ވިންދޭ ލޯބި ތީ އެދޭ 27

- by - 61- February 11, 2019

ޝާއިފްގެ މޫނުގައިވި އަސަރަކުން އަޝްރާގެ ހިތް ބިރުގަތެވެ. އޭނައަށް ހިންދިރުވާލަމުން މަޑުމަޑުން ޝާއިފްގެ ނަން ކިޔާލެވުނެވެ. ” ޝާއިފް… ޝާއިފް ތިހީކުރާ ކަހަލަ ކަ… ” ވާހަކަ ދައްކަން އުޅުނު އަޝްރާގެ ވާހަކަ ބުނެވުނީ އެހިސާބަށެވެ. ޝާއިފް ބަލައިލި ގޮތުން އަޝްރާއަށް އިތުރަށް އެންމެ ބަހެއްވެސް ބުނާކަށް ނުކެރުނެވެ. އަޝްރާއަށް ކުއްވެރިއެއް ފަދައިން އިސްޖަހާލެވުނެވެ. ” އަޝްރާއަށް ހީވަނީތަ މަމީ މޮޔައެއް ހެން… އަހަންނަށް އިނގެޔޭ ހުރިހާ އެއްޗެއްވެސް… އަހަރެން ސާފުކޮށް ބުނިންދޯ އަޝްރާ ގާތު ނާއިލްއާއެކު ނޫޅޭށޭ… އަހަރެން ހިތްހަމައެއްނުޖެހެޔޭ ނާއިލްއާއެކު އަޝްރާ އުޅޭކަށް… ރީތިކޮށް އެހެން ބުނީމަވެސް އަހަރެން ބުނި ގޮތަކަށް އަޝްރާއަކަށް ކަންތަކެއް ނުކުރެވުނެއްނު… އަހަންނަށް ސިއްރުން ގޭ އެތެރޭގައިވެސް ނާއިލްއާއެކު ސަކަރާތްޖަހާ ވަގުތު ހޭދަކުރަމެއްނު… އަހަރެން ދެކުނީމޭ އިއްޔެވެސް އެކަކު އަނެކަކު ގަޔަށް ފެން ޖަހާ ސަކަރާތް ޖަހަމުންދިޔަ މަންޒަރު… ” ހިތްހަމަނުޖެހިފައި ހުރެ ޝާއިފް އަޝްރާ އާ ދިމާލަށް ހަޅޭއްލަވައިގަތެވެ. ވަގުތުން އަޝްރާގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. އެމަންޒަރު ފެނި ނާއިލްގެ ދެއަތް މުއްކެވިގެން ދިޔައެވެ. ” ޝާއިފް… ތިއަށްވުރެ ރީތިކޮށްވެސް ވާހަކަ ދެއްކިދާނެ ދޯ… ކުރިންވެސް ބުނިންދޯ އަހަރެމެން ދެމީހުން ދެމެދުގަ ޝާއިފް ތިހީކުރާ ކަހަލަ ގުޅުމެއް ނޯވެޔޭ… ގަބޫލު ނުކުރެވެނީތަ އަޝްރާ ބުނީމަވެސް… ” ނާއިލްއަށްވެސް ވާހަކަ ދެއްކުނީ ހިތްހަމަނުޖެހިފައި ހުރެއެވެ. ”ހަހަހަ… ތިދެމެދުގަ ގުޅުމެއް ނޯވެޔޭ… ކާކަށް ގަބޫލުކުރެވޭނީ… ދެމީހުން އެކަކު އަނެކަކުގެ ލޮލަށް ގެއްލިފަ ތިބެނީ އެއްވެސް ގުޅުމެއް ނޯންނާތީތަ… ދެމީހުން ހަތަރު ކަޅި ބައްދަލުވެއްޖިއްޔާ ފަށާއިގެންވާ މާހައުލުގައި ހިނގާ އެއްވެސް ކަމެއް ދެމީހުނަށް ނޭނގެނީ ކީއްވެތަ… ބުނެބަލަ… ނާއިލްގެ ހިތުގަ އަޝްރާއާމެދު އިހުސާސެއް ނުވާތީތަ އަބަދު އަޝްރާ ފަހަތުން ތިއުޅެނީ… ” އައި ރުޅީގައި މަލަމާތް ވައްތަރަކަށް ހިނިގަނޑެއް ޖަހާލަމުން ޝާއިފް ބުނެލިއެވެ. ”ނާއިލް… ސްޓޭ އަވޭ ފްރޮމް އިޓް… ޖަސްޓް ގޯ ފްރޮމް ހިއާ… އައި ވިލް ހޭންޑަލް… ” ނާއިލް އެއްޗެކޭ ބުނަން އުޅުނުތަނާ އަޝްރާ އެހެން ބުނެލިއެވެ. ” ނުދާނަން މިތަނަކުން… ” ނާއިލް ފާޅުގައި އިންކާރު ކުރިއެވެ.

