Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – ތިރީސްވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
April 21, 2020 6 Mins Read
29 Comments

ދެބެން އެގޮތުގައި ދެލޯ ބޮޑުކޮށްގެން ތިއްބައި އެ މީހަކު އެތަނުން ތެދުވިއެވެ. އެއާއިއެކު ދެފަރާތުގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ކުރިމަތީގައި ހުރި އަންޖަދު ފެނިފައި ޝިމާޔާގެ ދެލޯ އިހުނަށްވުރެވެސް ބޮޑުވެގެންދިޔައެވެ. އަންޖަދު އަށް ވެސް ދެލޯ ބޮޑުކޮށްލި ގޮތަށް ޝިމާޔާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އަންޖަދު އަށް އައިއްސައި ހުރި ބަދަލުތަކުން ޝަމީމް ހުރީ ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ. އެގޮތުގައި ތިން ޒުވާނުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބައި ދަންނަ އަޑަކުން އަންޖަދު އޭ ކިޔައިފައި ގޮވައިލި އަޑު އިވުނެވެ. ޝަމީމް އަޑު އައީ ދިމާލަށް ބަލައިލިއިރު ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔަކު އަންޖަދު އާއި ދިމާލަށް އަންނަނީއެވެ. ޢިލްމުވެރިޔާ އައިސް އަންޖަދު ކައިރީ އޭނާއާއެކު އައުމަށް ބުނުމުން އަންޖަދު ޢިލްމުވެރިޔާގެ ފަސްފަހަތުން ހިނގައިގަތެވެ. ނުކުންނަ ދޮރާއި ހަމައަށް ދެވުމުން އަންޖަދު އަނެއްކާވެސް ފަސްއެނބުރި ބަލައިލިއެވެ. އަންޖަދު ހިނިތުންވެލުމަށްފަހު އަނެއްކާވެސް ޢިލްމުވެރިޔާގެ ފަހަތުން ހިނގައިގަތެވެ. ޝިމާޔާ އާއި ޝަމީމް އަށް ބުނާނެ އެއްޗެއް ނޭނގި އިރުކޮޅަކު ތިބެވުނެވެ. ދެބެންނަށް ނަޒަރު ހުއްޓައިލައިގެން ތިބި މީހުނަށް އަވަސް ނަޒަރެއް ދެމުން ޝަމީމް ޝިމާޔާ ގޮވައިގެން ރެސްޓޯރެންޓުން ނުކުތެވެ.

ގެޔަށް ދިޔަ މަގުމަތީގައިވެސް ޝިމާޔާ ހުރީ ނެގިމަޑުވެފައެވެ. ޝިމާޔާގެ އެ ހަމަހިމޭންކަން ފެނި ޝަމީމް އަށް ކިތަންމެ އުނދަގޫ ވި ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެ ހުރީ ޝިމާޔާ މަޑުން އެ ހުރި ސަބަބު އިނގޭތީއެވެ. ޝިމާޔާގެ މޫނަށް ބަލައިލިޔަސް އޭނާ އެހުރީ ވަރަށް ބޮޑަށް ލަދުގަނެ ޖެހިލުންވެފައިކަން އިނގެއެވެ. އެހެނީ އަންޖަދު އެގޮތަށް އައިސް ޝިމާޔާ ގައިގައި ޖެހުމުން އެވަގުތު ރެސްޓޯރެންޓުގައި ތިބި ގިނަބަޔަކު ޝިމާޔާ އޭ ކިޔައިގެން ސިއްރު ސިއްރުން ވާހަކަ ދެއްކި އަޑު ޝިމާޔާ އަދި ޝަމީމްއަށް ވެސް އެނގުނެވެ. މާޒީގައި ކަންތައްތައް ހިނގައިފައިވި ގޮތުން މުޅި މާލޭގައި ޝިމާޔާ އަކީ ކާކުކަން ނޭނގޭ މީހަކު ނުހުންނާނެއެވެ. އޭގެތެރެއިން ގިނަ މީހުނަށް އަދިވެސް ނޭނގި އޮތް ކަމަކީ ޝިމާޔާ އަކީ މިހާރު ބަދަލުވެފައިވި މީހެއްކަމެވެ. ޝިމާޔާގެ ގިސްލުމުގެ އަޑު އިވުނުހެން ހީވެގެން ޝަމީމް ޝިމާޔާ އާއި ދިމާލަށް ބަލައިލިއެވެ. އޭރު ޝިމާޔާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓެނީއެވެ. “ޝިމް ސްޓޮޕް. ސްޓޮޕް ކްރައިންގް. މިތާ މަގުމަތީގަ ރުއީމަ މީހުން ހީކުރާނީ ކީކޭ؟ އަވަހަށް ހުއްޓާލާފަ ހިނގާ އަވަހަށް ގެއަށް ދެވޭތޯ ބަލަން.” ޝިމާޔާގެ ލޮލުން އޮހޮރެން ފެށި ކަރުނަތައް ފުހެލައިދެމުން ޝަމީމް ބުންޏެވެ. ޝިމާޔާ ކަރުނަތައް ހިންދަން މަސައްކަތްކުރަމުން މޫނު ފުހެލުމަށްފަހު ޝަމީމް އާއިއެކީގައި ހިނގައިގަތީ އަވަހަށް ގެއަށް ދެވޭތޯއެވެ.

