Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

އެކުއްޖާ 3

yooon 10 Stories100 Comments100 Login100 Stories
May 5, 2020 4 Mins Read
2 Comments

* ކައިޔަންއަށާއި ޒިވީންއަށް ގެއަށް ފޯރުނުއިރު ކުރިމަތީގައި ހުރި ގެއަށް ބަޔަކު ބަދަލުވިކަމުގެ ނިޝާން ތައް ފެނެއެވެ. އެގޭގެ ގާތުގައި ޕާކުކޮއްފައި ބޮޑު ޕިކަޕެއް އޮތެވެ. އޭގެން ދެމީހަކުވެގެން މުދާތައް ބާލަމުންދިޔައެވެ. “ކޫލް.. އާ ނެއިބަރސް.. މިރޭ ވާނެ އެމީހުންނަށް ވެލްކަމް ކިޔަންދާން..” ޒިވީން ވަގުތުން ގޮތެއް ނިންމިއެވެ. ކައިޔަން ބޯޖަހާލިއެވެ.

ކުއްލިއަކަށް ކައިޔަންގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ގޭގެ އުނދޯލީގައި އިށީނދެލައިގެން ހުރި އަންހެންކުއްޖެކެވެ. އެކުއްޖާ ހުރީ ފުރަގަސްދީގެންކަމުން އެކުއްޖާގެ މޫނު ރަނގަޅަކަށެއް ނުފެނެ އެވެ. ނަމަވެސް ދިގުކަމުން ބިންމަތީގައި ކޭއްތޭވަރުގެ ކަޅުކުލައިގެ ފަންފަން އިސްތަށިގަނޑެއް އެ ކުއްޖާއަށް ލިބިފައިވެއެވެ. އެކަޅުކަންގަދަ ފަން އިސްތަށިގަނޑު ކައިޔަންއަށް ކަމުދިޔައެވެ. އެއީ ކާކުތޯ ހޯދަން ކައިޔަންގެ ހިތުގައި ވިންދެއް ޖަހާލީ ކީއްވެގެން ކަމެއް ނޭނގެއެވެ. *

“އޭ ބަލަ ކޯއްޗަކަށް ގެއްލިފަތަ ދޮންބެ ތި ހުންނަނީ..؟ އެތަނުން ހުދުރަނުގެ ޖަވާހިރުތަކެއް ފެންނަނީތަ..؟” ލޯމަތީގައި އަތްހޫރުވާލަމުން ޒިވީން އެއްސެވެ. ކައިޔަން ސިއްސައިގެން ގޮސް ޒިވީންގެ މޫނަށް ބަލާލިއެވެ. “ޒިވީގެ ތިގޮތް ނުކެނޑޭނެ.. ދެން މިރޭ ކޯއްޗެއް ގެންދާނީ އެގެއަށް ވެލްކަމް ކިޔަން ދާއިރު..؟” ކައިޔަން އެއްސެވެ. ”މޭވާއާއި ޑޯނަޓްސް.. ލައިކް އާފަލު ނޫނީ މޭބިސްކަދުރު.. ޑޯނަޓްސް ޒިވީ ހަދާލަފާނަން.. ދޮންބެ ބުނީމެއްނޫންތަ ޚަރަދަށްވެސް ބަލައިގެންނޭ އުޅޭނީ.. އެހެންވީމަ ގޭގައި އެވޭލިބަލް އެއްޗެހިން އެ މީހުންނަށް ވެލްކަމް ކިޔާނީ…” ޒިވީން ބުނެލިއެވެ.

