
މަޢާފް – އެއްތިރީސްވަނަ ބައި( ފަހުބައި)
ނިދިފައި އޮތް ޒައިންއަށް ހޭލެވުނީ ޖިއާން ބާލީހަކުން ޒައިން ގައިގައި ތަޅައިގަތުމުންނެވެ. ލުއްކެއް ޖަހައި އެނދުން ތެދުވެ އެންމެ ފުރަތަމަވެސް ޒައިންއަށް އަހައިލެވުނީ މިހާރު ރާއްޖެ ދެވުނީތޯއެވެ. “އަދިވެސް ނިދާފަދޯ. އަހަރެން ހީކުރީ ޒައިން ހޭލާނެކަމަށް މަށަށްވުރެ ކުރިން. ބަޓް އައި ވޮން.. ހެހެ.. ދެންވެސް ރަނގަޅަށް ދެލޯ ހުޅުވާފަ ދޭބަލަ ފާހަނާއަށްވަދެ ރީތިވެގެން ނުކުންނަން. އޭރުން ކިރިޔާ ގަޑިނުޖެހި އެއަރޕޯޓަށް ދެވޭނީ. އަހަރެން މިއުޅެނީ އެއްޗެހި ޕެކް ކުރަން.” ޒައިންގެ އިސްތަށިގަނޑުގައި އަތް ހައިކައިލަމުން ޖިއާން ބުންޏެވެ. ޒައިންއަށް ވާނުވާ ރޭކައިލީ ދެނެވެ. ރޭގައި ރާއްޖެދާހިތުން ހުރިވަރުން ވީގޮތެއްކަމަށް ވެދާނެއެވެ. ރޭގައި ޒައިންއަށް ހުވަފެނުން ފެނުނީ ފްލައިޓްގަ އޭނާ ރާއްޖެ ދާ ތަނެވެ. ބޯއްޓުގައި ހަމަޖެހިލައިގެން އަރާމު ގައި ނިދައިލައިފައި އޮއްވައި ޖިއާން އޭނާއަށް ގޮވަންފެށީއެވެ. ދެލޯ އުނގުޅައިލައި ދެފަރާތަށް ބޯ ހޫރުވައިލުމަށްފަހު ރަޖާގަނޑު ނަގައި އެނދުމަތީ ބާއްވައިފައި ޒައިން ތުވާލި ހިފައިގެން ފާޚާނާއަށް ވަންނަން ދިޔައެވެ. ޖިއާން އޭނާގެ ފޮށިތަންމަތި ތައްޔާރުކުރުމަށްފަހު އެނދުމަތި ތަރުތީބުކޮށްލިއެވެ. އަމިއްލަ ކޮޓަރިއެއް ނޫނެއްކަމަކު އެމީހަކު ދިރިއުޅޭ ތަނެއް އަބަދުވެސް ބަހައްޓަން ޖެހޭނީ ރީތިކޮށެވެ. ޒައިން ފާޚާނާއިން ނުކުމެ އޭނާ ރޭގައި ގަތް ޓީޝާޓު އަލަމާރިން ނެގިއެވެ. “ވާއު ސަޅި ޓީޝާޓެއް.” ޒައިން އެ ޓީޝާޓު ލުމުން ޖިއާން ބުންޏެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓުގައި ވިލުނޫކުލައިގެ ރޮނގުތަކެއް ހުރިއިރު އެ ރޮނގުތަކުގައި ހުރީ ކަޅުކުލައިން ރީތި ޑިޒައިނަކަށް ފަރުމާކޮށްފައެވެ. ޖިއާން ކިޔާ އެއްޗަކަށް ނުބަލައި ޒައިން ބޮލުގައި ޖެލްކޮޅެއް ހައިކައިލުމަށްފަހު އިސްތަށިގަނޑަށް ރީތިގޮތެއް ހަދައިލިއެވެ. އަދި އެއަށްފަހު އޭނާގެ ފޮށިތަންމަތި ތައްޔާރުކުރަން ދިޔައެވެ.
