Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތުގެ ކޮންމެ ވިންދެއްގައި – 14 – ފަހުބައި

Malsa Moosa Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
April 27, 2020 6 Mins Read
38 Comments

“މަންމާ!” ބަނޑުވަތަށް ވެއްޓިޖެހުނު ގޮތަކުން ބަނޑަށް ނެގި ތޫނު ދިލައަކުން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު މިޝެލިން ވެއްޓިފައިވީ ދިމާލުން ލޭފެންނަން ހުއްޓެވެ. ކާބައިން ނުކުމެގެން އައި ޔުނާންއަށް މި މަންޒަރުފެނުމާއި އެކުހެން އޭނާގެ ހޭބުއްދިފިލާދިޔަފަދައެވެ. އަޑުގެ ކޮޅަށް ހަޅެއްލަވައިގަނެވުނީ ނޫނެކޭ ކިޔާފައެވެ. އޭރު ކާބަދިގޭގައި ތިބި އެހެން މީހުންވެސް ދުވެފައިކަހަލަ ގޮތަކަށް ނުކުމެއްޖެއެވެ. މިޝެލިންއަށް ފެނުނީ ހަލިވިކަމާއިއެކު އޭނާކައިރިއަށް އައިސް މަޑުކޮށްލި ޔުނާންއެވެ. އޭރު އޭނާގެ ދެލޯ މަޑުމަޑުން މެރެމުން ދިޔަނަމަވެސް ޔުނާން ލޯ ނުމަރާށޭ ބުނުމުން ހިތްވަރު ކޮށްފައި ދެލޯ ހުޅުވޭތޯ މަސައްކަތްކުރިއެވެ. އޭރު ނަގަމުންދިޔަ ތަދަކުން އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަފައިބަމުންދިޔައެވެ.

“ޔާން. އަވަސްކުރޭ. ވަގުތެއް ނެތް. ކާރުނެރޭ. ” ޔުނާން މިޝެލިން ކައިރީގައި އިށީނދެ ހިތްހަލާކުވެފައިވާފަދަ ނަޒަރަކުން އެ މޫނަށް ބަލަހައްޓައިގެން އިނުމުން ޔައިޝް ބުނީ ޔުނާންގެ ކަނޑުގައި ހިފާ ތަޅުވައިގަންނަމުންނެވެ. އަދި މިޝެލިން އޭނާގެ އަތްދަނޑިމައްޗަށް ލަމުން ނުކުންނަން އަވަސްވެގަތް އިރު އޭނާ މިޝެލިންއާ ވާހަކަދައްކަން މަސައްކަތް ކުރިއެވެ.

“މިޝެލިން. ވާހަކަ ދައްކަބަލަ. ލޯ ނުމަރައްޗޭ. އިންޝާ ﷲ ހުރިހާކަމެއްވެސް ރަނގަޅުވާނެ.” ކާރުތެރޭގައި މިޝެލިންއަށް ފަރުވާދޭން ފަށަމުން ޔައިޝް ބުންޏެވެ. އޭރު ޔުނާން ދިޔައީ ކުރީގައި އިނދެ ހަލުވިދުއްވުމެއްގައި ކާރުދުއްވަމުންނެވެ. އެ ހިތް ތެޅެމުންދިޔަވަރުން ހުއްޓިދާނޭހެންވެސް ހީވިއެވެ.

“ޔަ..ޔައި..ޝް. ޔު..ޔުނާ..ން..ބޭބީ ރަނ..ރަނގަޅަށް..ބަލައް..ޗޭ.” ނޭވާ އުފުރިގެން އަންނަން އުޅުނުހެންހީވި ނަމަވެސް، އުނދަގޫ ގޮތަކަށް ލަސްލަހުން މިޝެލިން ބުނެލިއިރު އެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. ހަމަހިމޭންކަންވެރިވެފައިވީ ކާރުތެރޭގައި ޔުނާންއަށް މިޝެލިން ބުނި ޖުމުލަ ނުހަނު ސާފުކޮށް އަޑުއިވުނެވެ. މިޝެލިން އޭނާއާއި ވަކިވަނީއޭ ހިތަށްއެރި ނަމަވެސް، ކެއްތެރިވެލައިގެން އިނީ މާތްﷲ ގެ ކިބައިން ދުޢާދަންނަވަމުންނެވެ.

***
ވިހާ ކޮޓަރިއަށް މިޝެލިން ވެއްދިއިރު ޔުނާންއަށް ކެއްތެރިކަމެއްނެތި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު އޭނާއަށް މިޝެލިން ނޫން މީހަކާދޭތެރޭގައި ނުވިސްނޭކަހަލައެވެ. އެ ފުން ކަނޑެއްފަދަ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައީ ނިމުމެއްނެތިއެވެ. ހިތް ތެޅެމުންދިޔައީ އޭގެ އެންމެ ބާރުމިނުގައެވެ. ލޮލަށް ފެންނަމުން ދިޔައީ މިޝެލިން ވެއްޓުނު މަންޒަރެވެ. ތުރުތުރު އަޅަމުންދިޔަ އަތަށް ބަލާލެވުނީ ދުވެފައިގޮސް މިޝެލިން އެއަތުގެ ހިމާޔަތްދެވުނު ނަމައޭ ހިތަށްއެރުމުންނެވެ. ފަޔަށް ބަލާލެވުނީ އެވަގުތު ފަޔަށް ހަރަކާތް ނުކުރެވި އެ ފައިގެ ހަރަކާތް ހުސްވެފައި ހުރެވުނީ ކީއްވެތޯ ސުވާލުކުރާހާލުގައެވެ. ދެލޯ މަރާލެވުނީ އެދެލޮލުން މިޝެލިން ވެއްޓުނު މަންޒަރުފެނުނު އިރުވެސް ކަމެއް ނުކުރެވުމުންނެވެ. އަމިއްލަ ނަފުސު ކުއްވެރިކުރުން ފިޔަވައި އިތުރުކަމެއް ނުކުރެވުނެވެ. ޔުނާންއަށް އެތަނުގައި އެހެންމީހުން ތިބިކަން އިޙުސާސްވެސް ނުކުރެވޭކަހަލައެވެ. އެދެލޮލަށް މިޝެލިންނޫން މީހަކު ސިފަނުވާކަހަލައެވެ.

