Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 4

idontcare Level 110 Stories
March 20, 2020 3 Mins Read
3 Comments

އޭގެ ފަހުން އަހަރެން އުޅެން ޖެހުނީ ހާލެއްގައެވެ. ސްކޫލް ނިންމާ ގޮތައް ޓްރެއިނިންގްއަށް ދާން ޖެހެއެވެ. ނަމަވެސް ‘ކިޔަވަން’ ޖެހެއެވެ. ޓްރެއިނިންގް ނިމުނީ ބަރާބަރު ފަސް އަހަރު ތެރޭގައެވެ. ނަމަވެސް އަހަންނަށް ހީވީ އެއް ގަރުނު ފާއިތު ވެގެން ދިޔަ ހެންނެވެ. ނުވީތާކަށް ޓްރެއިނިންގް ހަދަން ދާން ޖެހެނީ މީހުންނަށް ޝައްކެއްވެސް ނުވާނޭ ގޮތަށް ލޯންޗެއްގައި ކައިރި ރިސޯޓަކަށެވެ.

ސްކޫލުގައިވެސް ކަންތައްތައް ބަދަލު ވެގެން ދިޔައީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. އަލަށް ވަތް ފިރިހެން ކުއްޖާ ކިޔާން އާއި އެކުވެރިވެވުނެވެ. އަދި އެ ގުޅުން އިތުރަށް ގާތްވިއެވެ. އަހަރު ފަހު ޓެސްޓު ނިމުން ދުވަހު ކިޔާން ރައްޓެހިވާން އަހަރެން ކައިރީ އެހީ މެސެޖަކުންނެވެ. ނަމަވެސް ކަންދިމާކުރި ގޮތުން މަށަށް ވުރެ ކުރިން އެ މެސެޖު ފެނުނީ ގަޑިން ވީއިރެއް ބަލާލަން އަހަރެންގެ ފޯނު ނެގި މަންމައަށެވެ. އެ މެސެޖު ފެނުމާއެކު ސުވާލު ބަސްތާއެއް އޮއްސާލިއެވެ. ފަހުން ބައްޕައާއި މަންމަ ވާހަކަ ދައްކާލުމަށްފަހު ބައްޕަ އެއްބަސްވީ ކިޔާނާއި ރައްޓެހިވިޔަސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ރައްޓެހިވިޔަސް ދެ މީހުންގެ ދެމެދު ދުރުމިނެއް ބަހައްޓަން ޖެހޭނެ ކަމަށާއި މި ގުޅުމުން ކިޔެވުމަށް އަސަރު ކޮށްގެން ނުވާނެ ކަމާއި އޭޖެންސީގެ ވާހަކަ އޭނާއަށް ސިއްރު ކުރަންޖެހޭނެ ކަމާއި އޭނައަށް ޝައްކުވެސް ވާކަހަލަ ކަމެއް ވެއްޖެއްޔާ އަދި އަހަރެން ހިތްހަމަ ނުޖެހޭ ކަމެއް އޭނާ ކޮށްފިއްޔާ ވެސް ބައްޕަމެނާއި ހަމައަށް ވަގުތުން އެ ވާހަކަ ގެންނަން ޖެހޭނެ ކަމަށް ޝަރުތު ކުރިއެވެ. އެހުރިހާ ކަމަކަށް އެއްބަސް ވީމެވެ.

ދުވަސްތައް ފާއިތު ވަމުން ގޮސް ދެން އައީ އަހަރެންގެ އޯލެވެލް އަހަރެވެ. ކިޔެވުމާއިގެން ބިޒީ ވުމުން އޭޖެންސީ ކަންކަމުން ޓެސްޓު ނިމެންދެން ބްރޭކެއް ދިނެވެ. ކިޔާންވެސް އެއްބަސްވީ ކިޔެވުމަށް އިސްކަންދިނުމަށެވެ. އަހަރެންވެސް އޯލެވެލް ޓެސްޓަށްވުމުން ވަރަށް ސީރިއަސް ކަމާއެކު ކިޔެވީމެވެ. އޭގޭ ނަތީޖާއެކު ހަތް މާއްދާއިން އޭ ސްޓަރއާއި އެއް އޭ ލިބުމެވެ. ބައްޕަމެންވެސް ތިބީ ވަރަށް އުފާވެފައެވެ. އާއިލާ ފަރާތުންނާއި އެކުވެރިންގެ ފަރާތުން މަރުހަބާގެ ބަސްތަކާއި ހަދިޔާތައް އޮހުނެވެ. ކިޔާންވެސް މަގައިގައި ބައްދާލާފައި އައިމް ޕްރައުޑް އޮފް ޔޫ އޭ ބުނެލީ އަހަރެންގެ ކޮލުގައި މަޑުމަޑުން ހިފާލަމުންނެވެ. ކިޔާންގެ ނަތީޖާވެސް ވަރަށް ރަގަޅެވެ. ދެ އޭސްޓަރ އާއި ހަ އޭއެވެ.

