ކޮޓަރީ އެނދުމަތީގައި އޮތް އިލްފްގެ ދެލޮލުން ނިދިވީ އެތައް މޭލެއް ދުރުގައިކަން ނޭނގެއެވެ. އެ ދެލޮލާއި ނިދި ރުޅިވެފައިވާފަދައެވެ. ޚުދު އިލްފްވެސް ނިދީގެ ފުންކަނޑަށް ވެއްޓޭކަށް ބޭނުމެއްނޫނެވެ. އެންމެފަހުން އިލްފް އެނދުން ތެދުވެގެން މިސްރާބުޖެހީ ބެލްކަންޏާއި ދިމާލަށެވެ. މަޑު ހިނގުމެއްގައިގޮސް އިލްފް ހުއްޓެލީ ބޭރުފެންނަ ހިސާބުގައެވެ. އިސްއުފުލާލަމުން އުޑުގައި ފިކުރެއް ޙިޔާލެއްނެތި ރަސްކަންކުރަމުންދިޔަ ހަނދަށް ބަލާލިއެވެ. ތަރުތީބެއްނެތި އުކާލެވިފައިވާ ތަރިތަށް ފިޔަޖަހަމުންދިޔައީ އެހެން ރޭރެއާ އަޅާބަލާއިރު ނުހަނު ފުރިހަމަކަމާއިއެކުގައެވެ. ޖެހިލި ފިނި ވައިރޯޅީގެ އެހީގައި ބެލްކަނީގައިވާ މާތަކުގެ […]
މުޅި ސުކޫލުގެ މާހައުލަށް ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. މިއަދަކީ ޖީސީއީ އޯލެވެލް އިމްތިޙާން ނިމުނު ދުވަހެވެ. ހުރިހާ ކުދިން އެއްފަހަރާ ސުކޫލް ހޯލުން ނިކުމެގެން އައިއިރު ހީވަނީ ގިނަ ދުވަސް ވަންދެން ކޮށްޓެއްގައި ބަންދުކޮށްފައި ތިބި ޖަނަވާރު ތަކެއް ދޫކޮށްލިހެންނެވެ. ކައިލީން ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް އޭނާގެ އަތުގައި ހިފައި ދަމައިގަތުމުންނެވެ. ކައިލީން ފަހަތަށް އެބުރި ބަލާލީ އެއީ ކާކުކަން އެނގިހުރެއެވެ. “ކިހިނެއްވީ ބޭފުޅާ ތިހެން އުޅެނިކޮށް […]
ރީތި ބަގީޗާއެކެވެ. ހުރިހާ ގަހެއްގައިވަނީ މާތައް އަޅާ ފުރިފައެވެ. ކޮންމެ ވައްތަރެއްގެ މާ ގަސްބޮނޑިތަކުގެ ދޭތެރޭ ހިނގާނެ ހަނި މަގެއް އޮވެއެވެ. ހާތިބުއަށް ހިނގަމުން ހިނގަމުން ގޮސް ނިކުމެވުނީ އުސްފަރުބަދަތަކެއް ތީ ދިމާލަކަށެވެ. ވަކި ހިސާބަކަށް ދެމިފައިވާ ފެން ކޯރެއްވެސް އޮތެވެ. ފަރުބަދަ މަތިތައްވެސް ވަނީ ފެހި ބޮޑެތި ގަސްތަކުން ފުރިފައެވެ. ދުވަހަކުވެސް ނުދެކޭފަދަ ރީތި ވާދީއެކެވެ. އުޑުމަތިވެސް ހީވަނީ އެދުވަހަށް ހާތިބުއަށް މަރުހަބާ ކިޔާހެންނެވެ. އެކި މާ ތަކުން ދުވާ މީރުވަސް ވަނީ މުޅި ފަޒާގައި […]
