Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 14

idontcare Level 110 Stories
May 1, 2020 6 Mins Read
1 Comment

“ދެން މިހާރު އަހަރުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެއްނު. ޝާފިއު ސާރ ދަތުރު ހަމަޖައްސަންދެން މިގޭންގުގެ ދެންތިބި މީހުނަށް އެނގޭ އެއްޗެއް ހޯދަންވީ. މިއޮތީ އަހަރުން ފަށަންވީ ދިމާ. ބަލާބަ. މިމީހާގެ ސޯޝަލްމީޑިއާ ހާވާލީމަ ފެނުން އެއްޗެއް.” މިހުރާން އުޝާއަށް ދައްކާލީ އެމީހުނާއި އުމުރުން އެއްވަރުގެ ފިރިހެނެއްގެ އިންސްޓަގްރާމް އެކައުންޓުގައި އިން އޭނާގެ އާއިލާގެ ފޮޓޯއެކެވެ. އެފޮޓޯގައި ހުރި އަންހެން ކުއްޖެއް އުޝާއަށް ދަންނަ ވައްތަރެއް ޖެހިއެވެ. ވަރަށް ފަރުވާތެރިކާމާއެކު އޭނާއަށް ބަލާލުމުން އުޝާއަށް އެއީ ކާކުކަން އެނގުނެވެ. “ނަޝްވާ.” އިޝާން ދެލޯބޮޑުވިއެވެ. “އުޝާއަށް ކިހިނެއް އޭނާ ދަންނަނީ؟” އިޝާން ހުރި ގޮތުން އުޝާ ހައިރާންވިއެވެ. “އެއީ ކްލާސްމޭޓެއް. ވަރަށް އުނދަގޫ ބޮޑުވާނެ. އެކަމު އެއީ ވަރަށް ކްލޯސް ފްރެންޑެއް.” އިޝާން އަނގައަށް ޖައްސާލި ވައްތަރުން ޔަނާލާއި މިހުރާން ހޭންފެށިއެވެ. އުޝާ ވާނުވާގައި ހުރުމުން މިހުރާން ބުނެލިއެވެ. “އެއީ އިޝާން ކުރިން ރައްޓެވެގެން އުޅުން ކުއްޖާ. އޭޖެންސީއަށް ބަދަލުވާންވެގެން ބްރޭކްއަޕްވީ.” މިހުރާން އެހެން ބުނުމުން އިޝާން މިހުރާނަށް ލޯއަޅާލިއެވެ. “ވަރިހަމަ ކިތަންމެ ވަރަކަށް ދިމާކުރިއަސް. މަށެއް އޭނާއަކާ ވާހަކަ ދައްކާކަށް ނުކެރޭނެ.” “ދެން ތިވަރު ނުވިޔަސް ރަނގަޅުވާނެ. މީހާ ތިހިރީ ލަދުން ހަލާކުވާވަރު ވެފަ.” ޔަނާލް އިނީ އިޝާން އުޅޭގޮތުން ހީހީހަލާކުވާ ވަރުވެފައެވެ. އުޝާއަށްވެސް ވާނުވާ އެނގުމުން ޔަނާލާއި ބައިވެރިވެގެން ހިނިގަނޑެއް ޖަހާލިއެވެ.

