
އިޙްނާ (7)
ފޯނު ބާއްވަން އުޅުން ގަޑީގައި އިޙްނާގެ ފޯނު ދިއްލުމުން އިޙްނާ ފޯނު ބަލާލިއެވެ. މިއޮއް ދަންވަރު ގަޑީގައި އިޙްނާއަށް އެމެސެޖް ކުރީ ކާކުބާވައެވެ؟ ހަމަގައިމުވެސް ރިހާމާއި ޔޫން ތިބޭނީ މިގަޑީގައި ނިދާފައިކަން ކަށަވަރެވެ. ދެން އިޙްނާއެއް މިޙްރާނަކާއެއް ވާހަކަ ދައްކާ ހަދައެއް ނޫޅެއެވެ. ދެން ކާކުބާވައެވެ؟ މިފަދަ އެތައް ސުވާލުތަކެއް ހިތަށް އަރަމުން ދިޔަވަގުތު އިޙްނާ އެމެސެޖް ހުޅުވާލިއެވެ.
“މާދަމާ ރޭ 8:30 ގައި ސަންސެޓް ބީޗަށް.. ނަމަނަމަ މީހަކު ކައިރީ މިވާހަކަ ބުނެގެން ނުވާނެ.. ބުނެފިނަމަ އިޙްނާގެ ލޯބިވާ އެކަކުވެސް މިދުނިޔޭގައި ނުހުންނާނެކަން ރަނގަޅަށް ސިކުނޑީގައި ބަހައްޓާތި!” އިންޒާރުން ފުރިގެންވާ މެސެޖް ލިބުމުން އިޙްނާ ހައިރާންވިއެވެ.
މިލްނާއަކީ ދުވަހަކުވެސް އިޙްނާ އެކަނި ތަނަކަށް ފޮނުވާފައިނުވާ މީހަކަށްވުމުން އިޙްނާ ހަދާނެގޮތް ހުސްވިއެވެ. އިޙްނާ ވަރަށް ވިސްނަނިކޮށް ވިސްނުނީ އެންމެ ގޮތެކެވެ. މާދަމާ ރޭގަނޑު ރިހާމްމެން ގެޔަށް ދާށެވެ. އެކަމަކު އަނެއްކޮޅުން އެތަނަށް ދާން އިޙްނާ ދައްކާނެ ބަހަނާއެއް ނޭނގުނެވެ. މިކަމުން ސަލާމަތްވާނެ ގޮތަކާއިމެދު ވިސްނަނިކޮށް އިޙްނާ ހުރީ ރިހާމްއާ މަޝްވަރާ ކުރާށެވެ. ސަހަރޯއެވެ. އެމީހާ އިންޒާރު ދިންގޮތާއި އެކަންތައް އިޙްނާ އެއްވެސް މީހަކަށް ކިޔައިދީގެން ނުވާނެކަމަށެވެ. އެކަމަކުވެސް އިޙްނާއަށް ހެޔޮކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އަދި މާތްﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް ނުހައްދަވާނެއެވެ.
ނަސީބަކުން ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަހަކަށް ވިއެވެ. ވީމާ އިޙްނާއަށް މިކަން ކުރަން ފަސޭހަވެގެން ދިޔައެވެ. މިލްނާ ކައިރިން ހުއްދަ އަހައިގެން ހެނދުނު 8 ޖެހިތަނާހެން އިޙްނާ ރިހާމްމެން ގެއަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. އާއްމުކޮށް ރިހާމްމެން ގެޔަށް ގޮސްއުޅޭތީވެ އިޙްނާގެ ގާތުގައި މާގިނަ ސުވާލުތަކެއް ނުކުރެއެވެ.
އިޙްނާ ހުއްޓުނީ ދެބުރިއަށް ހަދާފައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. ހުރިހާ ފާރުތަކެއްގައި ފެހިކުލައިގެ އެކި އެކި ޝޭޑުތައް ލައިފައެވެ. މުށިކުލައިގެ ބޮޑު 8 ފޫޓު ދޮރުން ވަދެ އިޙްނާ ސަލާމް ގޮވާލުމާއެކު ރިހާމްގެ މަންމަ ލީމް ޖަވާބުދިނެވެ. އޭރު ލީމް ހުރީ ގޭތެރޭގައި އިންދާފައިހުރި ގަސްތަކަށް ފެންދޭށެވެ. މިރުސް ގަހާއި ލުނބޯ ގަހާއި ޖަނބުރޯލު ގަހާއި ފިނިފެންމާ ގަސް ފަދަ އެތައް ބައިވަރު ގަސްތަކެއް ނަންހުސްކޮށް އެގޭގައި ހައްދާފައި ހުރެއެވެ. ބަލާލި ކޮންމެ ދިމާލަކުން އެގެޔަކީ ގަހަށް ޙާއްސަ ސަމާލުކަން ދޭގެއެއްކަން އެނގިގެން ދެއެވެ.