އޯލެވެލްއެކޭ އެއްފަދައިން އޭލެވެލް ނިންމާލީވެސް ވަރަށް މަތީ މާކްސްތަކާއި އެކުއެވެ. މީގެ އިތުރުން ބައްޕަ އާއި މަންމަގެ ބުރަ މަސައްކަތުން އޭޖެންސީން ހިންގި ބޮޑު އޮޕަރޭޝަނެއް ކާމިޔާބުވެ ރާއްޖޭގެ އެތައް މަސްތުވާ ތަކެއްޗާއި ރާ އެތެރެކުރުމާއި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދާ އެތައް ތަނެއް ބަންދު ކޮށް އެތައް ބަޔަކު ހައްޔަރު ކުރެވުނެވެ. ބައްޕަމެންނަށް ހިތްވަރުގަދަ ކަމުގެ އިނާމުވެސް ލިބުނެވެ.

ނަމަވެސް އެ އުފާވެރިކަން ވިއްސިވިހާލިވެގެން ދިޔައީ ނުލާހިކު އަވަހަށެވެ. ބައްޕަ އާއި މަންމަ އަހަންނާއި ވަކިވެގެން ދިޔައީ އަނިޔާވެރި ގޭންގެއްގެ އަތްދަށުވެއެވެ. ގައިގެ އެތަން މިތަނަށް ވަޅި ހަރާފައި ހުރިއިރު އަޅާނެ ވޭން ހިތަށް އަރުމުން ހީވީ މަގޭ މޭ ވިރިގެން ދިޔަހެނެވެ. އަހަރެން ރޯވަރުން ދޮންތަ މައެތާ ނުބަހައްޓާ ގެންދިޔައީއެވެ. ނިދެނީ ވެސް އެންމެ ގިނަވެގެން އެންމެ ގަޑިއިރަކަށެވެ. ލޯމަރާލާއިރަށް ފެންނަނީ ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ މަންމަ އާއި ބައްޕަގެ ފުރާނަ ނެތް މަސްގަނޑެވެ. ދޮންބެ އަހަރެން ކުރިމަތީގައި ނުރޯން ހުއްޓަސް ދޮންބެވެސް ހިތާމަ ކުރާވަރު މިދެލޮލުން ކޮންމެ ރެއަކު ދެކެމެވެ. މަގޭ ހާލަތުވެސް ދުވަހެއް ދުވަހަކަށް ގޯސް ވަމުން ދާން ފެށުމުން ސައިކޮލޮޖިސްޓެއް ކައިރިއަށް ދާންޖެހުނެވެ.

 މި ހިތާމައިން އަރައިނުގަނެވި އުޅެނިކޮށް އޭނާގެ އާއިލާގެ އެދުމާއެކު ކޯހެއް ހަދަން ކިޔާން ފުރައިގެން ދާން ޖެހުނެވެ. އޭގެ މަހެއް ފަހުން ލިބުނީ އޭނާގެ މަރުގެ ހަބަރެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީއެވެ. މި ހިތާމަތަކަށް ކެތްކުރެވުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ކޮންމެ ނަމާދަކަށް ފަހު މައިންބަފައިންނަށް ރަހުމަތް ލެއްވުމަށް އެދި ދުއާކުރަމެވެ. ކިޔާންއަށްވެސް ދުއާ ކުރާކޮންމެ ފަހަރަކުވެސް ރޮވެއެވެ. މަންމައާއި ބައްޕަ ނިޔާވުމަށްފަހު އަހަންނާއި ދޮންބެ އުޅުނީ ދޮންތަ ކައިރީގައެވެ. މި ހިތާމަތަކާއި ދުރުވެވުނީ ދޮންތައާއި ދޮންތަބެއާއި ޔަނާލް އަދި މިހުރާންގެ އެހީވެސް އިންތިހާ އަށް ލިބިގެނެވެ. ދޮންބެވެސް އަބަދުވެސް އަހަންނަށް ހިތްވަރުދީ އެހީވިއެވެ. ވަރަށް ހިތްވަރާއެކު ޓްރެއިނިން ފުރިހަމަ ކުރީމެވެ.