“އިޝާން ސީރިއަސްކޮށް. އިޝާނަށް ފަހަރެއްގަ ހޯދިދާނެއެއްނު އާ މައުލޫމާތުވެސް. އޭނާއާއި ވާހަކަދައްކާލާ އޭނާގެ ބޭބެއާއި އެކުވެރިވެލީމަ ފަހރެއްގައި އެއްޗެއް ހޯދިދާނެ. މީނަ މިއީ ޝުހާނާއި އެންމެ ގާތް މީހާއޭ. މީނައަށް ކޮންމެވެސް އެއްޗެއް އެނގެން ޖެހޭނެއްނު.” މިހުރާން އާދޭހުގެ ރާގަކަށް އިޝާން ގާތުގައި ބުނުމުންވެސް އޭނާ ގޮތްދޫކުރާކަށް ނޫޅުނެވެ. “އެކަމު މަށަށްވުރެ ރަގަޅުވާނެދޯ އުޝާ އޭނާއާއި ވާހަކަދެއްކީމަ. އުޝާއެއީ ފްރެންޑެއްނު އޭނާގެ. އެކަމަކު މަ އޭނާއާއި ރުޅިވީއިރު އޭނާ ބުނި މަށާ ދެން ދުވަހަކެސް ވާހަކައެއް ނުދައްކާނަމޭ”. “އެކަމަކުވެސް ވާހަކަ ދެއްކީމެއްނު އޭގެ ފަހުން. މިހާރު އަނެއްކާވެސް އޭނާއާއި ރައްޓެހިވެގެން ތިއުޅެނީ. މަށަށް ދޮގުހަދަން ނޫޅޭތި. މަދުށީމޭ އިޝާން ފޭސްބުކްއިން އޭނާއާއި ވާހަކަ ދައްކާފަ ހުރިތަން.” މިހުރާން ބުނި ވާހަކައިން އިޝާންގެ މޫނު ރަތްވިއެވެ. ނަމަވެސް އިޝާން އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމުން އޭނާއަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ މިހުރާން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އެހެންނޫނަސް އުޝާ ފުރާނެ ބެންކޮކަށް ދުވަސްކޮޅަކުން. އުޝާ އޭނާއާއި އެހާ ދުވަސް ފަހުން ވާހަކަ ދައްކަން ފެށިމަ އެމީހުން ފުރަތަމަ ދައްކާނެ ވާހަކަ ގިނަވާނެ. އެކަމު އިޝާން މިހާރުވެސް އޭނާއާއި ވާހަކަ ދައްކާއިރު އޭނާގެ ބޭބެގެ ވާހަކަ އަހާލުމަކުން ޝައްކެއް ނުވާނެ. މިމީހާ ވެދާނެ ދޯ މިކަމާއި ގުޅޭ ހުރިހާ މައުލޫމާތެއް އިނގޭ މީހަކަށްވެސް. މާ ދަގަ ހަދަންޏާ މިކަންތައް ބުނާނަން އިނގޭ ޝާފިއު ސާރ ކާރީ.” މިހުރާން އިންޒާރުގެ ބެލުމަކުން އިޝާނާއި ދިމާލަށް ބަލާލުމުން އިޝާން އޭނާއާއި ދިމާލަށް ލޯއަޅާލިއެވެ. އިޝާން އެންމެފަހުން އެއްބަސްވީ އުޝާއާއި ޔަނާލްވެސް އެތަށް އިރަކު އޭނާއާއި އާދޭސް ކުރުމުންނެވެ.

އިޝާން އެންމެފަހުން އެއްބަސްވެ އޭނާގެ ފޯނުނެގުމުން އެންމެންވެސް އެމީހުން ދައްކާފައި ހުރި ވާހަކަތައް ބަލަން ބޯދިއްކޮށްލިއެވެ. “ނޯ ނޯ ނޯ. މަ ދައްކާ ވާހަކަ ބެލުން މަނާ. ކޭސްއާއި ގުޅޭ މައުލޫމާތެއް ލިބުނީމަ ބުނާނަން.” އިޝާން ފޯނުގެ ސްކްރީން ފޮރުވުމުން އެހެން އެންމެން ނޫންކަމަށް ހަދާފައި ފައިލުތަކުން ގޭންގް މީހުނާއި ގުޅޭ އިތުރު މައުލޫމާތު އެއްކުރަން ފެށީއެވެ.

