Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 13

idontcare Level 110 Stories
April 28, 2020 3 Mins Read
2 Comments

އިޝާން ފޯނު ނަގާ ވީޑިއޯ ހުޅުވާލުމަށްފަހު ޝާފިއުއަށް ދައްކާލިއެވެ.

ވީޑިއޯ ނިމުމުން ޝާފިއު ފުން ނޭވާއެއް ދޫކޮށްލިއެވެ. “އެންމެ ރަނގަޅު. މިވީ ގޮތުން ވާރިސްއަށް އެބަ ޝައްކު ކުރެވޭ. ސާރ ބަލާނަން މިކަމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދޭތޯ.” ޝާފިއުގެ މި ވާހަކައިން ހަތަރު މީހުނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “ސާރ. އަޅުގަނޑުމެން ކޭސް ކުރިއަށް ގެންދަން އަޅުގަނޑުމަން ބޭނުން ބެންކޮކަށް ދާން. ދެމީހަކު މިކޮޅުގައި މަޑުކޮށްފައި އަނެއް ދެ މީހުން އެކޮޅަށް  ދާގޮތަށް.” އުޝާ ބުނެލުމުން ޝާފިއު ފުން ނޭވާއެއް ދޫކޮށްލިއެވެ. “ސާރ އަށް އެނގޭ އެހެން ބުނަންކަން ތިއުޅުނީ. އެކަމަކު ސާރއަށ ތިކުދިނއ ފޮނުވޭނީ އެކޮޅުގައު ތިބި އޭޖެންޓުންނާއި ވާހަކަ ދައްކާ ހުރުމުގެ ކަންތަކާއި ތިކުދިންގެ މަސައްކަތަށް އެހީވާން އެމީހުންގެ ފޮރެންސިކް ޓީމް އެކޮޅުގައި ތިބިއްޔާ. ބެންކޮކްއަކީ ފުދޭވަރަކަށް ގިނައިން ދިވެހިން ގޮސް އުޅޭ ތަނެއް. އެހެންވީމާ ދާދެކުދިންނަށް ކަވާރއެއް ހަމަޖައްސަންޖެހޭނެ. މިހުރިހާކަމެއް ހަމަޖައްސަން ފަސްވަރަކަށް ދުވަސް ސާރ ބޭނުންވާނެ.” ޝާފިއުގެ މިވާހަކައިން ހުރިހާކުދިންނަށްވެސް ކަރުއެލުވާލެވުނެވެ. ނަމަވެސް އިތުރު ގޮތެއް ނެތުމުން އެންމެންވެސް އެކަމާއި އެއްބަސްވީއެވެ.

“ޝާފިއު ސާރ ދަތުރު ހަމަޖެއްސީމަ ކޮންބައެއް ދާނީ؟ ދެމީހަކު މިކޮޅުގައި މަޑު ކުރަންޖެހެއެއްނު.” އެމީހުންގެ އެޕާރޓްމެންޓަށް ވަދެވުމުން މިހުރާން އަހާލިއެވެ. “އަހަރެން ހުރެދާނަން މިކޮޅުގައި އެގޭންގް މީހުންތައް ޓްރެކްކޮށް އެމީހުނަށް މިކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ ބަލަން. މަށާއެކު ޔަނާލް ނޫނީ މިހުރާން މަޑުކުރަންޖެހޭނެ ވާރިސްގެ ކަންތައް ބަލަން. ތިދެމީހުން ދަންނަ މީހެއް ވީމަ ފަސޭހަ ވާނެއެއްނު.” “އޯކޭ. އަހރެން މަޑުކުރާނަން އިޝާންއާއެކު. ޔަނާއާއި އުޝާ ދޭ. ދެން ކޮންމެ ދުވަހަކު ރިޕޯޓް ފޮނުވާނީ.” މިހުރާން ބުނުމުން އެންމެންވެސް އެއްބަސްވިއެވެ. “ހޫނ. ދެން ހިނގާބަ އަނެއްކާވެސް ސީސީޓީވީ ފޫޓޭޖްތައް ބަލަން.” ޔަނާލް ބުނުމުން އުޝާ ޔަނާލް އާއިއެކު އަނެއްކާވެސް މަސައްކަތް ފެށީއެވެ. އުޝާ ސީސީޓީވީ ފޫތޭޖްތައް ހޯދައި އެބަލަމުން ދިޔައިރު ޔަނާލް ދިޔައީ މެޕްގައި އެމަގުތައް ފާހަގަ ކުރަމުންނެވެ. އެމީހުން ސައިކަލުގައި ދިޔައީ ގަރާޖަކަށެވެ. އެތަނަށް ވަތުމަށްފަހު އެމީހުން ދެދުވަސްވަންދެން އެތާކުން ނުނުކުމެއެވެ. އެދެދުވަސް ތެރޭގައި ދެ މީހަކު އެތަނަށް ވަދެ ނުކުމެ ހެދިއެވެ. އެދެމީހުންގެތެރެއިން އެކަކީ އެގަރާޖުގައި މަސައްކަތް ކުރާ 45 އަހަރުގެ އަރުޝަދު ނަމަކަށް ކިޔާ މީހެކެވެ. ދެވަނަ މީހަކީ އޭނާގެ އަށާރަ އަހަރުގެ ދަރި، މިއުވާންއެވެ. “މިވާހަކަތައް ޕޮލިހުން އެބައިން ރަގަޅަށް ލިޔެފަ. ބަލާބަލަ މިއޮތީ އެދެމީހުނާއި ސުވާލުވެސް ކޮށްފައި.” ޔަނާލް ސުވާލު ކުރިއިރު އެތާ ހަރުކޮށްފައި އިން ކެމެރާގެ ފޫޓޭޖެތައް އުޝާއަށް ދައްކާލިއެވެ.

