Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

އެކުއްޖާ 10

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
May 16, 2020 6 Mins Read
3 Comments

* ގުރްއާނުގެ މާތް ކަލިމަތަކުން ހޯލްތެރެ ގުގުމާލުމާއެކީ އެންމެން މަޑުވިއެވެ. ގުރްއާން ކިޔަވާ ނިމުމުން ހުށައަޅައިދޭން ހުރި ކުއްޖާ ޕްރިންސިޕަލް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ދިނެވެ. ކަޅު ކުލައިގެ ޓަކްސީޑޯގެ ޓައީ ރީތިކޮއްލަމުން ޕްރިންސިޕަލް ސްޓޭޖަށް އެރުއްވިއެވެ. ދެތިން ކަރުކެހެލުމަކަށް ފަހު ޕްރިންސިޕަލް ހިނިތުންވެލާފައި އައިސް ތިބި އެންމެންނަށް މަރުހަބާގެ ފަށުވި ބަސްކޮޅެއް އިއްވާލިއެވެ. “އާދެ.. ހިނގާ ހުރިހާ އާ މުވައްޒަފުންނަށް މަރުހަބާ ދަންނަވާލަމާ..” ޕްރިންސިޕަލް ގޮވާލިއެވެ. ”އިސްމާއިލް ކައިޔަން..، މަރިޔަމް އަވްލީން އަލީ..، ހައްވާ ހައިނާ ވަހީދު.. އަދި ފާތިމަތު ރަނާ…” ޕްރިންސިޕަލް އެހެން ގޮވާލުމުން ކައިޔަން ހީވީ އިދިފުށަށް ޖަހާލާ ވައްޓާލި ހެންނެވެ. ”ރަނޫ..؟” ހައިނާވެސް ވަށައިގެން ހޯދާލިއެވެ. “އައިމް ހިޔަރ..” ފަހަތުން ރަނާގެ އަޑުޖެހުނެވެ. “ރަނޫ..؟!؟!؟!” ކައިޔަންގެ ދޫ ބުރިވި ފަދައެވެ. *

ސްޓޭޖަށް އަރާފައިވެސް ކައިޔަންއަށް ހުރެވުނީ ބަހެއްބުނަން ނޭނގިފައެވެ. ރަނާ ސްކޫލަށް ވަންނަނަމަ ކައިޔަންއަށް އަންގާނުލީ ކީއްވެބާވައެވެ.؟ ރަނާ ކުރިން މަސައްކަތް ކުރި ކޮސްމެޓިކްސް ފިހާރައިގައި މައްސަލައެއް ޖެހުނީ ބާވައެވެ.؟ އެކަހަލަ ޖަވާބެއްނެތް އެތައް ސުވާލެއް ކައިޔަންގެ ހިތުގައި އުފަން ވަމުން ދާންފެށިއެވެ.

އެސެމްބްލީ ނިންމާލުމުން ކައިޔަން ރަނާގެ އަތުގައި ހިފާ ގާތަށް ދަމައިގަތެވެ. “ރަނޫ ކީއްވެ ތިއައީ..؟” ކައިޔަން ސުވާލު ކޮއްލިއެވެ. “ރަނޫ އައީމަ ކައި ވާންވީ އުފަލެއްނު.؟ ކީއްވެ ރުޅިން ތިހިރީ..؟” ރަނާ ވެސް ކޮއްލީ ރަނގަޅު ސުވާލެކެވެ. ހަގީގަތުގައި ރަނާ އައުމުން ކައިޔަން ވާންވީ އުފަލެވެ. ނަމަވެސް ކައިޔަން މިހާރު އޭނާގެ ހިތާއިއެއް ކޮޅެވެ. އަވްލީންއާއި ދޭތެރޭ ދެކެވުނު ނަޒަރު ބަދަލުވެއްޖެއެވެ. އެކުވެރި ވެވިއްޖެއެވެ. ކައިޔަންގެ ހިތުގައި އަވްލީންގެ ސޫރަ ފެވިއްޖެއެވެ.

