިދޭހާ އަރާމުކޮށް ނިދިއްޖެ އެވެ. * * * * * * * * * * * * * * * ” ޖާޒިމް… ކޮބާ…؟ ޖަޒްލީ ފެނުނު ތަ..؟ ” ދޮރުން ވަތް ޖާޒިމް ފެނުމާ އެކު ސިޓިންރޫމްގައި އިން ޝަޒިއްޔާ އަށް އަހާލެވުނީ ހާސްކަމާއެކު އެވެ. ޖާޒިމްއަށް ކަރު އެލުވާ ލެވުނީ ޖަޒްލީ އެއް ނުފެނުނޭ ބުނާނެހާ ހިތްވަރު އޭނާގެ ކިބައިގައި ނެތުމުން ނެވެ. ނަމަވެސް ޖާޒިމްގެ މި އަމަލުން ޝަޒިއްޔާއަށް އޭގެ މާނަ ނަގައި ގަނެވުނު ފަދައެވެ. ” ނޫން… ނޫން…” ދެން ފެނުނީ ޝަޒިއްޔާ ހޭނެތިގެން ވެއްޓުނު ތަނެވެ. ޖާޒިމް އަށް ދުއްވައިގަނެވުނީ ޝަޒިއްޔާ އާ ދިމާލަށެވެ. މިއީ ރޭއްސުރެންވެސް އޭނާގެ ހާލަތެވެ. * * * * * * * * * * * * * * – ރޭގައި… ޖާޒިމް އާއި ޝަޒިއްޔާ ކޮޓަރީގައި ތިބީ ޖަޒްލީގެ ޕާޓީ އޮތުމުން ނުނިކުންނާށެވެ. ދެ މީހުން ވާހަކަ ދައްކަން ތިއްބާ މީހަކު ދޮރުގައި ޓަކި ޖެހުމުން ގޮސް ދޮރުހުޅުވީ ޝަޒިއްޔާއެވެ. ” ދައްތާ… ޖަޒްލީ އެބަ އުޅޭތަ…؟ ” އަރީޝާ ވާހަކަ ދެއްކީ ކޮޓަރިތެރެއަށް ބޯ ދިއްކޮށްލަމުން ނެވެ. މޫނު މަތިން ހާސްކަން ފެންނަމުން ދިޔައެވެ. ” ޖަޒްލީ އޭ… ޖަޒްލީއެއް ނާދޭ މި ކޮޓަރިއަކަށް… ” ޝަޒިއްޔާއަށް ލިބުނު ހައިރާންކަމާއި އެކު ބުނެވުނެވެ. […]
ވަށައިގެންވީ މާ ގަސްތައް ފެނުމުން ހިތަށް ބިރުވެރިކަން އިހްސާސް ކުރެވެން ފެށީ ވަކި ވަރަކަށް ނޫނެވެ. ވަށައިގެން މުޅި ތަނަށް ނަޒަރު އުކެންފެށީ އަރީޝާ ކޮންމެސް ސަމާސާ އެއް ކުރަނީ އޭ ހިތަށް އެރުމުން ނެވެ. ފަސް ވަރަކަށް މިނެޓު އެތާ ހޭދަވި އިރުވެސް އަރީޝާގެ ހިލަމެއް ނުވިއެވެ. މަޑު މަޑުން އެތަނުން ނިކުތުމަށް ހިނގައިގަތް ވަގުތު އަހަރެންގެ ކަންފަތް ދޮށުގައި މީހަކު ވައި އަޑުން އަހަރެންނަށް ގޮވާލުމުން ފަސް އެނބުރި ބަލާލީމެވެ. މި ފަހަރު އެއީ ހީ އެއް ނޫނެވެ. އަހަރެންނަށް ހަމަ ޔަޤީނެވެ. އަހަރެންގެ ކަންފަތް ކައިރިން އެމީހެއްގެ ހޫނު ނޭވާ އިހްސާސް ކުރެވުނެވެ. ބަލާލި އިރު އެކަކުވެސް ފެންނަން ނެތުމުން ބިރުވެރިކަމާއި ވަސްވާހުން ފުރިފައިވި އަހަރެންގެ ހިތް ހީވީ ދެންމެ ދެންމެ މޭ ފަޅާފައި ނުކުމެ ދާނެ ހެންނެވެ. ދެ ފައިގައި ހުރި ބާރެއްލާފައި ދުއްވައިގަނެވުނީ ގެއާ ދިމާލަށެވެ. އެތަނުން ނުނިކުމެވެނީސް މީހަކު އަހަރެންގެ ފައިގައި ހިފާ ވައްޓާލިކަން އެނގުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ. އަހަރެންނަށް ހޭލެވުނު އިރު އަހަރެން އޮތީ އެނދެއްގައި އޮށޯވެ އެވެ. ވަށައިގެން މީހުން ހަރަކާތްތެރި ވަމުން ދިޔަ އިރު އަހަރެންގެ ކައިރީގައި ކޮޅަށް އަހަރެން ދުވަހަކުވެސް ނުދެކޭ މީހަކު ހުއްޓެވެ. މީހެކޭ ބުނުމަށް ވުރެ ރަނގަޅު ވާނީ ޒުވާން ކުއްޖެކޭ ބުނިއްޔާ އެވެ. ކޮންމެ އަކަސް އެއީ ވަރަށް ރީތި ކުއްޖެކެވެ. ފުރިހަމަ އިސްކޮޅަކާއި ހެޔޮ ވަރުގެ ހަށިގަނޑެއް ލިބިފައިވާ އެކުއްޖާ ގެ އުނަގަނޑާ ހަމައަށް ހުރި ފަން ރީތި އިސްތަށިގަނޑު ވައިގެ ހަމަލާތަކަށް ކެތްނުކުރެވިގެން ދެ ކޮޅަށް ވިހުރެމުން ދިޔައެވެ. ލައިގެން ހުރީ ފައި ތިލަ ފޮރުވޭ ވަރުގެ ދިގު ކަޅު ހެދުމެކެވެ. ބޮޑު ލޮލެއް ލިބިފައިވާ އެކުއްޖާގެ ކަޅި އިނީ ވިލު ނޫ ކުލައިގަ އެވެ. ގަދަ ފިޔާތޮށި ކުލައިގެ ތުނި ތުންފަތުން އޭނާ އަހަރެންނަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލި އެވެ. ” ހޭ… އަހަރެންގެ ނަމަކީ ތާތު… ލޯބިން ކިޔާ އުޅެނީ ތޫ… ޖަޒްލީ ބޭނުމިއްޔާ ޖަޒްލީވެސް އެހެން ކިޔަން ވީ… ” ތާތު އަމިއްލައަށް ތައާރަފް ވީ އިރު އަހަރެންނަށް އިނދެވުނީ މޫނުގައި ސުވާލު މާކެއް ޖަހައިގެން އޭނާ އާ ދިމާލަށް ބަލަހައްޓައިގެން ނެވެ. އެންމެ ކުޑަ މިނުން ހިނިތުންވެލަންވެސް އަހަރެން ހަނދާނެއް ނެތެވެ. ” ހޭ… ” އަހަރެންނަށް ހޭވެރި ކަމެއްވީ ތާތު އަހަރެންގެ މޫނުމަތީގައި އަތް ހޫރާލުމުން ނެވެ. ” އަމް… ކިހިނެއް އަހަރެންގެ ނަން އިނގުނީ… ” އެންމެ ފުރަތަމަ އަހަރެންގެ ހިތަށް އައި ސުވާލު ކޮށްލީމެވެ. އެއްޗެއް ތަޅައިގެން ދިޔަ ފަދަ އަޑެއް އިވުމުން އަހަރެން އެ ދިމާލަށް ބޯ އަނބުރާލީމެވެ. ތަބަކެއް ހިފަހައްޓައިގެން ހުރި އެމީހާ ހުރީ ތާތު އެކޭ އެއްފަދައިން ކަޅު ދިގު ހެދުމެއް ލައިގެން ނެވެ. ތަފާތަކީ އޭނާ ހުރީ މޫނު ބުރުގާ ފާޑު އެއްޗެއް އަޅައިގެން ނެވެ. ލޮލުން ފެށިގެން މަތި ފެންނަން އޮތް އިރު އިސްތަށިގަނޑު ވެސް އޮތީ ހާމައަށް ފެންނާށެވެ. އޭނާ ހުރީ އަހަރެންނާ ދިމާލަށް ބަލަން ހުއްޓުން އަރާފައެވެ. އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުއްޓެވެ. ނަމަވެސް އަހަރެން ބަލާލުމުން ނޫން ކަމަށް ހެދެމުން ތަޅައިގެން ގޮސްފައިވާ ބިއްލޫރިކޮޅު ތައް ނެގުމައިގެން މަޝްއޫލު ވެެެެއްޖެ އެވެ. ” ވިއަރޑް… ” އަހަރެންގެ ހިތަށް އެރި އެތި ދުލުން ބޭރުކޮށް ލެވުނުކަން ރޭކާލީ ތާތު އަހަރެންނާ ދިމާލަށް ދެ ލޯ ހަނިކޮށްލަމުން ބަލާލީމަ އެވެ. ދުލުން ބޭރު ކުރެވުނު ބަސް އަލުން އަނބުރާ ގެނެވޭނެ ނަމަ އޭ އެވަގުތު އަހަރެންގެ ހިތަށް އެރި އެވެ. ހިތަށް އައި އެއްޗަކުން އަނެއްކާވެސް މުޅިތަން ވަށާ ބަލާލެވުނީ މަންމަ އާއި ބައްޕަ ފެނިދާނެ ކަމުގެ އުއްމީދުގަ އެވެ. ނަމަވެސް އެވެގެން ދިޔައީ ހަމަ އެކަނި އުއްމީދަކަށެވެ. މަންމަ އާއި ބައްޕަ ނުފެނުނު ތަނުގައި އެތާ އަހަރެން ދަންނަ އެކަކުވެސް ނެތެވެ. އެހެން މީހުން އެމީހެއްގެ އަމިއްލަ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައެވެ. އެއްފަހަރުވެސް އެއިން މީހެއްގެ ކަޅި އަހަރެންނަށް އަމާޒު ނުވާތީވެސް އަހަރެންގެ ހިތުގައި ސުވާލު އުފެދިއްޖެ އެވެ. ނަމަވެސް އެ ސުވާލު ހިތުގައި ބާއްވާލީ ފަހުން އެނގިދާނެ ތާ އޭ ހިތަށް އަރުވާލަމުން ނެވެ. […]
” މިންހާ… ” ހިތްހަމަނުޖެހިފައިވި ވަރުން ރަނގަޅަށް މަގަށް ބެލުމެއްނެތި މަގު ހުރަސްކުރި މިންހާގެ ގައިގައި އެވަގުތު އައި ޕިކަޕުން ޖެހުމާއެކު އަލޫފްއަށް ބާރަށް މިންހާގެ ނަމުން ގޮވާލެވުނެވެ. އެވަގުތު އޭނަގެ ހިތުގެ ހިނގުންވެސް ހުއްޓުނުހެން ހީވިއެވެ. މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ އެންމެންގެ ނަޒަރުވެސް ދުރަށް ވިއްސައިގެން ގޮސްފައިވި މިންހާއަށް ހުއްޓުނެވެ. ” މިންހާ… ” މިންހާގެ ނަމުން ބާރަށް ގޮވާލަމުން އަލޫފްއަށް ސިހިފައި ތެދުވެވުނެވެ. އޭރު މުޅި މީހާ ވަނީ ދާހިތްލާާ ފޯވެފައެވެ. އަވަސް ނޭވާތަކެއް […]
