ވަށާއިގެންވި މާހައުލަށް މާބޮޑު ސަމާލުކަމެެއް ނުދީ އެޒުވާނާ އެއާޕޯޓުން ނިކުތެވެ. އެއާޕޯޓުން ނިކުމެ މަގުގެ އެއްފަރާތުގައި މަޑުކޮށްލީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. މާގިނައިރެއްނުވަނީސް ކަޅު ކުލައިގެ ޕްރައިވެޓް ކާރެއް އައިސް މަޑުކޮށްލިއެވެ. ”އާން… ވެލްކަމް ބެކް ބްރޯ…” އަވަސް އަވަހަށް ކާރުން ފޭބި ނާއިލް އިއާން ފެނުމާއެކު ބުނެލިއެވެ. އަދި އަވަސް ފިޔަވަޅުތަކެެއްގައި ގޮސް އަތާއި އަތް ޖޯޑުކޮށް އެންމެ ގާތް އެކުވެރިޔާ އާއި ސަލާމްކުރިއެވެ. އޭރު ދެމީހުންގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. ” […]
އުންމީދަކީ ގެނުވާ ބަދުނަސީބެކެވެ. ދެ މަލެއް އެކުވެ ފޮޅުވި މައު އަތްދަށުން ކެހިގަނތްފި އެވެ. މޫސުން ޚަބަރެއް ފައުޅުކުރުވި ފަދަ އެވެ. ޚިޔާލާތުތަކާއި މުސްތަޤުބަލުތަކާމެދު އެވެ. ނަމަވެސް ހިއްސުތައް މައުޖޫދުވެރިއެއް ނޫނެވެ. ކުރިމަގުގެ ތަޞައްވުރުތަކަކީ ވެސް ޢާލަމެކެވެ. އޭގައި ވަނީ ފޮނިކަމެވެ. ވިސްނުމުގެ ތަނަވަސްކަމުގައި ޝަރީކުކުރެވެދެއެވެ. ހުރިހާ ކަމެއް ފުރިހަމަވެފައިވާ ކަމަށް ދުށުމެވެ. ހާލަތެއްގައި ދެ ފަރާތެއް ނެތުމެވެ. ކުށަކީ އިޚުތިޔާރުގައި އޮންނަ ކަމަކަށް ވުމެވެ. އަދި އެ ކަމެއް އިސްލާޙުކޮށް ނަފުސު ޖުރުމުވެރިކުރުވެދިނުމުން ބަރީއަވެގަތުމެވެ. ތަޤުދީރަކީ […]
” ކާކު… ކާކުތަ ހަތް އަހަރު ފަހުން ފެނުނީ… ” ސުވާލުން ފުރިގެންވީ ރާގެއްގައި އީލާފްއަށް ބުނެލެވުނެވެ. ” މިންހާ ” އެވަގުތު އަލޫފް އިސްއުފުލާލަމުން ބުނެލިއެވެ. ” ވަޓް… ” ކުއްލިއަކަށް ލިބުނު ޚަބަރަކުން އީލާފްއަށް އެހެން ބުނެވުނީ ތަންކޮޅެެއް ބާރަށެވެ. އޭރު އޭނަގެ މޫނު މަތީގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. އީލާފްގެ މޫނު މަތިން ފެންނަނީ އިންތިހާއަށް ރުޅިވެރިކަމެވެ. ”އޭނަ ފެނުނިއްޔާ ކީއްތަ ދޮންބެއަށް… އޭނަ މިރަށުގަ ނޫން ކޮންމެ ތަނަކު އުޅުނަސް އެއީ […]
އައި ރުޅީގައި ހިތަށް އައިހާ އެއްޗެއް ކިޔާލުމަށްފަހު އަޝްރާ ކެބިންއިން ނުކުތުމަށް ހިނގައިގަތެވެ. އެހެނަސް އެވަގުތު ނާއިލް އަވަސް ހަރަކާތަކާއެކު އަޝްރާގެ އަތުގައި ހިފާ އޭނަގެ ދެއަތުގެ ތެރެއަށް ގެނެސް ހައްޔަރުކޮށްލިއެވެ. ނާއިލްގެ އެހަރަކާތުން އަޝްރާގެ ހިތް ބާރަށް ތެޅެންފެށިއެވެ. ނާއިލްގެ ފަރާތުން އެފަދަ އަމަލެއް ފެނިދާނެ ކަމަކަށް އަޝްރާ ހީވެސް ނުކުރެއެވެ. ރުޅިވެރިކަމުން ފުރިގެންވީ ނަޒަރަކުން އަޝްރާއަށް ބަލައިލަމުން ނާއިލް އޭނަގެ މޫނު އަޝްރާގެ މޫނާއި ޖެހޭ ނުޖެހޭ ވަރަށް ކައިރިކޮށްލިއެވެ. އެއާއެކު ހިތަށް ވެރިވި […]
ބޭބެވީ ބޭރުތެރޭގައެވެ. އެކުވެރިންނާއެކު އެވެ. މަންމަ އާއި ބައްޕަ ވަޒީފާގެ ބުރަައިގައެވެ. ވަލާ, އޭނާގެ އާންމު ތަންހާވެރިކަމުގެ ތެރޭ ޓީވީ ބެލުމުގައެވެ. އިސްކޫލުން އާދެވުމާއެކުހެން, ހަވީރާހަމައަށް ހިއްސުތައް ދޫކޮށްލެވިފައިވަނީ އެކަމަކަށެވެ. އެއްވެސް ޤަވާއިދެއް ނެތެވެ. ބޭބެ އުޅޭނަމަ ދެ ކުދިން އެކުގައެވެ. އަދި ބައެއްފަހަރު ސަކަރާތްތަކުގައި ބެހިވެދެއެވެ. ހަވީރާ ގާތްވުމުން މަންމަ އަައިސް ނޫޑުލުސް ކަހަލަ އެއްޗެއް ހަދައިދޭނެ އެވެ. ނޫނީ ބޭރުތެރެއިން ކޮންމެވެސް