Skip to content
އެސްފިޔަ

ނަފްރަތުން އުފެދުނު ލޯބި … 11 ވަނަ ބައި

ޔުޝްރާ އަދި  މަންހާގެ 3 އެކުވެރިން މަންހާ މެން ގެއަށް އަންނާތީ އެ ދެ ކުދިން އުޅުނީ ސްޕެގެޓީ ކައްކާށެވެ.  މާ ގިނަ އިރެއްނުވެ ސްޕެގެޓީ ކެކުނެވެ.  ޔުޝްރާ މެން މޭޒު މަތި ތައްޔާރުކޮށްް ނިމުނު ގަޑިއަށް އެ ތިން ކުދިން ހަމަ ގެއަށް ވަނީއެވެ. ” ހޭ … ލެއިރާ ހިލްވާ  ސަލްޔާ… ވަރަށް މިސް ވި އިނގޭ … ސްކޫލް ނިމުން ފަހުން އަދި މި ދިމާވީ … ” މަންހާ ޔުޝްރާގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ.    ” އަހަރުމެން ވެސް ޔުޝް އަދި މަންގެ މަތިން ވަރަށް މިސްވި  ”   ހިލްވާ އެހެން ބުނުމުން ސަލްޔާ އަދި ލެއިރާ ބޯ ޖަހާލިއެވެ. ” ހެހެހެ .. ދެން ހިނގާ ކާން ދޯ ؟ ” ޔުޝްރާ މިހެން ބުނުމުން ހިލްވާ މެން ގޮސް ގޮނޑީގަ އިށީނެވެެ. ޒިދާން އަދި އަލްވާން ވެސް ކާގެއަށް  އައީ އެ ވަގުތު އެވެ. އަލްވާންގެ ތޫނު ނަޒަރު އަމާޒްވީ ސީދާ ޔުޝްރާ އާ ދިމާލަށެވެ.  އަލްވާން ބަލާާކަން އެނގުމުން އޭނަ މަންހާގެ ފުރަގަހުގަ ނިވާވެލިއެވެ. އެ ވަގުތު އަލްވާންގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. ” މަންގެ ބީއެފް ދޯ މިހުރީ؟ ” ޒިދާން އަށް އިޝާރަތް ކޮށްލަމުން ސަލްޔާ އަހާލިއެވެ. ” އަމް… ޔެސްް ” މަންހާ ރަކި ގޮތަކަށް ހީލަމުން ބުނެލިއެވެ. ” ދެން ހުރި ބޯއީ އަކީ ޔުޝްގެ ބީއެފް ތަ؟ ” ލެއިރާ އަށް ނުހުރެވިގެން އަހާލެވުނެވެ. ” އެހެންކަމަށް ބަލާ” ޔުޝްރާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ އަލްވާން އެހެން ބުންޏެވެ. ޔުޝްރާ ތުންފިއްތާގެން ހުރީއެވެ. އަލްވާން ޔުޝްރާ އާ ދިމާއަށް ‘ފްލައިންގް ކިސް’ އެއް ފޮނުވާލިއެވެ. ޔުޝްރާ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ސްޕެގެޓީ ކައި ނިިމުމުން އިރުކޮޅަކު ވާހަކަ ދައްކާލަން ތިބުމަށްފަހު ހިލްވާމެން ދިޔައެވެ. ” ހިނގާބަލަ ސައިކު ބުރެއް ޖަހާލަން  ދާން .. ” އަލްވާން