Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ކޮރޯނާ ވައިރަސް(ކޯވިޑް-19)

dhonthi Level 210 Stories
March 20, 2020 3 Mins Read
9 Comments

އަހަރުމެން އިންސާނުންނަކީ ވަރަށްވެސް ނިކަމެތި ބައެކެވެ. މިކަން އަހަރުމެނަށް ދިމާވާ އެކިއެކި ކަންކަމުގެ ސަބަބުން މިދަނީ ސާބިތުވަމުންނެވެ. އެގޮތުން އަހަރުމެންގެ ދުނިޔެ މިހާރު ގޮސްފައިމިވާ ހާލަތައް ވިސްނާލިކަމުގައިވިނަމަވެސް މިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. މުޅިދުނިޔެ ސިއްސުވާލައި އެތައް ގައުމުތަކެއް ލޮކްޑައުންއެއްގެ ހާލަތައް ގޮސްފައިމިވަނީ އަޅުގަނޑުމެންގެ ލޮލަށް ވެސް ނުފެންނަވަރުގެ ދާދި ކުޑަކުޑަ ވައިރަސް އެއްގެ ސަބަބުންނެވެ. މިނުރައްކާތެރި ބައްޔަށް ފަރުވާއެއް ސީދާ ހޯދިފައި ނުވާއިރު މިބަލި ފެތުރެން އަސްލު މެދުވެރިވި ސަބަބުވެސް ހޯދުމަށް އަހަރުމެން ނިކަމެތި އިންސާނުންވަނީ ނުކުޅެދިފައެވެ. ބައެއް މީހުން ބުނާ ގޮތުންނަމަ މިބަލި ފެތުރެން ފެށީ ވާލުގެ ޒަރީއާއިންނެވެ. އަދި މިވައިރަސް އުފެއްދި ކަމަށް ބުނާ ޗައިނާއިން މިހާރު ބުނަމުން ދަނީ އެވަރަހަކީ އެމެރިކާއިން އުފެއްދި އެއްޗެއްކަމަށެވެ.