ދެން ބައްޕަ ބުނެލި އެއްޗަކުން އަހަރެން ދިޔައީ އެއްލިގެން ނެވެ. ” އާނނ… އެދުވަސް މަތިން އަހަރެން ހަނދާން ނެތޭނީ ކިހިނެއް… އެއީ ޖަޒްލީގެ މަންމަ… އެކަން އަހަރެމެންނަކަށް ބަދަލެއް ނުކުރެވޭނެ… އޭނަވެސް ޖަޒްލީ ބޭނުންވޭ… އެކަމަކު އޭނަ ކިހިނެއް ޖަޒްލީ ގެންގުޅޭނީ… އޭނަގެ ބަނޑުން އުފަންވިޔަސް ޖަޒްލީ އަކީ އެ ނަސްލަށް ނިސްބަތްވާ ކުއްޖެއް ނޫން… އެ މީހުންނާއި އަހަރެމެން ހާސް ތަފާތު ވާނެ…” އަހަރެންނަށް ކަންފަތަށް އަޑު އިވުނު ބަސްތައް އެއީ ތެދު ތޯ އެތައް ފަހަރަކު ހިތާ ސުވާލު ކޮށްލެވުނެވެ. ދެލޯ މަރާ ބާރުކޮށް ލެވުނީ އެއީ ހުވަފެނަކަށް ވުމަށް އެދި ދުއާ ކުރެވޭ ހާލުގައެވެ. ނަމަވެސް ހަޤީޤަތެއް ބަދަލެއް ނުކުރެވޭނެ އެވެ. އަހަރެންގެ ކަންފަތް ދޮށުގައި ގުގުމަމުން ދިޔައީ ‘ އެއީ ޖަޒްލީގެ މަންމަ ‘ އޭ ބައްޕަ ބުނި އަޑެވެ. އަހަރެން ހަނދާން ހުންނަން ފެށީއްސުރެން ފެށިގެން މިއަދާ ހަމައަށް އަހަރެން ގެންގުޅުނީ އަހަރެންގެ އަސްލު މަންމަ ނޫން ކަން އެނގުމުން ހިތަށް ފުން އަސަރު ތަކެއް ކުރިއެވެ. ގަބު އަރާފައި ހުރެ ވުނީ ވާންވީ ކިހިނެއް ކަން ނޭނގިފައެވެ. އަހަރެންނަށް ހަމަ ބިމަށް ފޭބުނީ މަންމަމެން ކޮޓަރީގެ ތަންޑު ނައްޓުވާލި އަޑަށެވެ. ދެ ފައިގައި ހުރި ބާރެއްލާފައި ކޮޓަރި އާ ދިމާލަށް ދުއްވައިގަނެވުނީ ބައްޕަ އާއި މަންމަ އާ ދެމެދު ދެކެވުނު ވާހަކަ އަހަރެންނަށް އަޑު އިވުނު ކަން އަންގަން ބޭނުންނުވާތީ އެވެ. މޫނު ދޮވެލައިގެން ބެލްކަންޏަށް ނިކުމެލީ ނުތަނަވަސްކަން ވެރި ވެފައިވާ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބޭތޯ އެވެ. ހަށިގަނޑުގައި ބީހިލި މެންދަމުގެ ފިނި ރޯޅިތަކުން ހުރިހާ ލޯލިތައް ކޮޅަށް ޖެހުނު ފަދަ އިހްސާސެއް ކުރެވުނެވެ. ދެލޯ މަރާލާ ދެއަތް ދެއަތާ ހާކާލެވުނީ ހިތަށް ލިބުނު ހިތްހަމަ ޖެހުމަކުން ނެވެ. އަނެއްކާވެސް އަހަރެންގެ ސިކުނޑީގައި ކޮއްޓާލީ ދެންމެ އިވުނު ވާހަކަ ތަކެވެ. ފުން ނޭވާއެއް ދޫކޮށްލެވުނީ ހުރިހާ އުދާހަކުން ދުރުވެ ވޭތޯ އެވެ. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ މައްޗަށް ނަޒަރު ހިންގާލެވުނީ ހެއްދެވި ފަރާތުގެ ކުޅަދުންވަންތަ ކަން ހަނދުމަ ކުރާ ހާލުގައެވެ. ކަޅު ކުލައިގެ ސާލެއް ފަދަ އުޑުގައި ހަނދު ރަސްކަން ކުރަމުން ދިޔައިރު އޭގެ ދަރުބާރުގައި ތަރިތައް ފިޔަ ޖަހައި ނަށަމުން ދިޔަ މަންޒަރު ބަލާލަން