Skip to content
އެސްފިޔަ

ހިތް ނޭދުނަސް – ޓްރެއިލަރ –

“އައި ޑޯންކް ކެއަރ ތީ ކޮންމެ މީހަކަސް. ޑޭޑް ކައިރީ ބުނަންވީ ހަމައެކަނި މި ކައިވެންޏާ ދެކޮޅޭ. ” ފާރާއި އިލްފް އާއި ދޭތެރޭގައި ފިތިފައިހުރި ޒީކްއާ ދިމާލަށް ރުޅިވެރިކަމާއިއެކު ބަލާލަމުން އިލްފް ބުންޏެވެ. އެ ދެލޮލުން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ. ވަރަށް ބޮޑަށް ކަމަކާއި ހިތްހަމަ ނުޖެހިފައިހުރިފަދައެވެ. ޒީކް ޙިޔާރުކުރީ ހިމޭންކަމެވެ.

“ތި ހަމަހިމޭންކަމުން ނަގަންވީ ކޮން މާނައެއްކަމެއް އަހަންނަކަށް ނޭނގުނު” ކަތުރުކަށިގަނޑަށް ވާންވެގެން ދިޔައިރު އިލްފް މަސައްކަތްކުރީ ރުޅިގަނޑު މައިތިރިކުރެވޭތޯއެވެ. އެހެން ނޫންނަމަ އޭނާއަށް މި ނާޒުކު އަންހެންކުއްޖާއަށް ކޮންމެފަދަގޮތެއްވެސް ހެދިދާނެއެވެ. ތެމިފައިވާ ދެލޮލުން އިލްފް އާއި ހިނދުކޮޅަކަށް ހަތަރުކަޅި ހަމަކޮށްލާފައި ޒީކް އިސްޖަހާލީއެވެ.

“ޑޭމް އިޓް ” ޒީކްގެ ކޮނޑާއިދިމާލުން ދެފަރާތުން ފާރުގައި ޖައްސާލައިގެންހުރި އަތް ތިރިކޮށްލަމުން ފައިން ފާރުގައި ޖަހަމުން އިލްފް ބުންޏެވެ. ޒީކް އެއްޗެކޭ ނުބުނާނެކަން ޔަޤީންވުމާއިއެކު އެކޮޓަރިން ނުކުމެގެންދިޔައިރު ދެ އަތްވީ މުއްކަވާލެވިފައެވެ.

 

އިންތިޒާރުކޮށްލައްވާ!

Comments (4)

  1. Kairaa

    Wowww…varah reethi trailer…waiting for the first part….

  2. Imkko

    Love the trailor … waiting for the next part curiously … btw when is next part ?

  3. Ihoo

    Masha allah v reethi..kon irakun up kuraan fashaany???

  4. Anonymous

    Wow v Habeys feshun.. Kn irakun thr next part up kohdheynii… Waiting…..

Comments are closed.