Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެން

ނަފުސީ އެދުން

Allura Level 110 Stories
February 20, 2019 3 Mins Read
8 Comments

‍‍‍‍‍‍‍‍‍‍‍‍އެއީ ހޮނިހިރު ދުވަހެކެވެ. އަާދައިގެ ދުވަހެކެވެ. އިސްކޫލު ބަންދު ދުވަހެއްކަމުން ފިހާރަކޮށްލުމަށް ބޭރުތެރެއަށް ނުކުތީމެވެ. މަންމައާއެކު އެވެ.

‘ބަލަައިބަލަ މިހަރަ ރީތި ފޮތިގަނޑަކަށް. ވަރަށް ގުޅޭނެ ހިޝާ އަށް. ގަންނާނަންތަ?’ މަންމަ އެ ފޮތިގަނޑެއްގައި އަތްކާތަމުން އެހި އެވެ.

‘އާން. ގަންނާނަން.’ ތެދެކެވެ. އެއީ ރީތި, އަހަރުންނަށް ފިޓު ފޮއްޗެކެވެ. ވަސްދަމައިގެން ކަނޑައެޅޭނެ ކަމެއްނަމަ އެވެ.

ދެތިން ކޮތަޅު ފުރައިގެން ގެ އަށް ވާޞިލުވެވިއްޖެ އެވެ. ދައްތަ ބޮޑުކޮޓަރިތެރޭ ޓީވީ ބެލުމުގަ އެވެ. އަހުރުމެން ވަދެވުމާ އެކު ދެ ލޯ ބޮޑުވެ ކޮތަޅުތަކުގައި އޮޅުލެވިއްޖެ އެވެ. ހިއްސުތައް އެ އަވަދިނެތި ކުރުވީ ކިހިނަކުން ހެއްޔެވެ.

‘ ހުމްމް.. އާޗާ, ކޮންފަދަ ފޮތިގަނޑެއްތަ މިއީ.. ހިޝާ އަށްތަ މިއީ.. ހަާދަ ފާޑޭ’ އެއީ 25 އަހަރުގެ ދައްތަގެ އަބަދުގެ މިޒާޖެވެ. ފާޑުވެރިކަމެވެ. ހަސަދަވެެރިވަނީ ބާވައެވެ.

‘އާން.. ނޭނގެ, ހިޝާ އަށް މާ ރީތިވެގެން އުޅޭތީ ގެނައި އެއްޗެއް.’ މަންމަ ވެސް ކޮތަޅުތައް ހޭވުމުގެ ތެރެއިން އިޖާބަދިނެވެ. އެ ހެދީ ދޮގެކެވެ. ނޫނެކެވެ. ހަމައެކަނި އަހުރެންނަށް ހެދިފައިވި ދޮގެވެ.

……..

‘މަންމާ, އަހަރެން މިދަނީ ރައްޓެހިންނާ އެކު ހިނގާލަން.’ ހެދުން ހެޔޮވަރު ކުރަމުން ނުކުނތް އިރު މަންމަ ކާގޭގަަަައި ހަވީރުގެ ކޮފީ އެއް ބުއިމުގައި އިން ވަގުތެއްގައި އަހާލެވުނެވެ.

‘ކީކޭ, ރައްޓެހިންނޭ. ކޮންއިރަކުތަ ރައްޓެހިން ހޯދީ.. ނޫނޭ, ތިއޮތީ ވާ ބައެއް ލިބިފަ. އަނދިރި ނުވަނީސް ގެއަށް އާދެވޭތޯ ބަލާތި.’ އަޑުގައިވީ ފޫހިވެރިކަމެކެވެ. ނޫނީ ނުރަނގަޅު ތަންވަޅަކީ އެވެ.

…………

ރޭގަނޑުގެ ހަައި މުއްތިކުރުމެވެ. ކައި ނިމުމާއެކުހެން މަންމަ ކާގެތެރެއަށް ވަދެގަނތްފި އެވެ. ފެންފޮދެއް ބުއިމަށެވެ. އަހުރެން މިސްރާބު ޖަހާފަައިވީ ކޮޓަރިއާ ދިމާއަށެވެ. މަންމަ އެނބުރި ބޮޑުކޮޓަރި އަށެވެ. މުނިފޫހިފިލުވުމެވެ.

‘ ހިޝާ! ކީއްވެތަ ކާކޮޓަރީގެ ބޮކި ނިވާނުލާ ތި އުޅެނީ. ބުނަންދޯ އަބަދުވެސް މީހަކު ނޫޅެންޏާ ބަދިގެތެރެ ނިވާލަންޗޭ. ‘ މަންމައެއްގެ ޝަކުވާ އެވެ. އަހުރެންގެ ކޮޓަރިތެރެ އަށް ބޯ ވައްދާލަމުންނެވެ.

އެއީ ފަސް މިނަޓު ފަހެވެ. މަންމަ ބޯކޮހީ ބާވައެވެ. އަހުރެން ނުކުނތްއިރު މަންމަ ކާގޭގަައި މައުޖޫދުވެ ހުއްޓެވެ. ނޫނެކެވެ. އަހަރެންގެ ހަނދާން ކޮށީ އެވެ. މީހަކު ހާޟިރުވެ ހުރެ ބޮކި ނިއްވާލިނަމަ އަޑެއް ނުކުތީސް ބާވައެވެ.

