Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

އެކުއްޖާ 12

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
May 19, 2020 7 Mins Read
3 Comments

* ”އެއްވެސްއިރަކު ރަނާދެކެ ހައިނާ ލައިކެއްނުވޭ.. އަބަދުވެސް ރުޅިއައިސް ހުންނާނީ.. އެހެންވެ ދެން ކޮން ބެސްޓްފްރެންޑެކޭ ކިޔާކަށް..؟ ކައިޔަންގާތުގައި މިއަދު ވާހަކަދެއްކީމެއްނު ރަނާއޭ ކިޔައިގެން.. އެއީތަ ބެސްޓްފްރެންޑްއިން އުޅޭ ގޮތަކީ..؟ ގޮސްފަ ބެސްޓްފްރެންޑް ލައިކްވާ ފިރިހެން ކުއްޖާގެ ގާތުގައި ބެސްޓްފްރެންޑްގެ ވާހަކަދެއްކުން.. އާނ.. ރަނާއަށް ހެޔޮ ދެން.. އެއަންހެންކުއްޖާ ގަނޑު ބެސްޓްފްރެންޑަކަށް ހަދައިގެން އުޅޭ.. ދެން ހެޔޮ… ނައު ގެޓް ލޮސްޓް ޔޫ ބެކްސްޓެބަރ…!!!” ރަނާ ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ.

“ފައިން.. ތިއީ ހައި ނުވެސް ދަންނަ މީހެއް. ޔޫ ޑޯޓަރ އޮފް އަ ބިސްކަޓް..!” ހައިނާ ރުޅިއައިސްގެން ކޯކުތަށި ހިފައިގެން ތެދުވިއެވެ. އަދި ބާރުބާރަށް ހިނގާލާފައި ދުރަށްދިޔައެވެ.

“ހުނ.. އެކަކުވެސް ނަޔަސް ހެޔޮ.. އެކަނިވިޔަސް ކައިގެ ހުރިހާއެއްޗެއް ހޯދާނަން..” ރަނާ ހިތާހިތުން ކުދި ކިޔަމުން ދިޔައެވެ. *

“ކޮބާތަ ހައި..؟” އިކުވާން އައިގޮތަށް އައިސްފައި ރަނާގާތު އެއްސެވެ. ”ކީއްވެ ބިސްކޯދެއްގެ އަންހެން ދަރީގެ ގާތުގައި ތިޔަ ސުވާލު ކުރަނީ..؟” ރަނާ ތުން އަނބުރާލާފައި ބާރުބާރަށް އެއްސެވެ. “ވަޓް..؟” އިކުވާން ހީނގަނެފައި އެއްސެވެ. “ހައިނާ ބުނެފައި އެދިޔައީ ހަމަ ސީދާ މިހެން.. ފައިން.. ތިއީ ހައި ނުވެސް ދަންނަ މީހެއް.. ޔޫ ޑޯޓަރ އޮފް އަ ބިސްކަޓް..” ހައިނާ ބުނި ތަންކޮޅު އަޑު ބަދަލު ކޮއްލައިގެން ރަނާ ކިޔާލިއެވެ.

“ނޫން.. ތިމީހުންނަކީ ބެސްޓް ފްރެންޑުންނެއްނު..؟” ކައިޔަން ބުނެލިއެވެ. “އެންޑް ހައިނާ ނުވެސް ބުނާނެ ރަނޫ ގާތު ތިހެންނެއް…” އިކުވާން ބުނެލިއެވެ. “އޯވް އެހެންތަ..؟ އެހެންވެއްޖެ ނަމަ ގޮސްފައި ލޯބިވާ ހައިނާ ގާތު އަހަންވީނު…؟” ރަނާ ނެޕްކިން މޭޒުމައްޗަށް ޖަހާފައި ތެދުވެގެން ދިޔައެވެ. “އެއީވާ ކޮން ކަމެއް..؟” އިކުވާންއަށް އެހެން އަހާލެވުނީ ހައިރާންވި ވަރުންނެވެ.

“ރަނާގެ އެމޫނުމަތި ވަރަށް ރަނގަޅަށް ކައި ދަންނަން.. އެއީ ހަމަ ވަރަށް ރުޅިއައިސްފައި ހުންނައިރު ހަދައިގެން ހުންނަ މޫނު..” ކައިޔަން ބުނެލިއެވެ. “ވާ ހިނގާ ގެއަށްދާން.. މިވީގޮތުން ދެން ޔޫޝުއަލް އެއް ނުބޭއްވޭނެ..” އިކުވާން ބުނެލިއެވެ. “އޯކޭ.. އަވް ހިނގާދާން…” ކައިޔަން ބުނެލިއެވެ.

“އޯކޭ..” އަވްލީން ބުނެލިއެވެ.

