
ދަރިފުޅު-1
ހަވީރުގެ ވަގުތުގައި ހިރިމަރަދޫގެ ގޮނޑު ދޮށަށް ދިޔައީ ފިނި ވައިރޯޅި ޖެހެމުންނެވެ. އެ ހިތްގައިމު ވަގުތުކޮޅުގެ ފޮނިމީރުކަން ހާސިލް ކުރުމައްޓަކައި ކުދި ބޮޑު އެތައް ބަޔަކު ގޮނޑު ދޮށުގެ އެކި ހިސާބުތަކުގައި ތިއްބެވެ.
ގަހެއްގެ ހިޔާގަނޑު ދަށުގައި އިށީނދެ ލައިގެން އެ އިނީ އަސްމާއެވެ. އަސްމާގެ ކަޅި ހުއްޓިފައި ހުރީ އެތާ އެއްވެސް ހިޔާލެއް ފިކުރެއް ނެތި ކުޅެމުން ދިޔަ ކުޑަ ކުދިންނަށެވެ. އޭނާގެ ތުންފަތް މަތީގައި ވަނީ މާނަފުން ހިނިތުންވުމެކެވެ. އޭނާ ދެން އަތް ޖައްސާލީ އޭނާގެ ފަސްމަހުގެ ބަނޑުގައެވެ. އިރުއޮއްސެން ގާތްވުމުން އަސްމާ ގެއަށް ދާން ހިނގައިގަތެވެ.
ހަލުވި މިނެއްގައި ދުވަސްތައް ފާއިތު ވަމުން ގޮސް އަސްމާގެ ބަނޑަށް ނުވަމަސް ފުރިއްޖެވެ. އަސްމާގެ ފިރިމީހާގެ ފަރާތުން ދިޔައީ އަޅާލުމާއި އޯގާތެރިކަމާއި އެހީތެރިކަން ލިބެމުންނެވެ.
މެންދަމު ދޭއް ޖެހީއެވެ. އަސްމާއަށް ހޭލެވުނީ ބަނޑުގައި ރިއްސާތީއެވެ. ދެން އަސްމާ އޭނާގެ ފިރިމީހާ ޒާހިދަށް ގޮވިޔެވެ. ޒާހިދު އަވަސްވެގަތީ އަސްމާ ސިއްޙީ މަރުކަޒަށް ގެންދިޔުމަށެވެ.
ގެންދިޔަތާ ގިނަ އިރެއްނުވެ ވިހެއުމުގެ ގަދަ ވޭނަށްފަހު އަސްމާ ވިހެއީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. އެކުއްޖާއަށް ލިބިފައިވަނީ ޒާހިދުގެ ކަޅުކަންގަދަ ކަޅިއެވެ. އަދި އަސްމާގެ ކަޅު ރޭގަނޑެއްފަދަ ފަން އިސްތަށިގަނޑެވެ. އެކުއްޖާ ނެރުނުއިރު ދޮންކަމުން ހަށިގަނޑު ފިޔާތޮށި ކުލައެއްގައެވެ. އެކުއްޖާއަށް ނަން ދިނީ ޒައިބާގެ ނަމުންނެވެ.
ދުވަސްތައް ދިޔަގޮތްވެސް ނޭނގި ޒައިބާގެ އަމުރުން ދެ އަހަރު ފުރިއްޖެވެ. އެއްދުވަހަކު އަސްމާ ޒައިބާއަށް ބުއްތަށި ދޭން ބަލާލިއިރު ކިރުދަޅު ހުރީ ހުސްވެފައެވެ. އަސްމާ މެންދުރަށް ކައްކަންވެފަ ހުރުމުގެ ސަބަބުން ޒާހިދު ގާތުގައި ކިރުދަޅެއް ގަނެގެން ގެނެސްދޭން އެދުނެވެ.