” ނާއިލް އަހަރެން ބުނިފީމެއްނު ދާށޭ… ” ނުރުހުންވެފައި އަޝްރާ އެހެން ބުނެލުމުންވެސް ނާއިލް ހުރިތަނުން ގުޑުވާވެސް ނުލިއެވެ. ”ޝާއިފް… ތިހީކުރާ ކަހަލަ އެއްވެސް ގުޅުމެއްނެތޭ… އައި ޕްރޮމިސް ދެން ނާއިލްއާއެކު ޝާއިފްއަކަށް އަހަރެން ނުފެންނާނެ… ޕްލީޒް… އައިމް ސޮރީ… ރިއަލީ ސޮރީ… ” ކުރިއަށް ޖެހިލާ ޝާއިފްގެ އަތުގައި ހިފާލަމުން އަޝްރާ ބުނެލިއެވެ. ” އަޝްރާ ނުޖެހޭނެ ސޮރީއޭ ބުނާކަށް… ޝާއިފް މާފަށް އެދެންޖެހޭނީ… ” ނުރުހިފައި ނާއިލް ބުނެލިއެވެ. ” ނާއިލް… ދިސް އީޒް ނަން އޮފް ޔުއާ ބިޒްނަސް… ޖަސްޓް ގޯ އަވޭ ފްރޮމް ހިއާ… ” މިފަހަރުވެސް އަޝްރާ ނުރުހިފައި ވާހަކަ ދެއްކިއެވެ. ” ބުނެފީއްނު ނުދާނަމޭ… ” ހަމަ އެރާގުގައި ނާއިލްވެސް ބުނެލިއެވެ. ” ޝާއިފް އައިމް ސޮރީ… ” ދެވަނަ ފަހަރަށްވެސް އަޝްރާ ދެރަވެފައި ޝާއިފް ގާތު މާފަށް އެދުނެވެ. ” ދެން ކޮން ސޮރީއެއް… އަހަރެން ހިތްހަމަނުޖެހޭކަން އިނގިހުރެ އަޝްރާ ނާއިލްއާއެކު އުޅުނީނު… އައި ކާންޓް ޑޫ ދިސް އެނީ މޯރް… ދިސް އީޒް ޑަން… އިޓްސް އޯވާ… މިވަގުތުން ފެށިގެން އަހަރެމެން ދެމީހުންގެ ދެމެދުގަ އެއްވެސް ގުޅުމެއް ނޯންނާނެ… އަޝްރާ އަކީ އަހަރެންގެ ދިރިއުޅުމުގައި އެއްވެސް ގޮތަކުން މުހިއްމު ފަރާތެއް ނޫން… އިޓްސް އޯވާ… ” އަޝްރާގެ އަތް ފޮޅުވާލަމުން ޝާއިފް ބުނެލި ބަސްތަކާއެކު އެވަގުތަށް އަޝްރާގެ ހަރަކާތްތައް ހުއްޓުނެވެ. ދެލޯ ބޮޑުވެފައި ހުރިއިރު އަނެއްކާވެސް އެދެލޮލަށް ތާޒާ ކަރުނަތައް ޖަމާވާންފެށިއެވެ. އެހެން ހުރެ އޭނައަށް މަޑު ތުރުތުރެއް އެކުލެވިފައިވި އަޑަކުން މަޑުމަޑުން ޝާއިފްގެ ނަން ކިޔާލެވުނެވެ. ނާއިލްއަށްވެސް ހައިރާންވެފައި ޝާއިފްގެ މޫނަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. ” ޝާއިފް ނޫން… ޕްލީޒް ނޫން… ދެން ދުވަހަކުވެސް ނާއިލްއާއެކު ނޫޅޭނަން… ޕްލީޒް… ނާއިލްއާ ދެމެދު މިއޮތް އެކުވެރިކަންވެސް ކަނޑާލާނަން… ޕްލީޒް ޑޯންޓް ލީވް މީ… އައި ލަވް ޔޫ ސޯ މަޗް… ޝާއިފްއާ ނުލާ ނޫޅެވޭނެ…” ހިތަށް ކުރި ފުން އަސަރަކުން އަޝްރާއަށް ރޮވުނެވެ. ރޮމުން ރޮމުން އަޝްރާ ޝާއިފް ގާތު އޭނާ ދޫކޮށްފައި ނުދިޔުމަށް އާދޭސްކުރަން ފެށިއެވެ. ” ޝާއިފް… ލިސެން… ޔޫ އާ މިސްއަންޑަސްޓޭންޑިން ދަ ސިޓުއޭޝަން… އަހަރެމެން… އަހަރެމެން ދެމީހުން މިތަނަށް އައީ މިންހާ އާ އިއާން އާ ބެހޭގޮތުން ކަމަކާ މަޝްވަރާ ކޮށްލަން… ޔޫ ހޭވް ޓު ޓްރަސްޓް އަޝްރާ… ” އަޝްރާ ރޯވަރުން ނާއިލްއަށް އުނދަގޫވަމުން ދިޔުމުގެ ސަބަބުން އެންމެ ފަހުން ނާއިލްއަށް ވާހަކަ ދެކެވުނެވެ. ” މިސްއަންޑަސްޓޭންޑިންއަށް ވިޔަސް ހެޔޮ… އަހަރެން ދެން އިތުރަށް އަޝްރާ އާއެކު އުޅޭކަށް ބޭނުމެއްނޫން… ދެޓްސް މައި ފައިނަލް ޑިޒިޝަން… ” ރުޅިވެރިކަމާއެކު ޝާއިފް އެހެން ބުނެ އަޝްރާ ނާއިލް އާ ދިމާލަށް ކޮށްޕާލަމުން ފަހަތަަށް ބެލުމެއްނެތި އެމީހުނަށް ފަސްދީފައި ހިނގައިގަތެވެ.

ޝާއިފް ކޮށްޕާލުމުން ވެއްޓެންދިޔަ އަޝްރާ ނާއިލް ހުޝިޔާރުކަމާއެކު ހިފެހެއްޓިއެވެ. އަޝްރާ އޭނަގެ ގައިން ވަރުދޫވާ ކަހަލަ އިހުސާސެއް ކުރެވި މަޑުމަޑުން ވެލިގަނޑު މައްޗަށް ތިރިވެވުނެވެ. ނާއިލްވެސް ކަންބޮޑުވެފައި ނަޒަރަކުން އަޝްރާއަށް ބަލަމުން މަޑުމަޑުން އަޝްރާ އާއި އެއްވަރަށް އޭނަގެ ދެކޮނޑުގައި ހިފަހައްޓާއިގެން ހުރެ ތިރިވިއެވެ. ވެލިގަނޑު މައްޗަށް ތިރިވެވުމާއެކު އަޝްރާއަށް ގިސްލާފައި ރޯވެންފެށުނެވެ. ރޮމުން ދިޔަ އަޑު އިތުރު މީހަކަށް އިއްވަން ބޭނުން ނުވުމުން އޭނާ އިނީ އަނގަ މަތީގައި އެއްއަތް އަޅާ ބާރުކޮށްގެންނެވެ. ގިސްލެވެމުންދިޔަ ހާލު ހޯސްލާފައި އަޝްރާގެ ދެލޮލުން ކަރުނަތައް ފައިބަމުންދެއެވެ. އަޝްރާ ރޮމުންދިޔަ މަންޒަރު ފެނި މިފަހަރުވެސް ނާއިލްގެ ހިތަށް އުނދަގޫވިއެވެ. ” އަޝްރާ… އަޝްރާ… ލިސެން… ޑޯންޓް ކްރައި… އަޝްރާ ލިސެން… ” އަޝްރާގެ ކޮނޑުގައި ހިފަހައްޓާލައިގެން އިނދެ ނާއިލް ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އެހެނަސް އަޝްރާއަށް ނާއިލްގެ އަޑު ނީވޭ ފަދައެވެ. ”އަޝްރާ… ނުރޮއެ ހުއްޓާލަބަލަ… ކީއްވެތަ ޝާއިފްއަށްޓަކައި އެވަރަށް ތިރޮނީ… އެކަހަލަ މީހަކަށްޓަކައި ރުއިމުގެ އެއްވެސް ބޭނުމެއްނެތް… ކޮންމެ ފަހަރަކު އޭނައެއްނު މިސްއަންޑަސްޓޭންޑް ވަނީ… ޝާއިފް ޖެހޭނެއެއްނު އަޝްރާއަށް ޓްރަސްޓް ކުރަން… ޓްރަސްޓް ނުކުރުން އެއީ ޝާއިފްގެ މައްސަލައެއްނު… ” ނާއިލް ކިތަންމެ ވާހަކަތަކެެއް ދެއްކި ނަމަވެސް އަޝްރާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ” އަޝްރާ… ލިސެން ޓު… ” ތިންވަނަ ފަހަރަށް އެހެން އިނދެ ވާހަކަ ދައްކަން ފެށި ނާއިލްއަށް ސިހުންގެނުވީ އަޝްރާ އޭނާ ކޮށްޕާލުމުންނެވެ. ހައިރާންކަމާއެކު ނާއިލްއަށް އަޝްރާގެ ދެލޮލަށް ބަލައިލެވުނެވެ. އޭރު ކަރުނުން ފުރިފައިވި ދެލޮލުން ރުޅިވެރިކަމާއެކު ނާއިލްއަށް ބަލަހައްޓާއިގެން އަޝްރާ އިނެވެ.