ދެ ގަޑއިރުފަހުން ވިހާ ކޮޓަރިން ނުކުތް ނަރުސްކުއްޖެއްގެ އަތުގައިވީ ލޯބިލޯބި ކުޑަކުޑަ ކުއްޖެކެވެ.
“އަންހެން ކުއްޖެއް…ކޮބާތޯ ދަރިފުޅުގެ ބައްޕައަކީ؟” ޔަޝާ ޔުނާންއަށް އިޝާރާތް ކޮއްލުމުން ނަރުސްކުއްޖާ ގޮސް ޔުނާން ކައިރީގައި މަޑުކޮށްލަމުން ސުވާލުތަކުރާރުކޮށްލިއެވެ. ޙިޔާލަކަށް ގެއްލިފައިހުރި ޔުނާން އާނއެކޭ ބުނަމުން ނަރުސްކުއްޖާގެ އަތުގައި އޮތް ތުއްތުކުއްޖާއަށް ބަލާލިއެވެ. އޭރު އެހެން މީހުން ދުނިޔެއަށް ނޭވާލީ ލޯބިލޯބި ކުޑަކުޑަ ފުރާނަދެކިލުމަށް އެތަނަށް ބޮނޑިވެގަތެވެ.

އެ ކުޑަކުޑަ ދޮންދޮން މޫނަށް ފިޔާތޮށިކުލައެއް ވެރިވެފައިވާއިރު ދެލޯ މަރާލައިގެން ތުން ކޮޅަށް ހަދާލިގޮތުން ޔުނާން މުޅި ދުނިޔެމަތިންވެސް ހަނދާން ނެތުނުކަހަލައެވެ. އެ ކުޑަކުޑަ މޫނުމަތީގައިވި މަޢުސޫމުކަންފެނި ހިތްފުރި ބަންޑުންވިއެވެ. ކުޑަ އިރުކޮޅަކަށް ނަމަވެސް، ހުރިހާ ކަމެއް ހަނދާންނެތި ހިނިތުންވެވުނީ ލޯބިވާ ދަރިފުޅު ފެނުމުންނެވެ. ޒީހާ ޔުނާންއަތުން އެ ލޯބި ތުއްތު ކުއްޖާ ނެގިއިރުވެސް ޔުނާން ހުރީ ހިނިތުންވެލައިގެން އެ ދަރިފުޅުގެ މޫނުން ނަޒަރުވަކިކޮށްނުލައެވެ. ނަމަވެސް އެ ތުންފަތްމަތީގައިވި ހިނިތުންވުން ފުހެވިގެންދިޔައިރު ނަރުސްކުއްޖާއާއި ދިމާލަށް ބަލާލެވުނެވެ. އޭރު ނަރުސްކުއްޖާ ޒީހާ އަތުން އެ ތުއްތުކުއްޖާ ނަގަނީއެވެ.

” ނާރސް..ކޮބަ މިޝެލިން؟ ” ތަންކޮޅެއް ބާރަށް ޔުނާންއަށް އަހާލެވުނީ އެހިތް ތެޅެމުންދިޔަލެއް ބާރުކަމުންނެވެ. އޭރު ޒީހާ އާއި ޔަޝާމެންގެ ނަޒަރުވެސްވީ ނަރުސްކުއްޖާއަށް ހުއްޓިފައެވެ. އިވިދާނެ ޙަބަރަކުން ދުނިޔެ ފުނޑުފުނޑު ވެދާނެތީވެ އެތަނުގައިވީ އެންމެންގެ ހިތް ތެޅެމުންދިޔައީ އިންތިހާއަށެވެ.

“އަމް. އަ….” ނަރުސްކުއްޖާ ބުނަން އުޅުނުނަމަވެސް ފަހަތުންއައި ޑޮކްޓަރުގެ އިޝާރާތަށް ނަރުސްކުއްޖާ އަވަސް ހިނގުމެއްގައި އެ ތުއްތުކުއްޖާ ގޮވައިގެން ހިނގައިގަތީ ސާފުކޮށްލުމަށެވެ.

“ނާހު. މިޝެލިން ކިހިނެއް؟ ރަނގަޅުތަ؟” އަވަސްވެފައިވާ ހިތަކާއި އެކު ޔުނާން އަހާލިއިރު އެ އަޑުގައި ކުޑަ ތުރުތުރުލުމެއްގެ އަސަރުވިއެވެ.

“ޔުނާން. ” ޔުނާންގެ އެކުވެރި ޑޮކްޓަރެއްކަމަށްވާ ނަޖާހު ޔުނާންއަށް ގޮވާލަމުން ޔުނާންގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލިއެވެ.

“ދެން ބުނޭ. މިހާރު އަހަރެން ހާސްވާން ފަށައިފި.” ނަޖާހު އޭނާއާއި ދިމާލަށްބަލަންހުރި ނަޒަރުން ޔުނާންއަށް ބުނެލެވުނެވެ. އޭރު އެހިތް ތެޅެމުންދިޔަލެއް ބާރުކަމުން ހީވީ ނިކުމެދާނެހެންނެވެ.

