Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 3 ވަނަ ބައި

kudhoo Level 310 Stories100 Comments
May 16, 2020 4 Mins Read
6 Comments

ސުމައްޔާވެސް އޭނާގެ ދެތިން އެކުވެރިންނާއެކު ބޭރު ތެރޭގައި އުޅެމުންދިޔައެވެ. މައިންބަފައިން ގެއާ ދުރަށް ނުދަން ބުނެފައި އޮންނާތީ އޭނާގެ އެކުވެރިންނާ އެއްކޮށް ގެއާ އެންމެ ކައިރިން ފޭބެން އޮންނަ އަތިރިމަތީގެ ގަހެއްހެ ގޮފިގަނޑެއްގައި ވާހަކަ ދައްކާލަން ތިއްބެވެ. ” ސުމީ.. ބައްޕަމެން ނޫޅޭތަ ސުމީ މީހަކާ ކާވެނި ކުރުވަން.. އަހަރެން މިހެން މިބުނީ އަހަރެމެން ތެރެއިން ގިނަ ކުދިންނަށް ވިހި އަހަރު ވާތަނުން މައިން ބަފައިން ކޮންމެވެސް މީހެއް ހޯދާފައި ކައިވެނި ކުރުވާނެ.. އަހަރެމެންނާ އެކު އުޅުނު އަލީފާގެ މައިންބަފައިންވެސް އޭނައަށް ވިހި އަހރު ފުރުނު ތަނުން ކާވެނި ކުރުވައިފި..” ސުމައްޔާގެ އެކުވެރި ބަލްމާ ބުންޏެވެ. ” ބަލްއަށްވެސް އެނގެއެއްނޫ.. މަގޭ މައިންބަފައިން އެގޮތަށް ކަންތަކެއް ނުކުރާކަން.. ބައްޕަ ބޭންނުންވަނީ އަހަރެމެންނަށް ރަގަޅު މީހަކު ފެނިއްޖެއްޔާމު ބުނަން.. އެހެން ނޫނީ ރަގަޅު މީހަކު ކައިވެންޏަށް އެދިގެން އައިސްފި ނަމަ ބައްޕަ އަހަރެމެންނާ އެވާހަކަ ދައްކާ އަހަރެން ޤަބޫލުނަމަ ކުރުވަން.. މާޝާﷲ ބައްޕްޔަކީ ދަރިންގެ އުފަލަށް ވަރަށް ވިސްނާ މީހެއް..” ސުމައްޔާ އޭނަގެ ބައްޕަ އެމީހުންނާމެދު ވިސްނާވަރު އަދި އެމީހުންގެ އުފަލަށް އެދޭވަރު ގާތް އެކުވެރިންނަށް ކިޔައިދިނެވެ. “އެހެންވިއްޔާ އަހަރެން ހިތަށް އަރާ ކޮންދުވަހަކުންބާއޭ ސުމީގެ ޕްރިންސް ސުމީ ބަލާ އަންނާނީ” އީރާ ބުންޏެވެ. “އާނ! ތިހެން ބުނީމަ އަހަރެންގެ ހިތަށްވެސް އެބައަރާ ސުމީގެ ޕްރިންސް އަންނާނީ ކޮންދުވަހަކުންބާއޭ.. މަށަކަށް ނޭނގެ އަދި މަގޭ މައިންބަފައިން ތިކަމާމެދު ދެކޭ ގޮތެއްވެސް.. އެކަމަކު އަދި އަމިއްލަޔަށް މީހަކު ނުހޯދަންވިއްޔާ.. ދެން މައިންބަފައިން މީހަކު ދައްކާފިއްޔާމު ކައިވެނި ކުރާނީ.. މީ މަގޭ ވިސްނުން” އެއަށް އިތުރު ކޮށްލަމުން ފައިނާ ބުންޏެވެ. ތިންކުދިން ވެސް އެކުދިންގެ މުސްތަޤުބަލުގެ ވާހަކަތައް ދައްކަން ތިއްބާ ކޮންމެވެސް އެއްޗަކުން އެމީހުންގައިގައި ޖެހުނެވެ. ” ޔަޤީނޭ މިރޭވެސް އެ ހައްޔާމްގެ ކަންތައް މީ.. މީނައަކާ ހެދިވެސް ތަނެއްގައި ހަމޖެހިލާގެން ނުތިބެވޭނެ..” ހައްޔާމް ގެ މިފަދަ އުނދަގޫ ކުރާތީ އީރާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ގަހެއްގެ ބިތްދޮށުގައި ފިލާ ހުރެފައި އީރާ ވާހަކަ ދައްކާއަޑަށް ހައްޔާމު ނިކުތެވެ. ” އަހަރެންނާ ހެދި ހަމަ އެހާވެސް އުނދަގޫވޭތަ.. އަހަރެން އައީވެސް ތިމީހުނަށް އުނދާގޫ ކުރަންވެގެންނޭ.. އެހެންވީމާ އުނދަގޫ ވާނެއެއް ނޫ..” ނަސީބަކުން އޭނައަށް އެހާހިސާބަށް ބުނެވުނުތަނާ އެ ގުރޫޕުގެ އެހެންކުދިންނަށް އެހިސާބަށް އާދެވުނެވެ. “މީދޯ ފިލަމުން އައިސް ތިގަންނަ ގަނޑަކީ.. ދެން އެވެރިންނަށް އުނދަގޫ ކުރަނީ ކީއްކުރަންތަ..” ހާތިބު އޭނާގެ ދައްތަވެސް އެތާ ހުއްޓާ ހައްޔާމް އުނދަގޫ ކުރުމުން އެކަމާ ހިތްހަމަ ނުޖެހި ހުރެ ބުންޏެވެ. ” އޭ ބްރޯ.. ރުޅި ނާދެބާ މަ މަޖަލަކަށޭ.. ހިނގާ ދަމާ..” ހާތިބު ރުޅިއައިކަން އެނގުމުން އަވަހަށް އެކަން އޮތްބާލަންވެގެން ހައްޔާމް ބުންޏެވެ. ހާތިބު އަށްވެސް ހައްޔާމްގެ ގޮތް އެނގޭތީ އެކަން މައްސަލަ ގަނޑަކަށް ނަހަދަންވެގެން އެތަނުން ދިޔައެވެ.