ޒައިންމެން ފުރަން ތައްޔާރު ވަމުން ދިޔައިރު ރިޝާނާމެން ޒައިން ބަލައި ދިޔުމަށް ތައްޔާރުވަމުން ދިޔައެވެ. ޝަމީމް އާއި ޝިމާޔާ ވެސް ރިޝާނާމެނާއިއެކު ދާން ތައްޔާރުވަމުން ދިޔައެވެ. އެގޮތުން އެދުވަހު ހެނދުނުއްސުރެ ޝިމާޔާ އާއި ޝަމީމް އުޅުނީ ނައިޒަކްމެން ގޭގައެވެ. އެގޭ މީހުނަށް އެކި ކަންކަމުގައި އެހީވެދިނުމުގައި ޝިމާޔާމެން އުޅެއެވެ. “ޝިމާޔާ. ތަންކޮޅެއް ރީތި ހެދުމެއް ސެލެކްޓް ކޮށްދީބަލަ. އަހަންނަކަށް މިތަނަކުން ލާނެވަކި ހެދުމެއް ނޭނގިގެން މިއުޅެނީ.” އަލަމާރިތެރެ ހާވަން ހުރެ ރިޝާނާ ބުންޏެވެ. ސޯފާގައި އިށީނދެގެން އިން ޝިމާޔާ ހިނިގަނޑެއް ޖަހައިލުމަށްފަހު ތެދުވެގެން އައިސް ރިޝާނާ ކައިރީ ހުއްޓުނެވެ. “މިހާރު ތި ލައިގެން ހުރި ހެދުން ރީއްޗޭ. ދެން އިސްތަށިގަނޑަށް ރީތިގޮތެއް ހަދާލީމަ ހުންނާނީ ރަނގަޅަށް.” ރިޝާނާ ލައިގެން ހުރި ހެދުމަށް ބަލައިލަމުން ޝިމާޔާ ބުންޏެވެ. ކަކުލާއި ހަމައަށް އަންނަ އަތްދިގު ކަޅުކުލައިގެ ހެދުމުގައި ރިޝާނާ ފެންނަލެއް ނުހަނު ރީއްޗެވެ. “ދެން މީ ހުސް ބްލެކްއެއްނު.” އެ ހެދުން ހުރީ ކަޅުކުލައިގައިކަމުން ރިޝާނާ އަކަށް ކަމަކު ނުދިޔައެވެ. “ދެން ރިޝާނާ. ތި ހެދުން މަތިން މީނދަ ޖެކެޓް ލާބަލަ. އޭރުން އަދި މާ ރީތިވާނެ.” އަލަމާރީގައި އަޅުވައިފައި އިން ޖީންސް ފޮތީގެ ޖެކެޓް ނަގައި ރިޝާނާ އަތަށް ދެމުން ޝިމާޔާ ބުންޏެވެ. ރިޝާނާ އެ ޖެކެޓް ލުމަށްފަހު ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. “ޕަރފެކްޓް. ދެން މަގޭ އިސްތަށިގަނޑަށް ކޮންމެވެސް ގޮތެއް ހަދައިދީ. އަހަންނަކަށް ނޭނގޭ ޝިމާޔާ ސްޓައިލްކުރާހާ މޮޅަށް އިސްތަށިގަނޑު ހަދާކަށް.” ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ރިޝާނާ ބުންޏެވެ. ޝިމާޔާ އެއީ މާބޮޑު ކަމެއް ނޫނޭ ބުނެފައި ރިޝާނާގެ އިސްތަށިގަނޑަށް ރީތިގޮތެއް ހަދައިލިއެވެ. ރިޝާނާ ތައްޔާރުކޮށްދީ ނިމުމުން ޝިމާޔާ ރިޝާނާ އާއިއެކު ކޮޓަރިން ނުކުތެވެ.
“ފްލައިޓް ނައްޓާލާނީ އެގާރަ ޖަހާއިރު. މިކޮޅަށް އާދެވޭނީ މެންދުރު އަނބުރައި ދާފަހުން ކަމަށް ބޭބެ ބުނީ.” އާރިޝް ޒައިން ފޮނުވައިފައި އިން މެސެޖު ކިޔައިލުމަށްފަހު އެންމެން ކައިރީގައި ބުންޏެވެ. އެންމެންވެސް ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެމީހުން މާވަރަކުން މިއަދު މާ ރީތިވެލައިގެން އެ ތިބީ ޒައިދްގެ އެކުވެރިއެއްކަމުގައިވާ ރިފްޝާހު އެ ޢާއިލާއަށް މިއަދު ރިފްޝާހުގެ އޮފީހުން ބާއްވާ ޚާއްޞަ ޙަފްލާއަކަށް ދައުވަތު ދިނުމުންނެވެ. ރިފްޝާހުގެ އެކުވެރިޔާ މި ދުނިޔޭގައި ނެތް އިރު ދެން ރިފްޝާހުގެ އެކުވެރިއަކަށްވާނީ ޒައިދްގެ އަނބިމީހާ އާއި އޭނާގެ ދަރިންނެއްނޫންހެއްޔެވެ. “މިއަދު ހަވީރު އެ ޕާޓީ ބާއްވާނެ ނަމައޭ. އޭރުން ބޭބެ ގޮވައިގެން ދެވޭނީ. ދެން ދިހައެއް ޖަހާއިރު މީހުން ޕާޓީ ބާއްވާތަ؟” ރުޅިމޫނު ހަދައިގެން ހުރެ މުނީޝާ ބުންޏެވެ. “ހެހެ އެއީ އޭނަގެ ގޮތް. އޭނަގެ އޮފީހަށް ވިހި އަހަރު ފުރޭތީ އެ ހަފްލާ ބާއްވަނީ އެ. އޭނަ ބޭނުންވާނީ ވީހާވެސް އަވަހަކަށް ހަފްލާ ބާއްވާ ނިންމާލަން.” އަސްމާ ބުންޏެވެ. އަސްމާއަށްވެސް ރިފްޝާހު އަކީ ކާކުކަން އެނގެއެވެ. އެކަމަކު ޒައިދްއަށް އެނގޭހާ ބޮޑަކަށް އޭނާއަކަށް ނޭނގެއެވެ. “އަސްމާ ދައްތަމެން ދޭ ޕާޓީއަށް. އެއަރޕޯޓަށް ދާންވީމަ ގުޅާ އިނގޭ.” ޝަމީމް އެހެން ބުނެ އަސްމާ އަށް އެއްޗެކޭ ބުނުމުގެ ފުރުޞަތު ނުދީ ޝިމާޔާ ގޮވައިގެން ހިނގައިގަތެވެ. ނައިޒަކް ޝަމީމް އަށް ގޮވައިލަން އުޅުނުއިރު ޝަމީމް ގެއިން ނުކުމެގެން ހިނގައްޖެއެވެ. “ވެދާނެ އެމީހުން މުހިންމުކަމެއް އޮތީކަމަށްވެސް.” އެންމެންގެ މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުރުމުން ނައިޒަކް އަވަސްއަވަހަށް ބުންޏެވެ. އެމީހުންވެސް ލަސްނުކޮށް ރިފްޝާހުގެ އޮފީހަށް ދާން ހިނގައިގަތީ ދިހައެއް ޖަހަން ފަނަރަ މިނެޓަށް ވެފައި ހުރުމުންނެވެ.