ކައިޔަންއާއި އެއްވަރަކަށް އަވްލީން ހިނގާލާފައި ދިޔައެވެ. ދެމީހުންވެސް ކާރަށް އެރިއެވެ. ކައިޔަން ކާރު ދުއްވާލިއެވެ. ކާރުތެރޭގައި ވަނީ ހިމޭންކަމެވެ. އެއްވެސް ވަރެއްގެ ވާހަކަ ދެއްކުމެއް ނެތެވެ. “އަމް.. ގޯސްކަމަކަށް ނުވަންޏާ ވާހަކައެއް އަހާލަންތަ..؟” އަވްލީން އެއްސެވެ. “ހޫމް..” ކައިޔަން ބުނެލިއެވެ. “ރަނާއަކީ ކައިޔަންގެ…..” އަވްލީން ޖުމްލަ ފުރިހަމަ ނުކުރަނީސް ކައިޔަންއަށް ބުނަން އުޅުނު ވާހަކަ އެނގުނެވެ. ”އެއީ ވާން އޮތްގޮތް.. އެކަމަކު ހިޔެއްނުވޭ އެހެން ވާނެ ހެންނެއް..” ކައިޔަން ފުން ވިސްނުމަކުން ވިސްނާލާފައި ބުނެލިއެވެ.

”ލޯބިވާވަރު ބުނޭ…” ކައިޔަންގެ ހިތް އެދުނެވެ.

“އެއީ ކީއްވެ..؟” އަވްލީން އެއްސެވެ. “އެއީ އެންމެ ދުވަހެއްގެ ތެރޭގައި ހިތް ބަދަލު ވީމައި..” ކައިޔަން ބުނަން އުޅުނު ވާހަކަ ދާންއުޅޭ މިސްރާބު އަވްލީންއަށް ވިސްނުނީ ކިރިޔާއެވެ. ”އެހެންވިއްޔާ ރަނާ ދެން ކީއްކުރަނީ..؟” އަވްލީން އެއްސެވެ. ”އަދި ޖަސްޓް ފްރެންޑްސް.. އެހެންވެ އެކަމެއް ބަދަލެއް ނުވާނެ.. ރަނާ ދެކެ ކުރިން ވަރަށް ލައިކް ވިން.. އެކަމަކު މިހާރެއް ނޫން..” ކައިޔަން ބުނެލިއެވެ. “އެޔޯ..؟” އަވްލީންއަށް ރަނގަޅަށް އޮޅުމެއް ނުފިލިއެވެ.

“އެހެންވާނީ އެމީހެއް އެހެންމީހެއްދެކެ ލޯބިވީމަ..” ކައިޔަން ބުނެލިއެވެ. “ތިކަން އެނގެޔޭ..” އަވްލީން ބުނެލިއެވެ. ”އަވްލީން.. އަވްލީންގެ ގާތުގައި ކުޑަކުޑަ ވާހަކައެއް ބުނަންތަ..؟” ކައިޔަން އެއްސެވެ. ”ލައްބަ..” އަވްލީން ބުނެލިއެވެ. “ސިއްރެކޭ..” ކައިޔަން މަޑުމަޑުން އެހެން ބުނެ އަވްލީންގެ މުށަށް އެއްޗެއް ލައިދިނެވެ. “މިއީ ކޯއްޗެއް..؟” އަވްލީން މަޑުމަޑުން މުށްތެރެއަށް ބަލާލިއެވެ. އޭގެތެރޭގައިވަނީ ކުޑަކުޑަ ތަޅުދަނޑިއެކެވެ. އެވަނީ ފަށަކަށް ލައްވާލާފައެވެ.

“އަވްލީންއަށް އެކަނި މިހިތާ ކުޅެލެވޭނީ..” ކައިޔަން އޭނާ އަޅައިގެން ހުރި ފަށް ދައްކާލީ އަދި ފަހުން ނެވެ. އެފަށުގައިވަނީ ލޮކެކެވެ. ”ތިތަޅުދަނޑި ބޭނުންކޮއްގެން އެކަނި މިލޮކް ހުޅުވޭނީ..” ކައިޔަން ބުނެލިއެވެ. “އަވް.. އައި ތިންކް އައި ލައިކް ޔޫ..” ކައިޔަން ކުޑަ ލާނެތް ހިނިތުންވުމަކާއެކީގައި ބުނެލިއެވެ. އަވްލީންގެ މޫނަށް އަރައިގެން ދާނެ ކުލަވަރުތައް ދެކެން ކެތްމަދުވެ ހުރެއެވެ.

އަވްލީންގެ ދެލޮލުން ބަންޑުން ޖަހާލީ އުފާވެރިކަމުގެ ކަރުނައެވެ. އަވްލީންއަކަށް އެހެން އެއްވެސްކަމެއް ނުކުރެވުނެވެ. ކައިޔަންގެ ދެއަތުގައި ހިފުނުގޮތަށް އެމޫނަށް ބަލާލެވުނީއެވެ. އަވްލީންގެ ދުލުން އެންމެ ލަފުޒެއްވެސް ބޭރު ނުވިޔަސް އަވްލީންގެ އެ ރީތި ދެލޮލުގެ ތެރެއިން ކައިޔަންއަށް ލިބެންޖެހޭ ޖަވާބު ފެނުނެވެ. ”މީޓޫ..” އަވްލީންގެ ޖަވާބު ދުލުން ބޭރުވީ އުފާވެރިކަމުގެ އެތައް ކަރުނައެއް ކޯތާފަތުން ތިރި އަށް އޮހޮރުވާލާފައެވެ.