ކޮންމެއަކަސް މިވައިރަހުގެ ސަބަބުން އިގްތިސާދީ ގޮތުން މުޅިދުނިޔެއަށް މިދަނީ އަގުނުކުރެވޭފަދަ ގެއްލުންތަކެއް ވަމުންނެވެ. އެގޮތުން އަހަރުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަމަށް ބުނަމުންދާ ޓޫރިޒަމް ދާއިރާ އަށް މިދަނީ ހީވެސް ނުކުރާފަދަ ގެއްލުންތަކެއް ވަމުންނެވެ. ރާއްޖޭގެ ބައެއް ރަށްރަށަން އެރުމާއި ފޭބުން މަނާކުރެވި ޕާކުތަކާއި ކެފޭތައް ބަންދުކުރާ ހިސާބަށް ގޮސްފައެވެ. އަޅުގަނޑުމެންގެ ލޮލުގެ ނޫރުކަމުގައިވާ ލޯބި ލޯބިލޯބި ދަރިން ކިޔަވަންދާ އިސްކޫލުތަކާއި ޤުރްއާން ކިލާސް ތަކާއި ޓިއުޝަން ކިލާސްތައް މިވަނީ ބަންދު ކުރެވިފައެވެ. ހަމައެއާއިއެކު އަޅުގަނޑުމެން ވަޒީފާއަށްދާ އޮފީސްތަކާއި އެހެނިހެން ގިނަ ތަންތަން ވެސް މިވަނީ ބަންދުކޮށްފައެވެ.މާލެއާއި މާލެކައިރި ބައެއް ރަށްރަށުގެ އިތުރުން ރިސޯޓުތަކުގައި ހުންނަ މިސްކިތްތަކުގައި ޖަމާއަތުގައިނަމާދުކުރުމާއި ހުކުރުކުރުން ދުވަސްތަކަކަށް މިވަނީ މެދުކަނޑާލެވިފައެވެ.ކޮންފަދަ ހިތާމަވެރި ކަންތައްތައްތޯއެވެ. މިއީ އެއްވެސް ދިވެއްސަކު މިފަދަ ދުވަހެއްއަންނާނެކަމަށް ހިތަށްވެސް އަރާފައިނުވާނެ ދުވަހެއްކަންކަށަވަރެވެ. މައްކާގެ މާތްވެގެންވާ ކައުބަތުއްﷲ ގެފުޅާއިވެސް  ވަކިހިސާބަކަށް ކައިރިނުވެވޭގޮތަށް ހަމަޖެއްސިއެވެ.  ނަމަވެސް މިފަދަ ނުރައްކާތެރި ހާލަތަކަށް ދުނިޔެ ވެއްޓިގެން ދިޔައިރު އަހަރުމެން އިންސާނުންގެ ކަންތައްތައް ހުރީ ކިހާ ހިސާބެއްގައި ކަމާއިމެދު ވިސްނާލީ ކިތައް މީހުން ބާވައެވެ؟ އެތައް ގައުމުތަކަކުން ދިޔައީ މުސްލިމުންނަށް އެކިއެކި އަނިޔާތައް ކުރަމުންނެވެ. މުސްލިމުން މަރަމުންނެވެ. މުސްލިމް އަންހެނުންނާއި އަންހެން ދަރިންގެ އިއްފަތްތެރިކަން ފޭރިގަންނަމުންނެވެ. މުސްލިމުންގެ ތެރެއިންވެސް އެތައް ބައެއް ދިޔައީ ﷲ ސުބަހާނަހޫ ވަތައާލާ ނަހީކުރެއްވި އެތައް ފާފައެއް ކުރަމުންނެވެ. ވައްކަންކުރާމީހުނާއި ފޭރޭމީހުންގެ އިތުރަށް ރަލާއި މަސްތުވާތަކެތީގެ ވަބާގައި ޖެހޭމީހުންވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.  ލޯބީގެ ނަމުގައި ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގާމީހުންވެސް ދިޔައީ އިތުރުވަމުންނެވެ.ހަމައެއާއި އެކު އަމިއްލައަށް މަރުވާމީހުންނާއި ޖިންސީ ގޯނާ ކުރާމީހުންވެސް މުޖުތަމައުތަކުގައި ދިޔައީ އިތުރުވަމުންނެވެ.މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި ދަރިންނަށް އަނިޔާވެރިވާ މީހުންވެސް ވަނީ އިތުރުވެފައެވެ. މިފަދަކަންކަން ޣައިރު މުސްލިމުންގެ އިތުރުން މުސްލިމުންކަމަށް ދައުވާކުރާމީހުންވެސް ކުރަމުން ދާކަމީ ކޮޅުނެތްކޮޅަށް ހިތާމަހުރި ކަންކަމެވެ. މީގެ އިތުރުން މުސްލިމުން ކަމަށް ބުނެ ދައުވާކުރާއިރު ގިނަ ފިރިހެނުންނަށް މިސްކިތްފެންނަނީ ހުކުރަށް ދާންވީމައެވެ. އަދި ބައެއް ފިރިހެނުންނަށް ރޯދަމަސް ފެށުމުން މިސްކިތް ފެނެއެވެ. ގިނަފިރިހެނުންގެ ޖިންސާއި ފަޓުލޫނުގެ ފައިކުރި ހުންނާނީ ބިމުގަ ކޭއްތޭވަރުވެފައެވެ. އަނެއްބައި ފިރިހެނުން ލާނީ މުޅިންވެސް ކުދި ކުދި ސޯޓުކޮޅުކޮޅެވެ. ނޫންނަމަ ޖިންސުތައް ހުންނާނީ އެތަންމިތަނުން ބާހެދިފައެވެ. އެވެސް ފެޝަނެކޯލައެވެ. އަތްފައި އަދި ކަރުގައި ބޮޑެތި ޗޭނުފަށްތަކާއި ނޭފަތާއި ކަންފަތުގައިވެސް ބޮޅުތައް ހުންނާނީ އަމުނާފައެވެ. އެމީހުންގެ ބޮލުގެ އިސްތަށިގަނޑުތައް އަންހެން ކުދިންގެ ބޮލުގެ އިސްތަށިގަނޑަށްވުރެން ދިގުވާނެއެވެ.ކައިވެނިތައް ކޮށްގެން އުޅޭ ގިނަ ފިރިހެނުންވެސް އުޅެނީ އަންހެނުންނާއި ފޮށުމުގައާއި އަންހެނުން ގޮވައިގެން ފިނިބުރު ޖެހުމުންނާއި ކޮފީތަކަށް އެރުމުގައި އަވަދިނެތިއެވެ. އެއްޗެއް އަހައިލައިފިކަމުގައި ވަނީނަނަމަ ބުނާނީ އެއީ އޮފީސް ކުއްޖެއް ނުވަތަ ރައްޓެއްސެއް ކަމުގައެވެ. ނޫންނަމަ ބުނާނެއެވެ. އެއީ އަހަރެން އިންނަށް އުޅޭ ކުއްޖާއެވެ. ފިރިހެނަކަށް ހަތަރު އަނބިން ހުއްދައެވެ. ނަމަވެސް މިހެން ބުނާގިނަ މީހުނަށް ﷲ ސުބްހާނަހޫވަތައާލާ ރެއަކާއި ދުވާލު ފަސް ނަމާދުކުރަން ވާޖިބުކުރައްވާފައިވާކަން ނޭނގެނީ ބާވައޭ އަހަރެންގެ ހިތައް އަރައެވެ. ދެންތިބީ ހަމަހަމަކަން ހޯދައިދިނުމަށް ބުނެ މަގުތައްމައްޗައް ނިކުމެ އުޅޭ މުޅިގައިގައި ދަވާދު ހާކައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެލޮބުވެތި އަންހެންކަނބަލުންނެވެ. އެބައިމީހުންގެ ތުންފަތްތަކެކޭ ފިލޮޅެއްގެ ތުންފަތެކޭ ތަފާތެއް ނުހުރެއެވެ. ލައިގެން ތިބޭ ހެދުންތައް ހުންނަނީ ބާރުކަމުންގޮސް ގަޔަށް ހިފާފައެވެ. ނޫންނަމަ ތުނިކަމުންގޮސް ގައިގެ ހަމުގެ ކުލަފެންނަ ފަދަ ހެދުންތަކެކެވެ. އެއްބަޔަކު އިސްތަށިގަނޑަށް ގޮތްގޮތް ހަދައިގެންނެވެ. ގިނަ މީހުން ތިބެނީ ބުރުގާ އަޅައިގެން ނަމަވެސް ބޮލުގައި ފޮތުކޮޅެއް އޮތުން ފިޔަވައި އެއްވެސް ތަފާތެއް ގިނަ މީހުންގެ ނުހުރެއެވެ.މޭމައްޗާއި ހަށިގަނޑުގެ ވަނާތައް ހުންނަނީ ފެންނާށެވެ. ކުރާނެކަމެއް ނެތެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ މީހުންގެ ހާލަތުހުރީ މިފަދަ ގޮތަކަށެވެ. އަހަރުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެވެސް ވަނީ މިފަދަ ހާލަތެއްގައެވެ. ގިނަމީހުން ރޯދަހިފައެވެ. ނަމަވެސް އަޅުކަންތައް ކުރާލަތްލައްކަ މަދެވެ. ބައެއް ޒުވާން ކުދިން މަދުންނަމަވެސް ރޯދަމަހު ދުވާލު ރޯދަނުހިފައި ކާ ވާހަކަތައްވެސް އަޑުއިވެއެވެ. މައިންބަފައިން އެބައިމީހުންގެ ދަރިންނަށް ކާންދެވެނީ ހަރާމް ތަކެތިތޯ ހަލާލް ތަކެތިތޯވެސް ނުބަލައެވެ. ގިނަމީހުން ޒަކާތް ދެއްކުމާއި އެބައިމީހުން ނަގާފައިވާ ލޯނުތަކާއި ދަރަނިތަކުގެ މަތިންވެސް ހަދާނެއް ނުހުރެއެވެ.