ގެއަށް ވަތް ގޮތަށް އެންމެ ފުރަތަމަވެސް ޝިމާޔާ ސޯފާ މައްޗަށް އޭނާގެ އަތްދަބަސް އެއްލައިލައިފައި ދިޔައީ ބަދިގެއަށެވެ. ތައްޓަކަށް ފިނިފެން އެޅުމަށްފަހު އެއަށް ފަސް އައިސް ކިއުބް އަޅައިލީ އިތުރަށް ފެން ފިނިކޮށްލުމުގެ ނިޔަތުގައެވެ. ފެންތަށީގައި އަތްލުމުން ޝިމާޔާގެ އަތަށް ވަރަށް ބޮޑަށް ފިނުވެގެން ދިޔައެވެ. ހީކަރުވައި ނުގަތީ ހަމަ ކިރިޔާއެވެ. އެހާވެސް ބޮޑަށް އެ ތަށި ހުރީ ފިނިވެފައެވެ. ޝިމާޔާ އެއްފަހަރުން އެ ފެންތަށި ހުސްކޮށްލިއެވެ. މީހާ ހަމައަކަށް އެޅުނީ ދެނެވެ. ތަށި ދޮވެލުމަށްފަހު ސިޓިންގް ރޫމަށް ދިޔައިރު ޝަމީމް ސިޓިންގް ރޫމަކު ނެތެވެ. ޝަމީމް ކޮޓަރީގައި އުޅޭކަން ޝިމާޔާއަށް އެނގުނީ އެ ކޮޓަރީގެ އަލި ފަނޑުކޮށް ނަމަވެސް ސިޓިންގްރޫމަށް އެޅިފައިވުމުންނެވެ. ސިޓިންގް ރޫމް ސިއްލައިލުމަށްފަހު ޝިމާޔާ ސޯފާގައި އިށީނެވެ. އަތްދަބަސް ތެރެއިން އޭނާގެ ފޯނު ނެގުމަށްފަހު އަންޖަދުގެ ނަމްބަރަށް ގުޅައިލިއެވެ. ސިކުންތެއް ނުވަނީސް އަންޖަދު ފޯނު ބިޒީކޮށްލައިފިއެވެ. އަންޖަދު މިކުރި ކަމަކުން ޝިމާޔާގެ ހިތުގައި ސުވާލު އުފެދުނެވެ. އެހެންޏާ އަންޖަދު އަކީ ޝިމާޔާ ގުޅާލާއިރަށް ސިކުންތެއް ނުވަނީސް ފޯނު ނަގާ މީހެކެވެ. ފޯނު ބާއްވަން އުޅެނިކޮށް އެކޮޅުން އަންޖަދު ގުޅަން ފަށައިފިއެވެ. ޝިމާޔާ އަވަހަށް ފޯނު ނެގުމަށްފަހު ކަންފަތުގައި ފޯނު ޖައްސައިލިއެވެ.

“ސޮރީ. ޝިމާ. ފޯނު ނަގަން އުޅެނިކޮށް ބިޒީކޮށްލެވުނީ ހަމަ. އެންޑް މިރޭ އަހަރެން ގަސްދަކު ނޫން ޝިމާ ގައިގަ ޖެހުނީކީ. ދެޓްސް އޭން އެކްސިޑެންޓް.” އަންޖަދު އަވަސްއަވަހަށް މިރޭ ކަންތައް ވީގޮތް ޝިމާޔާއަށް ކިޔައިދިނީ ފަހަރުގައި ޝިމާޔާގެ ހިތުގައި ކުށްހީއެއް އުފެދިދާނެތީއެވެ. ކަންވީ އަންޖަދު ހީކުރި ގޮތާއި ޚިލާފަށެވެ. ޝިމާޔާ ފެށީ ހޭށެވެ. “ހަހަހަ… އިނގެޔޭ އަންޖް ގަސްދަކު ނޫންކަން. ކުއްލިއަކަށް ހުރެފަ އަންޖް ފެނުނީމަ އަހަންނަށް ކުއްލި ޝޮކެއް ލިބުނީ. އެތާ ތިބި މީހުންވެސް ވަރަށް ފާޑުފާޑުގެ އެއްޗެހި ކީ.” އެންމެ ފަހު ޖުމުލަ ޝިމާޔާއަށް ބުނެވުނު އިރު އޭނާގެ އަޑު ހުރީ ކޮންމެވެސް ވަރަކަށް ކުރެހިފައެވެ. “އާނ. އަހަންނަށްވެސް އިވުނު އެއްޗެހިތަކެއް ކީ އަޑު. އަޅާނުލާ. ދެޓްސް ޕާސްޓް. ނައު ވީ އާރ ޗޭންޖްޑް. ހެހެ.” އަންޖަދު ދިން ހިތްވަރުން ޝިމާޔާއަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. “ކޮންއިރަކު އަންޖް މިނިވަންވީ؟” އަންޖަދުއާއި މިރޭ ދިމާވި ފަހުން ޝިމާޔާގެ ހިތުގައި އުފެދުނު ސުވާލުކޮށްލިއެވެ. “އަހަރެން ރަނގަޅަށް އުޅުނީމަ. ދެން މަންމަމެންވެސް ވަރަށް އާދޭސްކުރި ފުލުހުން ކައިރީގަ. މަންމަގެ އާދޭހަށް އަސްލު އަހަރެން ދޫކޮށްލީ. އެކަމަކު ދެން އިންޝާﷲ ޖަލު ގޮޅިއަށް ދާންޖެހޭ ވަރުގެ ކަމެއް ނުކުރާނަން…” ޝިމާޔާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އަންޖަދު އާއި ވާހަކަދައްކަމުން ދައްކަމުން ޝިމާޔާ ކޮޓަރިއަށް ވަނެވެ. އެރޭ ބާރަޖަހަންދެންވެސް ދެ ޒުވާނުންނަށް ތިބެވުނީ ފޯނުން އޮލަ ވާހަކަތަކެއް ދައްކާށެވެ. އެންމެ ފަހުން ޝިމާޔާ ނިދިއަންނަން ފެށުމުން ގުޑްނައިޓް އޭ ބުނެ ފޯނު ކަނޑައިލިއެވެ. ހެދުން ބަދަލު ވެސް ނުކޮށް ޝިމާޔާ ނިދަން އޮށޯތީ މާ ބޮޑަށް ނިދި އައިއްސައި ހުރުމުގެ ސަބަބުންނެވެ.