“ޔުނާން. މީ ކެއްތެރިވާންވީ ވަގުތު. މިޝެލިން އާއި ޔުނާންގެ ލޯބިވާ ކުޑަކުޑަ ދަރިފުޅުގެ ހައްޤުގައި ނަމަވެސް، މިޝެލިން…މިޝެލިން…މިޝެލިން ދެން އަނބުރާ ނާންނާނެ. ޝީ އިޒް ގޮން. ” އިސްޖަހާލަމުން ނަޖާހު ބުނިއިރު އެ މޫނުމަތިން ފެންނަމުންދިޔައީ އިންތިހާދަރަޖައިގެ މޮޅިވެރިކަމެވެ. މިޝެލިން މަރުވީ އޭނާގެ ކުރިމަތީގައެވެ. ނޭވާހޮޅިއަށްއެޅިފައި އޮވެވެސް އޭނާ އެންމެ ފަހު ނޭވާގައިބުނި ޖުމުލަ ނަޖާހުގެ ހަނދާނަށް އައެވެ.

“މި ތުއްތު ދަރިފުޅު..ރަނގަޅު ތަރުބިއްޔަތެއްގައި.ބަލަ..އްޗޭ ޔުނާން..ކައިރީ ބުނެދޭތި..އަހަރެންގެ…ހިތުގެ ކޮންމެ ވިންދެއްގައި..ވަނީ އެ ލޯބި…އެންމެފަހު…ވިންދާޖެހެންދެންވެސް..لا إله إلا الله……” މިޝެލިން ބުނިއެތި ކަންފަތުގައި ގުގުމައިގެން ދިޔައިރު ނަޖާހަށް ހުރެވުނީ ހިތްހަލާކުވެފައިވާފަދަ ގޮތަކަށް ޔުނާންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ޑޮކުޓަރެއް ކަމަކު މިޔަދު އޭނާގެ ދެލޯވެސް ތެމުނެވެ. ނަޖާހަށް ހަމަބިމަށް އާދެވުނީ ޔުނާން ހަޅޭއްލަވައިގަތްއަޑަށެވެ.

“ތީ ދޮގެއް. މިޝެލިން އަހަރެން ދޫކޮށްފަ ނުދާނެ…އަހަރެން ޤަބޫލެއްނުކުރާނަން. ” ދެލޯ ތެމުނުއިރު ޔުނާންއަށް ހަޅޭއްލަވައިގަނެވުނެވެ. މިޝެލިން އޭނާއާއި މުޅި އުމުރަށް ވަކިވެގެންދަނީއޭ ހިތަށް އެރުމުން އެ ދެލޮލަށް ބޮނޑިވި ކަރުނަތަށް އޭގެ މަގާމުދޫކޮށް ފައިބައިގަތީ ކެއްނުވެގެންކަހަލައެވެ.

ކަކޫމައްޗަށް ތިރިވެވުނުއިރު މޫނުގައި ދެއަތް އަޅާލެވިފައިވިއިރު އެ ދެތުންފަތް ފުއަޅުވާލާފައި ނުކުންނަނީ އެންމެ މީހެއްގެ ނަމެވެ. މިޝެލިންއެވެ.

އެވަގުތު ވިހާކޮޓަރިން ނުކުއްދުވީ މިޝެލިންގެ ފުރާނަނެތް މަސްގަނށެވެ. ހުދު ފޮތިގަނޑެއްގެ ނިވަލުގައި ވަންހަނާކުރެވިފައިވީ މޫނު ދެކިލަން ޔުނާން ބޭނިވުންވިއެވެ. އެންމެފަހުގެ ވަދާޢީ ސަލާމްވެސް ކުރުމެއްނެތި މިޝެލިން އޭނާގެ ދިރިއުޅުމުން އެއްފަރާތްވެލީއެވެ. އެނބުރި އައުމެއްނެތްފަދައަކުންނެވެ. ގައިގެވަރުނެތް މީހެއްފަދައިން ޔުނާން ގޮސް މިޝެލިންގެ ފުރާނަނެތް މަސްގަނޑު ބޭއްވިފައިވީ އެނދުކައިރީގައި މަޑުކޮށްލިއެވެ. އެހެން އެންމެންވެސް ކަރުނަވީ ލޮލަކާއި އެކު މިޝެލިން އާއި ޔުނާން ވަށާލިއެވެ.

ތުރުތުރު އަޅަމުންދިޔަ އަތުން އެ މޫނު ނިވާކުރެވިފައިވީ ހުދު ފޮތިގަނޑު އެއްފަރާތްކޮށްލުމާއި އެކު ޔުނާންއަށް ޖެހުނީ އޭނާ ޤަބޫލުކުރަން ބޭނުންނުވި ހިތި ހަޤީގަތާއި ކުރިމަތިލާނށެވެ. މިޝެލިންގެ ފިޔާތޮށިކަންކެނޑިފައިވާ މޫނާއި ދިގު އެސްފިޔަތައް މަރާލެވިފައިވިއިރު އޮތްގޮތުން ހީވީ ދެންމެ ދެންމެ ތެދުވެ ވާހަކަދައްކައިފާނެހެންނެވެ. ނަމަވެސް އެއީ ވާނޭކަމެއް ނޫނެވެ. އެ ފުރާވަނީ ﷲގެ ޙަސްރަތުގައެވެ.