“އަވް.. އެއްވެސް މީހެއް ގާތުގައި އަދި ނުބުނާތި… އެހެން އެންމެންގެ ގާތުގައި ނުބުނެ ސަޕްރައިޒްއެއް ދިނީމަ ރަނގަޅުވާނެ..” ކައިޔަން ބުނެލިއެވެ. ކައިޔަންގެ ހިތަށް ލިބުނު ލުއިކަން ބަޔާން ކޮއްދޭން ވެސް ދައްޗެވެ. “އޯކޭ.. ދެން ކައި ބުނާގޮތަކަށް..” އަވްލީން ކައިޔަންގެ ކޮނޑުގައި ބޯ އަޅާލަމުން ބުނެލިއެވެ. ދެންމެ އަވްލީންގެ ބަދަލުގައި ރަނާ އެތަނުގައި ހުރިނަމަ އެންމެންގެ ގާތުގައި އެވާހަކަ ބުނެ ފަތުރާ ލާނެކަން ޔަގީނެވެ. ކައިޔަން ފުންނޭވާއެއްލާފައި އަވްލީންގެ އަތުގައި ހިފާލިއެވެ. އަވްލީންގެ އަތްތިލަ ކައިޔަންގެ އަތްތެރޭ ފޮރުވާލެވުނެވެ.

ކާރުން ފައިބާފައި ދެމީހުންނަށް ވަކިވެވުނީ އުފާވެރިކަމުގެ އެތައް ހާސް ސަލާމެއް ކިޔާފައެވެ. އެރޭ ވެގެން ދިޔައީ ދެމީހުންގެވެސް އެންމެ އުފާވެރި ރެއަށެވެ.

އިރުއެރުމާއެކީގައި ކައިޔަން ފުންމައިގެން ތެދުވިއެވެ. “މޯނިންގ..” ޒިވީން ކުނި ކަހަމުން ގޮވާލިއެވެ. “ޒިވީ.. މިއަދު އެއްވެސް ޕްލޭނެއް އެބައޮތްތަ..؟” ކައިޔަން އެއްސެވެ. “ހްމްމް.. އެލަންއާއެކީގައި ހިނގާލަންދާން މިއުޅެނީ.. އަނެއްކާ ކިހިނެތްވީ..؟ ނުދާންވީތަ..؟” ޒިވީން އެއްސެވެ. “ނޫނޭ ތިކަން ވެދާނެ.. ދޮންބެ މިއުޅެނީ ޕިކްނިކްއެއް ރާވަން.. ދޮންބެމެންނާއި އަވީނާދައްތަ މެންނާ.. އިތުރުމީހަކަށް ގެންނާނީ ހައިއާއި އިކޫ.. އޯކޭތަ ޒިވީ.؟” ކައިޔަން އެއްސެވެ.

“ޔޭ… ޒާއިން..؟ ޒާއިން..؟ ދޮންބެ ބުނީ މިއަދު ޕިކްނިކް ދަނިއްޔޭ…” ވީއުފަލުން ޒިވީން ފިހިގަނޑު ވެސް އެއްލާލާފައި ޒާއިންއަށް އެކަން އިއުލާން ކުރަން ދިޔައެވެ. “އޯހް.. އަދި ޒާއިން ގާތު ބުނެބަލަ އަވީނާ ދައްތަމެންގެ ގާތުގައި ފްރީތޯ އަހަން ދާށޭ.. މާ އަވަހަށް ސެލެބްރޭޓް ކުރަނިކޮށް މަޖާ ގަނޑު ފަނި ވެދާނެ…” ކައިޔަން ގޮވާލިއެވެ

ފަނަރަވަރަކަށް މިނެޓްފަހުން ޒާއިން ދުވެފައި އައެވެ. އައިގޮތަށް އައިސް ކައިޔަންގެ ގާތަށް އަންނަނި ކޮށް މެޓްގައި އަޅައިގަނެފައި ވެއްޓުނެވެ. “ޒާއިން.. ތަދުވިތަ..؟؟” ކައިޔަންގޮސް އިށީނެވެ. ޒާއިން މޫނު ހިއްލާލިއިރު އަނގަ ކައިރީގައި ލޭ ހުއްޓެވެ. “އޯހް.. ޒިވީ… މަލަންކޮޅެއް ގެނެސް ދީބަލަ…” ކައިޔަން ގޮވާލިއެވެ. “ދޮންބޭ ދޮންބޭ ހަމަޖެހޭ…!!! މިއީ ކެޗަޕް…” މެޓަށް ޗަސް ވެފައިވާ ހޮޓްޑޯގް ދައްކާލަމުން ޒާއިން ބުނެލިއެވެ.

”ސާބަސް.. ދޮންބެ ބިރުން މަރުނުވީ ހަމަކިރިޔާ..” ކައިޔަން ނިތްކުރީގައި އަތްއަޅާފައި ބުނެލިއެވެ. “އަވީނާ ދައްތަ ބުނީ އަވީނާ ދައްތައަށް ދެވޭނެޔޯ އެކަމަކު ފަރުހާންބެއަކަށެއް ނުދެވޭނެޔޯ.. އެކަމަކު ފަރުހާންބެ ދާނެ އަހަރެމެން އެރިސޯޓަށް ލައިދޭން ލޯންޗުގައި.. ފަރުހާންބެ ރިސޯޓަކަށް ދާން ޖެހެޔޯ އޮފީސް ޓްރިޕެއްގައި…” ޒާއިން ބުނެލިއެވެ. “އަވަހަށް ރެޑީވޭ.. ދޮންބެމެންވެސް ދާނީ މިތާގާތު ގައި މިއޮއް ރިސޯޓަށް.. ގެސްޓްހައުސްއެއް ދޮންބެ ބުކްކޮއްފިން.. އޯކޭއެއްނު.. ބޭނުންވާ ހުރިހާ ސާމާނެއް އަޅާތި.. އެހެންބުނީމައި ކޮޓަރިއޮތްގޮތަށް ދަބަހަށް ލައިގެންނެއްނޫން އަންނާނީ… މިއަދު ދާ ގޮތަށް ހޮނިހިރު ދުވަހުގެ ހަވީރުހާއިރު އަންނާނީ.. ހިތްހަމަޖެހޭތަ.؟” ކައިޔަން އެއްސެވެ. ”ފުދޭ…” ޒާއިންގެ ޖަވާބުން ކައިޔަން ހީލިއެވެ. “މިދަނީ ބޭރު ގައުމަކަށެއްނޫނޭ ހޮޓެލްއެއް ބުކްކުރާވަރަށް..” ކައިޔަން ބުނެލިއެވެ.

