ގަޑިން އެކެއްޖެހިއިރުވެސް ވާރޭ ހުއްޓާލާކަށް ނޫޅެއެވެ. އެއް ކޮޓަރީގެ އެޕާޓްމެންޓެއްގެ ތެރޭގައިވީ ހަމަހިމޭންކަމެވެ. އެތަނުގައި އިންސާނެއްގެ ހިލަމެއްވެސް ނުވާކަހަލައެވެ. ނުވަތަ އެތަނުގައިވީ ނަފުސުވަނީ މި ހިމޭންކަމުގެ ތެރެއަށް އެކުވެގެން ގޮސްފައެވެ. ވާރޭގެ ހިތަށް ހަމަޖެހުން ލިއްބައިދޭ އަޑު އަހާލުމަށް ކޮޓަރީ ކުޑަދޮރުކައިރީގައި މަޑުކޮށްލައިގެންހުރި އަންހެންކުއްޖާގެ މޫނުމަތިން އެކައްޖެއްވެސް ދޭހައެއްނުވެއެވެ. ނިތް ބިއްލޫރިގަނޑުގައި ޖައްސާލަމުން ދެލޯ މަރާލީ އެބޮޑު ދެލޮލުގައިވީ ކަރުނަތަށް ހިންދާލުމުގެ ނިޔަތުގައެވެ. ހިމަ ދިގު ނޭފަތް ރަތްވެފައިވީ ރުއިމުގެ ސަބަބުންނެވެ. ހިމޭން ވާރޭގެ އަޑާއި އެކުވެގެން […]
“ޓޮއް ޓޮއް.” ކޮޓަރީގައި ޓަކި ދިންތާ ފަސް ވަރަކަށް މިނިޓު ތެރޭ ދޮރުހުޅުވިއެވެ. ޒައިބާގެ ލޯ ވަނީ ރޮއެރޮއެ ރަތް ވެފައެވެ. އަސްމާ ފެނުމުން ރުޅިވެރިކަން އިސްކުރި އެއްކަމަކު، ޒައިބާ ރޮއެފައި ހުރިކަން އަސްމާ އަކައް ސިއްރެއް ނުވިއެވެ. “އަ.. އާދޭ ކ.. ކާން” ޒައިބާގެ ލޯ ރަތްވެފަ ހުރިތަން ފެނިފައި ކުރި އަސަރެއްގެ ބޮޑު ކަމުން އަސްމާގެ އަޑު ނުކުތީ ކެނޑިކެނޑި ގެންނެވެ. “ހުމް..މް.. މިދަނީ..” ބަނޑުހައި ވެފައި ހުރުމުގެ ސަބަބުން ޒައިބާ ވަރަށް ފަސޭހައިން […]
ފޯނު ބާއްވަން އުޅުން ގަޑީގައި އިޙްނާގެ ފޯނު ދިއްލުމުން އިޙްނާ ފޯނު ބަލާލިއެވެ. މިއޮއް ދަންވަރު ގަޑީގައި އިޙްނާއަށް އެމެސެޖް ކުރީ ކާކުބާވައެވެ؟ ހަމަގައިމުވެސް ރިހާމާއި ޔޫން ތިބޭނީ މިގަޑީގައި ނިދާފައިކަން ކަށަވަރެވެ. ދެން އިޙްނާއެއް މިޙްރާނަކާއެއް ވާހަކަ ދައްކާ ހަދައެއް ނޫޅެއެވެ. ދެން ކާކުބާވައެވެ؟ މިފަދަ އެތައް ސުވާލުތަކެއް ހިތަށް އަރަމުން ދިޔަވަގުތު އިޙްނާ އެމެސެޖް ހުޅުވާލިއެވެ. “މާދަމާ ރޭ 8:30 ގައި ސަންސެޓް ބީޗަށް.. ނަމަނަމަ މީހަކު ކައިރީ މިވާހަކަ ބުނެގެން ނުވާނެ.. ބުނެފިނަމަ […]
* ކައިޔަންއަށާއި ޒިވީންއަށް ގެއަށް ފޯރުނުއިރު ކުރިމަތީގައި ހުރި ގެއަށް ބަޔަކު ބަދަލުވިކަމުގެ ނިޝާން ތައް ފެނެއެވެ. އެގޭގެ ގާތުގައި ޕާކުކޮއްފައި ބޮޑު ޕިކަޕެއް އޮތެވެ. އޭގެން ދެމީހަކުވެގެން މުދާތައް ބާލަމުންދިޔައެވެ. “ކޫލް.. އާ ނެއިބަރސް.. މިރޭ ވާނެ އެމީހުންނަށް ވެލްކަމް ކިޔަންދާން..” ޒިވީން ވަގުތުން ގޮތެއް ނިންމިއެވެ. ކައިޔަން ބޯޖަހާލިއެވެ. ކުއްލިއަކަށް ކައިޔަންގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ގޭގެ އުނދޯލީގައި އިށީނދެލައިގެން ހުރި އަންހެންކުއްޖެކެވެ. އެކުއްޖާ ހުރީ ފުރަގަސްދީގެންކަމުން އެކުއްޖާގެ މޫނު ރަނގަޅަކަށެއް ނުފެނެ […]
