Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކައެހެނިހެން

ްއަޔާން

Raaya Level 210 Stories100 Comments
May 19, 2020 4 Mins Read
2 Comments

 

 

ނޯޓު:މި ވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގެ ބޭނުންކޮށްފައިވަނީ އަސްލު ނަންތަކެއް ނޫނެވެ.

ސާދަވިލޭރޭގެ ފުރިހަމަ ހަނދުން މުޅި ފަޒާ ޖަރީ ކޮށްލިއެވެ. ދަންވަރުގެ ހަމަހިމޭންވަގުތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ މުޅިރަށަށް ފެތުރިފައިވާ ހަނދުގެ ފަނޑުއަލިކަމެވެ. އެވަގުތުކިތަންމެ ހިތްގައިމުކަމުގައިވިޔަސް ބަދިގޭގެ ބޭރު ދޮރު ކައިރީ އިން ކުޑަކުޑަ އަޔާން ގިސްލަގިސްލައިފައި ރޮނީއެވެ. އެއީ އޭނަގެ އާދައެކޭ ބުންޏަސް ގޯހެއް ނުވާނެއެވެ. ވާނީވެސް އެހެންތާއެވެ. އަޔާނަށް ހިތްފުރައި ރޮއެލެވެނީވެސް އެވަގުތުގައެވެ. އަޔާންގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމެވެ. ހިތާމަވެރިކަމެވެ. ތިންއަހަރުގެ އެ ތުއްތު ތުއްތު ކުއްޖާގެ ހަށިގަނޑުން ފެންނަނީ ދުވަހަކު ފިލައިގެންނުދާނޭ ވަރުގެ ބޮޑެތި އަނިޔާތަކުގެ ނިޝާނެވެ. އޭނާގެ ލޯވަނީ ލޭގަނޑުއަރައިފައެވެ. ދުޅަވެފައެވެ. ސިފަކުރަންވެސް ދަތިވާ ވަރަށް އަނިޔާކޮށްފައެވެ.

އިރުފެނުން ތޮޅެލިއެވެ. އިރުގެ ދޯދިތައް ގަސްތަކުގެ ތެރެއިން ފުރޭނިގެންއައި ވަގުތެވެ. އެރަށައަކީ މީހުން މަދު އަދި އަމާންރަށެކެވެ. މިއަމާންކަން ގެއްލިދަނީ އަޔާންގެ މަންމަ އާރިފާއަށް ހޭލެވޭތަނުންނެވެ. އާރިފާގެ ދެލޯހުޅުވޭއިރަށް އަޔާނަށް ގޮތެއް ނަހަދައެއް އޭނައަކަށް ކެތެއްނުވާނެއެވެ. އަޔާންފެންނަ ކޮންމެފަހަރަކު އާރިފާގާތަށް އަންނަނީ އަމަށަކު ރުޅީއެއްނޫނެވެ.

ކޮޓަރިން ނުކުމެގެން ބާރު ހިނގުމެއްގައި އާރިފާ މިސްރާބު ޖެހީ ބަދިގެއާއި ދިމާލަށެވެ. ދިޔަގޮތަށް ގޮސް އައިސަލަމާރި ތެރެއިން ފިނިފިނި ފެންފުޅިއެއް  ނެގިއެވެ. ލަސްފިޔަވަޅުތަކެއްގައި އާރިފާ އަޔާން ނިދަންއޮތް ގޮނޑިއާއި ދިމާލަށް ހިނގައިގަތެވެ. ފެންފުޅިމަތި ހުޅުވަމުން ލާނެތް ފާޑަކަށް ހީނލައިފައި ފެންފުޅި އަޔާންގަޔަށް އޮއްސައިލިއެވެ. ކުރު ސޯޓުބުރިއެއް ލައިގެންއޮތް އަޔާނަށް ސިއްސައިގެން ގޮސްތެދުވެވުނެވެ. އެފަދަ ދުންފިނި ވަގުތެއްގައި ފިނިފިނި ފެންއެއްޗެއް ގަޔަށްއެޅޭ ކޮންމެ މީހަކަށްވެސް ވާނީ އެވަރުކަން ޔަގީނެވެ. އަޔާން ހީކަރުވައި ގަނެގެން ތުރުތުރު އަޅަންފެށިއެވެ.