”ޒިވީ ތައްޔާރު..” ޒިވީން އައެވެ. ޒިވީން ހުރީ ރަނގަޅަށް ތައްޔާރު ވެލައިގެންނެވެ. ބޮޑު ބެކްޕެކަކާއެކީ އަތްދަބަހެއްއޮތެވެ. އެ ދޭތި ކުރެން އެކައްޗަކަށް އަޅާފައިވާ އެއްޗެއް ނޭނގެއެވެ. ޒިވީން ހުރީ އައިނެއް ވެސް އަޅައިގެންނެވެ. ރީނދޫ އަތްކުރު ޓީޝާޓަކާއެކީ ރަތް ސޯޓްކޮޅެއް ލައިގެންނެވެ. އިސްތަށިގަނޑު ގައި ހުޅިއެއް ޖަހާފައިވެއެވެ.

”ހާދަ އަވަހަކަށް..؟ އަދި ދޮންބެ އެހެން ބުނިތާ ފަނަރަ މިނެޓުވެސް ނުވާނެ..!!” ޒާއިން ބުނެލިއެވެ. ”އަނގަދަ މިތުރާ.. މާފުށް އަނގައިގެ ތެރެއަށް ނުލަވަނީސް ދެންވެސް ދޭބަލަ ދޯ ތައްޔާރުވާން..” ކައިޔަން ޒާއިންގެ ބުރަކަށީގައި ޖަހާލަމުން ބުނެލިއެވެ. ”އައިން ވެސް ދާނެ ދޯ..؟” ޒާއިން އެހެން އަހާލީ އަހަން ނާހަން ހުރެފައިހެން ހީވެއެވެ. “އާނ… އަވް އާއި އެލަންމެން ދަންޏާ އައިން އެކަނި ބަހައްޓާފައެއް ނުދާނެއެއްނު..؟” ކައިޔަން ބުނެލިއެވެ. “އައްޔޭ ޒާއިން..! ކޮން ކަމަކާއި އައިން ދޭތޯ ނުދޭތޯ ތި ބަލަނީ..؟” ޒިވީން ލާނެތް ރާގަކަށް އެހެން އަހާލުމުން ކައިޔަންވެސް ޒާއިންއާއި ދިމާ ކުރާ ހިތްވިއެވެ.

“ދެން ހަމަ ރެންޑޮމްކޮށް ބަލާލީއޭ..! ދޮންތިވެސް ނުދާނަމެއްނު އެލަން ނުދަންޏާ….” ޒާއިންގެ އަނގަ މާ ހަލުތްވެއެވެ. “ދޮންތި ނުދާނަމޭ އެލަން ނުދަންޏާ…. އެކަމު ޒާއިން ދާނަންތަ އައިން ނުދަންޏާ..؟” ޒިވީންވެސް ދުލެއް ނުކުރިއެވެ. “އަމްމްމްމްމް…” ޒާއިންގެ އަނގަ ބަންދުވީ އެ ހިސާބުންނެވެ.

ޒިވީންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ކައިޔަންވެސް ހޭންފެށިއެވެ. ކައިޔަންއާއި ޒިވީން ހޭން ފެށުމުން ޒާއިން ރަކިވިއެވެ. “ދެން ނުހީބަލަ..!” ޒާއިންގެ އަނގަ ރަނގަޅަށްވެސް ލެއްޕިއްޖެއެވެ. “ދެންވެސް ދޭ ތައްޔާރުވާން.. ކާކަށްތޯ އަވަހަށް ތައްޔާރު ވެވޭނީ..؟ ދޮންބެއަށްތަ..؟ ނޫނީ ޒާއިންއަށް ތަ…؟” ޒާއިން އުފާކޮށްލުމުގެ ގޮތުން ކައިޔަން ބުނެލިއެވެ. “މީ..!!!!” އެހެން ބުނެލިއިރު ޒާއިން ހުރީ ސިޑީގެ އެންމެ މައްޗަށް އަރައެވެ. ބޯ ހޫރުވާލާފައި ކައިޔަންވެސް މައްޗަށް އަރަން ދިޔައެވެ.