“އޯހް.. ރުޅިންތަ މިހުރީ..؟ ކިހާ އުފަލުން މިހުރީ..؟” ކައިޔަން މޫނުމަތިން ކުރީގައި ހުރި ގޮތް ކަނޑާލާފައި އުފާވެފައިވާގޮތް ދައްކާލިއެވެ. އެ މޫނަށް ބަލާލުމުންވެސް އެއީ ކިހާ ފޭކު ހިނިތުންވުމެއް ކަން ޔަގީންވާނެއެވެ. “އޯހް.. ރަނޫ މިއައީ.. ހައީ…!! ހައިގެ ގާތަށް.. ކައިގެ ގާތަށް ޓޫ… އެންމެން އެކީގައި މަސައްކަތް ކުރީމައި ކިހާ މަޖާވާނެ..؟ އިކޫގާތު ހައި ބުނެބަލަ ސްކޫލަށް ޖޮބަށް އަންނާށޭ.. އެންމެން އެކީގައި ސްކޫލްގައި އުޅެންދޯ..؟؟” ރަނާ ކައިޔަންއާއި ހައިނާގެ ކޮނޑުގައި އަތް އަޅުވާލި ގޮތަށް ދެކޮޅުން ދެމީހުން ގެނެސް ގަޔާލާ ބޮނޑިކޮއްލިއެވެ. “ކައި ޔޫ އާރ ދަ ބެސްޓް..!” ރަނާ އެހެން ބުނެލީ ކައިޔަންގެ ކޯތާފަތުގައި ތުންފަތް ޖައްސާލަމުންނެވެ. އެހެން ހެދުމުން ރަނާ ޖައްސައިގެން ހުރި ރަތް ލިޕްސްޓިކްގެ ނިޝާން ކައިޔަންގެ ކޮލަށް އަރާފައިވެއެވެ.

އަވްލީން ހުރީ ވާނުވާ ނޭނގިފައެވެ. ލަދުވެސް ގަނެފައެވެ. އައިފަހުން ކައިޔަންއަކީ އެންމެ ގާތް އެކުވެރިޔެއްގެ މަގާމު ދެވިފައިވާ ފަރާތަށް ވިޔަސް ކައިޔަން ރަނާގެ އެއްވެސް ވާހަކަ އެއް ދައްކާފައެއް ނުވެއެވެ. މުޅިންވެސް ދައްކާނީ އިކުވާން ހައިނާ އަދި ޔޫޝުއަލްގެ ވާހަކައެވެ. ރަނާ ލައިގެން ހުރީ ގަޔަށް ފިޓްފިޓްކޮށް ހުރި ރަތް މަރމެއިޑް ހެދުމެކެވެ. ގަޔަށް ބާރުކަމުން ހީވަނީ ދެންމެދެންމެއަކުން ފައްޗަކުން އަޑު ކިޔައި ނޫނީ ހެދުން ވީދައިގެން ހިނގައިދާނެ ހެންނެވެ.

ބުޅި އިސްތަށިކޮޅު ތަކުގައި ކުދިކުދި މާ ކޯނިތަކެއް ހަރުކޮއްލާފައިވެއެވެ. އަރައިގެން ހުރި ކަޅު ހައިހީލްގެ ކަށި ފަސް ސެންޓިމީޓަރަށް ވުރެ ކުރެއް ނުވާނެއެވެ.

ރަނާގެ އަތުން ދެމިގަންނަމުން ކައިޔަން ހުއްޓިލީ އަވްލީންގެ ގާތުގައެވެ. ރަނާ ކައިޔަންގެ ގާތަށް އަޔަ ނުދޭން އެދުނު ފަދައެވެ. ކައިޔަންގެ ދެލޮލުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. އަވްލީން އެއް ފަހަރު ކައިޔަން އަނެއް ފަހަރު އަވްލީންގެ މޫނަށް ބަލާލާ ބަލާލާ ހުރީއެވެ. ބުނާނެ އެއްޗެއް ދުލު ކުރިއަށް ނައިސްގެންނެވެ.