” ހެހެ… ތިހާ އަރާމުގަ ނިދަން އޮވެވޭނެކަމަށް ހީނުކުރާތި! މަށަށް ހޭލެވެއްޖިއްޔާ ކަލޭވެސް  ޖެހޭނީ ހޭލަން!” އާރިފާ ހަޅޭއްލަވައިގަތެވެ.

މަންމަގެ ލޯބިން މަޙްރޫމުވެފައިވާ އަޔާންގެ އަތުގައި އާރިފާ ޖަހައިގަތެވެ. އާރިފާގެ ލޭ ކެކެ އަރަނީއެވެ. ދެބުމަގޮށް ޖަހައިފައި ދެލޯ ބޮޑު ކޮށްލިއެވެ. އަދި ދަމަމުން ދަމަމުން  އަޔާންގެންދިޔައެވެ. ގެންދިޔައިރު އަޔާން ހުރީ ކޮޅަށްތޯވެސް ބަލައެއްނުލައެވެ. އެކުއްޖާ ގެންދިޔައީ ބިންމަތީ ކާތަމުންނެވެ. ދިޔަ ގޮތަށް ގޮސް ބަދިގެ ފަރާތު ދޮރުން އަޔާން ގެއިން ބޭރުކޮށްލިއެވެ. އޭރު އަޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހުރިތަނުން ގުޑާލަންވެސް ނުކެރިފައެވެ.

“މިއަދު ގެއަކަށް ނުވައްދާނަން! ކާކަށްވެސް ނުދޭނަން! ތިހުރިގޮތަށް ހުރޭ މިތާ!” މިހެން ބުނެފައި އާރިފާ ގެޔަށް ވަދެ ވަރަށް ބާރަށް ދޮރު ޖެހިއެވެ.

އަޔާންގެ ދުވަސް ފެށެނީ މިހެންނެވެ. އާރިފާ އަބަދުވެސް އަޔާންއާއި ދޭތެރޭ ކަންތައްކުރަނީ ރަހުމްކުޑަކޮށެވެ. އެއްދުވަހު ފިނި ފެންއެއްޗެއް ބަންޑުން ޖަހައިލައިފިއްޔާ އަނެއްދުވަހު އޮއްސާލާނީ  ހޫނު ފެންއެއްޗެކެވެ. އާރިފާ އާޔާންދެކެ ލޮތްބެއް ނުވެއެވެ.  އެކުއްޖާއަށް އަޅައެއްވެސް ނުލައެވެ. ގިނަފަހަރު ބަހައްޓަނީ ކާންނުދީއެވެ. ބޮއެލާނެ ފެންފޮދެއްވެސް އަޔާންގެ ނަސީބުގައި ނެތްކަހަލައެވެ. ކުޑަމިނުން އެކުއްޖާ ނިދަންބާއްވަނީ ބަދިގެ ތެރޭގައި އިންނަ ލަކުޑި ގޮނޑިއެއްގައެވެ. ބިންމަތީވެސް އޮށޯވިއަކަ ނުދެއެވެ. ނިދަން ޖެހެނީ ހަމަ އެގޮނޑިމަތީގައެވެ. އަލަމާރި ފުރާއި ހެދުން އޮންނައިރުވެސް އެކުއްޖަ ބަހައްޓަނީ އެ ކުޑަ ސޯޓުބުރި ލައްވާފައެވެ. ހެދުން ލައްވަނީވެސް އާރިފާ ހިތައްއެރިއްޔާއެވެ.