ޒާއިން ތައްޔާރުވެގެން ކައިޔަންގެ ގާތަށް އައުމުގެކުރިން ކައިޔަންވެސް ކޮޓަރިތެރެއަށްވަދެ ތައްޔާރުވާން ފެށިއެވެ. ފުރަތަމަކަމަކަށް ލެޕްޓޮޕް ލިއެވެ. ދެ ދުވަހަށް ވާނެވަރަށް އަންނައުނު އަޅާފައި ބޫޓެއް ކޮތަޅަކަށް ލާފައި ލިއެވެ. ރީތިވާ ސާމާނާއި އެހެން އެއްޗެހިތައް އަޅާފައި ކައިޔަން ތައްޔާރުވާން ފެށިއެވެ. ނޫ ސޯޓަކާއި ހުދު ޓީޝާޓެކެވެ. އަވިއައިނު ބޮލުގައި އަޅާލަމުން ކައިޔަން ނުކުމެ އިކުވާންއަށާ ހައިނާއަށް ގުޅާލިއެވެ. އިކުވާން އެހެން ކުދިންކޮޅަކާއި ހައިނާއާއެކީގައި މަސް ބާނަންދާން ދަތުރެއް ރާވާފައިވުމުން އާދެވޭގޮތެއް ނުވިއެވެ. ކައިޔަން އަވަހަށް ގެއިން ބޭރަށް ނުކުތީ ގޭތެރޭ ހުރިހާދޮރެއް ރަނގަޅަށް ތަޅު ލެވުނުތޯ ޗެކް ކޮއްފައެވެ.

ގެއިންބޭރަށް ނުކުތްއިރު އަވީނާމެން ތައްޔާރަށް ހުއްޓެވެ. އަވީނާ ހުރީ ގަދަމުށި ހެދުމަކާއެކީ ކްރީމް ބެލްސެއް ލައިގެންނެވެ. ކައިޔަންއަށް ހަނާ އަޅާލަމުން އަވްލީން ހީނލިއެވެ. “އަވްވްވް..” ކައިޔަންގެ މޫނަށް ވެރިވެގަތް ޝުއޫރުތަކުން ހީވަނީ ހުރިހާ އުފަލެއް ގަޔާލާ ބޮނޑި ކޮއްލެވުނު ހެންނެވެ.

އަވްލީން ހުރީ ދަތުރަށް ވަރަށް ތައްޔާރު ވެގެންނެވެ. އައިސްބްލޫ ޖިންސުސޯޓަކާއި ހުދާއި ރަތުން ޒީނަތް ކޮއްފައިވާ އަތްކުރު ޓީޝާޓެކެވެ. އަދި އަތްދިގު ރަތާއި ކަޅު ގޮޅިޖެހި ގަމީހެއް އުނަގަނޑު ވަށާ  އައްސާލާފައިވެއެވެ. ބޮލަށް ހެޔޮވަރު ސަންހެޓެއް އަޅާފައިވެއެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިތަކަށް ވިހުރުވެން އިސްތަށި ގަނޑު ވަނީ މިނިވަން ކޮއްލާފައެވެ.

“އޭތް.. އަވަހަށް ހިނގާ ދަމާ.. އޭރުން މަޖާކޮއްލެވޭނީ ގިނައިރު ވަންދެން..” އަލާން ބުނެލިއެވެ. ލައި ގެން ހުރި އަތްކުރު ފެހި ޓީޝާޓަށް ދާތިކި ތަޅާފައިވެއެވެ. “އެލަން ހަމަޖެހިބަލަ.. މާދަމާއޭ މިކޮޅަށް އަންނަނީ..” ކައިޔަން ބުނެލިއެވެ. “އޯކޭ..” އަލާން ބުނެލިއެވެ.

”އެއައީ ޕިކަޕު.. ކޮންބައެއް ޕިކަޕުގައި ދާނީ..؟” އަވީނާ އެއްސެވެ. ”އަވީނާ ދައްތަ ދޭ ޒާއިންއާއި އައިން ގޮވައިގެން.. އަވްއާއި އެލަންއާއި ޒިވީން ގޮވައިގެން ކައި ހިނގައިދާނަން ކާރުގައި..” ކައިޔަން ވަގުތުން ޒިންމާ ނެގިއެވެ. “އޯކޭ..” އަވީނާ އެގޮތަށް ގަބޫލުވިއެވެ. ބެކްޕެކްތަކާއި ގެންދާ ހުރިހާ ސާމާނެއް ޕިކަޕަށް އަރުވާފައި ކައިޔަން ކާރަށް އެރިއެވެ. އެންމެން ކާރަށް އެރުމުން ކާރު ދުއްވާލީ ފުރާ ދިމާލަށެވެ.

ފުރާ ތަނަށް ދެވުނުއިރު ފަރުހާން ލޯންޗުގައި މަޑު ކޮއްލައިގެން ހުއްޓެވެ. “ހާދަހާ ލަހުންނޭ ތިއައީ.. ކޮބާތަ މަންމައާއި ކޮއްކޮމެން..؟” ފަރުހާން އެއްސެވެ. “އެބައާދޭ..” ޒިވީން ބުނެލިއެވެ. “ބޭބެވެސް ދަނީ އެރިސޯޓަށްތަ..؟” އަވްލީން އެއްސެވެ. “އާނ.. ރަނގަޅަށް މަޖާކޮއްލާފައި އަންނާތި..” ފަރުހާން އަށް އެދަތުރުގައި ބައިވެރި ނުވެވުނެއްކަމަކު ކޮންމެވެސް ގޮތަކުން އެއްބައި ވެލިއެވެ.

އަވީނާމެން އައިސް މުދާތައް ލޯންޗަށް އެރުވުމަށްފަހުގައި ދަތުރު ފެށުނީ ގާތްގަނޑަކަށް ނުވަގަޑިބައި ވަނިކޮށެވެ.