ރަނާ ބުމަ ގާތްކޮއްލަމުން މަސްނޫއީ ހިނިތުންވުމަކުން ހިނިތުންވެލިއިރު މޫނު މަތީގައި ވިހަ ގޮތެއް ހުއްޓެވެ. ކައިޔަން އާއި ހައިނާ އެގަޑީ ދެއްކި ވާހަކަތައް ކިތަންމެހާވެސް ރަނގަޅަށް ރަނާއަށް އަޑު އިވުނެވެ. އަވްލީންދެކެ ރަނާ އައި ރުޅިވީ އިތުރަށް ގަދައެވެ. ރަނާގެ ނަޒަރުގައި އަވްލީންއަކީ ރީތި އަންހެން ކުއްޖެއްގެ ސިފަ ޖެހިގެން ހުރި ވިހަގަދަ ހަރުފައެކެވެ. އެންމެފަހުން ހައިނާގެ ގަޔަށްވެސް ވިހަލީއެވެ. “އިން ލޭންޑް ޓައިޕެން އަކަށް އެ ވިހަގަދަ ހަރުފަ ދައިތަ ދުލެއް ނުކުރާނެ..!” ކައިޔަން އަވްލީންގެ ގާތަށް ޖެހިލުމުން ރަނާގެ ހިތް ހަސަދައިގެ އާވިން ކެކެން ފެށި ކަހަލައެވެ.

ރަނާއަށް އަވްލީންގެ ނަން އެނގުނީ ވެސް ދާދި ދެންމެއެވެ. ނަމަވެސް އަދި ފެށުނީއެވެ. ޔަގީނުންވެސް ހައިނާގެ ހިތް އަނބުރާ ނުލެވުނަސް ކައިޔަންގެ ހިތް ގަދަކަމުންވެސް އޭނަޔާ ދިމާލަށް ލަންބާލާނެއެވެ. އެވަރު ނުވަނީސް އޭނައާއި ދިމާލަށް ފާތިމަތު ރަނާއެކޭ ނުކިޔާނެއެވެ. އަވްލީންގެ އެ ދެލޮލަށް ބަލާލާފައި ރަނާ ޔަގީން ކުރީ އެއީ ލެންސެއް ކަމަށެވެ. ވެނީލާ އައިސްކްރީމް ކޮޅެއްހާ ދޮން މޫނު ރަނާގެ މޫނާއި އެއްވަރަކަށް ދޮންވިޔަސް އެ މޫނު މާ އޮމާނެވެ. އަވްލީން ދޭތެރެ ދޭތެރެއިން ކައިޔަންއާއި ބަދަލު ކޮއްލާ އެ ރީތި ހިނިތުންވުމަކީ ރަނާއަށް ދުވަހަކު ވެވޭނެ ހިނިތުންވުމެއް ނޫނެވެ.

ވާނީވެސް އެހެންނެވެ. ރަނާގެ އެ ރުޅިގަދަ ރުންކުރު މިޒާޖުގެ ސަބަބުން ރަނާ އަބަދު ހުންނާނީ ތުން ދަމައިގެންނެވެ. އެއާއި ޚިލާފަށް އަވްލީންގެ މަޑުމައިތިރި ހިތްހެޔޮ މިޒާޖުގެ ސަބަބުން އަވްލީން އަބަދު ހުންނަނީ ހީނލައިގެންނެވެ.

“މިއީ ކާކު..؟” އަވްލީންއަށް އިޝާރާތް ކޮއްލަމުން ރަނާ އެއްސެވެ. ”ރަނާ މިއީ އަވްލީން.. އަވްލީން މިއީ ރަނާ.. އަހަރެންގެ އެކުވެރިއެއް..” ކައިޔަން ބުނެލިއެވެ. ރަނާއަކީ ހަމައެކަނި އެކުވެރިއެކޭ ބުނުމުން ރަނާ ހިތްހަމައެއް ނުޖެހުނެވެ.