“ގޭގައި ތިއެއްޗެހި ހުންނާނެޔޭ ދޯ ތިބުނީ..؟ ޒިވީ ތައްޔާރު ކޮއްލަ ދޭންވީނު..؟ ދޮންބެގެ ދެތިން މަސައްކަތެއް އެބަހުރި ނިންމަން ވެފައި..” ކައިޔަން ބުނެލިއެވެ. އަދި ބާރުބާރަށް ފާޚާނާއަށް ވަންނަން ހަދައިގެން ކައިޔަން މޫނު ވަތަށް ވެއްޓުނެވެ. ޓައިލްސްތައް މަތީ ދަތްދޮޅި ޖެހުނު ގޮތުން ކުޑަ ތަދެއް އެރި ނަމަވެސް އަނގަ ތަންމިނަށް ހުޅުވައިގެން އެ ހުރި ފާޚާނާ ތަށީގެ ތެރެއަށް ބޯ ނުވަތްކަން އެއީ ލެއްވި ނަސީބެކޭ ކައިޔަންގެ ހިތަށް އެރިއެވެ.

ފެންވަރާލިގޮތަށް ކަޅު އަތްދިގު ޓީޝާޓަކާއި ކަޅު ޖިންސުސޯޓެއްލާފައި ކައިޔަން ރީތިވެލިއެވެ. އެގެއަށް ދާންޖެހުމުން ކައިޔަން ކުޑަކޮށް ހާސްވިއެވެ. އެއީ އެ ރީތި އިސްތަށިގަނޑުގެ ވެރިޔާއާއި ބައްދަލުވާން އުޅޭތީ ކަމެއް ނޫނީ އެހެން ކަމަކާއި ހުރެ ކަމެއް ކައިޔަންއަށް ބުނެދޭކަށް ނޭނގުނެވެ. ކައިޔަން ހުރީ ނުތަނަވަސް ވެފައެވެ. އެއާއެކީ ބަނޑަށް ތަދެއް ވެސް އެރިއެވެ. އެއީ ނުތަނަވަސް ވަންޏާ ކައިޔަންއަށް ވާގޮތެކެވެ.

“އޭތް.. ދޮގު ހަދާ ދޮންބެގަނޑު..!! ތި މަސައްކަތް ކުރަނީކީއެއް ނޫން.. ހަމަ ހަމަޖެހިލައިން ކުޑަދޮރުން ބޭރު ބަލަން..” ޒިވީން ޑޯނަޓްތަކަށް އަޅަންވާ ޗޮކްލެޓްތަށި ހިފައިގެން އައިސް ބުނެލިއެވެ. “ދޮންބެ މިއައީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައި…. ޒިވީ ތި ކަންތައް ކޮށް ނިންމާލާ…” ކައިޔަން ވަރުބަލިވާގޮތް ދައްކާލަމުން ބުނެލިއެވެ. “އަޅެ ދޮންބޭ… ޒިވީވެސް މިއައީ ސްކޫލްގައި ވަރަށް ބުރަކޮށް ކިޔަވާފައޭ..” ޒިވީންވެސް ވަރުބަލިވާގޮތް ދައްކާލިއެވެ. “ސާބަހޭ ދޮންބެގެ ހުރި ހަމައެކަނި ކޮއްކޮއަށް ވީމައި ޒިވްވެސް ހުރޭދޯ ފޯރި…!!” ކައިޔަން އަވަހަށް ޒިވީން ފޮނުވާލާފައި ދޮރުލެއްޕިއެވެ. އަދި ނިތްކުރިމަތީ ގައިވާ ދާތައް ފޮހެލިއެވެ.

ކައިޔަން ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލާލާއިރު އެގެ ނުލާހިކު ރީއްޗަށް ފެނެއެވެ. އެކުއްޖާ އަދިވެސް ހުރީ އުނދޯލީގައި އިށީނދެލައިގެންނެވެ. މިފަހަރު ތަފާތަކީ ހެޑްފޯނު އަޅައިގެން ހުރިކަމެވެ. މަޑުމަޑުން އުނދޯލި ހެއްލަމުން ދިޔައިރު އެކުއްޖާ އެ އަޑުއަހަނީ ކޮން ލަވައެއްކަން އެނގެން ކައިޔަން ބޭނުންވި އެވެ. އެ އަޑުއަހަނީ އެކުއްޖާއަށް ވަރަށް ކަމުދާ ލަވައެއް ކަން އެނގެނީ ބޮލުގެ ހަރަކާތްތައް ވެސް ގެންނަން ފެށުމުންނެވެ. އެއްލި ކަޅިއަކުން ފެނުނު މަންޒަރުން ކައިޔަންގެ ލޮލުގެ ކޮއި ނުދިޔައީ ކިރިޔާއެވެ. ހިތްވެސް ތެޅިގަތްލެއް ބާރުކަމުން ހީވީ އަވަސް ރާގަކަށް ބޮޑުބެރު ޖަހަން ފެށިހެންނެވެ.  ހަމަ އެހާ ބޮޑު ޝޮކެއް ކައިޔަންއަށް ޖެހިއްޖެއެވެ.