އެއްވެސް އަސަރެއްނެތް ގޮތަކަށް މިޝެލިންގެ މޫނަށް ބަލަންހުރި ޔުނާންގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ވެއްޓުނީ މިޝެލިންގެ ކޯތާފަތަށެވެ. ކިތަންމެ ހިތްވަރުކުރަން މަސައްކަތްކުރި ނަމަވެސް، ޔުނާންއަށް މިޝެލިންއޭ ކިޔާފައި ރޮއިގަނެވުނީ އޭނާގެ ލޯބިވާ އަނބިމީހާގެ ފުރާނަނެތް މަސްގަނޑުގައި އޮޅުލައިގަންނަމުންނެވެ. ބޮޑުވެފައިހުރި ފިރިހެނެއްނަމަވެސް، މިޔަދު އެ ހިތްވަނީ ކަތިލެވިފައެވެ. ދެލޯވީ ކަރުނުންފުރިފައެވެ. އެ ހަށިގަނޑުވަނީ ބަލިކަށިވެފައެވެ. އެހިތުގައި ފަވާލެވިފައިވީ މިޝެލިންގެ ސޫރަ ފުހެވިގެން ނުދިޔަނަމަވެސް، އޭނާގެ ދިރިއުޅުމުން މިޝެލިން ފުހެވިގެންދިޔައީއެވެ.

“ޝެލް..ކީއްވެ އަހަރެން ދޫކޮށްދިޔައީ..އަހަންނަށް ޝެލްއާ ނުލައި ނޫޅެވޭނެކަން އެނގިހުރެ. އަހަރެންގެ ހިތަށް ކެއްވާނެތަ؟ އަހަރެން ދޫކޮށްފައި ނުދޭ. މިޝެލިން ޕްލީޒް ލޯ ހުޅުވަބަލަ؟ ޕްލީޒް..އަހަރެން އާދޭސްކުރަން…” މިޝެލިންގެ ފުރާނަނެއް މަސްގަނޑުގައި އޮޅުލައިގެން ހުރެ ގިސްލަގިސްލާފައި ޔުނާން ބުނެލީ އަސަރުން ފުރިގެންވާގޮތަކަށެވެ. އެ އަޑުވީ ކުރެހިފައެވެ. މިޝެލިންގެ ކޮލުގައި މަޑުމަޑުން ދެއަތް ޖައްސާލަމުން ޔުނާން އެ މޫނަށް ބަލާލީ ހިތްލަހާކުވެފައިވާފަދަ ގޮތަކަށެވެ. އޭރުވެސް އެ ފުންކަނޑެއްހާ ދެލޮލުން ކަރުނަތަށް އޮހެމުންދިޔައީ ނިމުމެއްނެތް ފަދައަކުންނެވެ މަންޒަރުބަލަންހުރި ޔަޝާ އާއި ޔޫހާ، ޔާނާ، ޒީހާ، ޔާއިން، ނަޖާހް، ޔައިޝް، މިޝްކާ، އީދަންގެ އިތުރުން ނަހީކްގެވެސް ލޯ ތެމިފައިވީ ޔުނާންގެ ޢަމަލުތައްހުރި ގޮތުންނެވެ.

“ޝެލް. ޕްލީޒް ލޯހުޅުވަބަލަ. ތީ މި ހިތުގެ ވިންދަކީ. މި ހިތުގެ ކޮންމެ ވިންދެއްގައި ވަނީ ފަނޑުވުމެއްނެތި ތި ލޯބި. ޕްލީޒް އަހަރެން ދޫކޮށްފަނުދޭ..” ޔުނާން އެހެން ބުނެފައި މޮޔައެއްހެން މިޝެލިންގެ މޫނުގައި ބޮސްދެމުންދިޔައެވެ. އޭނާ ދޫކޮށްލާފައި ނުދިޔުމަށް އާދޭސްކުރަމުންދިޔައެވެ. އޭރު މަންޒަރު ބަލަންހުރި ޔާއިންއަށް އިސްޖަހާލެވުނީ އެ މަންޒަރުބަލަން ކެތްނުވުމުންނެވެ.

އެއް ދުވަސް ފަސް

މުޅި ކޮޓަރިތެރޭގައިވީ ކަނު އަނދިރިކަމެވެ. އިވެމުންދިޔައީ ޔުނާންގެ އަޑުން މިޝެލިން އޭ ކިޔާ ގޮވާލިއަޑެވެ. އޭރު ފޯނުގެ ސްކްރީންގެ އަލި އެ މޫނަށް އެލިފައިވެއެވެ. އޭނާ އިނީ ފޯނުގައިވީ މިޝެލިން އާއި އޭނާގެ ފޮޓޯއަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތިވަނީ މިލާ މޯޅިވެފައެވެ. އެއްވެސް ތާޒާކަމެއް ނެތެވެ. ދެލޮލުގައި މަޑުރަތްކަމެއް ހުރިއިރު އެސްފިޔަތަށް ތެމިފައިވުމުން އެހުރީ ރޮއިފައިކަން އެނގޭހާއެވެ. މިއީ މިޝެލިން އޭނާގެ ޙަޔާތުން ވަކިވިތާ އަދި ދެވަނަ ދުވަހެވެ. ކޮންމެ ސިކުންތުކުޅަކީ މިނެޓުތަކެއްހެން ހީވެ ކޮންމެ މިނެޓުތަކަކީ ގަޑިއިރެއްހެން ހީވެ ގަޑިރަކީ ގަރުނެއްހެން އޭނާއަށް އިޙުސާސްކުރެވެމުންދިޔައެވެ. ކުއްލިއަކަށް ޔުނާންއަށް މިޝެލިން އާއި މިޝެލިން ދެއްކި ވާހަކަތަށް ހަނދާނަށް އައެވެ.
—
“އުހުން. ތީ މި ހިތުގެ ކޮންމެ ވިންދަކީ. މި ހިތުގެ ކޮންމެ ވިންދެއްގައި ވެސް ވަނީ ތި ލޯބި. އަހަރެމެންގެ ލޯބިވާ ދަރިފުޅަކީ އަހަރެންގެ ފުރާނަ. ތި ދެމީހުނާ ނުލާ އުޅެން އަހަންނަށް ވަރަށް އުނދަގޫވާނެ. ދުވަހަކުވެސް އަހަރެން ދޫކޮށްލާފަ ނުދައްޗޭ ޝެލް. ”