އެމީހުން ވަތީ ބޮޑު އެޕާރޓްމެންޓަކަށެވެ. ސިޓިންގް ރޫމަކާއި ބަދިގެއާއި ކާގޭގެ އިތުރުން ތިން ކޮޓަރި ހުއްޓެވެ. އުޝާމެންގެ ދަބަސްތައް އެތަނުން އެއްކޮޓަރިއަށް ލާދިނެވެ. “ދެކުދިން ޖެހޭނީ މިކޮޓަރި ޝެއާރ ކޮށްލަން. ފްރެޝް ވެލައިގެން އާދޭ. އަދި ބައިވަރު ކަންތައް ތިކުދިންނަށް ކިޔާދޭން އެބަޖެހޭ.” ޔަނާލްގެ އަތަށް ތަޅުދަނޑިއެއް ލައިދެމުން އެއަންހެން މީހާ ބުނުމަށްފަހު އޭނާ ދިޔައީ ބަދިގެއަށެވެ. އެކޮޓަރި އަކީ ވަރަށް ބޮޑު ކޮޓަރިއެކެވެ. އަޅިކުލައިގެ ފާރުތަކުގެ ތެރެއިން އެއްފާރުގައި ހުދުކުލައިގެ މާ ގަހެއް ކުރަހާފައި ހުއްޓެވެ. […]
* ކައިޔަން ކުޑަކޮށް މާޔޫސްވިއެވެ. ފެނިގެން އަނެއްކާ މިއުޅެނީ ޖިންނިއެއް ނޫންބާވައެވެ.؟ * ގޭޓު ހުޅުވުމުން ހީވީ ހަތަޔަކުން ކުޅަނދުރު ބައިގަނޑެއް އުދުހިގަތް ހެންނެވެ. އެހާވެސް ގިނަ ބެލެނިވެރިން އެކުއެކީގައި އެތެރެއަށް ވަންނަން ފަށައިފިއެވެ. އެކުއްޖާގެ ޚިޔާލުތަކުގެ ތެރޭގައި ގެނބިފައި ހުރި ކައިޔަން އަށް ބޯހޫރުވާލެވުނެވެ. ޒިވީންމެން މިއަދު އަވަހަށް ސްކޫލް ނިމޭ މަތިން ކައިޔަން ހުރީ ރަނގަޅަށް ވެސް ހަނދާން ނެތިފައެވެ. ވާނީވެސް އެހެންނެވެ. އެ ކުއްޖާގެ އަސްލު ނޭނގެނީސް ކައިޔަންއަށް ދެން ހަމަ […]
އަހަރެންގެ އުމުރުން 13 އަހަރުގައި އަހަރެންގެ މަންމަ ކެންސަރުބަލީގައި ނިޔާވިއެވެ.އެހިތމައިން އަހަންނަށް ނުކުމެވުނީ އެކުވެރިންނާއި އާއިލާ މީހުންގެ އެހީތެރި ކަމަާއެކުގައެވެ.އެހިތާމައިން ނުކުމެވުނުތާ 1 އަހަރު ވިތަނާ އަނެއްކާ އެހެން ހާދިސާއެއް އަހަންނާއި ކުރިމަތިވިއެވެ. އެދުވަހު އަހަރެން ސްކޫލުން އައިސް ގެއަށް ވަންތަނާ އަހަންނަށް ލިބުނީ އަހަރެންގެ ބައްޕަ އެކްސިޑެންޓުވެގެން ހޮސްޕިޓަލަށް ގެންދެވުނު ހަބަރެވެ.އެވަގުތެ އަހަންނަށް ހުރެވުނުތަނެއެވެސް އަހަންނަކަށް ނޭގެއެވެެ. ދަބަސް ގޭގެ ދޮރުމައްޗަށް ވައްޓާލުމަށް ފަހު ހޮސްޕިޓަލާ ދިމާލަށް ދުއްވައިގަނެވުނީ ތަނެއްދޮރެއް ބެލުމެއްނެތި އެވެ. ދިޔަބާރުކަންމަތީ ގޮސް ހޮސްޕިޓަލަށް ވަދެ އަ.އި.ސީ.ޔޫ އާދިމާލަށް ދުއްވަގަތީމެވެ.އަހަންނަށް ދެވުނުވަގުތާއި ޑޮކްޓަރ އަ.އި.ސީ.ޔޫ. އިން ނުކުތް ވަގުތާއިވީ އެއްވަގުތަކަށެވެ.އަވަހައް ގޮސް ޑޮކްޓަރ ދައްކާ ވާހަކަތައް އަޑުއިވޭހިސާބުގައި މަޑުކޮޮއްލީމެވެ. ހީއިޒް އައުޓް އޮފްޑޭންޖާ ނައު….. އެކަމަކުވެސް އެންމެ ސްޓޭބަލް އެކޭ ނުބުނެވޭނެ…… އިތުރު އެއްޗެއް ބުނަން އެގޭނީ ޕޭޝަންޓު ހޭލީމަ!