ޔުޝްރާ އާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. ޒިދާންް އަދި މަންހާާ އަށް އެ ޚިޔާލު ވަރަށް ކަމުދިޔައެވެ. ޔުޝްރާ ވެސް އޯކޭ އޭ ބުންޏެވެ. އަލްވާން އަދި ޒިދާން ސައިކަލުގަ އައިސް މަންހާ މެން ގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އެއާއެކު މަންހާ ޒިދާންގެ ސައިކަލު ފަހަތަށް އެރިއެވެ. ޔުޝްރާ އަލްވާން ގައިގަ ނުހިފާ ސައިކަލަށް އެރޭތޯ އުޅުނެވެ. ނަމަވެސް އޭނަ ކުރި މަސައްކަތްވީ ބޭކާރެވެ. ޔުޝްރާ އުޅޭ ގޮތް ފެނުމުން އަލްވާންް އަށް ހެވުނެވެ. ” އުރާލައިގެން އަރުވަންވީ ދޮ؟” އަލްވާން ސީދާ ޔުޝްރާގެ ލޮލަށް ބަލާލިއެވެ. ޔުޝްރާ ދެބުމަ ގޮށްޖަހައިލައިގެން ހުރެ އަލްވާންގެ ކޮނޑުގައި ހިފައިފަ ސައިކަލަށް އެރިއެވެ. ” ފޮނި ” ޔުޝްރާ އަލްވާންގެ ކަންފަތް ބުޑުގަ ބުންޏެވެ. އަލްވާން އެއްޗެކޭ ބުނުމުގެ ބަދަލުގައި ވަރަށް ބާރަށް ހީގަތެވެެ. އަދި ސައިކަލުު ދުއްވާލިއެވެ. އަލްވާން ސައިކަލު ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. ސައިކަލު ފަހަތުގަ އިން ޔުޝްރާ އިނީ ބިރުން ހަލާކުވެފައެވެ. ޒިދާން ފުރަތަމަ ޖެހުނު ގޯޅި އެޅިއެވެ. އެއީ އޭނަ ބޭނުންވަނީ މަންހާ އާ އެކު އެކަނި ވެލާށެވެ. އަލްވާން ކުއްލިއަކަށް ސައިކަލުގެ ބުރަކި ޖެއްސިއެވެ. ޔުޝްރާ ބާރަކަށް ގޮސް ޖެހުނީ އަލްވާންގެ ބުރަކަށީގައެވެ. ޔުޝްރާ އަށް އެއިރު ހުރެވުނީ އަލްވާންގެ ގައިގަ ކުޑަކޮށް ބައްދާލެެވިފައެވެ. ” އަލްވާންް……. ” ޔުޝްރާ އަަަަަަަަަަަަަަލްވާންގެ ބުރަކަށީގަ ބޮނޑި އެއް އެޅިއެވެ.     ”އާ ” އަލްވާން އޭނަގެ ބުރަކަށީގަ ފިރުމާލިއެވެ. ” ހިނގާ ގެއަށް … ” ޔުޝްރާ ބުންޏެވެ.     އަލްވާން ދެކޮޅުު ހެދުމެއް ނެތި ޔުޝްރާ ގޮވައިގެން ގެއަށް ދިޔައެވެ. ” އަަދި  އެއް ރޭ ވާނެ ދާން ” އަލްވާން އިސްދަށަށް ޖަހައިގެެންް ހުރެ ބުނެލިއެވެ.  ” އަފްކޯޒް ” މިހެން ބުނުމަށްފަހު ޔުޝްރާ ގޭތެރެއަށް ދިޔައެވެ.