އެމީހުންގެ އާއިލާއާއި އެމީހުންގެ ފަރާތުން ޝައްކުވާ ކަންތައްތައް ނޯޓުކުރަން ތިއްބާ އިޝާން ފޯނު ބޭއްވިއެވެ. “މަ ކުރަން ޖެހޭ އެއްވެސް މަސައްކަތެއް އެބަހުރިތަ؟” އިޝާން ދެން ތިބި މީހުނާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “ނޫން. ކިހިނެއްވީ؟” “ނަޝްވާގެ ގެއަށް ދާންވެގެން.” ޔަނާލް ގެ ސުވާލަށް ޖަވާބު ދިނުމަށްފަހު އެހެން މީހުން އޭނާއާއި ދިމާކުރަން ފެށުމުގެ ކުރިން އިޝާން އޭނާގެ ކޮޓަރިއަށް ރީތިވާން ވަނެވެ. ގަޑިއިރެއް ފަހުން އިޝާން ރީތިވެގެން ގަމީހުގެ އަތުކުރި އޮޅަމުން ނުކުތުމުން މިހުރާން ދިމާކުރަން ފެށިއެވެ. “ތިހާވަރަށް ސެންޓުޖަހާގެން ދިޔައީމަ ނަޝްވާ ފަކީރު އޮންނާނީ ނޭވާ ހާސްވެގެން މަރުވެފައެއްނު. ޕާޓީއަކަށް ދާންވެސް މީނާ މިހާ ރީއްޗެއް ނުވޭ. ބޮލުގައި ފުނާ އަޅަން ޔަގީން ބައި ގަޑިއިރަށްވުރެ ގިނަ އިރު ނެގިކަން.” މިހުރާންގެ ދިމާކުރުންތައް އަޑުނާހާ އިޝާން ކާމޭޒުމަތީގައި އޮތް އޭނާގެ ފޯނު ޖީބަށް ޖަހާލަމުން ސައިކަލު ތަޅުދަނޑި ނަގައިގެން ހިނގައިގަތީއެވެ.

އިޝާން އެބުރި އައީ އިޝާނަމާދަށް ފަހުއެވެ. އޭރު އުޝާމެން ގޭންގުގެ ދިހަ މީހަކު ޓްރެކް ކުރުމުގެ ޕްލޭންތައް ހަދާ ނިންމާލިއެވެ. އިޝާން އައުމުން މިހުރާން އަނެއްކާ ދިމާކުރަން ފެށިއެވެ. ނަމަވެސް މިފަހަރުވެސް އޭނާގެ ވާހަކަތައް އަޑުއެހުމެއް ނެތި އެމީހުން ކައިރީ އިށީނދެލިއެވެ. “މަށާއި ދިމާވި ތިބުނާ މީހާއާއި. ނަބީލް. މަ ފާހާނާއަށޭ ކިޔާފައި އޭނާގެ ކޮޓަރިއަށް ވަތިން. އޭނާގެ އަލަމާރީގެ ތިރީބައިގައި އިންނާނެ ރިކޯޑަރެއް. އެކަމަކު އޭނާއާއި މީހަކު މެސެޖް ކޮށްގެން ނުފެންނާނެ. އޭނަ ގެންގުޅެނީ އައިފޯނެއް. އުޝާއަށް އޭނާގެ ފޯނު ލިބިއްޖެއްޔާ އޭނާގެ އައިކްލައުޑް ޕާސްވޯޑު ހޯދިދާނެތަ؟” އިޝާން އުޝާ ކައިރީ އަހާލިއެވެ. “ހޯދިދާނެ. އެކަމަކު ވަރަށް އުނދަގޫވާނެ. މާގިނައިރަކު އޭނާގެ ފޯނެއް އަހަރެމެންގެ އަތުގައި ނުބޭއްވޭނެއްނު.” “އެއީ މައްސަލައެއް ނޫނޭ. މަ އޮޅިގެން ކަމަށް ހަދާފައި އޭނާގެ ފޯނު ވައްޓާލިން. އޭނާގެ ސްކްރީން ތެޅުނީމަ މަ ބުނީ މަގޭ ހަރަދުގައި އޭނާގެ ސްކްރީން ބަދަލުކޮށްދޭނަމޭ ބުނީމަ ނަސީބަކުން އޭނާ ރުޅިއެއްވެސް ނައި. ދެން މިހާރު އެފޯނު އޭނާއާއެކު ފޯނު ހަދާ ތަނަކަށް ލާފައި މިއައީ. މަ ކުރީގެ ފްރެންޑެއް އެތާގެ ބޮޑުމީހަކީ. މަ ދިޔުމުގެ ކުރިން އޭނާގެ ކައިރީ ބުނިން އޭނާ ކައިރި ބުނާށޭ ހަތަރު ދުވަސްވަންދެން އެފޯނު ހިފަހައްޓައްޗޭ. މާދަން މަދާނަން އެފޯނު ބަލާ. އުޝާމެން ތަންކޮޅެއް ކުރިން ދާން ޖެހުނަސް ފާތިޙް ސާރ އަތަށް އެދީގެން ހޯދިދާނެއެއްނު.” “މިސޮރު ހާދަ ބޯބޮޑޭ. ވަރަށް މޮޅޭ. ދެން ތިވާހަކައެއް ނޫނޭ. ކޮންއިރަކުންތަ ތިމީހުންގެ ކައިވެނި ޕާޓީ އޮތީ؟” މިހުރާން ލާނެއް ގޮތަކަށް އަހާލިއެވެ. ދެމީހުން ތަޅާފޮޅަން ފެށުމުން އުޝާއާއި ޔަނާލް ދެފަރަތަށް ބޯހޫރާލަމުން އެދެމީހުން އެތިބި ގޮތަށް ބައިތިއްބާފައި ތެދުވެގެން ދިޔައީ ކައިގެން ނިދާށެވެ.

