Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިޙްނާ (6)

Ihoo Level 2100 Login10 Stories100 Comments
April 28, 2020 2 Mins Read
13 Comments

އިޙްނާގެ ދެލޯ ހަމައެކަނި ހުއްޓިފައިވަނީ ދާދި ދެންމެއަކު ދޮރުން ވަދެގެން އައި މިޙްރާނަށާއި ލީޑިންގ ޓީޗަރަށެވެ. ލީޑިންގ ޓީޗަރުއައީމާ ހައިރާން ނުވިއަސް އިޙްނާ އަޖައިބުވީ އެތަނަށް މިޙްރާން މިޙްރާން އަންނަން ޖެހުނު ސަބަބަކާއި މެދުއެވެ. އަނެއްކާ މީނާތަ ޔޫންގެ ބޮލުގައި ބޯޅައިން ޖެހީ؟

“އިހޫ.. ކާކު ދެންމެ އެއައީ؟” ބަލިއަޑަކުން ބޯހިއްލާލައިފައި ޔޫން އަހާލިއެވެ.

“ނަދީމް ސަރ މިއައީ މިތަނަށް މިޙްރާން ގޮވައިގެން ޔޫންގެ ހާލު ބަލައިލާން.. މިހާރު ރަނގަޅުތަ؟” އިޙްނާ ޖަވާބު ދިނުމުގެ ކުރިން ނަދީމް ސަރ ޖަވާބު ދިނެވެ.

“މިހާރު އަލްހަމްދުލިއްލާހި ރަނގަޅު.. އަރާމުކޮށްލަން އިރުކޮޅެއް ވަންދެން މަޑުކުރާނީ.. އަސްލު ކިހިނެއްވެ ސަރ މިތަނަށް މިޙްރާން ގޮވައިގެން އަންނަން ޖެހުނީ؟” ސުވާލުން ފުރިގެންވާ ނަޒަރަކުން ޔޫންއަށް ބެލެނީ އެދެމީހުންނާ ދިމާއަށެވެ.

ނަދީމް ސަރ މިޙްރާނަށް ލޮލުގެ އިޝާރާތުން ކިޔައިދޭށޭ ބުނުމުން ކިޔައިދޭން ފެށިއެވެ. “އަސްލުވީގޮތަކީ އަހަރެން ގަސްތު ގައެއްނޫން ޔޫން ބޮލުގައި ޖެހީ.. ގޯލާއި ދިމާކޮށް އެއްލި ބޯޅަ އަމާޒުވީ ޔޫންގެ ބޮލަށް.. ވަރަށް ބޮޑަށް މާފަށް އެދެން.” މޫނުމައްޗަށް ހިތާމަވެރިކަމުގެ އަސަރުގެނެސް ޔޫން އާއި އިޙްނާގެ ކުރިމަތީ އެކްޓުކުރިއެވެ. ހަޤީގަތަކީ މިޙްރާން ބޯޅަ އެއްލީ ގަސްތުގައި ޔޫންގެ ބޮލުގައި ޖެހުމަށެވެ. މިޙްރާނަށް ނޭނގުނު ކަމަކީ މިކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކު ވާކަމެވެ.

ޔޫން މިޙްރާނަށް ހެޔޮ ހިތުން މަޢާފް ކޮށްދިނެވެ. އެހެންނަމަވެސް އިޙްނާގެ ހިތް ބުނަމުން ދިޔައީ މިކަމަކީ މިޙްރާން ގަސްތުގައި ކުރި ކަމެއް ކަމަށެވެ. އެއީ އިއްޔަ އިޙްނާމެން ގެއަށް އައިސް އުޅެފައި ދިޔަ ވައްތަރުންނެވެ.

ދުވަސްތައް ފާއިތުވާލެއް ނުހަނު އަވަހެވެ. އެންމެ ފަހުން ފުރަތަމަ ޓާރމުގެ ޓެސްޓުނަގާ ދުވަސް އަތުވެއްޖެއެވެ. ފާއިތުވީ ދުވަސްތަކުގައި ބުރަމަސައްކަތާއިއެކު ގްރޫޕް ސްޓަޑީގައި ނުހަނު ސީރިއަސްކަމާއެކު އެންމެން މަސައްކަތް ކުރިއެވެ. އެންމެފަހު އަހަރުވީމަ ހެޔޮވިސްނުނީ ކަމަށްވެސް ވެދާނެއެވެ. އެހެން އަހަރުތަކާއި ޚިލާފަށް ދޭ މަސައްކަތްތައް އިތުރުވެ ސްކޫލުގައި އުޅެންޖެހޭލެއް ބުރައެވެ.

ޔޫންގެ ބޮލުގައި ބޯޅައިން ޖެހިދުވަހުއްސުރެ މިޙްރާނުގެ ޖެއްސުންތަކާއި ޔޫން ކުރިމަތިލާން ނުޖެހޭ ދުވަހެއް މަދެވެ. މިކަންތަކާ ވިސްނާ ވިސްނާ އިޙްނާ ބޯގޮވާވަރުވިއެވެ. މިކަންތައްތައް ޔޫންއަށް ކުރުމުގެ ފަހަތުގައި ވަނީ ކޮންކަމެއްބާއޭ އިޙްނާގެ ހިތަށް އަރައެވެ. މިވީހާތަނަށް އެސުވާލުގެ ޖަވާބު އިޙްނާއަކަށް ލިބިފައެއް ނެތެވެ. ޔޫން އެކަމާ މާބޮޑަށް އަޅައިނުލިއަސް އިޙްނާއަކަށް ނުހުރެވެއެވެ. އެއީ މިޖިއްސުންތައް ކޮންމެ ދުވަހަކުވެސް ކުރާނީ މީގެ ފަހަތުގައި ކޮންމެވެސް ކަމެއް އޮތީމާނޫން ހެއްޔެވެ؟

