Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – ފަނަރަވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
March 20, 2020 6 Mins Read
11 Comments

“މަންމާ!” ޒައިންއާއި ދިމާލަށް ބަލަހައްޓައިގެން ހުރި އަސްމާ ސިހުނީ ތަންކޮޅެއްދުރުން މުނީޝާ އޭނާއަށް ގޮވައިލި އަޑު އިވުމުންނެވެ. އެސްފިޔަ ޖަހައިލުމަށްފަހު ނުވާކަމަކަށް ހެދެމުން އަސްމާ އަވަހަށް އެތަނުން ހިނގައިގަތެވެ. “ޝިމް.. އެއީ ކޮން ދައްތައެއްތަ؟” އަސްމާ ދިޔަ ދިމާލަށް ބަލައިލަމުން ޒައިން އަހައިލިއެވެ. “އެއީ ޒެކްގެ މަންމަ. އެކަމަކު ހާދަ ވަރަކަށޭ ޒައިންއަށް އެ ބެލީ. އަދި ޒައިންގެ ބައްޕަގެ ނަމުން ދޯ ޒައިންއަށް ގޮވީވެސް. އަނެއްކާ ޒައިންގެ ބައްޕައާ ޒެކްގެ މަންމަ އާ ގުޅުމެއް އޮތީބާ؟” ޒައިންއާއި ކުޑަކޮށް ގާތްވެލަމުން ޝިމާޔާ އޭނާގެ ހިތުގައި އުފެދުނު ސުވާލުކޮށްލިއެވެ. “ނޭނގެ އެއްގޮތަކަށްވެސް. ހާދަވަރަކަށޭ ދޯ އެކަމަކު އެ ބެލީ.” ކޯކުތަށިން ކޯވަރެއް ބޮއެލުމަށްފަހު ޒައިން ބުންޏެވެ. “ޒައިން.. ވާހަކައެއް ބުނަންތަ؟” އަހަން ނާހަން ހުރެފައި އެންމެ ފަހުން ޝިމާޔާ ވަރަށް ހިތްވަރުކޮށްފައި އެހިއެވެ. ޒައިން ބުނާށޭ ބުނުމުން ޝިމާޔާއަށް ހިންދިރުވައިލެވުނެވެ. ޝިމާޔާ ބުނަން އުޅޭ ވާހަކައިން ޒައިން އިތުރަށް ޝައްކުކުރުވުމަކީ އޭނާ އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ. އެކަމަކުވެސް ވަރަށް ހިތްވަރުކޮށްފައި ޝިމާޔާ ވާހަކަދައްކަން ފެށިއެވެ.

“އަސްލު… މީ… ޒައިންއާ ނައިޒަކް ވަރަށް ވައްތަރު. އަހަންނަށް ތިދެމީހުން ފުރަތަމަ ފެނުނު ދުވަހުވެސް އެކަން ފާހަގަކުރެވުނު. ތިދެމީހުންގެ އެއްގޮތް ބައިވަރު ސިފަތަކެއް އަހަންނަށް ފާހަގަކުރެވުނު. ދެމީހުންގެ އަތުގެ ބޮޑުވައި އިނގިލި އެއްކަފިވެފަ އިންނަނީ. އަހަންނަށް ވަރަށް ފާހަގަކުރެވުނު ކަމެއް އެއީ. އަނެއްކާ ދެމީހުންގެ ލޮލުގެ ކަޅިވެސް އިންނަނީ އެއްކުލައެއްގަ. މޫނުމަތިންވެސް ތިދެމީހުން ވަރަށް ވައްތަރު.” ކިޔައިދޭން ބޭނުން ކިތަންމެ ބައިވަރު ވާހަކަތަކެއް ހުއްޓަސް ޝިމާޔާއަށް ކިޔައިދެވުނީ ހަމައެކަނި އެހާވަރަށެވެ. އެ ދެމީހުންގެ އެއްގޮތް ދިފަތައް ކިޔައިދޭންވެއްޖެއްޔާ އަނގަ ވާޅުވާއިރުވެސް ކިޔައިދީ ނުހުއްޓޭނެކަން ޝިމާޔާއަށް އިނގެއެވެ. އެހާވެސް އެ ދެމީހުންގެ އެއްގޮތް ސިފަތައް ގިނައެވެ.