އޭގެ އަނެއް ދުވަހު އުޝާއާއި މިހުރާނާއި ޔަނާލް ފުރަތަމަ ކަމަކަށް އިޝާންއަށް އެމީހުން ގޭންގް މީހުން ޓްރެކް ކުރަން ހަމަޖައްސާފައި އޮތ ގޮތް ކިޔާދިނީއެވެ. އެއަށްފަހު ކޮންމެ މީހަކަށް ދެމީހަކު ކަޑައެޅީއެވެ. އެއަށްފަހު ހަތަރު މީހުން ނުކުމެގެން ދިޔައީ އެމީހަކު ހަވާލުވި މީހާ ވީތަން ހޯދުމަށްފަހުއެވެ.

………………………………………………………………..

މިހުރާނަށް ޖެހުނީ އޭނައާއި އެއްއުމުރެއްގެ ފިރިހެން ކުއްޖެކެވެ. އޭނާގެ ނަމަކީ މިއުވާނެވެ. އޭނާ ހުރީ ގޭ ބަންދަށް ދޫކޮށްލާފައި ކަމުން މިހުރާނަށް ޖެހުނީ އޭނާގެ ގެއަށް ދާށެވެ. އޭޖެންސީގައި އުޅޭ ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ އަންޑާކަވާރ މީހެއްގެ އެހީގައި މިހުރާނަށް މިއުވާން އޯޑަރ ކުރި ކާއެއްޗެހި އެގެއަށް ގެންގޮސްދިނީ ޑެލިވަރީ ބޯއީގެ ޔުނީފޯމު ލައިގެންނެވެ.