 

ޔައިރާ ، ރާހިލް ، ޒިދާން އަދިި މަންހާ އެ މީހުން ރާވައިފަ އޮތް ގޮތަށް ޝޮޕިން އަށް ދިޔައެވެެ. ޒެރާޝާ ވެެސްް މި ރޭވުމުގަ ވަނީ ބައިވެރި ވެފައެވެ. ޔުޝްރާ ޝަޔާ ގޮވައިގެން އޭނަގެ ކޮޓަރިއަށް ދިޔައެވެ. އެއިރު އަލްވާން އިނީ ބޮޑު ކޮޓަރީގަ ފުޓު ބޯޅަ މެޗެއް ބަލަންށެވެ. ޒެރާޝާ ދެެ ފަރާތަށް ބޯހޫރާލާފަ ގޮސް ޓީވި ނިއްވާލިއެވެ. އަލްވާން އަށް ލިބުުނީީ ކުއްލި ސިހުމެކެވެ.      ” އަޅުގަނޑަށް ކަމެއް ގޯސް ކޮށް ކުރެވުނީ ތޯ؟ ” އަލްވާން ވަރަށް ބިރުން ހުރެ އަހާލިއެވެ.    ” ނޫނޭ … ޔުޝްގެ ހިތް އަތުލައިގެން އަވަހަށް ގެންދެބަލަ … ” ޒެރާޝާ އޭނަގެ މޭގަ އަތް އަޅައިގެން ހުރެ ބުނެލިއެވެ. އަލްވާން އަށް ކުޑަކޮށް ހެވުނެވެ. ” އަދިވެސް އިނީތަ؟ ” ޒެރާޝާ އަލްވާން ސޯފާއިން ނެގުމަށްފަހު ދަމާފަ ގެންގޮސް ޔުޝްރާގެ ކޮޓަރިއަށް ކޮށްޕާލިއެވެ. ޒެރާޝާ ދޮޮރުު ލައްޕާލުމަށްފަހު ލޯ މަރާލިއެވެ. ލޯ މަރާލުމާ އެކު އޭނަ އަށް ފެނުނީ ޔުޝްރާ އަދި ޒިދާންގެ ކައިވެނި ޕާޓީ އެވެ. ޒެރާޝާ އަށް ބޭއިޚްތިޔާރުގަ ހީގަނެވުނެވެ. ކުރެވުނު މޮޔަ ކަންތައް ރޭކާލުމުން އޭނަ ދުވަމުން ބޮޑު ކޮޓަރި އަށް ގޮސް ޓީވި އަޅުވާލިއެވެ. އަތުގައި ރިމޯޓު އޮތް އިރު އެވެސް ތެޅެއެވެ. ޒެރާޝާގެ ހިތް ތެޅޭ ވަރަކަށް އަތް ވެސް ތެޅެނީ ކަންނޭނގެއެވެ؟ އޭނަ ހިތަށް އެރިއެވެ.