ބުރާސްފަތި ދުވަހަށް އިރު އެރީއްސުރެ ހާތިބުގެ ދެފައި އެއްތާކު މަޑުނުޖެހެއެވެ. އެކަން ފާހަގަވެގެން ވަރުދާން އެކަމާ ބެހޭގޮތުން ހާތިބުއާ ސުވާލުކުރިއެވެ. “ބައްޕާ މިއުޅެނީ މިރޭ ރައްޓެހިންނާއެކު ބާބެކިއު އެއް ޖައްސަންވެގެން.. ދެން މާދަމާރެއިން ފެށިގެން އެމީހުންނާ ދިމާއެއް ނުވާނެތީ.. އެހެންވެ އެންމެން އެއްކޮށް މަޖާކޮށްލަން ވެގެން..” ދަރިފުޅުގެ ވާހަކަތައް އަޑުއަހަން ހުރި ވަރުދާން ބާބެކިއުއަށް ބޭނުންވެގެން އުޅެނީ ކޯއްޗެއްތޯ އަހާލިއެވެ. ” އިތުރު އެއްޗެއް ބޭނުމެއްނޫން އަމިއްލައަށް ކަނޑުންނާ އެއްގަމުން އެއްޗެއް ހޯދައިގެން ހަދާނީ.. އެކުވެރިން ކުރާކަމަކަށް ވީމަ އެންމެން އެއްކޮށް މިކަން މިކުރަނީ..” އިތުރު އެއްޗެއް ބޭނުން ނުވާ ވާހަކަ ބުނުމަށް ފަހު ހާތިބު އާސިޔާއަށް ގޮވާލިއެވެ. ” މަންމާ މިރެއަށް ވަރަށް މީރުކޮށް މުހިންގާ ސުރުވާ ކައްކާ ދީބާ.. މަގޭ އެކުވެރިންނަށް..” އެހާ ލޯބިން ދަރިފުޅު ގޮވާލާފައި ބުނުމުން އާސިޔާ އަވަހަށް އެކަމަށް އެއްބަސްވިއެވެ. “އާނ! ތީ އެއްވެސް ކަމެއް ނޫނެއްނޫ.. ދަރިފޫޅުމެން ކިތައް ކުދިންތަ ދަނީ..” އާސިޔާ އަހާލިއެވެ. ” އަޅުގަނޑު ލައިގެން ހަތަރެއް..” އާސިޔާއަށް ޖަވާބުދީފައި ހާތިބު ގެއިން ނިކުންނަން ދިޔައެވެ. ” ދަރިފުޅާ ކޮންމެ ކަމެއްގައި އުޅުނަސް ނަމާދު ގަޑިއަށް ހުއްޓާލަފައި ނަމާދުކުރާތި” ހާތިބު ނިކުމެ ނިކުމެ ހުއްޓާ ގޮވާލައިފައި ވަރުދާން ބުންޏެވެ. ވަރުދާން އަށް ޖަވާބުދީފައި ހާތިބު ނިކުތެވެ.