ސައިކަލުގައި ގޮސް އޭނާ ވަތީ ފަސް ބުރީގެ އިމާރާތަކަށެވެ. އޭނާއަށް އަރަންވެސް ޖެހުނީ އެންމެ މަތީ ބުރިއަށެވެ. އެހާ މައްޗަށް އަރަން ޖެހުމުން ހިތާހިތުން ކުދި ކިޔާލަމުން އޭނާ އެންމެ މަތީ ބުރިއަށް އަރައި ދޮރު ކައިރީގައި އިން ބެލް ޖަހާލިއެވެ. ދޮރު ހުޅުވީ ކުޑަ ފިރިހެން ކުއްޖެކެވެ. “ދޮންބޭ… ޕިއްޒާ އައިއްސި…” މިހުރާން އަތުގައި ހުރި ޕިއްޒާ ފޮށިގަނޑުތައް ފެނުމުން އެކުއްޖާ އަޑުގެ ނެތްތަނަށް ހަޅޭއް ލަވަމުން އެތެރެއަށް ދުއްވައިގަތް ގޮތުން މިހުރާންގެ ގާތަށް ހިނިވެސް އައެވެ.

އެކުޑަ ފިރިހެން ކުއްޖާ ވަތް ކޮޓަރިން އިރުކޮޅަކުން ނުކުތީ މިއުވާންއެވެ. މިހުރާންއަށް ފަސްސަތޭކައިގެ ދެނޫޓު ދިކޮށްލުމުން މިހުރާން ދެފަރާތަށް ބޯހޫރާލިއެވެ. “ސޮރީ… ތިހާވަރަށް މާރު ކުރެވޭކަށް ނެތް.” މިހުރާން އެހެން ބުނުމުން މިއުވާން ފުންނޭވާއެއް ދޫކޮށްލިއެވެ. “ފޯނުން ޕޭކުރަންތަ އެހެންވީރުން؟” އޭނާ އަހާލުމުން މިހުރާން ބޯޖަހާލިއެވެ. “ވަދޭ އެހެރަ މޭޒުގައި ފޮށިގަނޑުތައް ބަހައްޓާލާ.” މިއުވާން ކާމޭޒަށް އިޝާރާތް ކޮށްލަމުން އޭނާގެ ފޯނު ނެގުމުން މިހުރާން ޕިއްޒާ ފޮށިގަނޑުތައް ބަހައްޓާލުމަށްފަހު އެބުރި އައި ވަގުތު އަރިއަޅާލާ ކަމަށް ހަދާލާފައި މިއުވާންގެ ގައިގައި ޖެހިގަތުމުން މިއުވާންގެ ފޯނު ވެއްޓުނެވެ. “ވަރަށް ބޮޑަށް ސޮރީ.” އޭނާގެ ގާތުގައި މާފަށް އެދެމުން އެފޯނު ނަގަމުން އެފޯނުގައި ރިކޯޑަރ ހަރުކޮށްލުމަށްފަހު މިއުވާނަށް ދިނެވެ. “އެއީ ކަމެއް ނޫނޭ.” މިއުވާން ބުނެލިއެވެ. އޭނާ ޕޭ ކުރުމުން މިހުރާން އެގެއިން ނުކުމެ ހިނގައިގަތީއެވެ.

……………………………..…………..

އުޝާ ޖެހުނީ ތިރީސް ހައަހަރުގެ އަލީ ކިޔާ ފިރިހެނެކެވެ. އުޝާ ހުރީ ގަމީހަކާއި ބެލްސެއް ލައިގެންނެވެ. މުށިކުލައިގެ ޝޯލްއެއް އަޅައިގެން ހުރިއިރު މޫނުމަތީގައި ތަފާތު ގޮތަކަށް މޭކަޕްކޮށްލުމުން އެއީ ކާކުކަން އުޝާ ދަންނަ މީހަކާއި ދިމާވިޔަސް އޭނާ ވަކިކުރަން އެނގިދާނެތީއެވެ.

އޭނާ ގޮސް ވަތީ ކާއެއްޗެހި ވިއްކާ ބޮޑު ފިހާރައަކަށެވެ. މެންދުރުގެ އެވަގުތުގައި މާގިނަ ބަޔަކު އެފިހާރައަކު ނެތެވެ. ކައިރި ހިސާބަކުން އޭނާ ވަށިގަނޑެއް ނެގުމަށްފަހު ނޫންކަމަށް ހާދާފަ މުޅި ފިހާރަތެރެ ސްކޭން ކޮށްލިއެވެ.