”ހާދަ ވައިގަދައޭ..” ސަންހެޓުގައި ބާރަށް ހިފާއްޓައިގެން ހުރެ އަވްލީން ބުނެލިއެވެ. ”އެހެންވާނީ އަވް ވެސް ވެއްޖެވިއްޔަ މާ މޮޅުވެފަ އަހަރެމެންނާއެކީގައި މައްޗަށް އަރަން..” އަލާން ބުނެލިއެވެ. “ލޯންޗުގެ އެތެރޭގައި ހުރެގެން މިކަހަލަ ރީތި ވިއުއެއް ނުފެންނާނެ..” އަވްލީން ބުނެލިއެވެ. “ލޮލް.. ބޯހަރު އަވް..” އަލާން ހީގަތެވެ. ”ދޮންތައޭ އެއްފަހަރުވެސް ކިޔާލަބަލަ..” އަވްލީން ބޯހޫރުވާލަމުން ބުނެލިއެވެ. “ދޮންތަ.. އެވީ އެއް ފަހަރު…” އަލާން ބުނެލިއެވެ. ”ހުނ..!” އަވްލީން މޫނުމައްޗަށް ވައްތަރެއް ޖައްސާލާފައި އަނެއްފަރާތަށް ބޯއަނބުރާލި ގޮތުން ކައިޔަންގެ ގާތަށް އައީ ހިންޏެވެ.

“އޯމައި ލޯޑް..!! ކައި ކީއްވެތަ ނުބުނީ..” ޖެހެމުންދާ ވަޔަށް އަވްލީންގެ އިސްތަށިގަނޑު އެގޮތްމިގޮތަށް ކައިޔަންގެ މޫނުމަތީގައި ހޭކިލާފައި ދެއެވެ. “ހެވެންލީ ހެޕީ…” ލޯމަރާލައިގެން ހުރެ ކައިޔަން ހީނލިއެވެ. ކައިޔަން އެހެން ހުރި ގޮތުން ހީވަނީ ދުނިޔެ ރަންވެފައި ވާހެންނެވެ. އެހެން ބުނީވެސް އަވްލީން ރަކިވާނެކަމަށް ޔަގީން ކޮއްގެންނެވެ. ވީވެސް އެހެންނެވެ. އަވްލީންގެ ދެކޯތާފަތް ރަތްވާކަށް މިނެޓެއް ވެސް ނުނެގިއެވެ.

“އަވްގެ ކޮލުގައި އަލިފާން ރޯވަނީ.. ކަޅުކަޅު ދުންވެސް އެބައަރާ.. ޒިވީ އަވަހަށް ކޯސްޓް ގާޑަށް ގުޅަން އުޅޭ މުޅިލޯންޗުގައި ހުޅު ނުހިފަނީސް..” އަލާން އެއްބައިވެލުމުގެ ބަދަލުގައި ކޮއްލީ މަލާމާތެވެ. އަވްލީން އަލާންއާއި ދިމާލަށް ލޯއަޅާލިއެވެ. ”ނޯ ހާމް ޑަން..!” ދެއަތް ކޮނޑާހަމައަށް އުފުލާލާފައި އަލާން ބުނެލިއެވެ.

”ހުރިހާ ކުދިންކޮޅު ދެން ތިރިއަށް ފައިބަންވީނު..؟” އަވީނާ ގޮވާލިއެވެ. “މިފައިބަނީ…” ޒިވީން ގޮވާލި އެވެ. ރިސޯޓުގެ ވެލިގަނޑުގައި ފައި ބީއްސާލެވުމުން ހެއްދެވިފަރާތަށް ހަމްދު ކުރެވުނެވެ. އެހެރެ ޗާލު ކަމާއެވެ. ކިރުދޫނިތަކާއި ފައިދޮށަށް އައިސް ބީއްސާލާ ފިނިފިނި ރާޅުތަކާއި ގަސްތަކުގެ ފެހިކަންގަދަ ކަމެވެ. “މިކޮޅަށް އާދޭ..” ރިސޯޓުގެ ހިތްގައިމުކަމުގެ ތެރެއަށް ގެނބިފައި ހުއްޓާ ކައިޔަންގެ ކޮނޑުގައި ފަރުހާން ޖަހާލިއެވެ.

ގެސްޓްހައުސްއަށް ވަތްއިރު އެތަނުގެތެރޭގައި ފަތުރުވެރިންތަކަކާއި ޓުއަގައިޑުން ހަރަކާތްތެރިވަމުން ދިޔައެވެ. ރިސެޕްޝަނަށްގޮސް ދެކޮޓަރީގެ ތަޅުދަނޑި ހިފައިގެން ދިޔައެވެ. ކައިޔަން ގޮސްފައި އެއް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. “ވޯވް..” އަލާން ބުނެލިއެވެ. ބޮޑު ކޮޓަރިއެކެވެ. ރޫމްބޯއީސްގެ މަސައްކަތް އޮފުއަރައަރާ ހުރި ލޯގަނޑުން ފެށިގެން ކޮޓަރީގައި ހުރި އެންމެ ހިމަ ތަނބާއިހަމައަށްވެސް ފެނެއެވެ. ތިން އެނދުހުއްޓެވެ.