ޗެކިން ނިންމައިލައި ފޮށި ހަވާލުކުރުމަށްފަހު ޒައިން އާއި ޖިއާން ރެސްޓޯރެންޓަށް ސައިބޯން ދިޔައެވެ. އެކި ވާހަކަދައްކައި ސަކަރާތްޖަހަމުން ދެޒުވާނުން ސައިބޮމުން ދިޔައެވެ. ބައެއް ފަހަރަށް ދެޒުވާނުން ހެވައިގަންނަލެއް ބާރުކަމުން ރެސްޓޯރެންޓުގައި ތިބި ބައެއް މީހުން ސިހިގެންދެއެވެ. ނަމަވެސް އެކަމަކަށް އަޅައިނުލައި ޒައިން އާއި ޖިއާން ހީނ ސަކަރާތްޖަހަމުން ދިޔައެވެ. މަޖާ ވަގުތުކޮޅެއް ރެސްޓޯރެންޓުގައި ހޭދަކޮށްލުމަށްފަހު ދެޒުވާނުންވެސް އެއަރޕޯޓް ތެރެއަށްވަނެވެ. އެއަރޕޯޓުގައި ބަހައްޓައިފައި ހުރި ގޮނޑިބަރިތަކުން ގޮނޑިއެއް ގައި އިށީންނަމުން ދެޒުވާނުންވެސް މަޑުކޮށްލީ ބޯޑިންއަށް ގޮވާންދެނެވެ. ނަމަވެސް ފްލައިޓް ފުރަން އޮތީ އެގާރަ ޖަހާއިރުކަމުން އަދި ބޯޑިންއަށް ގޮވާނީ އިރުކޮޅެއްކޮށްފައެެވެ. އަދި އެގާރަ ޖަހަން ވަރަށް ގިނަ ވަގުތު އެބައޮތެވެ. އެއަރޕޯޓްތެރެއަށް ވަދެ ނުކުމެ ހަދާ މީހުންނަށް ބަލަން ޖިއާން އިން އިރު ޒައިން އިނީ ފޭސްބުކް ހާވާށެވެ. ދެފަރާތަށް ބަލައިލައި ފުންނޭވައެއް ދޫކޮށްލުމަށްފަހު ޖިއާން އޭނާގެ ފޯނު ނެގިއެވެ. ޖިއާން ގޭމް ކުޅެން ފެށުމުން ޒައިންވެސް ފޭސްބުކުން ނުކުމެ ގޭމް އަޅުވައިލިއެވެ. ފޯރީގައި ދެއެކުވެރިން ގޭމު ކުޅެން ތިއްބައި ބޯޑިންއަށް ގޮވައިފިއެވެ. ދެވުނު އެންމެ ބާރަކަށް ދެޒުވާނުން ބޯޑިންއަށްވަދެ ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. “ފްލައިޓް ޑިލޭ ނުވިއްޔާ ރަނގަޅު.” ޖިއާން ބުންޏެވެ. “އާނ ތެދެއް ތި ބުނީ. ޑިލޭ ވެއްޖެއްޔާ ދެން މިތާ މިހެން ތިބެން ޖެހޭނީ.” ދެޒުވާނުން އެކަމާ ބެހޭގޮތުން ވާހަކަދައްކަން ތިއްބައި ބޯއްޓަށް އަރަން އަންގައިފިއެވެ. ފުންމައިގެން ތެދުވެ މީހުންތަކު ފަހަތުން ހިނގައިފައި ގޮސް ދެ ޒުވާނުން ވެސް ފްލައިޓަށް އަރައިފިއެވެ.
