Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަސްލާން 13- ފަހު ބައި

Jinni Level 410 Stories100 Login100 Comments500 Login
April 21, 2020 3 Mins Read
2 Comments

“ދައްކާ ސީސީޓީވީ. އަސްލާންއާ އެއްކޮށް ބޭރަށް ދިޔަ ރޭތަކުގެ ސީސީޓީވީ ދައްކާ.” އަސްލާން ގެއްލުނު ހިސާބުން ފެށިގެން، ޕަޒްލްއެއްގެ މަދުވާ ބައިފަދައިން އަހަރެންގެ ހަނދާނުން ފިލާފައިވާ އެ ކަންތައް މަތިން ހަނދާންވިއެވެ. އަހަރެން ބޭރަށް ދިޔަކަން ފެނުނުއިރު އެކަކުވެސް އަހަރެން ނުހޯދީ ކީއްވެހެއްޔެވެ؟ ދިޔަ ތަނަކާއިމެދު ސުވާލު ނުއުފެއްދީ ކީއްވެހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބުލިބެން އޮތީ އެރޭތަކުގެ ސީސީޓީވީ ފުޓޭޖް ބަަލައިގެނެވެ.

********************

ރޫބީ އަހަރެންގެ މޫނުގެ ކުލަވަރަށް ބަލައިލާފައި، އިތުރު ސުވާލު ކުރުމަކާއިނުލައި މޮނިޓަރިން ރޫމްތެރެއަށް ވެއްދިއެވެ. ގާޑު މީހާ އަވަސްއަވަހަށް ނުކުތީ ހީވާގޮތުން އެރިކްއަށް ގޮވަން ދާންށެވެ. އޭނާއަށް ރޫބީ ނުހުއްޓުވޭނެކަން އިނގޭތީއެވެ. ކޮމްޕިއުޓަރ ދޮށުގައި އިށީންދެފައި ރޫބީ އެއްކަލަ ރޫމް ތޭރައިގެ ފޯލްޑާރ ހުޅުވައިލިއެވެ. ސީދާ ވަކި ތާރީހެއް ހޯދައިލާފައި އެ ފުޓޭޖް ހުޅުވައިލިއެވެ. ވަކި ހިސާބަކަށް އޮޅައިލާފައި ދެއްކިއިރު އެ ވީޑިއޯއިން ފެނުން އަހަރެން ހީވީ މީހެއް ގައިގައި ބައްދައިގެން ހުރިހެނެވެ.

“މިރޭދޯ ލުއާ އެންމެ ފުރަތަމަ ބޭރަށް ދިޔައީ… އަސްލާންއާއެކީ…” ރޫބީ ބުނެލި ޖުމުލައިން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ރޫބީއަށް އަސްލާން އިނގޭހެއްޔެވެ؟ އެރޭ ބޭރަށް ދިޔަކަންވެސް އިނގުނީތާއެވެ. ވީއިރު އެކަމާ އަޅާނުލީ ކިއްވެހެއްޔެވެ؟ މިފަދަ ސުވާލުތަކެއް އަހަރެންގެ ސިކުނޑި ހިޞާރުކޮށްލިއެވެ. ސްކްރީނުން ފެންނަން ހުރި އަހަރެން ލޯމައްޗަށް ގެއްލޭނެއިރެެއްގެ އިންތިޒާރުގައި ހުރީމެވެ. ނަމަވެސް ދެން ފެނުނީ އަހަރެން ވަރަށް އާޝޯހުވެފައި މުޅި ކޮޓަރިތެރެއަށް ވަށައިގެން ބަލާތަނެވެ #. ބިންމައްޗަށާއި ފާރުތަކަށެވެ. ހީވަނީ އަަލަށް އެއްޗެެއް ފެނިގެން އުޅޭހެނެވެ.

“ކޯއްޗެއް ފެނުނީ އެ ގަޑީ؟” ރޫބީ އަހަންނަށް ބަލައިލާފައި އަހައިލިއެވެ.