ޕިކަޕުގެ ދޮރު ހުޅުވާލާފައި ފައިބައިގެން ކުރިމަތީ ހުރި ގެއަށް ވަންނަން ދިޔަ އަންހެން މީހާ ފެނިފައެވެ. “ވެދާނެތަ..؟ ނޫން ނުވާނެ.. އެއަށްވުރެ ފަލަވާނެ..” ކައިޔަންއަށް އޭތި މީތި ކިޔެމުން ދިޔައެވެ. ފަހަތުން ބަލާލާފައި އެއީ ކުރިން ކައިޔަން ދަންނަ މީހެއް ވައްތަރު ޖަހާތީއެވެ. ކޮންމެއަކަސް އެގެއަށް ދާހިތުން ކައިޔަންގެ ކެތްތެރިކަން ކޮޅުން ލާން ފަށައިފިއެވެ. އެ ދިގު އިސްތަށިގަނޑު ލާފައި ހުރި އެކުއްޖާއަކީ ކާކު ކަމާއި އެ އަންހެން މީހާއަކީ ކާކުކަން ހޯދަން ހިތް އެދޭތީއެވެ.

މަޣުރިބުނަމާދަށް ބަންގި ގޮވި އަޑުން ފަޒާ ގުގުމާލައިފިއެވެ. އިރު އޭގެ ވާޖިބު އަދާކޮށްފައި އޮއްސިއްޖެއެވެ. ދުނިޔެމަތި އަނދިރި ވާން ފަށައިފިއެވެ. ސާދަ ވިލޭރޭގެ ބުރުހަމަ ހަނދުވެސް ދައްކާލައިފިއެވެ. އިރުކޮޅަކުން ފުދޭވަރަކަށް ދިގުކޮށްހުރި ރީތި ފިރިހެން ކުއްޖެއް އައިސް އެކުއްޖާ އުނދޯލިން ނަގައިފިއެވެ. އަދި ދެމީހުން އެކީ ހިނގާފައި ދިޔަގޮތުން ކައިޔަންއަށް ލިބުނީ ސިހުމެކެވެ. އެކުއްޖާއަށް ބަލާލާފައި ސޯޅަ އަހަރު ސަތާރަ އަހަރުން މަތި ނުވާނެކަން ކައިޔަންއަށް ވަރަށް ހީވެއެވެ.

ކައިޔަން މަޣްރިބް ނަމާދު ކޮއްލިގޮތަށް އެނދުގައި އޮށޯވެލިއެވެ. ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ހީވަނީ ބަނޑަށް ވާ ތަދު ބޮޑުވާ ހެންނެވެ. އެނދުގައި އިށީނުމުން ވަކި ރަނގަޅެއް ނުވިއެވެ. އިޝާ ނަމާދަށް ގޮވީ ކައިޔަން ކޮޓަރި ވަށާ ފަންސަވީހަކަށް ބުރު ހިނގުނު ފަހުންނެވެ. ންކޮއްލާފައި.. ކައިޔަން ބައިެރިން..” ހައިނާ ސުވާލުކުރިއެވެ. “ލޯންގް ސްޓޯރީ.. ހެހެ..” ކައިޔަން ހީނލިއެވެ. “އެވާހަކަ ފަހުންއިޝާ ނަމާދުކޮށް ނިންމާލާފައި ކައިޔަން ކުޑަ ސެންޓުކޮޅެއް ބުރުވާލައިގެން ނުކުތެވެ.

