Skip to content
އެސްފިޔަ

ހިތުގެ އުދާހުން ދުރުވާނެބާ! – 1 –

( ނޯޓު: މިއީ ކުރުވާހަކައެކެވެ. މި ވާހަކަ އަޕް ކުރެވިގެންދާނީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހެއްގައެވެ. )

ކަޅު އަނދިރިކަމުގެ ތެރެއިން އެކައްޗެއްވެސް ނުފެނެއެވެ. ވެރިވެފައިވާ މަރުފަދަ ހަމަހިމޭންކަމުގެ ތެރެއިން އިވެމުންދިޔައީ ވާރޭގެ ހިއްތަކާ ކުޅެލާފަދަ އަޑެވެ. ނަމަވެސް އެވަގުތު ކޮޓަރިތެރެއިން އިވިގެންދިޔަ މަޑު ގިސްލުމުގެ އަޑުން ހިއްތައް އޭގެމަގާމުން ދޫވެގެންދާނެކަން ގައިމެވެ. އެއަޑުގައި އެތައް އަސަރެއްވިއެވެ. ބޭރުގައިވާ ތޫފާނައްވުރެ އެ އަޑުގެ ވެރިޔާގެ ދިރިއުޅުމުގައިވާ ތޫފާނުގެ ކޮޅިގަނޑުގެ އަސަރު މާގަދައީކަންނޭނގެއެވެ.

ހުދުކުލައިގެ އަތްޔަކުން ކޮޓަރި އަލިކޮށްލަމުން އެ އަންހެންކުއްޖާ އެނދުގެ ފަނޑީގައި ލެގިލަމުން ކަކުލުގައި ދެއަތް ވަށާލަމުން މޭގައި ޖައްސާ ބާރުކޮއްލިއެވެ. އޭރުވެސް ދެތުންފަތް ފޫއަޅުވާލާފައި ހިމޭން ގިސްލުމެއްގެ އަޑު ބޭރުވަމުންދިޔައެވެ. އެ ގިސްލުމުގައި އެތައް އަސަރެއް އެކުލެވިގެންދިޔައެވެ. އެހީއަކަށް ބޭނުންވެފައިވާ ވަރެވެ. އެހިތުގައިވާ ޝަކުވާތައް ބޭރުކުރަން ބޭނުންވެފައިވާވަރެވެ.

މިނިވަންކަމާއެކު ދޫކޮއްލެވިފައިވާ މުށިކުލައިގެ އިސްތަށިގަނޑުގެ ކުރު އިސްތަށިތައް އެ މޫނުމައްޗަށް ވެރިފައިވެއެވެ. ގަދަ ފިޔާތޮށިކުލައެއް ވެރިވެފައިވާ ތުންފަތް ފޫއަޅުވާލާފައި ހިމޭން ގިސްލުމެއްގެ އަޑު ބޭރުވޭވޭހުއްޓެވެ. އެ ރީތި ދެލޮލުގައި ކަރުނަތިކިތައް ބޮނޑިވަމުން ކެއްނުކުރެވިގެން އޭގެ މަގާމު ދޫކޮށް ފައިބައިގެން ކޯތާފަތުގައި ބޮސްދީފައި ތިރިޔަށް ދެމިގެންދިޔަ ވަގުތު އެ އަންހެންކުއްޖާ ދެލޯ މަރާ ބާރުކޮއްލީ ދެން އެ ދެލޮލުން ކަރުނަ އައުމަށް ބޭނުން ނުވުމުން ކަންނޭނގެއެވެ. އެދިގު ދިގު އެސްފިޔަތައް އިތުރަށް ދިގުކަމަށް ދައްކަމުންފިޔައީ ރޮއިފައިހުރުމުގެ ސަބަބުންނެވެ. އަނެއްކާވެސް އެ އަންހެންކުއްޖާ ދެލޯ ހުޅުވާލުމާއެކު ކަރުނަތަށް ފައިބައިގަތެވެ. ނިމުމެއްނެތްފަދައިންނެވެ.

އެ ދެލޮލުން ފެންނަމުން ދިޔައީ ހިތްތައް ކަތިލާފަދަ ވޭނެކެވެ. ދެން ކުރާނީ ކީއްކަން ނޭނގިފައިވާމިންވަރެވެ. ދިރިއުޅުމާމެދު އުންމީދުގެއްލިފައިވާފަދައެވެ. އެ އަންހެންކުއްޖާއަށް ނުއުފުލޭވަރުގެ ތަދެއް އިހުސާސްކުރަމުންދާފައެވެ. ނަމަވެސް ދެން ފެނިގެންދިޔައީ ހައިރާންކުރުވަނިވި މަންޒަރެކެވެ.

ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާފައި ދެތުންފަތް ފޫއަޅުވާލާފައި ނިކުންނަމުންދިޔަ ވޭނީ ގިސްލުން ގަދަކަމުންކަހަލަ ގޮތަކަށް ހުނުމަކަށް ބަދަލުކުރިއިރު އެ އަޑުގައިވީ އިންތިހާދަރަޖައިގެ ވޭނެވެ. އޭރު ދެލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަށް ފޮހެމުންދިޔައިރު މުޅި ކޮޓަރިތެރޭގައިވެސް ފެތުރިފައިވަނީ އެ އަންހެންކުއްޖާގެ ވޭނުންފުރިގެންވި ހުނުމުގެ އަޑެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. malsamalkkomal

    morning guyx..Hope u all would like it..As i said, this is a short story 5 varakah or eyah vure ithuru parts himeney..And mi story up vaanee konme angaara and hukuru dhuvahehgai..share ur viwes..feel free to comment. love ya all:) ?

    1. eysha
      malsamalkkomal

      Vrh reethi ibaarath kidamun daa goth .ekm kudi kudi mistake ebahuri.i

    2. Malsa Moosa
      eysha

      thankx eysha. Insha allah next part ga rangalhu kollaanan. 🙂

  2. Lamko

    Me first thr…. Mallu there’s mistakes nge…. Nxt part ga rangalhu kollaathi….first part varah varah reethi adhi ehaame furihama…. Waiting for the nxt part….. Ly mallu…
    MISSED U A LOT????

    1. Malsa Moosa
      Lamko

      thankx lamko. yh.. ur first..cangrats nge. ly

  3. magnumm

    awwwnn??…I guessed there will be some burried secrets?…wanna read it to end❤…whn next malleyyy…lav uuu paruvaanaa???

    1. Malsa Moosa
      magnumm

      thankx bro..Adhives habareh nuvamu? maadhan next part up kohladhynan Insha allah. Eheh.. love u to bro

  4. Kairaa

    Varah reethi????Whn nxt????waiting….Mi story ga kithan part innaane thr Mal????Hama ahaaly ingey…Ly mallu

    1. Malsa Moosa
      Kairaa

      thankx kai..neynge bunaakah..Eheh. u can ask any question u want nge.. i dont mind. javaabu dhevykahala suvaalheh viiya dhynan 😀 ly 2

  5. ♡Maiii♡

    Varah reethi mi bai vx❤♥❣…. maasha Allah❤?…. waiting for the next part❤??❣. Luv u

    1. Malsa Moosa
      ♡Maiii♡

      thankx mai.. ly 2

  6. ހިންދު އިބްރާހީމް

    ޢުމުރުގެ ހަގުކަމާއި އެކުވެސް، އެހައި މޮޅުވެފަ ލިޔަމުން ތިޔަ ގެންދަވާ ވާހަކަތައް ކިޔާލާފަ މުޅިން އާޝޯހުކުރުވާ.. ތިއޮތް މޮޅު ސިފަކުރުމެއް..
    ވާ ވާ .. އަޅުގަނޑު ހަމަ އަންތަރީސްކޮށްލައިފި..މަލްސާ ތީ ހަމަ ރަންގަނޑެއް.. އަލަށް ވާހަކަ ލިޔާ ކުދިން ނަމޫނާއަކަށް ބަލަން ރަނގަޅު ކުއްޖެއް މާޝާ ﷲ.. ތިހައި ޅައުމުރުގައި މިހައި ރީތިކޮށް ވާހަކަ ލިޔަން އެނގޭނީ އެ ހުނަރު ވަރަށް ބޮޑަށް ކަށީގަ ހަރުލާފަ ހުރީމަ.. ޓްރެއިލަރ ކިޔާފަ ދެން މިހުންނަނީ މިވާހަކައިގެ ފުރަތަމަބައި އަޕްނުވެގެން..ހެހެހެ

    1. Malsa Moosa
      ހިންދު އިބްރާހީމް

      ސުކުރަން ހިންދު އިބްރާހީމް. ތި
      ކޮމެންޓް ކިޔާލާފަ ތި ކޮމެންޓަށް ރައްދުދޭނެ ފަށޫވި ބަހެއްވެސް ނެތިފަމީނީ..އެހެންނަމަވެސް ތި ކޮމެންޓް ކިޔާލާފައި އިތުރު ހިތްވަރެއް ލިބިއްޖެ..ޝުކުރަން

  7. Shahu

    ?????

    1. Malsa Moosa
      Shahu

      thankx

  8. Anonymous

    y u r nt gvn any reply fr da cmntss. R u k o nt. tl f ur nt k. v r wrrid abt u

    1. Malsa Moosa
      Anonymous

      Oww.. sorry nge..kuda kameh dhimaavegen..Ehen v..And I’m fine. thankx:)

  9. fai-herr

    luvv your stories mal……….waiting 4 the next part

    1. Malsa Moosa
      fai-herr

      thankx faiher

  10. Lia

    Waiting for the next part.??

    1. Malsa Moosa
      Lia

      thankx lia. maadhan up kohlaanan

  11. ❤️lamee❤️

    Mal it’s already Wednesday. You said Tuesday day ga up kuraanamey . Varah kehmadhu vefa mi innany . Ehenve . Avahah up kuraane kamah hykuran . Btw varah reethi sifakurun . Good luck ??

  12. malsamalkkomal

    sorry nge lamee. e dhuvas kolhu kameh jehigen up nukurevuni. mirey 10 ge kurin up kohladhynan insha allah.

Comments are closed.