އިރުގެ އަލި މޫނަށް އެޅެން ފެށުމުން ނިދައިފައި އޮތް ޒައިންއަށް އޭނާގެ ދެލޯ ހުޅުވައިލެވުނެވެ. އާފުރިލައި މޯޅިއަކަށް ދެމި ލުމަށްފަހު އެނދުގެ އަނެއްފަރާތަށް ބަލައިލިއިރު ކަމަކު ދާކަށްނެތެވެ. ޖިއާން އޮތީ ކިރިޔާ ވެއްޓޭ ނުވެއްޓޭ ހިސާބުގައެވެ. ޒައިން އެގޮތަށް ބަލަން އިންދައި ޖިއާން ފުރޮޅާލަނީއެވެ. ޖިއާން އެނދުން ވެއްޓުނަ ނުދީ ސަލާމަތްކުރަން ވެގެން ޒައިން ޖިއާންގެ އަތުގައި ހިފައި ދަމައިގަތެވެ. ކުރަތްޕެއް ދަތް އެޅުމުން ތެޅިގަންނަ ފަދައިން ތެޅިގަނެފައި ޖިއާން ތެދުވެއްޖެއެވެ. ޖިއާންގެ އެ ކުއްލި ހަރަކާތުން ޒައިން ސިއްސައިގެން ދިޔައެވެ. ފަހަތަށް ޖެހެން އުޅުމުގެ ތެރޭގައި އެނދުން ވެއްޓުނީ ޒައިން އެވެ. އުނަގަނޑުގައި ފިރުމައިލަމުން އައްދިއްޔޯއި އަމައްޔޯއި އޭ ކިޔަމުން ޒައިން ތެދުވެ އެނދުގައި އިށީންދެއްޖެއެވެ. ޒައިން އުނަގަނޑުގައި ފިރުމަން އިންގޮތުން ހީވަނީ މުސްކުޅިއަކު އުނަގަނޑުގައި ފިރުމާހެންނެވެ. ޖިއާންއަށް މަޖާވެގެން ހޭންފެށިއެވެ. “ކޮބާ! ކަމެއްހެން ހީވެއްޖެ! އަދިވެސް އަހަރެން އެނދުން ވައްޓާލަން އުޅޭ.” ޖިއާން ހީކުރީ އޭނާ ހޭލުއްވައިލަންވެގެން ޒައިން އޭނާ އެނދުން ވައްޓައިލަން އުޅުނު ކަމަށެވެ. “އަޅެ ދޯ. މަށަށް ހޭލެވުނުއިރު ޖިއާން އޮތީ ކިރިޔާ ނުވެއްޓި. އަހަރެން ޖިއާން މި ފަރާތަށް އަނބުރައިލަންވެގެން އުޅެނިކޮށް ޖިއާން ހެދި އެއްޗަކުން އެންމެ ފަހުން އެނދުން މި ވެއްޓުނީ އަހަރެން ވިއްޔަ.” އުނަގަނޑުގައި ފިރުމަމުން ފިރުމަމުން ޒައިން ބުންޏެވެ. ޖިއާން ހެމުން ހެމުން ގޮސް ފާޚާނާއަށްވަނެވެ. ޒައިން އެނދުގެ ހެޑްބޯޑުގައި ލެނގިލުމަށްފަހު އޭނާގެ ފޯނު ނަގައި އުޝާއަށް ގުޅައިލިއެވެ.