މިކަމުން އަޔާނަށް މިންޖުވެވެނީ އޭނަގެ ދޮންބައްޕަ ހަސަން ގެއަށް އަންނަފަހަރަކުއެވެ. އަޔާންމިހެން ބޭރަށް ނެރެލައިފައި އިންނައިރު އެކުއްޖާއަށް ކާންދީ ބޯންދީ ހަދަނީ އެގެއާއި ޖެހިގެން އިންނަ ގޭގައި އުޅޭ މެދު އުމުރުގެ އަންހެނެކެވެ. މިކަން ކުރަނީ އާރިފާއަށް ސިއްރުންނެވެ. އޭނައަށް މިކަން އެނގިއްޖިއްޔާ އަނިޔާ ކުރާނީ ކުށެއް ނެތް އެ ތުއްތު އަޔާންއަށެވެ. ނަމަވެސް އާރިފާއަށް ވިސްނައިދޭނީ ކާކުހެއްޔެވެ؟ އެވަރުގެ ކެރޭ މީހެއް އެރަށަކުނެތެވެ.

ބިރުން ތުރުތުރު އަޅައިފައި އިން އަޔާން އިނީ ރުއްދަށުގައި އިށީނދެލައިގެންނެވެ. އާރިފާ އޭނައަށް ކޮންމެގޮތެއް ހެދިޔަސް އަޔާނަށް ޖެހެނީ އެވޭން ތަހައްމަލް ކުރާށެވެ. އެނާގެ އުދާސްތަކާއި ކެކުޅުންތައް އަޑުއަހާނެ މީހަކު ނެތެވެ. ދުނިޔެއަށް ގިނަވެފަ އިން ކުއްޖެއްކަހަލައެވެ.

އިރުކޮޅެއްނުވެ އަޔާންގެ ދޮންބައްޕަ ހަސަން އެގެއަށްއައިސް ވަނެވެ. އޭނާގެ ދޮންބައްޕައަށް ފާހަގަވީ ރުއްބުޑުގައި އިން އަޔާންއެވެ. އެކަމާއި ހަސަނެށް ހައިރާނެއް ނުވެއެވެ. އޭނަ ރަށަށް އަންނަ ކޮންމެ ފަހަރަކު ފެންނަ މަންޒަރަކަށް ވާތީއެވެ. ހަސަން އާރިފާއަށް ކިތަންމެވަރަކަށް ނަސޭހަތް ލައިދިނަސް އެކަމަށް އާރިފާ ދެނީ ބީރު ކަންފަތެކެވެ. އެކަމުގެ ރުޅިވެސް އިސް ކުރަންފެށީ އަޔާންއަށެވެ. މިކަން ހަސަނަށް ރެއަކާއިލީފަހުން ނަސޭހަތް ދިނުން ހުއްޓައިލިއެވެ. އަޔާން އާރިފާގެ އަނިޔާތަކުން ސަލާމަތް ކުރުމައްޓަކައެވެ. ނަމަވެސް އޭގެ ފަހުން އަނިޔާތަށްވީ އިތުރެވެ.

ހަސަން އައިސް އަޔާން ގޮވައިގެން ގެއަށްވަދެ އޭނާ ފެންވަރުވައި ރީތިކުރިއެވެ. ސައިބޯންދިނެވެ. އާރިފާ މިކަންތައް ބަލަން ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. އިރު އިރު ކޮޅާ މޫނަށް ކޮންމެވެސް ގޮތެއް ހަދައިލައެވެ.

” މިރޭ ނިކަން ހުރެބަލަ! ހޭއަރުވައިލާނަން!” އާރިފާ އަމިއްލަނަފްސާއި ވާހަކަ ދެއްކިއެވެ.

ހަސަނަކީ ރަށު ފެރީގެ ކައްޕިއެވެ. މިއަދަކީ ފެރީ މާލެ ފުރާދުވަހެވެ. އެހެންކަމުން އަޔާންގޮވައިގެން ބަނދަރާއި ދިމާލަށް ދާން ނައްޓއިލިއެވެ. ހަސަން ރަށަށް އަންނަ ފަހަރަކު ވެއްޖިއްޔާ އަޔާންގެއަކު ނުބަހައްޓާނެއެވެ. އަބަދުވެސް ދާނީ އަޔާން ގޮވައިގެން މާލެއަށެވެ. މާލެއިން ގެނެއްސަ ބަހައްޓަނީ އާރިފާ ގާތުގައެވެ. އެނޫން ގޮތެއް ނެތީމައެވެ. އެރަށު މީހުންނާއި ހަސަން ވަކިންގޮސް ވެސް މި މައްސަލަ ޖެންޑާއަށް ހުށައެޅިއެވެ. ނަމަވެސް ޖެންޑާއަކުން މި މައްސަލައެއް ބަލައެއް ނުގަތެވެ.