ކޮންމެއަކަސް ޕާޓީ ނިންމައިފައި އެންމެންނަށް ގެއަށް ދެވުނުއިރު މެންދަމުން އަލިވެ ދޭއް ޖަހައިފިއެވެ. ފެންވަރައި ރީތިވެލައިގެން ނިދަން އޮށޯތް ޒައިންއަށް މިރޭ އެއްގޮތަކަށްވެސް ނިދޭ ގޮތެއް ނުވިއެވެ. މިރޭ ނައިޒަކްގެ މަންމަ ފެނުމުން ޒައިންގެ ޠަބީޢަތު ހުރީ ކުޑަކޮށް ގޯސްވެފައެވެ. ހިތުގެ އެއްކަނަކުން އެއީ އޭނާގެ އުފަން މަންމައޭވެސް ބުނަން ފަށައިފިއެވެ. އެކަމަކު އެކަން އެހެން ވާނީ ކިހިނެތްހެއްޔެވެ؟ ކުޑައިރުއްސުރެ އޭނާ ބަލައިބޮޑުކުރީ ހަމީދާއެވެ. ދަތިޙާލުގައިވެސް އޭނާ ބަލައިބޮޑުކޮށް ފުރިހަމަ މީހަކަށް ހަދައިދިނީވެސް ހަމީދާއެވެ. ކޮންމެއަކަސް މިކަހަލަ ޚިޔާލިތަކެއްގައި ޒައިން އޮއްވައި އޭނާގެ ސިކުނޑީގައި ކޮށްޓައިލި ޚިޔާލަކުން އޭނާއަށް ކޮޅަށް ތެދުވެވުނެވެ. މާޒީގައި ހަމީދާ އޭނާއަށް ޒައިދް އާއި ބެހޭގޮތުން އެއްވެސް އެއްޗެއް ޒައިންއަކަށް ކިޔައިދިން ހަނދާނެއް ޒައިން ނުވެއެވެ. ޒައިން އަށް ހަމައެކަނި ބުނެދިނީ އޭނާގެ ބައްޕަގެ ނަން އެކަންޏެވެ. އެނޫން އެއްވެސް އިތުރުމަޢުލޫމާތެއް ޒައިދް އާއި ބެހޭގޮތުން ހަމީދާއެއް ނުދެއެވެ. މީ ކިހިނެތް ވާންވީ ކަމެއް ހެއްޔެވެ؟ ހަމީދާއަށް ޒައިދްއަކީ ކާކުކަން އެނގެއެވެ. އަސްމާއަށްވެސް ޒައިދްއަކީ ކާކުކަން އިނގެއެވެ. ޒައިންގެ އަނބި މީހާއަކީ މިތަނުން ކޮންމެވެސް އެކަކެވެ. ހަމީދާ ދުވަހަކުވެސް އޭނާ މީހަކާ ކައިވެނި ކުރި ވާހަކައެއް ޒައިން ގާތުގައެއް ނުބުނެއެވެ. ވީއިރު އަސްމާ އަކީ.. ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. ނައިޒަކްމެންގެ އުފަން މަންމަ ޒައިންގެ މަންމައަކަށް ހަދާނީ ކިހިނަކުންހެއްޔެވެ؟ ކޮންމެއަކަސް މި ޙައިޖާނުގަނޑެއްގެ ތެރޭ ޒައިން މި ކުރިމަތިވާ ކަންތައްތަކުގެ ޙަޤީޤަތް ހޯދުމަށް ހިތުގައި ޝައުޤު އުފެދިއްޖެއެވެ. އޭނާއަށް އެރޭ ނިދޭގޮތްވީވެސް ސުންނަތް ނަމާދެއްކޮށްލައިގެން ހިތަށް ލިބުނު ހަމަޖެހުމެއްގެ ސަބަބުންނެވެ.

ސައިޑްޓޭބަލް މަތީ އޮތް ފޯނު އެލާމްވާއަޑަށް ނިދިފައި އޮތް އަސްމާއަށް ހޭލެވުނެވެ. ދެލޯ އުނގުޅަމުން ތެދުވެ ފޯނުނަގައި އެލާމް އޮފްކޮށްލިއެވެ. އަސްމާއަށް އިނީ ލޯހުޅުވައިލަން އުނދަގޫވެފައެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ރޭގައި ހަމައެކަނި ފެނިލި ސޫރައެއްގެ ސަބަބުން އަސްމާ ރޭ ދަންވަރު ކަރުނަ އަޅައި ރުއެވެ. އެ ސޫރަ ފެނުމުން މާޒީގައި އޭނާއާއި ޒައިދް ހޭދަކޮށްފައިވާ އުފާވެރި ދުވަސްތައް މަތިން އޭނާ މާބޮޑަށް ހަނދާންވީއެވެ. ރޭގައި އޭނާގެ ކުރިމަތިން އެ ފެނުނީ ޒައިން ނޫން ދެވަނަ އެހެން މީހެއް ނޫންކަންވެސް އަސްމާއަށް އެނގެއެވެ. އެހެނަސް ހަމަ ޒައިދްއާއި ވައްތަރުކަމުން ޒައިދް އޭ ކިޔައިފައި އޭނާއަށް ޒައިންއަށް ގޮވައިލެވުނީއެވެ. ފަތިސް ނަމާދަށް ބަންގި ގޮވީވެސް އަސްމާ އެގޮތުގައި އިންދައެވެ. ވަރަށް އުނދަގުލުން ދެލޯ ހުޅުވުމަށްފަހު ފާޚާނާއަށްވަދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށްއެރިއެވެ.