 

ޔުޝްރާ ޝަޔާ ނިންދެވުމަށްފަހު ބެލްކަންޏަށް ދިޔައެވެ. އޭނަ އާާ ދާދި ކައިރި އަލްވާން ހުއްޓެވެ. ” އަދިވެސް ހަމަ ޖަވާބެއް ނެތް ތަ؟ ” އަލްވާން އަހާލިއެވެ. ” މްްމް .. އަދި އަލަށްތަ މީހަކު ދެކެ ތި ލައިކް ވީ؟ ” ޔުޝްރާ ވެސް ކޮށްލީ ސުވާލެކެވެ. ” ހޫމްްްމް … ތިހާ ލަސްކޮށްފަ އާންސް އެއް ދެންޏާ އަމް ގޮންނަ ބީ މޭޑް ” އަލްވާންް ޔުޝްރާގެ ދެ ލޮލަށް ބަލާލަމުން ބުނެލިއެވެ. ” އޯނ … ސޯ ސޭޑް ” ޔުޝްރާ އަލްވާން ލައިގެން ހުރި ގަމީހުގެ ގިރުވާނުގަ ހިފާލިއެެވެ. ” ވަޓް އެބައުޓް އަ ޔެސް… ” ޔުޝްރާ އަލްވާން ކަންފަތް ކައިރި ބުންޏެވެ.    ” އަސްލު ވެސް؟ ” އަލްވާން އަށް ޤަބޫލު ނުކުރެވިގެން  އަހާލެވުނެވެ. ” ޔެސް ” ޔުޝްރާާ ހީލިއެވެ. އަލްވާން އުފަލުން ޔުޝްރާ ގައިގަ ބައްދާލެވުނެވެ. ޔުޝްރާ ދުވަހަކު ވެސް އަދި މިހާ އުފަލެއް ނުވެއެވެ.  އަލްވާން އަދި ޔުޝްރާ ބޮޑު ކޮޓަރި އަށް ދިޔައެވެ. ޒެރާޝާ އަށް އެ ދެ ކުދިން ފެނުމުން ދުވަމުން ފުންމަމުން ކަހަލަ ގޮތަކަށް އައެވެ. ޒެރާޝާ ޔުޝްރާ ގައިގަ ވަރަށް ބާރަށް ބައްދާލިއެވެ. ” އަލްވާން … ޔުޝް ކޮންކަހަލަ ޖަވާބެއް ތަ ދިނީ ” ޒެރާޝާ ދަތްޕިލާ ސޭލް އަޅުވައިގެން ހުރެ ބުންޏެވެ. ” އާއެކޭ ބުނީ ” އަލްވާންް ހީލިއެވެ. ޒެރާޝާ ޔުޝްރާ ގައިގަ ބައްދާލިއެވެ. ” މަންމަ މިިދަނީީ ނިދަން… ” ޒެރާޝާ ހެމުން ހެމުން ކޮޓަރިއަށް ދިޔައެވެ. އަލްވާން އާ ޔުޝްރާ ޓީވި އަޅުވައިގެން ސޯފާގަ އިށީނެވެ. ދެ މީހުން އިށީނީ ތަންކޮޅެއް ދުރު ދުރު ގައެވެ. އަލްވާންގެ ނަޒަރު ހުއްޓިފައިވަނީ ޓީވީގެ ބޮޑު ސްކްރީން އަށެވެ. ޔުޝްރާ އަށް ހުރެވުނީ އަލްވާންގެ މޫނަށް ބަލަހައްޓައިގެންނެވެ.      ” ހާދަ  ވަރަކަށޭ  ތި ބަލަނީ ” ރަކިވި ވަރުން އިސްދަށަށް ޖަހައިލެވުނެވެ. އަލްވާން އަށް ހީގަނެވުނެވެ. އަލްވާން ޔުޝްރާގެ ކޮނޑަށް އަތްވައްޓާލުމަށްފަހު އޭނަ ކައިރި އަށް ޖެހިލިއެވެެ. ” ޖަސްޓް ކިޑިން ” އަލްވާން ވަރަށް ފުންކޮށް ޔުޝްރާގެ ދެ ލޮލަށް ބަލާލިއެވެ. ޔުޝްރާ އަލްވާން ކޮށްޕާލިއެވެ. ” ހެހެހެ … ޝައި  ގަރލް ” އަލްވާން ހީލިއެވެ. ޝަޔާ ރޯންފެށި އަޑު އިވުނެވެ. ޔުޝްރާ ދުވަމުން ޝަޔާ ގާތަށް ދިޔައެވެ. ޝަޔާ ހަމައަކަށް އަޅުވާލުމަށްފަހު ޝަޔާ ނިންދެވޭތޯ އޭނަ އުޅުނެވެ. ނަމަވެސް ޝަޔާ ނިދާކަށް ނޫޅުުުުުނެވެ. ޔުޝްރާ ޝަޔާ ގޮވައިގެން ބޮޑު ކޮޓަރިއަށް ދިޔައެވެ. އެއިރުު އަލްވާން އަށް އޮތީ ސޯފާ މަތީ ނިދިފައެވެ. ޔުޝްރާ ޝަޔާ ސޯފާ މަތީ ބޭންދިއެވެ. ޝަޔާ ފިރުކެމުން ގޮސް އަލްވާން ގައި މައްޗަށް އެރިއެވެ. ޔުޝްރާ ލުއި ހީލުމެެެއް ހީލިއެވެ. ޝަޔާ އަލްވާން މޫނުގަ ކުޑަ ކުޑަ އަތުން ޖަހަން ފެށިއެވެ. އަލްވާން އަށް ހޭލެވުނެވެ. އޭނަ ގައިމަތީ އޮތް ލޯބި ލޯބި ޝަޔާ ފެނުމުން އޭނައަށް ހީލެވުނެވެ. ” ޝަޔާ ބޭބީ ” އަލްވާން ޝަޔާ ގިލިގިލި ކޮށްޓާލިއެވެ. ޝަޔާ ވަރަށް ލޯބި ގޮތަކަށް ހީލިއެވެ. އަލްވާން ގާތު ޔުޝްރާ އިށީނެވެ. ޝަޔާ އިނީ އަލްވާންގެ އުނގުގައެެވެ. ޔުޝްރާ އަދި އަލްވާން ނިދި ޖެހޭ ގޮތް ވާން ފެށިއެވެ. ޝަޔާ އަށް ވެސް އެއިރު އޮތީ ނިދިފައެވެ.

 

