ދެބަފައިން ގިނިހިޔާ ރަށަށް ދާން އުދުއްސައިގަތުމުން ދެމައިން ތިބިތަނުން ތެދުވުނެވެ. އެމަންޒަރު ބަލަން އާޝޯޚުވެފައި އިން ސުމައްޔާ އޭނާގެ މަންމައާ ސުވާލުކުރަން ފެށިއެވެ. ” މަންމާ އަހަރެންގެވެސް އެހަކަލަ ރީތި ވަރައެއް ހުރޭތަ..” “އާނ! ދަރިފުޅާ އަހަރެމެން ނަސްލުގައި އެންމެންގެވެސް ވަރައެއް ހުންނާނެ.. އެކަމަކު އެކި މީހުނަށް ލިބިފައި ހުންނާނީ އެކިކަހަލަ ވަރަ.. ބައްޕަގެ އެހުރި ވަރައަކީ ދަރިފުޅުގެ ކާފަގެ ނަސްލުން ލިބިފައި ހުރި ވަރައެއް.. ދަރިފުޅަށް އަދި ފަހުން ހުރިހާ އެއްޗެއް އެނގޭނެ..” އާސިޔާ އޭނާގެ […]
އެއާއި ޖެހިގެން އައި ރޭ އުޝާއާއި ޔަނާލް ކުރިން ރޭ ފަދައިން ކަޅުކުލައިގެ ހުޑީއާއި ޖީންސްލައިގެން މާސްކާއި އަންގި އަދި ލެންސްވެސް ލައްވައިގެން ލިހާންމެންނާއި އެކު ކާރުގައި ދިޔައެވެ. މިފަހަރު އުޝާއާއި ޔަނާލް ވަތީ ލިހާންމެން ވަތް ފަހުންނެވެ. އެމީހުން ވަދެފައި މެސެޖް ކުރުމުން ޔަނާލް ހިނގައިގަތީ އެބިލްޑިންގެ ފަހަތަށެވެ. ޔަނާލް އެކޮޅަށް ގޮސް އުޝާއަށް ހަނާއަޅާލުމުން އުޝާ އެދިމާލަށް ހިނގައިގަތީ މަގު އެއްކޮށް ސްކޭން ކޮށްލުމަށްފަހުއެވެ. އެއަށްފަހު ޔަނާލް ކައިރީ ހުއްޓިލިއިރު ޔަނާލް އެ އިމާރާތުގެ […]
ރާނީގެ ހުރިހާާ ޚިޔާލުތައް ގޮސް ހުއްޓިފައި ވަނީ އޭނާގެ އެހިތްދަތި މާޒީއަށެވެ. މަންމައާއި ވަކިވުމަކީ ކިހާވަރެއްގެ ކަމެއްކަން މިއަދު އޭނާއަށް އިޙްސާސް ކުރެވުނެވެ. އެހެނަސް މިއަދު ކުރާނެ ކަމެއް ނެތެވެ. އެމަންމަ މިދުނިޔެއާއި ވަކިވެގެން އެދިޔައީ ރާނީގެ އެވިޔާނުދާ އުޅުމުގެ ސަބަބުންނެވެ. ރާނީއަކީ ރަށްފުށުގެ ދިރިއުޅުމެއްގައި އުޅެމުން އައި އެރަށުގެ އެންމެ މުއްސަނދި އަދި އެންމެ ގަދަރުވެރި އާއިލާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ހަމައެހެންމެ އެންމެ ހަގު ކުއްޖާ ވެސް މެއެވެ. މައިންބަފައިންގެ ލޯބި ލިބިގެން […]
* ”އެއްވެސްއިރަކު ރަނާދެކެ ހައިނާ ލައިކެއްނުވޭ.. އަބަދުވެސް ރުޅިއައިސް ހުންނާނީ.. އެހެންވެ ދެން ކޮން ބެސްޓްފްރެންޑެކޭ ކިޔާކަށް..؟ ކައިޔަންގާތުގައި މިއަދު ވާހަކަދެއްކީމެއްނު ރަނާއޭ ކިޔައިގެން.. އެއީތަ ބެސްޓްފްރެންޑްއިން އުޅޭ ގޮތަކީ..؟ ގޮސްފަ ބެސްޓްފްރެންޑް ލައިކްވާ ފިރިހެން ކުއްޖާގެ ގާތުގައި ބެސްޓްފްރެންޑްގެ ވާހަކަދެއްކުން.. އާނ.. ރަނާއަށް ހެޔޮ ދެން.. އެއަންހެންކުއްޖާ ގަނޑު ބެސްޓްފްރެންޑަކަށް ހަދައިގެން އުޅޭ.. ދެން ހެޔޮ… ނައު ގެޓް ލޮސްޓް ޔޫ ބެކްސްޓެބަރ…!!!” ރަނާ ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. “ފައިން.. ތިއީ ހައި ނުވެސް ދަންނަ މީހެއް. […]
ނޯޓު:މި ވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގެ ބޭނުންކޮށްފައިވަނީ އަސްލު ނަންތަކެއް ނޫނެވެ. ސާދަވިލޭރޭގެ ފުރިހަމަ ހަނދުން މުޅި ފަޒާ ޖަރީ ކޮށްލިއެވެ. ދަންވަރުގެ ހަމަހިމޭންވަގުތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ މުޅިރަށަށް ފެތުރިފައިވާ ހަނދުގެ ފަނޑުއަލިކަމެވެ. އެވަގުތުކިތަންމެ ހިތްގައިމުކަމުގައިވިޔަސް ބަދިގޭގެ ބޭރު ދޮރު ކައިރީ އިން ކުޑަކުޑަ އަޔާން ގިސްލަގިސްލައިފައި ރޮނީއެވެ. އެއީ އޭނަގެ އާދައެކޭ ބުންޏަސް ގޯހެއް ނުވާނެއެވެ. ވާނީވެސް އެހެންތާއެވެ. އަޔާނަށް ހިތްފުރައި ރޮއެލެވެނީވެސް އެވަގުތުގައެވެ. […]
