
ދަރިފުޅު-2
“ޒައިބާ ކޮބާ؟” ލޮލުން ކަރުންތައް ފުހެލަމުން އަސްމާ ސުވާލުކުރިއެވެ. “ޒައިބާ އަހަރެން ގޭގަ.. މިވަގުތު އޮތީ ނިދިފައި”
*********
“ޒައިބާ ހޭލީމަ މިގެއަށް ގެންނާތި” އަސްމާ ޒައިބާ ރަނގަޅަށް ތަރުބިއްޔަތު ކުރަން ޢަޒުމް ކަނޑައެޅިއެވެ.
ދުވަސްތައް ހަފްތާތަކަށް، ހަފްތާތަށް މަސްތަކަށް، މަސްތަކަށް އަހަރުތަކަށް ބަދަލުވެގެންގޮސް ޒައިބާއަށް ހައަހަރު ފުރިއްޖެވެ. ޒައިބާ މިހާރު އޭނާގެ ބައްޕަ އާއި ބެހޭގޮތުން ސުވާލުކުރަން ފަށައިފިއެވެ. “މަންމާ.. އަޅުގަނޑު ބައްޕަ ކޮބާތަ؟” އެއީ ޒައިބާ އެސުވާލު އޭނާގެ މަންމައާ ކުރި ދިހަވަނަ ފަހަރެވެ. “ދަރިފުޅާ.. ދަރިފުޅު ބައްޕައެއް ނޫޅެއޭ މަންމަ ބުނީމެއްނު” ޒައިބާއަކީ މިޒާޖުގެ ގޮތުން ބޯހަރު ކުއްޖެކެވެ. އެކަން އަސްމާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންވުމުގެ ސަބަބުން ޒައިބާއަށް ވިސްނައިދިނުން ވެފައިވަނީ އަސްމާ ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށެވެ.
“އެކަމަކު މަންމާ ހުރިހާ ކުދިންގެ މަންމަ އާއި ބައްޕަ އުޅޭ.. ދެން ކީއްވެ އަޅުގަނޑުގެ ބައްޕަ ނޫޅެންވީ؟” ޒައިބާ ވިސްނާލާފައި ސުވާލުކުރިއެވެ. “އެއީ ދަރިފުޅުގެ ބައްޕަ ދުނިޔޭގަ ނެތީމަ..” އަސްމާއަށް މަޖުބޫރުވީ ހަގީގަތް ހާމަ ކުރާށެވެ. “އެކީއްވެ ބައްޕަ ދުނިޔޭގަ ނޫޅެންވީ؟” ޒައިބާ އަނެއްކާވެސް ސުވާލުކުރިއެވެ. “ބައްޕަ އެކްސިޑެންޓުވީ… އޭރު ދަރިފުޅުގެ އުމުރުން ދެއަހަރު… އެއީ އެއްދުވަހަކު މަންމަ ދަރިފުޅަށް ބުއްތަށި ގިރަން ވެގެން ބެލިއިރު ކިރުދަޅު ހުރީ ހުސްވެފައި.. ދެން މަންމަ މެންދުރަށް ކައްކަން ވެފަ ހުރީމަ ބައްޕަ ގާތު އެދުނީ ކިރުދަޅެއް ގަނެގެން ގެނެސް ދިނުމަށް.. ދިޔަ މަގުމަތީ ބައްޕަ އެކްސިޑެންޓުވީ..” އަސްމާ އެދުވަހު ހިނގި ހުރިހާ ކަމެއް ޒައިބާއަށް ކިޔައިދިނެވެ. ޒައިބާ ހުރީ އެވާހަކަތައް ކަނުލައި އަޑު އަހަންށެވެ.
“އެހެންވީމަ މަންމަ އާހުރެ ދޯ ބައްޕަ އެކްސިޑެންޓުވީ؟” ވިސްނާލަން ހުރެފައި ޒައިބާ އެހިއެވެ. އޭނާގެ ލޮލުން އަސްމާއަށް އޮތް ރުޅިވެރިކަން ދިޔައީ އެއްވެސް ފޮރުވުމެއް ނެތި ފެންނަމުންނެވެ. ޒައިބާގެ އެބަސްތައް ރުވާފައި ދޫކޮށްލި ތީރެއްހެން ހެރުނީ އަސްމާގެ ހިތަށެވެ. ލިބުނު ކުއްލި ޝޮކުގައި ކެރެޓެއް ކޮށަންހުރި އަސްމާގެ އިނގިލި ކަނޑައިގެން ގޮސް ލޭ އަންނަން ފެށިއެވެ. އެ މަންޒަރު ޒައިބާއަށް ވަރަށް ރީއްޗަށް ފެނުނެވެ. “ތިވަރު އަދި ކުޑަ ބައްޕައަށް ވީވަރާ ބަލާފަ..” އެހެން ބުނެފައި ޒައިބާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހައިފިއެވެ. އަސްމާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއީ އޭނާގެ ދަރި ބާވައޭވެސް އަސްމާ ހިތަށް އެރިއެވެ. ބަސްބުނާހާ ހިނދުކޮޅެށް ތެރޭގައި އަސްމާގެ ލޮލުން ކަރުނަ އޮހޮރެން ފަށައިފިއެވެ.
