މައިރާ.. އަހަރެން ދުވަހަކުވެސް ކަލެއަށް މާފެއް ނުކުރާނަން… އަހަރެންގެ އަނބިމީހާ މަރުވީ ކަލޭގެ ބަފާގެ ސަބަބުން… ކަލޭގެ ބަފާ އަހަރެންގެ އަނބިމީހާ ގަޔަށް އެރިއިރު އޭނާ ކުރި އާދޭސްތަކަށް ދިނީ ބީރު ކަންފަތެއް… އަހަރެން ކަލޭގެ ދިރިއުޅުން ބަރުބާދު ކޮއްލާނަން….” ޔާސިރު ދިޔައީ މައިރާގެ ދިރިއުޅުން ހަލާކުކޮއްލުމުގެ ތައްޔާރީތައް ވަމުންނެވެ. އެތަކެއް ރޭވުންތަކެއް ރަވަމުންނެވެ. *************************************************************** މޭއީ… ދެން ހިނގާބަ ފެންކުޅިކުޅެން ދާން… ޕްލީޒް… ޒީމެންވެސް ގުޅާފިޔޭ ލަސްވެގެން… ބުނީ މޭއީ ގޮވައިގެން އަންނާށޯ….. މިހާރު ކައްކާވެސް […]
ދެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. މައިރާ އަށް ވިސްނެނީ އޭނާގެ މާޒީގައި ހިނގި ކަންތަތްތަކާ މެދުގައެވެ. އެ ހާދިސާތަކަކީ ދުވަހަކުވެސް މައިރާގެ ހިތުން ފިލައިގެންދާނެ ކަންތައްތަކެއް ނޫނެވެ. އޭނާއަށް މިއަދު މިހުރިހާ އުފަލެއް ލިބުނަސް އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބޭނީ ކަންތައްތައް ހިނގާދިޔަ ގޮތް ރަނގަޅަށް އޮޅުންފިލީމައެވެ. އޭނާގެ ހިތުގައިވާ ހުރިހާ ސުވާލެއްގެ ޖަވާބުތައް ލިބުނީމައެވެ. ********************************************************** އެއީ ގާތްގަނޑަކަށް މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. މައިރާއަކީ ރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ ހަނދާން ހުންނަން […]
އިރުއަރާ މަންޒަރު ބަލާލާ ހިތުން އަހަރެން ގެއިން ނުކުތީމެވެ. އެންމެފުރަތަމަ އަހަރެން ދިޔައީ އިިިކްޝާާ މެން ގެެެެެެެއަށެވެ. އަހަރެންް އެ ގެ އަަަަށް ވަންތް ގޮތަށް ދުވަމުން ތެޅެެެމުން ފޮޮޅެެމުުންް ދާންފެށީމެވެ. އެތާ އޮޮޮތް ކުޅޭޭ އެއްްޗެަަަަަަކަށް އެރިފަ އަަހަަރެެންް ވެއްޓެން ދިޔަ އެވެ. އަހަންނަށް ދެ ލޯ މަރާ ބާރުކޮށްލެވުނެވެ. އަހަރެން ގައިގަ މީހަކު ހިފެއްޓިހެން އަހަންނަށް ހީވި އެވެ. ” އަރ ޔޫ އޯކޭ؟ ” އެ އަޑު އިވުމުން […]
އަނެއް ދުވަހު މައިރާއަށް ހޭލެވުނު އިރު އަދުހަމް އޮތީ މައިރާއާ ދިމާއަށް ބަލާށެވެ.” ގުޑް މޯރނިންގ ސަންޝައިން…” މައިރާ ލޯ ހުޅުވާލުމުން އަދުހަމް ބުންޏެވެ.” ހްމްމްމް… މޯރނިންގ…” އަދުހަމްގެ އަތު ތެރޭ އިތުރަށް ބޮނޑިވެލަމުން މައިރާ ބުންޏެވެ.” ކިހާ އިރެއް ވެއްޖެ މިހާރު؟” އިރުކޮޅެއް ފަހުން މައިރާ އަހާލިއެވެ.” ހަތެއް ޖެހީ…” އަދުހަމް ބުންޏެވެ.” އަސްލުވެސްތަ؟” ކުއްލިއަކަށް ތެދު ވަމުން މައިރާާ އަހާލިއެވެ.” ކިހިނެއްވީ؟” މައިރާގެ އަތުގަ ހިފަހައްޓާފައި އަދުހަމް އެހިއެވެ.” މާ ލަސްވެއްޖެ… ދެން ދޫކުރޭ…” […]