………….

މިހުރީ ހަޔާތުގެ ކޮންފަދަ އޮޅުންވެރިކަމެއް ހެއްޔެވެ? ފަހަކަށްއައިސް ޚިޔާލެއް ފަައުޅެއް ނުކުރެވުނެވެ. ފާޑުކިޔުމަކާ ނުލާ ‘އާން- ނޫން’ ބުނެވޭގޮތްވި އެވެ. ހަނުހުރުން ޠަބީޢީ ކަމަކަށްވެއްޖެ އެވެ. އަޑުއެހުންތަކުގައި ބަލައިގަތުމެއް ނެތުމެވެ. ނަޒަރުގައި މަޖުބޫރުވެރިކަމެކެވެ. ޚިޔާރާތުތަކުގައި ހަރުކަށިކަމެވެ.

……..

ތިން އަހަރު ވީއްލިއްޖެ އެވެ. ރަށުގައި ހުރެގެން ޑިޕްލޮމާ ފެންވަރަށް ކިޔެވުނެވެ. އައިޓީ(IT)ގެ ދާއިރާއިންނެވެ. ވަރުގެ ބަރުދާސްތުތަކެއް ކުރެވިއްޖެ އެވެ.

……….

‘އަހަރެން މިއުޅެނީ މާލެދާން, ބައެއް އިންޓަވިއޫސްތަކަށް, ވަޒީފާ އެއް ލިބޭތޯ.’ ބޯހަރުގޮތެއްގަައި އަހުރެން ބޭރުކުރީމެވެ. މަންމަމެން އަންތަރީސް ކުރުވައިފި އެވެ.

‘ ސުބްހާނަﷲ.. ކޮންއިރަކުތަ ހިޝާ ތިހާ އަވަހަށް ތި ބޮޑުވީ. ކިހިނެއް އުަުޅެންކަމަށްތަ ތި ހީކުރަނީ. ރަށުން ވެސް ވަޒީފާ ލިބޭނެ ކިޔަވައިގެން ހުރިއްޔާ. ކޮން ތެޅުމެއް ތެޅޭންތަ މާލެދާން ތިޔަ އުޅެނީ.. ނުދެވޭނެ ތިޔަހަކުންނެއް.’ މަންމަ ހުރީ ވަރަށް ގޮތުގަ އެވެ. އަހުރެންގެ އިހުސާސެއް ނެތެވެ. ވިސްނުންތެރިކަމެއް ނެތެވެ. ހުރިހާކަމެއް ދެނެހުންނަނީ މަންމައަށެވެ. އެހެނަސް މި އަދަކު ނޫނެވެ.

މިއަދު, މާޒީގެ ތެރެއިން އީޖާދުވެރިކަމެއް ގެނުވައިފި އެވެ. އާންމުންގެ ލޯތަކަށް ނުރަނގަޅު ސިފަތަކެކެވެ. ނަމަވެސް ހާލަތަށް ޒަރޫރީވެފައިވި ބައްޓަންވެރިކަމެކެވެ. މަންމަނެއްގެ ގޮތުގައި ހުންނަން ބޭނުންވި ނަމަ, މުޅި އުމަރު ދުވަހުވެސް އެ ގޮތުގައި އުޅެވުނީ ހެވެ. މަންމަގެ ތައްޕާހުގައެވެ. ނަފުސުގައި ދިރުމެއްނެތި އެވެ. ނަފުސު ދެނަގަތުވުމުން މަޙުރޫމުކުރެވި އެވެ. ވަށައިގެންވި މީހުންގެ މުހާޠަބުތަކުން ސިކުނޑިއަށް އަރާމެއް ނުލިބި އޮންނަ ތެޅުންތަކުގެ ކޮަށި މައިތިރި ކުރުވުމުގައެވެ.

‘ނޫން, މަންމާ. އަހަންނަށް ދެވޭނެ. މިހުރީ އަށާރަ އަހަރު ފުރިފައި. މިތަނުގަައި އުޅެން ފޫހިވެއްޖެ. ބޭނުންވަނީ ބަދަލެއް.’ ހަމަހިމޭންވެރިކަމެއަގަައި ފައުޅު ކުރެވުނެވެ. މަންމަގެ މޫނުމަތިން ރުޅިވެރިކަމެވެ.