ނަމާދުކޮށްލައިގެން ނުކުތް ޝިމާޔާއަށް މޭޒުމަތީގައި އޮތް އޭނާގެ ފޯނު ދެނި އެދިމާއަށް ދެވުނެވެ. ރޭގައި އޭނާ ގެއަށް އައިސް ފޯނު ނުފެނިގެން އުޅުނު ގޮތް ހިތަށް އަރައި ޝިމާޔާއަށް ހެވުނެވެ. ނަމަވެސް ހުނުން ކޮންޓްރޯލްކުރަން ޖެހުނީ އޭނާގެ ފޯނަށް އައިސްފައި ހުރި ނޮޓިފިކޭޝަންތައް ފެނިފައެވެ. އެއީ ލައިލާގެ ފަރާތުން ޝިމާޔާއަށް ލިބިފައި ހުރި މެސެޖުތަކެކެވެ. އެ ހުރިހާ މެސެޖުތަކެއް ކިޔައި ނިމުނުއިރު ޝިމާޔާ ހުރީ ދެބުމަގޮށްޖެހިފައެވެ. ހިތާހިތުން އަންޖަދު އާއި ދިމާލަށް އެއްޗެހިގޮވަމުން ޝިމާޔާ ބަދިގެއަށްވަނެވެ. ކޮފީ ހެދުމުގެ ބަދަލުގައި ފިނި ޖޫހެއް ހެދީ އެތެރެއިން އަނދަ އަނދައި ހުރި އަލިފާންގަނޑު ނިއްވައިލެވޭތޯއެވެ. ޝިމާޔާއަށް އެކަން ކާމިޔާބުވެސް ކުރެވުނެވެ. ފިނި ބުއިމެއް ބޯލުމުން އައިސްފައި ހުރި ގަދަ ރުޅި އެކީ ފިލައިގެން ދިޔައެވެ. އެއީ ޝިމާޔާ ގަދައަށް ރުޅިއަންނަ ވަގުތުތަކު އެ ރުޅި ކޮންޓްރޯލްކުރުމަށްޓަކައި ބޭނުންކުރާ މޮޅު އެކުޅެކެވެ.

މެންދުރުގެ ވަގުތެވެ. މެންދުރުގެ ކެއުން ނިންމައިލުމަށްފަހު ނައިޒަކްމެން އުޅުނީ އޭނާއަށް ރޭގައި ލިބުނު ހަދިޔާތައް ކެނޑުމުގައެވެ. ވަރަށް ފޯރީގައި ހަދިޔާތައް ކަނޑަމުން ދިޔައިރު އުޝާ ބުނީ ވާހަކައަކުން އެންމެން ހިމޭންވިއެވެ. އަދި އޭނާގެ އަތުގައި އޮތް ފޮޓޯ އަލްބަމް އެންމެންނަށް ދައްކައިލިއެވެ. “ފްރޮމް ޒެން ޓު ނައިކް.” އެ އަލްބަމްގެ ބަނޑޭރިގަނޑުގައި ލިޔެފައި އޮތް ލިޔުންކޮޅު އާރިޝް ކިޔައިލިއެވެ. “ތީ ޒައިން ދިން ހަދިޔަލެއް.” ނައިޒަކް ގެ ދުލުން މި ނުކުތް ޖުމުލަ އަސްމާއަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އާރިޝްވެސް ނައިޒަކް އެ ބުނި ޖުމުލަ އަޑުއިވުމުން އިނީ ހުއްޓުން އަރައިފައެވެ. “ޒައިންއޭ؟ ކޮން ޒައިންއެއްތަ؟” އާރިޝް ސުވާލުކުރުމުން ނައިޒަކް އޭނާގެ ފޯނު ނަގައި ގެލެރީއަށްވަނެވެ. އަދި ރޭގައި ޝަމީމްއާއި ޒައިންއާއި އޭނާއާއި ތިން މީހުން ނަގައިފައި އިން ފޮޓޯއެއް އާރިޝްއަށް ދެއްކިއެވެ. “މަގޭ ގާތުގަ އެހުރީ ޒައިން. ދެން އެހުރީ ޝައްމު.” ނައިޒަކް ބުންޏެވެ. “ދުނިޔޭގަ އެއްވައްތަރު ޖަހާ މީހުން އުޅޭކަން އަހަރެންވެސް ޤަބޫލުކުރަން. އެކަމަކު މިހާ ވައްތަރު ދެމީހުނެއް އަދި ނުދެކެން. މީނަ ހާދަ ވައްތަރޭ އަހަރުމެންގެ ބައްޕަޔާ.” މުނީޝާ އަށް އެ ފޮޓޯ ފެނުމުން ބުނެވުނެވެ. މުނީޝާ އެހެން ބުނުމުން ނައިޒަކް އާރިޝްގެ އަތުން ފޯނު އަތުލިއެވެ. އަދި ފޯނުގެ ސްކްރީނާއި މޫނު ގާތްކޮށްލަމުން ވަރަށް ރަނގަޅަށް ނައިޒަކް އެ ފޮޓޮއަށް ބަލައިލިއެވެ. މިފަހަރު ނައިޒަކްއަށްވެސް ޒައިން އާއި އޭނާގެ ބައްޕައާ ވައްތަރުކަމަށް ފާހަގަކުރެވުނެވެ. އެންމެ ފުރަތަމަ ޒައިން ފެނުނު ދުވަހުވެސް އޭނާއަށް އެކަން ފާހަގަކުރެވުނެވެ. އެކަމަކު އެކަމަށް މާބޮޑު ސަމާލުކަމެއް އޭނާއަކަށް ނުދެވުނެވެ. “އެހެމް. ދެން ތި ވާހަކަ ބާއްވާފަ ހިނގާ ދެން ހުރި ހަދިޔާތައް ކަނޑަން.” އެ މަޢުޟޫޢުއަށް ދެކެވޭ އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުން ނުވުމުން އަސްމާ ބުންޏެވެ. އާރިޝްމެންވެސް އެ ވާހަކަ އިތުރަށް ދައްކަން ބޭނުންނުވުމުން ހަދިޔާތައް ކެނޑުމައިގެން އަވަސްވެގަތެވެ.