ހަފްލާ ތެރޭގައި އެކި އެކި މީހުން ޙަރަކާތްތެރިވަމުން ދިޔައެވެ. އެގޮތުން ރާއްޖޭގެ މަތީ މަޤާމު ތަކުގައި ތިބޭ މީހުންވެސް މި ޙަފްލާއިން ފެނިގެން ދިޔައެވެ. ތަންކޮޅެއް ދުރުގައި ހުރި ރިފްޝާހުއަށް އަސްމާމެން ފެނުމުން ހިނިތުންވެލައިފައި އެމީހުން ކައިރިއަށް ދިޔައެވެ. ކޮންމެ މީހަކާއި ވަކިން ސަލާމް ކޮށް މަރުޙަބާ ކިޔުމަށްފަހު އޭނާއާއި އެކު އައުމަށް ބުންޏެވެ. އަސްމާމެން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ރިފްޝާހުގެ ފަހަތުން ހިނގައިގަތެވެ. ރިފްޝާހު އޭނާގެ އަނބިމީހާއަށް އަސްމާމެން ތަޢާރަފްކޮށްދިނެވެ. ބައްޕަގެ އެންމެ ގާތް އެކުވެރިޔާ އާއި ފުރަތަމަ ފަހަރަށް ބައްދަލުވިއިރުވެސް އާރިޝްމެނަށް ބީރައްޓެހިކަން އިޙުސާސްކުރާކަށް ނުޖެހުނެވެ. ރިފްޝާހު އެމީހުނާއި ވާހަކަދެއްކީ ވަރަށްވެސް ގާތް ގޮތަކަށެވެ. ތައްޓަކަށް ކާ އެއްޗެހި އަޅައިގެން އަސްމާމެން ހަ މީހުނަށް އިށީންދެވޭގޮތަށް ބަހައްޓައިފައި ހުރި މޭޒެއް ކައިރިއަށް ދިޔައެވެ. ޙަފްލާގެ ހިތްގައިމު މާޙައުލުގައި އުފާވެރިކަމާއިއެކު ކެއުމަށް އިންސާފުކުރަމުން ދަނިކޮށް އާރިޝްއަށް ތަންކޮޅެއް ދުރުން އައްޔޫބު ފެނުނެވެ. ދުވަސްތަކަކަށްފަހު އޭނާގެ އެކުވެރިޔާ ފެނުމުން ލިބުނު އުފާ ދެގުނަ އަށް އެރި ކަހަލައެވެ. އައްޔޫބު ކައިރިއަށް ގޮސް އައްޔޫބަށް ގޮވައިލުމުން އައްޔޫބުވެސް ލިބުނު އުފަލަކުން އާރިޝް އާއި ސަލާމްކޮށްލިއެވެ. ދެ އެކުވެރިން ވާހަކަ ދައްކައިލަން އިރުކޮޅަކު ތިއްބެވެ. އައްޔޫބަށް އެދުވަހުގެ ވަދާޢީ ސަލާމް ކުރުމަށްފަހު އާރިޝް ދިޔައީ އަސްމާމެން ކައިނިމުމުންނެވެ. އަދި އެއަރޕޯޓަށް ދާންވެފައި އޮތީމަޔާއެކީގައެވެ.
“ދޮންބޭ. އަހަންނަށް އިނގޭ ދޮންބެ ތި ދައްކަނީ ބޭކާރު ވާހަކަތަކެއްކަން. އަސްލު ދޮންބެ ސީރިއަސް ވާހަކައެއް ބުނަން އެބައުޅެމެއްނު. ބުނެބަލަ ދެންވެސް.” ބޮޑުތަކުރުފާނު މަގުގެ ކަންމަތީ މަޑުކޮށްލައިގެން ޝިމާޔާ އާއި ޝަމީމް ތިއްބެވެ. ނައިޒަކްމެން ގެއިން ނުކުމެގެން އެތަނަށް އައިސް ޝަމީމް ޝިމާޔާ އާއި އެއްވެސް ތާކުންތާކުން ނުޖެހޭ ވާހަކަތަކެއް ދައްކާތާ އިރުކޮޅެއްވެއްޖެއެވެ. ޝިމާޔާ ކުރުނުކޮށް ވެގެން އުޅޭގޮތް ކިޔައިދޭން ބުންޏެއްކަމަކު ޝަމީމް އަދިވެސް ޝިމާޔާ ތަޅުވައިލަންވެގެން ބޭކާރު ވާހަކަދައްކަމުން ދިޔައެވެ. އެންމެ ފަހުން ޝިމާޔާ ރުޅިއައިސްގެން ދެއަތްއުރައިލަމުން އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. ހަހަ.. ވާވަރަށް ޝިމް ތަޅުވައިލެވިއްޖެ. ސޮރީ. ދެން ނެތިން އެއްވެސް ކަމެއް ސިއްރުކުރާކަށް. ދޮންބެ މިއުޅެނީ ޝިމް ގޮވައިގެން ނެކްސްޓް އިޔަރގަ ސިންގަޕޯރ އަށް ދާން.” ޝަމީމް ބުނި ވާހަކައަކުން ޝިމާޔާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. “އަސްލުތަ؟” ޤަބޫލުނުކުރެވިފައި ހުރެ ޝިމާޔާ އެހިއެވެ. “އާނ. ޝިމް ބޭނުން އެއްޗެއް ކިޔަވާ ބޭނުން ރޮނގަކުން ކުރިއަށްދާން ހުޅުވާލަދިން ފުރުސަތެއް މީ.” ޝަމީމް ހެވިފައި ހުރެ ބުންޏެވެ. ޝިމާޔާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާގެ ދެލޮލުން ކަރުނަ ނީރައިލިއެވެ. ޝިމާޔާގެ ދެލޮލުން ނީރައިލި ކަރުނަ ފުހެލައިދެމުން ޝަމީމް އޭނާގެ ފޯނު ނެގީ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. އޭރު ނައިޒަކް ގުޅަނީއެވެ. “މި ތިބީ ބޮޑުތަކުރުފާނު މަގުގަ. އާދޭ މިކޮޅަށް.” މަގުގެ ދެކޮޅަށް ބަލައިލަމުން ޝަމީމް ބުންޏެވެ.