ވަރަށް ހިތްގައިމެވެ. ބަލާ ފޫހި ނުވާނޭ ފަދަ ގުދުރަތުގެ ފުރިހަމަ މަންޒަރެކެވެ. އާ ދުވަހަކަށް އިރު ފެނުން ތޮޅެލީީ ކޮންމެ މީހެއްގެ ހަޔާތަށް ވެސް ސަފްހާ އެއް އިތުރުކޮށް ދެމުން ނެވެ. ރަސްމީ ދުވަހެއް ކަމުން މަގުތައް މަތި ފެންނަނީ ވަރަށް ހަލަބޮލި ކޮށެވެ. އަހަރެންވެސް ބައްޕަ އާއި އެކު ގެއިން ނުކުތީ ކާރުގައި ސްކޫލަށް ދިއުމަށެވެ. މިއީ އަހަރެންނަށް ވަރަށް މަދުން ނޫނީ ނުލިބޭ ފުރުސަތެއް ކަމުން އަހަރެން ބައްޕަ ހުރެއްޖިއްޔާ ބޮޑާ ހާކައިގެން ނަމަވެސް ސްކޫލަށް ދަނީ ބައްޕަ އާއި އެއް ކޮށެވެ. * * * * * * * * * * * * * * ” މަންޖެ ކޮންތާކަށް ދާން ތި ތައްޔާރު ވަނީ… ” ޝާލީން ނިކަ ގަހުގެ ތެރެއަށް ވަންނަމުން ވާހަކަ ދެއްކީ މިޔަ ތޫނު ކަނޑި އެއް ހިފަހައްޓައިގެން އެއަށް ބަލަހައްޓައިގެން ހުރި މީހާ އާ އެވެ. ނަމަވެސް އޭނާއަށް އެ ތަނަށް މީހަކު ވަތްކަންވެސް ނޭނގޭ ކަހަލަ އެވެ. ނޫނީ އޭނާ ހުރީ އެކަން އިނގޭ ވަރަށް ވުރެ މާ ފުން ޚިޔާލެއްގަ އެވެ. ދެން ފެނުނީ އޭނާގެ އަތުގެ ނުފުށުން ކޯތާފަތް މައްޗަށް ފޭބި ކަރުނަ ތައް ފުހެލި ތަނެވެ. ” އަހަރެން މިދަނީ އޭނަ ބަލާ ދާން… އެ މީހުންނަށް އަހަރެން ދިނީ ސާދަ އަހަރު… މިއަދަށް ސާދަ އަހަރު ވީ… އެކަމަކު އަހަރެން އަދި ބޭނުމެއް ނޫން އެއްވެސް […]
ނޭވާގައި ކުއްލި ބަރުކަމެއް ފެތުރުވި ގެންނުވި އެވެ. ކޮންފަދަ އިޝާރާތެއް ކަމެއް ނުދަނެ ހުއްޓެވެ. މަޑު ހިނގުމެއްގައި މަގުގެ މެދުން ހަރަކާތް ކުރެވެމުން ގެންދެވުނެވެ. އަތްދަބަސް އެއް ފަޅިއެއްގައި ލެގިފައެވެ. ބެލެވެމުން ދިޔައީ އުޑުމައްޗަށެވެ. ތަރި އެއް އަދި, ހަނދު ވެސް މެ ފައުޅެއް ނުކުރި އެވެ. ނަމަވެސް ހަނދުވަރީ ކަމެއް ވި އެވެ. ވަރުގަދަ ޙަސީންކަމެކެވެ. ދެ ފަރާތުގެ ފަތްބޯ ކުރު ގަސްތަކުން ހަށްޓަށް ތާޒާ ކަމެއް ފޯރުކޮށްދީ ހަންގަނޑުގަަައި ހީބިހި ނަންގުއްވާފަ އެވެ. ކަރަންޓެއް […]