ސުވާލު ކުރަންއިން ޕޮލިސް: އަރުޝަދު މަސައްކަތް ކުރާ ގަރާޖަށް ފަނަރަ އޮކްޓޯބަރގެ ރޭ އަޅުގަނޑުމެން ކުރިއަށް މިގެންދާ ކޭސްގައި ސުވާލުކުރަން ބޭނުންވާ ދެމީހަކު ވަތްކަމަށް މައުލޫމާތު ލިބޭ. އަދި އެތާ ދެދުވަސް ވަންދެން މަޑުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވޭ. އެދެމީހުން ދަންނަތޯ؟

އަރުޝަދު: ނޫން. އަޅުގަނޑު މަސައްކަތް ކުރަ ގަރާޖުގައި އެމީހުން މަޑުކުރި ދެދުވަހު. އެކަމަކު އެއްފަހަރުވެސް އެމީހުން އަޅުގަނޑާއި ވާހަކައެއް ނުދައްކާ. ނަމަވެސް އަޅުގަނޑަށް އަޑުއިވުނު އެތަނުން އެކަކު އަނެކަކާއި މުހައްމަދު ކިޔާފައި ވާހަކަދެއްކި އަޑު. އެތަނުން އެންމެ ދިގުކޮށް ހުންނަ މީހަކީ އެއީ. އިތުރު މައުލޫމާތެއް އަޅުގަނޑަކަށް ނޭނގެ.

ޕޮލިސް މީހާ: އަޅުގަނޑުމެން ވަނީ އެގަރާޖުގެ ވެރިފަރާތަށް ކޮންޓެކްޓް ކުރަން މަސައްކަތް ކުރިން. އެކަމަކު އޭނާގެ އާއިލާގެ މީހުންނަކަށް ވެސް އޭނާ ވީތަނެއް ނޭނގޭ. އަރުޝަދުއަށް އެނގޭތޯ؟

އަރުޝަދު: ނޫން. ގަރާޖުގައި މަޑުކުރި ދެމީހުނާއެކު ފުރަންދާން ތައްޔާރުވެގެން ހުއްޓާ އަޅުގަނޑު ދެކުނިން. އޭގެ ފަހުން ނުދެކެން. މިމަހުގެ މުސާރަ އަޅުގަނޑަށް ދިނީ އޭނާގެ ބޭބެ.

ސުވާލުކުރުން ނިމުމުން އަރުޝަދު ވަނީ ޕޮލިސް ސްކެޗް އާޓިސްޓާއެކު ގަރާޖުގައި މަޑުކޮށްފައިވާ ދެމީހުންގެ ސިފަ ކުރަހާފައެވެ. އޭނާގެ ދަރި މިއުވާންގެ ސުވާލުކުރުމުގައިވެސް ދިނީ ހަމަ އަރުޝަދުވެސް ދިން ޖަވާބެވެ. އޭނާވެސް ވަނީ ޕޮލިސް ސްކެޗްއާޓިސްޓާއެކު މަސައްކަތް ކޮށްފައެވެ. އެދެކުރެހުން އެމީހުންގެ ފައިލްތަކުގެ ތެރޭގައި އޮތެވެ. އޭގެތެރެއިން އެކަކުގެ ދެފޮޓޯވެސް އުޝާ ކުރިން ހޯދި މީހާއާއި އެއްވެސް ތަފާތެއް ނެތެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުކުރަން މިއަށް ވުރެ ގިނަ ހެކި ހޯދަން ޖެހެއެވެ. އޭނާއާއި ސުވާލުކުރެވޭނީވެސް އޭނާ ވީތަނެއް އެނގިގެންތާއެވެ. އުޝާ އެއާޕޯޓުގެ ސެކިއުރިޓީ ކެމެރާތަކުން ‘މުހައްމަދު’ ކިޔާމީހާ ފެނުނެވެ. އޭނާ ހުރީ އިތުރު ދެމީހަކާއެކުއެވެ. ނަމަވެސް އެމީހުން އަޅާފައިވާ ބޮޑު އަވިއައިނާއި ތޮފިން އެދެމީހުންނަކީ ކޮންބައެއްކަން ނުހޯދުނެވެ.