”ބުނަން… ކައިޔަންއާއި ރަނާއަކީ އެންމެގާތް އެކުވެރިން.. އަވްލީންއާއި ކައިޔަން މަސައްކަތް ކުރަނީ އެއް ސެކްޝަނެއްގައިކަމަށް ޕްރިންސިޕަލް ބުނުއްވީ..” އަވްލީންއާއި ގާތްވުމަށް ރަނާ ރާވާލިއެވެ. އެ އަންހެން ކުއްޖާގަނޑު ކައިޔަންގެ ހަޔާތުން ދުރަށް ފޮނުވާލެވޭނީ އެކުއްޖާ ގާތްކޮއްލައިގެންނެވެ. އެހެން ކަމުން ރަނާ މަތިއޮމާންކޮއްލިއެވެ.

“ލައްބަ… އަޅުގަނޑާއި ކައިޔަން މަސައްކަތްކުރަނީ އެއްސެކްޝަނެއްގައި… ވަރަށް އުފާވެއްޖެ ކައިޔަން ގެ ގާތްއެކުވެރިޔަކާއި ދިމާވުމުން..” އަވްލީން ވާހަކަދެއްކީ ނުހަނު ރީއްޗަށެވެ. އަވްލީން ވަރަށް ގާތް އެކުވެރިއެކޭ ބުނިގޮތް ރަނާއަށް ސިފަވީ މަލާމާތެއްގެ ގޮތުގައެވެ. “އޯހް.. ޕްލޭއިންގ ނީޓް ތާ..؟ ވެލްޑަން.. ކަލޭ މާ މޮޅުވެލައިގެން ނޫޅޭތި.. ހަޔާތަށް އަންނަން އޮތް ކޮޅިގަނޑު ނުފެނިގެން ތިއުޅެނީ..” ރަނާ ހިތާހިތުން ކިޔާލިއެވެ.

“އަވް ހިނގާދާން.. މިހާރު އައިސްކްރީމް ސްޓޯލް ހުޅުވާވަގުތު ޖެހެނީ..” ކައިޔަން ފަހަތަށް އެނބުރި ލަމުން އަވްލީންގެ އެމަޑުމަޑު އަތްތިލައިގައި ހިފާލިއެވެ. އަވްލީން ކުޑަކޮށް ހާސްވިއެވެ. ރަނާގެ ވާހަކަ ތަކުން ކައިޔަންއާއި ރަނާގެ މެދުގައި ވަނީ އެހެންކަހަލަ ގުޅުމެކޭ އަވްލީންގެ ސިކުނޑި ވިސްނައިދެމުން ދިޔައެވެ. ނަމަވެސް ކައިޔަން އަވްލީންގެ އަތުގައި ހިފާލުމުން ލިބުނު ހިތްހަމަޖެހުން ބަޔާންކޮއްދޭން ދައްޗެވެ. އަވްލީން ކުޑަކޮށް ހިނިތުންވެލުމުން ކައިޔަންގެ ހުރިހާ ހާސްކަމެއް ފިލައިގެން ދިޔައެވެ. ކައިޔަންގެ ތުންފަތަށްވެސް ވެރިވީ ނުހަނު ރީތި ހިނިތުންވުމެކެވެ. އަވްލީންގެ އަތްތިލައަށް ކުޑަކޮށް ފިތާލަމުން ކައިޔަން އެނބުރުނެވެ.

އަވްލީން މަޑުމަޑުން ހިނގައިގަތެވެ. “އެންޑް ބައިދަވޭ.. ކައީ.. ބުނެލަން އެބައޮތޭ ވާހަކައެއް.. ހައިއާއި ރަނޫ މަސައްކަތް ކުރަނީ އެއް ސެކްޝަނެއްގައި..” ރަނާ ބުނެލިއެވެ. ކައިޔަން ފަހަތަށް ބަލާވެސް ނުލާ އޯކޭއޭ ބުނެ ބޯ ޖަހާލިއެވެ. “ވެލްޑަން ގަރލް..” ރަނާ އަށް ހިތުތެރޭގައި އެތައްހާސް ކަމެއް ރޭވެމުން ދިޔައެވެ. ރަނާއަށްވެސް ނޭނގުނީ އެ މަންޒަރު ބަލަން އެތަނުގައި އެ ޒުވާނާ ހުރިކަމެވެ.