“ޝިމް މާ ރީތިވެލައިގެން ކޮންތާކަށް ތި ދަނީ؟” އަތްދަބަސް އަޅުވަމުން ގޭގެ ބޮޑިދޮރާއި ދިމާލަށް ދިޔަ ޝިމާޔާ ފެނި ޝަމީމް އަހައިލިއެވެ. “މި ދަނީ ލައި ކައިރިއަށް. އޭނަ ބުނެގެން.” އަތުގައި އޮތް ފޯނު އަތްދަބަސް ތެރެއަށް ލަމުން ޝިމާޔާ ބުންޏެވެ. “ބަލައިގެން އުޅެއްޗޭ އިނގޭ.” ޝިމާޔާ ކައިރިއަށް ގޮސް އޭނާގެ ބޮލުގައި ފިރުމައިލަމުން ޝަމީމް ބުންޏެވެ. “އިންޝާﷲ. އަދި ބަންގި ގޮވުމުގެ ކުރިން ގެއަށް އަންނާނަން.” ޝަމީމްގެ އަތުގައި ހިފައިލަމުން ޝިމާޔާ ބުންޏެވެ. ޝަމީމް ހިނިތުންވެލަމުން ބޯޖަހައިލިއެވެ. ޝިމާޔާވެސް އޭނާގެ ދޮންބެއަށް ރީތި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ލައިލާ ބުނި ތަނަށް ދިޔުމަށް ހިނގައިގަތެވެ. މިފަހަރު ޝަމީމް އަށް ޝިމާޔާ އެހާ ފަސޭހައިން ދޫކޮށްލެވުނީ ޝިމާޔާއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. ކުށެއް ކުރެވުމުން އޭގެ މާނައަކީ މުޅި އުމުރުދުވަހު އެމީހަކަށް އިތުބާރު ނުކޮށް ހުންނާށެކޭ ނޫނެވެ. ކޮންމެ މީހަކަށްވެސް ކުށެއް ކުރެވުމުން ކޮންމެވެސްދުވަހަކުން އެ ކުށް އިޙުސާސްކުރެވޭނެއެވެ. އަދި އިޞްލާޙުވެ ކުރިއަށް އޮތް ތަނުގައި ރަނގަޅަށް އުޅެން މަސައްކަތް ކުރާނެއެވެ. ޝަމީމްގެ ކުޑަކުޑަ އާއިލާ މިކަމުގެ ހެއްކަކަށް ފުދެއެވެ.

ކުރިމަތީ ހުރި ބޮޑު އިމާރާތަށް ބަލަހައްޓައިގެން ޝިމާޔާ ހުރީ އެތަނަށް ވަންނަން ބޭނުންނުވެފައެވެ. ނަމަވެސް މިއަދުން މިއަދަށް އަންޖަދުގެ ‘ދުވަސް ދުއްވައިލަން’ ޝިމާޔާ ބޭނުންވެއެވެ. ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލަމުން އަތްދަބަހުގައި ބާރަށް ހިފަހައްޓައިލަމުން ޝިމާޔާ ދެލޯ މަރައި ތަގުޅިކޮށްލިއެވެ. “ގެޓް އިންސައިޑް ޝިމާޔާ. ޖަސްޓް ޓްރަސްޓް ޔުއަރސެލްފް އެންޑް ގެޓް އިން. ﷲ އިސް ދެއަރ ޓު ޕްރޮޓެކްޓް ޔޫ!” ދެލޯ މަރައިގެން ހުރެ ޝިމާޔާ އަމިއްލަ ނަފްސާއި ވާހަކަދައްކަމުން ދިޔައެވެ. އެގޮތުގައި އިރުކޮޅަކު ހުރުމަށްފަހު ޝިމާޔާ އެ އިމާރާތުގެ ތެރެއަށްވަނެވެ.

އެ އިމާރާތުގެ އެންމެ މަތީ ބަޔަށް އެރުނުއިރު ޝިމާޔާ ހުރީ ވާޅުވެފައެވެ. މޫނުމަތިން ދަލުގެ އަސަރު ފެންނަން ހުއްޓެވެ. ކަނާތް ފަރާތުގައި ހުރި ދޮރާއި ދިމާލަށް ބަލައިލަމުން ޝިމާޔާ ދެބުމަ ގޮށްޖަހައިލިއެވެ. ހިތުތެރޭ ރޯވަމުން އަންނަ އަލިފާންގަނޑު ނިވައިލަން މަސައްކަތްކުރަމުން ޝިމާޔާ ގޮސް ދޮރުގައި ޓަކިޖެހިއެވެ. ދެފަހަރު ޓަކިޖެހުމުންވެސް ދޮރެއް ނުހުޅުވިއެވެ. ނަމަވެސް ތިންވަނަ ފަހަރަށް ދޮރުގައި ޓަކިޖަހަން އަތް ހިއްލައިލި ވަގުތު އެތެރެއިން ދޮރު ހުޅުވައިފިއެވެ. ލައިލާ ކޮޓަރިތެރެއަށް އިޝާރާތްކުރުމުން ޝިމާޔާ އެ ކޮޓަރިތެރެއަށްވަނެވެ. ލައިލާ މަޑުމަޑުން ދޮރު ލައްޕައިލުމަށްފަހު ޝިމާޔާ ކައިރިއަށް ދިޔައެވެ.