އަތިރިމަތީގައި ބާބެކިއު ޖައްސައިގެން ފަސްމީހުން ކާން ތިއްބެވެ. އަދި ހާތިބުގެ މަންމަ ހަދައިދިން ސުރުވާ މީރުވެގެން އުޅުނެވެ. ފަސް މީހުންވެސް އެމީހުންގެ މުސްތަގުބަލު ރާވަމުން ދިޔައެވެ. ” އަހަރެންނަށް ހީވަނީ މި ދަތުރުގައި ވަރަށް ގިނަ ކަންތަކާ ކުރިމަތި ވާނެހެން.. އެހެންވެ ބައްޕަ އަހަރެން ޓްރއިން ކުރުމަށް އެ އުޅެނީ…އަހަރެން މިހުންނަނީ އެކަންތައްތައް ލޮލުން ދެކޭހިތުން ކެތްމަދުވެފައި.. އަސްލު އަހަރެން ހިތަށް އަރާ ތި އެކުވެރިންވެސް ގޮވައިގެން ދެވޭނެ ނަމައޭ.. އަހަރެންނަށް ތަންތަން ބަލާފައި އެނބުރި އާދަވިއްޖެއްޔާ އެންމެން އެއްކޮށް ބުރެއް އަޅާނީ އިންޝާﷲ ދޯ!..” ހާތިބުގެ އެދަތުރުގައި ބައިވެރިވާ ހިތް އެކުވެރިން ވިޔަސް އެމީހުން މައިންބަފައިން އެއްބަސް ނުވާނެ ކަން އެމީހުންނަށް އެނގެއެވެ. އެރޭވެސް އެކިކަހަލަ ސަކަރާތުގައި ފަތިސް ވުމާގާތްވަންދެން އުޅެފައި ނިދަން ގެއަށް ވަނެވެ. ހާތިބުއަށް މިރޭވެސް ނިދުނު ތަނާ އެއްކަލަ ރީތި ހުވަފެން ފެންނަން ފެށިއެވެ. ނަމަވެސް އެއްކަލަ ހިސާބުން ބައްޕަ އައިސް ގޮވުމުން އުފަލަކުން މަޙުރޫމްވީފަދަ މީހަކު ފަދައިން އެނދުން ތެދުވުނެވެ. އެދުވަހުގެ ބާކީބައި ހޭދަ ކުރީ އެހެންދުވަސްތަކެކޭވެސް އެއްފަދައިންނެވެ. ދުވާލުގަޑިއަކީ އާންމުކޮށް އެމީހުން ކައިބޮއި ހަދާ ގަޑިއަކަށް ނުވުމުން ކޮންމެ ގަޑިއަކަށްވެސް ކޮންމެވެސް ކަހަލަ ސަރުބަތައެއް ނުވަތަ ސޫޕެއް ހަދައިގެން ބޮނީއެވެ. ބޮޑެތި ކެއުމެއް ތައްޔާރު ކުރާނީ ރައްޓެއްސަކަށް ނުވަތަ އަވަށްޓެރިޔަކަށް ކެއުމަށް ދައުވަތު ދެވިއްޖެނަމައެވެ.