12 ޖަހާކަށް ހާއިރު ޔައިރާ މެންް ގެއަށް އައެވެ. ސޯފާ މަތީ ނިދިފަ އޮތް  ޔުޝްރާ މެން ފެނުމުން އެ މީހުންނަށް ހީގަނެވުނެވެ. ޔުޝްރާ  އޮތީ ޝަޔާ ގައިގަ ވަރަށް ބާރަށް ބައްދާލައިގެންނެވެ. ޒިދާން ދިޔަ ގޮތަށް ގޮސް އެ ދެ މީހުން ހޭލައްވާލިއެވެ. ޔުޝްރާ އަދި އަލްވާން ރަކިވި ވަރުން އިސްދަށަށް ޖަހާލެވުނެވެ.  ” ލައިކް އެއް ނުވެޔޭ ބުނި ކުއްޖާ ދޯ މީނީ ” ރާހިލް ޔުޝްރާ އަށް އިޝާރަތް ކޮށްލަމުންް ބުނެލިއެވެ. ” އެއީ ކުރީގައޭޭ … ” ޔުޝްރާ އަށް ބޭއިޚްތިޔާރުގަ ބުނެވުނެވެ.      ” އަހަހަހަ … ސޯ މިހާރު ތި މީހުން ތީ ކަޕްލްސް ” ރާހިލް މެން ވަރަށް ބާރަށް ހޭންފެށިއެވެ. ” ދޮންތިބެ މެންނަށް އަދި ނޭނގޭތަ އެހެންވެ؟ ” ޔުޝްރާ އަށް އަހާލެވުނެވެ.     ” މިހާރު އެނގިއްޖެ ޔުޝްކޮ އަށް ތިވާ ގޮތް ގޮތުން …. ” ރާހިލް މެން އަނެއްކާ ވެސް ހޭންފެށިއެވެ. ” މަން ހުރިނަމަ ވަރަށް މަޖާ ވީސް ޒިދް ކީއްވެ މަން ގެއަށް ލީ؟؟؟ ” ޔައިރާ ހެމުން ހެމުން އަހާލިއެވެ. ” މަންގެ މަންމަ ހޯދާނެންނު އެހެންވެ… ” ޒިދާން  ހީލިއެވެ.  އެ އެންމެން ވެގެން ޔުޝްރާ އަށް ދިމާކުރަން ފެށިއެވެ. އެއިރު އަލްވާންް ހިނި  އައިއްސަ އިނެވެ. ޔުޝްރާ ކަޑަވިި ވަރުން ދުވެފަ އޭނަގެ ކޮޓަރިއަށް ގޮސް ދޮރު ތަޅުލިއެވެ. ޔައިރާ އަދި ރާހިލް ޝަޔާ އުރައިލައިގެން ކޮޓަރިއަށް ދިޔައެވެ.  ” އަލްވާން … ކޮންގްރޭޓްސް … ” ޒިދާން އޭނައަށް ދިމާކުރަން  ފެށިއެވެ. ” ޒިދާންް !” އަލްވާން ޒިދާންގެ ބުރަކަށީގަ ޖެހިއެވެ.       ” ވަރަށް ޓަފު ދޯ؟ ” ޒިދާން އަހާލިއެވެ.    ” އާނ … ބޯހަރު ކުއްޖެއް އެއީ …” އަލްވާން ހީލިއެވެ. އެ ރޭ ވަރަށް ގިނައިރު ވަންދެންް ޒިދާން އަދި އަލްވާން އެކި އެކި ވާހަކަ ދައްކަން ހުއްޓެވެ.

 

 

ނުނިމޭ…

Comments (36)

  1. Anuahs

    Habeys?♥️

  2. Kairaa

    Hey quiiin
    Dhigu inthixaarakah fahu kiyaalan libijje?
    Varah varah reethi mi bai vx?….curiously waiting for the nxt part….lysm…be safe

    1. Quiiin?
      Kairaa

      !!!Hey kaiii
      sorry for making u wait … midhuvaskolhu ge gothun avahah nuliyevuniii … vrh ufaavehje mi stry kamudhiya e ma …
      Keep waiting
      Be safe
      Stay home
      Lym
      ?❤

  3. Saa

    Oh wooooooowww vrh vrh rythi
    Waiting

    1. Quiiin?
      Saa

      ❤!Glad u like it
      Jazakumullah khairan
      ?❤

  4. Ekkala kujja

    Awwwww … yush vx kuraa moya kanthah … heheh … quiiinooo … vhk hama habeysss … vrh salhi … ❤?
    Haadha dhigu inthizaarekey ekam …
    ?❤?
    STAY safe
    STAY home
    Lysm

    1. Quiiin?
      Ekkala kujja

      Ehehe …yeah sorry lahun vhk genesdhevunii ma …
      Vrh vrh vrh ufaaehje mi part vc kamudhiya e ma
      Stay home
      Stay safe
      Lym ?❤

  5. Kix

    Whoaaa ! Ma sha allah vrh salhi mi part vx… waiting for next … ??
    Finally alvaan and yushra together … dhn vrh avahah stry nimeyne dhww.??
    Stay safe

    1. Quiiin?
      Kix

      Hehehe yes kix … stry ga baakii kithah parts kameh neyge adhi …
      Stay home
      Stay safe
      ?❤?