” އަޝްރާ… ” ލިބުނު ހައިރާންކަމުގައި ނާއިލްއަށް އަޝްރާއަށް މަޑުމަޑުން ގޮވާލެވުނެވެ. އަޝްރާއަށް ގޮވާލުމުންވެސް އެއްޗެކޭ ނުބުނެ އެހެން ބަލަން އިނުމުން ނާއިލް އަޝްރާއާ ގާތަށް ޖެހިލަން އުޅުނެވެ. ” ނޯ.. ޑޯންޓް ޓަޗް މީ… ކައިރި ނުވާތި ނާއިލް… މިހުރިހާ ކަމެއްވެސް މިވީ ހަމަ ނާއިލްއާ ހެދި… ނާއިލްއަށް ކީއްވެތަ އަހަރެން އެވަރަށް ބުނީމަ ނުވިސްނުނީ… އަހަރެން ކިހާ މަސައްކަތެއް ކުރިން ނާއިލް އާ ދުރުން އުޅެން… އަހަރެން ވަރަށް ބެލިން ނާއިލް އާ ވާހަކަ ނުދައްކާވޭތޯ… ނާއިލް ފެންނަ ހިސާބަށްވެސް ނާދެވޭތޯ… އެކަމަކު ނާއިލް އަބަދުވެސް އަހަރެން ފަހަތުން އުޅެނީ… އަހަރެން ކުރިންވެސް ނާއިލް ގާތު ބުނީމެެއްނު… ޝާއިފް އަހަރެން ނާއިލްްއާ އެއްވެސް ގުޅުމެއް ބާއްވާކަން ބޭނުމެއްނުވެޔޭ… އަހަރެން އެވަރަށް ކިޔައިދިނީމަވެސް… ވާހަކަ ދައްކާކަށް ބޭނުމެެއް ނޫނޭ ބުނީމަވެސް ކީއްވެތަ ނާއިލް… އެދުހު އަހަރެން ބުނިގޮތަށް ކަންތައް ކުރި ޝާއިފް އަހަރެން ދޫކޮށެއްނުލީސް… ނާއިލް އަހަންނާ ކައިރިވާ ކޮންމެ ފަހަރަކުވެސް ޝާއިފް އާ އަހަންނާ ދެމެދު މައްސަލަ ޖެހޭ… ނާއިލްއަށް އަހަންނާ ދުރުގަ ހުރެވެސް ވާހަކަ ދެއްކި ދާނެއެއްނު… މިހުރީ ކަމެއްވެސް މިވީ ހަމަ ނާއިލްއާހެދި… ފުރަތަމަ މާހިލްބެމެންގެ ޕާޓީ އޮތް ރޭ… ދެން އެއްކަލަ ދުވަހު ޖެޓީ މަތީގަ… ނޫޑުލްސް ކެއްކިރޭވެސް… ދަތުރު ދިޔަ ދުވަހުވެސް… އިއްޔެވެސް… އަނެއްކާ މިއަދުވެސް… ހުރިހާ ކަމެއްވެސް ނާއިލް އާ ހެދި… މިއަދުވެސް ނާއިލް އައިސް އަހަރެން މޫނުގަ ފަންވަތުން ނުކޮށްޓިނަމަ… މިއިން އެއްވެސް ކަމެއްނުވީސް… ނާއިލް ކުރާ ސަމާސާތަކުގެ ސަބަބުން އަހަރެންނަށް އަބަދުވެސް ކޮންމެވެސް ދެރަ ގޮތެއް ވަނީ… ނާއިލް އާހެދި އަހަރެންގެ ލޯބި އަހަރެންގެ އަތުން ދޫވީ… ނާއިލްގެ ސަބަބުން ޝާއިފް އަހަރެން ދޫކޮށްލީ… ”  ނާއިލް އަޝްރާގެ އަތުގައި ހިފަހައްޓާލަން އުޅުމާއެކު ކުއްލި ހަތަކާތަކާއެކު ދުރަށް ޖެހިލާ ތެދުވަމުން ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ. އަޝްރާގެ އެ ވިސްނުމުގެ ސަބަބުން ނާއިލް ހައިރާންވިއެވެ. އަޝްރާ އެދެއްކި ވާހަކަތައް ގަބޫލުކުރަން އޭނައަށް ނުހަނު ދައްޗެވެ. ހުރިހާ ކަމެއްގެ ޒިންމާ އެއެޅުވީ އޭނަގެ ބޮލުގައެވެ.

” އަޝްރާ މޮޔަވީތަ… އަޝްރާ ތިބުނަނީ އަހަރެން ގަސްތުގައޭތަ އަޝްރާ އާ ޝާއިފްއާ ދެމެދު މައްސަލަ ޖައްސަނީ… އަޝްރާ އާ ކައިރިވުމަކަށް އެއްވެސް އިންޓްރެސްޓެއް ނެތް އަހަރެން… އަޝްރާ ދެރަވެފަ ހުންނާތީ އަޝްރާގެ މޫޑު ރަނގަޅު ކޮށްލަން އަހަރެން ސަމާސާކޮށްލަނީ… އަހަރެން ދެކެނީ އަޝްރާއަކީ އަހަރެންގެ ގާތް އެކުވެރިއެއްގެ ގޮތުގަ… އެކަމަކު އެހެނެއް ނުވިތާ… އަޝްރާ ކީއްވެތަ ޝާއިފްގެ މައްސަލަތައް ގަބޫލުނުކުރަނީ… ޝާއިފްގެ ވިސްނުމޭ ގޯހީ… އޭނަގެ މައްސަލައެއްވިޔަސް އޭނަ އަޝްރާ އާ ދިމާލަށޭ އެއްޗެހި ކިޔަނީ… އޭނަ ބުނިހާ ކަމެއް ކޮށްގެން ކީއްވެތަ އަޝްރާ އޭނައާއެކު ތިއުޅެނީ… ހީ ޑަޒަންޓް ނޯ ހައު ޓު ޓްރީޓް ނައިސްލީ… ” ވެލިގަނޑުން ތެދުވެ ނުރުހިފައި ނާއިލްވެސް ވާހަކަ ދެއްކިއެވެ. ” ނާއިލް އާ ބެހޭކަމެއްނޫން އެއީ… އަހަރެން އުޅޭނީ އަހަރެން ބޭނުން މީހަކާއެކު… ނާއިލް ނުޖެހޭނެ އަހަރެންގެ ޕާސަނަލް ޕްރޮބްލެމްސް ތެރެއަށް ވަންނާކަށް… ޔޫ ޑޯންޓް ހޭވް އެނީ ރައިޓް ޓު ޑޫ ދެޓް… އައި ޑޯންޓް ނީޑް ޔުއާ އެޑްވައިސް… ” އަޝްރާ ކުރިއަށްވުރެވެސް ރުޅި އައިސްފައި ބުނެލިއެވެ. ”ފައިން… އަޝްރާ އުޅޭނެ ގޮތަކަށް އުޅޭ… އަހަރެންވެސް އަޝްރާގެ ޕާސަނަލް ކަންކަމާ ބެހުމުގެ އެއްވެސް އިންޓްރެސްޓެެއް ނެތް… ” ނާއިލްވެސް ޖަވާބުދިނީ އެހާ ރުޅި އައިސްފައި ހުރެއެވެ. ދެމީހުންވެސް އެހެން ބުނެ އެކަކު އަނެކަކަށް ފުރަގަސްދީފާ ދާން ހިނގައިގަތެވެ.