* “ވުޕްސް.. މާފުކުރޭ..” ހޫޑީ ލައިގެން ހުރި އެޒުވާނާ ބުނެލިއެވެ. އެމީހާގެ ހުޑްގެތެރެއިން މޫނު ފެންނަ ވަރެއްނުވިއެވެ. އަވްލީންގެ ހިތް ޝައްކާއިވަހުމުން ފުރުނެވެ. ގައިމުވެސް އެއީ އަވްލީން ދެނެފަރިތަ އަޑެކެވެ. ނަމަވެސް ޔަގީންކުރެވޭނެގޮތެއްނެތެވެ. އަވްލީން އެޒުވާނާއަށް މާފުކޮއްފައި އެތެރެއަށްވަނެވެ. އެޒުވާނާ ހުރީ އަވްލީންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެމީހާ ހުޑް ތަންކޮޅެއް މަތިކޮއްލާފައި ވިހަ ހީނލުމެއް ހީނލިއެވެ. * އަވްލީން ފަސްތަށި ވެނީލާ އައިސްކްރީމާއި ތިންވެނީލާ އައިސްކްރީމް ބަކެޓް ހިފައިގެން ކުރިއަށް ފިޔަ ވަޅެއްއެޅިއެވެ. “އޭތް ވާރޭގެޕަރީ…” ކުއްލިއަކަށް […]
ސުމައްޔާވެސް އޭނާގެ ދެތިން އެކުވެރިންނާއެކު ބޭރު ތެރޭގައި އުޅެމުންދިޔައެވެ. މައިންބަފައިން ގެއާ ދުރަށް ނުދަން ބުނެފައި އޮންނާތީ އޭނާގެ އެކުވެރިންނާ އެއްކޮށް ގެއާ އެންމެ ކައިރިން ފޭބެން އޮންނަ އަތިރިމަތީގެ ގަހެއްހެ ގޮފިގަނޑެއްގައި ވާހަކަ ދައްކާލަން ތިއްބެވެ. ” ސުމީ.. ބައްޕަމެން ނޫޅޭތަ ސުމީ މީހަކާ ކާވެނި ކުރުވަން.. އަހަރެން މިހެން މިބުނީ އަހަރެމެން ތެރެއިން ގިނަ ކުދިންނަށް ވިހި އަހަރު ވާތަނުން މައިން ބަފައިން ކޮންމެވެސް މީހެއް ހޯދާފައި ކައިވެނި ކުރުވާނެ.. އަހަރެމެންނާ އެކު އުޅުނު […]
* ގުރްއާނުގެ މާތް ކަލިމަތަކުން ހޯލްތެރެ ގުގުމާލުމާއެކީ އެންމެން މަޑުވިއެވެ. ގުރްއާން ކިޔަވާ ނިމުމުން ހުށައަޅައިދޭން ހުރި ކުއްޖާ ޕްރިންސިޕަލް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ދިނެވެ. ކަޅު ކުލައިގެ ޓަކްސީޑޯގެ ޓައީ ރީތިކޮއްލަމުން ޕްރިންސިޕަލް ސްޓޭޖަށް އެރުއްވިއެވެ. ދެތިން ކަރުކެހެލުމަކަށް ފަހު ޕްރިންސިޕަލް ހިނިތުންވެލާފައި އައިސް ތިބި އެންމެންނަށް މަރުހަބާގެ ފަށުވި ބަސްކޮޅެއް އިއްވާލިއެވެ. “އާދެ.. ހިނގާ ހުރިހާ އާ މުވައްޒަފުންނަށް މަރުހަބާ ދަންނަވާލަމާ..” ޕްރިންސިޕަލް ގޮވާލިއެވެ. ”އިސްމާއިލް ކައިޔަން..، މަރިޔަމް އަވްލީން އަލީ..، ހައްވާ ހައިނާ […]
* “އެންމެ ރަނގަޅު… ކަލެއަށް އިތުބާރު ކުރާނަން.. ކޮބާ ޕްލޭނަކީ..؟؟ މަ މި ވިސްނަނީ ކަލެއަށް އެ އަންހެން ކުއްޖާގަނޑު އެނގޭކަމަށް އިނގޭ…! ދެން ކިޔާބަލަ.. މަށަށް އެހީ ވާނަންދޯ..؟” ރަނާ ގޮތެއް ނިންމީ ވިސްނާވެސް ނުލައެވެ. “އެކަމަކު ހަމަ އެންމެ ކަމެއްގެ މަތިން…” އެ ޒުވާނާ ބުނެލިއެވެ. * ގާގަނޑު މައްޗަށް އެރުމަށްފަހު ކައިޔަން އަވްލީންއަށް އަތް ދިއްކޮއްލިއެވެ. އެއަތަށް ބަލާލާފައި އަވްލީން ނުހިފަން ހުރެފައި ވެސް ހިފިއެވެ. ދެމީހުން ވެސް ވިނަގަނޑު މަތީގައި އިށީނެވެ. […]