”ފިރިހެންކުދިންނާއި އަންހެންކުދިން ވަކިން…” އަވީނާ ބުނެލިއެވެ. “އެކަމަކު މޯމް..” އަލާން އެއްޗެކޭ ބުނަން އުޅުމުން އަވީނާ ހީނލިއެވެ. “ތިހެން އެންމެން މާމަޖާވެލައިގެން އަޑުގަދަކޮއްލައިގެން ހުއްޓާ އަހަރެމެން ގެސްޓް ހައުސް އިން ނެރެލަފާނެ.. އެހެން ނޫނަސް.. ކަމެއްވެގެން މަންމަ މިހެން މިބުނީ.. އެކަމަކު އަހަރެމެންނަށް މުޅި ދުވަސް ހުސްކޮށް ލިބިފައެއްނު މިއޮތީ..؟ އެހެންވެ ހާސްވާނެ ކަމެއްނެތް.. މަޖާ ކުރާނެވަރަކަށް މަޖާ ކުރަންވީ.. މަންމަގެ ކޮޓަރި އެރޭންޖްމެންޓުތަކެއް ބަދަލެއް ނުވާނެ.. އަވަހަށް ކޮޓަރި ތެރޭ ސާމާނުތައް ބަހައްޓާފައި ކެފޭއަށް ހިނގާ ސައިބޯން ދާން..” އަވީނާ ބުނެލިއެވެ.

“ފައިން..” އާހެއް ދޫކޮއްލަމުން އަލާން ކައިޔަންއާއި ޒާއިންގެ ފަހަތުން ކޮޓަރިއަކަށް ވަނެވެ. އަވީނާގެ  ފަހަތުން އަނެއް ތިން އަންހެންކުދިން އެތެރެއަށް ވަނެވެ.

“ބޯރިން.. މިދަތުރުގައި މިއައީވެސް ޒިވީންއާއެކީގައި މަޖާކުރަން..” އަލާން ދޮރު ލެއްޕިގޮތަށް ޝަކުވާ ބޮނޑި އޮއްސާލިއެވެ. “އެލަން ހަމަޖެހިބަލަ….” ޒާއިން ބުނެލިއެވެ. “އެލަންއޭ..؟ ތީ ކުޑަ ކުއްޖެކޭ..” އަލާން ލޯ ވަށްކޮއްލިއެވެ. ”އަވްލީން ދައްތައާއި ދިމާލަށް އެލަން ކިޔަނީވެސް އަވްއެކޭ ނޫންތަ..؟؟” ޒާއިން ގަދަކޮއްލުމުން އަލާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“ޒާއިންވެސް ބޭނުމޭ އައިންއާއެކީގައި މަޖާކުރަން ހުންނަން.. އަދިނެތެއްނު މަޖާ ނުކުރެވިފައެއް.. މާދަމާ ހަވީރެއްނު ރަށަށް ދަނީ..؟ ޕްލެންޓީ އޮފް ޓައިމް ލެފްޓް..” ޒާއިން ބޮޑު މީހެއްހެން ވިސްނައިދިނެވެ. “ތެންކިއު މެޗުއަރ ކޮއްކޯ..” އަލާން ބުނެލިއެވެ.

”ދޮންބެ ހާދަ ހަމަޖެހިފަޔޭ އެހުންނަނީ..؟” ތަފާތެއް ފާހަގަކުރެވިގެން ޒާއިން އަލާންގެ ކަންފަތްބުޑުގައި ވައިއަޑުން ބުނެލިއެވެ. އެހެންޏާ ކައިޔަން އުޅޭނީ ކޮންމެވެސް ކަމެއް ކުރަން ލަސް ވެގެންނެވެ.

“ކޮންމެވެސް ކަމެއް ވެއްޖެ..” އަލާން ބުނެލިއެވެ. “ހޫމް.. ހީވަނީ އެހެން..” ޒާއިން ޔަގީންކަމާއެކީގައި ބުނެލިއެވެ. “އަހަރެމެން ހިނގާ ހޯދަމާ..؟” ޒާއިން ބުނެލިއެވެ. “އެކަމަކު ކައިޔަންގެ ގާތުގައި ނުވާނެ އެހެން ބުނެގެންނެއް..” އަލާން ބުނެލިއެވެ. “ޑީލް.!” ޒާއިން އަތްދިއްކޮއްލިއެވެ. “މިނިންމީ ޑީލެއް ނޫން.. އެކަމަކުވެސް..” އަލާން ސަލާމް  ކުރިއެވެ.

ކައިޔަން ކޮޓަރިން ނުކުތެވެ. ކެފޭއަށް ވަތްއިރު މޭޒުދޮށުގައި ބާކީތިބި އެންމެން ތިއްބެވެ. “މީހުން ކިޔަނީ އަންހެން ކުދިންނޭ ބޮޑަށް ލަސްވާނީ.. އެކަމަކު މިއޮތީ އެވާހަކަ ދޮގު ކުރެވިފައެއްނު..؟” އައިން ބުނެލިއެވެ. “ތެދެއް..” ޒިވީން އެއްބަސްވިއެވެ.

އެންމެންވެސް ކެއީ ކަޕްކޭކާއި ހޮޓްޑޯގެވެ. ދެން ބުއީ ކޮފީ ނޫނީ ކިރުތައްޓެވެ. ”ދުވަސްވަނީ ރާވާލެވިފަ.. އަވަހަށް ދަމާ..” އަވީނާ ބުނެލިއެވެ.

