ރާނީގެ ހުރިހާާ ޚިޔާލުތައް ގޮސް ހުއްޓިފައި ވަނީ އޭނާގެ އެހިތްދަތި މާޒީއަށެވެ. މަންމައާއި ވަކިވުމަކީ ކިހާވަރެއްގެ ކަމެއްކަން މިއަދު އޭނާއަށް އިޙްސާސް ކުރެވުނެވެ. އެހެނަސް މިއަދު ކުރާނެ ކަމެއް ނެތެވެ. އެމަންމަ މިދުނިޔެއާއި ވަކިވެގެން އެދިޔައީ ރާނީގެ އެވިޔާނުދާ އުޅުމުގެ ސަބަބުންނެވެ.
ރާނީއަކީ ރަށްފުށުގެ ދިރިއުޅުމެއްގައި އުޅެމުން އައި އެރަށުގެ އެންމެ މުއްސަނދި އަދި އެންމެ ގަދަރުވެރި އާއިލާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ހަމައެހެންމެ އެންމެ ހަގު ކުއްޖާ ވެސް މެއެވެ. މައިންބަފައިންގެ ލޯބި ލިބިގެން ބޮޑުވަމުން ދިޔަ ދިވެހި ދަރިޔެކެވެ. ރާނީގެ އިތުރުން އެއާއިލާގެ ރާނީގެ ދޮންބެގެ މަގާމުގައި ހުރީ ރަސަލްއެވެ. ރަސަލް އަކީ މުޖުތަމައުގެ ތެރެއަށް ނުކުންނަމުން އަންނަ ޒުވާނެކެވެ.
ރާނީއަކީ މަދުރަސީ ދައުރުގައި ވަރަށް ގިނަ ރަންވަނަތަކެއް ހާސިލުކޮށް މައިންބަފައިން ފަޚުރުވެރި ކުރަމުން ދިޔަ ކުއްޖެކެވެ. އޯލެވެލް އިމްތިހާނުން މުޅި ރާއްޖެ އިން އެއްވަނަ ހާސިލުކޮށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ލިބިގެން ދިޔައެވެ.
ރާނީއަށް ލިބުނު ސްކޮލަރޝިޕްގައި އޭނާ ދާން ބޭނުންވީ ރަޝިޔާ އަށެވެ. އޭނާގެ އާއިލާ އެކަމަށް ތާއީދުކުރި އެވެ. ހަމައެހެންމެ އެކަމަށް އާއިލާއިން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދިނެވެ. ރާނީ ވެސް އާއިލާއަށް ޔަޤީންކަން ދިނީ އޭނާ އަބުރާ ޤައުމަށް އަންނާނީ މުޅި އާއިލާ ފަޚްރުވެރި ކުރުވާނެ ފަދަ ރަނގަޅު ނަތީޖާ އަކާއެކު މޮޅު ޑޮކްޓަރ އަކަށް ވެގެން ކަމެވެ.
ދުވަސްތައް ހަލުވިކަމާއެކު ވޭތުވަމުން ގޮސް މަސްތަކަކަށް ބަދަލުވެ ރާނީ ރަޝިޔާއަށް ފުރަން ހަމަޖެހިފައިވާ ދުވަހެވެ. ރާނީ ރަޝިޔާއަށް ގޮސް ކަންތައްތައް ހަމައަކަށް އެޅެންދެން ރާނީގެ ގާތުގައި ހުރުމަށް އެކުޑަކުޑަ އާއިލާ ވެސް މިދަތުރުގައި ބައިވެރިވި އެވެ. އެކޮޅުގައި ރާނީ ހުރުމަށް ހަމަޖެހިފައިވާ ގެ އަކީ ރާނީގެ މައިންބަފައިންގެ ވަރަށް ގާތް ރަޙުމަތްތެރިއެއްގެ ގެއެވެ. ޒަމާނީ ފެންވަރަށް ހަދައިފައިވާ އެ ބޮޑު ގެ ވައްތަރީ ހަވޭއްޔަކާ އެވެ. ދެބުރިއަށް ނަގާފައިވާ މި ގޭގައި 4 ކޮޓަރި އާއި ބޮޑު ޑައިނިންގް ރޫމް އެއްގެ އިތުރުން ބަދިގެއެއް ވެއެވެ. ހަމައެހެންމެ ބޮޑު ސިޓިންރޫމް އެއްގެ އިތުރުން ހިތްފަސޭހަ ކޮށްލުމަށް ޓަކައި ބަގީޗާއެއް އޮވެއެވެ. މި ބަގީޗާގައި ރާއްޖެގައި ނުހުންނަ އެތައް ވައްތަރެއްގެ މާމެލާމެލި ހައްދާފައިވެއެވެ. ގޭގެ ބިއްދޮށުގައި ކުޑަ ވަރެއްގެ ޖިމަކާއި ބޮޑު ފެންގަނޑެއް އޮވެއެވެ. މިއީ އެގޭގެ އެންމެ ހިތްފަސޭހަ ހިސާބެވެ.