މިހުރިހާ ކަންކަމަކީ އަހަރުމެން ދެރަވެ ހިތާމަ ކުރަންޖެހޭ ކަންތައްތަކެއް ނޫންތޯއެވެ….؟ ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ.ކުށްކުރެވޭނީވެސް އިންސާނުންނަށެވެ. އެކުއްތަކަށް ތައުބާވެ އުޅުން އިސްލާހުކުރަމާތޯއެވެ… އަހަރުމެންގެ ވެރި ރައްބަކީ ގިނަގިނައިން ފާފަ ފުއްސަވާ ތައުބާ ގަބޫލްކުރައްވާ ރަސްކަލާނގެއެވެ. ވީމާ އަހަރުމެން އެންމެންވެސް އަހަރުމެންގެ އަމަލުތައް އިސްލާހުކުރަން މަސައްކަތް ކުރަމާތޯއެވެ.އައުރަ ނިވާކުރަމާތޯއެވެ. އަހަރުމެންގެ މޫނުތައް ގިބްލައާއިވީ ކޮޅަށް އަނބުރައި ސަޖިދައަށް ތިރިވަމާތޯއެވެ. މި ކޮރޯނާ ވައިރަހަކީ އަޅަމެންނަށް އެކަލާނގެ ލެއްވެވި މުޞީބާތެއް ނުވަތަ ޢަޛާބެއް ނުވަތަ ކޯފާއެއް ކަމުގައި ނުލައްވާތޯ ދުއާ ދަންނަވަންހިނގާށެވެ. މިއީ އަޅަމެމެންގެ ނަފްސުތައް އިސްލާހުހޮށް ހެޔޮމަގަށް އެނބުރުމަށް ލިބުނު ފުރުޞަތެއް ކަމުގައި ބަލަމާތޯއެވެ. އެކިއެކި ފަރާތްތަކުން ފޯރުކޮށްދެއްވާ ނަސޭހަތްތަކަށް އަމަލުކޮށް މީހުންގިނައިން އެއްވެ އުޅޭފަދަ ތަންތަނަށް ދިއުން ހުއްޓާލަމާތޯއެވެ.ފަރުދީޒިންމާ އަދާކުރަމާތޯއެވެ. ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ގޭންބޭރަށް ނުނިކުންނަމާތޯއެވެ. ކުދިންވެސް ބޭރަށް ނުނެރެ ދީނީ ކަންތައްތައް ކުރުމުގައި އެކުދިންނާއިއެކު އަޅުގަނޑުމެން މައިންބަފައިން މަޝްއޫލުވަމާތޯއެވެ. ގޭގައި ކިޔެވުމާއި ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި ކުރަންދަސްކޮށްދެމާތޯއެވެ.ތަފާތު ގޭމްތައްވެސް ގޭތެރޭގައި ކުޅެމާތޯއެވެ.ހިންދީ ޑްރާމާތައް ބެލުމުގައި ވަގުތު ބޭކާރުނުކުރމާތޯއެވެ. ވީހާވެސް ބޮޑަށް  ގިނަގިނައިން އަތްދޮވެ ސާފުތާހިރުކަންމަތީ ތިބެމާހިނގާށެވެ.