އުޝާއަށް ކުއްލިއަކަށް ދެލޯ ހުޅުވައިލެވުނީ އޭނާގެ ފޯނުން ވައިބަރ އިން ރިންގް ވާން ފެށުމުންނެވެ. ފޯނު ނެގުމަށްފަހު ނިދިބަރު އަޑަކުން އުޝާ ހެލޯ އޭ ބުންޏެވެ. “އަދި ކިރިޔާތަ ތި ހޭލެވުނީ؟” ހިނގަނޑެއް ޖަހައިލުމަށްފަހު ޒައިން އެހިއެވެ. “ހްމްމް. ބޭބެ ވެސް ދެންމެއެއްނު ތި ހޭލީ.” ލޯ އުނގުޅަމުން އެނދުން ތެދުވެ އިށީންދެލަމުން އުޝާ ބުންޏެވެ. “ސަހާދެއް މިބުނީ ކަންނެތް ކުއްޖެއް.” އުޝާ ރުޅިއަރުވައިލުމުގެ ގޮތުން ޒައިން ބުންޏެވެ. “އެހެންތަ؟ ފަތިސް ނަމާދުކޮށްގެން ނިދާލީމަވެސް. ހަހް.. ބޭބެ މާކަންނެތް.” އުޝާއަށް ދެން އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “ހަހަ.. ތި ނިކަން ނިދަން ނޯވެ ދޭބަލަ ކުއްޖަކާއެއްކޮށް ބުރެއް ޖަހާލަން. ހަަހަހަ..” ހެމުން ހެމުން ޒައިން ބުންޏެވެ. “ދެން ބޭބޭ.. ބޭބެ ކީއްވެތަ އަބަދު އަހަންނާ ދިމާކުރަނީ؟” އަކުރުތަކަށް ދަމައިލަމުން އުޝާ ބުންޏެވެ. “އޭ ސޮރީ. ހަމަ އުޝާ ރުޅިއަރުވާލާ ހިތްވީ. ސޮރީ. ހެހެ.” އުޝާ ދެރަވީކަން އެނގުމުން ޒައިން ބުންޏެވެ. ދެބެން އެކަކު އަނެކަކާ ވާހަކަދައްކަން މިނެޓްތަކެއް ވަންދެން ތިއްބެވެ. ފަހުން ގުޅާނެކަމަށް ބުނަމުން ޒައިން ފޯނު ކަނޑައިލީ ޖިއާން ފާޚާނާއިން ނުކުތުމުންނެވެ. “އޭ އަވަސްކުރައްޗޭ އިނގޭ. އޭރުން އަވަހަށް ރެސްޓޯރެންޓަށް ގޮސް ރަނގަޅަށް ސައިބޮއެލެވޭނީ.” ޖިއާން އޭނާގެ ދަބަހުން ފެހިކުލައިގެ ޓީޝާޓެއް ނަގަމުން ބުންޏެވެ. ޒައިންވެސް ބަނޑުހައިވެފައި ހުރުމުގެ ސަބަބުން އިތުރަށް ލަސްކުރަން ނުހަދައި ތުވާލި ހިފައިގެން ގޮސް ފާޚާނާއަށް ވަނެވެ.

ހޮޅުއަށި ހޮޓާގެ ހަލަބޮލި މާޙައުލުގައި ސަޔަށް އިން ސާފުކުރަން ނައިޒަކް އާއި ޝަމީމް ތިއްބެވެ. އެކި ކަންކަމާ މަޝްވަރާ ކޮށް ވާހަކަދައްކަން ދެމީހުން ތިއްބެވެ. އެންމެ ފަހުން ޝަމީމް އަންޖަދުގެ ވާހަކަ ބުނުމުން ނައިޒަކް ކޮށިއަރައިގަތެވެ. “އަނެއްކާވެސް އޭނަ ދޫކޮށްލީތަ؟” ނައިޒަކް އިނީ ޤަބޫލުކުރަން ދަތިވެފައެވެ. އެވަރުގެ ނުބައި ނުލަފާ މީހަކު އަނެއްކާވެސް މިނިވަންކުރުމުން ނައިޒަކްގެ ހިތުގައި ރުޅިވެރިކަން އުފެދުނެވެ. “އަދި ވެގެން އުޅޭ ގޮތެއް ނޭނގެއެއްނު ނައިކުއަކަށް. ތިހާ ރުޅި ނާދެބަލަ. ހަމަޖެހިބަަލަ.” ބަޖިޔާކޮޅެއް ހަފައިލަމުން ޝަމީމް ބުންޏެވެ. “ހްމް ދެން ކިޔާ ދީބަލަ ތި ވެގެން އުޅޭ ގޮތެއް.” ވެެގެން އުޅޭ ގޮތް އޮޅުންފިލުވަން ނައިޒަކް އިނީ ނުހަނު ބޭނުންވެފައެވެ. ޝިމާޔާ ފަތިހު ޝަމީމް ގާތުގައި ދެއްކި ހުރިހާ ވާހަކަތަކެއް ޝަމީމް ނައިޒަކް އަށް ކިޔައިދިނެވެ. ޝިމާޔާ ވަނީ ރޭ ފަތިހު ޝަމީމް އަށް އަންޖަދު ކިޔައިދިން ހުރިހާ ވާހަކަތަކެއް ކިޔައިދީފައެވެ. “ހީ ހެޑް ޗޭންޖްޑް އަ ލޮޓް. ފަހަރެއްގަ ނައިކުއަށް ވަރަށް އުނދަގޫވެދާނެ އޭނައަށް އިތުބާރުކުރަން. އެކަމަކު އަންޖަދު އެއީ މިހާރު ކުރީގެ އަންޖަދެއް ނޫން. މުޅިން އާ އަންޖަދެއް. އޭނަގެ އުޅުން ވަރަށް ބޮޑުތަން ރަނގަޅުކޮށްފި މިހާރު މާޝާﷲ.” ޝަމީމް ދެއްކި ވާހަކަ ތަކަށް ނައިޒަކް ހަމައެކަނި ބޯ ޖަހައިލީއެވެ. ދެޒުވާނުންވެސް ސައިބޮއެ ނިންމައި ބިލު ދެއްކުމަށް ފަހު އެމީހެއްގެ ގެއަށް ދިޔައެވެ.