 ޓްރެއިނިންގް ނިންމުމަށް ފަހު އޭޖެންސީ އާއި ގުޅުނީމެވެ. ދޮންބެވެސް އޭޖެންސީއާއި ގުޅުމަށްފަހު ދިޔައީ މިޝަންއެއްގައި ލަންކާއަށެވެ. އަހަންނާއެކު މިހުރާނާއި ޔަނާލްވެސް ވަތެވެ. މީގެ އިތުރުން ދޮންތަބެއަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމަށްވާ އިޝާންވެސް ވަތެވެ. މި އެންމެން ލީ އެއް ޓީމަކަށެވެ. އަހަރެމެން މަސައްކަތްކުރަނީ ޝާފިއުބޭގެ ދަށުންނެވެ. މިޓީމުގެ ލީޑަރަކީ އަހަންނެވެ. އެއީ އެންމެންވެސް ބޭނުންވި ގޮތެވެ. މަ އޭޖެންސީގެ މަސައްކަތްތައް ކުރަނީ ވަރަށް ޝައުގުވެރިކަމާއި ފަރުވާތެރިކަމާއެކުއެވެ. ހިތްހަމަޖެހޭވަރުގެ މުސާރައެއްވެސް ލިބެއެވެ. އޭޖެންސީއަށް އެއްކޮށް ދިރިއުޅުން ބަދަލުކުރީމެވެ. ދޮންތަގެ އާއިލާވެސް މިތަނަށް ބަދަލުވީމައާއެކުވެސްމެއެވެ. އެހެން މީހުންގެ ނަޒަރުގައި އަހަރެން ދޮންތަގެ އާއިލާއާއެކު މެލޭޝިއާއަށް ދިރިއުޅުން ބަދަލުކުރީއެވެ. ކާމިޔާބު ކަމާއެކު ތިން ކޭސް ކާމިޔާބު ކުރުމަށްފަހު އަހަރެން ދިޔައީ ޗުއްޓީއެއްނެގުމަށްފަހު ދޮންބެ ކައިރިއަށެވެ. ލަންކާއެއްގައި ހަފްތާއެއްގައި މަޑުކުރުމަށްފަހު އަނބުރާ މާލެ އައި ފުރަތަމަ ދުވަހު އަނެއްކާވެސް އޭޖެންސީއަށް ނުކުތީއެވެ.

…………………………………………………………………………………………….