“އިންޝާ ﷲ. ޔުނާން އަހަންނަށް ވަޢުދުވޭ އަހަރެން ނެތް ދުވަހެއްގައިވެސް އަހަރެމެންގެ ދަރިފުޅު ރަނގަޅު ތަރުބިއްޔަތެއްގައި ހެޔޮލަފާ ދީނަށް ލޯބިކުރާ ކުއްޖެއްގޮތުގައި ބޮޑުކުރާނެކަމަށް. އެއީ އަހަރެންގެ ހަމަ އެކަނި އެދުމަކީ. ” ހިނިތުންވެލާފައި މިޝެލިން ބުންޏެވެ. ޔުނާން އެކަމަށް ވަޢުދުވިއެވެ.
—
އެ ހަނދާން އާކޮއްލާފައި އިރުކޮޅަކު ޔުނާން ވިސްނަން އިނީ ކޯއްޗެއްކަމެއް ނޭނގެއެވެ. އެހެން އިނދެފައި ތެދުވެގެންގޮސް ފާހަނާއަށްވަދެ ތާޒާވެލައިގެން ނުކުމެ ކަޅުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއްލިއެވެ. އަވަސްގޮތަކަށް އިސްތަށިގަނޑުގައި ފުނާއަޅާލާފައި ކޮޓަރިން ނުކުމެ ހިނގައިގަތީ ތިރިއަށެވެ.

“ޔޫހާ..ކޮބާތަ ބޭބީ؟” ޔުނާންއަށް އޭނާގެ ފުރަތަމަ އަލަތު ދަރިފުޅު ފެނުނީ އެންމެ ދުވަހަކުއެވެ. އެވެސް އެ ހިތާމަވެރި ހަބަރާއިއެކުގައެވެ.

“މަންމަ ކޮޓަރީގަވީ ބޭބީ.” ޔުނާން ހީލާފައި ދިއުމުން ޔޫހާ ހުރީ ހައިރާންވެފައިހުރެ އެދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާ ހީކުރީ ދެން ދުވަހަކަވެސް ލޯބިވާ ބޭބެގެ މޫނުމަތިން ހިނިތުންވުމެއް ނުފެންނާނެކަމަށެވެ. ނަމަވެސް ހިނިތުންވެވުނުއިރު ޙަމްދުއެޅުނެވެ. އެދެލޮލުން އޭރު އުފާވެރިކަމުގެ ކަރުނަނިރާލިއެވެ. އެވަގުތު އަތުގައި އޮތް ފޯނު ރިންގް ވުމުން ޒޯހަންގެ ނަން އަރާފައި އިނުމުން އަވަހަށް ނަގާލިއެވެ.

“ބޭބެ ގުޅާވެސް ނުލާ މިހާރު. މިހާރު ދިހަވަރަކަށް މަސްކޮށްފަ ތި ގުޅާލީ. ހޭޓް ޔޫ” ވީޑިއޯ ކޯލް އިން ޒޯހަންގެ މޫނުފެނުމާއި އެކު ޔޫހާއަށް ބުނެވުނެވެ. ޒޯހަންވަނީ މީގެ ދެއަހަރު ކުރިން އޭނާ މިޝެލިންއަށް ހަމަލާދިން ވާހަކަ ކިޔާދީ ގޭ އެންމެން ފަރާތުންނާއި އަދި ޙައްސަކޮށް މިޝެލިން އާއި ޔުނާންގެ ފަރާތުން މަޢާފަށް އެދިފައެވެ. މަންމަ އޭނާއަށް ވިސްނައިދިނުމުން އޭނާއަށްވެސް އުޅެވުނީ ރަނގަޅަކަށް ނޫންކަން ވިސްނުނެވެ. އެންމެންވެސް އޭނާއަށް ހެޔޮހިތުން މަޢާފުދިނެވެ. އޭނާވެސް އަހަރެއްފަހުން މީހަކާއި އިނދެ އާ ޙަޔާތެއް ފެށިއެވެ. އަނބިމީހާ ދީން އާއި އޭނާގެ މިހާރު އެއް އަހަރުގެ ދަރިފުޅު ކަމަށްވާ ދާއިންއަކީ އެދެމަފިރިންގެ ކުޑަކުޑަ ދުނިޔެއެވެ.

ޔޫހާ އައި ޒޯހަން ކުޑަކޮށް ވާހަކަދައްކާލާފައި ވީޑިއޯ ކޯލް ނިންމާލަން ޖެހުނީ ޔޫހާ ފޯނު ޗާޖު ހުސްވުމުގެ ސަބަބުންނެވެ.