ނަޝްފާއާއެކު އެގޭ ޖޯލިފަތީގައި ވާހަކަ ދައްކާލަން މިންހާ އިނެވެ. އެވަގުތު ދެމީހުނަށްވެސް ސިހުން ގެނުވީ ވަރަށް ބާރަށް ނާއިލް ގޭގެ ބޮޑު ދޮރު ހުޅުވާާލާ އެތެރެއަށްވަދެ އެބާރު މިނުގައި ދޮރު ޖެހުނުންނެވެ. ނަޝްފާ އާއި މިންހާ ދެތިން ފަހަރު ގޮވާލުމުންވެސް އެއްވެސް އެއްޗެއް ބުނުމެއްނެތި އަވަސް ހިނގުމެއްގައި ހިނގާފައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އޭރުވެސް ނާއިލްގެ މޫނު މަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ. ” ކިހިިނެއްވީބާ ތުއްތު އެހާ ރުޅި އައިއްސަ އެހުރީ… ” ނަޝްފާގެ މޫނަށް ބަލައިލަމުން މިންހާއަށް ބުނެވުނެވެ. ” ނޭނގެދޯ… ވެދާނެ އަޝޫ އާ ދެމީހުން ކަމަކާ ފައިޓް ކުރީ ކަމަށްވެސް… އެދެމީހުން އެއްތަންވެެޖިއްޔާ ގިނަފަހަރަށް ކޮންމެވެސް ދެބަސްވުމެއް ހިނގާނެ… ހެހެހެ… ” ލުއި ހުނުމަކާއެކު ނަޝްފާ އެހެން ބުނެލުމުން މިންހާވެސް ހެމުން ހެމުން އާއެކޭ ބުނެލިއެވެ. ” އަންނާނަން އަޅެ އަސްލު ކިހިނެއްވީތޯ ބަލާލާފަ… ” އެއްލޯ މަރާލަމުން ހިނިތުންވެފައި ހުރެ މިންހާ އެހެން ބުނުމާއެކު ނަޝްފާ ލުއި ހުނުމަކާއެކު ބޯ ޖަހާލިއެވެ. މިންހާ ގޮސް ނާއިލްގެ ކޮޓަރީގެ ދޮރުގައި ޓަކ ޖަހާލިއެވެ. ދެތިން ފަހަރު ޓަކި ޖަހާލުމަށްފަހު ގޮވާލުމާއެކު ނާއިލް އައިސް ދޮރު ހުޅުވިއެވެ. ދޮރު ހުޅުވާލުމަށްފަހު މިންހާއަށް އެއްވެސް ސަމާލުކަމެއް ނުދީ ނާއިލް ގޮސް ސޯފާގައި އިށީނެވެ. ”ތުއްތު… ކިހިނެއްވީ ހާދަ ރުޅި އައިއްސަ… އަޝޫ އާ ދެމީހުން އަނެއްކާވެސް ފައިޓް ކުރީތަ… ތުއްތުވެސް އަޝޫއާއެކު އުޅެއުޅެ އެހާ ރުޅިގަދަ ވަނީތަ މިހާރު… ހެހެހެ… ” މިންހާ ކަންތައް ވީގޮތް އޮޅުންފިލުވަން ބޭނުންވުމާއެކު ލުއި ހުނުމަކާއެކު ބުނެލިއެވެ. ” ނޭނގެ… އަޝްރާ އަކީ ނުވިސްނޭ ކުޑަކުއްޖެއްތަ ޝާއިފް އޭނައާމެދު ކަންތައް ކުރަނީ ގޯސްކޮށް ކަމެއް ނޭނގެން… މިންނު… ޝާއިފް އަޝްރާއަށް ހަދަނީ ބޭނުން ގޮތެއް…. އެކަމަކުވެސް އަޝްރާއަށް ހެޔޮ… އެހެން މީހަކު ބުނާ އެއްޗެއް ގަބޫލުކުރާކަށް ބޭނުމެއްނުވޭ… ކޮންކަހަލަ ކުއްޖެއްތަ އެއީ… ” ސޯފާގައި އިން ނާއިލްގެ ވާހަކަ ހުރީ މިންހާ ކުރި ސުވާލާ އެއްގޮތަކަށ ނޫނެވެ. ވަގުތުން މިންހާއަށް ކޮންމެވެސް ކަމެއްވެއްޖެ ކަމަށް ގަބޫލުކުރެވުނެވެ. ” ތުއްތު… ކިހިނެއްވީ… ” މިންހާ ނާއިލްގެ ގާތު އައިސް އިށީންނަމުން ސުވާލުކުރިއެވެ. ނާއިލް ތަފްސީލުކޮށް ވީގޮތް ކިޔައިދިނެވެ. ” ޝާއިފް ތީ ހާދަ ނުބައި މީހެކޭ… މިސްއަންޑަސްޓޭންޑިންއެއް އުފެދުނީމަ ރީތިކޮށް ކްލިއާ ކުރަންވާނެއެއްނު… އަޝޫ ކޮށްޕާލިއިރުވެސް އެއްވެސް އެއްޗެކޭ ހިތަށް ނާރައެއްނު… ދެން އެކަމަކު އަޝޫވެސް ތުއްތުއަށް އޭގެ ބްލޭމްކޮށްގެން ނުވާނެ… އެވަގުތު މާބޮޑަށް ދެރަވެފަ ހުރީމަ އެހެން ވާހަކަ ދެއްކުނީ ކަމަށް އެވާނީ… އަޝޫ އޯކޭވެލީމަ ތުއްތު އަލުން ވާހަކަ ދައްކަށްޗޭ… ދެން އަދި ބުނެލަން ބޭނުން… ތުއްތުމެން ކިތަންމެ މަސައްކަތެެއް ކުރިޔަސްވެސް ދެން އާން އަޅުގަނޑާ ދެމެދު އެފަދަ ގުޅުމެއް ނޯންނާނެ… ކުރިން އޮތް ރަހުމަތްތެރިކަމެެއްވެސް ނުބޭއްވޭނެ… އާން ފެނުނަސްވެސް އެވާހަކަތައް ހަނދާން ވަނީ… އައި ރިއަލީ ފީލް އަންކޮމްފޮޓަބަލް… އަޅުގަނޑު އަޝޫ ގާތަށް ދާންވެސް ބޭނުން… އެކަމަކު އާންގެ ކުރިމައްޗަށް އަރާހާ ހިތްވަރެއްނެތް… ބަޓް އަޝޫ ނީޑްސް މީ…” ކަންބޮޑުވެފައި ފަދައިން މިންހާ ވާހަކަ ދެއްކިއެވެ. ނާއިލް އެއްވެސް އެއްޗެކޭ ނުބުނެ ސޯފާގައި އިނެވެ. ” މިންނު… އަޝޫ އައިއްސި މިންނު ހޯދަން… ” ދޮރު ބޮޑަށް ހުޅުވާލުމަށްފަހު މައިޝާ އެހެން ބުނެލި އަޑަށް މިންހާ އަވަސް އަވަހަށް ބަލައިލިއެވެ. ” ކޮބާ އަޝޫ… ” މިންހާ ސުވާލުކުރިއެވެ. ” އެބައިން މިންނު ކޮޓަރީގަ… ދޮންބެދައްތަ ގާތު ބުނެދޭށޭ ބުނީމަ މިއައީ މިންނު ގާތު ބުނަން… ” މައިޝާގެ އެ ޖަވާބުން ނާއިލް އިތުރަށް ރުޅިގަދަވިއެވެ. އަޝްރާ އޭނަގެ ގެއަށްވެސް ވަންނަން ބޭނުންނުވަނީތާއޭ ނާއިލްގެ ހިތަށް އެރިއެވެ. މައިޝާ އެހެން ބުނެފައި ދިޔުމާއެކު މިންހާ ފަހުން އަންނާނަން ކަމުގައި ބުނެ މިންހާވެސް ކޮޓަރިން ނިކުތެވެ.