އައިސްކްރީމް ސްޓޯލަށް ދެވުނުއިރު ވަރުގަދަ ކިޔޫއެއް ދެމިލާފައި އޮތެވެ. “ވޯވް.. ވޯވް..” ކައިޔަންއަށް ބުނެވުނެވެ. “ހުރިހާ އެންމެންވެސް އައިސްކްރީމް ބޯހިތްވޭތާ..” އަވްލީން ހިނިތުންވެލިއެވެ. އަދި ވޫލް ކޮޅަކުން އިސްތަށިގަނޑުގައި ބޮޑު ހުޅިއެއް ޖަހާލިއެވެ. އަވްލީން ސްޓޯލްގެ ތެރޭގައި ފަތްޖަހާ ލާފައިވާ އޭނާގެ އޭޕްރަން ނެގިއެވެ. އަދި އަޅަން އުޅުނެވެ. ފަހަތުގައި އައްސަން ހުރި ވާކޮޅަށް ދަމާލި ތަނާހެން ބާރު ކަމެއް އިހުސާސްވީ ދެނެވެ. އޭގެ އައްސާ ވާކޮޅު ތަނެއްގައި ތާށިވީއެވެ. “މަންމާތް..” އަވްލީން އަށް ބުނެވުނެވެ. “ކިހިނެތްވީ..؟” އަވްލީން އެހެން ބުނެލާއިރަށް ކައިޔަން ހުރީ ދިމާ ކުރިމަތީގައެވެ. ހީވީ ސައިކުރައަކުން ނެރުނު ޖީނީއެއް ހެންނެވެ. ”ތާށި ވެއްޖެ.. ވަޓް ވިލް އައި ޑޫ…؟” އަވްލީން ހާސްވެގެން ތެޅެނީއެވެ. އެހާ ކުޑަ ކަމަކާއި ހުރެ އަވްލީން ހާސްވުމުން ކައިޔަންގެ ގާތަށް އައީ ހިންޏެވެ.

”އީޒީ.. އީޒީ އަވް..” ކައިޔަން އެނައްޓަން ގުދުވެލިއެވެ. ނަމަވެސް ސްޓޯލްތެރެ އަތުރާލާފައިވާގޮތުން ދެފަރާތުން އެނެއްޓޭކަށެއްނެތެވެ. ކައިޔަން އަވްލީންގެ ކުރިމައްޗަށް އަރާ ކަރުދޮށަށް ގުދުވެލިއެވެ. އަވްލީންއަށް ލޯ މަރާލެވުނެވެ ކައިޔަން އެހާގާތުގައި ހުރުމުން ހާސްވިނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ހާސްކަން ފިލައިދިޔައެވެ. ކައިޔަންގެ ނޭވާ އަވްލީންގެ ކަރުދޮށަށް އެޅެމުންދިޔައެވެ. އަވްލީންގެ ތުންފަތް ފޭވެގެން ދިޔައީ ހިނިތުންވުމަކުންނެވެ. ބޮޑާވެފައި ހުރުމުގެ ހިނިތުންވުމެއް ނޫނެވެ. ހިތްހަމަ ޖެހުމުގެ ރީތި ހިނިތުންވުމެކެވެ.

ކައިޔަން މަޑުމަޑުން އަވްލީންގެ އޭޕްރަންގެވާކޮޅު ނައްޓައިދިނެވެ. ”އައްސަދެންތަ..؟” ކައިޔަން މަޑުން އެއްސެވެ. “ތޭންކްސް.. ހީރޯ..” އަވްލީން ލުއިގޮތަކަށް ބުނެލިއެވެ. “ހްމްމް.. ތަންކޮޅެއް ކައިރިއަށް އައިސްބަލަ.. އޭރުންނެއްނު އެއްސޭނީ…” ކައިޔަން ބިންމަތީގައި ދެކަކޫ ޖަހާލައިގެން އިށީންގޮތަށް އަވްލީންގެ އުނަގަނޑުގައި ހިފާ ކައިޔަންގެ ގާތަށް ދަމާލީ އަވްލީން އެއްޗެކޭ ނުބުނަނީހެވެ. އަވްލީން ދެއަތް ދަމާލިއެވެ. ކައިޔަން މަޑުމަޑުން އަވްލީންގެ އުނަގަނޑުގައި އަތްވަށާލިއެވެ. ވާކޮޅު އައްސަދޭންވެގެންނެވެ.