“ޝި…” އަންޖަދު ގާތަށް އައިސް ހުއްޓުނު ޝިމާޔާ ފެނި އަންޖަދު ކޮޅަށް ތެދުވެވި ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ޝިމާޔާ އެ ފުރުޞަތު އަންޖަދު އަށް ނުދީ އަންޖަދުގެ އަނގަމަތީގައި ޖެހިއެވެ. ވީ ތަދުން އަންޖަދުއަށް ހަޅޭއްލަވައިގަނެވުނެވެ. “ކަލޭގެ ތި މުޑުދާރު ދުލުން މަގޭ ނަން ވެސް ނުކިޔާތި! ކަލޭއަށް އަދިވެސް މަށަށް ކުރެވުނު ވަރު ކުޑައީތަ؟ އޭނ..!” އަންޖަދު އާއި ދިމާލަށް ޝަހާދު އިނގިލި ދިއްކޮށްގެންހުރެ ޝިމާޔާ އަށް ވާހަކަދެއްކުނު އެންމެ ބާރަކަށް ވާހަކަދެއްކިއެވެ. ޝިމާޔާ ބޭނުންވީ އޭނާގެ ކުރިމަތީގައި އަންޖަދު ނިކަމެތި ކޮށްލާށެވެ. “ޝިމާ ޕްލީޒް..” ޝިމާޔާގެ އަތުގައި ހިފަހައްޓަމުން އަންޖަދު އާދޭހާއިއެކު ބުންޏެވެ. “ބުނެފީމެއްނު ތި މުޑުދާރު ދުލުން މަގޭ ނަން ނުކިޔާށޭ. އެހެންނޫނަސް ކަލޭ ދައްކާ އެއްވެސް ވާހަކައެއް ދެން އަހަންނެއް އަޑެއް ނާހާނަން. ކަލޭ ތި ޖައްސަނީ އެކްޓުކަން މަށަށް ވަރަށް ރަނގަޅަށް އެނގެޔޭ. މަށާ ބެހޭނެ ވަރަކަށް ބެހިފަ މަގޭ ފަރާތުން ރުހުން ހޯދަން ކަލޭ އުޅޭނެކަމެއްނެތް ދެން. ކަލެއަކަށް މިފަހަރަކު ސަލާމަތެއް ނުވެވޭނެ. ހަނދަންކުރާތި އެކަން!” ޝިމާޔާ އެހެން ބުނުމަށްފަހު އޭނާގެ އަތްދަބަސް ތެރެއިން ފޯނު ނެގިއެވެ. އަންޖަދު އައިރުޅިން ޝިމާޔާގެ އަތުން ފޯނު އަތުލަން އުޅުނެވެ. ނަމަވެސް ޝިމާޔާ އެއަށްވުރެ މާ ޚުޝިޔާރެވެ އަންޖަދުގެ އަތުގައި ޖަހައި އަންޖަދުގެ މޭގައި އަތް އަޅައި އަންޖަދު ދުރަށް ކޮށްޕައިލިއެވެ. “އަންހެނުންނެއްކަމަކު އަހަރުންވެސް ވަކި ކަލެއަކަށްވުރެ ދެރައެއްނުވާނެ. އެކަން ހަނދާންކުރާތި ކަލޭ! ރަނގަޅު ފިލާވަޅެއް މިފަހަރު ކަލެއަށް ނަގައިދޭނަމޭ!” ދަތްކުނޑި ވިކައިލައިގެން ހުރެ ޝިމާޔާ ބުންޏެވެ. އަދި ލޮލުގެ ހިމަކޮޅުން ލައިލާއަށް ބަލައިލިއެވެ. ޝިމާޔާގެ އެ ބަލައިލުމުން ޝިމާޔާ އެ ބުނީ ކީކޭކަން ލައިލާއަށް ވަރަށް ފަސޭހައިން ނަގައިގަނެވުނެވެ. ލައިލާ އަވަހަށް އެ ކޮޓަރިން ނުކުތެވެ. ލައިލާ ނުކުތުމުން އަންޖަދު އެ ވަގުތުކޮޅުގެ ފައިދާ ނަގަން ބޭނުންވިއެވެ. “ހެހެހެ… ޝިމާ މާ ރުޅިގަދަވީމަ ލައި އެ ދިޔައީ. އަހަންނަށް ސަލާމަތް ވެވިދާނެ ވަރަށް ފަސޭހައިން. މިފަހަރު ޝިމާ އަށް ސަލާމަތް ނުވެވޭނީ. އައި ކޭން ޑޫ އެނީތިންގް އާއި ވޯންޓް.” އަންޖަދު އައި ގޮތަށް އައިސް ޝިމާޔާގެ އަތުގައި ހިފަހައްޓައި އޭނާ ގާތަށް ގެންނަމުން އަމިއްލަ ނަފްސާއި މެދު ފަޚުރުވެރިވާ ޙާލު ބުންޏެވެ. “ހަހަހަހަ.. ތީ ކުށްހީއެއް. ކަލޭ ސަލާމަތެއްނުވާނެ މިފަހަރަކު. އަދި ބުނަންތަ؟ އާއި ކޭން ޑޫ ވަޓްއެވަރ އާއި ވޯންޓް. ދެން އޮތީ ހަމަ ކުޑަކުޑަ ވަގުތުކޮޅެއް. އިންތިޒާރުކޮށްލާ.” އަންޖަދު އާއި ދިމާލަށް ދެލޯ އަޅައިގެން ހުރެ މަލާމާތުގެ ރާގެއްގައި ޝިމާޔާ ބުންޏެވެ. އަންޖަދުއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އެ ކޮޓަރީގެ ދޮރު އަނެއްކާވެސް ހުޅުވުނެވެ. ދޮރުމަތީގައި ހުރީ ހަމައެކަނި ލައިލާއަށް ވުމުން އަންޖަދު ޝިމާޔާގެ އަތުން ދޫކުރާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަންޖަދުއަށް ޝިމާޔާގެ އަތުން ދޫކޮށްލެވުނީ ލައިލާގެ ފަހަތުން ކޮޓަރިތެރެއަށް ވަތް ފުލުހުން ފެނިފައެވެ. ފުލުހުން ބަލާކަށް ނުހުރެ އަންޖަދުގެ އަތުގައި ބިޑި އަޅުވައިގެން އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަންޖަދު ނުދާން ކިތަންމެވަރަކަށް ގަދަހެދިޔެއްކަމަކު ފުލުހުން އޭނާއަށް ވުރެ މާ ވަރުގަދައެވެ.