މަލީހާ އާއި މަސީހް ގެ ދެދަރިން ކަމަށްވާ ޖޫލީއާއި ޖުމާން ވެސް އުޅެމުން ދިޔައީ އެގޭގައެވެ. ޖުމާން އަކީ ރާނީ އާއި އެއް އުމުރެއްގެ ކުއްޖެކެވެ. ހަމައެހެންމެ ނަސީބު ދިމާކުރިގޮތުން ދެމީހުންވެސް ކިޔަވަން ހަމަޖެހިފައިވަނީ ވެސް އެއް ކޮލެޖަކުންނެވެ. ދެމީހުން ވެސް ޚިޔާރު ކުރީ އެއް ކޯހަކަށް ވުމާއެކުގައެވެ.
އާއަހަރުގެ ފުރަތަމަ ދުވަހު ކޯސް ތައް ފެށިގެން ދިޔައެވެ. ހަފްތާއެއްހާ ދުވަސް ފަހުން ހުރިހާ ކަމެއް ހަމައަކަށް އެޅުމުން ރާނީގެ އާއިލާ އެނބުރި ރާއްޖެ ދިއުމަށް ތައްޔާރުވަމުން ދިޔައެވެ. މައިންބަފައިންނާއި ލޯބިވާ ބޭބެ އާއި ދުވަސްކޮޅަކަށް ވެސް ދުރުވަން ޖެހޭތީ ރާނީ ވަރަށް ހިތާމަ ކުރިއެވެ. ކުޑަކުއްޖެއް ފަދައިން ބޮޑާހާކާ ރޮއިރޮއިފާ އުޅުނެވެ. ނުގޮސް މަޑުކުރުމަށް އެދި އާދޭސްކުރިއެވެ. އެހެންނަމަވެސް ރާނީމެން ގޭގެ ވިޔަފާރި ކުރިއަށް ގެންދިޔުމަށްޓަކައި ކޮންމެހެންވެސް ދާން ޖެހޭތީ ފުރައިގެން ދިޔައެވެ. ރާނީ ހަމައަކަށް އެޅުމަށް ހަފްތާއެއްހާ ދުވަސް ހޭދަ ވިއެވެ.
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް ރާނީ ރަޝިޔާގައި އުޅޭތާ 18 ވަރަކަށް މަސް ފާއިތުވެގެން ދިޔަ އެވެ. އެހެންނަމަވެސް ރާނީ އާއި ޖުމާން ލޯބީގެ ގޮތުން ގުޅިގެން ދެމީހުންވެސް އެކުގައި ވޭތުކުރެވޭ ވަގުތުތައް ގިނަވެ، ކޮލެޖަށް ދާންޖެހޭ ދުވަސް ތަކުގައި ކޮލެޖަށް ނުދިޔުމުގެ ސަބަބުން ކޮލެޖުން ވަކިކޮށް ލިއެވެ. އެހެންނަމަވެސް ރާނީ އާއި ޖުމާން އަކަށް ނުވިސްނުނެވެ. ދެމީހުން އެކަކު އަނެކަކާ އެއްކޮށް މާތް ﷲ ހަރާމް ކުރެއްވި ފާހިޝް އަމަލުތަކަށް އަރައިގަންނަމުން ދިޔައެވެ. މާތް ﷲ ގެ އަޒާބަށް ބިރުވެތި ނުވާ ޙާލުގައެވެ. ހަމައެހެންމެ ރާބުއިމާއި ޒިނޭކުރުމާއި މަސްތުވާތަކެތީގެ ވަބާގައި ރާނީ ޖެހިގެން ދިޔައެވެ. ގެއިން ބޭރުގައި ވޭތު ކުރާ ގަޑިތައް ގިނަވެގެން ދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ކައިވެނީގެ ބޭރުން ރާނީއަށް ދަރިއަކު ލިބުމެވެ. ކާކުގެ ދަރިއެއްކަން ވެސް ރާނީއަކަށް ނޭނގެއެވެ. ހަމައެހެންމެ ރާނީ ބަލިވެ އިންކަން އެނގުނު ދުވަހު ޖުމާން ރާނީ އާއި ވަކިވެގެން ދިޔައެވެ. އެދުވަހެއްގެ ފަހުން ރާނީއަކަށް އަދިވެސް ޖުމާން ނުފެނެއެވެ. ރާނީގެ މައިންބަފައިންނަށް ކުރެވުނު ވައުދު ވިއްސި ވިހާލެވިގެން ދިޔައީ ރާނީގެ ވިޔާނުދާ އުޅުމުގެ ސަބަބުންނެވެ.