ކޮންމެކަމަކީވެސް އެކަލާނގެއަށް ނުހަނު ފަސޭހަކަމެކެވެ. އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމަކަށް އަންގަވަނީ ވާށޭ މިހެންނެވެ. އެއިރުން ފަހެ އެކަމެއް ވެދެއެވެ. ﷲ ސުބްހާނަހޫ ވަތަޢާލާ އަޅަމެން އެންމެނަށް ހެޔޮރަހުމަތްލައްވައި މިނުރައްކާތެރި ބަލިމަޑުކަމުން އަޅަމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއާއި ހުރިހައި މުސްލިމުން ސަލާމަތްކުރައްވާންދޭވެ.. އަދި އިބަ އިލާހު ތެދުމަގުދައްކަވައި އިސްލާމްދީނުގެ ހިދާޔަތު ދެއްވުމަށް އިރާދަކުރައްވާ ބަޔަކަށް ތެދުމަގުދައްކަވާދޭވެ.         އާމީން…

Share Article

Follow Me Written By

dhonthi

Level 210 Stories

Story lover★★ loves to read and write stories in her free time~ girl★~ Facebook.. "Dhonthi Dhonthi"

Other Articles

Previous

ލޯބި މަވީ ބޭކާރޭ

Next

ހިތުގެ އުދާހުން ދުރުވާނެބާ! – 1 –

Next
March 20, 2020

ހިތުގެ އުދާހުން ދުރުވާނެބާ! – 1 –

Previews
March 20, 2020

ލޯބި މަވީ ބޭކާރޭ

9 Comments!

  1. Maya says:
    March 20, 2020 at 12:32 pm

    Ameen ??.. Iburai theri vhk kolheh vvvv reethi ibaarai kurun ?..

    1. dhonthi says:
      March 20, 2020 at 4:01 pm

      Shukuriyyaa

  2. Koxy says:
    March 20, 2020 at 2:25 pm

    Aslu vx … eba jehey mi kan kan hallu kuran … vrh hiy hama jehijje mi vhk kiyaalaafa … ehaame dera vx vi …
    Keep it up Dhonthi
    ❤☺?

    1. dhonthi says:
      March 20, 2020 at 4:03 pm

      Thank u.. alhamen emmenah hidhaayaiy dhehvavaa mi balimadu kamun salaamaiy veytho dhuaa dhannavamaa emmenves.. ?

  3. Kairaa says:
    March 20, 2020 at 10:05 pm

    Ameen….Vvv iburai theri vhk kolheh….???…And be safe dhonthi……lysm nd miss u

    1. dhonthi says:
      March 21, 2020 at 8:15 am

      Thank u kairaa..
      Miss u more be safe❤❤

  4. Dhonthy says:
    March 21, 2020 at 8:38 pm

    A beautiful writing Maasha Allah ❤️❤️❤️???

    1. dhonthi says:
      April 7, 2020 at 12:57 am

      Thank u

  5. مسلم says:
    March 21, 2020 at 11:38 pm

    آمين

Comments are closed.


All Right Reserved!