“ދެން މިހާރު އަހަރުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެއްނު. ޝާފިއު ސާރ ދަތުރު ހަމަޖައްސަންދެން މިގޭންގުގެ ދެންތިބި މީހުނަށް އެނގޭ އެއްޗެއް ހޯދަންވީ. މިއޮތީ އަހަރުން ފަށަންވީ ދިމާ. ބަލާބަ. މިމީހާގެ ސޯޝަލްމީޑިއާ ހާވާލީމަ ފެނުން އެއްޗެއް.” މިހުރާން އުޝާއަށް ދައްކާލީ އެމީހުނާއި އުމުރުން އެއްވަރުގެ ފިރިހެނެއްގެ އިންސްޓަގްރާމް އެކައުންޓުގައި އިން އޭނާގެ އާއިލާގެ ފޮޓޯއެކެވެ. އެފޮޓޯގައި ހުރި އަންހެން ކުއްޖެއް އުޝާއަށް ދަންނަ ވައްތަރެއް ޖެހިއެވެ. ވަރަށް ފަރުވާތެރިކާމާއެކު އޭނާއަށް ބަލާލުމުން އުޝާއަށް އެއީ ކާކުކަން […]
އަސްމާ އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. ވިހެ އުމުގެ ގަދަ ވޭނަށްފަހު އަސްމާ ވިހެއީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. ޒައިބާގެ އުމުރުން ދެ އަހަރުގައި އޭނާގެ ބައްޕަ ވަނީ މި ކެހިވެރި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. އަސްމާ ދިޔައީ ހިތްވަރާއެކު ޒައިބާގެ ކަންތައްތައް ކޮށްދެމުންނެވެ . އޭނާ ގެންދިޔައީ އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅަށް ރަނގަޅަށް ތަރުބިއްޔަތު ދެމުންނެވެ. ނަމަވެސް………………………….. އިންޝާ ﷲ ވަރަށް އަވަހަށް މި ވާހަކަ ގެނެސްދޭން ފަށާނަން… އިންތިޒާރު […]
ٱلسَّلَامُ عَلَيْكُمْ، ކިޔުންތެރިންގެ ސަމާލުކަމަށް، މުތާގެ އައު ވާހަކައެއް މިހާރު ”ވަންއޮންލައިން” ގައި ދަނީ ޝާއިއު ކުރެވެމުންނެވެ. އުއްމީދަކީ ކިޔުންތެރިންގެ ތަރުހީބު މިވާހަކައަށް ވެސް ލިބިގެން ދިއުމެވެ. ހަފްތާގެ ކޮންމެ ހޯމަ، ބުދަ އަދި ހުކުރު ދުވަހެއްގައި ވާހަކަ ގެނެސްދެވޭނެއެވެ. إِنْ شَاءَ ٱللَّٰهُ. މުޠައްހަރު އިބްރާހީމް (މުތާ/ސ.ހިތަދޫ)
އިޙްނާގެ ދެލޯ ހަމައެކަނި ހުއްޓިފައިވަނީ ދާދި ދެންމެއަކު ދޮރުން ވަދެގެން އައި މިޙްރާނަށާއި ލީޑިންގ ޓީޗަރަށެވެ. ލީޑިންގ ޓީޗަރުއައީމާ ހައިރާން ނުވިއަސް އިޙްނާ އަޖައިބުވީ އެތަނަށް މިޙްރާން މިޙްރާން އަންނަން ޖެހުނު ސަބަބަކާއި މެދުއެވެ. އަނެއްކާ މީނާތަ ޔޫންގެ ބޮލުގައި ބޯޅައިން ޖެހީ؟ “އިހޫ.. ކާކު ދެންމެ އެއައީ؟” ބަލިއަޑަކުން ބޯހިއްލާލައިފައި ޔޫން އަހާލިއެވެ. “ނަދީމް ސަރ މިއައީ މިތަނަށް މިޙްރާން ގޮވައިގެން ޔޫންގެ ހާލު ބަލައިލާން.. މިހާރު ރަނގަޅުތަ؟” އިޙްނާ ޖަވާބު ދިނުމުގެ ކުރިން ނަދީމް […]
އިޝާން ފޯނު ނަގާ ވީޑިއޯ ހުޅުވާލުމަށްފަހު ޝާފިއުއަށް ދައްކާލިއެވެ. ވީޑިއޯ ނިމުމުން ޝާފިއު ފުން ނޭވާއެއް ދޫކޮށްލިއެވެ. “އެންމެ ރަނގަޅު. މިވީ ގޮތުން ވާރިސްއަށް އެބަ ޝައްކު ކުރެވޭ. ސާރ ބަލާނަން މިކަމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދޭތޯ.” ޝާފިއުގެ މި ވާހަކައިން ހަތަރު މީހުނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “ސާރ. އަޅުގަނޑުމެން ކޭސް ކުރިއަށް ގެންދަން އަޅުގަނޑުމަން ބޭނުން ބެންކޮކަށް ދާން. ދެމީހަކު މިކޮޅުގައި މަޑުކޮށްފައި އަނެއް ދެ މީހުން އެކޮޅަށް ދާގޮތަށް.” އުޝާ […]