ކައިޔަންއަށް އެހިނދުކޮޅުގެތެރޭގައި އަވްލީންގެ އެބައްޓަމަށް ތައުރީފު ކުރެވުނެވެ. އެހާރީތި ބައްޓަމެއް ލިބޭނީ ކާކަށް ބާވައޭ ކައިޔަންގެ ހިތަށް އެރިއެވެ. އަވްލީންގެ ހިޕްސް ހުރީ ހަށިގަނޑާއި ގުޅޭވަރަށެވެ. އަލުން އެ އޭޕްރަންގެ ވާކޮޅު އެތަނުގައި ތާށިވޭތޯ ކައިޔަންއަށް ދުއާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ.

”އައިސްކްރީމް ސްޓޯލް ހުޅުވީ..! ކޮން ވައްތަރެއްގެ އައިސްކްރީމެއް ބޭނުމީ..؟ ޗޮކްލެޓް ސްޓްރޯބެރީ އަދި ވެނީލާވެސް އެބަހުރި..” ކައިޔަން އައިސްކްރީމް ސްޓޯލްގެ ފޮތިގަނޑު ކަހާލަމުން ގޮވާލިއެވެ. “އަޅުގަނޑު ޗޮކްލެޓް…” ”އަޅުގަނޑު ވެނީލާ..” ”އަޅުގަނޑަށްވެސް ވެނީލާ..” ”އަޅުގަނޑު ބޭނުމީ ސްޓްރޯބެރީ..” އެކިއެކި ކުދިންތައް އޯޑަރު ދޭންފެށިއެވެ.

”ސަފު ދާނީ ހުރިގޮތަށް.. އެއް ކުއްޖަކުވެސް ސަފަށް އަރާފައި ޒުވާބު ނުކުރައްޗޭ.. އެކުއްޖެއް ބޭނުންވާ އައިސް ކްރީމެއް ސަރމެން ދޭނަން..” ކައިޔަން ބުނެލިއެވެ.

އައިސްކްރީމެއް ދިހަރުފިޔާއަށް ވިއްކާތީވެގެން ބައިވަރުކުދިން އައިސްފައިވެއެވެ. އެންމެންގެ ތެރޭގައި އެންމެ މަގުބޫލުވެފައިވަނީ ވެނީލާ އައިސްކްރީމެވެ. ކައިޔަންއަށްވެސް އެންމެ މީރު ފްލޭވަރެވެ. ”އޯވް.. ވެނީލާ ހުސްވެއްޖެ.. ފްރިޖަކުވެސް ނެތް..” އަވްލީން ބުނެލިއެވެ.
”ހެލްތް ރޫމްގެ ފްރިޖްގައިވެސް ބައެއް އައިސްކްރީމް ތަށިތައްވެސް ބަހައްޓާފައި އެބަހުއްޓޯ.. ކައިޔަން ހުންނާނަން ބާކީތިބި މީހުންގެ އޯޑަރު ތައް ނަގާދޭން.. އަވް..! އަވް ދޭ ހެލްތްރޫމްގެ ފްރިޖްގައި ވެނީލާ އައިސްކްރީމް ހުރެއްޖެނަމަ ނަގައިގެން އަންނަން..” ކައިޔަން ބުނެލިއެވެ. “ނޫން.. އަވް އޯޑަރުތައް ނަގާ.. ކައި ހިނގައިދާނަން.. އަވް ލައްވާ އެހާ ބުރަކޮށް މަސައްކަތް ކުރުވާކަށް ނުވާނެއްނު..” ދެވަނަ ސިކުންތުކޮޅުގައި ކައިޔަންގެ ޚިޔާލު ބަދަލުވިއެވެ. “އިޓްސް އޯކީ.. އެބައަންނަމޭ..” އަވްލީން ބުނެލިއެވެ. ”އޯކޭ.. ވެނީލާ އައިސްކްރީމް ބޯން ބޭނުންވާ ކުދިން އެހެން ސަފެއް ހަދާލާ..” ކައިޔަން ބާރަށް ގޮވާލިއެވެ.