އޮއްސެމުން ދިޔަ އިރުގެ ކުލަތަކުން މުޅި ޖައްވު ރަންގު ކުރަމުން ދިޔައެވެ. ކާޅާއި ކޮވެލީގެ އަޑު ހިނދެއް ހިނދަކަށް ދިޔައީ މަޑުވަމުންނެވެ. ހަމަ އެފަދައިން ރަށުގެ މަގުތައް މަތިން ހިނގާ ބިނގާވެ އުޅޭ މީހުންވެސް ގެއްލި ހުސް ވަމުން ދިޔައެވެ. ތާރު އެޅި އެ މަގުތަކުގެ ދެ ފަރާތުގައިވާ ފެހިކަން ގަދަ ގަސްތަކުން އެ ހަމަހިމޭން މާހައުލަށް ދިރުން ގެނެސްދީފައިވާ ފަދަ އެވެ. ކޮޓަރީގެ ލޯގަނޑު ކުރިމަތީ އަހަރެން ހުރީ ހައިރާން ވެފައި ލޯގަނޑުން ފެންނަމުން ދިޔަ އަހަރެންގެ ސޫރައަށް ބަލަހައްޓައިގެން ނެވެ. އަހަރެން ހައިރާން ވީ ލޯގަނޑުން ފެންނަ އަހަރެންގެ ސިފަ ފެނިފައެއް ނޫނެވެ. އެއީ ހަމަ އަހަރެންގެ ސިފަ އެވެ. އެއްވެސް ތަފާތެއް ނެތެވެ. ނަމަވެސް އަހަރެން ހައިރާން ވީ އަހަރެންގެ ބުރަކަށީގައި ދެ ފަރާތުގައި ކަޅުރަތް ކުލައިން ދެ އިންޗީގެ ދިގުމިނަށް ދެމިފައި އިން ރޮނގު ފެނިފައެވެ. ނޫނެކެވެ. އެއީ ރޮނގެއް ނޫނެވެ. ފާޑެއްގެ ލަފެކެވެ. ނަމަވެސް މިއިން ދުވަހަކު މި ލަފު އަހަރެންގެ ބުރަކަށީގައި އިން ތަނެއް ނުދެކެމެވެ. މަޑު މަޑުން އެ ތަނުގައި އަތް ހާކާލީ އެތަން ހިރުވާލުމުން ނެވެ. އެތަނުގައި އިނގިލި ކުރި ޖެހުމާއި އެކު ހީވީ ބުރަކަށީގައި ދިރޭ އެއްޗެއް ދުވެލި ހެންނެވެ. ކަރު ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައި ގަނެވުނީ އިހުސާސް ކުރެވުނު ދިލަ ތަދުން ނެވެ. ހުރި ތަނަށް ތިރިވެވުނީ އެ ތަދަށް ކެތް ކުރަން ދަތި ވުމުން ނެވެ. ” ދަރިފުޅާ! ދަރިފުޅާ! ޖަޒްލީ… ” ދޮރުގައި ތަޅައިގަތް އަޑާއި އެކު މަންމަގެ ކަންބޮޑުވުން އެކުލެވިފައިވާ އަޑުން އަހަރެންނަށް ގޮވާލި އަޑު އިވުމުން ދެ ލޯ މަރާ ތަގުޅި ކޮށްލަމުން ފުން ނޭވާއެއް ދޫކޮށްލީ އެ ތަދަށް ކުޑަ ނަމަވެސް ލުޔެއް ލިބޭތޯ އެވެ. ކުއްލިއަކަށް އެ ތަދު އެއްކޮށް ކެނޑިގެން ދިއުމުން ހައިރާންވި ނަމަވެސް މާ ބޮޑަށް އަޅައި ނުލާ އަހަރެން އަވަސްވެގަތީ ދޮރު ހުޅުވުމަށެވެ. ހެދުމުގެ ޒިބު އަޅުވާލުމަށްފަހު އިންތަނުން ތެދުވެ އަވަސް ހިނގުމެއްގައި ގޮސް ދޮރުހުޅުވާލުމާއި އެކު އެތެރެއަށް ދެމިގަތް މަންމަގެ މޫނުމަތިން ހާސްވެ ކަންބޮޑުވެފައިވާ ވަރު އިނގެ އެވެ. ” ދަރިފުޅާ! ކިހިނެއް ވީ… ހާދަ ބާރަކަށް ތި ހަޅޭއްލަވަނީ…” އަހަރެންގެ ކޮނޑުގައި ހިފަހައްޓައިލަމުން މަންމަ އެހުމާއި އެކު މޫނު މަތީގައިވި ނުތަނަވަސްކަން