“ދަރިފުޅު ޖަވާބެއް ދީބަލަ.” ޒާޔާ ދެލޯ ބޮޑުކޮށްގެން އިންނަން ފެށުމުން ނިހާން އަށް އުނދަގޫވިއެވެ. ބައެއްފަހަރަށް މިއީ ޒާޔާ އާއި ކޮށްގެން ވާނެ ކަހަލަ ސުވާލެއް ވެސް ނޫނޭ ނިހާންގެ ހިތަށް އަރައެވެ. އެކަމަކު މިކަން ކުރަން ކޮންމެވެސް އެއްގޮތަކުން ނިހާން އަށް ވަނީ މަޖުބޫރުވެފައެވެ. އޭނާއަށް އަބަދަކު ޒާޔާ ރޮއެ ހިތާމަކުރާ މަންޒަރު ބަލަން ކެތެއް ނުކުރެވޭނެއެވެ. “އަދި މަންމަ މަރުވިތާ މަހެއްވެސް ނުވެގެން މިއުޅެނީ. ދެން ބައްޕަ ހާދަ އަވަހަކަށް އެހެން ކައިވެންޏެއް ކުރަން […]
ސާދަވިލޭރޭގެ ހަނދުގެ ވަށައިގެން ތަރިތައްވިދާ ބަބުޅާ މަންޒަރު ވަރަށް ހިތްގައިމެވެ. ބެލްކޮނީގެ ރެއިލިންގްގާ އަތް ވިއްދާލައިގެން ހުރި ކުއްޖާއަށް މި މަންޒަރުން އަސަރެއް ކުރި ހެނެއް ހީނުވެއެވެ. ބަލާބެލުމަށް އޭނާ ވަނީ ވަރަށް ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނާ އަށް ލިބިފައިވާ ކަޅު ރޭގަނޑެއް ފަދަ ރާޅުބާނި އިސްތަށިގަނޑާ އެ ހިމަތޮޅި ހަށިގަނޑާ ވަރަށް ގުޅެއެވެ. އޭނާގެ ރީތިކަން އިތުރުކޮއްދެނީ އޭނާއަށް ލިބިފައިވާ ކަޅުކަޅި އެވެ. ” ނާނީ … ތިހާ ވަރަށް ނުވިސްނަބަލަ … ލޮންޑަނަށް […]
އޯ..ގަޑެއްގައިނީމަ ނީވުނީ..އަހަރެންމީ ދޯ..އޯކޭ އަހަރެންމީ… ކާކުހެން ހީވަނީ ހައުވުޑް އައިނޯ؟ތީކަކުކަމެއް..ނޭގޭތީއެއްނު މިއެހީ އެހެން ނޫންނަމަ ބޭކާރުގޮތުގައި އަހާނީ ކާކު..ހަމަގައިމު ތިކާކުކަން އިގޭނަމަ އަހަނެއްނާހާނަން ދޯ..އަހަރެންވެސް އަހަރެންގެ ގޮތުގައި ބުނީމެވެ.. ހުމް..އަހަރެން ކަހަލަ މަންޖެއެއްދޯ..ހެހެ..އަދިވެސް ކަކުކަމެއް ބުނާކަށް ނޫޅެއެވެ.ކޮންކަހަލަ މީހެއްހެއްޔެވެ؟އަހަރެން ރުޅިއައިސް އަނެއްކޮޅަށް މޫނު އަބުރާލިމެވެ. އަހަ.މަންޖެ ރުޅި އައީތަ..އޯކޭ މިބުނަނީ އަހަރެންމީ ކާކުކަން..އައިއޭމް ޔައިޝް ހަސަން.. ބައްޕައަށް ކިޔަނީ އަހުމަދު ހަސަން…މަންމައަށްކިޔަނީ އާމިނަތް ޔަސްމާ…ރެޑްހައުސް..އޭޖް 16…ކިޔަވަނީ މަދަރުސަތުލް އަހުމަދިޔާގެ ގޮރޭޑް 10 އޭ ގަ… އުފަންދުވަހަކީ 13 […]
* އަވްލީންގެ ލޮލުން އޮހިގަތީ އުފާވެރިކަމުގެ ކަރުނަކަމެއް ރުޅިވެރިކަމުގެ ކަރުނަކަމެއް ދެރަވުމުގެ ކަރުނަ ކަމެއް ނޭނގެއެވެ. އަވްލީންއަށް ބުނެދޭން ދަތި ގޮތްތަކެއްވިއެވެ. އެދިގުކޮއްލާފައިވާ އިސްތަށިގަނޑުގެ ތެރެއިން އަވްލީންއަށް އެއީ ލިޔާން ކަން އެނގެން ސިކުންތެއްވެސް ނުނެގިއެވެ. “އަވްބޭބީ.. ލޯންގް ޓައިމް ނޯ ސީ..” * ކުރިމަތީގައި ހުރި ލިޔާން ބުނެލިއެވެ. އަވްލީންގެ ޗޭނުފަށް ތަކުން ސަލާމަތްވާން ބޭނުންވިއެވެ. ލިޔާން އާއި ސަލާމް ކޮއްލަން އެހިތް ތެޅިފޮޅުނެވެ. އެއީ ކައިޔަން ފެނުމުން ވެސް އަވްލީންއަށް ނުވިވަރެކެވެ. “ކިހިނެތްވެގެން މިހާރު […]