ސިހިފައި އުޝާއަށް ހިޔާލުތަކުން ނުކުމެވުނުއިރު ލޮލުން ކަރުނަ އައިސް ހުރިކަންވެސް އެނގުނީ މޫނުގައި އަތްލިވަގުތުއެވެ. އޭނާ ދެން ބަލާލީ ފާރިގައި ހަރުކޮށްފައި ހުރި ގަޑިއަށެވެ. “ތިން ގަޑި ބައިވީ؟” ސިހިފައި އޭނާއަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. ބާރުބާރަށް ހިގާފައި ނުކުތްއިރު ޔަނާލް ސޯފާގައި ވާހަކަ ފޮތެއް ހިފައިގެން އޮތެވެ. އުޝާ ނުކުތް އަޑަށް އޭނާ ބަލައިލާފަ ލުއި ހިނިތުންވުމެއް ދިނެވެ. “ސޮރީ އުޝީ ރޯތީވެ ދާން އުޅެނިކޮށް ދޮންބެ ބުނީ ބާއްވާށޯ އިހަކަށް ޝާފިއުބޭ ގުޅާފައި ފައިލް ގެ ވާހަކަ ބުނީމަ. މަންމަ ބުނީ އުޝް ހޭލީމަ ގެންނާށޯ ނުކާ އޮތީމަ.” އުޝާ އެއްޗެއް ބުނަން އަނގަ ހުޅުވާލިއިރަށް ޔަނާލް އެއްފައްޗަކަށް ކިޔާލިއެވެ. އެހެން ބުނުމުން އުޝާ އެތަން މިތަން ހޯދާލިއެވެ. “ހޫނ… ހިނގާ ދާން. ކޮބާ މިހުރާނާ އިޝާން؟” އުޝާ އެހެން ބުނެލުމުން ޔަނާލް މަންމަ މެން ބައިގައޭ ބުނެލިއެވެ. އުޝާވެސް އަލުން ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ޔަނާލްއާއި އެކު ދިޔައީ ދޮންތަގެ ބަޔަށެވެ. އެބަޔަށް ގޮސް ވަތްއިރު މިހުރާނާއި އިޝާން އިނީ ފޯރީގައި ޕީއެސް ކުޅޭށެވެ. އެތާ މީހަކު އެއްޗެއް ގޮއްވާލިއަސް އެމީހުނަކަށް ނޭނގޭނެއެވެ. އެހާވެސް ބޮޑަށް އެވެރިން ތިބީ އެއަށް ގެއްލި ހުސްވެފައެވެ. ދޮންތަ އައިސް އުޝާއާއި ޔަނާލް ކާމޭޒުދޮށުގައި ބައިންދާފައި ކާންހަދާދިނެވެ. ޕާސްތާ ތަށި މޭޒުމަތީ ބެހެއްޓުމުން ތައްޓަށް އަޅައިގެން ކާން ފެށުމުން ދެ ކޯކުތަށި ދެމީހުން ކުރިމަތީ ބެހެއްޓުމަށްފަހު ދޮންތަވެސް ގޮނޑިއެއް ދަމާލާއިގެން އިށީނދެލިއެވެ. “އުޝާ އައީމަ ދޮންބެ ބުނި ގުޅާލާށޯ. ކައިނިމިގެން ދޮންބެއަށް ގުޅާލައްޗޭ.” އުޝާ ބޯ ޖަހާލުމަށްފަހު ކެއުމާގެން ކުރިއަށް ދިޔައެވެ. ކައި ނިމިގެން ފޯނުން ދޮންބެއަށް ގުޅާލައިގެން ދޮންތަގެ ކޮޓަރިއަށް ވަތީ ސިޓިންގްރޫމުގައި މިހުރާނާއި އިޝާންގެ އަޑުގަދަކަމުންނެވެ. ދޮންބެ ކައިރީ ކޭސްގެ ވާހަކަ ބުނުމުން އުޝާ ބޭނުމިއްޔާ އެ ކޭސް ނެގިޔަސް އެންމެ ރަގަޅު ކަމަށާއި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ދޮންބެ އެހީތެރިވާން ތައްޔާރަށް ހުރި ވާހަކަ ބުނެލިއެވެ. އުޝާ އިރުކޮޅަކު ދޮންބެއާއި ވާހަކަ ދައްކާލަން އިނުމަށްފަހު ބޭރަށް ނިކުމެލުމާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

އެ އެކަނިވެރިކަން ކޮންމެ މީހަކާއި ބައްދަލު ކުރާނެޔެވެ!

Next

ހަހުރަޔާ – 02

Next
March 20, 2020

ހަހުރަޔާ – 02

Previews
March 20, 2020

އެ އެކަނިވެރިކަން ކޮންމެ މީހަކާއި ބައްދަލު ކުރާނެޔެވެ!

3 Comments!

  1. malsamalkkomal says:
    March 20, 2020 at 6:41 am

    wow.varah rytthi.

  2. Yan♥️ says:
    March 20, 2020 at 10:18 am

    Kihineh evy I am curious waiting for the next part ? mi part vx Hama ehaa reethi Masha Allah

  3. Supergirl says:
    March 24, 2020 at 12:43 am

    Hey…are u from Tha.Atoll?? Varah vattaru gotheh hutey..btw stoty varah salhi…kiyaa hithun mihury varah….varah curious…thafaathu story eh..maasha Allah ❤?

Comments are closed.

Next Episodeސިއްރެއް 5←


All Right Reserved!