ރާނީގެ އާއިލާ އަށް މިކަންތައް އެނގުމުން ރަޝިޔާއަށް އައެވެ. ރާނީގެ މަންމައަށް ރާނީ ހުރި ހާލަތު ފެނުމުން ވަރަށް ލަދު ގަތެވެ. އެހާމެ ދެރަވެ ރުޅިގަދަވިއެވެ. ރާނީގެ ގައިގައި ތަޅައިގަތެވެ. އެހެންނަމަވެސް ރާނީގެ ބައްޕަ އާއި ދޮންބެ ރާނީ ސަލާމަތް ކުރިއެވެ. އެރޭ ވެސް ނިމިގެންދިޔައީ ރާނީ ހިތާމަ ކުރުމުގައެވެ. އޭގެ އަނެއްދުވަހު ރާނީ އަށް ފެނުނީ ރާނީގެ މަންމަ އަމިއްލައަށް ދަންޖެހިގެން މަރުވެފައި އިން ތަނެވެ. ރާނީއަށް ހަތަރު އުދަރެސް ފެން ޖެހުނު ފަދައެވެ.
މަންމައަށް ހެޔޮ ދުޢާ ކުރާ ހާލުގައި ރާނީ ސަހަރާގެ ތެރޭގައި އިދެވުނީ އުޅެވުނު ގޮތާ މެދު ހިތާމަ ކުރުމުގައެވެ. ހަމައެހެންމެ ގެޔަށް ގޮސް ނަމާދުކޮށް މާތްﷲ ގެ ހަޟްރަތުގައި ފުރިހަމަ ތައުބާއަކުން ތައުބާވިއެވެ. ހަމައެހެންމެ ދުވަހަކުވެސް އެފާފަ ނުކުރުމަށް ހިތުގައި އަޒުމު ކަނޑައެޅި އެވެ. މާތް ރަސްކަލާނގެ ރާނީއަށް ހެޔޮ ވިސްނުން ދެއްވި އެވެ.
♥️? ނިމުނީ ?♥️
18 Comments!
Comments are closed.

Salaam❤️ again a new story ❤️ feel free to comment ur views ❤️ love you all ❤️
#staysafe #stayhome
Sau dhen dhiguvaahaka eh up kohbaa Masha Allah mi vaahaka vx Hama ehaa reethi
Thank you so much Yan ❤️ Insha Allah will upload a long one tooo ❤️?
Insha Allah u will be a good writer.
thank you Aiham ❤️❤️
Wow ❤?
V furihama
Keep going on
❤ u
thank you ? love you more ❤️? anonymous
Raani ah mivhk v reethi masha Allah…raani nan inyma kiyaahiyviy..finally vhk x ehaame reethi..keep up the gud wrk…May Allah bless u..full fill ur dreams
Thank you so much Raani ❤️☺️ so happy to know that u liked this ❤️ may Allah bless u tooo ?
Varah reethi vaahaka. . Start writing long stories tooo. Love love love the effort you put. I’m so proud of you. You are capable my dear♥️?
thank you shiu dhahthi ❤️❤️will start them after my grade 10 i guess ❤️❤️
I’m stunned by what i just read. Keep it up ???
thank you Reem ❤️❤️
sifa kurunthah fashui kohlyma varah reethinvaane… In’sha allah varah molhu autor aka vegen dhaane…. n mi stroy vs varah reethi masha allah
Thank you so much Riff??
Vvvv lowbi mi story???
Masha Allah
Keep going darling
Insha’Allah you can become a great author one day???
Thank you so much #Uknowme Yaas ??
Thank you so much #Uknowme Yaas ??