“ހަނދު… ވިނަޔާ، މަލާ…..” އަހަރެންގެ ކަރުން އިތުރަށް އަޑު ނިކުންނަ ގޮތެއް ނުވިއެވެ. ސްކްރީނުން ފެންނަން ހުރި ނަފްސަށް ބެލި ބެލިހެން އަމިއްލަ ނަފްސަށް ހަމްދަރުދީ ވެވުން ފިޔަވައި އިތުރު ކަމެއް ނުވިއެވެ. އެރޭގެ ފަހުން އަހަރެން ބޭރަށް ދިޔަ ކޮންމެ ރެއެއްގައި ހަގީގަތުގައި ކަން ހިނގިގޮތް ރޫބީ އަަހަންނަށް ދެއްކިއެވެ. ކޮންމެ ރެއަކުވެސް އަހަރެން އިންނަނީ އެ ކޮޓަރިގަނޑުގައެވެ. ފެންނަފެނުމަށް އަމިއްލައަށް ވާހަކަދައްކާފައި، އަމިއްލައަށް ހަރަކާތްތަކެއް ކުރަންށެވެ.

“އެއީ އަސްލާން ހެދި ޖާދޫއެއް. ސީސީޓީވީއިން އެ ގޮތަށް ފެންނަ ގޮތް އެ ހެދީ އަހަރެން ސަލާމަތްކުރަންވެގެން.” އަނބުރާ ވާރޑަށް ދިޔަ އަހަންނަށް ވިސްނުނެވެ. ނަމަވެސް ހިތުގެ އެންމެ ފުންމިނުގައި ވި ނުތަނަވަސްކަން ފިލައި ދާގޮތެއް ނުވިއެވެ.

އޭގެ އަނެއް ރެއެވެ. ކައި ނިމިގެން، ވާރޑްގެ އެންމެން ނިދުމުން އަހަރެން ވަގުވަގަށް ގޮސް ޓެރަހަށް އެރީމެވެ. ކުރީ ރެއަށްވުރެ ފިނި ރެއެކެވެ. ލޯ މަރައިލާފައި ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލީމެވެ.

“އަސްލާން…” އަހަރެން ގޮވައިލީމެވެ. ލޯ ހުޅުވައިލާފައި އުންމީދީ ނަޒަރަކުން ބަަލައިލިއިރު އަސްލާންއެއް ނެތެވެ. “އަސްލާން! ހަމަ މިހާރު އަންނާށޭ! މީ ދެން ކޮން ސަމާސާއެއްތަ؟ އައިސް މި ވާނުވާ އޮޅުފިލުވައިދޭށޭ!” އަހަރެން ހަޅޭއްލަވައިގަތީމެވެ. އަސްލާންއާއި މުހާތަބުކޮށް އެހާ ބާރަށް އަހަރެން ވާހަކަދެއްކީ އަލަށެވެ. އެހާވެސް އަހަރެން ހުރީ ހިތްހަމަ ނުޖެހިފައެވެ. އަސްލާންދެކެ ރުޅިއާދެވުނީކީ ނޫނެވެ. ލޯބިވާ އޭނާ ގެއްލިދާނެކަމުގެ ބިރު ހީވިލެއް ބޮޑުވިއެވެ clique neste link. ކުއްލިއަކަށް އަހަރެން ސިހުނީ ފަހަތުން މީހަކު އުނަގަނޑުގައި އަތްވަށައިލުމުންނެވެ.

“ތިހެން ހުރެގެން އަޑުއަހާފާނަންތަ؟…” ފަހަތަށް އެނބުރެން އުޅުމުން އުނަގަނޑުގައި ވެށިފައިވީ ދެއަތް އިތުރަށް ބާރުކޮށްލި އަސްލާން މަޑުމޮޅި އަޑަކުން އެދުނެވެ. އަހަރެން ހިމޭނުން ހުރެ އޭނާ ބުނާނެ އެއްޗަކަށް ސަމާލުކަން ދިނީ، އޭނާ ކައިރީގައި ހުރީތީވެސް ކުރިއަށްވުރެ ހަމަޖެހިލެވެމުންނެވެ.

“އަހަންނަކީ…ލުއާ ހީކުރާކަހަލަ މަހުލޫގެއް ނޫން… އެހެން ދުނިޔެއަކުން އައިސް ހުރި މީހެއް ނޫން…” އަސްލާން ބުންޏެވެ. އަހަރެން ހައިރާނެއް ނުވަމެވެ. އަސްލާންއަކީ ކޮންމެފަދަ މަހުލުގަކަސް، ކޮންމެ ތާކުން އައިސް ހުރި މީހަކަސް އޭނާއާއި ވަކިވާން ނުޖެހިއްޖެނަމަ އަހަރެންގެ އެއްވެސް ފަރުވާލެއްނެތެވެ. “އަހަންނަކީ… މިތާންގަ ދިރިހުރި، ހަގީގީ މީހެއް ނޫން…”

“ކީކޭ ތި ކިޔަނީ؟ ދިރިހުރި މީހެއް ނޫނިއްޔާ މަރުވެފަވީ މީހެއްގެ ރޫހުތަ އެހެންވިއްޔާ؟” އެންމެ ފަހުން ކެތް ނުވެގެން އަހަރެން ވާހަކަދެއްކީމެވެ.