    2. Quiiin?
      Kix

      Jazakumullah khairan kix
      ❤

  6. Kokkx

    Ramadan kareem
    Mi part vx vrh salhi … next part avahah genesdhehche ..
    ❤?

    1. Quiiin?
      Kokkx

      Ramdan kareem
      ❤Glad u like it
      In sha allah
      Jazakumullah khairan
      ?❤?

  7. Liu

    Quiiiinnnnnnnn
    Hellw
    I really really really like it .
    Waiting for next ..
    Hope u doing fine …
    ?❤

  8. Liu

    Quiiiinnnnn
    Hellw
    Vrh salhi mi part vx…
    Zeraasha dhw … ahahaa … majaa mom eh .. hama yush dhwww …
    Vrh vrh vrh rythi
    Curiousely waiting
    Ly
    ?❤?

  9. Mint

    V reethi mi part vx. Anyway when is the next part
    Stay Safe ❤️❤️❤️

    1. Quiiin?
      Mint

      Next part soon in sha allah
      Happy cox u liked it
      Stay home
      Stay safe
      Jazakmullah khairan
      ?❤

  10. Lery

    Quiiiinoooo
    Hellwwww
    How’s yu … i hope u doin fine
    Btw stry hama habeys
    Waiting for next
    Ly❤???

  11. IIII ishu

    ??? Love it

    1. Lery
      IIII ishu

      Fav author ey kiyaafa kohlaa comment haadha kurey dhw.?‍♀️

  12. IIII ishu

    Who me? Oh actually Varah gina Dhuvas fahun ney vaahaka ah vadhefa mi vaahaka hoadhy so I thought there would be another part either
    Hehe you know there are reasons for something
    ❤️❤️❤️???

    1. Lery
      IIII ishu

      Dhn mi vhk mi site in nufenuniyyamun?

  13. Kiyaara

    ?Btw ishu .. do you have a boyfriend
    …Just asking plx ans eh dhehchey..

  14. Kiyaara

    I dont have one … people ask me for relation but i said no.

    1. Kiyaara
      Kiyaara

      Because i wanna have a boyfriend after school is finished.

  15. IIII ishu

    ?maybe
    But you know don’t talk that much
    ??? And can I ask how old are you

    1. Kiyaara
      IIII ishu

      So u have a crush on someone? I’m 14.
      If u got annoyed by me i’m sorry

  16. IIII ishu

    Not a crush it’s really is
    He ask me so I say yes
    And I didn’t got annoyed it’s fine

    1. Kiyaara
      IIII ishu

      Oh ma sha allah.. ♥️
      ♥️Thanku ishu

  17. މީޟް

    When is next part
    Waiting ingey.

  18. Quiiin?

    Vhk liyumakiii rangalhu kameh kamah nyfennaathii alhugandu vhk liyun huttaalan…. faharehga alhuganduge dheenee vhk mi site in fenidhaane … alhugandu ge mi ninmun readers ah kamunudhanyyaa vrh bodah ma’afah edhen…
    ?♥️

  19. ❤️❤️Bts fannn❤️❤️❤️

    What Aley meehaadha reethi vaahaka ekey
    But seriously are u quiiin tha cause level 2 araafaa netheemaa. But this is a great story. But I guess thee intruder eh kaneyge if I am not wrong. Level 2 naaraa ineemaa
    Dhogakan vanyaa sorry

    1. Quiiin?
      ❤️❤️Bts fannn❤️❤️❤️

      Nooney hama quiin mee.. hehe … its ok ey bts fann.. i’m so sorry ingeyy.. aslu login nuvaathy level 2 araafa nethyy…♥️

  20. ❤️❤️Bts fannn❤️❤️❤️

    Ohhhh sorry vrh bodah sorry

    1. Quiiin?
      ❤️❤️Bts fannn❤️❤️❤️

      Alhey .. e ok vaaney dear. Hehe ♥️?

  21. ?Kokie?

    When is next part ??

    1. Anonymous
      ?Kokie?

      Dhn mi vhk nuliyaanamo…
      U first read thd comments dear …??

Comments are closed.