ޝަމީމްމެންގެ އިންތިޒާރަށް ނިމުމެއް އައީ ކުރިމައްޗަށް މަޑުކޮށްލި ދެ ކާރު ފެނިފައެވެ. ކަޅުކުލައިގެ ކާރު ގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން އާރިޝް އެކާރަށް އަރަން ބުންޏެވެ. ދާންޖެހޭ މީހުން ގިނަކަމުން އާރިޝް އައީ ރިފްޝާހުގެ ކާރުގައެވެ. ނައިޒަކް އެމީހުންގެ ކާރުގައި އަސްމާ އާއި މުނީޝާ އާއި އުޝާ ގޮވައިގެން އައީއެވެ. ޝަމީމް ކުރީ ސީޓަށް އެރުމުން ޝިމާޔާ ފަހަތު ސީޓަށް އެރިއެވެ. ކާރަށް އަރައި އެންމެން ހަމަޖެހުމުން އާރިޝް ކާރު ދުއްވައިލިއެވެ. ނައިޒަކް ވެސް ރިފްޝާހުގެ ކާރު ފަހަތުން ކާރު ދުއްވަމުން ދިޔައެވެ.
“ހާދަ ބިރުގެންފަ ތީނީ!” ޒައިން މާ ބާރެއްކޮށް ސީޓުގެ އަތްގަނޑުގައި ހިފަހައްޓައިގެން އިނުމުން ޖިއާން އެހިއެވެ. “އާނ އެއީ ދެން ކުރީދުވަހު ވީކަމަކާ ހެދި.” ޒައިން އެބުނީ ކޮން ދުވަހެއްގެ ވާހަކައެއްކަން ޖިއާންއަށް ދެވަނަ ވިސްނުމަކަށްނުގޮސް އެނގުނެވެ. “ކަމޯން. އެއީ ދެން އެހާވަރުގެ ކަމެއް ނޫނެއްނު. އެދުވަހު ހަމައެކަނި ވިލާގަނޑެއްގަ ލައްވާލީނު. ބަލާބަ މިއަދު ކިހާ ރީތިކޮށް މިއޮތީ އުޑުމަތި.” ޒައިންގެ ހިތުގައި އުފެދިފައިވި ބިރުވެރިކަން ފިލުވައިލުމަށްޓަކައި ޖިއާން އެތައް ގޮތަކުން ވާހަކަދައްކަމުން ދިޔައެވެ. ނަމަވެސް ޒައިންގެ ހިތުގައި އުފެދިފައިވި ބިރުވެރިކަން ފިލައިގެންދާކަހަލަ ގޮތެއް ނުވެއެވެ. ރާއްޖެ ދެވެންދެން އެގޮތަށް އިނދެފާނެއްނޫންހޭ ހިތައި ޖިއާން ޒައިންއަކާ މާ ބޮޑަކަށް އަޅައެއްނުލިއެވެ. ޖިއާން ހަމަޖެހިލައިގެން ސީޓުގައި ލެނގިލުމަށްފަހު ދެލޯ މަރައިލީ އަދިވެސް އެއްފަހަރު ނިދައިލަން ބޭނުންވުމުންނެވެ.
ހުޅުލޭގައި ކާރު ޕާކުކުރަން ޚާއްޞަކޮށްފައި ހުރި ސަރަޙައްދުގައި ދެ ކާރު ޕާކު ކުރުމުން އެންމެން ކާރުން ފޭބިއެވެ. ނައިޒަކްމެން އެއަރޕޯޓަށް ވަދެ ގޮނޑީގައި އިށީންދެލިއެވެ. ޝިމާޔާ އާއި ޝަމީމް ބޭރުގައި މަޑުކުރީ ތަންކޮޅެއް ދުރުން އަންޖަދު ފެނުނުހެން ހީވެގެންނެވެ. އަންޖަދުއަށް އެމީހުނާއި ތަންކޮޅެއް ކައިރިއަށް އާދެވުމުން ޝަމީމް އަންޖަދުއަށް ގޮވައިލިއެވެ. “މިކޮޅުގަ ކީއްކުރަނީ؟” ޝަމީމް ގާތަށް އައިސް ހިނިތުންވެލަމުން އަންޖަދު އަހައިލިއެވެ. “ޒައިން މެލޭ އިން އަންނާތީ އޭނަ ބަލައި އައިސް މިއުޅެނީ. އަންޖަދު ކީއްކުރަނީ؟” ޝަމީމް އެންމެ ފަހުން ކުރީ ހަމަ ޝިމާޔާގެ ހިތުގައި އޮތް ސުވާލެވެ. ކެތްތެރިކަމެއްނެތި އިންތިޒާރުކުރެވެމުން ދިޔައީ އަންޖަދު ޖަވާބު ދޭނެ އިރަކަށެވެ. “ސައުދީ އަށް ދާން މިއުޅެނީ. ކިޔަވާލަން.. ހެހެ.” އަވިއައިނު އަޅައިލަމުން އަންޖަދު ބުންޏެވެ. ޝަމީމް އެހެންދޯއޭ ބުނެ ޝިމާޔާ ކައިރީ އޭނާއާއި އެކު އައުމަށް ބުންޏެވެ. އަންޖަދުއަށް ހަނާ އަޅައިލުމަށްފަހު ޝިމާޔާ ޝަމީމް އާއިއެކީ ދިޔައެވެ. އަންޖަދުވެސް ހިނިތުންވެލަމުން ޝިމާޔާއަށް އަތުން ހަނާ އަޅައިލިއެވެ. މިއީ އޭނާއަށް ޝިމާޔާ ފެންނާނެ ފަހު ފަހަރޭ ހިތަށް އެރުމުން ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ހިތަށް ވެރިވިއެވެ. ދެން އިތުރަށް އެކަމާ ވިސްނަން ނުހަދައި އަންޖަދު ޗެކިން ފައްޓާ ގަޑި ޖެހޭތީ ޗެކިން ވާން ދިޔައެވެ.