“ނޫން… ހަނދާންވޭތަ، ކޮންމެ ކަމެއްވެސް ކޮށްދީފާނަމޭ ބުނީމަ ލުއާ އެދުނީމެންނު ބަލި ރަނގަޅުކޮށްދޭން. އެ ކަންތަން އަހަންނަށް ނުކޮށްދެވުނީ ލުއާ ބަލި ނޫންނަމަ އަހަރެން މިތާންގަ އެގްޒިސްޓްވެސް ނުވާނެތީ. އަހަރެން އިރުއިރުކޮޅާ ގެއްލެންފެށީ މަންމަ ބަލިވެގެނެއް ނޫން. ލުއާގެ ބަލި ރަނގަޅުވާން ފެށީމަ. އެޕިސޯޑްތަކުގަ ވާކަންތައް ހަނދާނެއް ނުހުރެއެއްނު. އެ ގޮތަށް އަހަރެން މަތިންވެސް ހަނދާންނެތެން ފެށިއެއްނު. އެއީ އަހަންނަކީ ލުއާގެ ބަލީގެ ސަބަބުން އުފެދުނު މީހަކަށްވީމަ.” އަސްލާން އެ ވަގުތު ކީ އެއްވެސް އެއްޗެއް އަހަރެންގެ ސިކުނޑިއަކަށް ނުވަނެވެ. އެކަން ދެނެގަންނަން ބޭނުންނުވި ފަރާތެއް ހިތުގައި ވީތީ ކަމަށްވެދާނެއެވެ.

“އަަހަރުމެން އެކީގަ ދިޔަ ތަންތަނަކީ ލުއާގެ ސިކުނޑި ތެރޭގަ އުފެއްދި ހިޔާލުތަކެއް. އަހަންނަކީ… ލުއާގެ ވިސްނުމުގެ ތެރޭ އުފެއްދި ހިޔާލީ ޝަހުސިއްޔަތެއް.” އަސްލާން ބުނި ޖުމުލައިން އަހަންނަށް އޭނާގެ ދެއަތް ފޮޅައިލާފައި ފަހަތަށް އެނބުރެވުނެވެ.

“ކީކޭހޭ ތި ކިޔަނީ؟ ތި ބުނަނީ އަހަރެންގެ ބަލި ރަނގަޅު ވެއްޖިއްޔާ ދެން އަސްލާންއެއް ނުފެންނާނެއޭތަ؟” ގަބޫލުކުރަން ދަތިވި ނަމަވެސް އަހަރެންގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. ހަގީގަތާއި ކުރިމަތިލާން ޖެހުން އަހަންނަށް ވީ ބޮޑު އަޒާބަކަށެވެ.

“އާނ…” އަސްލާން ޖަވާބުދިނެވެ. އަހަރެންގެ ލޮލުން ފޭދުނު ކަރުނަތައް ފެނިފައި އޭނާގެ ލޮލުންވެސް ހޯސްލާފައި ކަރުނަތައް އޮހޮރިގަތެވެ.

“ނުވާނެ އެހެނެއް… ތީ ސަމާސާއެއް.” ދެ އަތުން ބޮލުގައި ހިފަހައްޓާފައި، ރޫރޫލާ އަޑަކުން އަހަންނަށް ބުނެވުނެވެ. “އެހެންވިއްޔާ ބަލި ރަނގަޅުވާކަށް ބޭނުމެއްނޫން! ދެން ބޭހެއް ނުކާނަން! ހެޔޮ މުޅި އުމުރަށް މިތާ އުޅެން ޖެހުނަސް. ހިނގާ ރޫބީ ކައިރީ ބުނަން…” އިސްތަށިގަނޑަށް ދަމައިގަތްފައި ބިމަށް ބަލަހައްޓައިގެން ހުރެ އަހަންނަށް ކިޔައިގަނެވުނެވެ.