އޭނާގެ ލޮލުގައި އަޅައިގަތީ ތަރުކާރީތައް ކައިރީ ހުރި އަންހެނެކެވެ. ނޫކުލައިގެ އާދައިގެ ބޮޑުހެދުމަކާއެކު ކަޅުކުލައިގެ ކަންބުރުގަލެއް އަޅާގެން ހުރިއިރު އެއަންހެން މީހާ ކައިރީ ތިންއަހަރުގެ ލޯބި އަންހެން ކުއްޖެއް ހުއްޓެވެ. އެކުއްޖާ ހުރީ ފެހިކުލައިގެ އަތްދިގު ޓިޝާޓެއް ލައިގެން ހުރިއިރު އެކުއްޖާގެ އަތުގައި ކުޑަކުދިން ކުޅެން ގެންފުޅޭ ބުދެއް ހިފާގެންނެވެ. އެއީ އޭނާ ޓްރެކް ކުރަން ޖެހޭ މީހާގެ އަނބިމީހާއާއި އޭނާގެ ހަގު އަންހެން ދަރިފުޅެވެ. އެކުއްޖާގެ އިތުރަށް އެދެމަފިރިންގެ ދިހަ އަހަރުގެ ފިރިހެން ދަރިއެއް ހުރެއެވެ. އުޝާއަށް އެ ފިރިހެން ކުއްޖާ ފެނުނީ ޗޮކްލެޓްތައް ބަހައްޓާފައި ހުރި ހަރުގަނޑު ކައިރީގައި އޭނާގެ ބައްޕައާއެކު ހުއްޓައެވެ.

އުޝާ ޕާސްޓާ ޕެކެޓެއް ވަށިގަނޑަށް ލަމުން އެއަންހެންމީހާ ކައިރީ ހުއްޓި ތަރުކާރީކޮޅެއް ނެގުމަށް ހުއްޓިލުމުން އުޝާއަށް އެއަންހެންމީހާ ހިނިތުންވުމެއް ދިނެވެ. އުޝާވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެއަންހެން މީހާ ތަރުކާރީތައް ކޮތަޅަކަށް އަޅަން ހުރި އިރު އެއަންހެންމީހާގެ ފޯނުގެ އިތުރަށް އޭނާގެ ފިރިމީހާގެ ފޯނުވެސް ތަރުކާރީ ހަރު ކައިރީގައި ބަހައްޓާ ލެވިފައިވެއެވެ. އުޝާ ފުރުސަތުގެ ބޭނުން ހިފާ އޭނާއާއި ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ މަގުސަދަކީ އެއަންހެންމީހާގެ ސަމާލުކަން އަތުލުމެވެ.

“ދައްތަ ވަރަށް ދަންނަ ގޮތެއް އެބަހުރި.” އުޝާ އެހެން ބުނެލުމުން އެއަންހެންމީހާ އުޝާއަށް ރަގަޅަށް ބަލާލިއެވެ. ‘އެހެންތަ. ކޮން ނަމެއް ކިޔަނީ؟” އޭނާ އަހާލުމުން އުޝާ ބުނީ އޭނާގެ ނަމަކީ އައިރާ ކަމަށެވެ. އެއީ މާކުރިން ފެށިގެންވެސް އެކި ކަހަލަ ކޭސްތަކުގައި އޭނާގެ ރައްކާތެރިކަމަށް އޭޖެންސީއިން ހަމަޖެއްސި ނަމެވެ. އޭޖެންސީއިން ކޮންމެ ކުއްޖަކަށްވެސް އެގޮތަށް ނަމެއް ދީފައިވާނެއެވެ. އެނަމުގައި އައިޑީކާޑާއި ޕާސްޕޯޓު ވިސާ އަދި ރެޖިސްޓްރީވެސް އޮންނައިރު އޭޖެންސީ މީހުނަށް ފިޔަވާ އެއީ ފޭކު ނަންތަކެއް ކަމެއް ނޭނގޭނެއެވެ.