ދުވަސްތައް ހަފްތާއަށް ބަދަލުވަމުން ދިޔައެވެ. އާރިފާގެ ރުޅިގަދަކަން ދަނީ ދުވަހަކުން ދުވަހަކަށް އިތުރު ވަމުންނެވެ. ދުންފިނި ފަތިހެކެވެ. އާރިފާއަށް ހޭލެވުނީ ހޫނުވާވަރުންނެވެ. އޭނާ ހުރީ ވަރަށް ރުޅިގަދަވެފައެވެ. ދިޔަގޮތަށް ގޮސް ބަދިގޭ ގޮނޑީގައި ނިދާފައޮތް އަޔާން ނަގާ ކޮޅަށް ޖެހިއެވެ. އެރި ސިނގުރުޅިއެއްގެ ސަބަބުން އަޔާންގެ ކޯތާފަތްމައްޗަށް އާރިފާގެ ބަރު އަތް ވީއްލައިލިއެވެ. ޖެހިލެތް ބާރުކަމުން އަޔާން ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓުނެވެ. އާރިފާ އެކަމަށް އަޅައިނުލައި ބޭރު ޖޯލިފަތީގައި އިށީނދެލައިގެންއިނެވެ. އުޑު މައްޗަށް ގެއްލިފައެވެ. ޖެހި ބުދެއްހެންނެވެ. ގުޑާވެސް ނުލައެވެ.

މެންދުރު ދަންފަޅިއަށް ދުނިޔެ މަރުހަބާ ކިޔަން ގާތްވެއްޖެއެވެ. އެގޭކައިރީ އުޅޭ އަންހެން މީހާ ބޭރަށް ނުކުމެލީ އަޔާން ނުފެންނަތާ މާގިނައިރު ވީމައެވެ. ފާރުމަތިން ބޯދިއްކޮށްލިއިރު އާރިފާ އޮތީ ޖޯލިފަތީގައެވެ. އޭނާ ޖޯލީގައި އޮތް އިރު ކަމެއްވެގެން އުޅޭހެންވެސް ހީނުވާ ކަހަލައެވެ. އެހިސާބުން އެއަންހެންމީހާއަށް ކޮންމެސް ނުބައެއް އުޅޭކަން ޔަގީންވިއެވެ. ވާނީވެސް އެހެންތާއެވެ. އަޔާންވެސް ފެންނާކަށް ނެތެވެ. ހެނދުނުއްސުރެ އެގެއިން އެއްވެސް އަޑެއްބަޑެއް ނީވެއެވެ. ހީވަނީ ފަޅުވެފަ އޮތްގެޔެށް ހެންނެވެ. އަނެއްކޮޅުން އާރިފާއަކީ ނެގިމަޑުވެފަ އިންނަމީހެއްނޫންކަން އެންމެނަށް އިނގެއެވެ. އެއަންހެންމީހާގެ ހިތް ނުތަނަވަސް ވާންފެށިއެވެ. ހީވަނީ ހިތް ދެންމެ ދެންމެ އަގައިން ބޭރުވެދާނެ ހެންނެވެ. ލަސްނުކޮށް އޭނާ އާރިފާމެންގެއާއި ދިމާލަށް ދުއްވައިގަތެވެ. އޭނާ ދަމުން ދިޔައީ މަގުމަތިން ދިމާވި ފިރިހެނެއްވެސް ގޮވައިގެންނެވެ. އެގޭ ގޯތިތެރެއިން ވަދެގެން އާރިފާ އޮތް ޖޯލިފައްޗާހަމައަށް ދެމީހުންނަށް ދެވިއްޖެއެވެ.

“އާރިފާ… އާރިފާ… އާރިފާ!” އެފިރިހެން މީހާ ފަހަރަކަށް ވުރެ ފަހަރެށް ބާރަށް ގޮވިއެވެ. ޖަވާބެއް ނުލިބުމުން އެންމެފަހުން އެ އަންހެންމީހާ އާރިފާގެ ކޮނޑުގައި ހިފާ ބާރަށް ތަޅުވައިގަތެވެ. އާރިފާ ހަމައަކަށް އެޅުނީދެނެވެ.