“މިހާރު ކިރުދަޅު ގަންނަން ދިޔަތާ ކޮންއިރެއް؟ ގައިމުން އަންނަހާ އިރު ވެއްޖެ މިހާރު… ރަނގަޅަށް ވިއްޔާ ކޮންމެސް މީހަކާ ބޮޑު ވާހަކަ އަޅުވާލައިގެން ހުންނާނެ… މި ފިރިހެންވެރިން ގާތު އަވަސް ވާނޭކަމަށް ފިހާރަޔަކަށް ދާން ބުނަންވެސް ހެޔޮ ނުވާވެ…” ޒާހިދު އައުން ލަސްވެގެން އަސްމާ ކުދިކިޔަން ފަށައިފިއެވެ.
“އަ.. އަސް.. އަސްމާ..” ޖެހިގެން ހުރިގޭ އުލްފާ އަސްމާއަށް ގޮވަމުން އައިސްވަނީދުވެފައެވެ. އޭނާއަށް މާނޭވާ ލެވޭވަރުން ރަނގަޅަށް ވާހަކަވެސް ނުދެއަކެއެވެ. “އެއްކަލަ އުލްފާ، އަންނާނެ ހަމަ ރޭހުގަ، މީގެން ފެންފޮދެއް ބޯލާފަ ތަންކޮޅެއް ހަމަޖެހިގެން ތިކިޔާ އެއްޗެއް ކިޔާބަލަ” އުލްފާއަށް ފެން ތައްޓެށް ދިއްކޮއްލަމުން އަސްމާ ބުންޏެވެ. އުލްފާ އަސްމާ ދިން ފެންތަށި ތުންޖެހިގޮތަށް އެއްނޭވައިން ހުސްކޮއްލިއެވެ.
“އަސްމާ، ޒާހިދު…” އުލްފާއަށް އޭނާ ބުނަން އުޅުން އެތި ފުރިހަމައެއް ނުކުރެވުނެވެ. “ޒާހިދު ކިހިނެތްވީ؟؟؟ އުލްފާ ބުނެބަލަ، އަހަރެން ހާސްވާން ފަށައިފި މިހާރު” އުލްފާގެ ކޮނޑުގައި އަތް ބާއްވާލަމުން އަސްމާގެ ފުރިހަމަ ސަމާލުކަން އުލްފާއަށް ދިނެވެ. “ޒާހިދު އެކްސިޑެންޓު ވެއްޖެ” “ކީކޭ؟؟؟ އަހަރެންނަށް މި އިވުނީ ރަނގަޅަށްތަ؟” އަސްމާއަށް އެޚަބަރު އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. “އާން… ރަނގަޅަށްތި އިވުނީ” އުލްފާ ޔަގީންކަންދިނެވެ. އަސްމާ ހުރީ ގަބުކައިފައެވެ. “ޒާހިދު އެބައޮތް ސިއްހީ މަރުކަޒުގައި، ހިނގާ އަވަހަށް ދާން” އުލްފާ އަސްމާގެ އަތުގައި ހިފަމުން ބުންޏެވެ. “އެކަމަކު ޒައިބާ އެކަނި ދޫކޮށްލާފައި އަހަރެން ކިހިނެތް ދާނީ؟” އަސްމާ ޒައިބާ މަތިން ހަނދާން ވެގެން ސުވާލުކުރިއެވެ. “ޒައިބާ ބަހައްޓާ އިހަށް އަހަރެން ގޭގަ… މަންމަ އުޅޭނެ ޒައިބާ ކައިރީ..” ޒައިބާ އުލްފާ ގެއަށް ލައިފާ އެދެމީހުން މިސްރާބުހުރީ ސިއްހީ މަރުކަޒާ ދިމާއަށެވެ.