“އައިރާ…………. ދައްތަ ހަނދާނެއް ނެތް. ވެދާނެ އިންޑިއާއިން ކަމަށް. ވަރަށް ފަހަކުން ބޭސް ފަރުވާއަށް ދިޔައިން އެކޮޅަށް.” އެއަންހެންމީހާ ބުންޏެވެ. “އެހެންތަ. އަޅުގަނޑުވެސް ވަރަށް ފަހަކުން މިކޮޅަށް މިއައީ އިންޑިއާއިން. އެތާ ހޮސްޕިޓަލެއްގައި އަޅުގަނޑުގެ ބޭބެ މަސައްކަތްކުރަނީ….” އުޝާ އެއްކުރި މައުލޫމާތުގެ އެހީގައި އޭނާއާއި ވާހަކަ ދައްކަމަން ދިޔައިރު އިރުކޮޅަކުން އޭނާގެ ދަރި ދުވެފައި ދަނިކޮށް ކައްސާލައިގެން ވެއްޓި ރޯން ފެށިއެވެ. އޭނާގެ ދަރިފުޅު ކައިރިއަށް ދިޔަ ވަގުތު ބަލާފައި އުޝާ އެތާ އޮތް ފިރިހެންމީހާގެ ފޯނުގެ ކެމެރާ ކައިރީ ކުޑަކުޑަ ރިކޯޑަރެއް ހަރުކޮށްލިއެވެ. އެ ރިކޯޑަރު ހުރީ ކަޅުކުލައިގައި ކަމުން ކިތަންމެ ރަގަޅަކަށް ބެލިޔަސް އެތާ އެއްޗެއް ހަރުކޮށްފައި އިން ކަމެއް ނޭނގޭނެއެވެ.

އިރުކޮޅަކު އަނެއްކާވެސް އެއަންހެންމީހާއާއި ވާހަކަ ދައްކާލުމަށްފަހު ޕާސްތާ ޕެކެޓާއި ތަރުކާރީތަކަށް ޕޭކޮށްފައި ކޮތަޅު ހިފައިގެން ނުކުމެ ދިޔައީއެވެ.

………………………………………………….

މިހުރާނާއި އުޝާއާއި ހިލާފަށް ޔަނާލަށް ޖެހުނީ އެންމެ މީހެއް ނޫނެވެ. އޭނާއަށް ޖެހުނީ ރިހެބްގައި ތިބި އެންމެންނެވެ. އޭނާއަށް ވިވަރަކުން އެކުދިން ޓްރެކް ކުރެވޭނެ ގޮތް ހެދުމަށެވެ. ޔަނާލް ކިޔެވީ ކްރިމިނޮލޮޖީ ކަމުން އޭނާއަށް އެތަނުގައި ތިބި ކުދިންނަށް ސެޝަންއެއް ނަގައިދޭ މީހެއްގެ ގޮތަށް ދިޔުމަށް ހަމަޖެއްސީއެވެ. ޔަނާލްއަށް ފުރަތަމަ ސެޝަން ނަގައިދޭން ވަތުމަށްފަހު ރަގަޅަށް އެތާ ތިބި ހުރިހާ ކުދިންގެ މޫނަށް ބަލާލިއެވެ. އެތާގައި މުޅިންވެސް ތިބީ އަށާރަ އަހަރުން ދަށުގެ ކުދިންނެވެ. އެގޭންގުގައި އަށާރަ އަހަރުން ދަށުގެ ދިހަ ކުދިން ރިހެބަށް ފޮނުވުނެވެ. ދިހަ ކުދިންގެ ތެރެއިން ހަތްކުދިން ތިއްބެވެ. 