ހެދުން ބަދަލުކޮއްގެން އެންމެން ދިޔައީ ޕޫލަށެވެ. ޕޫލުން އައީ އެތައްއިރެއް ފަހުންނެވެ. ފަސްގަޑި ބައިވަނިކޮށެވެ. ”މާތްކަލާނގެ ކުޅަދުންވަންތަކަން.. ހާދައިރެއްވަންދެން ޕޫލުގައި ހުރެވިއްޖޭ..” ޝަވަރު ދަށުގައި ހުރެ ޒާއިން ބުނެލިއެވެ. “ދޯ..؟ ބޭނުންވަނީ ނިދާލަން.. ވީހާވެސް އަވަހަކަށް..” އަލާން ބުނެލިއެވެ. “އޯކޭ.. އެކަމަކު އޭރުން ދޮންބެ ކަމެއްކުރިޔަސް ނޭނގޭނެއްނު..؟ އަހަރެމެން ‘ޑީލެއް’ ހެދީމެއްނު..؟” ޒާއިން ޝަހާދަތް އިނގިއްޔާ މެދު އިނގިލި މައްޗަށް ނަގާލަމުން ބުނެލިއެވެ. “އެކަމަކު…. ޓޫ ޓަޔަރޑް..!!’ އަލާން ވަރުބަލި އަޑަކުން ބުނެލިއެވެ.

އެންމެން ކެފޭއަށް ގޮސްފައި ރަނގަޅަށް ޕާސްޓާއާއި ކުކުޅު ކެއެވެ. ވަރުބަވިވެފައިވާ ވަރުން އަލުން އަނބުރާ ކޮޓަރިތަކަށް ގޮސްފައި އެންމެންނަށް ހެދުން ބަދަލު ކޮއްލައިގެން އެރުނީ އެނދަށެވެ. ނިދަން އެނދަށް އަރާފައިވެސް ކައިޔަންއަށް ހުރެވުނީ ކުޑަދޮރުން ބޭރު ބަލާށެވެ. ދެވަނަ ފްލޯރއިން ނުހަނު ރީއްޗަށް ތިރި ފެނެއެވެ. ރާޅުތައް ހިމޭންކަމާއި އެކީގައި ގޮނޑު  ދޮށަށް ބީއްސާލާފައި ދެއެވެ. ބޭރުގައި ހަރު ކޮއްފައިވާ ލައިޓުގެ އަލި މޫދަށް އެޅި ރިހި ކުލައިން ދިއްލިފައިވެއެވެ.

“ވަޓް..؟” ކައިޔަންއަށް ގަސްތަކު ގެތެރެއިން ކަޅުކުލައިގެ އެއްޗެއް ފެނުނެވެ. އަނދިރި ނަމަވެސް ކައިޔަންއަށް އެ ކަޅު އެތި ފާހަގަ ކުރާކަށް އުނދަގުލެއް ނުވިއެވެ. ނަމަވެސް ކައިޔަންއަށް ދެވަނަ ފަހަރަށް އެއަށް ބަލާލެވުމުގެ ކުރިން އޭތި ގެއްލިއްޖެއެވެ. ދެކޮނޑު އަރުވާލާފައި ކައިޔަން އަނެއް ފަރާތަށް އެނބުރި އޮށޯތެވެ.

އަނެއް ދުވަސް ފެށުނީ ނުލާހިކު މަޖާ ކަމާއެކީގައެވެ. ހެނދުނު ސައިބޯލިގޮތަށް އަނެއްކާވެސް އެރުނީ ޕޫލަށެވެ. “ދިސް އިޒް ދަ ބެސްޓް ޓްރިޕް އެވަރ..!!!!!!!” ބެކް ފްލިޕެއް އަޅަމުން އަލާން އިއުލާން ކޮއްލިއެވެ. ޕޫލްގައި މަޖާ ކޮށްކޮށްފައި މެންދުރު ގަޑީގައި ދިޔައީ ހިނގާލާށެވެ.

ދޮންވެލިގަނޑު މަތީގައި ހިނގަމުން ކައިޔަން އަނެއްކާ ކުރިމައްޗަށްހުރި ގަސްބޮޑިއަށް ބަލާލެވުމާއި އެކީގައި ކޮންމެވެސް ކަޅު އެއްޗެއް ލޮލުގައި އަޅައިގަތެވެ. ”އަޅެފަހެ މިއީ ކޮންކަމެއް..؟” ކައިޔަން ބޯ ހޫރާލާފައި ގޮސް އަވީނާ މެންނާއި އެއްހަމަކުރިއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ްއަޔާން

Next

ލޯ ފޮހެލާދޭށެ މަގޭ 13

Next
May 19, 2020

ލޯ ފޮހެލާދޭށެ މަގޭ 13

Previews
May 19, 2020

ްއަޔާން

3 Comments!

  1. Faathun says:
    May 20, 2020 at 12:00 am

    Yey me first dhw vvvvv reethi maasha allah

  2. Nauphoon says:
    May 20, 2020 at 10:19 am

    ❤❤❤❤❤❤❤❤❤

  3. Een says:
    May 21, 2020 at 11:48 pm

    When next can’t Wait…. V v v v v v v nice mashaa Allah

Comments are closed.

Next Episodeއެކުއްޖާ 13←


All Right Reserved!