ލީމް ހިނިތުންވެލާފައި ގޭތެރެއަށް އިޝާރަތް ކޮށްލުމުން އިޙްނާއަށް ރިހާމް އަދިވެސް އޮތީ ނިދާފައިކަން އެނގުނެވެ. ލީމްއަށްވެސް ރައްދުގައި ހިނިތުންވުމެއް އިޙްނާ ދީފައި އެގޭގެ އެތެރެއަށް ވަނެވެ.
ލަސްފިޔަވަޅުތަކެއްގައި ސިޑިން މައްޗަށް އިޙްނާ އެރީ ތިރީ ބައިން ފެން ޖަގެއް ހިފައިގެންނެވެ. މަޑު މަޑުން ރިހާމްގެ ކޮޓަރި ދޮރު ހުޅުވިއެވެ. އޭރުވެސް ރިހާމް އޮތީ ގަދަނިދީގައެވެ. އަވަސް ހަރަކާތާއެކު އިޙްނާ ރިހާމްގެ ބޮލަށް ފެން ޖަގު އޮއްސާލިއެވެ.
“މަންމާ!!! ދެންމީ ކޮންސަކަރާތެއްތަ؟” ޝަކުވާ ކުރަމުން ލުތްކެއް ޖަހާފައި ރިހާމް ތެދުވިއެވެ. ދެލޯ ހުޅުވާފައި ރިހާމް ބެލިއިރު އަނގަމަތީގައި އަތްއަޅައިގެންހުރެ ހޭން އިޙްނާ ހުއްޓެވެ.
“އިޙޫނާ….(އަކުރުތަކަށް ދަމާލައިފައި ގޮވާލި) މިކޮއެ ނޫން މީހަކު މަގޭ ލޯބި ނިދިކޮޅު ޚަރާބެއް ނުކުރާނެ.. ސަހާދެއް މިބުނީ… ހުރޭ އަދި އެއްދުވަހު ކުޅިދައްކާލާނަމޭ އިޙޫއަށްވެސް.. ބަލާން ހުންނާތި!” ރިހާމް އިޙްނާއަށް އިންޒާރެއް ދިނެވެ. އޭރުވެސް އިޙްނާގެ ހުނުން މައިތިރިއެއް ނުވެއެވެ.
“އިއްކު….ހަހަހަހަ…އަށްވާ…..ހަހަހަ…ގޮތޭ…ހަހަހަ…މަޖަލީ…ހަހަހަ…މީ އިއްކު ކޭމްޕްއައިސް ސިއްސުވާލި ކަމުގެ ބަދަލު ކަމަށްބަލާ… ތިއެއް ނޫނޭ މިއައީ ވަރަށް ބޮޑު ކަމަކުއޭ” އިޙްނާގެ މޫނުމައްޗަށް ސީރިއަސްކަން ގެނެސް ހުނުން ހުއްޓުވާލިއެވެ. ރިހާމް އެއްޗެކޭ ބުނުމުގެ ކުރިން ލީމް އެކޮޓަރިއަށްވަދެ ހެނދުނުގެ ސައި ތައްޔާރުވެފައި ހުރިކަމަށް ބުނެފައި ދިޔައެވެ.
ސުފުރާ މަތީގައި ހުރީ ދެވައްތަރެއްގެ ކާތަކެއްޗެވެ. ޕޭންކޭކާއި ސީރިއަލެވެ. ސައި ބޮމުން ދިޔަވަގުތު ރިހާމަށް ވިސްނެމުން ދިޔައީ އެއީ ކޮންކަމަކާއި މެދުގައި ކަމެވެ. އިޙްނާގެ ހަރަކާތްތަކުން ކަމެއް ހިނގާފިކަން އެނގުނެވެ. އެއީ އާއްމު ގޮތެއްގައި ސައިބޯ ވަގުތުތަކުގައިވެސް އިޙްނާގެ އަނގައެއް މައިތިރިއެއް ނުވާނެއެވެ. އެހެން ކުދިންގެ ގާތުގައި އެހާ ގިނައިން ވާހަކަ ނުދެއްކި ކަމުގައި ވިޔަސް ރިހާމްގެ ގާތުގައި އެއީ ހަމަ އަނގަގަދަ މިތުރެކެވެ. އެޔާއި ޚިލާފަށް މިއަދު އިޙްނާ ސައިބޮމުން ދިޔައީ ހިމޭންކަމާއެކު ގައެވެ. ކަމެއް ހިނގާފި ކަމުގެ ޝައްކު ރިހާމަށް ޔަގީންވެގެން ދިޔައެވެ. އަވަސްވެފައިވާ ހިތަކާއި އަވަހަށް ސައިބޮއި ނިމިގެން ރިހާމްގެ ކޮޓަރިއަށް ދެކުދިން ދިޔައައެވެ.