ދެގަޑިއިރާއި ތިރީސް މިނެޓުގެ ދަތުރަކަށްފަހު ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުފައި ޖައްސައިފިއެވެ. ބަރާބަރު ދެ ގަޑިއިރު ވީއިރު ރާއްޖެ އާދެވިއްޖެއެވެ. ނަމަވެސް މަތީގައި ބުރުއަޅަން އޮތީ ރަންވޭގައި ބޯއްޓު ޖައްސާނެ ޖާގަ ލިބެންދެނެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު ޒައިން ސީޓުގައި ހަމަޖެހިލައި ކަމަރު ނައްޓައިލިއެވެ. އޭރު ޖިއާން ދެލޯ ހުޅުވައިލަނީއެވެ. “އާއާހް.. އާދެވުނީ ދޯ.” އާފުރިލައި ހަށިގަނޑު ކުޑަކޮށް ދަމައިލުމަށްފަހު ޖިއާން ބުންޏެވެ. ޓިޝޫއަކުން މޫނު ސާފުކޮށްލައި ހޭވިފައި އޮތް އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ޖިއާން ތެދުވިއެވެ. ޒައިން ތެދުވެ ޖިއާންގެ ފަހަތުން ހިނގައިގަތެވެ. ބޯއްޓުން ފޭބުމަށްފަހު ދެޒުވާނުން ފޮށި ބަލައި ދިޔައެވެ. އެދެމީހުނަށް ފޮށި ލިބުނީ އެތާ މަޑުކޮށްގެން ހުރިތާ ފަނަރަ މިނެޓް ފާއިތުވީފަހުންނެވެ. ފޮށި ހިފައިގެން ދެޒުވާނުން އެއަރޕޯޓުން ނުކުތެވެ. “މަންމާ. އެހުރީ ބޭބެ.” ދޮރުގެ ބިއްލޫރިގަނޑު ގެ ބޭރުން ޒައިން ފެނުމުން ރިޝާނާ އަށް ކޮޅަށްތެދުވެވުނެވެ. އަސްމާމެން އަވަހަށް އެ ދޮރުން ނުކުންނަން ހިނގައިގަތެވެ. “ބޭބޭ.” ފަހަތުން ނައިޒަކް ގޮވައިލުމުން ޒައިން ފަސްއެނބުރި ބަލައިލިއެވެ. ޒައިން އަސްމާގެ ގައިގައި ބައްދައިލަމުން ދެން ތިބި ކުދިންނަށް ބަލައި ހިނިތުންވެލިއެވެ. ޖިއާން އޭނާ ބަލައި އޭނާގެ ބޮޑުބެ އައިއްސި ކަމަށް ބުނެ ހިނގައިގަތެވެ. ޒައިންމެން އެއަރޕޯޓުފައި ކުޑައިރުކޮޅަކު ތިބުމަށްފަހު މާލެ ދިޔުމަށްޓަކައި ދުރުގައި ޕާކު ކޮށްފައި އޮތް ކާރު ތަކާއި ދިމާލަށް ހިނގައިގަތެވެ.
ދިގުދަތުރަކަށްފަހު އަނެއްކާވެސް އެނބުރި މާލެ އާދެވިއްޖެއެވެ. ޝިމާޔާމެން ކާރުން ފޭބުމުން އާރިޝް ދިޔައީ ރިފްޝާހުގެ ކާރު ރިފްޝާހު އާއި ޙަވާލު ކުރާށެވެ. “ކޮބާ ހަދިޔަލެއް ބަދިޔަލެއް ޑަބިޔަލެއް ނުގެންނަމުތަ؟ ހެހެ..” މަޑު ހުނުމަކާއިއެކު ޝަމީމް އެހިއެވެ. ޒައިން ދެފަރާތަށް ބޯ ހޫރުވައިލުމަށްފަހު އޭނާގެ ފޮށި ހުޅުވައިލިއެވެ. ޒައިން ނައިޒަކް އަށް ދިނީ ބާވީސް ނަމްބަރު ޖެހި އޮރެންޖް ކުލައިގެ ޖަރޒީއެކެވެ. ރިޝާނާ މެނަށް މޭކަޕް ކުރާ ބައެއް ސާމާނު ދީފައި އަސްމާއަށް ދިނީ މަޑު ފިޔާތޮށިކުލައިގެ ފޮތިގަނޑެކެވެ. “މަންމަ ބުނީމެއްނު ބައްޕައަށް އަބަދުވެސް ލައިޓް ޕިންކް ރީތިވާނޭ. ދޯ!” އަސްމާ ފޮތިގަނޑުގައި ފިރުމަންފެށުމުން ޒައިން ބުންޏެވެ. އަސްމާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. ޝަމީމްއަށް ދެ ކެރެޓް ޖީންސާއި ނޫކުލައިގެ ގޮޅިޖެހި ގަމީހެއް ޒައިން ދިނެވެ. ޝިމާޔާއަށް ރީތި ދެ ފައިވާން ދިނެވެ. ޒައިން ދިން ހަދިޔާތަކާމެދު އެންމެންވެސް ތިބީ ހިތްހަމަޖެހިފައެވެ. އާރިޝް ގެއަށް އައުމުން އާރިޝްގެ ހަދިޔާ ޒައިން ދިނެވެ. އެއީ ޖީންސަކާއި ފެހިކުލަ އާއި ހުދު ކުލައިގެ ދެ ގަމީހެވެ. “އެންޑް. ހިއަރސް ޔުއަރ މޯބައިލް.” ކުޑަފޮއްޓެއް ޝަމީމްއަށް ދެމުން ޒައިން ބުންޏެވެ. ޒައިންމެނާއެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ޝަމީމް އާއި ޝިމާޔާ އެމީހުންގެ ގެއަށް ދިޔައެވެ. ނައިޒަކްމެންވެސް އެމީހުންގެ ކޮޓަރިތަކަށް ވަނީ ޢަޞްރު ވާން ގާތްވެފައިވުމުންނެވެ.