” އެއީ މަންމަމެން ދައްކާ ބޯދާ ވާހަކައެއް.. އެމީހުން އަހަރެމެން ތަންތަނުގައި ތިބޭ އެއްޗެހި ބިނދެހަދާތީ އަހަރެމެން ބިރުގަންނުވަންވެގެން ކިޔާ އެއްޗެއް އެއީ.. ކަލޭ ދުވަހަކުވެސް ދެކުނިންތަ މަލެއް ބިނދެގެން މީހަކު ޖިންނި މޮޔަވިއޭ…” ޔާނިއުބުންޏެވެ. ” މަނުދެކެން.. އެކަމަކު މަ ވަރަށް ގިނައިން އަޑު އަހާވާހަކައެއް..” ޔާނިއުގެއެކުވެރިޔާ ބުންޏެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަތަކުން އިތުރަށްވެސް ނަވްލާގެ އެކުވެރިންގެ ހިތުގައި ހާސްކަން އުފައްދާފިއެވެ. ދެއެކުވެރިން އެތާ ތިބެން އިތުރަށް ބޭނުން ނުވާތީ ހިނގާށޭ ކިޔާ ނަވްލާއަށް […]
ސްކޫލް ރަނގަބީލު ޖެހުމާއިއެކުހެން ސްކޫލް ގޯތިތެރޭ މަޑުކޮށްގެން ތިބި ހުރިހާ ކުދިންތައް ސްކޫލްގެ މައި ގޭޓުން އެތެރެއަށް ވަންނަން ފެށިއެވެ. މިއަދަކީ ދިރާސީ އައު އަހަރު ފެށޭ ދުވަސްކަމުން ކޮންމެ ކުއްޖެއްގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ބޮޑު ޗުއްޓީއެއް ހޭދަކޮށްލުމަށްފަހު އަލުން އަނބުރާ ސްކޫލަށް އާދެވުމުން އެ ކުރެވެނީ ވަރަށްވެސް ތަފާތު އިޙުސާސްތަކެކެވެ. ހިތަށް ހަމަޖެހުން ގެނުވައިދޭނޭ އިޙުސާސްތަކެކެވެ. ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ އެކުވެރިންތަކާއިއެކީ ކްލާސްތަކަށް ވަންނަމުން ދިޔައެވެ. ޒާޔާވެސް އޭނާގެ އެންމެ ގާތް […]
ގަޑިން ރޭގަނޑު އަށް ގަޑި ބައިވިއިރު ނިއަލް އިނީ ލާޝާގެ އިންތިޒާރުގައި ސިޓިންރޫމުގައި އިންނަ ބޮޑު ސޯފާގައެވެ. ގިނައިރު ތަކެއް ނުވެ ލާޝާ ރީތި ވެގެން ނިކުތެވެ. އަދި ފަރި ހިނގުމެއްގައި ގޮސް ހުއްޓުނީ ނިއަލްގެ ކުރިމަތީގައެވެ. ލާޝާ ފެނުމުން ނިއަލް އަށް ހުރެވުނީ ކަޅި ޖަހާނުލާ ލާޝާ އާއި ދިމާއަށް ބަލާށެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. ކަޅުކުލައިގެ މެކްސީ އެއް ލައިފައިވާއިރު ތުންފަތުގައި ހުރީ މެރޫން ކުލައިގެ ލިޕްސްޓިކެއް ޖައްސާފައެވެ. އަރައިގެން ހުރީ […]
“މިސް މަލްދާ މިހާރު މަލްދާ ގެ ފިރިމީހާގެ ހުރިހާ މުދަލެއްގެ ވެރިޔަކީ މަލްދާ….. މީ އެލިޔެކިޔުންތައް” މަލްދާ ގެ ލޯޔަރު އެހއން ބުނެ އޭނަ ކުރިމަތީ ވި ގަނޑުތައް މަލްދާގެ އަތަށް ދިނެވެ. މަލްދާ އެ ގަނޑުތަކަށް ބަލާލަމުން ހިނިތުންވިއެވެ. “ޝުކުރިއްޔާ ދެން ދިޔަޔަސް އެންމެ ރަނގަޅު” މަލްދާ އެހެން ބުނުމުން އޭނަ ކުރިމަތީ އިން މެދު އުމުރުގެ ފިރިހެން މީހާ ދިޔައެވެ. “އިފާ ޝިނާންއަށް ގުޅާފަ ބުނޭ މާދަން މާލެ ދާން ޓިކެޓް ނަގާށޭ” މަލްދާ […]
ހައްޔާމްގެ މިޒާޖު އެންމެ ރަގަޅަށް އެނގޭ އެއްބަޔަކަށް ހަމަގައިމުވެސް އޭނަގެ އެކުވެރިންވާނެއެވެ. ހައްޔާމްގެ އުޅުން ހުންނަ ގޮތުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހެންވެ އެ އެކުވެރިންވެސް ހައްޔާމްއާ މެދު ކަންބޮޑުވެއެވެ. ” ހާތިބު އެރަށްތަށް އޮންނަނީ ކިހިނެއްތަ؟.. އަހަރެންވެސް އެރަށްތަށް އޮންނަގޮތް ބަލަން ވަރަށް ދާހިތްވޭ..” ރާބިލް ހަތީބު ކުރެން އަހާލިއެވެ. ” ގިނިހިޔާރަށް އަސްލު އެހެންފެންނަ އިރު ހީވަނީ ހުސްފަރުބަދަ ތަކެއް ހުންނަހެން ދޯ.. އެކަމަކު އޭ ވަށައިގެން ހުންނަ ފަރުބަދަ ތަކެއް ދެން […]