ނަމަވެސް ބައްޕަ އެދުވަހު އަހރެން ސްކޫލަށް ދިޔަކަ ނުދިނެވެ. އެހެން ކަމުން އަހަރެން އެ ދުވަހު ސްކޫލަށް ނުގޮސް ޖެހުނީ ބައްޕަގެ އަމުރަށް ދަބަސް ޕެކް ކުރާށެވެ. ސުވާލު ކުރުން މަނާކޮށްފައި އޮތުމުން އަހަންނަށް އިތުރު އެއްޗެއް އެނގުނީ މަންމަ ކައިރިންނެވެ. މަންމަ ދެރަވެފައި ހުރެ ބުނީ އެހެން ރަށަކަށް ބަދަލުވާން އުޅޭ ވާހަކައެވެ. އިތުރު އެއްޗެއް މަންމަވެސް ނުބުނެއެވެ. އަހަރެމެން ބަދަލުވީ ވަރަށް ކުޑަ ރަށަކަށެވެ. އެރަށުގެ ސްކޫލުގައި އެކި އުމުރުފުރާގެ ކުދިން އުޅޭއިރުވެސް އެހުރިހާ […]
ލާޝާ އާއި ނިއަލް ކައިވެނި ކުރުމަށް މޭޒު ދޮށުގައި ހުރި ގޮނޑި ތަކުގެ ތެރެއިން އެ ދެމީހުން އިޝީނުމަށް ހަމަ ޖެހިފައިވާ ގޮނޑީގައި އިށީނދެގެން ތިއްބެވެ. މާކަ ގިނަ އިރުތަކެއް ނުވަނީސް ގާޒީ ކައިވެނި ޚުތުބާ ކިޔަން ފެށިއެވެ. ކައިވެނި ޚުތުބާ ކިޔަމުން ދިޔައިރު ލާޝާގެ އިތުރުން ނިއަލް ވެސް އިނީ ކަނުލާ އަޑު އަހާށެވެ. “އަނބި ގަބޫލުކޮށްފިން” ނިއަލްގެ ފިރިހެންވަންތަ އަޑުން ބޭރުވި މި ދެ ބަހުން ލާޝާ އަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ނިއަލް ލާޝާގެ […]
އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ ބުނާ އަޑު ތިޔައިގެ ތެރެއިން ކޮންމެ ކިޔުންތެރިއަކުވެސް އަޑުއަހަމު ނޫންހެއްޔެވެ؟ އެއްބަޔަކަށް އެ އަޑިގަނޑުން ފަސޭހަކަމާއިއެކު އެރޭއިރު އަނެއްބަޔަކަށް އެ އަޑިގަނޑުން އަރައިގަނެވެނީ އެތައް މަސައްކަތްތަކެއް ކޮށްގެންނެވެ. ވޭނާއި ކެކުޅުން ތަޙައްމަލް ކޮށްފައެވެ. ހިތްފަޅައިގެން ދާވަރުގެ ހިތްދަތި ތަޖުރިބާތަކެއް ކުރުމަށްފަހުގައެވެ. މަކަރުވެރިންގެ ނުބައި ރޭވުންތަކުގައި މިދުނިޔެމަތިން އެތައް މައުސޫމު ބަޔަކު ބެދެމުން ދެއެއްނޫންހެއްޔެވެ؟ މިކަމުގެ ސަބަބުން އެމީހާގެ އަބުރު ކަތިލެވި އެމީހާގެ މައްޗަށް އެހެން މީހުން ކުރާ އިތުބާރު ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި […]
* “ކައިޔަންގެ ލޯބި މަށަށް ނުލިބުނީ ކަލޭގެ ލޯފަދަ ލޮލެއް ނުލިބުނީމައިތަ.؟” ރަނާ ހަޅޭއްލަވައިގަނެފައި އަވްލީންގެ ލޮލަށް ކަތުރު ވައްދާލަން އައެވެ. ރަނާގެ މުޅި މޫނަށް ލޭބުރައިގެންދިޔައެވެ. ރަނާ ދެފަރާތަށް ކަތުރު އަނބުރާލިއެވެ. އަވްލީން ހަޅޭއްލަވައިގަތް އަޑަށް ވިހަ ހިނިތުންވުމަކުން ހީލާފައި އަވްލީންގެ ލެއިން ކަޅިވެފައި ހުރި ދެލޮލަށް ނަޒަރެއް ހިންގާލަން ރަނާ އެދިމާލަށް ބަލާލިއެވެ. * ރަނާގެ ލޮލުގައި އަޅައިގަތީ ކައިޔަންއެވެ. ކަތުރު ގޮސް ހެރިފައިވަނީ ކައިޔަންގެ ބުރަކައްޓަށެވެ. ކައިޔަން ލައިގެން ހުރި އަޅި […]