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް އަހަރު ނިމިއްޖެއެވެ. މާލޭގައި އާ އަހަރު ފާހަގަ ކުރި ނަމަވެސް ޒައިންމެން އެތަން ބަލަން ނުގޮސް އެރޭގެ ފްލައިޓަކުން އޭނާގެ އާއިލާ އާއިއެކު ދިޔައީ ގދ ކައްދޫ އަށެވެ. އެރަށުން ފަރެސްމާތޮޑާ އަށް ގޮސް ލާބަދުވާއަށް ދެވޭވަރުވީ އޭގެ އަނެއްދުވަހު ފަތިހުއެވެ. ފަތިހުގެ އެ ހިތްގައިމު ވަގުތު އާއިލާ އެކީ ލާބަދުވާގެ ރީތި ކުޅިތައް ބަލައިލަން ދިޔައެވެ. ސާފުވައި ލިބޭ މިކަހަލަ މާޙައުލަކަށް އާދެވުމުން އަސްމާމެން ތިބީ ނުލާހިކު ހިތްހަމަޖެހިފައެވެ. ކޮންމެ މީހެއްގެ ތުންފަތުގައިވެސް ވީ އެންމެ ރީތި ހިނިތުންވުމެވެ. އެކި ތަންތަން ބަލަމުން ދިޔައިރު އެ ތަންތަނާއި ބެހޭ ތަފްޞީލު ކިޔައިދެމުން ޒައިން ދިޔައެވެ. އެތަންތަނާއި ބެހޭގޮތުން ކަންކަން އެނގުނު ވަރަކަށް ނައިޒަކްމެން ތިބީ އަޖައިބުވެފައެވެ. ރާއްޖޭގައި ވެސް މިކަހަލަ ރީތި އާދަޔާ ޚިލާފު ތަންތަން ހުންނަ ކަމަކަށް ކުރިން އެމީހުނަށް ޤަބޫލުކުރެވިފައެއްނުވެއެވެ. ޒައިންމެން ހިނގަމުން ހިނގަމުން ގޮސް ވެއްޓިފައި އޮތް ބޮޑު ރުކުފަނެއްގެ މަތީގައި އިށީންދެލިއެވެ. މަޖާ ވާހަކަ ދައްކައި ހީނ ސަކަރާތްޖެހުމުގައި ޒައިންމެން ތިއްބެވެ.
ދިރިއުޅުމުގެ ބޮޑު ހަނގުރާމައިގައި އެތައް ގަދަ ކަނޑުތަކެއް ހުރަސްކުރުމަށްފަހު ޒައިންމެނަށް މިއޮތީ އައްސޭރިފަށަށް އާދެވިފައެވެ. މީހުން ބުނާތީ އަޑުއިވެއެވެ. ދެ ބަޔަކަށް އުފަލާއި ހިތްހަމަޖެހުމާއިއެކު ދިރިއުޅެވޭނީ އެކަކު އަނެކަކަށް މަޢާފް ކޮށްގެންނެވެ. މަޢާފަށް އެދޭ މީހާއަށް ވުރެ މަޢާފް ކޮށްދޭ މީހާގެ ހެޔޮކަން މާ ބޮޑުވެގެންވެއެވެ. ޒައިންމެނަށް މިއަދު ހިތްހަމަޖެހުމާއި އުފަލުގައި އެ ދިރިއުޅެވެނީ ހަމަ މި ސަބަބަށްޓަކައެވެ. މާޒީގައި ހިނގައިފައިވި ކަންތައްތަކަށް ޒައިންމެން އެކަކު އަނެކަކަށް މަޢާފް ނުކުރިނަމަކަ މިއަދު އުފަލާއި ހަމަޖެހުމުގައި ޒައިންމެނަށް ދިރިނުއުޅެވޭނޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މަޢާފް ކުރުމުގެ މުހިންމުކަން ޒައިންގެ ޢާއިލާއިން ވަރަށް ރަނގަޅަށް ދައްކައިދީފިއެވެ.
– ނިމުނީ –
24 Comments!
Comments are closed.
Hey Dhonthy. Ending hama varah reethi. Ma Sha Allah ????? but varah dhera vey mi story nimunyma. Lysm ❤❤❤❤❤
#staysafe
Awww thank you so much Izabell???? vvv ufaavejje ❤️❤️?? Ahaha no need to be sad adhi annaanamey ehen story akaa ekee inge ????? Love you too Izabell❤️❤️❤️❤️ Stay safe dear❤️❤️❤️?