އިޝާކޮށްގެން ގެއަށް އައިސް ހެދުންތައް ބަދަލު ކުރުމަށްފަހު ދެބަފައިންވެސް ފެންޑާއަށް ނިކުތެވެ. “ދަރިފުޅާ މިރޭ ދަސްކުރާނީ ކަނޑި ބޭނުން ކުރާނެ ގޮތް.. ކަނޑި ބޭނުން ކުރާ ގޮތް ދަސްކޮށް ނިމުމުން ދަރިފުޅަށް ލިބެމުން އަންނަ ބާރުތައް ބޭނުން ކުރަން ދަސްކުރާނީ..” ވަރުދާން އޭނާގެ ދަރިފުޅު ކަންތައް ކުރާނެ ގޮތަކާމެދު ވިސްނަމުން ބުންޏެވެ. ” އޯކޭ ބައްޕާ.. ކިހާއިރަކު ދަނީ..” ކެތްމަދުވެފައި ހުރެ ހާތިބު އަހާލިއެވެ. ” މަޑު ކުރޭ މަންމަޔާ ދައްތަ ނިކުތީމަ ދާނީ” ހަތީބު ހުރީ އެމީހުން ނުނިކުމެގެން ކެތްތެރި ކަން ކުޑަވެފައެވެ. އެހެން މާ ގިނައިރަކު ހުންނާކަށް ނުޖެހުނެވެ. އެދެމީހުން ކޮޓަރިތަކުން ނިކުތެވެ. ” އާސީ ކޮބާ.. އަހަރެމެން ދާން މިއުޅެނީ.. ދަރިފުޅާ ސުމައްޔާ ބޭރުތެރޭ ގައި އުޅުނަސް ބަލައިގެން އުޅޭތި.. ގެއާ މާދުރަށް ނުދާތި..” ވަރުދާން ގެއިން ނިކުތުމުގެ ކުރިން އޭނާގެ އަންހެން ދަރިފުޅަށް ނަސޭހަތް ދިނުމުގެ ގޮތުން ބުންޏެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން ސުމައްޔާ ބޯޖަހާލިއެވެ. ދެބަފައިން ދާތަން ބަލަން ދެމައިން އަތިރި މައްޗަށް ނިކުތެވެ. ކަނޑު ހުރަސްކޮށް ދާން ޖެހޭތީ ވަރުދާން އޭނާގެ ވަރަފަތް ގަނޑު ހުޅުވާލިއެވެ. މުޅިތަން އަލިވެގެން ދިޔައިރު ލޯތަރަތަރަ ޖަހާގެން ދާނެއެވެ. އެކި ކުލަކުލައިން ދިއްލިފައިވާ ބޮޑު ވަރައެކެވެ. ސުމައްޔާއާ ހާތިބުއަށް އަލަށް ފެނުނު އެމަންޒަރުން ތިބީ ބަސްހުއްޓިފައެވެ. ބައްޕަގެ އެވަރަ އެހާ ދުވަސް ވީ އިރުވެސް އެމީހުން ނުދެކެއެވެ. ހާދަ ރީތި މަންޒަރެކެވެ. ބައްޕަގެ ރީތިކަން އަދި ފެންނަނީ އެވަރަ ހުޅުވާލީމަތާއެވެ. ބަސްހުއްޓިފައި ބަލަހަށްޓައިގެން ހުރި ހާތިބުއާ ދިމާލަށް އެނބުރެމުން ދަރިފުޅުގެ ވަރަ ހުޅުވުމަށް ވަރުދާން ބުންޏެވެ. ” ބައްޕާ ކިހިނެއްތަ ވަރަ ހުޅުވާނީ.. އަޅުގަނޑަކަށް ނޭނގެ..” ހާތިބުއަށް ކުރިއަކުން އޭނާގެ ވެސް ވަރައެއް ހުންނަ ކަމެއް ނޭނގެއެވެ. ނަމަވެސް ބުރަކަށީގައި އުފުލިފައި ހުންނަ ދެތަން ހުރެއެވެ. ކުޑައިރު އެކަމާ ބެހޭ ގޮތުން ވަރަށް ސުވާލުކޮށް ހަދައެވެ. ނަމަވެސް ދަރިފުޅު ބޮޑުވުމުން އަދި އެނގޭނެ ކަމުގައި އޭނަގެ މައިންބަފައިން ބުނާ ހަނދާންވެއެވެ. އެދުވަސް ޖެހުނީތާއެވެ.