“އައި ޑޯންކް ކެއަރ ތީ ކޮންމެ މީހަކަސް. ޑޭޑް ކައިރީ ބުނަންވީ ހަމައެކަނި މި ކައިވެންޏާ ދެކޮޅޭ. ” ފާރާއި އިލްފް އާއި ދޭތެރޭގައި ފިތިފައިހުރި ޒީކްއާ ދިމާލަށް ރުޅިވެރިކަމާއިއެކު ބަލާލަމުން އިލްފް ބުންޏެވެ. އެ ދެލޮލުން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ. ވަރަށް ބޮޑަށް ކަމަކާއި ހިތްހަމަ ނުޖެހިފައިހުރިފަދައެވެ. ޒީކް ޙިޔާރުކުރީ ހިމޭންކަމެވެ. “ތި ހަމަހިމޭންކަމުން ނަގަންވީ ކޮން މާނައެއްކަމެއް އަހަންނަކަށް ނޭނގުނު” ކަތުރުކަށިގަނޑަށް ވާންވެގެން ދިޔައިރު އިލްފް މަސައްކަތްކުރީ ރުޅިގަނޑު މައިތިރިކުރެވޭތޯއެވެ. އެހެން ނޫންނަމަ އޭނާއަށް […]
“ޒައިބާ ކޮބާ؟” ލޮލުން ކަރުންތައް ފުހެލަމުން އަސްމާ ސުވާލުކުރިއެވެ. “ޒައިބާ އަހަރެން ގޭގަ.. މިވަގުތު އޮތީ ނިދިފައި” ********* “ޒައިބާ ހޭލީމަ މިގެއަށް ގެންނާތި” އަސްމާ ޒައިބާ ރަނގަޅަށް ތަރުބިއްޔަތު ކުރަން ޢަޒުމް ކަނޑައެޅިއެވެ. ދުވަސްތައް ހަފްތާތަކަށް، ހަފްތާތަށް މަސްތަކަށް، މަސްތަކަށް އަހަރުތަކަށް ބަދަލުވެގެންގޮސް ޒައިބާއަށް ހައަހަރު ފުރިއްޖެވެ. ޒައިބާ މިހާރު އޭނާގެ ބައްޕަ އާއި ބެހޭގޮތުން ސުވާލުކުރަން ފަށައިފިއެވެ. “މަންމާ.. އަޅުގަނޑު ބައްޕަ ކޮބާތަ؟” އެއީ ޒައިބާ އެސުވާލު އޭނާގެ މަންމައާ ކުރި ދިހަވަނަ ފަހަރެވެ. […]
އެގާރަވަނަ މީހާގެ ފޯނުގައި ރިކޯޑަރ ހަރުކުރެވުންތަނާ ޔަނާލްގެ ފޯނަށް މެސެޖްއައީ ދެވަނަ ސެޝަންއަށް އައުމަށެވެ. ފަސް މިނެޓް ތެރޭ މިދަނީ ކަމަށް މެސެޖް ކޮށްލަމުން އަނެއްކާވެސް ދެންތިބި މީހުންގެ ފޯނުގައި ރިކޯޑަރ ހަރުކޮށް ނިންމާފައި ނުކުންނަން އުޅެނިކޮށް މީހަކު ބޭރުން ތަޅުގައި ހިފާލި އަޑަށް އޭނާ ހުއްޓުން އެރިއެވެ. އިރުކޮޅަކުން ތަޅުދަނޑި ފައްޗަކުން ދޮރު ހުޅުވާލާފައި ވަނީ އެތާ މަސައްކަތް ކުރާ މީހެކެވެ. ޔަނާލް ފެނުމުން އެމީހާ ޔަނާލަށް ބަލާލީ ހައިރާންވެފައެވެ. “މިތާ ކީއްކުރަނީ؟ ކިހިނެއް މިތަނަށް […]
ހަވީރުގެ ވަގުތުގައި ހިރިމަރަދޫގެ ގޮނޑު ދޮށަށް ދިޔައީ ފިނި ވައިރޯޅި ޖެހެމުންނެވެ. އެ ހިތްގައިމު ވަގުތުކޮޅުގެ ފޮނިމީރުކަން ހާސިލް ކުރުމައްޓަކައި ކުދި ބޮޑު އެތައް ބަޔަކު ގޮނޑު ދޮށުގެ އެކި ހިސާބުތަކުގައި ތިއްބެވެ. ގަހެއްގެ ހިޔާގަނޑު ދަށުގައި އިށީނދެ ލައިގެން އެ އިނީ އަސްމާއެވެ. އަސްމާގެ ކަޅި ހުއްޓިފައި ހުރީ އެތާ އެއްވެސް ހިޔާލެއް ފިކުރެއް ނެތި ކުޅެމުން ދިޔަ ކުޑަ ކުދިންނަށެވެ. އޭނާގެ ތުންފަތް މަތީގައި ވަނީ މާނަފުން ހިނިތުންވުމެކެވެ. އޭނާ ދެން އަތް ޖައްސާލީ […]
ޔުޝްރާ އަދި މަންހާގެ 3 އެކުވެރިން މަންހާ މެން ގެއަށް އަންނާތީ އެ ދެ ކުދިން އުޅުނީ ސްޕެގެޓީ ކައްކާށެވެ. މާ ގިނަ އިރެއްނުވެ ސްޕެގެޓީ ކެކުނެވެ. ޔުޝްރާ މެން މޭޒު މަތި ތައްޔާރުކޮށްް ނިމުނު ގަޑިއަށް އެ ތިން ކުދިން ހަމަ ގެއަށް ވަނީއެވެ. ” ހޭ … ލެއިރާ ހިލްވާ ސަލްޔާ… ވަރަށް މިސް ވި އިނގޭ … ސްކޫލް ނިމުން ފަހުން އަދި މި ދިމާވީ … ” މަންހާ ޔުޝްރާގެ ކޮނޑަށް […]