މިވަގުތު ވަނީ ނިދާ އިންޖެކްޝަނެއްގެ އެހީގައި ނިދިފަ….. މިހެންބުނެ ޑޮކްޓަރ ހިގައްޖެއެވެ. ހުދާއްކޯ……ހިނގާ ގެއަށް ދާން އަދި ތިހުރީ ސްކޫލުން އައިގޮތަކަށް ހެދުންވެސްބަދަލު ނުކޮށް ނުވެސް ކައި………… ނޯ… ޑޭޑް ހޭލީމަ ދާނީ…… ހުދާއްކޮޮ ދެން ބޮޑާ ނުހާކައި ހިނގާބަ ގެއަށް ގޮސް ތި އެއްޗެހި ބަދަލުކޮއްގެން ކައިގެން އަންނަން….. ނުކައި ހުއްޓާ އިސާހިތަކު ފެންނާނިީ ބީ.ޕީ ދަށްވެގެން ވެއްޓިފަ އޮންނަތަން…..ޑޭޑް ރަނގަޅުވާ އިރު ހުދާއްކޮ ބަލިވެ އޮތްކަން އިނގޭއިރު ޑޭޑް ކިހާ ދެރަވާނެ.. އަނެއްކާ ގެއަށް ގޮސް ނަމާދުކޮށް ހެޔޮ ދުޢާ ކުރީމައެއްނު ޑޭޑް އަވަހަށް ރަނގަޅު ވާނީ ….ދެންވެސް ހިނގާބަ އަވަހަށް ގޮސް ތިއެއްޗެހިބަދަލު ކޮއްގެން އަންނަން……!ދޮންތަ ކުރުނުކުރަނެކަން އެގުމުން އަހަރެން އެންމެފަހުން ގެއަށް ދާން އެއްބަސްވީމެވެ.އެހެނުނަސް ދޮންތަ ބުނީ ދޮގެއްވެސް ނޫނެވެ. *************************************************** ގެއަށް އައިސް ފެވަރައި ރީތިވެ، ނަމަާދުކޮށް ހަދައިގެން އަހަރެން ދިޔައީ ބަދިގެޔަށެވެ.ބަދިގެޔަށް ގޮސް ދޮންތަ ކައްކާފަހުރި ޕާސްތާ އިން އެތިކޮޅެއް ތައްޓަކަށް އަޅައިގެން ކުޑަގޮތެއް ހަދައިލީމެވެ.ކައިނިމިގެން ތަށި ދޮވުމަށް ފަހު އަހަރެން ދިޔައީ ކޮޓަރިޔާ ދިމާލަށެވެ.ބުރުގާ އެޅުމަށެވެ. ވަކިހިސާބަކަށް ދެވުނުތަނާ ސިޓިންރޫމް މޭޒުމަތީ އޮށް ދޮންތަގެ ފޯނު ރިންގުވާ އަޑު އިވުނެވެ.އަބުރަލާފައިގޮސް ގުޅަނީކާކުތޯ ބެލީމެވެ.ގުޅަނީ ދޮންތަބެއެވެ. އެހެން ބަލާކަށް ނުހުރެ ފޯނު ނެގީމެވެ. ހަލޯ ހަމީ(ދޮންތަ ހަމީދާ)….. އަވަސްކޮށް އާދެބަ މިކޮޅަށް!ކުއްލިއަކަށް ބޭބެގެ ހާލު ސީރިއަށް ވެގެން އެބަ އުޅޭ….. ފޯނު ނެގީ ކާކުކަމެއްވެސް ބެލުމެއްނެތި އެއްފައްޗަކަށް ހުރިހާ އެއްޗެއް އަމުނާލުމަށްފަހުފޯނުބެޢްވިއެވެ. ދޮންތާ….. ޑޭޑްގެ ހަލުސީރިއަސް ވެގެން އެބައުޅޭ…. މިދަނީހޮސްޕިޓަލަށް… މިހެންބުނެ އަހަރެން ދުއްވައިގަތިމެވެ.ވަކިހިސާބަކަށް ދެވުނުތަނާ އެއްޗެޢް ހަދާންވެގެން އަހަރެން މަޑުޖެހިލީމެވެ. އަދި ބޮލުގައި އަތް ހާކައިލީމެވެ.ކަމަކުދާކަށް ނެތެވެ.މިދެވުނީ ބުުގާވެސް ނާޅަ އެވެ.ނަސީބަކުން މަގުމަތީގައި މިހުނެއްވެސް ނެތެވެ.އަބުރާއައިކޮޅަށް ދުއްވައިގަތީމެވެ.