‘ ބަދަލުވާންވީ ދޯ ހަމަ މިތާވެސް. ހީވާގި ކެރޭ މީހަކަށް ވެގެން އުޅެންވީތާ.’ އަބަދުގެ ވާހަކަތަކެވެ. ކަންނެތް ނުވުމަށެވެ. ފިނޑިކަން ކަނޑުވާ ކަންކަމާ ކުރިމަތި ލުމަށެވެ. އަޖާއިބެކެވެ. ހިޖުރައެއް ކުރަން އުޅުމީ ކުރިމަތިލުމެއް ނޫންހެއްޔެވެ. ހަގީގަތުތުގައި ވެސް އަހުރެންގެ ވިސްނުންތައް ފެނަށް ވެއްޖެ އެވެ. ތަޞައްވުރެއް ނުއުފެއްދުނެވެ. އިޚުތިޔާރުގައި ދެކޮޅުވެރިވުންތަކެވެ. މިސްރާބުގަައި ރެނދުތައްލެވި ދާންވީ ދިމާ ފައްސާލެވިފަ އެވެ. ބޯގޮއްވާކަށް އިތުރު ފުރުސަތެއް ދެވޭކަަށް ނެތެވެ.

‘އަހަރެން ބޭނުންވަނީ މާހައުލީ ބަދަލެއް. މަންމަ އެހީނުވިޔަސް އަހަރެން މިކަން ކުރާނަން.’ ގެއިން ނުކުތީމެވެ. ދިރިއުޅުން ކުރިޔަށް ގެންދެވޭން އޮތީ މިހަރަ ގަނާތަކުން ދުރުވެގަނެގެންނެވެ. އެބަޔަކާ ކުރިމަތިލައިގެން އުޅުމުގައި މަޢުނަވިއްޔަތެއް ނެތެވެ.

……………

ގޭތެރޭގަަައި ހައިޖާނުގަނޑެއް ހިނގައިގަތެވެ. އަހަރެންގެ އަމަލުތަކުންނެވެ. އަހުންނަށް ވަރިހަމަވި އެވެ. މާލެ ދިޔައީމެވެ. ވަޒީފާ އެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވުނެވެ. އާޚިރުގައި ކާމިޔާބު ހޯދުނެވެ. މަދު ބައެއް ރައްޓެހިންގެ އެހީއާ ވެސް އެކުއެވެ. އެބަޔަކުވެސް މާލެ ބަދަލުވެ ގާތުގަައި އުޅެން ފަށައިގަތެވެ. އެބަޔަކީ އަހުރެން އިހުސާސްވެރި ކަމުގައި ބެހެއްޓުވި ބަޔެވެ. އާއިލާއާ އިދިކޮޅެވެ. މިއަދުގެ އާއިލާ އަކީ އަހުރެންގެ އެކުވެރިންނެވެ. އެބަޔަކާމެދު އަހަރެން ފަޚުރުވެރި ކުރުވާ ބަޔެވެ.

……….

މަންމަމެން ބުނެތެވެ. ތިއީ ނަފުސު ހަލާކުގެ ތެރެއަށް ވައްޓާލުމަށް ކުރެވޭ އަމަލެވެ. ތިކަމަކުން ފައިދާ އެއް ނުނިކުންނާނެތެވެ. އެއީ ދޮގެކެވެ. ފަހަރުގައި މަންމަ އަށް ތެެދެކެވެ. އަހަރެންގެ ތަޖުރިބާގައި ވި ޅަ ކަމަކުންނެވެ. ނޭދެވޭ ބާރުތަކުން ހަށީގެ ހިމާޔަތްތެރިކަން ކަށަވަރު ކުރުމަށެވެ. ލޯތަކުގެ ކުރިމަތިން ފަޅު ނުކުރުމަށް ހިތް ތަޅުވަގަތީ އެވެ. ނަމަވެސް ހަޔާތަކީ ކުށުގެ ފާލަ އެކެވެ. އަހުރެންނަށް މި ބަދަލު ތަޖުރިބާ ކުރެވުން މުހިންމުވި އެވެ. އަމިއްލަ ނަފުސު އިސްކުރުވުމުގެ ތެރެއިންނެވެ. ނަފުސުގެ އެދުންވެރި ކަމަކުންނެވެ.

(ނިމުނީ)

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

ހިމޭންކަން.. 3

Next

ލޯތްބައްޓަކާ ހިތް އެދި ރުޔަސް … 03

Next
February 20, 2019

ލޯތްބައްޓަކާ ހިތް އެދި ރުޔަސް … 03

Previews
February 20, 2019

ހިމޭންކަން.. 3

8 Comments!

  1. Eyelash says:
    February 20, 2019 at 10:13 pm

    Wow what a nice story…just love ot?

    1. Allura says:
      February 24, 2019 at 11:32 am

      Thanks, Eyelash ☺

  2. falagandu says:
    February 23, 2019 at 1:20 pm

    I m sorry. But i didnt like it at all. But i m sure u r a gud writer. Hope to read more f ur stories..

    1. Allura says:
      March 1, 2019 at 9:31 pm

      Thanks. Appreciate the honesty. ?

  3. އޭނަ says:
    February 23, 2019 at 6:05 pm

    hushaelhun vara ves reethi. meehun kiya hiyvva gotha vaahaka liyeveyne . vara habeys

    1. Allura says:
      February 24, 2019 at 11:30 am

      Thanx ?

  4. Kitty says:
    February 24, 2019 at 5:57 am

    Varah reethi mi vaahaka ves Masha allah keep up the good work ❤️❤️???

    1. Allura says:
      February 24, 2019 at 11:30 am

      Thanx ?

Comments are closed.



All Right Reserved!