މިންހާ ގޮސް ކޮޓަރިއަށްވަދެ ދޮރު ޖެހިއެވެ. އެއަޑަށް ޝާއިފްގެ ޚިޔާލުތަކަށް ގެއްލިފައު އިން އަޝްރާ ސިހިފައި ތެދުވިއެވެ. އޭރު އަޝްރާގެ ދެލޮލުގައި ކަރުނަތައް ވިދަމުން ދިޔައެވެ. މިންހާ އަވަސް ހިނގުމެއްގައި އައިސް އޭނަގެ ކުރިމަތީގައި ހުއްޓުމާއެކު އަޝްރާ އޭނަގެ ގައިގައި ބައްދާލަމުން ރޯންފެށިއެވެ. ” މިންނު… މިންނު ޝާއިފް… ޝާއިފް… އަހަރެން… ” ރޮމުން ދިޔަ އަޝްރާ ވާހަކަ ދެއްކޭތޯ ވަރަށް މަސައްކަތްކުރިއެވެ. އެހެނަސް އެކަން ކާމިޔާބުވާ ގޮތެެއް ނުވިއެވެ. ”އަޝޫ… ޝޫޝް… ހުުއްޓާލާ… އައި ނޯ އެވްރިތިން… ތުއްތު ވީގޮތް ކިޔައިދީފި…” މިންހާ އެންމެ ފަހުން ބުނެލި ޖުމްލައާއެކު އަޝްރާ މިންހާ އާ ދުރުވެލިއެވެ. އަޝްރާ ހިތްހަމަނުޖެހިފައިިވި މޫނަކާއެކު މިންހާގެ މޫނަށް ބަލަހައްޓާއިގެން ހުއްޓެވެ. ” އަޝޫ… އާދެބަލަ މިތަނުގަ އިށީންނަން… ” އަޝްރާގެ އަތުގައި ހިފައިގެން އެނދާ ދިމާލަށް ހިނގައިގަންނަމުން މިންހާ ބުނެލިއެވެ. ” އޭރު އަޝްރާގެ ރުއިން ވަނީ ހުއްޓިފައެވެ. ” އަޝޫ… ލިސެން… މިކަމުގަ ތުއްތުއަށް ބްލޭމްއެއް ނުކުރެވޭނެ އެއްނު… ތުއްތު ފްރެންޑެެއްގެ ހައިސިއްޔަތުން އަޝޫއަށް ހެލްޕް ވަނީ އެއްނު… ތުއްތު އެއްގޮތަކަށްވެސް އަޝޫ އާ ޝާއިފް އާދެމެދު މައްސަލަ އުފައްދާކަށް ނޫޅެޔޭ… ކޮންމެ ފަހަރަކުވެސް ޝާއިފް ސިޓުއޭޝަން މިސްއަންޑަސްޓޫޑް ވަނީ… ” މިންހާ އަޝްރާގެ މޫނަށް ބަލަހައްޓާއިގެން އިނދެ ވާހަކަ ދެއްކިއެވެ. ”މިންނު… މިކަމުގަ ނާއިލްގެ ފޯލްޓް އެބެއް… އަހަރެން ނާއިލް ގާތު ކުރިންވެސް ބުނިން ޝާއިފް ނުރުހޭ ވާހަކަ… އެކަމަކު ނާއިލް ބުނި އޭނަ ހަމަ މިހާރުވެސް އުޅޭ ގޮތަށޭ އުޅޭނީ… އަހަރެން އޭނައާ ދުރުދުރުން އުޅުނީމަވެސް ނާއިލް ގަސްތުގައިވެސް ހަމަ އަހަންނަށް ޖެއްސުންކޮށް ހަދާ… ދެން އަހަރެންވެސް މިންނު ގާތު ދޮންބެ ދިފާއުކޮށްފަ ވަކި ވާހަކައެއް ނުދައްކަމެއްނު… ދޮންބެގެ އިހުސާސްތަކަށް ބަލާފަ އަހަރެންނަށްވެސް އެތައް ވާހަކައެެއް ދެއްކިދާނެދޯ… އަހަރެން ބޭނުމެެއްނޫން ނާއިލްގެ އެއްވެސް ވާހަކައެއް ދައްކާކަށް… ” އަޝްރާ އެހެން ބުނުމުން ހިނދުކޮޅަކަށް މިންހާއަށް އެއްވެސް އެއްޗެކޭ ނުބުނެ އިނދެވުނެވެ. އޭނައަށް ބުނާނެ އިތުރު އެއްޗެެއް ނޭނގުނީއެވެ. ހާލަތުގެ ގޮތުން އިތުރަށް އެއްޗެކޭ ބުނެވޭކަށްވެސް ނެތްތާއެވެ. ” އޯކޭ… ސޯ… އަޝޫ… އައި ނޯ އަޝޫ ދެރަވާނެކަން… އަހަރެންވެސް އަދިވެސް ތިކަން އިހުސާސަކުރަމުން މިދަނީ… އެކަމަކު ޔޫ ހޭވް ޓު ބީ ބްރޭވް… ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ބުނެއެއްނު… މިކަމުގެ ފަހަތުގަވެސް ޙިކުމަތެއް ވާނެކަން ޔަގީން… އަހަރެމެނަށް ތަފާތު އިމްތިހާންތަކާ ކުރިމަތިލާންޖެހޭނެ ދުނިޔޭގަ އުޅޭއިރު… އެއިން ކޮންމެ އިމްތިހާނަކާވެސް ވާނެ ކެތްތެރިކަމާއެކު ކުރިމަތިލާން… އަހަރެމެން ދެމީހުން އެކުގަ މަސައްކަތް ކުރާނީ… މިހާރަށްވުރެވެސް ބޮޑަށް ކިޔެވުމުގަ ހަރަކާތްތެރިވާނީ… އަޝޫ ބުނަމެއްނު އަހަރެމެންނާ މެދު އެތައް ބަޔަކު ފޮނި ހުވަފެންތަކެއް ދެކެއޭ… އެތައް އުއްމީދުތަކެެއް ކުރެއޭ… ޚުދު އަހަރެމެންވެސް އެތައް ކަމެއް ހާސިލްކުރަން ބޭނުންވެއެއްނު… އެހެންވީމަ އެ ހުވަފެންތައް ކާމިޔާބުކުރުމަށް އެހެން ހުރިހާ ކަމަކުން އެއްފަރާތްވެ ކިޔެވުމަށް ހުރިހާ ސަމާލުކަމެއް ދޭންވާނެ… ސޯ ވީ ވިލް ވޯކް ޓުގެދާ… އިނގޭ… އޭރުން އިންޝާ ﷲ ކާމިޔާބުވާނެ… ” އަޝްރާގެ އަތުގައި ހިފަހައްޓާލައިގެން އިނދެ މިންހާ ނަސޭހަތްދިނެވެ. އޭނައަށް އެންމެ ބޭނުންވި ވަގުުތު އަޝްރާ އޭނަގެ ގާތުގައި ހުރި ފަދައިން އޭނަވެސް އަޝްރާއާއެކު ވާން ބޭނުމެވެ. މިންހާގެ އެވާހަކަތައް ގަބޫލުކުރުމުގެ ގޮތުން އަޝްރާ ބޯ ޖަހާލިއެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަލޫފް އާއި ޝަމްހާގެ އިތުރުން އީލާފް ކުރިއަށްވުރެވެސް ބޮޑަށް މިންހާއަށް ޖެއްސުމަށް ކަންތައްތައް ކުރަމުން ދިޔައެވެ. އެހެނަސް އެއިން އެއްވެސް ކަމަކަށް ފަރުވާލެއްނެތި ހިތްވަރާއެކު މިންހާ ކިޔެވުމައިގެން ކުރިއަށް ދިޔައެވެ. އަޝްރާވެސް ޝާއިފްގެ ޚިޔާލުތަކުން ވީވަރަކުން ދުރުވެ ކިޔެވުމުގައި ކުރިއަށް ދިޔައެވެ. ދެކުދިން އެކުގައި ގުރޫޕު ސްޓަޑީޒް ހަދާ އެކަކު އަނެކަކަށް ނޭނގޭ އެއްޗެހި ބުނެދީ ހަދައެވެ. ވީހާވެސް ގިނައިން ކިޔެވުމުގައި ވަގުތުތައް ހޭދަކުރަމުން ދިޔައެވެ. މިންހާއަށް ނާއިލްގެ ފަރާތުން ނުހަނު އެހީތެރިކަން ލިބެމުން ދިޔައިރު އިއާން ދިޔައީ ވެވުނު މިންވަރަކުން އަޝްރާއަށް އެހީތެރިވަމުންނެވެ. ދެރަކަމަކީ އެހަތަރު ކުދިންގެ ކުރިން އޮންނަ ގާތް ރަހުމަތްތެރިކަން ނޯންނަ ކަމެވެ. އެދުވަހުގެ ދެބަސްވުމަށްފަހު ނާއިލް އާއި އަޝްރާއާ ދެމެދު ވަނީ ބޯ ފާރެއް ލެވިފައެވެ. އެކަކު އަނެކަކާ އަނގައިން ނުބުނާއިރު ބަލައިވެސް ނުލައެވެ. ނާއިލް އަޝްރާގެ ގެއަށް ގޮސް އުޅެނީވެސް ވަރަށް މަދުންނެވެ. ހަމައެފަދައިން އިއާން އާއި މިންހާއާ ދެމެދުވެސް އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެރެއަށްފަހު ދެމީހުންވެސް މަސައްކަތްކުރަނީ އެކަކު އަނެކަކުގެ ކުރިމައްޗަށް ނާރާވޭތޯއެވެ. އެންމެންވެސް ދިޔައީ ކިޔެވުމަށް ފުރިހަމަ ސަމާލުކަން ދެމުންނެވެ. އޭގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. އޯލެވެލްގެ ގަދަ ދެވަނައިގައި މިންހާ ހިމެނިގެން ދިޔައިރު އަޝްރާ ވަނީ ހަވަނައިގައި ހިމެނިފައެވެ. އަލޫފްމެންގެ ނަތީޖާ ދަށްވެފައިވީއިރު މިންހާމެން އެހާ ފުރިހަމަ ނަތީޖާއެއް ހޯދުމުން އެތިން މީހުންގެ މޫނުމަތި ވަނީ މިލާފައެވެ. އިއާން އާއި ނާއިލްވެސް ދިޔައީ ކިޔެވުމުގައި ރަން ވަނަތައް ހާސިިލްކުރަމުންނެވެ. މިންހާ އާއި އަޝްރާގެ އިތުރުން ނާއިލް އާއި އިއާންއަށް ގިނަބައެއްގެ ތައުރީފުތައް ލިބިގެން ދިޔައެވެ. ހަތަރު ކުދިންވެސް އެކުދިން ހޯދި ނަތީޖާއިން އާއިލާ އާއި ޓީޗަރުންނާއި ސުކޫލުގެ އިތުރުން މުޅި ރަށްވެސް ފަޚުރުވެރިވިއެވެ.