އޭރު ޒިވީން ހުރީ އަތްދިގު ފިޔާތޮށި ޓީޝާޓަކާއި ކަޅު ޖިންސުސޯޓެއް ލައިގެންނެވެ. ދެތިންވައްތަރެއްގެ މޭވާއަކާއި ޑޯނަޓްތައްވެސް ހުރީ ޕެކްކޮށް ނިންމާލާފައެވެ.

”ދާން ހިނގާ…” ކައިޔަން ބޭރަށް ނުކުތުމަށްފަހު ފުންނޭވާއެއްލާފައި ހިނގައިގަތެވެ.

އެގޭ ކުރިމައްޗަށް އަރާފައި ޒިވީން މަޑުމަޑުން ޓަކިޖަހާލިއެވެ. ދޮރު ހުޅުވީ ފިރިހެނެކެވެ. މެދުއުމުރުގެ މީހެކެވެ. “އައްސަލާމުއަލައިކުމް..” ކައިޔަން ގޮވާލިއެވެ. “ވައަލައިކުމުއްސަލާމް.. އެތެރެއަށް ވަންނަން ވީނު.؟” އެކުވެރި ގޮތަކަށް އެމީހާ ހީނލާފައި ދައުވަތު ދިނެވެ. ހީލާފައި ޒިވީންގެ ފަހަތުން ކައިޔަން އެތެރެއަށް ވަނެވެ. އޭރު އެކުއްޖާ ގޮވައިގެން އެތެރެއަށް ވަތް ފިރިހެންކުއްޖާ ސޯފާގައި އިށީނދެލައިގެން ހުއްޓެވެ. “އެލަން..؟” ޒިވީންއަށް އެ ފިރިހެން ކުއްޖާއަށް ގޮވާލައިފިއެވެ.

“އޭ ޒިވީންތަ..!!” އެކުއްޖާ ތެދުވެގެން އައިގޮތަށް އައިސް ޒިވީންއާއި ސަލާމް ކޮއްލިއެވެ. “ދޮންބޭ.. މިއީ އަލާން.. ޒިވީމެންގެ ކްލާހަށް އަލަށް އައި ކުއްޖާ….” ޒިވީން ތައާރަފްކޮއްދިނެވެ. “އެހެންތަ..؟” ކައިޔަންއަށް ރަނގަޅަށް ވިސްނާލެވުނީ އޭގެ މިނެޓެއް ފަހުންނެވެ. އެއީ މިއަދު ޒިވީން އެކުއްޖަކާއި ހެދި މޮޔަވެގެން އުޅުނު ފިރިހެން ކުއްޖާއެވެ. ސްކޫލް ކުއްޖެއް އަދި މީހަކާ ނީންނާނެކަން ޔަގީން ވުމުން ކައިޔަންއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. ޒިވީން ބުނިހެން އެކުއްޖާ ވަކި ގޯހެއް ނޫނެވެ. ކަޅު ދެލޮލާއި ދިގުކޮއްލާފައިވާ އިސްތަށިގަނޑު މީހުންގެ ލޮލުގައި އަޅައިގަންނާނެކަން ޔަގީނެވެ. ކިތަންމެ ދިގުކޮށް ހުއްޓަސް ކައިޔަންއަށް ވުރެ ކުރެވެ.

“އަހަރެންގެ މަންމަ އަދި ނަމާދުކޮށް ނުނިމޭ.. ލަސްނުވަންޏާ ޒިވީން މަޑު ކޮއްލަން ވީނު.؟” އަލާން ބުނެލިއެވެ. “ދޮންބެ އޯކޭތަ..؟” ޒިވީން އެއްސެވެ. ޒިވީންގެ ލޮލުގައިވަނީ ޖޯޝުގެ ކުލަވަރެވެ. އަލާން ފެނުމުން ޒިވީންއަށް އެހުރީ އާދަޔާޚިލާފް ފޯރިއެއް އައިސްފައި ކަން ކައިޔަންއަށް އެނގުނެވެ. ކައިޔަން މަޑު ކުރަން ހުއްދަ ދިނީ ކައިޔަން އަސްލު ދެކެން އައި އެ މީހުން ކުރެ އެކަކުވެސް ނުފެނުމުންނެވެ. އިރުކޮޅަކުން ކޮޓަރިއެއްގެ ދޮރު ހުޅުވާލާފައި އަންހެނެއް ނުކުތެވެ.