ނޯޓް: މި ވާހަކައަކީ އަޅުގަނޑު ކުރިން ލިޔަން ފަށާފަ ދިމާވި ކުޑަ ކަމެއްގެ ސަބަބުން ހުއްޓާލި ވާހަކައެއް… އެހެންނަމަވެސް އިތުރު ބަދަލު ތަކަކާއެކު އަޅުގަނޑު މިހާރު ކުރިޔަށް ގެންދަން ވިސްނާފައިވާނީ.. އަދި ގިނަ ދުވަސް ވުމުގެ ސަބަބުން އަލުން ވާހަކަ ފެށިގެން އަޕް ކުރަމުން ގެންދާނީ.. އިނގޭ ކުރިން ކިޔާފަ އޮތް ބައެއް ވީމަ އަލުން ކިޔަން ފޫހި ވާނެކަންވެސް.. އެކަމްއިރާދަކުރެއްވިއްޔާ މާޔު މިފަހަރު މި ވާހަކަ ފުރިހަމަ ކޮށްދޭނަން .. ހުރިހާ ކިޔުންތެރިންގެ ފަރާތުން ކުރިންވެސް […]
މިއީ ގްރޭޑު 4 ގައި މިއަހަރު ކިޔަވަމުން ގެންދާ އަޅުގަނޑުގެ ދަރިވަރު ހަސަން އަޝްފާޤް ލިޔެފައިވާ ހިޔާލީ ކުރު ވާހަކައެކެވެ. އެއްދުވަހަކު ވަރަށް އެކުވެރި ފަސް ކުދިން ފުޓުބޯޅަ ކުޅެން އުޅުނެވެ. މުޙައްމަދު، ޙާމިދު، ޙުސެއިން، އަޙްމަދު އަދި ޙަސަނެވެ. އެންމެން މަޖާކޮށް ފުޓްބޯޅަ ކުޅެން އުޅެފައި ޙުސެއިން ޖެހި ޕެނަލްޓީ ބޯޅަ އެންމެނަށް ފެންނަ ހިސާބަށްވުރެ މަތިން ގޮސް ބޯޅަ ގެއްލިއްޖެއެވެ. ކުޅެން ލިބިފައިވަނީ އެންމެ ބޯޅައެއްކަމަށް ވުމުން އެންމެން ބޯޅަ ހޯދަން ދާންވެގެން […]
ޔުޝްރާ މަންހާ މެން ގެއަށްް ދާ ހިތުން ނުކުތެވެ. މަގުމަތިން އޭނަ ހިނގައިފަ ދަނިކޮށް ނުލަފާ ގޭންގް ގުރޫޕެއް އޭނަ އާ ދިމާކޮށްލިއެވެ. ޔުޝްރާ ވަރަށް ހާސްވިއެވެ. ” … ކޮންތާކަށް ތި ދަނީ …؟؟ ހިނގާ ހިނގާލަން ދާން … ” އެތަނުން ފިރިހެން އެހެން ބުނުމުން ޔުޝްރާ އަށް ތުން އަނބުރާލެވުނީ ބޭއިޚްތިޔާރުގައެވެ. ” ނޯ ތޭންކްސް … ” ޔުޝްރާ މިހެން ކިޔާފަ ހިނގައިގަތެވެ. އެ މީހުން ވެސް ޔުޝްރާ ފަހަތުން އަންނަން […]
ނައިރާގެ ސޫރަ ސިކުނޑީގައި އެތަކެއް ފަހަރު ކުރަހާލެވުނެވެ. ފުރިހަމަ ބައްޓަމެކެވެ. ލަކުނެއް ނެތް ދޮން މޫނުކެވެ. މީގެ ކުރިން ފެނުނުނަމަ އަހަރެންގެ ލޮލަށް އަޅައިނުގަނެ ނުދާނެއެވެ. ސާރާއަކާ ހެދި ލޮލަށް ފުސް ބުރީ ތޯއްޗެވެ. ސާރާގެ ހިޔާލު އަނެއްކާވެސް އުދަނގޫކުރަން ފަށައިފިއެވެ. ކަންފަތަށް ހެޑްސެޓު ޖަހައިގެން ނިދިފައި އޮއްވާ މަޣްރިބު ނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުނެވެ. އެވަގުތު ފާޙަނަ ތެރެޔަށް ފެތުރުނު ކަޅު ދުންތައް ކޮޓަރިއައް ފޭދިގެން ވަނެވެ. ހޭލެވުނުއިރު މީހާ އޮތީ ދާހިތްލާ ފޯވެފައެވެ. […]
“ސޮރީ ސޮރީ” ދަހުލާން ވައިއަޑުން ބުނެލިއެވެ. އެވަގުތު އެ އަންހެން ކުއްޖާ ދަހުލާން އާވީފަރާތަށް އެނބުރުނެވެ. އޭރު އެކުއްޖާ ހުރީ ރުޅިން ރަތް ވެފައެވެ. އެކުއްޖާ ފެނުމާއި އެކު ދަހުލާން އަށް ވައި އަޑުން ” އޯޝިޓް” އޭ ބުނެލެވުނެވެ…………. ހަމަ އެއާއި އެކު އެއީ މިއަދު ކުލާހުން ވެސް އޭނައާ މުޑި އެރި ކުއްޖާކަން ހަނދާން ވުމާއެކު ވަގުތުން އަނެއްފަރާތަށް އެނބުރުނެވެ. އެނބުރުން ވަގުތުވީ އެ އަންހެން ކުއްޖާވެސް ދަހުލާން އާ ދިމާލަށް އެނބުރުން ވަގުތުކަމުން […]