“އިހޫ ދެން ކިހިނެތް ހަދާންވީ؟ މިކަމާ ވިސްނާ ސިކުނޑި ސުމަކަށް ގޮސްފި.. އިހޫގެ.. މައްސަލައަކީ ސަންސެޓް ބީޗަށް ދާންބުނެފައި އޮތުމުން އަދި އެވެސް ނުވިތާކަށް ރޭގަނޑު…”
“(އިރުކޮޅަކު ވިސްނަން އިނދެފައި) އެބައޮތް ގޮތެއް ދެމީހުން ހިނގާ މިރޭ ޗިލީ ރެސްޓޯރެންޓަށްދާން މަންމަމެން ކައިރީ ބުނެފައި.. ދެން އިހޫ ސަންސެޓަށް ދާއިރު އިއްކު ތަންކޮޅެއް ދުރުގައި މަޑުކޮށްގެން ހުންނާނަން ފިލައި… އޭރުން އެމީހާއަކަށް ޝައްކެއް ނުވާނެއެއްނު..” ރިހާމް އޭނަގެ ހިޔާލު ހުށަހެޅިއެވެ. އިޙްނާއެއްވެސް މިހިޔާލު ކަމުދިޔައެވެ.
ލީމް ގާތު ރެސްޓޯރެންޓަށް ދާން ހުއްދައަށް އެދުމުން ވަގުތުން ހުއްދަ ދިނެވެ. އަދި ފޯނުން މިލްނާއަށް އިޙްނާ ގުޅި ފަސޭހައިން ހުއްދަ ދޭނެކަމަށް ދުޢާ ކުރަމުންނެވެ. ކަންވީވެސް އެހެންނެވެ. ދެކުދިން އިންތިޒާރު އިންތިޒާރު ކުރި ވަގުތު އައިސް ޖެހިއްޖެއެވެ.
ރަތްކުލައިގެ ޝޯލްއަކާއި ކަޅުހެދުމެއް އިޙްނާ ލައިގެން ހުރިއިރު އިޙްނާގެ މޫނުމަތި ސާދަ ވިލޭރޭގެ ހަނދުފަދައެވެ. ހަމައެގޮތަށް ރިހާމްވެސް ހުރީ ފެހިކުލައިގެ ޝޯލްއަކާއެކު ކަޅު ހެދުމެއް ލައިގެންނެވެ. ދެކުދިން ނުކުތުމާއެކު ލީމް ދެކުދިންނަށް ތަޢުރީފް ކުރިއެވެ. އަދި ހިތާއި ހިތުން އެދެކުދިން އެހެންމީހުންގެ އެސްފީނާއިން ސަލާމަތްކޮށްދެއްވާތޯ ދުޢާ ކުރިއެވެ. އެއަށްފަހު ފަސްސަތޭކަ ރުފިޔާގެނޫޓްއެއް އިޙްނާއަށް ލީމްދިނެވެ. އޭގައި އިޙްނާ ނުހިފަން އުޅުމުންވެސް ހަދިޔާއެކޭ ކިޔާފައި އަތުގެ މުށުތެރެއަށް ލިއެވެ. ދެން ބަދިގެއާ ދިމާލަށް ލީމް ދިޔައީ ފައިސަލް ހަސްފަތާލުން އައުމުގެ ކުރިން ކާން ހެދުމަށެވެ. އެއީ ހީވާގި ސެކިއުރިޓީ އެކެވެ.
ބޭރަށް ނިކުތީއްސުރެ އިޙްނާގެ ހިތުގެ ތެޅުން އިހުނަށް ވުރެ ބާރުވިއެވެ. ރިހާމް ވާހަކަދައްކަމުން ދިޔަކަމުގައި ވިޔަސް އެއަށް ސަމާލުކަން ދެވޭނެގޮތެއް އިޙްނާއަކަށް ނުވިއެވެ. ހަމައެވަގުތު މީހަކު ބާރުބާރަށް އިޙްނާއަށް ގޮވާލިއެވެ. ރިހާމާއި އިޙްނާއަށް ފަހަތަށް އެނބުރި ބަލާލިއެވެ.
*ނުނިމޭ*
5 Comments!
Comments are closed.
Alhamdhulillah!!!2 days ge inthizaarakaa eku vhk up vejje?..Mi othy ihna ge 7 vana part..?Huriha kudhinnah vx mi part kamudhaane kamah ummedhu kuran.. Thi kudhinnah eba othey surprise eh ?? Stay safe huriha kudhin ??Please comment on my mistakes,it helps me to improve my stories..Love you guys???
Salhi
Jazakillah khairan anonymous ♥️♥️♥️
V inthixaaru kurevey mi stry ah.. masha allah mibai vx hama v reethi.. kon suprise eh baa dhw anekkaa ?? curiously waiting fr the next
Hehe jazakillah khairan sam ♥️♥️♥️ surprise akah nuvaane ehnu surprise bunyrun ???