ޒައިން އާއި ޖިއާން ސައިބޮއެ ނިންމައިލުމަށްފަހު ރެސްޓޯރެންޓުން ނުކުތެވެ. ދެޒުވާނުންގެ މިޞްރާބަކަށްވެފައިވީ މިރޭ ޝޯ ބާއްވަން ޚާއްޞަ ކޮށްފައި އޮތް ސަރަޙައްދެވެ. އެތަނަށް ދިޔައިރު ސްޓޭޖް ތައްޔާރު ކުރުމުގައި މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ޓީވީ މޯލްޑިވްސް ގެ ކެމެރާމަނުންވެސް އެތަން ތައްޔާރުކުރުމުގައި އުޅެއެވެ. ޒައިން އާއި ޖިއާންވެސް އެމީހުނަށް އެހީތެރިވުމުގެ ގޮތުން މަސައްކަތްފެށިއެވެ. ސްޓޭޖްގެ ބެކްގްރައުންޑް ޑިޒައިން ކުރީ ޒައިންއާއި ޖިއާންއެވެ. އެހެނިހެން މަސައްކަތްތަކުގައިވެސް ޒައިންއާއި ޖިއާން ބައިވެރިވިއެވެ. ޢަޞްރު ވަންދެން ޒައިން އާއި ޖިއާން އުޅުނީ މަސައްކަތްތެރީންނަށް އެހީވުމުގައެވެ. ދެމީހުން ކުރި މަސައްކަތް ވެސް ވަކި ކުޑައެއް ނޫނެވެ.

ޢަޞްރު ނަމާދުކޮށްލައިގެން ރިޝާނާ އާއި އުޝާ ހަވީރު ފިންޏަށް ހިނގައިލަން ނުކުތެވެ. ކައިރި ފިހާރައަކުން ދެ އައިސްކޯން ގަނެގެން އެ ބޮމުން ދެބެން ވަކި މިޞްރާބެއްނެތި ހިނގަމުން ދިޔައެވެ. ބައެއް މީހުންގެ ކަތި ނަޒަރުން ދެބެންނަށް އުނދަގޫވަމުން ދިޔައެވެ. ނަމަވެސް އެކަމާ އަޅައިނުލައި ދެބެންވެސް އަމިއްލަ ވާހަކަތަކެއް ދައްކަމުން ދިޔައެވެ. “ބޭބެ ގުޅިތަ މިއަދު؟” ޒައިން މަތިން ހަނދާންވެގެން ރިޝާނާ އެހިއެވެ. “އާނ. ވަރަށް ދިމާކުރި.” ފޫހިގޮތަކަށް އުޝާ ބުންޏެވެ. “ހެހެ.. ދޮންތަ ތިހާ ލޯބިކޮށް ހުންނަންޏާ ބޭބެ ދިމާކުރާނެއްނު.” ރިޝާނާ ބުންޏެވެ. އުޝާ ކަޅިމައްޗަށް ހިންގައިލިއެވެ. “މިރޭ އޮންނާނެ އެއްކަލަ މެލޭމޯލްޑިވްސް ޝޯ. ބަލަންވާނެއްނު.” އުޝާ ބޯ ޖަހައިލުމަށްފަހު އާން ދޯ އޭ ބުނެލިއެވެ. ދެބެން ވާހަކަދައްކަމުން ދަނިކޮށް ނައިޒަކް ރިޝާނާ ގެ ފޯނަށް ގުޅަން ފަށައިފިއެވެ. “ކީކޭ ދޮންބޭބޭ.” ފޯނު ނަގައި ކަންފަތުގައި ޖައްސައިލަމުން ރިޝާނާ އެހިއެވެ. “ލަސްނުވެ އަންނައްޗޭ އިނގޭ ރިޝޫ. މަންމަ މިހާރުވެސް އެބައުޅޭ ކަންބޮޑުވެގެން.” ރިޝާނާ އާނއެކޭ ބުނެ ފޯނު ކަނޑައިލިއެވެ. “އަޅެ އަހަރުމެން މީ ކުޑަކުދިންތަ؟ ހަމަ ބޭރަށް ނުކުމެލާއިރަށް މަންމަ ކަންބޮޑުވާން ފަށާނެ.” ދެބުމަ ގޮށްޖަހައިގެން ހުރެ ރިޝާނާ ޝަކުވާކުރަން ފެށިއެވެ. “އެއީ އަހަރުމެންނަކީ. އަންހެންކުދިންނަށްވީމައޭ. މިހާރު ކަންތައްތައް ހިނގާ ގޮތުން ކޮންމެ މަޔަކުވެސް ކަންބޮޑުވާނެ އެމީހެއްގެ ދަރިއަކު އަމިއްލައިން ބޭރުގަ އުޅެންފެށީމަ. ކަމެއްވާނީ ބުނެފައެއްނޫނެއްނު. މިހާރުވެސް ފެނެއެއްނު މީހުން ބަލާވަރު. ހަމަ ހީވަނީ ދެންމެ ދެންމެ އައިސް އަތުލައިގެންފާނެހެން.” ވިސްނައިދޭ ފަދައަކުން އުޝާ ބުންޏެވެ. އިރުކޮޅެއް ވަންދެން އެއްވެސް އެއްޗެކޭ ނުބުނެ ހުރުމަށްފަހު ރިޝާނާ ބޯ ޖަހައިލިއެވެ.