“އެލަން..؟” އައިސްކްރީމް ގަނެގެން ބޮމުން ދިޔަތަނާއި ޒިވީންއާއި އަލާން ދިމާވިއެވެ. ޒިވީންގެ އަލާން ޗޮކްލެޓް އައިސްކްރީމް ބޮމުން ޒިވީންއާއި ގާތުގައި ހުއްޓުނެވެ. “ހާދަ އަވަހަކަށް..؟ ޒިވް އަނެއްކާ ކިޔޫ ބްރޭކް ކޮއްލާފައި ކުރިއަށް އެރީދޯ..؟” އަލާން އަހާލިއެވެ. ”ނޫން.. ދެން ތިހެންނެއް ނުހަދާނެއްނު..؟” ޒިވީން އައިސްކްރީމް “ތި އައިސްކްރީމް ހާދަ މީރުވާނެހެން އެބަ ހީވެޔޭ..!” ޒިވީން އަނގައިގައި ޖައްސައިގެން ހުރި ސަމްސަލަށް ބަލާލާފައި އަލާން ބުނެލިއެވެ. “އްމްމް ވަރަށް މީރު.. ވެނީލާ..!” ޒިވީން ސަމްސާ އަނގައިގެ ތެރެއަށް ކޮއްޕާލަން ފަރިވެލިތަނާ އަލާން އެ ސަމްސާގައި ބާކީ ހުރި އައިސްކްރީމްކޮޅު ބޯލީ ޒިވީންއަށް ވުރެ ކުރިންނެވެ.

އަދި ލަދުންގޮސް ދެ ކޯތާފަތް ރަތް ކޮއްލައިގެން ހުރި ޒިވީންއަށް އަލާން ރީތި ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ. “ކިހިނެތްވީތަ…؟؟ އެ ދުވަހު އެހީމައި ޒިވް އާނއެކޭ ބުނީމެއްނު..؟” އަލާން ބުނެލިއެވެ. “ދެން ދޯ..؟” ޒިވީން ތުންފަތުގައި ދަތް އަޅާލީއެވެ. “އާނއެކޭ ބުނެފައި ތިހެން ފޮރުވިގެންނެއް ނޫޅެވޭނެ އިނގޭ..!” އަލާން ޒިވީންގެ ކޮނޑަށް އަތް ވައްޓާލާފައި ގަޔާލާ ބޮނޑި ކޮއްލިއެވެ. “އެލަން..! އެލަން..! އެލަންގަނޑޫ އެހުރީ ޕްރިންސިޕަލް..!!!” ޒިވީން އެހެން ބުނެލުމާއެކީ އަލާން ޒިވީންގެ ކަރުން އަތް ދޫކޮށްލާފައި ފަހަތް ބަލާލިއެވެ. ޕްރިންސިޕަލެއް ނެތެވެ. އެއީ ޒިވީން ގަސްތުގައި ހެދި ދޮގެއްކަން އެނގިގެން އަލާން ޒިވީންއާއި ދިމާލަށް އެނބުރުނެވެ. އޭރު ޒިވީން ހޭންޑްބޯލް ކުޅޭ ފީލްޑް ގެ ގޯލްގާތު ހުރެ ބިނދި ބިނދިފައި ހެނީއެވެ.