“ދަރިފުޅުގެ ވަރަ ހުޅުވުމަށް ހިތަށް އަރުވައިގެން ލޯފިޔާގެން ހުރެ ފުންކޮށް ނޭވާލަމުން ދޭ.. އޭރުން ވާނެ.. ފުރަތަމަ ފަހަރަށް ވީމާ ކޮންމެވެސް ވަރަކަށް ތަދުވާނެ.. ފަހުން ރަގަޅުވާނެ..” ވަރުދާން ބުނިގޮތަށް މަސައްކަތް ކުރަމުން ގޮސް ހައެއްކަފަހަރު މަސައްކަތް ކުރި ފަހުން ހަތީބުގެ ވަރަ ހުޅުވުނެވެ. ކޮންމެ ފަހަރަކުވެސް ހާތިބުއަށް ތަދުވާން ފެށުމުން ހުއްޓާލެވުނެވެ. ހާތިބުގެ ފިޔަގަނޑުވެސް ރޫޅިގެން ދިޔައިރު މުޅިތަން ދިޔައީ އަލިވެގެންނެވެ. ނަމަވެސް ބައްޕަ ފަދަ ބޮޑު ވަރައެއް ނެތެވެ. ބައްޕަގެ ވަރައިގައި އެހުރި ކަހަލަ އެކިކުލައިގެ ވިދާ ބެބުޅުމެއް ނެތެވެ. ހާތިބުގެ ވަރަ ދިއްލިފައި ވަނީ ގަދަ ނޫކުލައިންނެވެ. ހުދުކުލައިން ކުދި މުތީތަކުން ވަރަ ދިޔައީ ދިއްލެމުންނެވެ. ވަރުދާން އުދުއްސާގަންނަމުން ހާތިބު ކައިރީ އަންނާށޭ ބުންށެވެ. ނަމަވެސް ހާތިބުއަކަށް އުދުއްސާގަންނާކަށް ނޭނގުނެވެ. ވަރުދާން އައިސް ހާތިބުގެ އަތުގައި ހިފައިގެން މައްޗަށް އަރަން ފެށިއެވެ. އެއަށްފަހު އަތުގައި ހިފައިގެން ހުރެ ހާތިބު ގާތުގައި ބުންޏެވެ. ” ދަރިފުޅާ ސިނކުޑި ބޭނުންކޮށްގެން ކަންކަން ދަސްވާނީ..” މިހެންބުނެ ހާތިބުގެ އަތުން ދޫކޮށްލައިފިއެވެ. އެހާ މައްޗަށް އަރާ ދޫކޮށްލުމުން ހާތިބު ތިރިއަށް ވެއްޓެން ދިޔައެވެ. ނަމަވެސް ދެންމެ ބައްޕަ ބުނި އެއްޗެއް ވިސްނެން ފެށުމުން ފިޔަގަނޑު ތަޅުވަން ފެށުނެވެ. އެހިސާބުން ހާތިބު އޮތް ހިސާބުގައި މަޑު ޖެހުނެވެ. ބައްޕަ އޭރުވެސް ބަލަހައްޓައިގެން ހުރިތަނުގައި ހުއްޓެވެ. ހާތިބު ބައްޕައަށް ބަލާފައި އުދުއްސައިގަތެވެ. އޭނަގެ އުމުރުން މިވީހާ ދުވަހު މިހާ އުފާވެރިކަމެއް ނުފެނެއެވެ. މިހާރު އޭނާގެ ރަށްވެސް މަތިން ބަލާލެވެއެވެ. ހާދަ ރީތި ފެހިކަން ގަދަ ރަށެއްތާއޭ ހާތިބުގެ ހިތަށް އެރިއެވެ. ދެބަފައިން ގިނިހިޔާ ރަށަށް ދާން އުދުއްސައިގަތުމުން ދެމައިން ތިބިތަނުން ތެދުވުނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ވާލޯބި އެނގޭނަމަ…(7)

Next

ނޭނގޭ! (3)

Next
May 16, 2020

ނޭނގޭ! (3)

Previews
May 16, 2020

ވާލޯބި އެނގޭނަމަ…(7)

6 Comments!

  1. Thiththa? says:
    May 17, 2020 at 5:42 am

    Masha Allah kudhu ….mibai vee varaha furihama ma….but Lia fiyaigen ge badhaluga onnàaanee loa maraigen
    ….hope u will correct that part…..can’t wait for next ep….???❤❤❤❤❤❤

    1. kudhoo says:
      May 17, 2020 at 10:37 am

      ???Thanx thiththa

  2. ? says:
    May 17, 2020 at 5:59 am

    Varah reethi mi vaahaka.can’t wait for the next part ?

    1. kudhoo says:
      May 19, 2020 at 4:02 am

      ??Thanx

  3. Vaahaka is life says:
    May 20, 2020 at 5:11 am

    4 vana bayah varah inthizaaru eba kuran. Varah furihama kudhoo

    1. kudhoo says:
      May 20, 2020 at 11:19 am

      ?Thnx. Vaahaka is life

Comments are closed.

Next Episodeޝަހަރު 4ވަނަ ބައި←


All Right Reserved!