ހަތް އަހަރު ފަސް….

 

61

ifoo

I'm a girl who loves to read and write stories ❤️❤️❤️😊😊😊... I love to read comments too ❤️❤️❤️😊😊😊... Writing story is a hobby 😀😀😀... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️...

You may also like...

44 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Salaam dear readers ❤️❤️❤️… Here is the next part 😊😊😊… Avahah liyevunyma mi up kohly 😊😊😊… Hope all will like this part too n feel free to comment your views 😊😊😊… Next part In Sha Allah Thursday night ga 😊😊😊… If possible eahvure kurin vx up kohdheynan ❤️❤️❤️😊😊😊… Thankyou soooooo much dear readers ifoo ah thidhey support ah n love you all ❤️❤️❤️💜💜💜💐💐💐😊😊😊…

    ⚠Report!
  2. OMG.. nxt prt kiyaa hithun hureveny eh noon.. Hey ifoo vvvv avahah nxt prt up kohdhehchey… Mi prt vvvv reethi… gud luck👍👍👍

    ⚠Report!
    1. SCARLET ❤️❤️❤️… Thankyou soooooo much ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje 😊😊😊… I will try my best 😊😊😊… Much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  3. Aww what a surprise ifoo.. Vaahaka kiyaalaa hithun hutta up kohlly thii.. Mi part vx vvvvv reethi ingeyyy… Curiously waiting for the next part.. Lotts of luv and best wishes frm mee..