“އުޝާ އޭރު ދެއްކީމެއްނު އުޝާ ހޯދި ފްލައިޓްގައި ދަތުރު ކުރިމީހުންގެ ޕާސްޕޯޓުތައް. އެދައްކަބަލަ.” ޔަނާލް ބުނުމުން އުޝާ އޭނާގެ ލެޕްޓޮޕުން އެ ދައްކާލިއެވެ. “ބަލާބަލަ. މިމީހާ މީނީ ސިންގަޕޯރގެ ރައްޔިތެއް ކަމަށް އެކަމު މިއީ ހަމަ އެކިޔާ މުހައްމަދެއްނު. އެންމެ ގާތީ ދެން ތިބި ދެން ސިންގަޕޯރ ރައްޔިތުންގެ ޕާސްޕޯޓަކީ ދެން ތިބި ދެމީހުންގެ ޕާސްޕޯޓުކަން.” ޔަނާލް ވާހަކަދެއްކި އަޑަށް މިހުރާނާއި އިޝާންވެސް އެމީހުން ކައިރީ އިށީނެވެ. “ތިމީހުން ބެންކޮކަށް ދާން މިހާރުވެސް ލަސް.” އިޝާން ބުނެލިއެވެ. ޔަނާލާއި އުޝާވެސް އޭނާއާއި އެބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

“ދެން މިހާރު އަހަރުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެއްނު. ޝާފިއު ސާރ ދަތުރު ހަމަޖައްސަންދެން މިގޭންގުގެ ދެންތިބި މީހުނަށް އެނގޭ އެއްޗެއް ހޯދަންވީ. މިއޮތީ އަހަރުން ފަށަންވީ ދިމާ. ބަލާބަ. މިމީހާގެ ސޯޝަލްމީޑިއާ ހާވާލީމަ ފެނުން އެއްޗެއް.” މިހުރާން އުޝާއަށް ދައްކާލީ އެމީހުނާއި އުމުރުން އެއްވަރުގެ ފިރިހެނެއްގެ އިންސްޓަގްރާމް އެކައުންޓުގައި އިން އޭނާގެ އާއިލާގެ ފޮޓޯއެކެވެ. އެފޮޓޯގައި ހުރި އަންހެން ކުއްޖެއް އުޝާއަށް ދަންނަ ވައްތަރެއް ޖެހިއެވެ. ވަރަށް ފަރުވާތެރިކާމާއެކު އޭނާއަށް ބަލާލުމުން އުޝާއަށް އެއީ ކާކުކަން އެނގުނެވެ. “ނަޝްވާ.” އިޝާން ދެލޯބޮޑުވިއެވެ. “އުޝާއަށް ކިހިނެއް އޭނާ ދަންނަނީ؟” އިޝާން ހުރި ގޮތުން އުޝާ ހައިރާންވިއެވެ. “އެއީ ކްލާސްމޭޓެއް. ވަރަށް އުނދަގޫ ބޮޑުވާނެ. އެކަމު އެއީ ވަރަށް ކްލޯސް ފްރެންޑެއް.” އިޝާން އަނގައަށް ޖައްސާލި ވައްތަރުން ޔަނާލާއި މިހުރާން ހޭންފެށިއެވެ. އުޝާ ވާނުވާގައި ހުރުމުން މިހުރާން ބުނެލިއެވެ. “އެއީ އިޝާން ކުރިން ރައްޓެވެގެން އުޅުން ކުއްޖާ. އޭޖެންސީއަށް ބަދަލުވާންވެގެން ބްރޭކްއަޕްވީ.” މިހުރާން އެހެން ބުނުމުން އިޝާން މިހުރާނަށް ލޯއަޅާލިއެވެ. “ވަރިހަމަ ކިތަންމެ ވަރަކަށް ދިމާކުރިއަސް. މަށެއް އޭނާއަކާ ވާހަކަ ދައްކާކަށް ނުކެރޭނެ.” “ދެން ތިވަރު ނުވިޔަސް ރަނގަޅުވާނެ. މީހާ ތިހިރީ ލަދުން ހަލާކުވާވަރު ވެފަ.” ޔަނާލް އިނީ އިޝާން އުޅޭގޮތުން ހީހީހަލާކުވާ ވަރުވެފައެވެ. އުޝާއަށްވެސް ވާނުވާ އެނގުމުން ޔަނާލާއި ބައިވެރިވެގެން ހިނިގަނޑެއް ޖަހާލިއެވެ. 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

ލޯ ފޮހެލާދޭށެ މަގޭ 4

Next

މިހިތުންނުފިލާނޭ…(6)

Next
April 28, 2020

މިހިތުންނުފިލާނޭ…(6)

Previews
April 28, 2020

ލޯ ފޮހެލާދޭށެ މަގޭ 4

2 Comments!

  1. A a10y says:
    April 28, 2020 at 2:45 pm

    ވާހަކަ ވަރަށް ރީތި مشالله

  2. A a10y says:
    April 28, 2020 at 2:46 pm

    Waiting for the next part

Comments are closed.

Next Episodeސިއްރެއް 14←


All Right Reserved!