އެރޭ ގްރޫޕް ސްޓަޑީ ނިންމާފައި އިޙްނާ ކާކޮޓަރިއަށް ދިޔައީ ކަރުތެންމާލުމަށްޓަކާ ކޮންމެވެސް ކަހަލަ ދިޔާއެއްޗެއް ބުއިމަށެވެ. ދޮރުން ވަދެގެން އަންނައިރު ކަނާތްފަރާތުގައި ހުރި ކަބަޑުސެޓުގެ ތިންވަނައަށްވީ ދޮރު ހުޅުވާލައިފައި ކޮފީ ދަޅު ނެގިއެވެ. ސިންކު ތެރޭގައި އިންޖޯޑެއް ދޮވެލާފައި އެއްސަމުސާ ހަކުރާއި ކޮފީއާއި ފެން އަޅައިގެން އިޙްނާ 7 މިނެޓް ވަންދެން ގިރިއެވެ. މަޑު މުށިކުލައެއް އައުމުން އިޙްނާ އެޖޯޑު ބަހައްޓާފައި އެހެން ތައްޓެއްގައި ކުޑަ ކިރުކޮޅަކާއި ފެން އަޅައިގެން ގިރިއެވެ. ދެން ކުރިން ގިރި ކޮފީކޮޅު މައްޗަށް އަޅާލިއެވެ.

ފޯނުން ކޮފީތަށީގެ ފޮޓޮލެއް ނަގާފައި ރިހާމާއި ޔޫންއަށް ފޮނުވާލިއެވެ. އަދި ތިރިން ލޭޓް ޑަލްގަނޯ ލިޔެލިއެވެ. ފޯނު ބާއްވަން އުޅުން ގަޑީގައި އިޙްނާގެ ފޯނު ދިއްލުމުން އިޙްނާ ފޯނު ބަލާލިއެވެ.

*ނުނިމޭ*

Share Article

Follow Me Written By

Ihoo

Level 2100 Login10 Stories100 Comments

**April 18** I luv to read and write stories. Hoping one day to become a story writer.. Insha allah!! Everyone is welcome to comment my stories because peoples comments are one of the good ways to improve the stories... Jazakallahu khairan...

Other Articles

Previous

ފޮނި ފާރޮށި 3

Next

ތީ އޭ އުފަލަކީ…(6)

Next
April 28, 2020

ތީ އޭ އުފަލަކީ…(6)

Previews
April 28, 2020

ފޮނި ފާރޮށި 3

13 Comments!

  1. Eems says:
    April 28, 2020 at 5:25 am

    Alheyyyy haadha kureyyyy.. ?? vaahaka nulahiku reethi.. vrh kiyaa hithun indha curious kollaafa thi nimmaaly..

    1. Ihoo says:
      April 29, 2020 at 2:57 pm

      Alheyy sorry dear ? dhn inna part in sha allah than kolheh dhigu vaane …jazakillah khairan eems ♥️♥️♥️

  2. friend says:
    April 28, 2020 at 4:15 pm

    Vaahaka v reethi
    adhi alah mi comment kollee ekam ekam baraabarah vaahakakiyan
    hehe
    anyways story ga bunefa inennu korea camp ge vaahaka
    hama aslu ves Ihoo ge friend eh or Ihoo e camp gai baiverivintha
    never mind I just asked because I also participated in that camp

    1. Ihoo says:
      April 28, 2020 at 8:42 pm

      Hehe..Jazakillah khairan vahaak kiyaathyve..ihoo ge frnd eh dhiya e camp..

    2. Ihoo says:
      April 28, 2020 at 8:45 pm

      ♥️♥️♥️

  3. Samra says:
    April 28, 2020 at 5:33 pm

    Woww.. its amazing… i realy like this stry.. when nxt..

    1. Ihoo says:
      April 28, 2020 at 8:44 pm

      Jazakillah khairan sam ♥️♥️♥️

    2. Ihoo says:
      May 1, 2020 at 2:12 pm

      Next part liyefa vee mihaaru..? type koh nimunhaa avahakah up kohlaanan

  4. Ihoo says:
    April 28, 2020 at 8:49 pm

    Finally adhi kiriya e up vee ? Ramadan mas veema story genes dheveyle faharehga las vedhaane ulhen jeheyleh busy kamun…so in sha allah vee varakun genesdheynan mi story..jazakillah khairan huriha kudhin ? huriha kudhin vx gina gina inn aiy dhovumaai hpa ge irushaadhu thakah thabaavun muhimmu.. everyone stay safe and stay at home??

  5. Dhonthy says:
    April 28, 2020 at 9:10 pm

    Yooohoooo vv reethi ingey. Waiting for the next. Love you ihoo???❤️❤️❤️? Stay safe. ??

    1. Ihoo says:
      April 29, 2020 at 2:58 pm

      Hehe jazakillah khairan dhonthyy ♥️♥️♥️ love you too

  6. friend says:
    April 28, 2020 at 11:24 pm

    Ihoo bunevidhaanetha thee kon rasheh ge kujjekkan
    and what’s your real name

    1. Ihoo says:
      April 29, 2020 at 2:59 pm

      Very sorry dear..i cant tell in public ?

Comments are closed.


All Right Reserved!