Alheyy maasha allah dhonthyyy??? Mi story vx nimuny dhw? ???Dhn kon dhuvahakun new story eh genesdheyny??? Comment nukuriyas sis baraabarah mi story kiyan..Miss you and love you dhonthyyy ♥️♥️♥️
Awlhey thank you so much ihoo ????? yeah story nimunee mi???? Insha Allah v avahah new story eiy genesdheynan ???? Awww vvv ufaavejje regular koh story kiyaakan enguneema ????❤️❤️ I miss you more ihoo and love you too ❤️❤️❤️❤️❤️❤️????
Hon hon hon
Salhi ekam nimun salhivees hanhevanee gulhuvaalie nama shimaayaa jainge family yaa
Thank you Liyaa for the comment ????❤️ Mi story ninmaalan gasdhukoffa in hisaabu miee ??❤️ Dhen anna story egga thibunaahen hadhaalaanee dhw? Once again thank you so much Liyaa ????
Salaam hurihaa kiyuntherin. Alhamdhulillah miothee mi vaahakaige enme fahu bai upload vefa. Unmeedhukuran hurihaa kiyuntherinnau es mibai kamudhaanekamau. Adhi mi story es kamudhaanekamau. Mifurusathuga dhonthige dhaththa ashaa besty aishoo au v bodau shukuru adhaakollan beynun. Adhi mi story prepare kuramun dhiyairuga dhonthi au help vedhin Sir au es shukuru adhaakollan beynun. Thank you so much sir. I’d like to thank those who shared my story and commented to my story. Vvvv bodau thank you dhonthi au support dhin hurihaa kudhinnaai beyfulhunnau. Adhi es miauvure reethi ehen vaahaka akaigen badhdhaluvelumuge unmeedhuga thi hurihaa kiyuntherinnaa vakivelan. I’m gonna miss you all my dear readers! Once again thank you so much all of you! Have a blessed Ramazan! Love you all ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?
wowww vv salhi mi vhkk
Awww thank you so much shaiiii????❤️
Woww??story Varah Varah Varah Reethi… Masha Allah……. Waiting for the next story ???luv yeahh n miss yeahhh…stay home be safe??✌️✌️❤️❤️??
Awww thank you so much Meekko ???❤️ Yes dear keep waiting for my next story ?? Hehe. Love you too dear and I miss you more Meekko ❤️❤️❤️❤️? Stay safe at home dear ?????❤️
Ending Hama varah reethi ??????
Maa sha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️
??????lysm dhonthy??????
❤️❤️❤️❤️stay home be safe ❤️❤️❤️❤️
Awww thank you so much Yanaa ???❤️? It means a lot for me. Love you too Yanaa ❤️❤️❤️❤️❤️?? Stay home. And be safe dear ??
dhonthee vvvvvv reethi ingey mi story.mashallah.adhi ehn story eh libeynetha kiyaalan
Awlhey vanteKTH ?????? Haadha sweet kujjekey ????? Thank you so much dear ❤️❤️❤️?❤️? Yes dear adhi libeyne ehen story eiy kiyaalan inge ?? Keep waiting darl will bring a beautiful story next time ❤️❤️❤️❤️??? Stay safe dear.
!!!Hellw dhonthy
Vhk nimunii dhw …?? ending hama vrh salhi ma sha allah … dhonthige new stry eh fennaane kamah ummeedhukuran. Dhonthy akii friendly person eh … i really like that … ❤?
!I’ll be waiting for another stry of yuh
Stay safe
Stay home
❤❤❤
Hii quiiin ??? Yes vaahaka nimunee mi Alhamdhulillah ❤️❤️❤️? Vvvv bodau thank you quiiin ❤️❤️❤️ New story eiy adhi genesdheynan inge dear. Ekm kuda break akau fahu genesdheynan inge ????❤️❤️ Awlhey once again thank you so so so so much quiiin ???❤️?❤️?❤️ It means a lot for me. Yes dear! keep waiting. Stay home and be safe dear ❤️❤️❤️❤️❤️❤️❤️
Dhonthy alhey haadha reechey mi story. Dhonthy ge next story akan inthizaaru kuraanan❤️❤️❤️???
LYSM Dhonthy❤️❤️❤️
Awlhey Mint?????❤️ Thank you so much dear. Yes dear! Keep waiting for my next story inge?????❤️ Awww love you too Mint ❤️❤️❤️❤️❤️?????
Ending is super!ur mind is so creative masha allah❤❤also m waitinggg for ya next stry. LYL siss???
Awlhey thank you so much magnumm ????❤️ Yes dear keep waiting for my next story ????❤️ Love you too magnumm ❤️❤️❤️❤️????
Quiin ge stry ah dhonthyge faraathun libunu meaningful nice comments thakah vrh bodah shukuriyya … vrh ufaavey dhonthyge comments fenuniima … ur a supportive writer … vrh ufaavehje … ??❤
Jazakallah khairan dhonthy
Awww maruhabaa maruhabaa. Hehe. Ow v ufaavejje quiiin thihaa happy vefa hunnakan enguneema ?????❤️ Thank you so much quiiin. Quiiin es dhonthi au v supportive ?????❤️ Unmeedhukuran dhn anna story ga es quiiin ge supportive and lovely comments fennaane kamau ????? Love you dear, ❤️❤️❤️❤️❤️❤️