Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެން

ނަފުސުގެ ޚިޔާނަތް

Allura Level 110 Stories
February 15, 2019 One Min Read
5 Comments

‍‍‍‍‍‍‍ރޭގަނޑުގެ އަނދިރިކަން ހިތްފަސޭހަ ކުރުވި އެވެ. މަގުމަތީ ހިނގަމުން ގެންދިޔައީ އެކުވެރިންނާ އެކު އެވެ. މަސްފެށެވުމާ އެކުހެން ފިހާރަތަކަށް ދުވުމުގައެވެ. މުސާރަ ލިބުމާއެކު ގެނުވާ ހަލަބޮލިކަމެއްގެ ތެރެއިންނެވެ. ވަންނަ ކޮންމެ ފިހާރައަކުން ކޮންމެވެސް އެއްޗެއް ގަނެވޭގޮތްވެ އެވެ. ތަކެތީގައި އަތްޖެހުމުން އެ ގެނުވާ ސިހުރަކީއެވެ. ނޫނީ އިޚުތިޔާރުކުރުމުގަައި އުފެދިފައިވި ނިކަމެތިކަމަކީ އެވެ.

‘އޭތް, މިކޫ, ކަލޭ އަދިވެސް މި ފިހާރާގަތަ? ނުނިކުމެވިގެން ތި އުޅެނީ ކީއްވެ?’ މީކާލްއާ އެކު ނުކުނތް ހަތަރު އެކުވެރިންގެ ތެރެއިން އެކަކު އަނބުރާ ފިހާރަތެރެއަށް ވަދެގަތުމަށް ފަހު އެހި އެވެ. ކެތްތެރިކަން ކުޑަވެފައިވި ހާލަތެއްގައެވެ. އެއިރު މީކާލްގެ ދެ ލޯ ބެނދެވިފައިވީ ހަރުފަތްތަކެއްގައި ޖަހާލެވިފައިވި ސެންޓު ހާލީގެ ތެރޭގައެވެ.

‘ކަމެއް ވެގެން އެބައުޅެންތަ. މި ސެންޓުތަކުގަ މާ މީރުވަސް ދުވާތީ.’ ސެންޓު ޓެސްޓަރު ފުޅިއަކުން ވަސްދަމަމުން މީކާލް ބުނެލި އެވެ. އެކުވެރިންގެ ލޯތައްވީ ފޫހިކަމެއްގެ ތެރޭގައެވެ. އެހެން ފިހާރައަކާ ދިމާ އަށް ދުއްވައިނުގަނެވިފައެވެ.

‘ކޮންކަމެއް ތީ ދެން. ހިނގާބަލަ ދާން,’ ފުސްކަމެއްގަައި ހުރެ އެކުވެރިޔަކު ދެބަސްވެގަތެވެ. ‘އަވަސް އަވަސް, ހިނގާ  ނުކުންނަމާ!’ މީކާލްގެ ކޮނޑުމަތީގައި އަތް ޖައްސާލުމަށްފަހު އެކުވެރިންތައް ނުކުތުމަށް ހިނގައިގަތެވެ. މީކާލް އަށް ހުރެވުނީ ދެ ފިކުރެއްގައެވެ. ނަޒަރު ސެންޓުފުޅިތަކުގައެވެ. ނަމަވެސް ފިކުރުތައް ނާޒުކުވެފަަައިވި ރޫހުގެ އަޅުދާހުގައެވެ.

މަންމަ ބުނީ ރަނގަޅަށެވެ. އޭނާ އަކީ ފިނޑި މީހެކެވެ. މަންމަގެ އަޑުތަކުގެ ދަށުގައި ފަންސަވީސް އަހަރެވެ. އަބަދުވެސް އޮންނަނީ އުނި ކަމެކެވެ. ފާޑުކިޔުމެވެ. ރަހައެއް ނެތުމެވެ. ދެނެނުގަނެވިފައިވީ މާހައުލުގެ އަސްބާބުތަކެވެ. އެބަޔެއްގެ އަމިއްލަ ނަފުސުތައް މަލަކޫތުންގެ ފެންވަރުން ބަލައިގަނެވިފަ އެވެ. ލިބިފައިވި މޮށުންތެރިކަމަކުންނެވެ. ކަންކަމުގައި ދިފާއުވެރިވެވުމެވެ. ސަބަބުތަކުގައި ހިފެހެއްޓެވުމެވެ. ރަހަތައް ފާހަގަ ކުރެވޭތީ އެވެ. ނަމަވެސް އެބަައިމީހުން ތަފާތުވީ ކީއްވެބާވައެވެ. މާހައުލުގަަަައި އުނިކަމެއް ނެތުމުުން ހެއްޔެވެ. ނޫނީ ޢައިބުތައް ބަލައިގަނެވުނީ އެވެ. ނޫނީ ނަފުސުތައް ބަދަލުވެގަތީ އެވެ. އަމިއްލަ ބާރުތަކުގަ އެވެ. ނަމަވެސް މަޒުހަބު ގުޅިފައި އޮތީ ތަރުބިއްޔަތާ އެވެ. އެ ގެއްލުނުނަމަ ނަފުސަށް ޚިޔާނަތްވެވުނީ އެވެ.

މީކާލް އަށް ވެސް ބަދަލުވެގަނެވުނެވެ. އަމިއްލަ ބާރުވެރިކަމެއްގަ އެވެ. ހިއްސުތައްވީ ކޮޅަށްޖެހިވިފަ އެވެ. ހުރިތަނުގައި ހަރަކާތެއްނެތި ހުރެވުނެވެ. ދެ އަތް ހަށަންބަނދެލައިގެން ނަޒަރު އެއް ދިމާއެއްގައެވެ. އެކުވެރިން ވައިވެއްޖެ އެވެ. ފަސްދީ ބެހިއްޖެ އެވެ. ތެދެކެވެ. މިއީ ޠަބީޢަަތު ބަދަލުވެގަގުމުގެ ފެށުމެކެވެ. ނަމަވެސް ނޭނގިފަައިވި ކަމަކީ މަޒުހަބު ބަދަލުވެފައިވި ގޮތެވެ. ފަހަރުގައި އަދި އަޅާކިޔުން އަވަހެވެ. ކުޑަ މުހުލަތެއް ދޭށެވެ. މީކާލް އޭނާގެ ޢާައިލާގެ ތެރެއިންވާނެ އެވެ. ނޫނީ އެންމެ ކުޑަމިނުން, ދެއްކުންތެރިކަމެއްގައި އުޅެވިދާނެ އެވެ. މިއީ އޭނާގެ އަޞްލިއްޔަތެވެ. ދެއްކެވެމުންދިޔަ ޚިޔާނާތެވެ.

(ނިމުނީ)

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

މަންމާ [ފަހުބައި…]

Next

ލީން 1

Next
February 15, 2019

ލީން 1

Previews
February 15, 2019

މަންމާ [ފަހުބައި…]

5 Comments!

  1. Kitty says:
    February 15, 2019 at 11:24 pm

    Nice ingey ❤️❤️

    1. Allura says:
      February 16, 2019 at 7:23 am

      Thanks ?

  2. Kitty says:
    February 16, 2019 at 7:41 am

    Welcome ???

  3. kala123 says:
    February 16, 2019 at 10:00 pm

    Allura
    You have talent and a distinct voice! A breath of fresh air over a
    site deluged with love stories.Keep
    on writing!

    1. Allura says:
      February 16, 2019 at 10:28 pm

      Thanks so much, kala123. ?

Comments are closed.



All Right Reserved!