ނޯޓު: ‘ރޫޙާނީ ބިރު’ މި ވާހަކައަކީ އަޅުގަނޑު މީގެ އަހަރެއްކުރިން ލިޔަން ފަށާފައިވާ ވާހަކައެކެވެ. ވާހަކައިގެ ފަސްވަނަ ބަޔާއި ހިސާބުން މި ވާހަކަ އަޅުގަނޑު ލިޔުން ހުއްޓާލާފައި ވަނީ ސަބަބަކާއި ހުރެވެ. ނަމަވެސް އަނެއްކާ އަލުން މި ވާހަކަ ބޮޑެތި ބަދަލުތަކަކާއި އެކު ކިޔުންތެރިންނަށް ގެނެސްދެން އަޅުގަނޑު މިވަނީ ނިންމާފައެވެ. އަދި މި ވާހަކަ ނިމުމަކަށް ދަންދެން ހުއްޓައިލުމެއްނެތި ގެނެސްދޭނަން ކަމުގެ ޔަޤީންކަން އަޅުގަނޑު ކިޔުންތެރިންނަށް އަރުވަމެވެ. بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ ކޮޓަރިއަށް ވެރިވެފައިވަނީ އުދާސްކަމެވެ. […]
ނިދިފައި އޮތް ޒައިންއަށް ހޭލެވުނީ ޖިއާން ބާލީހަކުން ޒައިން ގައިގައި ތަޅައިގަތުމުންނެވެ. ލުއްކެއް ޖަހައި އެނދުން ތެދުވެ އެންމެ ފުރަތަމަވެސް ޒައިންއަށް އަހައިލެވުނީ މިހާރު ރާއްޖެ ދެވުނީތޯއެވެ. “އަދިވެސް ނިދާފަދޯ. އަހަރެން ހީކުރީ ޒައިން ހޭލާނެކަމަށް މަށަށްވުރެ ކުރިން. ބަޓް އައި ވޮން.. ހެހެ.. ދެންވެސް ރަނގަޅަށް ދެލޯ ހުޅުވާފަ ދޭބަލަ ފާހަނާއަށްވަދެ ރީތިވެގެން ނުކުންނަން. އޭރުން ކިރިޔާ ގަޑިނުޖެހި އެއަރޕޯޓަށް ދެވޭނީ. އަހަރެން މިއުޅެނީ އެއްޗެހި ޕެކް ކުރަން.” ޒައިންގެ އިސްތަށިގަނޑުގައި އަތް ހައިކައިލަމުން ޖިއާން […]
“މަންމާ!” ބަނޑުވަތަށް ވެއްޓިޖެހުނު ގޮތަކުން ބަނޑަށް ނެގި ތޫނު ދިލައަކުން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު މިޝެލިން ވެއްޓިފައިވީ ދިމާލުން ލޭފެންނަން ހުއްޓެވެ. ކާބައިން ނުކުމެގެން އައި ޔުނާންއަށް މި މަންޒަރުފެނުމާއި އެކުހެން އޭނާގެ ހޭބުއްދިފިލާދިޔަފަދައެވެ. އަޑުގެ ކޮޅަށް ހަޅެއްލަވައިގަނެވުނީ ނޫނެކޭ ކިޔާފައެވެ. އޭރު ކާބަދިގޭގައި ތިބި އެހެން މީހުންވެސް ދުވެފައިކަހަލަ ގޮތަކަށް ނުކުމެއްޖެއެވެ. މިޝެލިންއަށް ފެނުނީ ހަލިވިކަމާއިއެކު އޭނާކައިރިއަށް އައިސް މަޑުކޮށްލި ޔުނާންއެވެ. އޭރު އޭނާގެ ދެލޯ މަޑުމަޑުން މެރެމުން ދިޔަނަމަވެސް ޔުނާން ލޯ ނުމަރާށޭ […]
“ދައްކާ ސީސީޓީވީ. އަސްލާންއާ އެއްކޮށް ބޭރަށް ދިޔަ ރޭތަކުގެ ސީސީޓީވީ ދައްކާ.” އަސްލާން ގެއްލުނު ހިސާބުން ފެށިގެން، ޕަޒްލްއެއްގެ މަދުވާ ބައިފަދައިން އަހަރެންގެ ހަނދާނުން ފިލާފައިވާ އެ ކަންތައް މަތިން ހަނދާންވިއެވެ. އަހަރެން ބޭރަށް ދިޔަކަން ފެނުނުއިރު އެކަކުވެސް އަހަރެން ނުހޯދީ ކީއްވެހެއްޔެވެ؟ ދިޔަ ތަނަކާއިމެދު ސުވާލު ނުއުފެއްދީ ކީއްވެހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބުލިބެން އޮތީ އެރޭތަކުގެ ސީސީޓީވީ ފުޓޭޖް ބަަލައިގެނެވެ. ******************** ރޫބީ އަހަރެންގެ މޫނުގެ ކުލަވަރަށް ބަލައިލާފައި، އިތުރު ސުވާލު ކުރުމަކާއިނުލައި މޮނިޓަރިން ރޫމްތެރެއަށް […]