ފިލުވާލާ ހިނިތުން ވެލަމުން ޖަވާބު ދިނީމެވެ. ” އެ… ކުރަތްޕެއް ފެނުނީ…” ” ޕިސް… ޕިސް… އެ ވަރު ކަމަކާ ބިރުންތަ ހަވަރު އެއްވާ ވަރަށް ތި ހަޅޭއް ލަވަނީ… ކޮބައިތަ ތި ކުރަތްޕެއް…” ފަރާތް ފަރާތަށް ލޯ ހިންގަމުން މަންމަ ބުނެލީ ހިތްހަމަ ނުޖެހިފައި ހުރި ފާޑަ ކަށެވެ. ” އަޅެ ދެން…. އޭތި އޮތީ އަޅުގަނޑު ފާހަނަ އިން ނިކުތް އިރު ފައި ކައިރީގަ އޭ…. ދެން ބިރު ގަންނާނެ އެންނު…” އަހަރެން ބުނީ ސެލްޓެކްސް ފުޅި ހިފައިގެން ކުރަފި ހޯދަން އުޅުނު މަންމަ ކައިރިއަށް ދަމުން ނެވެ. ” ދެން އަވަހަށް ނަމާދު ކުރަން އުޅޭ… މިހާރު ބަންގި ގޮވައިފާނެ… އެ ކުރައްޕެއް ވެސް ނުފެނުނެއްނު… ” އެހެން ބުނެފައި މަންމަ ނިކުމެގެން ދިއުމުން އަހަރެން ވަނީ ފާހަނަ އަށް ވުޞޫ ކުރާށެވެ. އިޝާ ނަމާދު ކޮށްލައިގެން އަހަރެން ކޮޓަރިން ނިކުތް އިރު ގޭގެ ބޮޑު ސިޓިންރޫމްގައި ބެހެއްޓިފައިވާ ފުޅާ ތިން ސޯފާގެ ތެރެއިން ސޯފާ އެއްގައި އިށީންދެލައިގެން ކުރިމަތީގައި ހުރި ކުޑަ ބިއްލޫރި ވަށް މޭޒަށް ފައި ލައިގެން ފޯނެއްގައި އިންނެވި ބައްޕަ ފެނުމުން ތުންފަތް މައްޗަށް ވެރިވި ފުޅާ ހިނިތުންވުމުގައި އެ ދިމާލަށް މިސްރާބު ޖެހީމެވެ. ބައްޕައަކީ ރާއްޖެއަށް މަޝްހޫރު ‘ނައިޓިންގ ގޭލް ‘ ކުންފުނީގެ ވެރިޔާ ކަމުން އުޅެން ޖެހެނީ މާލޭގައެވެ. ނުވަތަ ރާއްޖެއިން ބޭރުގައެވެ. އެހެންކަމުން ގިނަ ފަހަރަށް ހަފްތާ އަކު އެއްފަހަރުވެސް ރަށަށް ނާދެވެ އެވެ. ” ބައްޕާ! […]
މިންހާގެ ރީތި ސޫރަ ފެނުމާއެކު އިއާންގެ ހިތުގައިވި ޖަޒުބާތުތައް އުތުރި އަރަން ފެށިއެވެ. އެހިތް އުފަލުން ނަށަންފެށިއެވެ. އެވަގުތުކޮޅަށް ނިމުމެއް ނާންނާނެ ނަމައޭ އިއާންގެ ހިތަށް އެރިއެވެ. އަބަދުވެސް އެހިތްގައިމު ސޫރައަށް ބަލަން ހުރެވޭނެ ނަމައޭ އިއާންގެ ހިތަށް އެރިއެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅެމުން ދިޔައިރު ދެހިތުގެ ތެޅުންވެސް ދިޔައީ އަވަސްވަމުންނެވެ. އެކަކު އަނެކަކާ ދުރުވާން ނެގިފާ ދެމީހުންވެސް ތިބީ ހުއްޓުންއަރާފައެވެ. ދެމީހުންގެ ލޮލާއި ލޯ ބައްދަލުވެފައިވުމުން އެކަކަށްވެސް ނަޒަރު ވަކިކޮށެއްނުލެވުނެވެ. ހީވަނީ […]