މިރޭ ހީވަނީ އުޑުމަތީގައި ކަޅު ސާލެއް އޮޅައިލައިފައިވާހެންނެވެ. އެއްވެސް ތަރުތީބެއްނެތި އެކި ދިމަދިމާލުގައި ތަރިތައް ފިޔަޖަަހަމުން ދެއެވެ. މިރޭގެ ޝޯ އަށްޓަކައި ޒައިން ހުރީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެންނެވެ. ގަދަނޫކުލައިގެ ކޯޓު ފަޓުލޫނުގައި ޒައިން ކުރިއަށްވުރެ ރީތިކަމަށް ދައްކައެވެ. ބޮލުގެ އިސްތަށިގަނޑު ސްޓައިލް ކޮށްލައިފައި ހުރީ އެހެންޏާ ސްޓައިލް ނުކުރާ ފަދަ ގޮތަކަށެވެ. އަތުގައި އޮތް ކަރުދާސްކޮޅަށް އަވަސް ނަޒަރެއް ދެމުން ޒައިން ޖިއާން އާއިއެކީ ޓެކްސީއެއްގައި ޝޯ ބާއްވާ ސަރަޙައްދަށް ދިޔައެވެ.

ސްޓޭޖްމަތީ ބަހައްޓައިފައި ހުރި ސްޓޭންޑާޑް މައިކް ކައިރީ ޒައިން ހުއްޓިލި ވަގުތަކީ އެންމެންގެ ލޯތައް އޭނާއަށް އަމާޒުވި ވަގުތެވެ. ޓީވީއިން ޝޯ ބަލަމުން ދިޔަ އެތައް ބައެއްގެ ޝައުގުވެރިކަން ޒައިންއަށް ހުއްޓެމުން ދިޔައެވެ. “އަޅެ. މިރޭ އަދި ވަކިން ބޭބެ ބައްޕައާ ވައްތަރު.” ޓީވީ ސްކްރީނަށް ބަލައިލަމުން މުނީޝާ ބުންޏެވެ. އާރިޝްމެންވެސް އެއީ ތެދެކޭ ކިޔައި އެވާހަކަ ދެއްކިއެވެ.

ޝޯގެ ތަޢާރަފެއް ދެމުން ޒައިން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ފުރަތަމަ އައިޓަމް ހުށަހެޅުމަށް ގޮވައިލެވުމާއިއެކު ދިވެހި ސަގާފީ ޑާންސް ގްރޫޕް ސްޓޭޖަށް އަރައި އެމީހުންނަށް ހުށަހަޅައިދެވުނު އެންމެ ފުރިހަމައަކަށް ނެށުން ހުށަހަޅައިދެވުނު ދިޔައެވެ. މިގޮތަށް މެލޭޝިޔާ މީހުންވެސް އެކި އެކި ހުށަހެޅުންތައް ހުށަހަޅައިދެމުން ދިޔައެވެ. އެކި ޤައުމުތަކުގައި އޮންނާނީ އެކި ސަޤާފަތް ކަމާއި އެއްބަޔަކު އަނެއް ބައެއްގެ ސަޤާފަތަށް އިޙްތިރާމްކުރަން ޖެހޭނެކަން މިރޭގެ ޝޯއިން ވަރަށް ރަނގަޅަށް ދައްކައިދޭ ޖޫން ދިޔައެވެ. ކޮންމެއަކަސް ދެ ޤައުމުގެ ރައްޔިތުންގެ ފޯރިގަދަ ޙަރަކާތްތަކަކާއިއެކު މިރޭގެ ޝޯ ކާމިޔާބުކަމާއިއެކު ނިންމައިލެވުނެވެ.

ރޫމަށް ވަތް ޒައިން އެ ދަށް ވެއްޓިގަތީ ވާޅުވެފައި ހުރުމުގެ ސަބަބުންނެވެ. އިރުކޮޅަކު އަރާމުކޮށްލަން އޮތުމަށްފަހު ޒައިން ތެދުވެ ފެންވަރައިލައިގެން އަތްދިގު ޓީޝާޓަކާއި ކެރެޓް ޖީންސެއް ލުމަށްފަހު ރޫމުން ނުކުތެވެ. އޭރު ޖިއާން ބޭރުގައި މަޑުކޮށްގެން ހުއްޓެވެ. “ހާދަ ގިނައިރެކޭ ތި ވަނީ.” ޒައިން ތަންކޮޅެއް ލަހުން ކޮޓަރިން ނުކުތުމުން ޖިއާން ޝަކުވާކޮށްލިއެވެ. “ވާޅުވެފަ ހުރީމަ ކުޑަކޮށް ޖައްސާލީ.” ޒައިން ބުންޏެވެ. ދެޒުވާނުންވެސް ދެން ހިނގައިގަތީ ބާޒާރު ކޮށްލުމަށްޓަކައެވެ. ޒައިން އޭނާގެ ޢާއިލާއަށް އެކި ހަދިޔާ ގަންނަމުން ދިޔައެވެ. ޖިއާންވެސް އޭނާގެ އާއިލާއަށް ބޭނުންވާ ހަދިޔާ ގަންނަމުން ދިޔައެވެ. ބާޒާރު ކޮށް ނިންމައިގެން ދެޒުވާނުން ދެން ދިޔައީ ރެސްޓޯރެންޓަކަށެވެ. ކައި ނިންމައިގެން ދެޒުވާނުންނަށް ގެއަށް ދެވުނުއިރު ހުރީ ދަންވެފައެވެ.