***
ޓަކިޖުމުންވެސް ކޮޓަރީ ދޮރު ނުހުޅުވުމުން ޔުނާން މަޑުމަޑުން ތަޅުގައި ހިފާ އަނބުރާލުމާއި އެކު ދޮރުހުޅުވިއްޖެއެވެ. ކޮޓަރިއަށް ނަޒަރު ހިނގާލިއިރު މީހެއްގެ ހިލަމެއްނެތެވެ. ނަމަވެސް ފާހަނާގައި މީހަކު އުޅޭކަން އެނގުނީ ލައިޓުޖައްސާފައި ހުރުމުގެ ސަބަބުންނެވެ. ދެން ޔުނާންގެ ނަޒަރު ހުއްޓުނީ ކޮތަރީގައިވާ ކިންގ ސައިޒް އެނދުގައި ހުރަހަކަށް ބާއްވާލެވިފައިވީ ކުޑަކުޑަ އޭނާގެ ލޯބިވާ ދަރިފުޅާށެވެ. އެ ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވީ އިޙްތިޔާރުން ބޭރުގައެވެ.

މަޑު ހިނގުމެއްގައި ގޮސް އެ ތުއްތު ތުއްތު ކުއްޖާ ބާއްވާފައިވީ ދިމާލަށް ގުދުވެލަމުން އެ ކުއްޖާގެ ދެފަރާތުން އެނދުގައި އަތް އަޅުވާލިއެވެ. އޭރު އެ ތުއްތު ކުއްޖާ މަޢުސޫމު ޙަރަކާތްތަކެއް ކުރަމުންދިޔައިރު ދެލޯ އޮތީ މަރާލައިގެންނެވެ.

“ބައްޕި ދޫނީ…” އެ ތުއްތުކުއްޖާ ރޯންފެށުމުން މަޑުމަޑުން އެނދުން ނަގާފައި އޭނާގެ އަތުތެރެއަށްލަމުން ޔުނާން އޭނާގެ ފުރާނަފަދައިން ލޯބިވާ ދަރިފުޅަށް ގޮވާލިއެވެ. އެވަގުތު އެކުއްޖާގެ ރުއިން ހުއްޓިއްޖެއެވެ. މަޑުމަޑުން އެސްފިތަކަށް ޖަހާލަމުން ދެލޯ ބޮޑުކޮށްލާފައި ޔުނާންއަށް ބަލާލީ އެއީ ކާކުކަން އެނގޭ ފަދައިހެން ހީވިއެވެ. މަޑުމަޑުން ހީނލިގޮތުން ޔުނާންގެ ހިތް ފުރުނެވެ. ޔުނާންއަށް އެދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއީ ހަމަ މިޝެލިންގެ އަޅިފެހިކުލައިގެ ދެލޮލެވެ.

“ޔަޝަލް. މިޝެލިން. މިޝެލިން ނެތް ދުނިޔެއެއްގައިވެސް އަހަރެން އަހަރެމެންގެ ލޯބިވާ ދަރިފުޅު ޔަޝަލްއަށް ރަނގަޅު ތަރުބިއްޔަތެއް ދޭނަން. އިންޝާ ﷲ. ” ތުއްތު ތުއްތު ޔަޝަލްގެ ކޮލުގައި ބޮސްދެމުން ޔުނާން ބުނިއިރު އެދެލޮލުން ފެނިލީ އާ އުންމީދެކެވެ. އޭނާގެ ފުރާނައަށް ޔަޝަލް އައު ހިތްވަރެއް ދިން ކަހަލައެވެ. މި ލޯބިލޯބި ދަރިފުޅަށްޓަކައި ނަމަވެސް، ޔުނާން ހިތްވަރުއެލުވައެއް ނުލާނަމޭ ބުނެ އަމިއްލަ ހިތާއި ވަޢުދުވިއެވެ.

5 އަހަރު ފަސް

‘ޔަޝަލް..އާދޭ ދެން ޑެޑީ ކައިރިއަށް. މިހާރު މާގިނައިރު ކުޅެއްވިޖެއްއެންނު ދޯ ދޫނީ..ރެސްޓް ކޮއްލާފަ ގެއަށް ދާނީ ދޯ..” ލޯބިލޯބިން ފަސް އަހަރުގެ ޔަޝަލްގެ ކުޑަ އަތުގައި ހިފަހައްޓާލައިގެންހުރެ ޔުނާން ކުރިއަށް ހިނގަމުން ދިޔައެވެ. އޭރުވެސް ގިނަ އަންހެންކުދިންގެ ލޯތަށް ހުއްޓިފައިވީ ޔުނާންއަށެވެ. ޔުނާންގެ ހުންނަ ފިރިހެންވަންތަކަން އަދިވެސް ތަފާތުވުމެއްނެތި ވެއެވެ. އެ ދެލޮލުގެ ދިރުން އަނބުރާ އައިސްފައިވީ ތުއްތު ޔަޝްލގެ ސަބަބުންނެވެ. ފަސް އަހަރުގެ ޔަޝަލް އެކޭ މިޝެލިން އެކޭ ތަފާތެއްނެތެވެ. ޔަޝަލްގެ އަޅިފެހިކުލައިގެ ދެލޮލަށް ބަލާލާ ކޮންމެ ފަހަރަކު ޔުނާން ހަނދާންވަނީ މިޝެލިން މަތިންނެވެ. މިޝެލިންގެ ލޯބި ދެގޮތެއްނުވެ އެ ހިތުގައި އަބަދުމެ ވާނެއެވެ.

ޔަޝަލް ޔުނާންއަށް ބަލާލާފައި އެކުދިކުދި ދަތްތަށް ދައްކާލަމުން ދިން މަޢުސޫމު ހިނިތުންވުމުގެ ސަބަބުން ޔުނާންގެ ހިތް ފުރުނެވެ. އެދެބަފައިން ހަވީރު ފިންޏަށް ނުކުމެ ހިނގާލަން އައިސްފައި ބަނގިގޮވަން އެހާ ވަގުތު ނެތުމުގެ ސަބަބުން ޔުނާން ނިންމީ ގެއަށް ދިއުމަށެވެ. ޔަޝަލްގެ ކުޑަ އަތުގައި ހިފަހައްޓާލައިގެން ހިނގަމުންދިޔައިރު ޔުނާންގެ ހިތުގައިވީ އެންމެ އެއްޗެކެވެ.