“ޝިމާ. އައިމް ސޮރީ.” އިމާރާތުން ބޭރަށް ނުކުމެވުމުން ލައިލާ ޝިމާޔާގެ އަތުގައި ހިފައިލަމުން ބުންޏެވެ. “ހޭއި. އިޓްސް އޯކޭ އޭ. ލައި މަޢާފަށް އެދެން ޖެހޭވަރުގެ ކަމެއް ނުޖުރަމެއްނު.” ލައިލާގެ އަތްމަތީ ޝިމާޔާގެ އަތް ބާއްވާލަމުން ޝިމާޔާ ބުންޏެވެ. “ނޫން. ކުރެވުނު. އަހަރެންނަށް ޝިމާއަށް ގޯސް މަގަށް މަގު ދައްކަދެވުނީ. އަހަރެންނަށް…” ލައިލާ ބުނަން އުލުނު ޖުމުލަ މެދުކެނޑުނީ ޝިމާޔާ އޭނާގެ ޝަހާދު އިނގިލި ލައިލާގެ ތުންފަތުގައި ޖައްސައިލުމުންނެވެ. “އެއީ މާޒީ. މާޒީން އިބުރަތް ލިބިގަނެ ދެންވެސް ކުރިއަށް އޮތް ދުވަސްތަކުގަ ރަނގަޅަށް އުޅެވޭތޯ ބަލަންވީ. އިރާދަކުރެއްވިއްޔާ އޭރުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ލައި ދެން މާޒީ ހަނދާން ކޮށްކޮށްފަ ނުރިއްޗޭ. އަހަރެން ބޭނުމެއްނޫން އަހަރެންގެ ބެސްޓްފްރެންޑް ރޯތަން ބަލާކަށް. އަބަދުވެސް ހިނިތުންވެލައިގެން ހުންނަންވާނީ. ވަރަށް ހިތްވަރުގަދަވާންވާނެ.” ލައިލާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލައިދެމުން ޝިމާޔާ ބުންޏެވެ. “އަޅެ. ޝިމާ ހާދަ ޗޭންޖް ވެއްޖެޔޭ މާޝާﷲ. އަހަރެން އަބަދުވެސް ބޭނުންވަނީ ތި ކަހަލަ އެކުވެރިއެެއް.” ޝިމާޔާގެ ގައިގައި ބައްދައިލަމުން ލައިލާ ބުންޏެވެ. ދެ އެކުވެރިން މަގުމަތީ ވާހަކަދައްކަން ތިއްބައި ޢަޞްރު ނަމާދަށް ބަންގި ގޮވަން ފަށައިފިއެވެ. ދެ އެކުވެރިންވެސް އެދުވަހުގެ ވަދާޢީ ސަލާމް ކޮށްލުމަށްފަހު ވަކިވީ މިއަދު ކުރެވުނު ކަންތަކާ މެދު ހިތްހަމަޖެހިފައި ހުރެއެވެ.

“ޒައިން. މީތި ގެންގޮސްދީފާނަންތަ ނައިކުއާ ހަމައަށް؟” އަތުގައި އޮތް ސީޑީ ޒައިން އަތަށް ދެމުން ޝަމީމް އެހިއެވެ. “މީ ކޮން ސީޑީއެއްތަ؟” ސީޑީގެ ކަވަރަށް ބަލައިލަމުން ޒައިން އަހައިލިއެވެ. “ދެން ހަމަ ނޭނގޭތީތަ ތި އަހަނީ؟ ތީގެ ކަވަރު ރަނގަޅަށް ބަލާބަލަ.” ޒައިންއަށް ރަނގަޅަށް ސީޑީގެ ކަވަރަށް ބަލައިލެވުމުން އެއީ ފިލްމް އަޅައިފައި ހުރި ސީޑީއެއްކަން ޒައިންއަށް އެނގުނެވެ. “މިހާރު އެނގިއްޖެކަމަށް ގަބޫލުކުރެވެނީ. ދެން ނައްޓާލާ ބްރޯ.” ޒައިންގެ ކޮނޑުމަތީ ބޮނޑިއެއް އަޅައިލަމުން ޝަމީމް ބުންޏެވެ. “ވަރުގަދަވެއްޖެ ކަމެއްނު! ތި އަތުގަ ހިލަ ހަރުކޮށްފަ ބަހައްޓަންވީ. އޭރުން ގައިމު ތި އަތް ހަލުވައެއްނުލެވޭނެއެއްނު މީހުން ގައިގަ ޖަހާކަށް. މިހާރު ނޭނގެ ދެން ޖަހާ ފަހަރަކުން މަގޭ އަތްފައި ބިންދައިގެން ނުދާނެކަމެއްވެސް.” ޝަމީމް ޖެހިތަނުގައި ފިރުމައިލަމުން ޒައިން ބުންޏެވެ. ޒައިން ވާހަކަދެއްކި ގޮތުން ޝަމީމްއަށް ހެވުނެވެ. އަވަހަށް ދާށޭ ބުނެ ޝަމީމް ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ.