އެއީ މިގެއިން ކައިޔަން ދެކެން ބޭނުންވި އެކަކެވެ. އަދިވެސް އެ ކުއްޖާ ފެންނަވަރެއް ނުވިއެވެ. ކައިޔަންމެން އައިކަން އެނގިގެން ލަދުން އެކުއްޖާ ފިލީ ބާވައެވެ.؟ ކައިޔަންމެންނަށް ދައުވަތު ދިން ފިރިހެންމީހާ އެ އަންހެންމީހާގެ ގާތަށް ގޮސް ކައިޔަންމެން އައިސް ތިބި ވާހަކަ ބުނެލިއެވެ. އެ މީހާ ބޯ ހަލުވާލާފައި ދިޔައީ ބަދިގެ ފަރާތަށެވެ. ކައިޔަންއަށް ފާޑެއްގެ ގޮތެއްވިއެވެ. އެ އަންހެންމީހާގެ އިސްތަށިގަނޑު ވަނީ ކޮނޑާއި ހަމައަށް ކޮށާލާފައެވެ. މޫނު ރަނގަޅަށް ފެންނަވަރު ނުވީ އިސްތަށި ގަނޑު ސްޓައިލްކޮށްފައިވާ ގޮތުންނެވެ. މޫނު ފޮރުވަން އެމީހާ ހާދަމޮޅޭ ކައިޔަންގެ ހިތަށް އެރިއެވެ. ދެން ހިތަށް އަރާނީވެސް އެހެންތާއެވެ. ފެނިލަން ލިބުނު ދެ ފަހަރު ވެސް އެމީހާގެ މޫނު ފެންނަ ގޮތް ނުވުމުންނެވެ.

އިރުކޮޅެއް ފަހުން އެއަންހެންމީހާ އައީ ޖޫސްތަބަކެއް ހިފައިގެންނެވެ. މިފަހަރު ކައިޔަންއަށް އެއަންހެން މީހާގެ މޫނު ރަނގަޅަށް ފެނުނެވެ. ކައިޔަންގެ މޫނުވެސް އެއަންހެންމީހާގެ ލޮލުގައި އަޅައިގަތީ ދެނެވެ. އެއަންހެން މީހާއަށް ލިބުނު ވަރުގަދަ ޝޮކުން ޖޫސް ތަބައްވެސް އަތުން ނުވެއްޓުނީ ކިރިޔާއެވެ. ދެ މީހުންނަށްވެސް ޕްލާސްޓިކުން ހަދާފައިވާ ދެ ބުދުހެން އެސްފިޔަ ޖަހާނުލާ އެކަކު އަނެކަކުގެ މޫނަށް ބަލަން ހުރެވުނެވެ.

“އަވީނާ ދައްތާ..!!!” އެންމެ ފަހުން ކައިޔަންގެ ދުލުން ބޭރުވިއެވެ.

 

= ނުނިމޭ =

Share Article

Follow Me Written By

yooon

10 Stories100 Comments100 Login100 Stories

Transcend reality in this little safe space <3

Other Articles

Previous

ތީ އޭ އުފަލަކީ…(11)

Next

ފޮނި ފާރޮށި 7

Next
May 5, 2020

ފޮނި ފާރޮށި 7

Previews
May 5, 2020

ތީ އޭ އުފަލަކީ…(11)

2 Comments!

  1. ޠާނީ says:
    May 5, 2020 at 4:40 pm

    Vrh rythi ingey…E geyga ulhey Anhen kuhjaa ah kiyaanii shayaa ingey.. plz plz

  2. Aishath Limsha Aishath Limsha says:
    February 25, 2025 at 1:38 pm

    Masha Allah 😍 reethi

Comments are closed.


All Right Reserved!