” މި ހިތުގެ ކޮންމެ ވިންދެގައި ވަނީ ތި ލޯބި ޝެލް….” އެހެން ހިތަށް އެރުމާއި އެކު ޔުނާންއަށް ހިނިތުންވެވުނެވެ. އެވަގުތު އެހެންލާފައި އައި އަންހެންކުއްޖެއް ލައިގަތީ ޔުނާންގެ ގައިގައެވެ. އެ އަންހެންކުއްޖާގެ އުނަގަނޑުގައި ހިފަހައްޓާލަމުން އެ މޫނަށް ބަލާލުމާއި އެކު ޔުނާންގެ ހިތަށް އެރީ އެންމެ ނަމެކެވެ.

‘މިޝެލިން؟!’

ހިތާއި ހިތުން އެނަން ކިޔާލެވުނު އިރު ޔުނާންގެ ހިމާޔަތުގައިވީ އެ އަންހެންކުއްޖާގެ މޫނަށް ނަޒަރު ހުސްކޮށްލެވުނެވެ.

– ނިމުނީ –

ނޯޓު: އަޅުގަނޑުގެ މި ވާހަކައަށް ސަޕޯޓުކުރި އެންމެހާ ކިޔުންތެރިންނަށް ހިތުގެ އެންމެ އަޑިން އިންތިހާއަށް ޝުކުރުއަދާކުރަމެވެ. މި ވާހަކައިގެ ސީޒަން 2 އިންޝާ ﷲ ލިޔެ ނިންމާލެވޭހާ އަވަހަކަށް އަޕް ކުރަން ފަށާނަމެވެ.

Share Article

Follow Me Written By

Malsa Moosa

Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

She/Her. You can contact me via [email protected]

Other Articles

Previous

ޒަޚަމް 5

Next

ކުރި އިންތިޒާރު 1

Next
April 27, 2020

ކުރި އިންތިޒާރު 1

Previews
April 25, 2020

ޒަޚަމް 5

38 Comments!

  1. Malsa Moosa (Lysh) says:
    April 27, 2020 at 5:02 am

    Salam readers. Hope mi bai vx kamudhaane kamah. MI vaahaka vx nimunee. insha allah mi vaahakaige season 2 liyevunuhaa avahakah up kuran fashaanan. and mi vaahaka ehkkoh pdf file ehge gothugai beynun vaa kiyuntherin alhugandhuge mail ah msg eh kohleema fonuvadheynan. BTW thank u guyx for supporting me. i really appreciate the support and the motivation u gave me. LOVE YOU All. Stay home, be safe 🙂

    Ramadan Mubarak

  2. Girl says:
    April 27, 2020 at 5:06 am

    Fakkaa ingey. Hama obi. Neiy bunaane echcheiy mihaaru mi inthixaaru kuranee season 2 nereyne dhuvahakah. Kobaatha new stories thah mihaaru? Hama fenna eiy vaahakathakeiy fennanee? It is not good dhow. Should do something ennun

    1. Malsa Moosa says:
      April 27, 2020 at 5:10 pm

      Thnkx girl. get eh nuvi thibuni ehcheh? btw be safe

  3. Park Jimin says:
    April 27, 2020 at 10:40 am

    Wow Speechless…. Masha Allah Vvvvv Vvvvv reethi mi partvx… Stry hama vrh obi…. Hevany manzarutha fennahen vaahaka kiyamundaairu ehaa ves furihama… Vrh nic…. Thanks maloo dear mi nic stry genes dheythy….. Maloooo dhooni U r superb n Masha Allah ur a perfect writer and… Keep it up…. Lysm….
    RAMADAN MUBAARAK
    # stay in home and take care be safe

    1. Malsa Moosa says:
      April 27, 2020 at 5:12 pm

      Awwwn. Thnakx jimin. varah ufaaehjje. hama bunaaneh ehcheh vx neyngifa meenee. thnkx u soo much. ramadan mubarak stay home be safe 🙂

  4. magnumm says:
    April 27, 2020 at 11:05 am

    alheyyyyy….hama rohvaalaifi?vrh heart touching.mallu gandu haadha molhey masha allah??waiting fr da second season ngeyy. LYL

    1. Malsa Moosa says:
      April 27, 2020 at 5:17 pm

      Thankx sis. I misss YOU. ly be safe

  5. Kairaa says:
    April 27, 2020 at 12:21 pm

    Vrh vrh reethi fahu bai vx…..season 2 ah wait kuran….neyge bunaane ehcheh vx…..☺️☺️…vvvvvvvvvvvvvvvv reethi mi story ge hurihaa baeh vx……?…lysm mal….be safe…

    1. Malsa Moosa says:
      April 27, 2020 at 5:17 pm

      Awwe. thankx kai
      be safe>3

  6. Shy❤ says:
    April 27, 2020 at 12:30 pm

    Kobaa hithuge udhaahun dhuruvaaneba story??