“އޭތް. އަހަންނަށް ގޮވާތި ހެނދުނު.” އެނދަށް އަރައި އިށީންނަމުން ޖިއާން ބުންޏެވެ. “ހްމްމް.” ޒައިން އެހެން ބުނެ ފޯނާއި ކުޅެން އިނެވެ. ޖިއާން އަނެއްފަރާތަށް އެނބުރެމުން ރަޖާ އަޅައިގެން އޮވެ ދެލޯ މަރައިލިއެވެ. ޒައިން ގޭމް ކުޅެން އިނދެފައި ފޯނު ބޭއްވީ މާދަން ހެނދުނު ފުރަން ޖެހޭތީއެވެ. ސައިޑް ޓޭބަލް މަތީ ދިއްލައިފައި ހުރި ލޭމްޕް ނިވައިލަމުން ޒައިންވެސް އޮށޯތެވެ. މާދަން ބޯއްޓު ތެރޭގައި ވާނެ ގޮތަކާއި ވިސްނޭވަރުން ޒައިންއަށް ރަނގަޅަކަށް ނިދޭގޮތެއް ނުވިއެވެ. އެކަމާ ވިސްނަން އޮވެ ޒައިންއަށް ނިދުނީ ވަރަށް ދަންވިފަހުންނެވެ.

– ނުނިމޭ –

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ހިތަކުން ނުފިލާނޭ

Next

އަސްލާން 13- ފަހު ބައި

Next
April 21, 2020

އަސްލާން 13- ފަހު ބައި

Previews
April 21, 2020

ހިތަކުން ނުފިލާނޭ

29 Comments!

  1. Dhonthy says:
    April 21, 2020 at 9:42 pm

    Salaam all readers. Miothee vaahakaige thireesvana bai upload vefa. Alhamdhulillah. Heekuri varah vure es avahah publish vefa miothee Alhamdhulillah! Mibai miothee dhigukoh genesdheefa mibayah vaavarah dhigukoh. Unmeedhukuran hurihaa kiyuntherinnau es mi bai kamudhaanekamau. Ehves mistake eiy iniyyaa buneladhechche. Proof read nukoh submit kollee that’s why. Anyways stay safe at home everybody. Pray 5 times and recite quran regularly. Enjoy reading and leave a comment. Love you all ❤️❤️❤️❤️❤️❤️❤️❤️❤️?

  2. Quiiin? says:
    April 21, 2020 at 10:15 pm

    Hey dhonthy … I’m quiiin … hehe … vrh salhi mi part vc … i really like it .. stay safe … tc dear … waiting fr nxt
    Ly
    ?❤

    1. Dhonthy says:
      April 22, 2020 at 6:04 am

      Hey quiiin dear. Thank you so much inge. Awww vvvv ufaavejje. Ye you too stay safe and take great care. Yes dear keep waiting. I will upload the next episode soon Insha Allah. Love you too dear ❤️❤️❤️❤️❤️❤️?

  3. afffraushyyy says:
    April 21, 2020 at 10:32 pm

    luv it dhonthyy??

    1. Dhonthy says:
      May 7, 2020 at 8:28 pm

      Thank you so much afffraushyyy ❤️❤️❤️❤️

  4. Meekkomee says:
    April 21, 2020 at 11:59 pm

    Dhonthyy…… Mi part ves varah Reethi ingyy……… Masha Allah…….. curiously waiting for the next part……luv yeahhhh n miss yeahhh…….. stay home……be safe ❤️❤️ ttyl ✌️✌️✌️??❤️❤️

    1. Dhonthy says:
      April 22, 2020 at 6:08 am

      Meekkooo. Thank you so much dear. Yes dear keep waiting inge. Love you too dear ❤️❤️❤️????❤️❤️❤️ Miss you more dear. Stay safe at home Meekko???❤️ yes ttyl Insha Allah

  5. Izabell says:
    April 22, 2020 at 1:33 pm

    Hello Dhonthy! How’s yuh? Nd mi part vx varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤ plus varah interesting ingey. Mi Naizak men vx noolhey viyya bitei hoadhaakah adhis. Ahahah, kon irakun next part up kollaani

  6. Izabell says:
    April 22, 2020 at 1:37 pm

    Hello Dhonthy! How’s yuh? Nd mi part vx varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤ plus varah interesting ingey. Mi Naizak men vx noolhey viyya bitei hoadhaakah adhis. Ahahah, kon irakun next part up kollaani. Stay safe ingey

  7. Izabell says:
    April 22, 2020 at 1:47 pm

    Hello Dhonthy! How’s yuh? Nd mi part vx varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤ plus varah interesting ingey. Mi Naizak men vx noolhey viyya bitei hoadhaakah adhis. Ahahah, kon irakun next part up kollaani. Nd stay safe ingey