އަސްމާމެންނަށް ދެވުން އިރު ޒާހިދު އޭނާގެ ފަހު ނޭވާ ލަނީއެވެ. އެވަގުތު ކޮޅުގައިވެސް އަސްމާ ފެނުމުން ޒާހިދު ހިނިތުންވެލިއެވެ. ހިތްވަރުކުރާށޭ ބުނާފަދައެވެ. އަސްމާއަށް އޭނާގެ ކަރުނަތައް ހިފަހައްޓާލެވުނީ މިހިސާބަށެވެ. ލޮލަށް ޖަމާވެފަހުރި ކަރުނަތައް އޭގެ މަގާމް ދޫކޮށް ފައިބައިގެން ދިޔައެވެ. އަސްމާ އެހުރިގޮތަށް ހުރެފައި ރޯން ފަށައިފިއެވެ. އުލްފާ ދިޔައީ އަސްމާ މަސަލަސް ކުރެވޭތޯ ބަލަމުންނެވެ. އުލްފާވެސް ހުރީ ވަރަށް ދެރަވެފައެވެ. ވަކިވެގެން ދިޔައީ ހިތްހެޔޮ އަވައްޓެރިއެއް ވިއްޔާއެވެ.
އަސްމާ ހުރީ ރޮއެރޮއެ ވަރުބަލިވާން ކައިރިވެފައެވެ. އަސްމާ އެގޮތައް އެއްޗެއް ނުކައި ނުބޮއެ އެހެން ހުންނަތާ އެއްދުވަސް ވަނީއެވެ. ޒައިބާއަށް އަޅާލައި ހަދަނީ އުލްފާއެވެ. އަސްމާއަށް ހިތްވަރުދީ ހަދަން އުލްފާ ކޮންމެ ދުވަހަކުވެސް އެގެއަށްދެއެވެ. “ތިހެން އެއްޗެއް ނުކައި ނުބޮއެ އުޅެނިކޮށް ބަލިވެދާނެ އަސްމާ… އަސްމާ މިހާރު ވިސްނަން ވާނެ ޒައި އާދޭތެރޭވެސް… އެކުއްޖާއަށް ކިހާ އަސަރެއް ކުރާނެ އަސްމާ ތިހެން އުޅެންޏާ…” އަސްމާ ކުއްލިއަކަށް ތެދުވީ ޒާހިދުގެ ވަޞިއްޔަތް ހަނދާން ވުމުންނެވެ.
*******
ޑޮކްޓަރު ނުކުތްތަން ފެނިފައި އަސްމާ ޑޮކްޓަރު ކައިރިއަށް ދިޔައެވެ. “ޑޮކަޓާރ… ޒާހިދު..؟” “މީ ހިތްވަރު ކުރަންވީ ވަގުތު.. ކޮންމެ މީހަކާވެސް މަރު ބައްދަލުކުރައްވާނެ… އަހަރެމެން އިންސާނުން ޖެހޭނީ ކެތްތެރިވާން… އަދި އެއްވާހަކަ.. ޒާހިދު މިދުނިޔެއާއި ވަކިވެގެން ދިޔައީ އޭނާގެ ދަރިފުޅު ޒައިބާއަށް ރަނގަޅަށް ބަލަން ވަޞިއްޔަތްކޮށްފަ..” އަސްމާއަށް ހިނިތުންވުމެއް ދީފައި ޑޮކްޓަރު ހިނގައިގަތީ އޭނާގެ ކެބިންއާ ދިމާއަށެވެ.
********
“ޒައިބާ ކޮބާ؟” ލޮލުން ކަރުނަތައް ފުހެލަމުން އަސްމާ ސުވާލު ކުރިއެވެ. “ޒައިބާ އަހަރެން ގޭގަ.. މިވަގުތު އޮތީ ނިދިފައި”
(ނުނިމޭ)
8 Comments!
Comments are closed.
Woooowww … vrh rythi ma sha allah
Wating fr next …
Stay home
Stay safe
?❤?
Shukuriyya ☺️ stay home stay safe
Wowww….varah varah reethi?…..waiting for the nxt…whn nxt?…waiting..lysm…stay safe…
Shukuriyya ☺️ aneh bai liyevunu haa avahakah genes dheynan ? lysm… Stay home stay safe
Reethivaane hanhevayy vaahaka
Shukuriyya liyaa
Wow.. v reethi mi prt.. mi vaahaka v reethi vaanehwn hyvey.. waiting fr the nxt
Thanx samra. Next part Insha Allah vrh avahah genes dheynan