“ލުއާ…” އަސްލާންގެ ގޮވުމުގެ އަޑުވެސް ނީވި، ދެން ހަދާނެ ގޮތަކާއިމެދު ވިސްނަން އަހަންނަށް ހުރެވުނެވެ. “ލުއާ!” ކުރިއަށްވުރެ ބާރަށް ގޮވައިލި އަސްލާން އަހަރެންގެ މޫނުގައި ދެއަތުން ހިފައި އޭނާގެ މޫނާއި ގާތްކޮށްލިއެވެ.

“ތިހެން ނުކިޔާ. ބަލި ރަނގަޅުވާންޖެހޭނެ. މިތަނުން ނުކުމެގެން އަހަރެން ނޫން މީހުންނާ ބައްދަލުވެ، ލުއާ އަބަދުވެސް އުޅެން ބޭނުންވިހެން އާދައިގެ އިންސާނެހެން ދިރިއުޅެންޖެހޭނެ.” އަސްލާންގެ މޫނުމަތިން އެ ވަގުތު ފެނުނީ ހަގީގީ ހިނިތުންވުމެކެވެ. އަހަރެންގެ ހަޔާތުގައި ކުރިއަށް އޮތް އުފާވެރި ދުވަސްތަކެއްގެ ހުވަފެންދެކި، އަހަންނަށްޓަަކައި ހިތުގެ އަޑިން އުފާކުރިކަހަލައެވެ. ކަރުނައިން މޫނު ފޯވެފައިވީ ހާލު ދެކޮޅަށް ބޯ ހޫރުން ފިޔަވައި އިތުރުކަމެއް އަހަންނަކަށް ނުކުރެވުނެވެ. ވޭނީ ގިސްލުމެއްގެ އަޑު ފިޔަވައި އަޑެއް ކަރަކުން ނުނިކުތެވެ.

“ލުއާ… އައި ލަވް ޔޫ.” ތުރުތުރުލަމުންދިޔަ އަހަރެންގެ ގައިގައި ބައްދައިލާފައި އިއްވައިލި ފަހު ޖުމުލައާއިއެކު، ވަޔާއި ބުރުއްސާލި ދުންގަނޑެއްފަދައިން އަސްލާން އަހަރެންގެ އަތުތެތެރެއިން ޢައިބުވިއެވެ. އަޑުގެ ނެތްތަނަށް ރޮއެގަނެވުނު އަހަރެންގެ ދެފައިން ވަރުދޫވެގެން ބިންމައްޗަށް ވެއްޓި އިނދެ ކަރުނަ އެޅުނީ ކިހާ އިރެއްވަންދެން ކަމެއް ހަނދާނަކު ނެތެވެ.

ދެ އަހަރު ފަސް

“ލުއާ! މިއޮއް އައީ ޕިއްޒާ!” ހަނދާންތަކުގެ ސަފްހާތަކުން އަހަންނަށް ނުކުމެވުނީ ސިޓިންގ ރޫމުން އިވުނު އަހަރެންގެ ފިރިމީހާ ހިލްމީގެ އަޑަށެވެ. މި ދަނީއޭ ބުނެ ގޮވައިލަމުން ކުރިމަތީ ހުރި ކެންވަސްގައި ކުރަހާފައިވީ ސޫރައަށް ބަލައިލީމެވެ. އެއީ އަހަރެންގެ އަތުން ކުރެހާފައިވީ އަހަރެންގެ ފުރަތަމަ ލޯބީގެ ސޫރައެވެ. ދެވަނަ ފަހަރަށް ބައްދަލުނުވާނެ ނަމަވެސް އަހަރެންގެ ހިތުން މުޅި އުމުރަށްވެސް އޭނާގެ ސޫރަ ނުފިލާނެއެވެ. އަސްލާންގެ ހަނދާންތައް ފޮހެވިގެން ނުދާނެއެވެ.

(ނިމުނީ)

 

 

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

މަޢާފް – ތިރީސްވަނަ ބައި

Next

އިމްތިޙާން 4

Next
April 21, 2020

އިމްތިޙާން 4

Previews
April 21, 2020

މަޢާފް – ތިރީސްވަނަ ބައި

2 Comments!

  1. Hamoo✍ says:
    April 22, 2020 at 1:12 am

    Vv reethi mi vaahaka

  2. Shina says:
    April 23, 2020 at 8:17 pm

    Haadha dhuvaheh fahun ?????

Comments are closed.


All Right Reserved!