    ⚠Report!
    1. Maayu ❤️❤️❤️… Thankyou soooooo much dear for the sweet comment ❤️❤️❤️💜💜💜💐💐💐😊😊😊… Ifoo v v v ufaavehje 😊😊😊… Much more loves from me dear ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  4. Yess….!!! ❤❤😘😘💙💙..Hwx you dear ifoo??? Hope that you will be fine…❤❤😘😘💙💙….Its finally here again….❤❤😘😘💙💙….Wow…❤❤😘😘💙💙….Mi part vex vrh vrh vrh reethi….❤❤😘😘💙💙….And emotional too….💘💘😭😭💘💘….Vrh reethi sifa kurun thah genesdhyfa huri goiy….❤❤😘😘💙💙….Manzaru hama sifa vey loa kurimathin….❤❤😘😘💙💙….Basthah athuraalun vex vrh vrh reethi….❤❤😘😘💙💙….Alhe shaaif haadha goahey dhw….Kihineh vegen ulhey meeheh tha e ee…??? Kyve tha eyna ah nuvisneny….???? Finally studies ga minnu men win kury dhw aloof mennaa dhekolha…❤❤😘😘💙💙….Its good….❤❤😘😘💙💙…I think this is the turning point of the story….❤❤😘😘💙💙….E ulheny hurihaa kameh hamayakah elhen i guess…❤❤😘😘💙💙…Alhe aan and naail ah kihineh baa dhen vaany…??? Anekkaa minnu and ashko aa eku life start kurany baa…??? ❤❤😘😘💙💙…If it happenes the story will be nice ….❤❤😘😘💙💙….7 aharu fas dhw….Lets wait to know whatx happened to their life after 7 years….❤❤😘😘💙💙….Very excited dear….❤❤😘😘💙💙 ..Keep it up your good work dear ifoo…❤❤😘😘💙💙…Waiting for next part…❤❤😘😘💙💙…I will give my full support to you dear..❤❤😘😘💙💙
    THE BEST STORY
    THE BEST WRITTER
    ❤❤❤❤💙💙💙💙

    ⚠Report!
    1. Thankyou soooooo much @Ikleel for the colourful Comment ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje 😊😊😊… Let’s see what happens 😊😊😊…

      ⚠Report!
  5. Haadha reehchey mi part vx💐💐💕💕💕😍😍😛😛❤❤😇..vrh kiyaa hithun indhe kiyaalevuny😎😎💞💞💖💖😘😘😘..mi prt ga dhethin typing mistake ebain ngey 😊😊😊💙💙💙..hope u will correct..mi week ge Thursday ga tha aee😉😉😉😀😀😀..OMG🙏🙏🙏🙏😻😻😻🙈🙈..vrh ufaa vi site ah vadheli iru ifoo mi prt up kohla dhyfa inyma😝😝😘😘😆😆😇😇💕💕💕💚💚💚..Vrh lwbi vey ngey😗😗😗🎈🎈🎈🎀🎀🎀🎉🎉🎊🎊

    ⚠Report!
    1. My dear jiji ❤️❤️❤️… Thankyou soooooo much for the colourful Comment ❤️❤️❤️💜💜💜😊😊😊💐💐💐… As usual jiji ge comment v v loabi ❤️❤️❤️😊😊😊… Yahh… Thanks bunela dhinyma 😊😊😊… In Sha Allah next time I will be more careful 😊😊😊… If possible Thursday ah vure kurin vx up kohdheynan 😊😊😊… Much more loves from me dear ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  6. Ohh wow…😍😍.. shaaif haadha goahey dhw.. kamuge 2 kolhu belumeh nethi ashu aa break up v e..🙄🙄..
    7 aharu fas dhw… i think adhi miulheny story ge enme reethi hisaabah annan.. hurihaa kamehvess hunnaany varah badhalu vefa dhw , mibuny e 4 meehunge life ga.. lets see how their life have changed in 7 years
    . Im v v v curious to know that….😊😊
    Much love😘💘❤💓💕💖💗💙💚💛💜🖤💝💞💟❣💌

    ⚠Report!
    1. Naum ❤️❤️❤️… Thankyou soooooo much for the support ❤️❤️❤️😊😊😊💜💜💜💐💐💐… Ifoo v v v ufaavehje ingey 😊😊😊… Let’s see what happens dhw 😊😊😊… Heheh… Keep waiting for Thursday night 😊😊😊… Much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  7. Vvvvvvvvvvvvv ves reethi mi part vx👌👌……e 4 frnds medhuga kankan rangalhuvaane dhw…💙👍 7 months fahun kihinehbaa vaany …😌😌 excited to know about what will hpppn after 7 years… ☺☺upload it fast ifooo .. much love from me…💜💜💚💚 keep it up ifooo…

    ⚠Report!
    1. A..na❤️❤️❤️… Thankyou soooooo much dear ❤️❤️❤️💜💜💜💐💐💐😊😊😊.. It means a lot for me 😊😊😊… Let’s see what happens 😊😊😊… Keep waiting dear 😊😊😊… Much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  8. Oh again the besty….. oh my love ifooo so nice
    Vvvvv gina dhuvas vehje dhw comm…. nokohleveythaa sorry.. …….. for that

    ⚠Report!
    1. Hey…. Ishu ❤️❤️❤️… Hws u??? 😊😊😊… I’m soooooo happy to see ur comment after so many days 😊😊😊… Thankyou soooooo much ❤️❤️❤️💐💐💐💜💜💜😊😊😊… Hope to see ur comment more often 😊😊😊… Much more loves from me dear ❤️❤️❤️💐💐💐💜💜💜😊😊😊…

      ⚠Report!
  9. Wow ..next part when?? Can’t wait 😄🤣 plx make it fast..😊 because of you alhugadu vx vaahaka liyaa huh vehje hehe.. ekam mihaa eythi kon hiyeh nuvey liye veyne heneh masa.plx next part…

    ⚠Report!
    1. Thankyou soooooo much for the support ❤️❤️❤️💜💜💜💐💐💐😊😊😊… It means a lot 😊😊😊… Alhey v v v ufaavehje inspired v ma 😊😊😊… You also can do it In Sha Allah 😊😊😊… Try kohlabaa alhe… Ifoo ah vure maa reethi koh vx hama liyan ingidhaane 😊😊😊… All the best dear n much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
    1. Thankyou soooooo much ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje comment kohleema 😊😊😊… Keep waiting 😊😊😊… Much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  10. Alheyy… Haadha reachey Mi bai ves 💕😘😘😍😍💞❣️🌹💟ekamu aan men enmen gulhuvaba emeehun ehen ulhen hedyma v dheravey 😭😭😭💔💔can’t wait to read the next part😍😘😘💗💕💕💘💘