“އަހަރެން އަޔާންގައި ގައި…” ވަކި ހިސާބަށް ބުނެވުނުތަނާ އާރިފާގެ ހަބަރުހުސްވިއެވެ. ދެމީހުންވެސް އެކަކު އަނެކަކު މޫނަށް ބަލައިފައި ގޭތެރެއަށް ދުއްވައިގަތެވެ.

“ސުބުހާނަﷲ” ދެމީހުންނަށް އެއްފަހަރާހެން ބުނެވުނެވެ. ކަމަކުދާކަށް ނެތެވެ. އަޔާންއޮތީ ބިންމައްޗަށް ވެއްޓިބޯފަޅައިގެން ގޮއްސައެވެ. އަޔާންގެ ބޯވަށަގެންވާ ހިސާބުގައި އޮތީ ލޭކޯރެއްހެދިފައެވެ. އޭނާއޮތީ ލެއިން ތަތްތެޅިފައެވެ. އެމަންޒަރު ސިފަކުރަންވެސް އެހާދައްޗެވެ. ދެމީހުންގެ ލޮލުންވެސް ކަރުން ހިލުނެވެ. ލަސްނުކޮށް ދެމީހުންވެސް އަޔާންގޮވައިގެން ސިއްހީ މަރުކަޒާއި ދިމާލަށް ދުއްވައިގަތެވެ. އިރުކޮޅެއްނުވެ ޑަކުޓަރު އަޔާން ހެނދުނުގެ ވަގުތެއްގައި މިފަނާވަނިވި ދުނިޔެދޫކޮށް ދިޔަކަމުގެ ހަބަރުދިނެވެ.

ފުލުހުން އާރިފާމެންގޭގައި ހަރަކާތްވިއެވެ. އާރިފާ ހޭނޭރުމުން އޭނާ ގެންދިޔައީ ކައިރީއޮތް ރަށުގެ އަތޮޅު ހޮސްޕިޓިލަށެވެ. އަޔާންގެ ފުރާނަ ނެތް މަސްގަނޑުވެސް ގެންދިޔައެވެ. އެދެމީހުންގެ އިތުރުން އެރަށުގެ ވަރަށް ގިނަ މީހުން އައެވެ. އެދުވަހަކީ އެކެއްގެ ހިތުންވެސް ފިލައިގެން ނުދާނެވަރުގެ ދުވަހެކެވެ. އަޔާން ކަފުންކޮށް ވަޅުލިއިރު ބައިވަރު މީހުން އެކަމުގައި ބައިވެރިވިއެވެ. އާރިފާއަށް އޭނައަށް ލިބެންޖެހޭ ޙައްޤު އަދަބަ ދަނީ ލިބެމުންނެވެ. އަދި ޖެންޑާއިން އެމައްސަލަ ބަލައިނުގަން މުއައްޒަމުންވަނީ ދުވަހަކަ ވަޒީފާނުލިބޭނެގޮތަށް ވަޒީފާއިން ވަކިކޮށްފައެވެ.

މިހާދިސާ ހިނގިތާ އަހަރުތަކެއްވިޔެއްކަމަކު އެވޭންތައް ތަހައްމަލުކުރި އަޔާން އަޅުގަނޑުމެންގެ ހިތުން ފޮހެވެގެންނުދާނެކަން ކަށަވަރެވެ.

-ނިމުނީ-

Share Article

Follow Me Written By

Raaya

Level 210 Stories100 Comments

Other Articles

Previous

އިމްތިޙާން 8

Next

އެކުއްޖާ 12

Next
May 19, 2020

އެކުއްޖާ 12

Previews
May 19, 2020

އިމްތިޙާން 8

2 Comments!

  1. Riff? says:
    May 25, 2020 at 1:32 am

    Varah reethi mi vaahaka vs .. masha allah?
    Keep it up

  2. Amaany says:
    August 7, 2020 at 8:49 pm

    I really love it. But too short. But I am loving this story a lot.

Comments are closed.



All Right Reserved!