ގެއަށް ވަދެ މުޅިސިޓިން ރޫމް ހޯދަންފެށިމެވެ. ބުރުގާހޫދުމަށްވެ.ނަމަވެސް ސިޓިންރުމް ހޯދިޔަކަސް ކޮޓރީގައި އޮތް އެއްޗެއް މިތަނުން ފެނާނެހެއްޔެވެ. އާހް….މިތާވެސް ނެތް…. ހުދާއްކޮ..ކޯއްޗެއްތި ހޯދަނީ…ކަާކުބުނީ ބޭބެ ސީރިއަސްވެގެން އުޅޭވާހަކަ…… ދޮންތަބެ…މިހެންބުނެ އަނެއްކާވެސް އެކިތަންތަން ހޯދަންފެށީމެވެ. ހުދާ…..ކޯއްޗެއްތަ ތިހޯދަނީ ބުނީމައެއއްނު ހެލްޕް ކޮށްދެވޭނީ….. މިހޯދަނީ ބުރުގާ…މިތާކުވެސް ނެތް…ދެންމީ ބޮޑުވެއްޖެ ކަމެއްނު… ހޯދަންބޭނުންވާ ގަޑިޔަކކު އެކަތްޗެއްވެސް ނުފެނާނެ… އަޅެ..ހުދާއްކޮ އެންމެ ފަހަރަކުވެސް ކޮޓަރި ބެލިންތަ…ކޮޓރިމަތިން އަހަރެން ހަދާންވީވެސް ދޮންތަ މިއެހެން ބުނުމުންނެވެ. އޯ ގޯޑް…ހަމަހުވާ…އާހް….ކުޓަރިގަ ބަާއްވަފަ މުޅިގެ ހޮވިޔަކަށޤ ފެނާނެތަ…ޑޭމް އިޓް…. އަހަނަށް އަމިއްލަ ނަފްސާ ދިމާލަށް ކުދިކިޔުނެވެ. ވާނީވެސް އެހެއެން ތާއެވެ.ދުވެފައިގޮށް ކޮޓރީގައި އޮތް ބުރުގާ އެޅައިގެން ނުކުތީމެވެ.އޭރު ދޮންތަ އަހަރެންގެ އިނއތިޒާރުގައި ސައިކަލް މަތިގައި އިނެްނެވެެ.ދުވެފައިގޮސް ސައިކަލަށް އެިީމެވެ.އަހަރެން ގޮސް އެރުމުން ދޮންތަ ސައިކަލް ދުއްވާލިއެވެ.ހޮސްޕިޓަލާ ދިމާލަށެވެ. ******************************* ސައިކަލްގޮސް ހޮސްޕިޓަލް ކުރިމަތްޗަށް ގޮސް މަޑުކުރެވުނުކަމެއްނޭގެއެވެ. އަހަރެން ސައިކަލުން ފުންމައިގެން ދުއޮވައިގަތީމެވެވެ. ހޮސްޕިތަލިތެރެއަށެވެ.އަ.އި.ސި.ޔޫ ހުންނަ ކޯރިޑޯ އާހަމަޔަށް ގޮސް މަޑުކޮށްލީމެވެ.އަހަރެން ހިތަށް އެރިއެވެ. އަހަރެންމިއުޅެނީ ދުވާރޭހެއްްގަ ހެޔެވެ. މިފަހަރުވެސް އަހަރެން ގޮސް މަޑުކުރިވަގުތަކީ ޑޮކްޓަރ ނުކުތް ވަގުތެވެ.ތެޅިތެޅި އޮތް ހިތަކާއި އެކު ރުވިފައިވާހާލު ޑޮކޮޓަރ ކައިރިއަށް ދިޔައީމެވެ. *********************************************** ދެންވާނީ ކިހިނެއް ހެއްޔެވެ؟ ހުދާގެ ބައްޕަ ނިޔާވާނީ ހެއްޔެވެ؟ ނުވަތަ ސަލާމަތް ވީ ހެއްޔެވެ؟ދެންވާގޮށް ބެލުމަށް ދެން އޮތް ބަޔަށް އިންތިޒާރު ކޮށްލައްވާ! *********************************************** މީއަޅުގަދުގެ ފުރަތަމަ ވާހަކައެވެ.ހުރިހާކިޔުންތެރިންނަށް ވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ.ކުށްތަކެއް ހުރިނަމަ އަނޅުގަޑަށް އަންގާލަދިނުން އެދެމެވެ.އިރާދަ ކުރެއްވްޔާމު ކިޔުން ތެރިން ޝައުގެވެރިވާކަހަލަ ވާހަކަ އަކަަށް މިވާހަކަ ވާނެކަމަށް އުންމީދު ކުރަމެވެ. **********************(ނުނިމޭ)****************