    ⚠Report!
    1. Mimmi ❤️❤️❤️… Thankyou soooooo
      much ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje 😊😊😊… Let’s see what happens 😊😊😊… Much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
    1. Airah ❤️❤️❤️… Thankyou soooooo much ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje 😊😊😊… Yahh… Aaan v v dheravaane 😊😊😊… Let’s see what happens 😊😊😊… Much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  11. Shaaif ekani eh noon mahsala aky..meega ashraa aa naail ge massala ves ebaulhey..gaai rahumaitherin ey kiyaafa kommehen maa gaai vaakah nujehey..🙁😤
    Vaahaka kuriah gendhaa goi varah reethi…😊😊😊

    ⚠Report!
    1. Thankyou soooooo much for the compliment ❤️❤️❤️💜💜💜💐💐💐😊😊😊… Yahh… Some how your right 😊😊😊… Friends viyas maa bodah close v ma ragalheh nuvaane dhw… 😊😊😊…

      ⚠Report!
  12. Ifoo mi part v v v rythi 😘😘😘💚💚💚🌹🌹🌹… omg 7yrs later ga I think v gina kanthahthah change vaane kan n I hope aan ah minnu libifa n naail ah ashra dheke loabi veveyne hen n plxxxx I can’t wait avahah up kohladheachey 😍😍😍💜💜💜🌼🌼🌼… I really appreciate your hard work 😊😊😊💙💙💙🌷🌷🌷… much n more loves from naju 💗💗💗💛💛💛❤❤❤💙💙💙💖💖💖💜💜💜💚💚💚💐💐💐🌸🌸🌸🌷🌷🌷🌻🌻🌻🌼🌼🌼🌹🌹🌹

    ⚠Report!
    1. Naju ❤️❤️❤️… Thankyou soooooo much for the support ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje 😊😊😊… Let’s see what happens 😊😊😊… Much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  13. Ma sha allah ❤ vaahaka v v reeth 🤩👍ekamu #ifoo # Thursday aee haadha dhuvahkey .. 💙 kiyanfashaathaa irukolhah nuvaane vaahaka nimay iru .. ❤❤ tgc

    ⚠Report!
    1. Ainth ❤️❤️❤️… Thankyou soooooo much ❤️❤️❤️💜💜💜💐💐💐😊😊😊… Ifoo job ga ulheythy aslu avahah nugenesdheveny… Two days thereyga parteh mi liyany… So hopefully Thursday ga next part😊😊😊… Much more loves from me 💜💜💜💐💐💐❤️❤️❤️😊😊😊…

      ⚠Report!
  14. ifoooooo…. im so sorry. varah miss vi story mathin.. schl feshunyma hurihaa ehchakaa dhuruvelaafa miadhu mi balaaly.. balaa li iru nukiyaa baivaru parts huryma avahah mi kiyaaly.. dhn minnu aa aan and naail aa ashoo aa gulhuvan vee nun.. ifoo and mi story mathin miss vi varah ingey.. and luv u ifoo..

    ⚠Report!
    1. Rifoo ❤️❤️❤️… I missed your comments ❤️❤️❤️😊😊😊… Thankyou soooooo much dear ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje comment kohleema 😊😊😊… It’s ok dear… Lahun viyas story kiyaaleema v v v ufaavehje 😊😊😊… It’s means a lot 😊😊😊… Let’s see what happens 😊😊😊… Hope to see ur comment more often 😊😊😊… Much loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  15. Hi ifoo dear ❤❤❤❤ Again long time dhw comment nukolla 😩 what to do.. I’m also going through what minnu has gone through now 😣😣😣😭😭 so can totally understand story ga minnu ge feelings genessa hunna goi.. Its been a really hard time but now okay kudakoh.. 😊😊❤❤❤ Just read the last 2 parts and i just love it dear 😍😍😍 Varah reethi koh story genessa hury as always 😚😚😘😘 Lots of love dear 😘😘 god bless you and missed your replies. 😄😘😘😘💖💖💖💐💐🌻🌻

    ⚠Report!
    1. Livy ❤️❤️❤️… Ohhh really??? 🙁🙁🙁… So sad 🙁🙁🙁… Even I have gone through that 🙁🙁🙁… I know how hard it is 🙁🙁🙁… Bt if we try we can come out of it 😊😊😊… So you have to try livy 😊😊😊… There is your family n friends for you 😊😊😊… You have to be happy for them 😊😊😊… You have your own life n your own dreams… Make sure that you fulfill that 😊😊😊… Keep your self busy in something so that you can avoid those thoughts that makes you feel weak 😊😊😊… Always think positive 😊😊😊… Remember that everything happens for our own good 😊😊😊… Be strong girl 😊😊😊… I know you can do this 😊😊😊… Thankyou soooooo much dear for the support n love ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje dhuvaskolheh fahun vx livy ge comment eh fenunyma 😊😊😊… Hope to see ur comment more often 😊😊😊… I missed your comments too dear 😊😊😊… Much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
    1. Nunnu ❤️❤️❤️… Thankyou soooooo much ❤️❤️❤️💜💜💜💐💐💐😊😊😊… Let’s see what happens 😊😊😊… Next part hopefully tonight 😊😊😊… Keep waiting 😊😊😊…

      ⚠Report!
  16. wow im curious to knw what will happen after 7 years alhey ifoo ur too good
    all the best for u
    may allah bless you miss yh loads

    ⚠Report!
    1. Unique ❤️❤️❤️… Ur so sweet dear ❤️❤️❤️😊😊😊… Thankyou soooooo much ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje regular koh unique ge comment fennaathy 😊😊😊… Once again thanks a lot unique n much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  17. hi sis hwos u????? mi part vvvvvvvvvv reethi maashaa allah… I love it a lot but vara kuru mi part ehn vey me vara sad anyways once agin I love it keep it up..byee love u more

    ⚠Report!
    1. Hiii nivvu ❤️❤️❤️… Alhamdhulillah I’m fine 😊😊😊… Hws u??? 😊😊😊… Thankyou soooooo much ❤️❤️❤️💜💜💜💐💐💐😊😊😊… Much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…. Bye bye 😊😊😊…

      ⚠Report!
  18. V reethi storyeh mi… Hurihaa parteh ehdhuvahun kiyaa mi nimmaaly.. Hama reethi kamun kiyaa hithun kiyaaly mi… N next lart kiyaa hithun keb madhuvefa. … . 😂😂😂😁😁😁

    ⚠Report!
    1. Saajy ❤️❤️❤️… Thankyou soooooo much 💜💜💜😊😊😊❤️❤️❤️💐💐💐… V v v ufaavehje new reader eh libunyma 😊😊😊.. Hope to see ur comment more often 😊😊😊… Next part hopefully tonight 😊😊😊… Keep waiting 😊😊😊…

      ⚠Report!

Leave a Reply

Your email address will not be published.