“މަންމާ! ކޮންތާކަށް ތި ދަނީ؟” ބޭރަށް ދާން ނުކުތް އަސްމާ ފެނި މުނީޝާ އަހައިލިއެވެ. “ބާޒާރުކޮށްލަންކަމަށް. އަންނައުނު ކޮޅެއް ގަނެލަން.” މުނީޝާ އެހެން ދޯ އޭ ބުނެ ޓީވީއަށް ސަމާލުކަން ދިނެވެ. “އައްސަލާމް ޢަލައިކުމް.” ބޭރަށް ދާން ނުކުތް އަސްމާ ހުއްޓުން އެރީ އޭނާގެ ކަންފަތުގައި ޒައިދް ގެ އަޑު ޖެހުނުހެން ހީވެގެންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ނުވާނަން ތަފާތެއް… 4

Next

އެ އެކަނިވެރިކަން ކޮންމެ މީހަކާއި ބައްދަލު ކުރާނެޔެވެ!

Next
March 20, 2020

އެ އެކަނިވެރިކަން ކޮންމެ މީހަކާއި ބައްދަލު ކުރާނެޔެވެ!

Previews
March 19, 2020

ނުވާނަން ތަފާތެއް… 4

11 Comments!

  1. malsamalkkomal says:
    March 20, 2020 at 7:08 am

    omg omg..dhonthiiii..morning…varah rythi mi part..whn next..can’t wait to read it…curiously waitingg for the next part..take care..

    1. Dhonthy says:
      March 28, 2020 at 2:22 pm

      Sorry dear for the late reply. Dhn oiy bai kiyaalaalaanekamah mi unmeedhukuranee. You too take care Malkko. ❤️❤️❤️?❤️❤️❤️

  2. Dhonthy says:
    March 20, 2020 at 9:03 am

    Salaam all readers! Here is the fifteenth episode of Ma’aaf. Unmeedhukuran hurihaa kiyuntherinnau es kamudhaane kamau. And there is a little mistake I’ve done. Thinvana paragraph ga ‘Zain ge anbi meehaa akee mithanun konmeves ekakeyb’ e jumlaiga zain ge badhaluga innaanee ‘Zaidh’ inge. Sorry for this little mistake. Enjoy reading and leave a comment. Love you all ❤️❤️❤️???❤️?❤️?❤️?❤️?❤️?

  3. sama says:
    March 20, 2020 at 2:07 pm

    Vvvvvv reethi mi part ves masha allah
    ekam adhives thankolheh lahee up vaaleh
    migothah Las vanyaa Dhen up vaane dhuvaheh bunelaafa beyndhiyyaa readers ah ves faseyhavaanehen alhugandakah heevanee
    by the way adhives ehfaharu buneveynee vv reehchey
    Ingey vaahaka up kurumakee faseyha kamehnoonkan
    good luck
    and stay safe everybody?
    love you

    1. Dhonthy says:
      March 20, 2020 at 7:17 pm

      Thank you so much sama. Sorry lasvaatheeve. Kanthau vaagothun hama lasvanee. But next episode Insha Allah Tuesday noonee eyge kurin upload kuraanan. Once again thanks a lot sama. Love you too ❤️❤️❤️???

  4. ♡Maiii♡ says:
    March 21, 2020 at 10:03 am

    Varah reethi mi bai vx❤♥❣…. maasha Allah❤?…. varah curious kohlaafa thi nimmalee. And I miss you so much♥.. waiting for the next part❤??❣. Luv u

    1. Dhonthy says:
      March 28, 2020 at 2:25 pm

      Thank you so much Maiii. Yh I also miss you. Readers curious kurumakee dhonthi v kuraahiyvaa kamekey. Hehe. ?? Next part kiyaalaanekamah mi unmeedhukuranee. And sorry for the late reply dear. Love you too ❤️❤️❤️❤️?❤️❤️❤️❤️

  5. No more 12 says:
    March 22, 2020 at 5:55 am

    Fantastic!!! Waiting for the nxt part dhonthy!!! Mi vhk mee enme kiyaa hithun kiyaa eh vaahaka!!!

    1. Dhonthy says:
      March 22, 2020 at 7:45 am

      Awww thank you so much dear. Yes dear keep waiting! Next part will be uploaded soon Insha Allah. Aww vvvv ufaavejje ❤️❤️❤️???

  6. Taetae says:
    March 22, 2020 at 4:55 pm

    Wow mashallah vvvv Reethi… When is the next part

    1. Dhonthy says:
      March 22, 2020 at 5:24 pm

      Thank you so much Taetae. Next part Insha Allah Tuesday noonee eyge kurin. ❤️❤️❤️???

Comments are closed.

Next Episodeމަޢާފް – ސޯޅަވަނަ ބައި←


All Right Reserved!