ޔަނާލް ބައިގަޑިއިރުގެ ސެޝަން ނިންމާލމަށްފަހު އެތަނުގައި އިތުރު ސެޝަންއެއް ނަގާދިނުމުގެ ކުރިން ހުސްވަގުތުކޮޅެއް ލިބުނެވެ. އެއާއެކު އޭނާ އެތަން ބަލާލުމުގެ ބަހަނާގައި އެތަނުގައި ހިނގާލިއެވެ. އޭނާ ހުއްޓުނީ ތިންވަނަ ފްލޯރގައި ހުރި ލޮކަރުތައް ބަހައްޓާފައި ހުރި ތަނުގެ ދޮރު ކައިރިއަށެވެ.

އޭނާ ދެކޮޅު ބަލާލުމަށްފަހު މީހަކު ނެތްކަން ޔަގީން ކޮށްފައި އެތެރެއަށް ދެމިގަންނަމުން އެތަން ތަޅުލިއެވެ. އެތަނަށް އައުމުގެ ކުރިން އުޝާވަނީ އެތަނުގެ ސެކިއުރިޓީ ކެމެރާތައް ޔަނާލް އެކެމެރާތަކައް ނާރާނެހެން އަނބުރާލާފައެވެ.

އެރިހެބްގައި އެގޭންގްގެ ސަތާރަ މީހުން ތިއްބެވެ. އެހުރިހާ އެންމެންގެ ލޮކަރުތައް ވަކިވަކިން ހޯދުމަށްފަހު އެހުރިހާ ލޮކަރުގެ ކޮމްބިނޭޝަންތައް ފޯނުން ހޯދާލުމަށްފަހު ވަކިވަކި ލޮކަރުތައް ހުޅުވާފައި އެތަނުން އެމީހެއްގެ ފޯނު ނަގައި ރިކޯޑަރ ހަރުކުރަން ފެށިއެވެ. އެރިހެބަގައި ފޯނު ގެންގުޅުމަކީ މަނާ ކަމެކެވެ. ނަމަވެސް އާއިލާ މީހަކަށް ގުޅަން ބޭނުންވެއްޖެނަމަ އެމީހެއްގެ ލޮކަރުން ފޯނު ނެގޭނީ ހުއްދަ ހޯދައިގެންނެވެ. އެމީހުން އަމިއްލައަށް އައިސް އެމީހުންގެ ފޯނެއް ނުވެސް ނެގޭނެއެވެ. އެލޮކަރުތަކުގެ ކޮމްބިނޭޝަންތައް އެނގޭނީ އެތާ މަސައްކަތް ކުރާ ދެތިން މީހަކަށެވެ. އެތަނުން އެކަކީ އޭޖެންސީ މީހެއް ކަމުން އެކޮމްބިނޭޝަންތައް ހޯދަން ފަސޭހަވީއެވެ.

އެގާރަވަނަ މީހާގެ ފޯނުގައި ރިކޯޑަރ ހަރުކުރެވުންތަނާ ޔަނާލްގެ ފޯނަށް މެސެޖްއައީ ދެވަނަ ސެޝަންއަށް އައުމަށެވެ. ފަސް މިނެޓް ތެރޭ މިދަނީ ކަމަށް މެސެޖް ކޮށްލަމުން އަނެއްކާވެސް ދެންތިބި މީހުންގެ ފޯނުގައި ރިކޯޑަރ ހަރުކޮށް ނިންމާފައި ނުކުންނަން އުޅެނިކޮށް މީހަކު ބޭރުން ތަޅުގައި ހިފާލި އަޑަށް އޭނާ ހުއްޓުން އެރިއެވެ.

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

ޝާޔަންގެ ކިޔުންތެރިންނަށް

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ…[2]

Next
May 1, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ…[2]

Previews
May 1, 2020

ޝާޔަންގެ ކިޔުންތެރިންނަށް

One Comment

  1. A a10y says:
    May 2, 2020 at 8:43 pm

    When next part

Comments are closed.


All Right Reserved!