ރޭގައި ކަންތައްތައް ހިނގާ ދިޔަގޮތުން އިޙްނާގެ މޫޑު ހުރީ ވަރަށް ކަޓާވެފައެވެ. އެމީހާއަށް އެކަން އިނގެން ދިމާވި ކަމަކާ ވިސްނަން ހަދައިގެން އިޙްނާ އިނީ ބޯގޮވާފައެވެ. މިބޮޑު ސިއްރު އަދި އަމުދުން މިލްނާއަށާއި ޔޫންއަށް އިނގޭކަށް އިޙްނާބޭނުމެއް ނޫނެވެ. ސަބަބަކީ އޭނާގެ ބައްޕަގެ ކުއްލި ވަކިވެދިޔުމަށްފަހު މިލްނާ ކުރި ފުން ހިތާމަ އެންމެ ގާތުށް ދުށް މީހަކީ އިޙްނާއެވެ. އިރުކޮޅުކޮޅުން ކާރުގެ ޑުރައިވަރުގާތު އާދެވިއްޖެތޯ އަހާލެވެނީ އެކަމާ މާބޮޑަށް ވިސްނޭތީއެވެ. ސްކޫލަށް އާދެވުމުން ކުރަން ބައިވަރު ކަންތައްތައް […]
ޔޫންއާއި އާއި މިޙްރާންވެސް ދިޔައީ ޗިލީ ރެސްޓޯރަންޓަށެވެ. މަލްސާ ޔޫން އަތަށް ރުފިޔާ ދީފައި ދެކުދިން ކާލަން ދިއުމަށް ބުންޏެވެ. މިޙްރާންގެ އަނގަ ހުއްޓާނުލާ ދިޔައީ ވާހަކަ ދައްކަމުންނެވެ. ޔޫން އެކަމަށް މާބޮޑު މާބޮޑު ސަމާލުކަމެއް ނުދެވުނީ ވިސްނުމެއްގައި ހުރުމުންނެވެ. އިޙްނާ ރޭގައި ޑަލްގަނޯ ގިރާފައި އޭނާއަށް އެތިފޮދެއް ނުދޭ ކަމުގެ ޝަކުވާއެވެ. އަދި މިއަދު ހެނދުނު ޔޫން ހޭލީއްސުރެ އިޙްނާއެއް ނުފެނެއެވެ. މިލްނާ ގާތު އެހުމުން އެނގުނީ ރިހާމްމެން ގެޔަށް ދިޔަ ކަމެވެ. ވިސްނުމުން ބޭރުވީ […]
ނޯޓު:މި ވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގެ ބޭނުންކޮށްފައިވަނީ އަސްލު ނަންތަކެއް ނޫނެވެ. އައު ދުވަހަކަށް ދުނިޔެ މަރުހަބާކީ ޔުމްނާގެ މަންމަ އޭނައަށް ގޮވަން އޮއްވައެވެ. “ދަރިފުޅާ… ދަރިފުޅާ ތި ތެދުވެބަލަ! މިހާރު އެއޮށް ދާ ގަޑި ޖެހެނީ… މިހާރު އެންމެން ތިބޭނީ ބަނދަރުގަ!” މަންމަ ބުންޏެވެ. “ކޮންތާކަށް ދާން؟” އަށް އަހަރުގެ ޔުމްނާ ކުރީ ސުވާލެވެ. “ސުބުހާﷲ! އެހާ އަވަހަށް ހަނދާން ނެތުނީތަ؟ އަމްބަރާއަށް ދަތުރު ދާކަންނު މިއުޅެނީ… […]
“ދަރިފުޅާ” ލާޝާގެ މަންމަ ރިހާނާ ލާޝާގެ ކޮޓަރިއަށް ވަންނަމުން އޭނާގެ ލޯބިވާ ދަރިފުޅަށް ގޮވާލިއެވެ. “ލައްބަ މަންމާ” ލޯގަނޑު ކުރިމަތީ ހުއްޓި ހުރި ލާޝާ އޭނާގެ މަންމައަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލާލަމުން ބުންޏެވެ. އޭރު ލާޝާގެ ކޮއްކޮ ލާރާ އާއި އަދި، ލާޝާގެ އެންމެ ގާތް އެކުވެރިޔާ ނައިހާ ވެސް އެތާނގައި ހުއްޓެވެ. “ދަރިފުޅު ހާދަ ރީއްޗޭ މިރޭ.” ރިހާނާ އޭނާގެ ދޮށީ ދަރިފުޅު ލާޝާގެ ބޮލުގައި ފުރުމާލަމުން ބުނެލިއެވެ. އޭރު ރިހާނާގެ ލޮލުން ކަރުނަ […]
* އަނެއް ދުވަސް ފެށުނީ ނުލާހިކު މަޖާކަމާއެކީގައެވެ. ހެނދުނު ސައިބޯލިގޮތަށް އަނެއްކާވެސް އެރުނީ ޕޫލަށެވެ. މެންދުރުގަޑީގައި ދިޔައީ ހިނގާލާށެވެ. ދޮންވެލިގަނޑު މަތީގައި ހިނގަމުން ކައިޔަން އަނެއްކާ ކުރިމައްޗަ ށްހުރި ގަސްބޮނޑިއަށް ބަލާލެވުމާއެކީގައި ކޮންމެވެސް ކަޅުއެއްޗެއް ލޮލުގައި އަޅައިގަތެވެ. ”އަޅެފަހެ މިއީ ކޮންކަމެއް..؟” ކައިޔަން ބޯހޫރާލާފައި ގޮސް އަވީނާ މެންނާއި އެއްހަމަ ކުރިއެވެ. * ހަވީރު ވަގުތުގައިވެސް އެއެއްޗެއް ދެތިންފަހަރަށް ކައިޔަންއަށް ފެނުނެވެ. ނިދާ ވަގުތު ޖެހުމުން އަނެއްކާ ވެސް އިއްޔެރޭ ގަސް ބޮނޑި ތެރެއިން ފެނުނު […]