“އައްދޭ..!!” އަލާން ޒިވީންގެ ގާތަށް ދާން ދުއްވައިގަތެވެ. ޒިވީން އެއަށްވުރެ ބާރަށް ދުއްވައިގަތެވެ. ދެ މީހުން ދުވަމުން ދިޔަ މަންޒަރު ފެނި ކައިޔަން ބޯ ހޫރާލާފައި ހިނިތުންވެލިއެވެ. އޭރު އެ ދިމާލަށް ބަލަމުން ކައިޔަންއަށް ވަނީ ކުރިމަތީގައި ހުރި ކުއްޖާއަށް ތިން އައިސްކްރީމް ތަށި ދެވިފައެވެ. ކައިޔަން އަތަށް ދިހަ ރުފިޔާ ލައިދީފައި ވަރަށް އުފަލުން އެކުއްޖާ ހިނގައްޖެއެވެ. އެހެން ކުދިންތައް އެއްފަހަރާ ހީގަތް އަޑަށް ކައިޔަންއަށް ހޭވެރިކަމެއް ވިއެވެ. ”ސާބަސް ސަރ..!” ތި ވަރު ވާކަށް ނުވާނެ..!” އެ ތަނުން އަންހެންކުއްޖެއް ވަރަށް ތުއިވެލާފައި ކައިޔަންގެ ކޮނޑުގައި ޖަހާލިއެވެ.

ސްޓޯލުން ނުކުމެފައި އަވްލީން އޭނާގެ ބޮލުގައި އަޅާފައިވާ ވެއިޓްރެސް ކެޕް ނެގިއެވެ.

އަދި މަޑުމަޑުން ހިނގާލާފައިގޮސް ހެލްތްރޫމަށް ވަންނަން އުޅެނިކޮށް އަވްލީން މީހެއްގެ ގައިގައި ޖެހި ގެން އަރިއަޅާލިއެވެ.

އަވްލީން ވެއްޓުމުގެ ކުރިން ލަތްކެއްޖަހާ ތެދުކޮށްދިނީވެސް ހަމަ އެ ޒުވާނާއެވެ. “ވުޕްސް.. މާފުކުރޭ..” ހޫޑީ ލައިގެން ހުރި އެޒުވާނާ ބުނެލިއެވެ. އެމީހާގެ ހުޑްގެތެރެއިން މޫނު ފެންނަ ވަރެއްނުވިއެވެ. އަވްލީންގެ ހިތް ޝައްކާއިވަހުމުން ފުރުނެވެ. ގައިމުވެސް އެއީ އަވްލީން ދެނެ ފަރިތަ އަޑެކެވެ. ނަމަވެސް ޔަގީން ކުރެވޭނެގޮތެއް ނެތެވެ. އަވްލީން އެޒުވާނާއަށް މާފުކޮއްފައި އެތެރެއަށްވަނެވެ. އެޒުވާނާ ހުރީ އަވްލީންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެމީހާ ހުޑް ތަންކޮޅެއް މަތިކޮއްލާފައި ވިހަ ހީނލުމެއް ހީނލިއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

އަބަދުވެސް މިހިތުގާ ވެޔޭ (18)

Next

ވާލޯބި އެނގޭނަމަ…(7)

Next
May 16, 2020

ވާލޯބި އެނގޭނަމަ…(7)

Previews
May 16, 2020

އަބަދުވެސް މިހިތުގާ ވެޔޭ (18)

3 Comments!

  1. Mint says:
    May 16, 2020 at 10:39 pm

    Alhey Yoon haadha avahey up kohdhey leh.
    V reethi mi part vx❤️❤️❤️❤️❤️
    Coment eh mi kohlee hama u ah thanks bunaa hithun.
    Keep it up dear.

  2. kylie says:
    May 16, 2020 at 11:39 pm

    dhn oi part kiyaa hithun hama keh madhu vefa mi huryy thanks ehaa avahah vaahaka up koh dheythyyve btw mi vaahaka varah reethi n mi part vx love yah

  3. Maesara says:
    June 22, 2020 at 11:51 pm

    Varah reethi

Comments are closed.

Next Episodeއެކުއްޖާ 11←


All Right Reserved!