    1. Malsa Moosa says:
      April 27, 2020 at 5:21 pm

      maadhan rey up kohladhynan

  7. Aashy says:
    April 27, 2020 at 12:33 pm

    im speechless…ehaaves reethi…sifa kurunthah vx v reethi …masha allah….waiting 4 season 2….lysm mal….nd be safe…

    1. Malsa Moosa says:
      April 27, 2020 at 5:18 pm

      Thankx Ash. ly 2 be safe

  8. Ibsha says:
    April 27, 2020 at 12:40 pm

    Varah reethi

    1. Malsa Moosa says:
      April 27, 2020 at 5:18 pm

      Thankx Ibsha:)

  9. Een says:
    April 27, 2020 at 12:47 pm

    Wow maashaa Allah Varah Varah Varah reethi… ????????Can’t Wait for the next season Mal……

    1. Malsa Moosa says:
      April 27, 2020 at 5:19 pm

      Thankx Een. Insha Allah 2 season liye nimmaalevunuhaa avahakah genesdheynan 🙂

  10. Samra says:
    April 27, 2020 at 1:11 pm

    Masha allah.. v furi hama vaahakaeh.. season 2 akaha kehtheri kameh nethi inthixaaru kureveyne.. ur best writer ??????????

    1. Malsa Moosa says:
      April 27, 2020 at 5:20 pm

      Aww. thankx sam. ur the best too. thank u soo much. tc

  11. Eynaaaa says:
    April 27, 2020 at 4:22 pm

    Hithuge konme vindhehgaa mi vaahaka ????????

  12. Malsa Moosa (Lysh) says:
    April 27, 2020 at 5:20 pm

    Eheh. thankx Eynaa>3 be safe

  13. afnaarj says:
    April 27, 2020 at 6:09 pm

    Lysh ge comment foni Faaroshi stry in fenuneema thee writer eh kan inguneema we read this stry fattaigen nimendhen IN 1 HR 30 mins. It was so intresting ehnve ehaa avahah kiyaa levuny. Aslu ur plot and sifakurun plus ibraaikurun hama vrh habbu! Kurin liyelaaafa in vaahaka kiyan vrh curious vejje . We bet its going to be as osam and cool as this one ❤ ur really have a smart and intelligent brain to create such amazing plots and strys maasha allah. Keep goinnng !

    1. Malsa Moosa (Lysh) says:
      April 27, 2020 at 6:59 pm

      BTW afnaarj. varah shock vi nge ! HR 30 mins therey kiyaa nimmaaleema. Eheh. just kidding
      thnkx again

  14. Malsa Moosa (Lysh) says:
    April 27, 2020 at 6:56 pm

    Oww. yepp. Malkko comment kurin 2 part ah vx. ekam publish nuvey dhw. eheh. i saw 2vana part ga afnaarj magnum aa malkko mennah Shukuruadhaakohfa huri than. btw thankx for the outstanding comment. it really gave me motivation. Eheh. Thnk u soo much>3 donno what to say. btw ur story is hama tuff nge. will be waiting for the next. nd i love it. tc. stay home, be safe 🙂

  15. ? QUEEN ? says:
    April 27, 2020 at 8:10 pm

    Masha Allah Story varah reethi ❤️ Can’t wait to read 2nd season
    ❤️Stay home and be safe ❤️

    1. Malsa Moosa (Lysh) says:
      May 1, 2020 at 7:17 pm

      Ehe. Thankx

  16. Meekkomee says:
    April 28, 2020 at 12:40 am

    Malkoo ……….story is awesome ????? varah Varah Reethi……yeyyyy.. curiously waiting for the season 2???luv yeahh……stay home ❤️❤️ be safe ❤️❤️ ttyl✌️✌️???

    1. Malsa Moosa (Lysh) says:
      May 1, 2020 at 7:17 pm

      Ehe. Thankx

  17. Yanaa says:
    April 28, 2020 at 4:55 am

    Varah Varah reethi ?????????
    Maa sha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️
    Curiously waiting for the season 2????????????????????
    Yashal varah loabi ❤️❤️❤️❤️❤️❤️❤️❤️❤️
    ????luv you lysh dhoonii????
    ❤️❤️❤️ stay home❤️❤️❤️ stay safe ❤️❤️

    1. Malsa Moosa (Lysh) says:
      May 1, 2020 at 7:19 pm

      Thankx yan.

  18. Faiherr says:
    April 29, 2020 at 4:50 pm

    Masha Allah ?❤️ v v v v v reethi …Hama rovijje ???
    Can wait to read the next season of this story ..
    Love u and your stories so much???❤️
    Will miss yunaan ?
    Stay home and be safe Mal??

  19. Malsa Moosa (Lysh) says:
    May 1, 2020 at 7:18 pm

    Ehe. Thankx

  20. Zuha says:
    May 3, 2020 at 2:25 am

    Whooaa??v reethi mi vahaka…Malsa Moosa (Lysh) vahaka thah v reethi ….speechless?

  21. Malsa Moosa (Lysh) says:
    May 7, 2020 at 9:35 pm

    Awn. Thankx zuha

  22. AR says:
    June 6, 2020 at 11:08 pm

    kobaa ehakala air portin dhi maavi ehnu.. yunaan aa mishelin kon meves thaakah goh sai raahje ai thanun.. heekury e ee yunan ge konmeves gaai meeheh kamah…

  23. Queen Lysh says:
    June 17, 2020 at 8:36 pm

    E meehaa ge bai adhi annaane season 2 ga mi story ge.

    1. A aaR says:
      June 18, 2020 at 1:38 pm

      ohh mi str ge S2 nereny kon iraky.. lysh ge stry vv reethi maashaa allah

  24. Queen Lysh says:
    June 18, 2020 at 1:45 pm

    Mi story ge s2 neredhynan insha allah ‘ fuhevigen nudhaaney ‘ e vaahaka ehkkoh liye nimuneema. Thank u 🙂

Comments are closed.


All Right Reserved!