ކެއުމުގެ ބާވަތެކެވެ. ނޫނީ ފުރިޖުގައި އަދި ތެއްޔާގައި ހިތް އެދޭ އެއްޗެއްވި […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޤައުމު އުޖާލާވެ ކުރިއަރައިގެންދާނީ އެޤައުމެއްގައި ތަޢުލީމީ ޒުވާނުން އުފެދިގެންނެވެ. ހަރުދަނާ އީމާނަކާއި ނުގުޑާފަދަ އަޒުމެއް އުފެދިފައިވާ ޒުވާނުން އެޤައުމެއްގައި އުފެދިގެންނެވެ. މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިންނެވެ. ޤައުމަށްބޭނުންވާ ޒުވާނުން ތައްޔާރުކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާބަޔަކީ މުދައްރިސުންނެވެ. މިކަން މުޖުތަމަޢުގެ ހުރިހާ ފަރުދުން ހެޔޮހިތުން ޤަބޫލުކޮށް ބަލައިގަނެއެވެ. އެބައިމީހުންނަށް އިޙްތިރާމާއި ލޯބިދެއެވެ. އެބައިމީހުންގެ ބޭނުންތެރިކަން ވިސްނެއެވެ. ކުދިންދެކޭގޮތުގައިވެސް މުދައްރިސުންނަކީ ވަރަށްމޮޅު ބައެކެވެ. އެކުދީންނަށް އަޅާލައި ހެޔޮނުބައި އޮޅުންފިލުވައިދޭ މީހުންނަކީ މުދައްރިސުންނެވެ. ކުދިންދެކޭ ގޮތުގައި މުދައްރިސުންނަކީ ވަރަށް […]
ހޮސްޕިޓަލުގެ ދޮރުމައްޗަށް ޓެކްސީ ހުއްޓުމާއެކު ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ހޮސްޕިޓަލަށް ވަންނަން އުޅުނު މިންހާގެ ފިޔަވަޅުތައް ހުއްޓުނީ ފެނުނު މަންޒަރަކުންނެވެ. އެވަގުތު ސައިކަލުގައި އައިސް މަޑުކޮށްލި އަލޫފްގެ ނަޒަރުވެސް އޭނައަށް ބަލަހައްޓާއިގެން ހުރި މިންހާއަށް ހުއްޓުނެެވެ. ކަޅި ޖަހާނުލާ ދެމީހުނަށްވެސް އެކަކު އަނެކަކަށް ބަލަން ހުރެވުނެވެ. ސިކުންތުކޮޅަކަށްފަހު މިންހާގެ ނަޒަރު އަލޫފްގެ ސައިކަލު ފަހަތުގައި އިން ޝަމްހާއަށް ހުއްޓުނެވެ. ޝަމްހާ އިނީ އަލޫފް އާއި ޖެހި ފިތިގެންނެވެ. އޭނާާ އިނީ އަލޫފްގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. އޭގެ ދެވަނަ […]
(މިވާހަކަ އަކީ ސުނާމީ ކާރިސާގައި ދިމާވި ޙާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެެވެ) އާދައިގެ މަތިން މިއަދުވެސް ޞޮބީޙާ ފަތިޙު ހޭލައިގެން ފަތިސް ނަމާދުކޮށްގެން ބަދިގޭގައި އަވަދިނެތި ސައިހެދުމުގެ މަސައްކަތާއިގެން ކުރިއަށްދިޔައެވެ. އާދަނު މަހަށްފުރާނީ އަބަދުވެސް ސައިބޮއެގެންނެވެ. ޞޮބީޙާ މިއަދު ސަޔަށް އެ ތައްޔާރުކުރަނީ އާދަނަށް އެންމެ މީރު ބަރަބޯ މަސްހުންޏާއި، ހުނިރޮއްޓެވެ. އާދަނު ފުރަންދިޔުމުން، އަނާވެސް ނުހޭލާތީ، އަނާކައިރީ އޮށޯވެލައިގެން އޮއްވާ ޞޮބީޙާއަށް ވެސް ނިދިއްޖެއެވެ. ޞޮބީޙާ އަށް ސިއްސައިގެން ގޮސް ހޭލެވުނީ ދޮރުގައި […]
އަޝްރާ ދިޔުމާއެކު މިންހާ އެއްޗެހި ބަދަލުކޮށްލައިގެން އައިސް ނިދަން އޮށޯތެވެ. މާދަމާއަކީ ވަޒީފާއަށް ނިކުންނަ ފުރަތަމަ ދުވަހަށް ވުމާއެކު ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަވާން ބޭނުމެވެ. ހުރިހާ ކަމެއްވެސް ރަނގަޅަށް ދާނެކަމުގެ އުއްމީދުގައި ނިދާލުމަށް މިންހާ ދެލޯ މަރާލިއެވެ. އިރުގެ ރަންދޯދިތަކުން ދުނިޔެ މައްޗަށް އަލިކުރަމުން ދިޔައެވެ. އިންސާނުންނެކޭ އެއްފަދައިން ދޫނިސޫފާ ސޫފިތައްވެސް އެސޮރުމެންގެ ހާލިތަކުން ނިކުމެ ދުވަހުގެ މަސައްކަތް ފެއްޓިއެވެ. ކާޅާއި ކޮވެލީގެ އަޑު ފަޒާގެ ތެރޭގައި އިވިއިވި ހުއްޓެވެ. ބައެއް މީހުން މަގުމައްޗަށް އެޅިފައިވި […]