އަހަރެންގެ މަންމަ އަހަރެން ވަރަށް ކުޑައިރު ނިޔާވިޢެވެ.އޭގެ 1 އަހަރު ފަހުން ބައްޕަ އެކްސިޑެންޓެއްވިއެވެ.ގެހިގެން އައި އަހަރު ދޮންތަމެނާއި އެކު މަަލެ ބަދަހަލު ވީމެވެ.މާލޭގެ ޢާމަާހައުލަށް ަހަރެނ ހޭނުނެނެ ދުވަސް ތަކެއްނެގިއެވެ.މާލެ ބަދަލުވިތާ މާގިނަދހުވަހެއް ނުވަނީސް ސޮކޫލައް އާކުއްޖެއް އައެވެ.ދެމިހުން ވަރަށްއެކުވެރިވިއެވެ.މުޅި ސޮކޫލް އިންވެސް އޭނަގެ އެންމެ ގާތް އެކުވެރިޔަކީ އަހަނެވެ. ދެންވާ ގޮތްބެލުމަށް ވާހަކައަށް އިންތިޒާރު ކޮށްލަށްވާ! *********************************************** ހުކުރުދުވަހު މިވާހަކަ އަޕްލޯޑޮވާނެ އެވެ.
އާދައިގެ މަތިން ދުވަހެކެވެ. އަސްމާ ޒައިބާ ގޮވައިގެން ފިހާރަޔަކައް ދިޔައީ ޒައިބާއަށް ބޭނުންވާ ބައެއް ތަކެތި ގަނެދިނުމަށެވެ. ބައިގަޑިއިރެއް ހާއިރުގެ ބާޒާރު ކުރުމަށްފަހު އެދެމައިން ގެއައް ދާން މިސްރާބު ޖެހިއެވެ. ޒައިބާ ތަންކޮޅެއް އަވަހަށް ފިހާރައިން ނުކުތެވެ. އެވަގުތު ބާރު ސުޕީޑުގައި ސައިކަލެއް އެ އަންނަނީ ޒައިބާ އާދިމާއަށެވެ. އަސްމާއަށް ފިހާރައިން ނުކުމެވުނީ އެދަނޑި ވަޅުގައެވެ. ފެނުނު މަންޒަރުން އަސްމާގެ ބޮލަށް އުޑު ވެއްޓުން ކަހަލަ އިހުސާސެއް ކުރެވުނެވެ. “ދަރިފުޅާ….!” އަޑުގެ ނެއްތަނައް އަސްމާ ހަޅޭލަވައި ގަތެވެ. […]
އިރުގެ އެންމެ ފަހު ދޯދިތައް ފޮރުވާލުމުގައި ކާމިޔާބު ހޯދަމުން އުޑުމަތި ބަނަ ވިލާތަކުން ބައްދާލީ އަންނަންއުޅޭ ކޮޅިގަނޑުގެ ބޮޑުކަން މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނަށް އަންގާދެމުންކަހަލައެވެ. ގަސްތައްވެސް ދިޔައީ ވިލާތަކާއި ބައިވެރިވަމުން މާޙައުލަށް އިރުތު ހަލަބޮލިކަމެއް ގެނެސްދެމުންނެވެ. ގޮފިތައް ވައިގެތެރޭގައި ހޫރެމުންދިޔައީ ފަޒާގައި ބޫން އަޑު ލައްވަމުންނެވެ. މިއުޒިކެއްފަދައިން އެ ރާގު ފަޒާގެ ތެރޭގައި ފެތުރެމުން ދިޔައިރު ‘ޑާކްޖެމް’ ގެ ފެންނަނީ ވަރަށް ހަމަހިމޭންކޮށެވެ. ފަސް ބުރިއަށް ނަގާފައިވާ ‘ޑާކްޖެމް’ ގެއެކޭ ބޮޑު ގަނޑުވަރެކޭ ތަފާތެއްނެތެވެ. ގޭގެ […]