ޒައިބާ ކޮޓަރިއަށް ވަތްގޮތައް އޮތީ އެނދު މަތީގައި ބަންޑުން އޮވެ ރޯށެވެ. އޭނާގެ ބައްޕަ ވަކިވެދިޔަ ގޮތް އެނގުމުން ޒައިބާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކުރުވާފައެވެ. އަސްމާގެ ކުރިމަތީ ރުޅިވެރިކަން އިސްކޮށްގެން ހުއްޓަސް އޭނާއަށް ކިރިޔާ ހުރެވުނު ކަމެވެ. އެއީ އޭނާގެ ސަބަބުން ވީ ކަމެކޭވެސް އެއްބައި ފަހަރަށް ޒައިބާގެ ހިތައްއަރައެވެ. ނަމަވެސް ޒައިބާ އޭނާގެ ހިތަށް ހަމަޖެހުމެއް ގެންނަނީ އެއީ އަސްމާ ނުދިއުމުން ވީކަމެއް ކަމުގައާއި އަސްމާ ދިޔަނަމަ މިހެން ނުވާނޭ ކަމުގައި ހިތަށް ވިސްނައިދީގެންނެވެ. ޒައިބާގެ ހިތުގައި ވަނީ އަސްމާ އާދޭތެރޭ ނަފުރަތުގެ ހުޅުކޮޅު ރޯވެފައެވެ.
އޭރު ޒައިބާ ކޮޓަރިއަށް ވަންގޮތަށް ނުނިކުންނާތީ އަސްމާ ހުރީ ކަންބޮޑުވެފައެވެ. މިހާރު ގަޑިން ތިނެއް ޖަހަނީއެވެ. ޒައިބާ ހުރީ ހެނދުނު ކެއި ދެ ރޮށީގެ މައްޗަށް ކަން އަސްމާއަށް އެނގެއެވެ. ބަނޑުހައި ވެގެން ޒައިބާއަށް ކަމެއްވެދާނެތީ އަސްމާ ހާސްވެފައި ހުރީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ޒައިބާ މެންދުރު ނުކާތީ އަސްމާ ހުރީ ޒައިބާ ނުކަނީހުން ނުކާށެވެ. އަސްމާއަށް ނުހުރެވިގެން ގޮސް ޒައިބާގެ ކޮޓަރި ތަޅުގައި ހިފާލިއެވެ. ކޮޓަރި ހުރީ ތަޅުލައިފައެވެ. ކޮޓަރީގައި ޓަކި ދިނުމަށް އަސްމާގެ އަތް އުފުލާލިއެވެ.
“ޓޮއް ޓޮއް.” ކޮޓަރީގައި ޓަކި ދިންތާ ފަސް ވަރަކަށް މިނިޓު ތެރޭ ދޮރުހުޅުވިއެވެ. ޒައިބާގެ ލޯ ވަނީ ރޮއެރޮއެ ރަތް ވެފައެވެ #. އަސްމާ ފެނުމުން ރުޅިވެރިކަން އިސްކުރި އެއްކަމަކު، ޒައިބާ ރޮއެފައި ހުރިކަން އަސްމާ އަކައް ސިއްރެއް ނުވިއެވެ. “އަ.. އާދޭ ކ.. ކާން” ޒައިބާގެ ލޯ ރަތްވެފަ ހުރިތަން ފެނިފައި ކުރި އަސަރެއްގެ ބޮޑު ކަމުން އަސްމާގެ އަޑު ނުކުތީ ކެނޑިކެނޑި ގެންނެވެ. “ހުމް..މް.. މިދަނީ..” ބަނޑުހައި ވެފައި ހުރުމުގެ ސަބަބުން ޒައިބާ ވަރަށް ފަސޭހައިން ދާން އެއްބަސްވެއްޖެއެވެ. ކިތަންމެ މަޑުން ބުނި ކަމުގައި ވިޔަސް ޒައިބާގެ އަޑު ކުރެކިފައި ހުރިކަން އަސްމާއަށް ފާހަގަވިއެވެ. ކާމް އިންއިރު ދެމީމުން ދެމެދަށް ވެރިވެފައި ވަނީ މަރުފަދަ ހިމޭން ކަމެކެވެ. އެހިމޭންކަން ފޫއަޅުވާލައި ޒައިބާ ވާހަކަ ދައްކަން ފެށިއެވެ.
(ނުނިމޭ)
4 Comments!
Comments are closed.
Varah varah reethi?…waiting for the nxt part☺️….and whn nxt
Thanx… Liyevunu haa avahakah genes dheynan
Masha Allah… Varah reethi mi part ves… Curiously waiting for the nxt part….. Keep it up….
Shukuriyya jimin