  8. Izabell says:
    April 22, 2020 at 4:50 pm

    Hello Dhonthy! How’s yuh? Nd mi part vx varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤ plus varah interesting ingey. Mi Naizak men vx noolhey viyya bitei hoadhaakah adhis. ???? Ahahah, kon irakun next part up kollaani. Nd stay safe ingey

  9. Izabell says:
    April 22, 2020 at 4:56 pm

    Hello Dhonthy! How’s yuh? Mi part vx varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤ plus ehaa interesting hama.???????? Naizak men vx noolhey viyya bitei hoadhaakah adhis, ahahaha ????.???? Aslu comment kuriyas publish nuvaathy comment nukurevigen miulheni. Nd stay safe ingey

  10. Izabell says:
    April 22, 2020 at 5:10 pm

    Hello Dhonthy! How’s yuh? Mi part vx varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤ plus ehaa interesting hama.???????? Naizak men vx noolhey viyya bitei hoadhaakah adhis, ahahaha ????.????? Aslu comment kuriyas publish nuvaathy comment nukurevigen miulheni. Nd stay safe ingey

  11. Izabell says:
    April 22, 2020 at 6:02 pm

    Hey!! How’s yuh? Mi part vx varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤ plus ehaa interesting hama.???????? Naizak men vx noolhey viyya bitei hoadhaakah adhis, ahahaha ????.??? Aslu comment kuriyas publish nuvaathy comment nukurevigen miulheni.???
    Nd stay safe ingey

    1. Dhonthy says:
      April 22, 2020 at 7:01 pm

      Hi Izabell. Alhamdhulillah dhonthi hama v rangalhu. N how r u? Hope u r doing well. Vvv bodau thank you izabell. Ahahahaha. Dhw. Hingaabala naizak au biteh hoadhadheyn ???????? Haha. Samsaasa akau buneli echcheiy. Aslu dhn mee love story eiy nuveema ebayah ehaavarakah focus eiy nukuran dhonthi eiy. Hehe. Ow. Dear you can talk to admin and find a solution for the problem. Comment publish nuvangnaa massala eiy dhw eiy. Anyways dear stay safe at home ❤️❤️❤️❤️❤️❤️❤️????????❤️❤️❤️❤️❤️❤️???

  12. Izabell says:
    April 22, 2020 at 6:04 pm

    Lakka iru vejje comment publish nuvegen ulhey thaa. Finally, now e v???

    1. Dhonthy says:
      April 22, 2020 at 7:02 pm

      Awlhey. V masakkathun ulhi es comment publish vejjethaa dhw Alhamdhulillah ?????❤️❤️

  13. Izabell says:
    April 22, 2020 at 8:35 pm

    Al’hamdhulillah, I’m doing good hama.?? Yeah admin are vaahaka dhakkan vejje. But how?

    1. Dhonthy says:
      May 7, 2020 at 8:32 pm

      Yh vaahaka dhakkaalaba admin aa. Mi site ga es ebaan admin number. 7997991 call or msg this number. And sorry for the late late reply. Just give a try okay dear.

  14. Yanaa says:
    April 23, 2020 at 1:53 pm

    Varah varah reethi ?????????
    Maa sha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Curiously waiting for the next part ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ????? love you dhonthy????

    1. Dhonthy says:
      May 7, 2020 at 8:34 pm

      Thank you so much Yanaa ?????❤️ Sorry v lahun mi comment thakau reply dhevunee. I think mi comment thah publish vefa mihuree miadhu kanneynge. Anyways thanks a lot dear. Love you too ❤️❤️❤️❤️❤️❤️????

  15. magnumm says:
    April 23, 2020 at 4:36 pm

    hey dhonthyyyyy….hw r u…hope u r fine ngeyy..btw stry vrh vrh vrh rythi ngeyyy…also stry ah comment kuran ekm publish eh nuve….ummm happy belated bday …lav uu loadsssss???

    1. Dhonthy says:
      April 29, 2020 at 12:38 pm

      Alhe dhenme comments thah mi fenunee. Anyways thank you so much magnumm. Lahun es bday wish kolleema v happy ??????❤️❤️❤️❤️ Love you more dear❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. Malsa Moosa (Lysh) says:
    April 23, 2020 at 9:54 pm

    this part was hama speechless nge dhonthy. avahah next part up kohladhehchy. bye. stay home, be safe

    1. Dhonthy says:
      April 29, 2020 at 12:40 pm

      Awlhey thank you so much Mal ???? And sorry for the late reply ? Mihaaru next part kiyaalaanekamah unmeedhukuran. Stay home and be safe dear ????????❤️

  17. Ocean queen says:
    April 24, 2020 at 12:23 pm

    When you’re going to upload next part

    1. Dhonthy says:
      April 29, 2020 at 12:41 pm

      Dear it’s uploaded. And sorry for the late reply.

  18. Dearie says:
    April 27, 2020 at 11:30 am

    When next part

    1. Dhonthy says:
      April 29, 2020 at 12:42 pm

      Dear it’s uploaded. Unmeedhukuran mihaaru next part kiyaalaanane kamau. And kamudhaanekamau es ?????❤️ And really sorry for the late reply dear.

Comments are closed.


All Right Reserved!